Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ތީއޭ އުފަލަކީ…

Maroon Level 110 Stories
December 10, 2020 2 Mins Read
0 Comments

މުޅި މާހައުލުގައި ވަނީ ހަވީރުގެ ތެތް ފިނިކަން ހިފާލާފައެވެ. ތަނުގެ ބޮޑު ހިސާބެއްގައި ފެހިކަން ގަދަ ވިނަގަނޑެއް ފެތުރިފައިވެއެވެ. ވިނަ ގަނޑުގެ ވަށައިގެންނާއި އެކި ހިސާބުގައި ހެދިފައިވަނީ ކުލަކުލައިގެ ކުދި ފިނިފެންމާ ގަސްތަކެކެވެ. ދުވަމުން ދިޔަ މީރު ވަހަކުން މާހައުލުގެ ފުރިހަމަ ކަމާއި ތަނުގެ ހިތްގައިމުކަން ދައްކުވައިދެއެވެ. އެ ވަގުތު ވިނަ ގަނޑުމަތިން ރީތި ގޮތަކަށް ދުވެލާފައި ދިޔަ އަންހެން ކުއްޖެއްގެ ފަހަތުން ހަމަ އެ އުމުރުގެ ހޭންޑްސަމް ފިރިހެން ކުއްޖަކުވެސް ދުވަމުން ދިޔައެވެ.

ބަލާބެލުމަށް ދެ މީހުންގެވެސް ވަރަށް ގާތް ގުޅުމެއް އެ ދެމެދުގައިވެއެވެ. ވައްތަރީ ލޯބި ލޯބި ކަޕްލް އަކާއެވެ. ގުދުރަތުން އެ ދެމީހުންނަށް ދެއްވާފައިވާ ރީތި ސިފަތަކަކީ އެމީހުންގެ ނަސީބެވެ. އަންހެން ކުއްޖާގެ ހިކި ދޮން ހަށިގަނޑަކާއި މޫނެއް ލިބިފައިވާއިރު އެ މޫނުގައި ވަނީ މީހަކު ބަލާ ފޫހި ނުވާނެ ފަދަ ރީތި ދެލޮލެވެ. ގުދުރަތުން ލިބިފައިވަނީ ފިޔާތޮށި ކުލައިގެ ހިމަ ތުންފަތެކެވެ. އެ އަންހެން ކުއްޖާގެ އިސްކޮޅަށްވުރެ އެއް ފޫޓުދިގުކޮށް ފިރިހެންކުއްޖާ ހުރުމުން އިތުރު ފުރިހަމަ ކަމެއް ދައްކައެވެ. ހިކި ހަށިގަނޑުގައި ބާމަތި މެދުމިނަކަށް ފުޅާކޮށް ލިބިފައިވެއެވެ. ދުވަމުން ދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފާލަމުން ފިރިހެން ކުއްޖާ ގަޔާ ދިމާކޮށް އެ ހަށިގަނޑުގައި ލައްކޮށްލިއެވެ. އެ ވަގުތު އަންހެން ކުއްޖާ އައިސް ތަތްވީ ރޮމެންސް ސެންޓެއްގެ މީރުވަސް ދުވާ އެ ފިރިހެން ކުއްޖާގެ މޭގައެވެ. ” ޒީޝާން.. ދެން ތިހެން ނޫޅެބަލަ. އެ ތިބީ ބައިވަރު މީހުން. މީހަކަށް ފެނިދާނެ.” އެ އަންހެން ކުއްޖާ ޒީޝާން ގެ ގަޔާ ދުރުވެވޭތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް ވީ ބޭކާރެވެ. “ޝަމް ހާދަ ލޯތްބޭ. އައި ލަވް ޔޫ ސޯ މަޗް.” ޒީޝާން ޝަމާހާ އަށް ބުނެލިއެވެ. ޝަމާހާ ފޮނިވެލަމުން ޒީޝާން އަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކޮށްލުމަށްފަހު އެ ތަނުން ދިޔުމަށް ދުއްވައިގަތެވެ. ޒީޝާންވެސް ޝަމާހާ ފަހަތުން ދުއްވައިގަތެވެ. މި މަންޒަރު ބަލަން ތަންކޮޅެއް ދުރުގައިހުރީ ލީއާ ފެންކަޅިވެފައެވެ. އެ ތަނުގައި މިވަގުތު ލީއާ ހުންނަން ވީކީ ކީއްވެ ކަމެއް ޚުދު އޭނާ އަކަށްވެސް ނޭނގުނެވެ. ދެލޮލަށް ޖަމާ ވަމުން ދިޔައީ ރާޅެއްފަދަ ކަރުނައެވެ. ކަރުނުން ދެ ލޯ ފުރުނު ވަރަކަށް މަޑުމަޑުން ތަންތަން ފުސް ވަމުން ދިޔައެވެ. ޖެހިލާ ވައިރޯޅިއާއެކު އިސްތަށިތައް މޫނު މައްޗަށް ދެމުންދާ ހަމަލާ ތަކުގެ އެއްވެސް ފަރުވާލެއް ނެތެވެ. ލީއާ ކައިރީގައި ހުރި ނިކަ ގަހުގެ ނިވަލަށް ވަނެވެ. އެ ރީތި ދެލޮލުން ކަރުނަތައް ފައިބާގަތުމާއެކު ލީއާއަށް އިސްދަށަށް ޖަހާލުމަށްފަހު މޭގައި އަތް އަޅާ ބޮނޑި ކޮށްލެވުނެވެ. ހަމަ އެއާއެކު މަޑުމަޑު ވޭނީ ގިސްލުމެއްގެ އަޑު އިވެންފެށިއެވެ. އެ ގިސްލުމުގެ އަޑު މުޅި ތަނުގައި ގުގުމަންފެށުމުން ލީއާއަށް ދެ ކަންފަތުގައި އަތް އަޅަމުން ދެލޯ މަރަމުން ބާރަށް ރޮއެ ގަންނަމުން ނިދިން ހޭލެވުނެވެ.

ރޭގަނޑު ދަންވަރުގެ ފިނީގައިވެސް އެ މޫނުމަތިން ބަބުޅަމުން ދިޔައީ ކުދި ދާ ތިކިތަކެވެ. ދެލޯ މަރައި ތަގުޅިކޮށްލައިގެން ގޮދަޑިމަތީ އިން ލީއާ މަޑުމަޑުން އިސްއުފުލާލާ ދެލޯ ހުޅުވާލިއެވެ. މި އިނދެވުނީ އަމިއްލަ ކޮޓްރީގައި ގޭގައި ކަން އެނގުމުން ދެ ފަރާތް ބަލާލި އިރު އޭނާގެ ދެ ކޮއްކޮ ޒައިނީއާއި ޒީނާ އަރާމުކޮށް ނިދާލާފައި ތިއްބެވެ. ފާރުގައި ހަރުކޮށްފަ ހުރި ގަޑި އަށް ބަލާލި އިރު 3:30 ވަނީއެވެ. ލީއާ އަވަސްވެގަތީ ފާޚާނާއަށް ވަދެ މޫނު ދޮވެލުމަށެވެ. އަވަސް އަވަހަށް ވަދެ ފާހާނާގައި ހުރި މޫނުދޮންނަ ތަށިން އިސްކުރު ދޫކޮށްލުމަށްފަހު އެ މޫނަށް ފެން ބުރުއްސާލިއެވެ. ފެނުނު ހުވަފެނާމެދު ކުޑަކޮށް ވިސްނަން ހުރެވުނެވެ. ހުވަފެނުގައި ޒީޝާން ފެންނަންވީ ކީއްވެހެއްޔެވެ؟ މިހާ ދުވަހު ރަށުން ބޭރުގައި 3 އަހަރު ކޮށްފައި އައިފަހުން އަދި މިވީ އެންމެ މަހެކެވެ. އެހެންނަމަވެސް އޭނާ ފެންނަންވީކީ ކީއްވެހެއްޔެވެ؟ އަމުދުން ލީއާ ޒީޝާންގެ މަތިން އެއްކޮށް ހަނދާން ނެތިފައިވާކަހަލަ ދަނޑިވަޅެއްގައެވެ. ލީއާ ކުޑަކޮށް އެ ވިސްނުމާއި ދުރަށް ޖެހިލާ ކޮޓްރި ތެރެއަށް ލޯ ހިންގާލިއެވެ. ޒީޝާންގެ ހަނދާން ކޮށްލާފައި ރޯކަށް މޫޑް އޮފް ކުރާކަށް އޭނާ މި ވަގުތު ބޭނުން ނުވިއެވެ. ލައިގެން ހުރި ނޫކުލައިގެ މަޑުޖިންސް ފޮތީގެ ކުރު ސޯޓް ކޮޅު އެ ދޮން ފަޔަށް ވަނީ ރީތި ވަރަކަށް ފިޓް ވެފައެވެ. ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައެއް ހާމަކޮށް ފެންނަން އޮތުމުން އެ ފައިކޮޅުގެ ޗާލުކަން ދައްކުވައިދެއެވެ. ގަދަ ރަތް ކުލައިގެ ދިގު ނައިޓީގައި ލީއާ ފެންނަލެއް އަދި މާ ހިތްގައިމެވެ. އުނަގަނޑުން ތިރިއަށް ފައިބާފައިވާ އެ ލޭޔާޑް އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އޭނާ މަޑުކޮށްލީ ކުޑަދޮރުތައް ކައިރިއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maroon

Level 110 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 13

Next

ޝަކުވާ ހިތަށް ކުރެވޭ…4

Next
December 10, 2020

ޝަކުވާ ހިތަށް ކުރެވޭ…4

Previews
December 10, 2020

އަންނަންދެން ހުންނާނަން ލޯބިން 13



All Right Reserved!