“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ […]
ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންގެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ އެފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟ އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން […]
ޘަނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ އަރައި އިސްތަށިގަނޑުންނެވެ. “ޘަނާ… ޘަނާ…” ޘަނާގެ ކުރިމަތީގައި ހުރެ ޢާމިލް ދެފަހަރު ގޮވައިލިއެވެ. ޘަނާގެ ބޮޑު ދެލޮލުގެ ކަޅި ދެފަރާތް ދެފަތާރަށް […]
ހަރުގަނޑުގައި ތަރުތީބުކޮށް އަޅުވާފައިހުރި ކުލަކުލައިގެ ޝޯލް ތަކުގައި އަތް ކާއްތަމުން ގޮސް އަހަންނަށް ހުއްޓެވުނީ ރަތް ލޭ ކުލައިގެ ޝޯލް އަކާ ހިސާބުންނެވެ. އަހަރެން މަޑުމަޑުން ޝޯލް ނެގުމަށްފަހު ވަރަށް ރަނގަޅަށް ބަލައިލީމެވެ. އެއީ ހަމަ އަހަރެން ބޭނުންވެގެން މި ހޯދާ ކަހަލަ ޝޯލް އެކެވެ. “މި ކިހާވަރަކަށް؟” ކައުންޓަރު ކައިރިއަށް ގޮސް އަހާލީމެވެ. އެއަށް ލާރި ދެއްކުމަށްފަހު އަހަރެން ފިހާރައިން ނުކުތީމެވެ. މާލޭގެ މަގުތަކުން ފެންނަމުން ދިޔައީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ތަފާތު ކުލަ […]
އެވަގުތު ހަސީނާ ކޮލަށް އެރީ ޝިރުހަތްގެ ހޫނު އެތިފަހަރެކެވެ. “އޭތް! މަގޭ ގަޔަށް ބޮލަށް ތިއަރަނީއްޔޯ” ހަސީނާ ވެސް ޝިރުހަތް ގައިގަ ޖަހަން އަތް މަޅާލިއެވެ. “ގޮތް ކުޑަ އަންހެނާ!!! އެއީ ކުޑި ކުއްޖެކޭ… އޭނަ އަށް އަދި އެންމެ ބާރަ އަހަރޭ.. ކަލޭ ގަޔަށް ބޮލަށް މީހަކު އެރީމަ އެއީ މައްސަލަ އެއް. އެކަމަކު އެ ކުއްޖާ ގަޔަށް ބޮލަށް ކަލޭ އެރީމަ މައްސަލަ އެއް ނޫން… އޭނ!” ޝިރުހަތް އިޝާރާތް ކުރީ ކަޔާލް އަށެވެ. […]
ޝިރުހަތް މެން ގާތު ބުނިއެއްޗަކުން ކުރަންވީ އުފާކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭގޭފަދައެވެ. އެންމެންވެސް ތިބީ ޖެހީ ބުދެއް ފަދައިން ތިބިތާގައެވެ. އެ އެންމެނަނާ ވަކިން ދުރުގައި ހުރި ހަސީނާ ލޮލުން ކަރުނަ ތިއްކެއް ފާއްދައިލިއެވެ. ކީކުރާނީ ހެއްޔެވެ. އޭނ އުޅުނީ ކަޔާލްގެ ވަސް މި ދުނިޔެއިން ވެސް ފޮހެލާށެވެ. ބުޅަލަށް އެރަށު މުސްތަފާބެއްޔާ އަތުން ފަންޑިތަ އެއް ހަދައިފައި ބުޅަލުގެ ކަރުގައި އެޅުވީއެވެ. އެހެން އެންމެން އުފާ ކުރާއިރު ހަސީނާ ހުރީ މަޑުންނެވެ. “ހަސީ… ބަލީތަ؟” […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ “ ” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންނަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ. ” ޝަރީޢަތުގެ މައިދާނުގަ ބޭކާރު ވާހަކަ ނުދައްކާ. ދެންވެސް މަޑުން ހުރެވޭތޯބަލާ. […]
އެ ލޮލުގައިވަނީ ހަމަ އެންމެ މެސެޖެކެވެ. ކަޔާލް ރައްކާތެރިވާށެވެ. ކަޔާލް މިދުނިޔެއާއި ދެން އަލްވަދާއު ކިޔާކަށް މާގިނަ އިރު ނެތެވެ. ކަޔާލް ހިތަށް ބިރުވެރިކަން ވަނެވެ. ހޫދުވެސް ހުރީ އެހާލެއްގައެވެ. ކޮންމެވެސް ކަމެއް ވާން އެބަ އުޅެޔޭ އޭނާ ހިތް ބުނަމުން ދިޔައެވެ. ހޫދު މިހެން ހުއްޓާ ފޯނު ރިންގު ވިއެވެ. ޖީބުން ފޯނު ނަގާ ގުޅަނީ ކާކުތޯ ބެލިއިރު ގުޅަނީ ޝިރުހަތް އެވެ. “ހަލޯ.. ޔެސް ޝިރޫ” ހޫދު ވަރަށް މަޑުން ވާހަކަ ދެއްކިއެވެ. ހަސީނާ […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ ” މިރޭވެސް ދަނީތަ ބައްޕަ މަހަށް؟ ” ރިހާންގެ ބައްޕަ މަސް ބާނަންދާ ސާމާނުތައް ހިފައިގެން ގެއިން ނިކުންނަން ދިމާކުރުމުން ރިހާން ބުނެލިއެވެ. ” ކީއްތަވީ؟ މަސްބާނަން އޮވޭތަ ވަކި ރެއެއް؟” ރިހާންގެ ބައްޕަ ބަކުރު ބުނެލިއެވެ. ” ތިހެން އުޅެނިކޮށް ބައްޕައަށް […]