1- 2006 ގައި އޮސްޓްރޭލިއާގެ ފިރިހެނަކު އީ-ބޭގައި ނިއުޒީލޭންޑު ވިއްކާލަން އުޅުނެވެ. އީބޭއިން އޭތި ޑިލީޓު ކުރިއިރު އޭގެ އަގު ތިންހާހަށް އަރާފައި ހުއްޓެވެ. 2- އިނގިރޭސިވިލާތުގެ މީހަކު ޓެލެމާރކެޓަރުންނަށް އޮޅުންބޮޅުން އެރުވުމަށް އޭނާގެ ނަން ” ޓިމް ޕްޕްޕްޕްޕްޕްޕްޕްޕްޕްރައިޒް ” އަށް ބަދަލުކުރިއެވެ. 3- ޖޭޕީ. މޯރގަން، އޭނާގެ މޫނު އެހާ ރަތްކޮށް ހުންނަނީ ކީއްވެތޯ ހޯދާ މީހަކަށް އެއްލައްކަ ޑޮލަރު ހުށަހެޅިއެވެ. އެކަމަކު އެކަކަށްވެސް ނުހޯދުނެވެ. 4- ޕްރިއަރީ ކިޔާ ކުއްތާތައް އޭގެ ސަލާމް […]
ނަމްބަރު އެކެއް: މިނަންބަރަކީ 1991 ގައި މީޑިޔާގައި ހުރި ވެބްސައިޓުތަކުގެ ޢަދަދެވެ. ( މިއަދު ގާތްގަނޑަކަށް 850 މިލިއަނެއްހާ ސައިޓުތައް އެބަހުއްޓެވެ. ) ނެބްރާސްކާގެ މެނޮވީގައި ދިރިއުޅޭ ރައްޔިތުންގެ ޢަދަދަކީވެސް އެކެކެވެ. ނަމްބަރު ސުމެއް: ގްރީކު މީހުންނާއި ރޯމް މީހުންނެއް މިނަންބަރެއް ބޭނުމެއް ނުކުރެއެވެ. ކުރީގެ ބެބިލޯނިއަނުން އީޖާދުކުރި މިނަންބަރަކީ އެންމެ ބޮޑު ނަންބަރެވެ. ނަންބަރު ތިނެއް: ވިއެޓްނާމުގެ މީހުން ޤަބޫލުކުރާ ގޮތުގައި ތިން މީހުން އެއްކޮށް ފޮޓޯ ނަގާކަށް ނުވާނެއެވެ. ސަބަބަކީ މެދުގައި ހުރި މީހާ […]
ކައިވެނީގެ ކުރިން: ފިރިހެންކުއްޖާ: އަޅޭ، އެންމެ ފަހުން. އަހަންނަށް ކެތެއް ނުކުރެވޭނެ މިކަން ނުވަނީހެއް. އަންހެންކުއްޖާ: އަހަރެން ދޫކޮށްލާނަންތަ؟ ފިރިހެންކުއްޖާ: ނޫން ތިކަމާ އެއްގޮތަކަށްވެސް ނުވިސްނާތި! އަންހެންކުއްޖާ: އަހަރެންދެކެ ލޯބިވޭތަ؟ ފިރިހެންކުއްޖާ: އާނ ގައިމެއްނު. އަބަދުވެސް. އަންހެންކުއްޖާ: ދުވަހަކުވެސް އަހަންނަށް އޮޅުވާލިންތަ؟ ފިރިހެންކުއްޖާ: ނޫން، ކީއްވެ ތިއަހަނީ؟ އަންހެންކުއްޖާ: އަހަންނަށް ބޮސްދޭނަންތަ؟ ފިރިހެންކުއްޖާ: އަހަންނަށް ލިބޭ ކޮންމެ ފުރުސަތަކު. އަންހެންކުއްޖާ: އަހަރެން ގައިގަ ޖަހާނަންތަ؟ ފިރިހެންކުއްޖާ: ނޫން! މޮޔަވީތަ؟ އަންހެންކުއްޖާ: އަހަންނަށް ތީނައަށް އިތުބާރުކުރެވިދާނެތަ؟ ފިރިހެންކުއްޖާ: އާނ! […]
“އޭތް!!މަދީހާ!ތެދުވޭ!އެއޮއް 4 ޖަހަނީ..އަދިވެސް ތެދުވާކަށް ނުވޭތަ؟؟” މަދީހާ ކުރިހާވެސް ކަމަކީ ކަރުދޮށް ކަހާލާފަ އަނެއް ފަރާތަށް އެނބުރުމެވެ. “ޕިސްޕިސް.މަ ނޫޅެން ދެން ގޮވާކަށް.ނުތެދުވިއެއްނު.މާދަން މަށާ ދިމާއަށް ހަޅޭއްލަވާނެ ނުގޮޮވިއޭ ކިޔާފަ.” ހަސަނު ދިޔައީ ހާރު ކާށެވެ. އޭނާ އިތުރަށް މަދީހާއަށް ގޮވާކަށް ނުހަދައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ މަދީހާއަށް ގޮވާތާ މިހާރު ބައި ގަޑިއިރު ވީއެވެ. މިއީ ކޮންމެ ރެޔަކުވެސް ވާވަރެވެ. ހަސަނު މަދީހާއަށް ހާރުކާން ގޮވާނެއެވެ. އެކަމަކު މަދީހާ ހޭލިއްޔާތާއެވެ. ފަހުދިހަޔަކަށް އެޅީއްސުރެ މަދީހާގެ […]
މިއީ އެއްޒަމާނެއްގައި ދޫނި ރާއްޖޭގައި ރަސްކަން ކުރި ވަރަށް ހުޝިޔާރު ރަސްކަލެއްގެ ދެ ކަނބަލުންގެ ވާހަކައެވެ. އެއްވެސް ހާލކެއްގައި މިއީ މިރާއްޖޭގެ ވާހަކައެއް ނޫނެވެ. އަދި މި ރަސްގެފާކަނީ މިރާއްޖޭގައި މީހުންދެކޭ ވަރަށް ވުރެ މާ ހުޝިޔާރު ރަސްކަލެކެވެ. ވާހަކަ ކިޔާލުމުން މިކަން އެނގިގެން ދާނެއެވެ. ކޮންމެ ވާހަކައަކުންވެސް އިބުރަތެއް ޙާސިލްކުރުން މުހިންމެވެ. އެހެން އެހެންވީމައި ވާހަކަ ފަށަމާތޯއެވެ. ދޫނިރާއްޖޭގެ ރަސްކަމަކީ ޒަމާނުއްސުރެ ނިކަން ހަލަބޮލި، ވަރަށް ނުފޫޒާއި ބާރު ބޭނުންކޮށްގެންނޫނީ ނުހިންގޭ ކަމަކަށް ވަނީ ވެފައެވެ. […]
15 ވަރަކަށް މިނެޓްގެ ތެރޭގައި އަހަރެން ހިތްހަމަ ޖެހޭވަރަށް ބޯކޮށައި ތުނިކޮށްލެވިއްޖެއެވެ. މިހާރު ހީވަނީ އުމުރަށްވުރެވެސް ޅަ ހެނެވެ. ގޮނޑިން ފައިބާ ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލުމަށް ފަހު އަހަރެން އެނބުރިލާ ސަޅި ޕޯސްއެއްގައި ހުއްޓިލީމެވެ. ޒާނިޝް މެންނަށް ސަޅިދައްކާލާށެވެ. “ވާވް.. ތިހެން ތުނިކޮށްލާފައި ހުންނައިރު ސިއާންބެ އާއި މާ ގުޅޭ..” ރިޔާ، ރަނާ އަށް ދޯ އެއް ދިނުމުން ރަނާ ވެސް ހުމް ލައްވާލިއެވެ. “ބޭބިޝް..” މޫނަށް ގޮތެއް ހަދާލަމުން އަޔާން ބުނެލިއެވެ. އަޔާން އަށް […]
އެންމެ ކުޑައިރުންސުރެ ވެސް ބައްޕައާއެކު މަސްބާނަން ދިޔުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަމެވެ. ނަމަވެސް އެފަދަ ފުރުޞަތެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. އެކަމަކު މިފަހަރު ދާނަމެވެ. ބައްޕަ ބުނުއްވާފައިވަނީ ކުލާހުން އެއްވަނަ ހޯދުމަށެވެ. އެކަން އަހަރެން ކާމިޔާބު ކޮށްފީމެވެ. ވީމާ ބައްޕަ އަހަރެންގެ އެދުން ފުރިހަމަކޮށްދޭން އެއްބަސްވީ ވަރަށް ވެސް އުފަލާއެކުގަ އެވެ. ފުރަން ހަމަޖެހިފައިވާ ގަޑިއަށް ބައްޕަ އާއި އެކު އަހަރެން ވެސް ދިޔައީމެވެ. ބައްޕަ އަހަންނަށް ވަނީ އޮށްޓަކުން ކުޑަ ވަރެއްގެ […]
އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ […]
އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ. ” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. […]