ލޯބި ލޯބިކޮށް ނިދާފައި އޮތް މިޝްޔާ ހޭލެވުނީ މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލުމުން އެވެ. މަޑުމަޑުން ދެ ލޯ ހުވައިޅުވައި ލަމުން މިޝްޔާ އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ އަށް ބަ ލާ ލިއެވެ. އެ ޒުވާނާ ހުރީ އަޅި ކު ލާގެ ޓީޝާޓަކާއި ކަޅުކު ލައިގެ ޖިންސެއް ލާގެ ނެވެ. އޭގެ ކަޅުކަން ގަދަ އެދޭ ކަޅި ހުއްޓިފައި ހުރީ މިޝްޔާދިމާލަށެވެ. އޭނާގެ ތުންފަތް މަތީގައި ކުޅެ ލަ ކުޅެ ލާ ހުރީ އުފާ ވެރި […]
“ކިޔާން ކިހިނެއް ވެގެން ތަ ތި އުޅެނީ؟” ތާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ. އޭނާގެ އަތްފައި ފިނިވާގޮތް ވަނީއެވެ. ކިޔާން އެއްޗެކޭ ނުބުނެ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ކިޔާން އަހަރެން ސުވާލެއް އެބަ ކުރަމޭ! ކިހިނެއް ހޭ ވެގެން ތި އުޅެނީ؟ މޮޔަވީތަ؟” ތާރާ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. ކިޔާން ދެންވެސް އެއްޗެކޭ ނުބުންޏެވެ. އޭނާ ތާރާއަށް ބަލަމުން ދިޔަ ގޮތުން ހީވަނީ ޖަވާބު ތަކެއް ހޯދަން އުޅޭ […]
އިރު ތިރިވަމުން ގޮސް ކަނޑުގެ ލޮނުގަނޑު އަޑިއަށް ދިޔައެވެ. އެއާ އެކު ޖައްވު އަނދިރި ވާން ފެށި އެވެ. އިރު އެއްސޭޭ މަންޒަރު ބަލަން ހުރި ސާދަ އަހަރުގެ ލާއިސް ގެއަށް ދާން ހިނގާ ގަތީ އަނދިރި ވާން ފެށުމުންނެވެ. ގެއަށް ދާން ހިނގާ ގަތް ތަނާ ވަރަށް ބާރަށް ވަައި ބާރު ވާން ފެށިއެވެ. ދެން އިވެން ފެށީ ވަރަށް ބާރު އަޑެކެވެ. އެ އަޑު ދިޔައީ ބާރު ވަމުންނެވެ. އެ އަޑު ބާރު ކަމުން […]
އެންމެން ހަމަވުމުން ކާރު ތަކާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކިޔާން އައީ ސައިކަލް ގައި ކަން އެނގުމުން ޖައިލަމް ސުވާލު ކުރިއެވެ. “އެއީ އަހަރެން…” ކިޔާނަށް އެއްކޮށް ނުބުނެވުނެވެ. “ހޭ! ޔާން!” އަންހެން ކުއްޖަކު ކިޔާން އަށް ގޮވާލުމުން އެންމެން ބަލާލިއެވެ. އޭރު އެކުދިންނާ ދިމާއަށް ފަރި ހިނގުމެއް ގައި ހިނގަމުން އަންހެން ކުއްޖަކު އާދެއެވެ. އުނަގަނޑާއި ހަމަ އަށް އަރާ ވަރުގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑުގެ ތިރި ރަން ކުލަ ޖައްސާފައި ހުރިއިރު ކަންފަތް ކައިރިއަށް […]
ބަދިގެ ފަރާތުން އަޑު އަޑު އިވޭތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އެންމެފަހުން އެތައް ފަހަރަކު ވިސްނުމަށްފަހު އީކަން ކޮޓަރިން ނިކުތެވެ. މިހާއިރު ހޭލާ އުޅެނީ ކާކުތޯ ބަލާށެވެ. އަދި ކިރިޔާ ގަނޑިން މެންދަމު 3:45 ކެވެ. ތާރާ އަކީ ނުލާހިކު ނިދި ހަރު މީހެކެވެ. ނިދާފައި އޮށްވާ މީހަކު ކަންފަތް ބުޑުގައި ހަޅޭއްލެވިޔަސް ކީކޭހޭ ވެސް ނުވާނެއެވެ. ދެން ހުރީ އޭނާގެ މަންމައެވެ. އުސްރާ އެވެ. އުސްރާ އާންމުކޮށް ހޭލާނީ ބަންގި ގޮވަން 15 ވަރަކަށް މިނަޓަށް […]
*ޒަކުވާން ކުޑަދޮރާއި ދިމާލަށް ބަލާލައިފައި އޭނާގެ ފޯނު ނަގާ އެ ކުޅެން ފެށިއެވެ. ނައުފަލް އެތަނުން ވާހަކަ ފޮތެއް ނަގާއެ ކިޔަން ފެށިއެވެ. ކައިލާން ގޮނޑިއެއް ގެނެސް ކުޑަ ދޮރު ކައިރީގައި ބަހައްޓައި އިށީނެވެ.* ********************************* ބްރިޖް އިން ލާފައި މާލެ އެރި އެމްޓީސީސީ ބަސް ފަހަރަކު ސްޓޮޕަކަށް ހުއްޓަމުން ހުއްޓަމުން ގޮސް އެންމެ ފަހުން ގްރޭޓަރ މާލޭ ބަސް ސްޓޭޝަން ކައިރީއަށް ބަސް ހުއްޓިއެވެ. ބަހުގައި ތިބި އެންމެން ފައިބަން ފެށުމުން ޒައިނީވެސް އެމީހުންނާއެކު އެ ބަހުން ފައިބައި ސްޓޭޝަން އިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ހަމަ އެބަހުން ނުކުތް ބައެއް މީހުން އެތަނުގައި ޓެކްސީ އެއް ހޯދުމުގެ ބޭނުމުގައި އެއް ކާރަކަށް ފަހު އަނެއް ކާރަކަށް އަތް ނަގަމުން ދިޔައެވެ. ޒައިނީ ދެކޮޅު ބަލާލުމަށް ފަހު މަގު ހުރަސް ކޮށް އަނެއް ފަރާތަށް ހިނގައިގަތެވެ. އަަދި މޭރީ ބްރައުން ގެ ދޮރުމަތީގައި ހުއްޓިލައިގެން އިރުކޮޅަކު ހުއްޓެވެ. ވަންނަން ޚިޔާލު ކޮއްފައިވެސްނުވަދެ އޭނާ ހިނގައިގަތެވެ. މަގަކަށް އަޅައިލުމާއު އެކު އޭނާއަށް ނުކުމެވުނީ އަމީނީމަގަށްވެ. އިއްޔެ ކާރުގައި މާލެ ވަށައި ބުރު ޖެހިވަގުތު އޭނާއަށް މިމަގުގުގައި ހުރިފުޑް ކޯޓުތައް ވަނީ ފެނިފައެވެ. ނަމަވެސް އޭނާ އެތެރެއަށް ކުޑަކޮށް ބޯ ދިއްކޮށްލުމަށްފަހު އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އެގޮތަށް މަގުމަތީގައި ހަަތަރު މިނަޓު ވަންދެން އެނބުރުމަށް ފަހު އޭނާއަށް ރަސްފަންނަށް އާދެވިއްޖެއެވެ. މޫދުގައި ކުދިން މަޖާނަގަމުން ދިޔައިރު މޫދު ކަސްރަތު ކުރާ މީހުން ވެސް ތިއްބެވެ. ޒައިނީ ވެލިގަނޑުގައި ވަކި މަންޒިލެއް ނެތި ހިނގަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ގްލޯރިއާ ޖީންސް ކޮފީސް ބޮޑު އަކުރުން ޖަހާފައިވާ ކެފޭ އެއް ފެނުމާއިއެކު އޭނާ އަށް ހިނިތުންވެލެވުނެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ********************************* ‘ދެން ފައިބާ.. މިހާރު ނައުފަލް ހުންނާނެ ރަތް ވެފަ..’ ޖިޔާން ކާރު ސޯޝަލް ސެންޓަރ ކުރިމަތީ މަޑުކޮށްލަމުން ބުންޔެވެ. ޖިމްޔާން ކަންފަތަށް ހެޑްސެޓް ލައްވައިފައި ވުމުން އޭނާއަށް ދެންމެ ޖިޔާން ވާހަކަ ދެއްކި ކަމެއްވެސް ނޭނގެ އެވެ. އެއަށްވުރެން ބޮޑަށް ޖިމްޔާން ހުރީ އޭނާ ނެޓްފްލިކްސް އިން ބަލަމުން ދިޔަ ‘ދަ ނޯޓްބުކް’ މޫވީ އަށް ގެއްލިފައެވެ. ޖިޔާން މިފަހަރު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ނަމަވެސް ކުރިޔެކޭ އެއްފަދައިން އޭނާއަށްއެ އަޑެއް ނީވުނެވެ. އެވަގުތު ޖިޔާން އަށް އޭނާގެ ފެންފުޅި ފެނުނެވެ. އެހެން ކަމުން ޖިޔާން ގެ ބޮލަށް އައި އެންމެ ފުރަތަމަ ކަން ކޮށްލިއެވެ. ‘އޭތް!” ޖިމްޔާން އަށް ހަމަ ބިމަށް އާދެވުނީ ޖިޔާން އޭނާގެ އަނގަޔަށް ފެންއަޅާ ޖިމްޔާންގެ މޫނަށް ބުރުއްސާލުމުންނެވެ. ޖިޔާން އަނެއްކާވެސް އަނގަޔަށް ފެން އަޅާ ޖިމްޔާންގެ މޫނަށް ބުރުވާލަން ތައްޔާރުވިއެވެ. ޖިމްޔާން ޖިޔާން ގެ ކޮލުގައި ޖަހާލައިފައި ކާރުން ނުކުންނަން އަވަސްވެގަތެވެ. ޖިޔާން އަނގައިގަ ހުރި ފެން ކޮޅު ދިރުވައިލަމުން ބޯ ކަހާލިއެވެ. އޭރު ޖިމްޔާން މަޑު މަޑުން ރަސްފަންނުއައި ދިމާލަށް ދަނީއެވެ. ބޯހޫރައިލުމަށްފަހު ޖިޔާން ކާރު ހުޅުމާލެ އަށް ދިޔުމަށް އަނބުރާލިއެވެ. ޖިމްޔާން ފަހަތައް އެނބުރި ބަލާލި ވަގުތު ޖިޔާންގެ ކާރު ނެތުމުން އޭނާއަށް ހައިރާންވެވުނެވެ. ނަމަވެސް އޭނާ ކޮނޑު އަރުވާލުމަށްފަހު އަނެއްކާ ވެސް ކުރިޔަށް ހިނގައިގަތެވެ. ‘އެކްސްކިއުޒް.. ގްލޯރިއާ ޖީންސް ކޮފީސް ކޮބާތަ؟’ ރަސްފަންނަށް އާދެވުމާއިއެކު ކުރިމައްޗަށް އެރި އަންހެން ކުއްޖެއް ކައިރީ ސުވާލު ކުރިއެވެ. ‘އެހެރީ..’ އެކުއްޖާ އަތް ދިއްކުރީ މޫދުގެ ލޮނުގަނޑުގައިކިރިޔަ ކިރިޔާ ޖެހިފައި ހުރި އިމާރާތަށެވެ. ޝުކުރު އަދާ ކުރުމަށްފަހު ޖިމްޔާން އެދިމާޅަށް ދިޔައެވެ. ޖިމްޔާން ހިނގަމުން ދިޔަ އިރު އޭނާއަށް ގިނަ ބަޔަކުގެ ލޯތައް ހުއްޓެމުން ދިޔައެވެ. އެތަނުންވެސް ގިނައީ އަންހެން ކުދިންނެވެ. އެއްބައި އަންހެން ކުދިން ލޯ ބޮޑުކޮށްގެން އަނގަމަތީ އަތް އަޅައިފައި ވާއިރު އަނެއް ބައި ކުދިން ޖިމްޔާން ގައިގައި އަތް ލެވޭތޯ ފަހަތުން ދުވަނީއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އޭނާ ގައިގައި އަތް ލެވުމުގެ ކުރިން އޭނާ ފަހަތަށް އެނބުރި އެކުދިންނާއި ދިމާލަށް ހީނލިއެވެ. މިކަންވެސް ވެގެން ދިޔައީ މުޅި ގޮނޑުދޮށުގައި އަންހެންކުދިންގެ ތޫލި ހަޅޭކުގެ އަޑު މުޅިތަނުގައު ގުގުމައިލީ ކަމަކަށެވެ. ޖިމްޔާންއަށް މީ ފެނިފެނި ބާވެފައިވާ މަންޒަރެއް ކަމުން އަނެއްކާވެސް އޭނާ ހީނލާ އިސްތަށީގައި އަތް ކާއްތާލުމަށްފަހު ގްލޯރިއާ ޖީންސް ކޮފީސްގެ އިމާރާތް ތެރެއަށް ވަދުނެވެ. ******************************** ޒައިނީ އެތެރެއަށް ވަދެ ވަށައިގެން މޭޒަކަށް ފަހު މޭޒަކަށް ބަލާލިއެވެ. ވަގުތަކީ މީހުން މަދު […]
*’އަނެއްކާ ލިޒީއަށް ކަމެއް ވީބާ..’ ޔޫލީން އެގޮތަށް ބުނެވެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫނުސް އަށް އެއަޑު ވަރަށް ސާފުކޮސް އިވުނެވެ. ނަވްރީންއަށް ވެސް އިވުނެވެ. ނަމަވެސް ބާކީ ތިބި ކުދިންނަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެކުދިން ތިބީ އެކުދިންގެ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ.* ގާތް ގަނޑަކަށް ދެ ގަޑިއިރު މާލެ ވަށައިގެން ބުރު ޖެހުމަށްފަހު ޔޫނުސް ކާރު ހުޅުމާލެކޮޅަށް އަނބުރާލިއެވެ. މާލޭގައި ކާރު ދުއްވި ވަގުތު ވާހަކަ ދެއްކީ ޔޫލީން، ޔޫނުސް, ނަވްރީން އަދި ނައިލީ ނޫން ހުރިހާ އެންމެނެވެ. ބައެއް ފަހަރު ‘އައި ސްޕައި’ ކުޅުނު އިރު އަނެއްބައިފަހަރު ‘ޓްރުތް އޯރ ޑެއަރ’ ކުޅެއެވެ. ދަތުރުގެ މަޖާގައި ބައިވެރި ނުވާ ހަތަރު މީހުން ތިބީ އަގައިންވެސް ނުބުނެއެވެ. ހުޅުމާލެއަށް އަރާ ހޮޓެލާއި ހަމަ އަށް ދެވުމާއިއެކު ޔޫނުސް ކާރު ގަރާޖުގައި ޕާކު ކުރުމަށް ފަހު ހޮޓެލުގެ […]
*ބަންގްޓަން ގަރލްސްގެ ނަޒަރުން* ގާތް ގަނޑަކަށް ފަސް މިނޭޓުގެ ތެރޭގައި ޔޫނުސް އަށާއި ނައިލީއަށް ހޮޓެލަށް އާދެވުނެވެ. ނައިލީ ދިޔަގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލައި، ލައިގެން ހުރި ހެދުންތަ ދާ ވަށިގަނޑަށް ލިއެވެ. އަދި އޭނާ ފާހަނައަށް ވަނީ ތުވާލިވެސް ިފައިންނެވެ. ‘ކޮބާ ދިހަ މިނެޓުވެ ފަނަރަ މިނަޓުވެސް ވީއޭ..’ ކާރުގެ ޑޭޝްބޯޑު މަތީގައިއިން ދިއްލޭ ދިޖިޓަލް ގަޑި އަށް ނަޒަރު ހިންގާލަމުން ނިޒްކާ ކިޔައިގަތެވެ. އޭރު ނަވްރީން އިނީ އޭނާގެ ފޯނުން ބީޓީއެސްގެ ބްލެކް ސްވާން ބަލާށެވެ. ‘އޭތް ނަރުގަނޑޫ.. ކިހިނެތްވެފައިތަ ތި އިންނަނީ..’ އީނާލް އަށް އަނެއްކާވެސް ނަވްރީންއަށް ޖެއްސުން ކޮށް ނުލާ ނުހުރެވުނެވެ. ‘ދެން ހަމަ ބްލެކް ސްވާން ބެލީމަ ނަވްގެ ހިތަށް ގޮތް ތަކެއްވޭ.. އެކަން ތަޖުރިބާ ކޮށްލަންށޯ..’ ނަވްރީން ލަވަ ހުއްޓާލުމަށްފަހު ވާހަކަ ދެއްކިއެވެ. ‘ދެން ނަވޫ.. ތިހާ ފިނޑިވާކަށް ނުވާނެ.. ބީޓީއެސް ފެނުނީއޭކިޔާފަ ތިހާ ވަރަށް މަޑުން އިންނަން ހެޔޮ ނުވާނެ.. އެހެންނޫނަސް ބީޓީއެސް ދެކެ ކިތަންމެ ވަރަކަށް ލޯބި ވިޔަސް އަހަރެމެންނެއް އަޅައެއްނުގަންނާެ އެމީހުންގެ ލޮލަކަށް.. ހިޔެއް ނުވޭ އެމީހުންނަށް އަހަރެމެން އިނގޭނެ ހެނެއްވެސް..’ ލަވްޒާ އޭނާގެ ޚިޔާލު ބުނެދިނެވެ. ނަވްރީން އެއީ ތެދެއް ކަމަށް ގަބޫލު ކުރަން ބޭނުން ވިޔަސް އެކަމެއް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ވާހަކަ ބަދަލު ކޮއްލިއެވެ. ‘ދީބަ ނަވްގެ ލެޕްޓޮޕް..’ ނަވްރީން ފަހަތަށް އެނބުރި ބުނެލިއެވެ. ‘ލެޕްޓޮޕޭ.. ކޮން ލެޕްޓޮޕެއް؟؟’ ޒައިނީ ސުވާލު ކުރިއެވެ. ‘ކާރުގެ ފަހަތުގަ އިން ނަވްގެ ދަބަސްތެރޭގަ..’ ‘ކޮން ދަބަހެއް؟؟ ނަވް އަތުގައެއްނޫންތަ ދަބަސް ތިޔޮތީ؟؟..’ ޒައިނީ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ނަވްރީން ދިޔައީ އޭނާގެ ލެޕްޓޮޕް ދިނުމަށް އާދޭސް ކުރަމުންނެވެ. ޒައިނީ އެންމެ ފަހުން ފަހަތައް އެނބުރި ކާރުގެ ފަހަތުގައި އިން ދަބަސް ނަގާ ނަވްރީން އަށް ދިއްކޮށްލިއެވެ. ޝުކުރުކުރާ ހާލުގައި ނަވްރީން އޭގައި ހިފައި އެތެރެއިގައި އޮތް މެކްބުކް އެއަރ ނެގި އެވެ. ނިޒްކާ އަށް އެހެން ލެޕްޓޮޕެއްވެސް ފެނުނުހެން ހީވުމުން ނަވްރީންގެ ދަބަސްތެރެ ބަލާލިއެވެ. ‘ސުބުހާނަﷲ.. އަދި ޑެލް އެކްސް ޕީ އެސް 13 އެއްވެސް އެބޮތް.. ނަވްރީނޫ..’ ނިޒްކާ ހައިރާން ވެފައި ހުރި ތަން ފެނުމުން ނަވްރީން އަށް މަޖާވިއެވެ. އަދި އިތުރަށް އޭނާގެ އަތުގައި ކުރިން އޮތް ދަބަހުން އައިޕެޑްއެއް ނެގި އެވެ. ނިޒްކާ ލޯ ބޮޑު ކޮށްލިއެވެ. ‘ތި ހުރިހާ އެއްޗެއް ތި ގެނައީ ކީއްކުރަން؟؟ ފިހާރައެއް ހުޅުވައި ތީއްޗިހި ވިއްކަންތަ؟؟..’ ނިޒްކާ ހުރީ އަސްލަށްވެސް ހައިރާންވެފައެވެ. ފަހަތުގައި ތިބި އެހެން އަންހެން ކުދިން ތައް ވެސް ހުރީ ނަވްރީން އާއި ދިމާލަށް ބަލަން ތިއްބެވެ. ‘ދެން ކުޑަ އެއްޗެއް ޗެކް ކޮއްލަން އެއީ..’ މިހެން ބުނެ ނަވްރީން އޭނާގެ އެ ލެޕްޓޮޕް ހުޅުވައިލާ ފައިލް އަކަށް ފިތާލާއިރަށް ބީޓީއެސް ގެ ލަވަތައް ފުރާ އޭގެއިން ފެންނަމުން ދިޔައެވެ. ‘މަޑުކޮށްބަ.. ބީޓީއެސް ގެ ހުންނަނީ އެންމެ 23 ލަވައެއްނޫންތަ؟؟ ތިހުރިހާ ލަވަ އެއް ނުހުންނާނެ..’ ޔޫލިީން ނަވްރީންގެ ލެޕްޓޮޕްއާއި ދިމާލަށް ގުދުވެލަމުން ވާހަކަ ދެއްކިއެވެ. ‘ނޫނޭ.. އެމީހުން އެންމެ ތޭވީސް ސިންގަލްސް ރިލީޒް ކުރީ.. ދެން ސޯލޯ ކޮށާއި ޑުއޯ ކޮންނާއި ޓްރިއޯ ކޮށް ވެސް ހުންނާނެ ބައިވަރު.. ބީސައިޑްސް ގިނަ ވާނީ..’ ނަވްރީން ވާހަކަ ދައްކަމުން ދިޔައިރު އަނެއްކާވެސް އެ އަންހެން ކުދިން ހައިރާން ވިއެވެ. ބީޓީއެސް އާ ބެހޭގޮތުން މިހާ ވަރަށް މައުލޫމާތު އެނގޭ ކުއްޖަކު އަދި ދިމާނުވާތީ ކަންނޭގެއެވެ. ނަވްރީން އެތަނުން ލަވަ އަކަށް ފިތާލުމާއެކު ލަވަ އެއް ޕްލޭވިއެވެ. ނަމަވެސް ހަމަ އެވަގުތު ޔޫލީން ވެސް ލަވަ އެއް ޖަހާލިއެވެ. ދެ ކުދިންނަށްވެސް އިއްތިފާގުން ޖެހުނީ އެއްލަވަ އެކެވެ. ‘ވެއިޓިންގ ފޯ ޔޫ އަންޕަންމާން.. ވެއިޓިންގް ފޯ ޔޫ އަންޕަންމާން..’ ދެ ކުދިން އެ ލަވައާއިއެކު ލަވަ ކިޔަން ފެށިއެވެ. ‘މިހާރު ތީ ކޮން ލަވަ އެއް؟’ ތުގާ އިރުކޮޅަކު ލަވަ އަޑު އަހާލަން ހުރުމަށް ފަހު ވާހަކަ ދެއްކިއެވެ. ‘އިޓްސް އަންޕަންމާން’ މިފަހަރު ވެސް ނަވްރީން އާއި ޔޫލީން އެއްފަހަރާ ބުނެލިއެވެ. ދެކުދިން އެކަކު އަނެކަކުގެ މޫނަށް ބަލާލައިފައި ހިނިތުންވެލިއެވެ. ‘އަން.. ޕަން.. މަން.. އެހެން ދޯ ކިޔަނީ..؟’ ލަވްޒާ ލަސްލަހުން ނަން ކިޔާލިއެވެ. ޔަގީން ކޮށްލުމުގެ ގޮތުންނެވެ. ‘އާން އެހެން..’ ނަވްރީން އެވަގުތު ވާހަކަ ދެއްކުމަށް ލަވަ ޕޯސް ކޮށްފަ އިން ހިސާބުން އަނެއްކާވެސް ޕްލޭ ކޮށްލިއެވެ. ‘ޖޮމް ޑޮ ހިމެއިލް ނައިބޫލެއި.. ލެމި ހިއަރ ޔަ ސޭ.. ލެމި ހިއަރ ޔަ ސޭ.. ނޯޔެ ހިމި ޑްވައިޖުލެއި..’ އަނެއްކާވެސް ދެކުދިން ލަވަ ކިޔަން ފެށިއެވެ. ނަމަވެސް މިފަހަރު ލެޕްޓޮޕް އަށް ވައިބަރ ނޯޓިފިކޭޝަންއެއް އައުމުން އޭނާ އަވަސް އަވަހަށް އޭތި ހުޅުވައިލިއެވެ. އަދި އެ މެސެޖް އަށް ރައްދު ދިނުމަށް ފަހު އޭނާ އެހެން އެޕްލިކޭޝަން އެއް ހުޅުވައިލިއެވެ. ޔޫލީން ވެސް ލަވަ ޕްލޭ ކޮށްލުމަށް ފަހު ހެޑް ސެޓް ކަންފަތަށް ލައްވާލައިފައި އެ އަޑު އަހަން ލޯ މަރައިލާގެން އޮތެވެ. ‘ކީޕް ބޯލިންގ ބޯލިންގ ސްޓިލް ބަންގްޓަން.. ‘ ބާކީ ތިބި އަންހެން ކުދިންގެ ހާލަކީ ތޯއްޗެވެ. ކުޑަދޮރުން ބޭރު ބަލަން އެކުދިން ފެށީ ޔޫނުސްމެން އަނބުރާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ‘ނައިލީ.. އަވަސް ކުރޭ.. މިހާރު އެކުދިން ކާރު ތެރޭގައި ނުކުރާކަމެއް ނޯންނާނެ..’ ޔޫނުސް ނައިލީ ހުރި ކޮޓަރީގައި ޓަކި ޖަހާލަމުންޔޫނުސް ގޮވިއެވެ. އޭނާ އެތާ އެހެން ގޮވާތާ މިހާރު ފަނަރަ ވަރަކަށް މިނެޓު ވެދާނެއެވެ. ‘މަޑު ކުރޭ.. ނައި މި ނިމެނީ..’ ނައިލީ އޭނާގެ ފާހަނަ އިން ނުކުތް ވަގުތު ޔޫނުސް ގޮވާ އަޑު އިވުމުން އަވަސް އަވަހަށް ބުނެލިއެވެ. އޭރު ނިޒްކާގެ ދިހަ މިސް ކޯލު އޭނާގެ ފޯނަށް އައިސްފައިވެއެވެ. ނައިލީ ޗުސްތަޅާލުމަށްފަހު އޭނާ ލާން ނަގާފަ އޮތް ފެހި ކުލައިގެ އަތް ދިގު ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ސްކިނީ ލިއެވެ. އަދި ބޮލުގައި ރީތި ކޮށް ހުޅިއެއް ޖަހާލުމަށް ފަހު ބޮލުގައި އަޅާފޮތި ކޮޅު އަޅައިފައި އޭނާގެ ނޫ ކުލައިގެ ޝޯލު ހޯދަން ކަބަޑު ތެރެ ހާވަން ފެށިއެވެ. އިރުކޮޅެއް ނުވި އޭތި އޭނާ އަށް ފެނުމުން އަވަސް އަވަހަށް ޝޯލް އަޅައި އެތަން މިތަނަށް ޕިން ޖެހުމަށް ފަހު ފޯނާއި ދަބަސް ހިފައިގެން އެ ކޮޓަރިން ނުކުތެވެ. ‘މި އައީނުން.. ދެން ހިނގާ ދާން..’ ނައިލީ ކޮޓަރި ތަޅުލުމަށް ފަހު ބޭރުގައި މަޑު ކޮށްގެން ހުރި ޔޫނުސް އާއި ދިމާލަށް ހިނގައިގަތެވެ. އޭރު ޔޫނުސް އިނީ ސައިކަލް މަތީގައެވެ. ފޯނުން ކޮންމެސް މީހަކާއި ވާހަަކަ ދައްކަން ހުރުމުން ނައިލީ އެހެން އެއްވެސް ބަހެހް ނުބުނެ ސައިކަލަށް އެރިއެވެ. ޔޫނުސް ފޯނު ބޭއްވުމަށް ފަހު ސައިކަލު ދުއްވާލިއެވެ. ‘އެޔޮއް އައީ..’ ނިޒްކާ ފަހަތަށް އެނބުރި ބަލާލި ވަގުތު ޔޫނުސް އާއި ނައިލީ އެދިމާލަށް އަންނަތަން ފެނުމުން އޭނާ އަތް ހޫރުވަން ފެށިއެވެ. ނަމަވެސް އޭނާގެ އަތް ގޮސް ޖެހުނީ ލެޕްޓޮޕް ދަބަހަސް ލާން އުޅުނު ނަވްރީންގެ ލޮލުގައެވެ. ‘އައްދިޔޯތް..’ ނަވްރީންގެ ލޮލަށް ދިލަ ތަދެއް އެރުމުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ޔޫނުސް ސައިކަލުން ފައިބަ ކުރީ ސީޓަށް އަރާ ކާރަށް ތަޅުދަނޑި ޖަހާލިއެވެ. އެވަގުތު ނައިލީ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ‘މިއަދުގެ ތީމް ގައުމީ ދުވަހަށް ބަދަލުވީތަ؟’ ޔޫލީން އަށް ނައިލީ ލައިގެން ހުރި ހެދުން ފެނިފައި ބުނެވެވުނެވެ. ‘ނޫން ދެން މީތި ލާހިތް ވީ..’ ޔޫނުސް ކާރު ދުއްވާލިއެވެ. ‘ކޮންތާކަށް ދާން ވީ އެހެންމަ.. ކޭއެފްސީ އަށް ދޯ..’ ޔޫނުސް ނިޒްކާއަށާއި ނަވްރީން އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. ‘ނޫން މާލޭގަ ދުއްވާލައިފަ އަންނާނީ..’ ލަވްޒާ އާފުރިލަމުން ބުންޏެވެ. އެވަގުތު ބާރު ސްޕީޑެއްގައި ދިޔަ ވޭނެއް ފެނި ނަވްރީންގެ މޫނުމަތި ލޭކޮޅެއް ނެތްފަދަ އެވެ. ޖިންނި އެއް ފެނުމުން ވާގޮތަށް ނަވްރީން އަށް ވިޔެވެ. ‘މިހާރު އެ ކާރަށް ހިތް ކީތަ؟ ނަވް ތީދެން ބޮޑު ވަރު..’ އީނާލް އަށް ނަވްރީންއަށް އެއައި ކުއްލި ބަދަލު ފެނުނެވެ. ހަމަ އެއާކު އޭނާއަށް ދިމާކޮއްނުލާ ނުހުރެވުނެވެ. އެހެން އީނާލް ބުނުމާއެކު ނަވްރީން އާއި ޒައިނީ ނޫން އެހެން ހުރިހާ އެންމެން ހޭންފެށިއެވެ. ނަވްރީން މޫނު ކުނިކޮށްލައިގެން އިނީއެވެ. ‘ނޫނޭ.. ނަވް އަށް ތިހެން ނުކިޔާ.. އަހަރެންވެސް މީނީ ވަރަށް ނަރވަސް ކޮއް..’ ޒައިނީ އީނާލްގެ ބޮލުގައި ހިފަމުން ބުންޏެވެ. ‘އާ އީ ޒައިނީވެސް ހިތް ކީދޯ.. ދެން.. އާހްހް ތަދުވޭ..’ އީނާލް ހެމުން ވާޙަކަ ދެއްކި އިރު ވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒައިނީގެ އަތް ނެއްޓުވޭތޯއެވެ. ‘ބަލަ އެއީ ބީޓީއެސް ގެ ވޭން އޭ ބަލަ…’ ޒައިނީ އަތް ތިރި ކޮއްލިއެވެ. އޭރު ޔޫނުސްގެ ކާރު ބްރިޖް އާއި ހަމަ އަށް ފޯރިއެވެ. ހަމަ އެއާއެކު، ޒައިނީ އެބުނާ ވޭން ބްރިޖް އަށް އަރައިގެން ހިގައްޖެއެވެ. ‘ޒައި އަށް ކިހިނެތް އެ އިނގެނީ؟؟’ އީނާލް ހައިރާންވެ ހުރެ އެއްސެވެ. ‘ދެން އަ ސްމޯލް ގެސް..’ ޒައިނީ ލޯ އަޅައިލަމުން ބުނެލިއެވެ. ދިހަ ވަރަކަށް މިނެޓު ފަހުން ޔޫނުސްގެ ކާރު މާލޭގެ މަގުމަތީގައި ދުއްވަމުން ދިޔައެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި މަގުގެ ދެފަރާތުގައި ގަސް އިންދައިފައި ހުރުމުން މާލޭގައި އުޅެ ބޮޑުވި ނަވްރީން އާއިި ޔޫލިން ހުރީ ހައިރާން ވެފައެވެ. ނަމަވެސް ބާކީ ތިބި ކުދިން މާލެ އެންމެފަހުން އެރި އިރެއް ހަނދާނުގައި ނެތުމުން އެކުދިން މަގު ތަކަށް ބަލަމުން ދިޔައީ އާށޯހުވެ ހުރެއެވެ. ‘މިހާރު މިތާ ގަސް ވެސް އިންދީ ދޯ؟’ ނަވްރީން ޔޫނުސްގެ އަތުގައި ކުޑަކޮއް ހިފާލައިފައި އަހާލިއެވެ. ނިޒްކާ އޭރު ދިޔައީ ފޮޓޯ ނަގަމުންނެވެ. ޔޫނުސް ހޫމް އަޅުވާލުން ނޫން އެހެން ބަހެއް ނުބުނުމުން ނަވްރީން ހުރީ ހައިރާނ ވެފައެވެ. އަނެއްކާ ޔޫނުސް އަށް ކިހިނެތް ވީބާވައެވެ؟ ނަވްރީން ސުވާލު ކުރަން އުޅުނު ނަމަވެސް ޔޫނުސްގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނުތަން ފެނުމުން އޭނާ ފަސްޖެހުނެވެ. އޭނާ ޔޫނުސްގެ އަތުން ދޫކޮށްލިއެވެ. އަނެއްކާ ޔޫނުސް އޭނާދެކެ ހިތްހަމަ ނުޖެހުނީ ބާވައެވެ؟ ނަވްރީންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް މަންޒަރު ބަލަން ހުރި ހަމައެކަނި ކުއްޖާ، ޔޫލީން އަށް ދެނެގަނެވުނީ ކަންނޭގެ އެވެ. އޭނާއަށް ޔޫނުސް ރޯތަން ފެނުމުން ހިތުގައި ރިއްސާލިއެވެ. ނަވްރީންވެސް ހުރީ ހަމަ އެހާލެއްގައެވެ. ‘އަމްމް ޔޫނުސް އަށް ކިހިނެތް ވެފައިތަ އެހުރީ؟’ ޔޫލީން ހަމަ އެކަނި ނައިލީއަށް އިވޭވަރަށް ސުވާލުކޮށްލިއެވެ. ‘ނައި އަކަށް ނޭނގެ.. ދެންމެ ނައި ކޮޓަރިން ނުކުތް އިރު އޭނާ ހުރީ ފޯނެއްގަ.. އެކަމް ފޯނު ބޭއްވި ފަހުން އެއުޅެނީ އެހެން..’ ނައިލީ އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. ‘އަނެއްކާ ލިޒީއަށް ކަމެއް ވީބާ..’ ޔޫލީން އެގޮތަށް ބުނެވެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫނުސް އަށް އެއަޑު ވަރަށް ސާފުކޮސް އިވުނެވެ. ނަވްރީންއަށް ވެސް އިވުނެވެ. ނަމަވެސް ބާކީ ތިބި ކުދިންނަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެކުދިން ތިބީ އެކުދިންގެ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ. *ނުނިމޭ*
“އަނެއްކާ މިޖެހުނީ އަނެއްކަންތަކާ….. ޔުއާލް ކައިރީ ބުނެފީމެއްނު އަހަރެން ނޫޅެމޭ ޔުއާލް އަކާ.. ޕްލީޒް.. ” ކިރަން ދެބުމަ ގޮށްޖަހާފައި ބުނެލި އެވެ.އެހެން ބުނުމުން ޔުއާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށްޓިއެވެ.” ނޫން ރިނީ،ތިހެން ނަހަދާ ޕްލީޒް ރިނީ އަބަދު ދުށުމަށް އެދެނީ ތިޔަ ދެލޯ އަބަދު އެދެނީ ރިނީ އާއި…… އައުޗް ކިރަން ތަދުވެއްޖެއޭ.. ” ޔުއާލްގެ ވާހަކަ ނުނިމެނީސް ކިރަން ކޮށްލި ކަމަކުން މާހީން އާއި ޔުއާލް ދިޔައީ ސިއްސައިގެން ނެވެ. ****************** ކިރަން […]