ހެނދުނުގެ ވަގުތެވެ. ފަތިހު ތެދުވިގޮތަށް ޒީޝާން އުޅެނީ ރައްޓެހިންގެ ކަންކަމާ ހަވާލުވެގެންނެވެ. އެމީހުން ލަފާނެ ގަޑިއަށް އިންތިޒާރުކޮށްގެން އިރުވެސް ނާރަނީސް ދެ ތިން ފަހަރަކު ބަނދަރުމައްޗަށްވެސް ނުކުތެވެ. ލަސްވެގެން ކޮޅުކޮޅަށް ހިނގަހިނގާފައި ރައްޓެހިންނަށް ގުޅަންވެސް ގުޅިއެވެ. އެންމެ ފަހުން މާ ގިނައިރުވާތީ ގަހުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އިށީނދެ އެ ރީތި ހަށިގަނޑު ދަމާލިއެވެ. ދުރުދުރުން ކޮޅުކޮޅަށް ހިނގަމުންދިޔަ އަންހެން ކުދިންގެ ލޯތައް އެދިމާލަށް ހުއްޓައެވެ. މާގިނައިރުތަކެއް ނުވެ ޒަމާނީ ގޮތަކަށް ހަދާލާފައިވާ ދޯންޏެއް ފަޅުތެރެއިން ލާފައި […]
މިއަށް ކީއްކުރަންވީ ..” އަލަމް އަވަހަށް އެ ފަތްގަނޑު ނަގައި އޮޅައިލިއެވެ. ” ތީތި އެފުރޭތަ އޮންނަ ތާނގަ ތެރޭގައި ބާއްވަން ޖެހޭނީ .. ދެން މި ފަށް އޭތީގެ އަތުގައި އަޅާ ..” ހަމްދީބޭ ދެވަނަ ފަހަރަށް ނެގީ ފަށެކެވެ. ތަވީދަކަށް ވެދާނެޔޭ އަލަމްގެ ހިތަށް އެރިއެވެ ” މިއީ ތަވީދެއް ދޯ ..” އަލަމްގެ ހިތުގައި އޮތް ޖަވާބު ނޭނގޭ ސުވާލު ނޭގި ނަމަވެސް ސާމިއުއަށް ކުރެވުނެވެ. ” ތިއީ އަހަރެންގެ ހިތުގައި އޮތް […]
*’އާނ.. އަމް.. އަހަރެން ދެންމެ ބުނި ގޮތަށް އަމްމް.. ޑޯންތް ގެޓް މޭޑް އޯކޭ..’ އަޒަން ހާސްވެފައިހުރެ ކެއްސާލިއެވެ. ‘ބަޓް އަމްމް.. ކައިވާން އާއި ޒައިންމެން ދެމީހުން ފާޑަކަށް އަމްމް.. އެހެމް.. ގޭގެ ވާތް ފަޅިގައި ހުރި ހަޓް ގޮއްވާލައިގެން މިއުޅެނީ.. ލައިކް.. އަމް.. ސޯޓް އޮފް އޭން އެކްސްޕްލޯޝަން..’* *(ޖެނީގެ ނަޒަރުން)* ކުރިމަތީގައި އޮތް އަނދާ އަޅިއަށް ވެފައި އޮތް ކުޑަ ކޮޓަރި ނުވަތަ ‘ހަޓް’ އަށް ބަލަހައްޓައިގެން އަހަރެމެންނަށް ހުރެވުނެވެ. އަޅި ކުލައިގެ ދުންތަކެއް އޭގެއިން ނުކުންނަމުން […]
*ޕިސް ޕިސް ދެން ދޯ.. މި ޒުވާބު ނިންމާލާފަ މިކަން ހައްލު ކުރަން މަސައްކަތް ކުރަން ހިނގާ.. އެހެންނޫނީ ކަމެއް ގޯސް ވެދާނެ..’ ހުދު އިސްތަށިގަނޑު ލީ މީހާ ދެ އަތް މައްޗަށް ނަގާ ވާހަކަ ދައްކަން ފެށުމުން ބާކީ ތިބި އެންމެން ހައްޕު ކިޔައިގެން ތިރި ބަލަން ފެށިއެވެ.* ފަސް މީހުންގެ ލޯތައް ވަނީ އަހަރެންނަށް އަމާޒު ވެފައެވެ. އަހަރެންވެސް އެމީހުންނާއި ދިމާލަށް ބަލަން ހުރީމެވެ. އެކަކުވެސް ވާހަކަ ނުދައްކާތާގައި އެކޮޓަރި އަށް ވެރިވެފައި އޮތް […]
* ކުއްލިއަކަށް ކޯޓުގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ސިހުނެވެ. އަހަރެން ހީކުރީ ނައުފަލް ނުވަތަ ޔޫމިން އަހަރެން ހޯދަން އައީކަމަށެވެ. ނަމަވެސް ދޮރުން ވަތް އަންހެން ކުއްޖާ ފެނި އަހަރެންނަށް ހުރި ތަނަށް ގަނޑު ވެވުނެވެ.* **ޔޫލީންގެ ނަޒަރުން** ގަޑިން ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ. އަހަރެން ރޭގަނޑުގެ މިވަގުތުގައި ހިނގަމުން މިދަނީ ކައިރީގައި ހުރި ބާސްކެޓް ކޯޓާއި ދިމާލަށެވެ. ބާސްކެޓަކީ އަހަރެން އެންމެ ކުޑަ އިރުއްސުރެ ކުޅެމުން އަންނަ ކުޅިވަރެކެވެ. އެ ކުޅިވަރަކަށް ލޯބި […]
އެފުރޭތަ ހުންނަ ގޮތާއި، ދިރިއުޅޭ ތަނެވެ. އަލަމް ހުރީ ހައިރާންވެ ސޮނިވެއްޓޭ ވަރު ވެފައެވެ.* ” އޯހ ސަޅި ..” އަލަމަށް ބުނެވުނެވެ. އެއާއި އެކު ސާމިއު ހީލިއެވެ. ދެ ކުދިންނަށްވެސް ނޭނގުނީ ހަމްދީބޭ އެ ވާހަކަތައް ވަރަށް ގާތުން އަޑުއަހަމުން ދިޔަ ކަމެވެ. މިސްކިތުން ފައިބައިގެން ތަސްބީހަފަތި ހަލުވަމުން ގެ ހުންނަ ގޯޅި އަށް އެޅި ވަގުތު ފެނުނު ދެކުދިންނާއި އެދެކުދިން ދައްކަމުންދިޔަ ވާހަކައަށް ޝައުގުވެރިކަމެއް ދެވި އަޑުއެހުނީއެވެ. އެ ފުރޭތައިގެ ވާހަކަ އަޑުއިވުނަސް ހަމްދީބޭގެ […]
” އެހެންވިއްޔާ ކުރަން ތި އުޅެނީ ކޮންކަމެއްތޯ ބުނެބަ ..” ސާމިއު ބުނެލިއެވެ. ” މިހެން ހަދަން ޖެހޭނީ …. އޭތީގެ ނާސްތާއަށް އަޅާނެ ދިޔައެއް އަހަރެން ދޭނަން .. އޭގެ އަސަރު ކުރުމުން އޭތި ކުޑަވާނެ ..ދެން އަހަރެމެން އޭތި ހުޅިއަކަށް އަޅާލާފަ އަންދާލާނީ .. އޭރުން އެ ނިމުނީ..” ހާޖީ ފާޑަކަށް މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. މިއީ ހާޖީ އޭނައާއި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ކުރިން މުޅިން ވެސް ވާހަކަދައްކައި އުޅުނީ އަތުންނާއި […]
” މިރަށު މީހެއް؟ ކާކު؟ ..” ސާމިއުގެ ނޭވާ އަވަސްވިއެވެ. “ކޮންމެ ރެއަކު އަތިރިމަތީގެ މަގޫ ގަސްތަކުގެ ދޮށަށް މަސްބާނަންދާ މީހެއް ..” ފަލްކަން ޖަވާބު ދެއްވިއެވެ. މިޖަވާބުން ސާމިއު އިތުރަށް ހާސްވިއެވެ. ނަމަވެސް އެކަން ނުދައްކާ ހުރީ އޭނައަކީ ފިނޑި މީހެއްކަން ނުދައްކާ ހުންނަން ވެގެންނެވެ. “މަގޭ ބައްޕަވެސް އެތަނަށްދާނެ .. އެގޭތަ ކާކުކަން؟ ..” ސާމިއު އަހާލިއެވެ. އެއާއިއެކު ފަލްކަންގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ދިއްލުނެވެ. ހަމައެކަނި އެ އަގޮއްޓެއް ނޫނެވެ. ހާޖީގެ […]
ރޭނގަޑެވެ. ކައިނިމުނުތަނާ، ކޮޓަރިއަށް ދާން ސަންފަ ބުނުމުން ސާމިއު ބަހާނާއެއް ނުދައްކާ، ކޮޓަރިޔަށް ވަނެވެ. ލައިޓު ދިއްލާ އެނދާއި ދިމާލަށް އެނބުރިލި ސާމިއުއަށް ހަޅޭއްލަވައިގަނެވެން އުޅުނެވެ. ނަމަވެސް މީހަކު އަނގަމަތީގައި އަތް އަޅައިފައި ހުރި ކަމުގެ އިހްސާސް ކުރެވުނެވެ. ސާމިއު އަކަށް ދެން ވީގޮތެއް ނޭނގުނެވެ.* ހޭލެވުނީ މީހަކު ވާހަކަ ދެއްކި އަޑެއް އިވުމުންނެވެ. ދަންވަރުއަމިއްލަ ކޮޓަރީގައި މީހަކު ކުރަނީ ކޮންކަމެއް ކަން ނޭނގިހުރެސާމިއު އެނދުން ތެދުވިއެވެ. ކުރިމަތީގައި ފުރަގަސްދީގެންހުރި ފިރިހެން ކުއްޖާ އޭނަޔަށް ފެނުނީ ދެނެވެ. […]