“ދެން މާ ވާހަކަ ގިނަނުކޮށް ނަމާދަށް ދޭ! މި ދޮންބެވެސް ކުޑަކުއްޖެއްހެން ހުރެދާނެ ވަގުތު ފާއިތުވެގެން ދަންދެން!” އިޝިރްގެ ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު އިޝްރާ އަވަހަށް ދޮރު ލައްޕާލީ އެނޫން ގޮތަކަށް އިޝިރް އެތަނުން ގުޑައިނުލާނެކަން އޭނާއަށް އެނގޭތީއެވެ. އަޅައިގެން ހުރި ދޮޅިއާއި އިސްޓާކީނު ބާލައި މުސައްލައިގެ ތެރެއަށް ލުމަށްފަހު އިޝްރާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ފޯނު ނަގާ އެކޮޓަރިއަށް އައުމަށް އެދި ލުބްނާއަށް މެސެޖް ކޮށްލަމުން މިރެއަށް ޚާއްޞަކޮށް ފެހި ހެދުން ގަޔަށް މަހާލައި […]
“ބްލޫސް ކޮމްޕެނީއިން…” ނައިނާ އަނގަޔަށް ޕާން ފޮއްޗެއް ލައިގެން އަނގަހަލުވާނުލެވިފައި އިންއިރުވެސް އަވަސްގޮތަކަށް ޖަވާބުދިނެވެ. އޭރު ހައިރާ އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ނަގައިގެން މޭޒާއި ދިމާލަށް އެނބުރިލަނީއެވެ. ނައިނާގެ ޖުމްލައާއިއެކު ހައިރާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. މީހާ ސިިހިގެންދިޔަވަރުން އަތުން ފެންފުޅިދޫވެގެންދިޔައިރު ފުޅި ޓައިލްސްމަތީ ޖެހުނުގޮތަށް ތަޅައިގެންދިޔަ އަޑު ހިމޭންވެފައިވާ މާހައުލުގައި އެއްއަޑަކަށް ގުގުމާލިއެވެ. އެއަޑުއިވިފައި ސިހުނުވަރުން ނަައިނާ ވަގުތުން ފުންމައިގެން ގޮނޑިން ތެދުވިއެވެ. “ދައްތާ ކިހިނެތްވީ…” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. “ކަމެއްނުވެޔޭ… ދައްތަ އަތުން […]
“ޔޫ… ކަލޭ…” ނައިނާއާއި ހައިޒަލް ހަޅޭލަވައިގަތީ އެކުއެކީގައެވެ. އެއަޑު ބާރުކަމުން މިކްޔާލްއާއި ޒިޔާންގެ ކަންފަތްމަތީ އަތްއަޅާލަން މަޖުބޫރިވިއެވެ. “ވަޓް… ކަލެއޭ…” ހައިޒަލްގެ ބުމަގޮށްޖަހާލިއިރު އަނގަޔަށް ގޮތެއްހަދާލިއެވެ. “ޔޫ ވެސް ބުނީ ކަލެއެކޭ ނޫންތަ؟ ޔޫ މީންސް ކަލޭ ހަމަ…” ނައިނާ ހިމޭންވެފައި ހުރެފައިވެސް ފެށުމުން ހައިޒަލްއަށް ޝޮކެއް ލިބުނެވެ. އޭނައަކީ ކާކުކަން އިނގުމަށްފަހު ނައިނާއަށް އެފަދަ ހިތްވަރެއްކޮށްލަން ކެރިދާނޭކަމަކަށް ހައިޒަލް ހިޔެއްނުކުރެއެވެ. މީގެ އިރުކޮޅެއް ކުރިން ނައިނާ ހިމޭންވެފައި ހުރިގޮތުން ހައިޒަލް ފެނިފައި، ކުރިން ކިޔާލެވުނު އެއްޗެހިން […]
“ގާރލް… ޔޫ ވިލް ޑެފިނެޓްލީ ޕޭ ފޯ ދިސް…” ހައިޒަލް އެހެން ކިޔާލިއިރު އެ ތުންފަތްމަތީގައިވީ އެންމެ ރީތި ހިނިތުންވުމެވެ. އެއްއަތުގެ އިނގިލިތަށް އެ ރީތި ތުންފަތުގައި ޖައްސާލިއިރު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެއާއިއެކު އެ މަޑު މުށިކުލައިގެ ލޮލުން ފެނިލީ ނުސިޔާނުކަމެވެ. ގޮތްދޫނުކުރުމާއި ހާސިލްކުރަން ބޭނުން ކޮންމެ ކަމެއް ހާސިލްކުރާނެކަމުގެ އަސަރުތަކެކެވެ. ********************** ބްލޫސް ކޮމްޕެނީގެ އެންޓްރެސް ކުރިމަތީ ހުއްޓިލި ނައިނާ ކުރިމަތިން ފެންނަމުންދިޔަ ފަނަރަ ބުރީގެ އިމާރާތަށް ބަލާލަމުން ފުން ނޭވާއެއް […]
” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ […]
ދުވެފައި ކަހަލަގޮތަކަށް ކްލިނިކް ތެރެއަށްވަދެގެން އައި މަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނައިނާ ފެނިފައެވެ. “ޔާން…” ޝަލީން ތެދުވެގެން ގޮސް ހުއްޓުނީ މަޔާންއާއި ދާދި ގާތުގައެވެ. މަޔާން ކަޅުކުލައިގެ ކޯޓްއާއި ފަޔަށްފިޓް ފަޓްލޫނުގައި ހުރިއިރު މޫނުމަތީވި ތާޒާކަމުންވެސް މަޔާން އައީ އޮފީހަށް ދިޔުމަށް ތައްޔާރުވެގެންކަން ޝަލީންއަށް އިނގުނެވެ. ޝަލީން ހެނދުނު ކްލިނިކްގައި މަސައްކަތްކުރާ ދުވަސްދުވަހު މަޔާން ވަޒީފާއަށް ދިޔުމުގެ ކުރިން ޝަލީންގެ ގާތަށް އައުމަކީ އާދައެކެވެ. ޝަލީންގެ މޫނު ދެކިލައިފައި ދިޔުމުން މަޔާންގެ މުޅި ދުވަސް ފުރިހަމަވެގެންދާހެން […]
ވާރޭ ހުއްޓާލިނަމަވެސް ފަޒާގައި ހިފާލައިފައިވަނީ ކަށިތައް ތޮރުފާލައިފަދަ ފިނިކަމަކެވެ. އެ ފިނިކަން އިތުރުކޮށްދެނީ އިރުއިރުކޮޅުން ޖެހިލާ ބާރު ވައިރޯޅިތަކުންނެވެ. ބާރު ވައިރޯޅިތަކާއިއެކު ގަސްތަށް ހޫރެމުންދިޔައިރު އެގޮފި އަނެއް ގޮތްޕާއި ކޯޅިގަންނަ އަޑު ނާމާންގޮތަކަށް ދޭތެރެއަކުން އިވިލައެވެ. ޝަލީން ހޫނު ފެނުން ފެންވަރައިލައިގެން ނިކުމެ ރީތިވާންފެށިއެވެ. ރަތްކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ މިޑީގައި ޝަލީން ފޮޅިފައިވާ ފިނިފެންމަލެއްފަދައެވެ. އެ ރީތި ލޮލާއި އެސްފިޔަތަށް އަދުނާއި މަސްކަރާއިން ފަވާލިގޮތުން ލޮލުގެ ރީތިކަން ދެގުނަވިއެވެ. ވަށް މޫނުކޮޅުވަށައިގެން އޮޅިފައިވާ އިސްތަށިތައް […]
އޭރު ވާރޭގެ ތިކިތައް ހުއްޓުމެއްނެތި ބިމަށް ހަމަލާދެމުންދިޔަގޮތުން ނައިނާ ތެމިފޯވާކަށް ގިނަވަގުތެއް ނުނެގިއެވެ. ޑްރައިވްވޭގައި ހެދިފައިވާ ފެންކޯރުތަކުގެ ތެރެއިން ނައިނާ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ހައިޒަލް ވާރޭ ތެރޭ ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަކުރިއެވެ. ނައިނާ ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލްގެ މޭގައެވެ. ނައިނާގެ ދެލޯބޮޑުވިއިރު ވަގުތުން ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. ޔޫ ސުޑް ބީ އޮނަރޑް ޓު ޑްރައިވް އިން މައި ކާރ… ހައިޒަލް […]
ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އޮލަ ވާހާކައިގައި ތިއްބެވެ. އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް […]