“ޔޫ… ކަލޭ…” ނައިނާއާއި ހައިޒަލް ހަޅޭލަވައިގަތީ އެކުއެކީގައެވެ. އެއަޑު ބާރުކަމުން މިކްޔާލްއާއި ޒިޔާންގެ ކަންފަތްމަތީ އަތްއަޅާލަން މަޖުބޫރިވިއެވެ. “ވަޓް… ކަލެއޭ…” ހައިޒަލްގެ ބުމަގޮށްޖަހާލިއިރު އަނގަޔަށް ގޮތެއްހަދާލިއެވެ. “ޔޫ ވެސް ބުނީ ކަލެއެކޭ ނޫންތަ؟ ޔޫ މީންސް ކަލޭ ހަމަ…” ނައިނާ ހިމޭންވެފައި ހުރެފައިވެސް ފެށުމުން ހައިޒަލްއަށް ޝޮކެއް ލިބުނެވެ. އޭނައަކީ ކާކުކަން އިނގުމަށްފަހު ނައިނާއަށް އެފަދަ ހިތްވަރެއްކޮށްލަން ކެރިދާނޭކަމަކަށް ހައިޒަލް ހިޔެއްނުކުރެއެވެ. މީގެ އިރުކޮޅެއް ކުރިން ނައިނާ ހިމޭންވެފައި ހުރިގޮތުން ހައިޒަލް ފެނިފައި، ކުރިން ކިޔާލެވުނު އެއްޗެހިން […]
“ގާރލް… ޔޫ ވިލް ޑެފިނެޓްލީ ޕޭ ފޯ ދިސް…” ހައިޒަލް އެހެން ކިޔާލިއިރު އެ ތުންފަތްމަތީގައިވީ އެންމެ ރީތި ހިނިތުންވުމެވެ. އެއްއަތުގެ އިނގިލިތަށް އެ ރީތި ތުންފަތުގައި ޖައްސާލިއިރު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެއާއިއެކު އެ މަޑު މުށިކުލައިގެ ލޮލުން ފެނިލީ ނުސިޔާނުކަމެވެ. ގޮތްދޫނުކުރުމާއި ހާސިލްކުރަން ބޭނުން ކޮންމެ ކަމެއް ހާސިލްކުރާނެކަމުގެ އަސަރުތަކެކެވެ. ********************** ބްލޫސް ކޮމްޕެނީގެ އެންޓްރެސް ކުރިމަތީ ހުއްޓިލި ނައިނާ ކުރިމަތިން ފެންނަމުންދިޔަ ފަނަރަ ބުރީގެ އިމާރާތަށް ބަލާލަމުން ފުން ނޭވާއެއް […]
” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ […]
ދުވެފައި ކަހަލަގޮތަކަށް ކްލިނިކް ތެރެއަށްވަދެގެން އައި މަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނައިނާ ފެނިފައެވެ. “ޔާން…” ޝަލީން ތެދުވެގެން ގޮސް ހުއްޓުނީ މަޔާންއާއި ދާދި ގާތުގައެވެ. މަޔާން ކަޅުކުލައިގެ ކޯޓްއާއި ފަޔަށްފިޓް ފަޓްލޫނުގައި ހުރިއިރު މޫނުމަތީވި ތާޒާކަމުންވެސް މަޔާން އައީ އޮފީހަށް ދިޔުމަށް ތައްޔާރުވެގެންކަން ޝަލީންއަށް އިނގުނެވެ. ޝަލީން ހެނދުނު ކްލިނިކްގައި މަސައްކަތްކުރާ ދުވަސްދުވަހު މަޔާން ވަޒީފާއަށް ދިޔުމުގެ ކުރިން ޝަލީންގެ ގާތަށް އައުމަކީ އާދައެކެވެ. ޝަލީންގެ މޫނު ދެކިލައިފައި ދިޔުމުން މަޔާންގެ މުޅި ދުވަސް ފުރިހަމަވެގެންދާހެން […]
ވާރޭ ހުއްޓާލިނަމަވެސް ފަޒާގައި ހިފާލައިފައިވަނީ ކަށިތައް ތޮރުފާލައިފަދަ ފިނިކަމަކެވެ. އެ ފިނިކަން އިތުރުކޮށްދެނީ އިރުއިރުކޮޅުން ޖެހިލާ ބާރު ވައިރޯޅިތަކުންނެވެ. ބާރު ވައިރޯޅިތަކާއިއެކު ގަސްތަށް ހޫރެމުންދިޔައިރު އެގޮފި އަނެއް ގޮތްޕާއި ކޯޅިގަންނަ އަޑު ނާމާންގޮތަކަށް ދޭތެރެއަކުން އިވިލައެވެ. ޝަލީން ހޫނު ފެނުން ފެންވަރައިލައިގެން ނިކުމެ ރީތިވާންފެށިއެވެ. ރަތްކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ މިޑީގައި ޝަލީން ފޮޅިފައިވާ ފިނިފެންމަލެއްފަދައެވެ. އެ ރީތި ލޮލާއި އެސްފިޔަތަށް އަދުނާއި މަސްކަރާއިން ފަވާލިގޮތުން ލޮލުގެ ރީތިކަން ދެގުނަވިއެވެ. ވަށް މޫނުކޮޅުވަށައިގެން އޮޅިފައިވާ އިސްތަށިތައް […]
އޭރު ވާރޭގެ ތިކިތައް ހުއްޓުމެއްނެތި ބިމަށް ހަމަލާދެމުންދިޔަގޮތުން ނައިނާ ތެމިފޯވާކަށް ގިނަވަގުތެއް ނުނެގިއެވެ. ޑްރައިވްވޭގައި ހެދިފައިވާ ފެންކޯރުތަކުގެ ތެރެއިން ނައިނާ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ހައިޒަލް ވާރޭ ތެރޭ ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަކުރިއެވެ. ނައިނާ ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލްގެ މޭގައެވެ. ނައިނާގެ ދެލޯބޮޑުވިއިރު ވަގުތުން ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. ޔޫ ސުޑް ބީ އޮނަރޑް ޓު ޑްރައިވް އިން މައި ކާރ… ހައިޒަލް […]
ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އޮލަ ވާހާކައިގައި ތިއްބެވެ. އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް […]
“ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ. ދަބަސްތައް ކޮޓަރިއަށް ލާފައި އިޝްރާ އައި އިރު ތިން މީހުން ސައުންޑް ސިސްޓަމް ކައިރީގައި އުޅޭތަން ފެނި އިޝްރާ ގޮސް އޭގެ ކޮންޓްރޯލްސްތައް ހަދާ ނިންމާލުމުން ލިބާން އާއި އައިހަމް ގޮސް ގިޓާ ނަގައިގެން އައިސް ހަމަޖެހިލިއެވެ. އެއަށްފަހު މަޝްވަރާކުރެވިގެންދިޔައީ ޝޯގައި ކިޔާނެ ލަވަކޮޅަކާއި މެދުގައެވެ. އެގޮތުން 4 މީހުން އެކީ ކިޔާނެ ލަވައައި ވަކިވަކި ގްރޫޕްތަކުގައި ކިޔާނެ ލަވަތަކުގެ އިތުރުން ސޯލޯ ލަވަތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ހުރިހާ މަޝްވަރާތަކެއް ކޮށް ނިމުނުއިރު 11 ޖަހައި ބޮޑުވެފައިވުމުން މެންދުރުފަހު ޕްރެކްޓިސްތައް ފަށަން ނިންމާ އެމީހުން މިސްރާބުޖެހީ އެފްލޯގައި ހަދާފައި ހުރި ބަދިގެ ބަޔާއި ދިމާލަށެވެ. އެންމެން އެކުގައި ސަކަރާތް ޖަހަމުންގޮސް ބަދިގެ ތެރޭގައި ފޯރިނަގަމުން ދިޔައިރު އެތަނަށް އިތުރު މީހަކު ވަތްކަމެއް ރޭކާނުލިއެވެ. ކުއްލިއަކަށް ގައިގައި ފަހަތުން މީހަކު ކޮއްޓައިލުމުން ސިހިފައި އިޝްރާއަށް ފަހަތް ބަލައިލެވުނެވެ. އޭރު ފަހަތުގައި ހުރި މީހާ ފެނިފައި އިޝްރަގެ މޫނުމަތީގައި ވިދައިގަތީ އުފާވެރިކަމެވެ. “ދޮންބޭ!” ކުއްލިއަކަށް ހަޅޭއްލަވައިގަންނަމުން އިޝިރްގެ ގައިގައި އިޝްރާ އޮޅުލައިގަތީ ލިބުނު ކުއްލި އުފާވެރިކަމެއްގެ ސަބަބުންނެވެ. އެވަގުތު އެތާ ތިބި އެންމެންވެސް ދެލޯ ބޮޑުވެފައި ތިބީ ލިބުނު ކުއްލި ސިހުމުގެ ސަބަބުންނެވެ. އެވަގުތު މުޅި ފްލޯ ގުގުމައިގެންދިޔައީ އެމީހުންގެ އަޑުންނެވެ. އެއަޑަށް ތިރީގައި ތިބި އިޝްޔާއާއި އަލީޒާ ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. “އިޝްކޮ! ކިހިނެއްވީތަ މިތާ ހާދަ އަޑުގަދައޭ!” އިޝްޔާ މައްޗަށް އެރި ގޮތަށް ވީ ކީއްތޯ އަހާލަމުން އޭނާގެ ކޮއްކޮ ގަޔާއި ކައިރިކޮށްލީ ކޮއްކޮ ހަމައަކަށް އަޅުވައިލާ ވީގޮތް އޮޅުންފިލުވުމަށެވެ. “އަޅެ ދޮންތާ! މީހަކަށް ރުޅިނައިސް ހުރެވިދާނެތަ؟ މި ދޮންބެގަނޑު ކައިރީ ކޮންމެފަހަރަކު އިޝްއަށް ބުނެވޭ އަންނަން ޝޮޕިން ކުރާއިރު އަންގާލާށޭ! އެކަމަކު މިފަހަރުވެސް ބަލާބަލަ ކުރި ކަންތައް! ދެން އިޝް ކިހިނެއްތަ އެއްކަލަ ފޯނު ހަދާނީ؟ އެފަހަރުވެސް މަންމަ ބުނީ ދޮންބެއަށް ފޮނުވިއަކަސް އެންމެފަހުން އޭތި އޮންނާނީ ވީނުވީއެއް ނޭނގި […]
ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]