އެއްދުވަހަކު ފިނިއަށްޓެއްގައި ޖައްސާލައިގެން ސިނގިރެޓެއް ރޯކުރަން އިން ފައިޒާން ފެނިފައި އޭނާގެ ރައްޓަސަކު ސުވާލުކުރިއެވެ. “ކަލޭ ސިނގިރެޓު ބުޔުން ހުއްޓާކަށް ނުވޭ ހެއްޔެވެ؟” އެވަޤުތު ވަރަށް ހަމަޖެހިލައިފައި ފައިޒާން ޖަވާބު ދިނެވެ. “އަހަރެން ސިނގިރެޓެއް މިބޮނީ ތިންދުވަސް ވަންދެން ނުބޮއެ ހުރެފައި. ލައްކަ ބޮޑުވަރުދޯ އަސްލު ހެސްކިޔާފައި ގިނައިން ބޯ މީހަކާ ބަލާފައި؟” ހަމައެއާއެކު، ރަހުމަތްތެރިޔާ ހައިރާންވެފައިވާ ނަޒަރަކުން ފައިޒާންއާ ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ. “ނާހަމަ ތެދެއްތަ؟” ޖަވާބުގައި ފައިޒާން ހިނިތުންވެލިއެވެ. އަދި ރައްދުގައި ބުނެލިއެވެ. “އާން، […]
އެއްދުވަހެއްގެ މެންދުރުފަހެވެ. ހަސަން ހުރީ ގޭގެ ފެންޑާގައެވެ. އެވަގުތު ގޯތީގެ މައި ދޮރޯށިން ގެޔަށް ވަތް އޭނާގެ 6 އަހަރުގެ ދަރިފުޅު ޢަލީ އައިސް އޭނާ ގާތު މަޑުކޮށްލާފައި ބުންޏެވެ. “ބައްޕާ އަޅުުގަނޑު ކުލާހުގައި އުޅޭ ޝައިލާ ވަރަށް ރީތި އަޅުގަނޑަށް. އަޅުގަނޑު ބޮޑުވެގެން މެރީ ކުރާނީ އޭނައާ އިނގޭ ބައްޕާ”. ލިބުނު ހައިރާން ކަމާއެކު ހަސަން ބުންޏެވެ. “ދަރިފުޅާ. އަދި ތިޔަ އުޅެނީ ކައިވަތަކަށްވެސް ބޯ ނާރައިގެން. މިހާރު ތިދަައްކަނީ މީހުންނާ އިންނަ ވާހަކަ. އެކަމަކު […]
ޒޯޔާ ދާނެ ތަނެއް ނޭގުމުން ކުރިއަށް ހިނގައި ގަތެވެ. އެތަނުން މީހަކު ގާތު ނާވީން ސަރގެ ކެބިން ކޮބައިތޯ އެހުމުން އެމީހާ ބިއްލޫރިން ޖަހާފައި ހުރި ދެކެބިން އާއި ދިމާލަށް އިޝާރަށް ކޮށްލިއެވެ. ޒޯޔާ އެދިމާލަށް ހިނގައި ގަތެވެ. ޒޯޔާ ނަވީން ނަން ބޯޑު ޖަހާފައި ހުރި ދޮރުގެ ތަޅުގެ ގައި ހިފާލިއެވެ. އެވަގުތު އައި ނައި ތަނެއް ނޭނގި މީހަކު އައިސް އޭނާގެ އަތުގައި ހިފާ އެތާ ކައިރީ ހުރި ސީ.އީ.އޯ ގެ ކެބިންއަށް ވެއްދިއެވެ. […]
ލާމިހް ލާމިހް އަކީ އެއާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާއެވެ.އުމުރުން ސޯޅަ އަހަރުގައި ބައްޕަ މަރުވުމުން އާއިލާގެ ކުރިހާ ކަމެއް ބަލަހައްޓަނީ ލާމިހްއެވެ.ގްރޭޑް ދުހައެއް ނިއްމުމަށް ފަހު ލާމިހް އެކިއޮފީސްތަކުގައި ވަޒީފާ އަޑާކުރަން ފެށީ ކޮއްކޮ ލަޔާލްގެ ކިޔެވުނަށް ހުރަސްނާޅާށެވެ.ލާމިހްގެ ރީތިކަން އެއީ އެތަށް ބައެއްގެ ލޯ ހުއްޓޭކަމެކެވެ. ކައިޝާ ކައިޝާއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ކައިޝާ ބޭނުންވާ ހުރިހާ ކަމެއް ފުއްދަދީގެން ކައިޝާގެ މަންމަމެން އޭނަ ގެނަގުޚެނީ ރާނީއެއްހެނެވެ.ބާވީސް އަހަރު ފަހުން […]
މި ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި ވަށާލުމުން ލުބްނާއަށް ދުއްވައިގަނެވުނީ އިޝްރާ ހުރި ބެކްސްޓޭޖާއި ދިމާލަށެވެ. 5 މިނިޓް ތެރޭގައި އަންނާނަން ކަމަށް ބުނެފައި ލިބާން ދިޔަފަހުން މިހާރު 5 މިނިޓް ވެފަަިވާތީ، ލިބާން މިހާރު ހުންނާނީ އިޝްރާގެ ގާތުގައިކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ ދެން އޮތީ އިޝްރާގެ ފުރަތަމަ ހުށަހެޅުންކަން ހަނދާންވެފައެވެ. އެއްވެސް ހާލެއްގައި އެ ހުށަހެޅުން ކުޑަތަންކޮޅެއް ވެސް ލަސްވާކަށް ލުބްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން […]
ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވެއެވެ. “ނެވަރ މައިންޑް…” ހައިޒަލް އެއްޗެކޭ ބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ބުނެލި ބަހުން ނައިނާގެ ފަރިވެފައިވާ މޫނު މަލެއްފަދައިން މިލައިގެންދިޔައެވެ. މަޑުމަޑުން އިސްއޮބައިލައިގެން ހުރެ ކެބިންއިން ނިކުންނަން ދިޔައިރު ހައިޒަލްއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ. […]
ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އޮވެ ދެތިން ފަހަރަކު އެސްފިޔަތަށް ތަޅުވާލިއެވެ. އެއާއިއެކު އޭނާގެ ނަޒަރުހުއްޓުނީ ނައިނާގެ އަތްތިލައާއި ގުޅިފައިވާ އޭނާގެ އަތަށެވެ. ހައިޒަލް މަޑުމަޑުން ނައިނާ އޭނާގެ ގަޔާއި ދިމާލަށް ދަމާލިއިރު އަރިއަޅައިލައިގެން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ދެޒުވާނުންގެ މޫނު ޖެހޭހާ ކައިރީގައިވީއިރު ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއެވެ. އެވަގުތު ހައިޒަލްގެ ދެއަތްތިލަ ނައިނާގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލަމުން އެދެމެދުގައިވީ ދުރުކަން ކުރިއަށްވުރެ ކުޑަކޮށްލިއެވެ. އެއާއިއެކު ހައިޒަލްކޮށްލި ކަމަކުން […]
“ޝަލީ ބުނެބަލަ އަހަރެން ކޮށްނުދެނީ ކޮންކަމެއް؟… މިހެން އުޅުމަކީ އަހަންނަށްވެސް ވަކި ފަސޭހަކަމެއް ނޫނޭ… އަހަރެންގެ ހައްްްގަކަށްވާއިރުވެސް އަހަރެން ކެތްކުރާވަރު ޝަލީއަށް އިނގޭނެނަމަ…” މަޔާން ޝަލީންއާއި ދިމާލަށް އެނބުރުނުއިރު އެ ދެލިކޮޅެއްފަަދަ ލޮލުގައިވަނީ ކަރުނައެވެ. ކަރުނައާއި އެކުވެގެން އެ ލޮލުން ފެނި ވޭނުން ޝަލީންގެ ހުރިހާ ހިއްސުތަކެއް ވަކިވެގެންދިޔަހެން ހީވިއެވެ. “އިޒް އިޓް ބިކޯޒް އޮފް ޔުއަރ ޑޭޑް؟” މަޔާން ސުވާލިކޮށްލިއިރު އެ ވަރުގަދަ ބުމަ ގޮށްޖެހިގެން ދިޔައިރު އެ ލޮލުން ރުޅިވެރިކަމުގެ އަސަރުތަށް ފެނިލިއެވެ. ޝަލީންގެ […]
“ތިހެން ނުކިޔާށޭ… މަންމަ… މަންމަ… މަންމަ…. ތިދުލުން އެހެން ކިޔާ އަޑު އިވޭ ކޮންމެފަހަރަކު އަހަރެންގެ ލޭހުނުވޭ…” ރިހާނާ ރުޅިންގޮސް މޮޔަވެފައިވާފަދަ ގޮތަކަށް ހަޅޭލަވައިގަތެވެ. އެއާއިއެކު ހައިޒަލް ހުއްޓުން އެރިއިރު ނޭނގިހުއްޓާ ލޮލަށް ކަރުނަތަށް ގިނަވާންފެށީ އެ ޖުމްލަތަކުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “އަހަރެން އަބަދުވެސް ހިތަށްއަރާ ކީއްވެބާއޭ މަންމަ ދުވަހަކު އަހަންނާއި ދިމާލަށް ރުހުމުގެ ލޮލުން ބަލާނުލަނީ… ކީއްވެބާއޭ މަންމަ އަހަރެން ދެކެ ލޯބިނުވަނީ… މަންމަ ލޯބިން ބަލާލާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރިވަރު ބުނެދޭކަށް […]