“ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ. ދަބަސްތައް ކޮޓަރިއަށް ލާފައި އިޝްރާ އައި އިރު ތިން މީހުން ސައުންޑް ސިސްޓަމް ކައިރީގައި އުޅޭތަން ފެނި އިޝްރާ ގޮސް އޭގެ ކޮންޓްރޯލްސްތައް ހަދާ ނިންމާލުމުން ލިބާން އާއި އައިހަމް ގޮސް ގިޓާ ނަގައިގެން އައިސް ހަމަޖެހިލިއެވެ. އެއަށްފަހު މަޝްވަރާކުރެވިގެންދިޔައީ ޝޯގައި ކިޔާނެ ލަވަކޮޅަކާއި މެދުގައެވެ. އެގޮތުން 4 މީހުން އެކީ ކިޔާނެ ލަވައައި ވަކިވަކި ގްރޫޕްތަކުގައި ކިޔާނެ ލަވަތަކުގެ އިތުރުން ސޯލޯ ލަވަތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ހުރިހާ މަޝްވަރާތަކެއް ކޮށް ނިމުނުއިރު 11 ޖަހައި ބޮޑުވެފައިވުމުން މެންދުރުފަހު ޕްރެކްޓިސްތައް ފަށަން ނިންމާ އެމީހުން މިސްރާބުޖެހީ އެފްލޯގައި ހަދާފައި ހުރި ބަދިގެ ބަޔާއި ދިމާލަށެވެ. އެންމެން އެކުގައި ސަކަރާތް ޖަހަމުންގޮސް ބަދިގެ ތެރޭގައި ފޯރިނަގަމުން ދިޔައިރު އެތަނަށް އިތުރު މީހަކު ވަތްކަމެއް ރޭކާނުލިއެވެ. ކުއްލިއަކަށް ގައިގައި ފަހަތުން މީހަކު ކޮއްޓައިލުމުން ސިހިފައި އިޝްރާއަށް ފަހަތް ބަލައިލެވުނެވެ. އޭރު ފަހަތުގައި ހުރި މީހާ ފެނިފައި އިޝްރަގެ މޫނުމަތީގައި ވިދައިގަތީ އުފާވެރިކަމެވެ. “ދޮންބޭ!” ކުއްލިއަކަށް ހަޅޭއްލަވައިގަންނަމުން އިޝިރްގެ ގައިގައި އިޝްރާ އޮޅުލައިގަތީ ލިބުނު ކުއްލި އުފާވެރިކަމެއްގެ ސަބަބުންނެވެ. އެވަގުތު އެތާ ތިބި އެންމެންވެސް ދެލޯ ބޮޑުވެފައި ތިބީ ލިބުނު ކުއްލި ސިހުމުގެ ސަބަބުންނެވެ. އެވަގުތު މުޅި ފްލޯ ގުގުމައިގެންދިޔައީ އެމީހުންގެ އަޑުންނެވެ. އެއަޑަށް ތިރީގައި ތިބި އިޝްޔާއާއި އަލީޒާ ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. “އިޝްކޮ! ކިހިނެއްވީތަ މިތާ ހާދަ އަޑުގަދައޭ!” އިޝްޔާ މައްޗަށް އެރި ގޮތަށް ވީ ކީއްތޯ އަހާލަމުން އޭނާގެ ކޮއްކޮ ގަޔާއި ކައިރިކޮށްލީ ކޮއްކޮ ހަމައަކަށް އަޅުވައިލާ ވީގޮތް އޮޅުންފިލުވުމަށެވެ. “އަޅެ ދޮންތާ! މީހަކަށް ރުޅިނައިސް ހުރެވިދާނެތަ؟ މި ދޮންބެގަނޑު ކައިރީ ކޮންމެފަހަރަކު އިޝްއަށް ބުނެވޭ އަންނަން ޝޮޕިން ކުރާއިރު އަންގާލާށޭ! އެކަމަކު މިފަހަރުވެސް ބަލާބަލަ ކުރި ކަންތައް! ދެން އިޝް ކިހިނެއްތަ އެއްކަލަ ފޯނު ހަދާނީ؟ އެފަހަރުވެސް މަންމަ ބުނީ ދޮންބެއަށް ފޮނުވިއަކަސް އެންމެފަހުން އޭތި އޮންނާނީ ވީނުވީއެއް ނޭނގި […]
ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]
“އޭ ތިގޭގަ ވެއްޖެ އާލްގެ ލެޕް.. އެ ގެންދިޔަގޮތަށް ބާއްވާފަ އެއިރު އައީ.. ތިގެއަށ ްގޮއްސަ އެހެން ވީމަ ދެވޭނީ..” އާހިލް ވެސް ހަނދާން ބައްޔެވެ. އަހަރެމެން ގެއަށް އެއްޗެއް ގެންގޮއްސިއްޔާ ދުވަހަކުވެސް ދެވަނަ ފަހަރު އޭއްޗެއް ބަލައި އަލުން ބަލުން ގެއަށް ނުގޮހެއް ނުވާނެއެވެ. އެއްޗެއް ގެންގޮސްފިނަމަ އޭތި އަނބުރާ ގެންދަން ހަނދާން ނައްތާލާނެއެވެ. “ހިނގާ..” އަހަރެންވެސް އޭނާ ގޮވައިގެން ދާން އެއްބަސްވީމެވެ. ގޭގެ ދޮރު އަހަރެން ހުޅުވާލީ ނިކަން މަޑޫމަޑުންނެވެ. އަހަރެމެން އެތެރެއަށް ވަތް […]
ވައިރޯޅިތަކާއެކު ގަސްތަށް ނަށަމުން ގެންދިޔައީ ހިތްގައިމު ގޮތަކަށެވެ. ރޭގަނޑުގެ އެ ކަޅުފޮއެ ކަމަށް އިތުރު އަނދިރި ކަމެއް ގެނެސްދެނީ މެދު އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ހަނދު ފަރުދާ ކޮށްލި ބޯ ގަސްތަކުންނެވެ. މަގުގައި ހޮޅި ބުރިއެއް ނެތް ހިސާބުގައި ދުއްވާ އެއްޗެއް އަލިކަންވެސް ނުފެނުނެވެ. އަނދިރި ކަމަށް ލޯބިކުރާ މީހަކަށް ހިތްގައިމު އެހާމެ ހިތްފަސޭހަ މާހައުލެކެވެ. އަމިއްލަ ނަފްސާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން މިއަށް ވުރެ ފުރިހަމަ ތަނެއް ނުވާނެއެވެ. މިނެޓަކު ދެދަޅަޔަށް ގަސްތަށް އެއްރާގެއްގައި […]
ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު […]
****9 ގަޑިއިރު ފަސް**** ސިއްސައިގެންގޮސް އައިހަމްއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 07:30 ވެފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް ނިއްވާލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު އިޝްރާވެސް އުޅެނީ ސިޓިންރޫމުގައި އިލްފް ގޮވައިގެން ސަކަރާތް ޖަހާށެވެ. އައިހަމް ފެނުމުން އިޝްރާ އައިހަމަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “މިއުޅެނީ އައީ އަށް ގޮވަން ދާށޭ ދޯ އިލްކޮ! މިގޭގައި އެއްވެސް މީހަކަށް 7:30 ވުމަށްފަހު ނުނިދޭނެކަން އައީއަށްވެސް އެނގެއެއްނު ދޯ! އެކަމަކު ނިކުތްއިރު އެއޮށް 8 ޖަހަނީ އެހެންވެގެން ގޮވަން ދާން އުޅެނިކޮށް ވިއްޔާ ތި އައީ!” އިޝްރާ ބުނެލިއެވެ. އެއަށްފަހު އިލްފް އުރާލައިގެން އައިހަމްއާއިއެކު ކާގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ގޮނޑިއެއް ދަަމާލަމުން އިޝްރާ މޭޒުކައިރީ އިށީނދެ ހަމަޖެހިލީ އަވަހަށް ސައިބޮއެލައިގެން ލުބްނާމެން އަންނަންވާއިރަށް ތަން ތައްޔާރުކޮށްލާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ގަޑިން 8 ޖަހާފައިވުމުން އަވަސް ކޮށްލައި ސައިބޮއެ ނިންމައި ތަށިދޮވެލައިގެން ދަމުން އިޝްރާ އައިހަމް ކުރެން އެދުނީ ސައިބޮއެލައިގެން ތަން ތައްޔާރުކޮށްލުމަށް މައްޗަށް އައިސްދިނުމަށެވެ. އެއަށްފަހު ކާމޭޒު ކައިރީގައި ތިބި އެންމެނަށް ރީތި ހިނިތުންވުމެއް ހަދިޔަކޮށްލުމަށްފަހު ދުވެލާފައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެތަން ބަލަން ކާމޭޒު ކައިރީގައި ތިބި އެންމެން ހިނިތުންވެލައިގެން ިބީ އިޝްރާ އެ ކުރަމުންދާ ހިތްވަރަށް ހިތާހިތުން ފަޚުރުވެރިވާ ޙާލުގައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އައިހަމްވެސް ސައިބޮއެ ނިންމާލައިގެން މައްޗަށް އެރީ އަިޝްރާ އޭނަގެ ކިބައިން އެހީއަށް އެދިފައިވާތީއެވެ. އަދި އެހެންމީހުން ކުރެންވެސް މި ޕްރެކްޓިސްތައް ނިމުމުގެ ކުރިން މައްޗަށް ނޭރުމަށް ތަކުރާރުކޮށް އައިހަމްވެސް އެދުނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަން ޚުދު އޭނަވެސް ބޭނުންވިލެއް ބޮޑުކަމުނެވެ. މައްޗަށް އެރިއިރު އެތަނަށް އައިސްފައިވާ ބަދަލު ފެނި އައިހަމްވެސް ހައިރާންވިއެވެ. އޭނާ އެންމެ ފަހުން ޗުއްޓީއަށް މީގެ 2 އަހަރުކުރިން އައި އިރުވެސް މިތަން ހުރީ މި ގޮތަކަށް ނޫނެވެ. ކަހާލެވޭ ގޮތަށް ބޮޑު ބިއްލޫރި ދޮރެއް ލާފައި ހުރި އެ ބޮޑު ސިޓިންރޫމް ވަރަށްވެސް ހިތްގައިމެވެ. މުޅި ސިޓުންރޫމް އޭސީކޮށްލާފައި ވާއިރު އެތަނުގެ އެކި ހިސާބުތަކުގައި ބަހައްޓައިލެވިފައިވާ މިއުޒިކު ކުޅޭ އާލާތްތަކާއި ބޮޑެތި ސްޕީކަރތައް ވެގެންދިޔައީ އައިހަމް އެތަނާއި އެންމެ ގަޔާވި ސަބަބު ކަމަށެވެ. އިޝްރާއެކޭ އެއްފަދައިން އޭނާއަކީވެސް މިއުޒިކާއި ލަވައަށް ނުހަނު ލޯބިކުރާ ކުއްޖަކަށްވުމުން ފެނިގެންދިޔަ މާޙައުލަށް ވަގުތުން ހިތްޖެހުނީއެވެ. މިހާ ފުރިހަމަގޮތަކަށް މި ޕްރެކްޓިސް ތެރޭގެ ކަންތައް އިންތިޒާމްވެފައި ވެދާނެކަމަށް ފަހަރުގައިވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ. “އައީ! އައިސްވެސް މިތާ ޖެހި ބުދެއްހެންނު ތި ހުންނަނީ! މިހާރު އެއޮއްގެން 9 ޖަހަން 10 ކަށް ވީ! އަޅެ ދޭބަލަ ލުބޫމެން އައިމައި އެމީހުން ގޮވައިގެން އަންނަން. އިޝް މިދަނީ ލުބޫމެނަށް ހުރި ކޮޓަރީގެ ތަޅުދަނޑިތައް ބަލާ އިނގޭ!” އަތްމަތި އަވަސްކޮށްލާ ތަން ހަމައަކަށް އަޅުވައިލަމުން އިޝްރާ ބުނެލި ވާހަކައިން އައިހަމް ސިއްސައިގެން ދިޔައެވެ. “ލުބޫމެނަށް ހުރި ކޮޓަރިއޭ! ވަޓް ޔޫ މީން؟” ހައިރާންކަމާއެކު އައިހަމްއަށް އަހައިލެވުނު ހަމައެކަނި ސުވާލަކީ އެއީއެވެ.އެވަގުތު ހިނިތުންވެލަމުން އިޝްރާ، އައިހަމްއަށް ކަންތައްތައް އޮޅުންފިލުވައިދިނެވެ. “ބައެއް ފަހަރު މި މާސްޓަރ މައިންޑް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރޭދޯ! ލުބޫމެނަށް ފަސޭހަވާނެތަ ކޮންމެ ފަހަރަކު ގެއަށް ގޮސް އައިސް ހަދަން؟ އެހެންވެގެން މިއަދު ލުބޫއާއި ބާން މިގޭގައި ހުންނަގޮތަށް ހަމަޖެއްސީ!ތިރީގައި ހުންނާނެއެއްނު އަދި ދެ ހުސްކޮޓަރި؟ އެ ދެ ކޮޓަރި އެއީ ލުބޫމެނަށް މިއަދު އިނގޭ!” އައިހަމް ގޮވައިގެން ސިޑިން ތިރިއަށް ފައިބަމުން އިޝްރާ ކިޔައިދިނެވެ. އެއަށްފަހު އެގޭ ހުރިހާ ކޮޓަރިއެއްގެ ޑަބަލް ތަޅުދަނޑި އޮންނަ ތަނުން ތަޅުދަނޑިފަތި ނަގައިގެން އައިސް އެ ދެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ، އެއަށްފަހު ގޮސް އެ ގޭގެ ބޮޑު ގޯތިތެރެއަށް ނުކުމެލީ ލުބްނާމެން އާދޭތޯ ބަލައިލަން ބޭރަށް ނުކުމެލާނީއޭ ހިތައެވެ. ގޭގެ މައިދޮރޯށި ހުޅުވާލި ވަގުތު ކުރިމަތީގައި ތިބި ލުބްނާއާއި ލިބާން ފެނިފައި އިޝްރާއަށް ލިބުނު ކުއްލި ސިހުމަކުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސޯފާގައި އިށީނދެލައިގެން އިން އައިހަމްއަށާއި ތަށިތައް ދޮވެލަން ހުރި އިޝްޔާއަށް ބޭރަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ގޭ ދޮރުމައްޗަށް އެރުނުތަނާ ކަންފަތުގައި ދެއަތް އަޅާ ދެލޯ މަރައި ތަގުޅިކޮށްގެން އިޝްރާ ހުރިގޮތުން އެދެމީހުން އަވަހަށް އިޝްރާގެ ގާތަށް ދިޔައެވެ. އޭރުވެސް ލިބާންއައި ލުބްނާ ވީގޮތް އޮޅުންފިލުވޭތޯ އިޝްރާ ކުރެން ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. އެވަގުތު އިޝްޔާގެ ލަފާގެ މަތިން އައިހަމްއާއި ލިބާން އިޝްރާ ގެނެސް ސޯފާގައި ބައިންދާލިއެވެ. އެވަގުތު އިޝްޔާ ނުހަނު ލޯބިން އިޝްރާގެ އަތުގައި ހިފަހައްޓާލުމަށްފަހު ވީގޮތް ކިޔައިދިނުމަށް އެދުނެވެ. ދޮންތަގެ ލޯބި އިހުސާސްވެ އިޝްރާ ހަމައަކަށް އެޅިލުމުން އެންމެ ފުރަތަމަވެސް ލުބްނާއާއި ލިބާންއާއި ދިމާލަށް ކުދިކިޔާލިއެވެ. “ތިހިރީއޭ ތި މީހުން ކުރަ ކަންތައް! މަ ކިރިޔާއޭ ބިރުންގޮސް ހިތް ނުހުއްޓުނީ! ހުވާ މި ބުނީ މި މީހުންގެ ކަންތަކާއިހެދިވެސް މަ ބޯގޮވާނެ!” އެތާތިބި އެކަކަށްވެެސް ބަލައިލުމެއްނެތިި އިޝްރާ ބުނެލިގޮތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހިނިގަނޑު މައިތިރިކޮށްލަމުން ލުބްނާ ވާހަކަދައްކަންފެށީ ކަންވީގޮތް އެނގި އިޝްރާއަށް ކުއްލިއަކަށް އެހެން ވީ ސަބަބު އެނގުމުންނެވެ. “އަހަރުން ކުއްލިއަކަށް ފެނުނަސް އިޝްއަށް ތިހެން ވީމައި ހިނިނައިހެއް ނުހުރެވޭނެދޯ! އާނ އަހަރުން މީ ޖިންނީންނަމަ ތިހެން ވާން ރަނގަޅު!” ހިިނިއައިސްފައި ހުރެ ލުބްނާ އެހެން ބުނެ ނިންމާލިއިރުވެސް އައިހަމްއާއި ލިބާން ހަމަ ހެނީއެވެ. އޭރު އިޝްޔާވެސް ހިނިތުންވެލައިގެން ހުރީ ލުބްނާ ބުނި ވާހަކައަށް އެއްބަސްވަމޭ ބުނާ ފަދަ ގޮތަކަށެވެ. “ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ.
“އައިހަމް ތީ މި ސްކޫލް މިދިޔައަހަރު ނިންމި ކުއްޖަކަށް ނުވިޔަސް ދޮންތައާއެކު ޕާރޕޯމްކުރާތީ ޗާންސްް ލިބޭނެ.” ލިބާން އެކަށް ޔަގީންކޮށްދިނެވެ. “ސޯ މާދަމާ 9 އަށް އަހަރުން ގެއަށް ދެމީހުން އަންނައްޗޭ! ޑޯންޓް ބީ ލޭޓް އިނގޭ! އިހަށް ދެން އަހަރުމެން ދަނީ އިނގޭ ބާއި ގާއިސް.” އެކުވެރިންނާއެކު ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިޝްރާއާއި އައިހަމް ގެއަށް ދާން ނިކުތެވެ. ގެއާއި ދިމާލަށް މިސްރާބުޖެހިވަގުތު އިޝްރާ އައިހަމްއާއި ވާހަކަދެއްކީ މާދަމާރޭގެ ޝޯއާއި ގުޅޭގޮތުން ސަމާލުވަންޖެހޭ ބައެއް ކަންތައް ހުރުމުންނެވެ. ” އައީ! އހަރުން ސްކޫލްގައި ބައެއް ގާލްސް ނިކަން އޯވަރ ވާނެ. ސޯ ބެޓަރ ޓު ޕްރެކްޓިސް މޯރ ސޯންގްސް. އައިމީން ލައިކް ސޯލޯ ސޯންގްސް. ސޯ ދެޓް ޔޫ ވިލް ބީ ރެޑީ ފޯރ އިޓް އީވެން އިފް ޔޫ ހޭޑް ޓު ޕާރފޯމް. ހެހެ. އައެމް ސޭއިންގް ތިސް ބިކޯޒް ދެއާރ އިޒް އަ ހައި ޕޮސިބިލިޓީ އޮފް ތިންގްސް ހެޕެނިންގް ލައިކް ދެޓް ވިތް ޔުއަރ ސުޕަރ ސިންގިންގް.” ވާހަކައިގައި ހުއްޓާ ހިސާޕަކު ގެއަ ހިސަބަށް އަދެވުމުން އިޝްރާް މިސްރާބު ޖެހީ ކާގެއާ ދިމަލަށެވެ. ޔަގީނުންވެސް މިގަޑީގައި އެންމެން އުޅޭނީ ކާގޭގައި ކަމަށް ވާތީއެވެ. އެއާއެކު އައިހަމް ސިޓިންރޫމަށް މިސްރާބު ޖެހިވަގުތު އިލްފް ގޮވައިގެން އިޒާން އުޅޭތަން ފެނުމުން އިލްފްއައިއެކު ސަކަރާތް ޖަހާލަން އައިހަމް އުޅުނެވެ. އޭނާ ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާތީ ގަތުގައި ކުޑަކުއްޖަކު ހުރެއްޖެނަމަ ކިތަންމެ ގިނައިރަކުވެސް އޭނަ ފޫހިކަމެއްނެތި އުޅެފާނެއެވެ. “ޒާން! އައިކޮ! އިލްފް ގޮވައިގެން އާދޭ ކާން!” ކާގޭގައި ހުރެފައި އިޝްޔާ ގޮވާލުމުން އައިހަމް އިލްފް އުރާލައިގެންހުރެ ކާގެއަށް ދިޔައެވެ. އެވަގުތު ކާއެއްޗެހީގެ ވަސް ދުވުމުން އައިހަމްއަށް ބަނޑުހައިކަން އިހުސާސްވިއެވެ. “ހަދަ ބަނޑުހައޭ! މި އިޝްއާ ހެދި ރަނގަޅަށް ކައިވެސް ނުލެވި މިއުޅެނީ.” ނިކަން ވެލާފައި އިޝްރައާއި ދިމާލަށް އެހެން ބުނެލުމުން އަިހަމްގެ ބޮލަށް އެރީ އިޝްރާގެ އަތުގެ ހޫނު ހަމަލައެކެވެ. ވީތަދުން އައިހަމްއަށް ބޮލުގައި އަތްއަޅައިލެވުނެވެ. “ދެން ތަދުވީއޭ ނުބުނާތި! އިޝްއެއް ނުހިފަހައްޓަން އައީ ކެޔަ ނުދީއެއް. އެއީ އިޝްގެ މައްސަލައެއް ނޫން އައީ ނުކައި ހުރުމަކީ އިނގޭ!” ގޮނޑި ދަމާލާފައި އިށީންނަމުން އިޝްރަ އައިހަމްއަށް ބުނެލީ އަދި ބޮލުގައި ފުއްޓަތްކެއްވެސް ޖަހާލާފައެވެ. އެވަގުތު ކާމޭޒުކައިރީގައި ތިބި އެންމެންގެ ހިިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. “އާނ މަންމާ! އަދި ހަނދާންނެތިފައއޭ މިހިރީ! ބުނީމެއްނު ދޯ މާދަން ރޭ ޝޯއެއް އޮންނަ ވާހަކަ ދޯ! އެޝޯގައި ލަވަކިޔަން އިޝްއާއި އައީއަށް ފުރުސަތު ލިބިއްޖެ. ވަރަށް ކުއްލި ގޮތަކަށް ވީމަ މާދަމާ ހެނދުނު 9 ޖަހައިރު ލުބޫއާއި ބާންއާއި އަންނާނެ މިގެއަށް ޕްރެކްޓިސް ކުރަން. ލުބޫއަށްވެސް ފުރުސަތު ލިބުނު. ބާން މިދިޔަ އަހަރު އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަނަށް ވީމައި މި ޗާންސް އިޝްމެނަށް އަސްލު މި ލިބުނީ. ހަގީގަތުގައި އައީ މަގޭ ކޮއްކޮއަކަށް ވީކަމުން އައީ ވަރަށް ނަސީބުގަދަ. މި ޝޯގައި ޕާރފޯމްކޮށްލަ އައީގެ މަޤްބޫލުކަން އިތުރުކޮށްލެވޭނެ ފުރުސަތެއް އައީ އަށް ތި ލިބުނީ މަގޭ ސަބަބުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ. ހެހެ!” ހިނިގަނޑެއް ޖަހާލަމުން އިޝްރާބުނެލި ގޮތުން އެންމެން ގާތަށްވެސް ހިނިއައެވެ. “އާނ ދެން އެހެންވީމައި މާދަމާ އަހަރުންނަށް މައްޗަށް އެރުން މަނާވީ ދޯ!” ހެމުން ހެމުން އިޒަން އެހެން ބުނެލީ އެންމެފަހުންފަހަރު އިޝްރާ، ލުބްނާ އަދި ލިބާން ސްކޫލް ލަވަ މުބާރާތަށް ޕްރެކްޓިސްކުރަން ތިއްބާ އިޝްރާގެ ފޮތެއް ބަލާ އެކުލާސް ކުއްޖަކު އައުމުން އެވާހަކަ ބުނަން އޭނަ މައްޗަށް އަރައިގެން އިޝްރާ އޭނާއަށް ކޮއްލި ވަރު ހަނދާންކޮށްލަމުންނެވެ. “އާނ! މާދަމާ 9 ގެ ފަހުން މަންމައާ ދޮންތައާ ދޮންތަބޭ އަދި އިލްކޮއަށް އިޝްމެން ޕްރެކްޓިސްކޮށް ނިމުމުގެ ކުރިން މައްޗަށް އެރުން މަނާ! އިޝްމެން ޕްރެކްޓިސްކޮށް ނިމޭ ފަހުން މައްޗަށް އެރިއަކަސް މައްސަލައެއް ނެތް!” ފަހަރަކު މީހަކާއި ދިމާލަށް ވަކިވަކިން ބަލާލަމުން އިޝްރާ ބުނެލިއެވެ. “ދެން މިރޭ ކޮންކަމެއް އޮތީ؟” ކައިނިމިގެން ތަށިދޮންނަން އިޝްރާ ދަނިކޮށް އައިހަމް އަހާލިއެވެ. “އިޝްދެން މި ދަނީ ނިދަން. ދޮންތަބެ ދާންވީނު އައީ ގޮވައިގެން ސައިކަލު ބުރެއް ޖަހާލަން! އައީ އަތުގައިވެސް އޮންނާނެ ލައިސެންސް. ދޯ އައީ!” އައިހަމްއަށް ދޯ ޖަހާލަމުން އިޝްރާ އެހެން ބުނެލުމުން އައިހަމް ބޯ ޖަހާލިއެވެ. “ކައިނިންމައިގެން ދެ ފިރިހެނުން މިސްރާބު ޖެހީ ސައިކަލު ދުއްވާލަން ދާށެވެ. އިޒާންގެ ސައިކަލު ފަހަތަށް އަރައިގެން ދެމީހުން ފުރަތަމަ މިސްރާބު ޖެހީ އިޒާންގެ ރައްޓެއްސެއްގެ ގެއަށް ސައިކަލެއް ހޯދާށެވެ. ސައިކަލު ހޯދައިގެން އެމީހުން ރަށުތެރޭގެ ހުރިހާ ހިސާބެއް ބަލާލުމަށް މުޅި ރަށުތެރޭގައި ދުއްވާލުމަށްފަހު ގެއަށް އާދެވުނުއިރު 10:30 ވެއްޖެއެވެ. އެހެންކަމުން އައިހަމްވެސް ދެން އިތުރަށް މަޑުކުރުމެއްނެތި ނިދަން ދަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އައިސް އައިހަމް އެނދުމަށްޗަށް ވެއްޓިގަތީ ހަށިގަނޑަށް އިހުސާސް ކުރެވެމުންދިޔަ ވަރުބަލިކަމެއްގެ ސަބަބުންނެވެ. އެވަގުތު އޭނާގެ ހަނދާނަށް ވެރިވެގަތީ ލުބްނާއެވެ. މިއަދު ކަންތައް ހިނގި ހުރިހާ ކަމެއް އެވަގުތު އައިހަމްގެ ލޯމައްޗަށް ސިފަކޮށްލެވުނެވެ. ލުބްނާ ހާދަ ތަފާތެވެ. އަންގައިވެސް ލުމަކާއި ނުލާ އޭނާގެ ހުރިހާ އިޙްސާސްތަކަކާއި ކުޅެލައިފިއެވެ. އައިހަމްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ފުޅާ ހިނިތުންވުނެއް ވެރިވިއެވެ. ލުބްނާގެ ޚިޔާލުތަކުގެ ފުން ކަނޑަށް ޣަރަޤުވެގެން އޮއްވާ ހިސާަތަކު އައިހަމްގެ ދެލޯ މެރިއްޖެއެވެ. ****9 ގަޑިއިރު ފަސް**** ސިއްސައިގެންގޮސް އައިހަމްއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 07:30 ވެފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް އޮފްކޮށްލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުމެލިއެވެ. އޭރު އިޝްރާވެސް އުޅެނީ ސިޓިންރޫމުގައި އިލްފް ގޮވައިގެން ސަކަރާތް ޖަހާށެވެ. އައިހަމް ފެނުމުން އިޝްރާ އައިހަމަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“މައި ލިޓްލް ބްރޯ! ދޮންތަ އަބަދުވެސް ބުނަން ދޯ ޔޫ ނެވަރ ނޯ ވަޓް ޔޫ ކޭން ޑޫ އަންލެސް ޔޫ ޓްރައި އޭ. ސޯ ގިވް ދިސް އަ ޓްރައި ޓޫ! އައެމް ޝުއަރ ޔޫ ވިލް ވިން.” ލުބްނާ އެހެން ބުނެލީ އެއީ ކޮންމެ ކުއްޖަކަށްވިޔަކަސް އެކުއްޖާދެކެ ލިބާން ލޯބިވަންޏާ ލިބާންއަށް އެކުއްޖާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ޔަގީންކުރަމުންނެވެ. އޭނާއަށް ނޭނގުނީ ލިބާންއަށް މިކަން ކާމިޔާބުވެއްޖެނަމަ ލިބާންއަށްވުރެ އޭނަ ވާ އުފާ ވަކި ކުޑައެއް ނުވާނެކަމެވެ. އަދި ލިބާންގެ ހިތުގައިވާ ކުއްޖަކީ ލިބާންގެ ޙަޔާތާއި އެންމެ އެކަށޭނަ ބައިވެރިޔާކަމެވެ. ހައު ކޭން ޔޫ ބީ ސޯ ޝުއަރ ދޮންތާ؟ ޔޫ ވޯންޓް ނޯ ވަޓް އިޒް އެކްޗުއަލީ އިން ހަރ ހާރޓް. އައެމް ޖަސްޓް އަ ބިޓް އެފްރެއިޑް ދެޓް ޝީ މައޓް ރިޖެކްޓް ބޯތް މައި ލަވް އެންޑް އަވަރ ފްރެނޑްޝިޕް. އިވެންދޯ ޝީ ރެޖެކްޓް މައި ލަވް، އައި ޑޯންޓް ވޯންޓް ދެޓް ޓު އެފެކްޓް އަވަރ ފްރެންޑްޝިޕް. ބަޓް އައިމް ޝުއަރ ދެޓް އިސް ވަޓް މޯސްޓް ލައިކްލީ ޓު ހެޕެން އިފް ޝީ ޑަޒަންޓް ވޯނަ އެކްސެޕްޓް މައި ލަވް އެންޑް ދެޓް އިޒް ވަޓް އައެމް ސްކެއަރޑް އޮފް ދަ މޯސްޓް ސިސް.” ސޯފާގައި ގިޓާ ލައކޮށްލާފައި ނުވެއްޓޭނެހެން ބަހައްޓާލަމުން ލިބާން ބުނެލިއެވެ. ލޯބީގައި ނަކާމިޔާބުވާނެ މީހަކަށް ވަކަށް ލިބާން ބޭނުމެއްނޫނެވެ. ” ބާން! އިޝް މީ އަދި ދުވަހަކުވެސް ލަވްލައިފެއްގައި އުޅުނު ކުއްޖެއްނޫން. އެކަމަކު އިޝް އަމިއްލައަށް ފީލްވަ ގޮތަކަށް ބުރަވެ ހުރެ މި ބުނަނީ! ޔޫ ނީޑް ޓު ބީ ވެރީ ސްޓްރޯންގް އިން ކޭސް އޮފް ލަވް. ޑޯންޓް ފީލް އެފްރެއިޑް އޯ ޝައި ޓު ކޮންފެސް. އަސްލު ތެދަށް ބުންނަޏާ ބާންގެ ކިބައަކު ނެތް އަންހެންކުއްޖަކު ރިޖެކްޓްކުރާކަހަލަ ސިފައެއް. އިފް އިޓް ވޯޒް ފޯ މީ، އައި ވުޑް ހެޕިލީ އެކްސެޕްޓް އިފް ޔޫ ރިއަލީ ލަވް މީ ޓްރޫލީ! ހެހެ!” ހިނިގަނޑެއް ޖަހާލަމުން އިޝްރާ އެހެން ބުނެލިއިރު އޭނައަށް ނޭނގުނީ ލިބަންގެ ހިތުގެ ރާނީއަކީ އޭނާކަމެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔެ ސިއްސުވާލާފަދަ ފިޔަވަޅެއް ލިބާން އަޅާާފާނެކަމެވެ. “ބާންގެ ސިންގަލް ޕާރފޯމެންސް އެކަނި ދޯ އިންނަނީ! ކިތއް ލަވަ ޕާރފޯރމް ކުރަންތަ ތި ނިންމީ؟” ލިބާން ގާތު ލުބްނާ އަހާލީ އިޝްރާގެ ވާހަކައަށް ލިބާން ޖަވާބެއް ނުދީ އިނުމުން މަޢުލޫ ބަދަލުކޮށްލުމަށެވެ. “ބާންއައިއެކު ޕާރފޯމްކުރާނެ ކުއްޖަކު ވެއްޖިއްޔާ ބާން ޕާރފޯމްކޮށްފާން ޑުއެޓް ވެސް. އެކަމަކު ބާންއާއިއެކު ޕާރފޯމްކުރާނެ ކުއްޖަކުވެސް ނެތް ވިއްޔާ! ހެހެ! ދޮންތަ ޕާރފޯމްކުރަންވީނު ބާންއާއި އެކު!” ހިނިގަނޑެއް ޖަހަލަމުން ލިބާން ލުބްނާގެ ގާތުގައި ބުނެލިއެވެ. ލިބާން ބުނެލިގޮތުން ލުބްނާގެ ގާތަށްވެސް ހިނިއައެވެ. ” ދޮންތައާ ބާންއަ ޑުއެޓް ޖެއްސީމައި ދެން އިޓް ވިލް ބީ ރިއަލީ ފަނީ ދޯ! އިޝް އަރަންވީނު ބާންއާއެކު ޑުއެޓަކަށް. ޔޫ އޯލްސޯ ގޮޓް އެން އޯސަމް ވޮއިސް ގާލް!” އިޝްރާގެ ކޮނޑުގައި ޖަހާލަމުން ލިބްނާ ބުނެލިއެވެ. ” ބާންއަށް އޯކޭއިއްޔާ، ބާންއަށް އިޝްއާއެކު ރީތި ޑުއެޓެއް ޖެއްސެންޏާ ހަމަ އަރަންވީ!” ހިނިތުންވެލަމުން އިޝްރާ ބުނެލީ ތިމަންނައަށް މައްސަލައެއް ނެތޭ ބުނާ ފަދަ އުސޫލަކުންނެެވެ. އެއާއެކު ލިބަންގެ މޫނުމަތީގައި ފަނޑުނުވަ ހިނިތުންވުމެއް ދުވެލިތަން އެކަކަށްވެސް ނުފެނެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ލޯބިވާ ކުއްޖާއަށް އޭނަދެކެ ލޯބިވާކަން ނޭނގިނަމަވެސް އެކުގައި ލަވައެއް ކިޔާލުމުގެ ފުރުސަތު ޤަބޫލުކުރުމުން އުފާނުވާނީ ކާކުހެއްޔެވެ؟ ިވަގުތުން އިޝްރާއަަށް އޭނާ ޖަވާބުދިނީ ހިތް އުފަލުން ފޮޅިފައިވާ ހާލުގައެވެ. ” އެހެންވީމައި އާދޭ އަހަރުން ގެއަށް ޕްރެކްޓިސްކުރަން! އުނދަގޫކުރަން ކުޑަކުދިންނެއް ނޫޅޭނެ. މަދަމާ ރޭ ޝޯ އޮތީ ސޯ ފުދޭވަަކަށް ސަމާލުވެގެން ޓަފްކޮށް ޕްރެކްޓިސް ޖައްސާލުން މުހިންމުވާނެ އިނގޭ!” އިޝްރަ މިހެން ބުނެލީ އާންމުންގެ ކުރިމަތީ އޭނާ ހުށަހަޅައިދޭ ފުރަތަމަ ހުށަހެޅުން ވީހާވެސް ފުރިހަމަ ހުށަހެޅުމަކަށް ހަދަން ބޭނުންވާތީއެވެ. “ސޯ ދޮންތަވެސް ލަވައެއް ޕާރފޯމްކޮށްލަންވީއެއްނު އެއީ ސޯލޯއެއްވިޔަސް. ބާން ޗާންސެއް ދޭނަމޭ. އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަން ސްޕެޝަލް ޗާންސެއް ދޭން ބުނީމައި ދެން އެއްބަސް ވެލަބަލަ ޕްލީސް ދޮންތާ!” ލުބްނާގެ އަތުގާ ހިފައި ތަޅުވާލަމުން ލިބާން އާދޭސްކޮށްލިއެވެ. “އެއީ ތެދެއް. ލުބޫ އެކަނި ޕާރފޯމްކުރަން ބޭނުންނޫނިއްޔާ އިިޝް ބުނެފާނަން އައީ ކައިރީގައިވެސް. ހީ އިސް އޯލްސޯ އަ ރިއަލީ ގުޑް ސިންގަރ. އިޝް ބުނެފިއްޔާ އައީ އެއްބަސްވާނެ. އައެމް ޝުއަރ.” އިޝްރާ ބުނެލީ ލުބްނާއަށް ހިތް ވަރުދޭފަދަ ގޮތަކަށެވެ. ” އައީ އަކީ ކާކު؟” ލިބާން އަހާލީ އޭނާއަށް ލުބްނާ ނުވަތަ އިޝްރާއާއި ގުޅުންހުރި ‘އައީ’ ކިޔާ މީހެއް ނޭނގޭތީއެވެ. އެ ސުވާލަށް ޖަވާބުދިނީ އިޝްރާއެވެ. “އައީ އަކީ މަގޭ ޔަންގާ ކަޒިން ބްރޯ. އޭނަ އިޝްއަށްވުރެ 2 މަންތްސް ކުޑަވާނެ. އަސްލު ނަމަކީ އައިހަމް.” އެވަގުތު ލުބްނާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލުމުން އޭނާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި އައިހަމް ފެނުމުން އޭނާ ވަންނަން ތަންކޮޅެއް ދައްކަމުން ލުބްނާ އެއްފަރާތަށް ޖެހިލިއެވެ. “އައީ. އާދެބަލަ. ލިބާން. މީ އައިހަމް. އަިހަމް. މީ ލިބާން. ލުބޫގެ އެއްމާބަނޑު ކޮއްކޮ. އިޝް ބުނީ އައީ ލުބޫއާއި އެއްކޮށް މާދަމާރޭ އޮންނަ ޝޯއެއްގައި ޑުއެޓެއް ޖައްސަންވެއްޖޭ!” ދެމީހުން ތަޢާރަފްކޮށްދިނުމަށްފަހު އިޝްރާ ބުނެލިއެވެ. “ލުބޫއަށް އޯކޭއިއްޔާ ތިކަން ވާނެ!” އައިހަމް ބުނެލިއެވެ. “އައެމް އޯކޭ” ލުބްނާ ޖަވާބުދިނެވެ. “އައިހަމް ތިއީ މި ސްކޫލް މިދިޔަ އަހަރު ނިންމި ކުއްޖަކަށް ނުވިޔަކަސް ދޮންތައާއެއްކޮށް ޕާރފޯމްކުރާތީ ޗާންސް ލިބޭނެ.” ލިބާން އެކަން ޔަގީންކޮށްދިނެވެ. “ސޯ މާދަމާ 9 އަށް އަހަރުންގެއަށް ދެމީހުން އަންނައްޗޭ! ޑޯންޓް ބީ ލޭޓް އިނގޭ! އިހަށް އަހަރެމެން ދެން ދަނީ އިނގޭ ބައި ގާއިސް.” އެކުވެރިންނާއެކު ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިޝްރާއާއި އައިހަމް ގެަށް ދާން ނިކުތެވެ. (ނުނިމޭ)
އަހުރެން ކެފޭއަކަށް ވަނތް ފަހަރެކެވެ. ކޮށިގަނޑުމަތިން ފެނުނު ހެދިކާކޮޅަކަށާއި ކޮފީ އަކަށެވެ. އޮފީހުގެ މަސައްކަތްތަކުން ފުނިޖެހުމަށްވުރެން ބޯހާސްކަން އިތުރުކުރުވީ ބުރޭކް ނަގަން ވަދެވުނު ތަނުގެ ހަލަބޮލިކަމަކުންނެވެ. ހަރަކާތްތެރިކަމެއް ނޫނެވެ. އަޑުތަކުގެ ހަރުކަށިކަމެވެ. މި އެތެރެވެވުނީ ސަހަލު ތަކަނަކަށް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެކަމަކު މި އީ އައު ކަމެއް ވެސްމެ ނޫނެވެ. އަހަރެންގެ އުންމީދު ގޯސްވީ އެވެ. އަހަރެންނަށް އުންމީދުކުރެވުނީ ސަހަރާ އަކަށެވެ. މަޚުލޫގުން އާންމުތަނެއްގައި މުސްތަހީލު އެދެވުމެކެވެ. މި އެދުމަށް އަމިއްލަ ކޮޓަރިތެރެ ރަނގަޅުވީހެވެ. ބޯހާސްކަން […]