މިޝްކާ އަށް ތެދުވެވުނީ އެނދުންނެވެ. ދެކޮޅު ހޯދާ ބަލާލީ އޭނައަށް
އޮވެވުނު ތަން ޔަގީން ކޮށްލުމަށެވެ. އެއަށްފަހު ހަމަޖެހުމުގެ ނޭވާއެއް
އޭނައަށް ދޫކޮށްލެވުނެވެ. އަނެއްކާވެސް މަޑުމަޑުން އޮށޯތެވެ.ނަމަވެސް
އެހެނެއް މާގިނައިރަކު ނުއޮވުނެވެ. ދުރުދުރުން ފަޒާ ގެ ތެރެއިން
ވިހުރެމުން އައި އަޑެއް އޭނަގެ ކަންފަތުގައި ޖެހުނެވެ. އާއެކެވެ.
ބަންގީގެ އަޑެވެ.
ގަޑިން 5 ގަޑި ބައެވެ. މީޝްކާ އިނީ ވަރަށް ބޮޑަށް ކަންނެތް
ވެފައެވެ. ނަމަވެސް މަޑުމަޑުން އެނދުން ތެދުވެއްޖެއެވެ. ލުއި ފިޔަވަޅު
ތަކެއްގައި ހުރެ ފާހަނާއާއި ދިމާލަށް މިޝްކާ މިސްރާބުޖެހީ ވުޟޫކޮށް،
ގައިން ތާހިރުވެލުމަށެވެ.
************
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަތިރިމަތީގެ ހިތްފަސޭހަ މާހައުލުގެ ހިމޭންކަން
ނަގައިލެވިފައި ވަނީ ފަރުވާލެއްނެތި ބިންދަމުންއައި ކުދި ކުދި ރާޅުތަކެކެވެ. ހުދުހުދު
ދޮންވެލި ގަނޑުގައި އުޅޭ ކަކުނިތައް، އެސޮރުމެންގެ ނާސްތާ ހޯދުމާއިގެން އުޅެއެވެ.
މިއުޒިކީ އަޑެއް ފަދައިން ލަވަކިޔާ ދޫނިތައް ވެސް އެއެއްޗިހީގެ އަމިއްލަ މަސައްކަތާ
އިގެން މަސްއޫލުވެ އުޅެއެވެ.
އެ ފަދަ ރީތި ހިތްފަސޭހަ މާހައުލުގެ ހިތްފަސޭހަ ކަމަށް ބަލަހައްޓައިގެން
އިން 15 އަހަރުގެ ނަޔާނީގެ ހިތުގައި ވަނީ ހިތްހަމަޖެހުމެވެ. އެއްވެސް ތުރާލެއް
ނެތެވެ. އުޅެވެނީ ހުވަފެނެއް ފަދަ ބަގީޗާއެއްގައެވެ.
ސިއްސައިގެން ދިޔަ ދިނީ ރިންގުވަމުން ދިޔަ އޭނަގެ ފޯނެވެ. ކުދި
ކިޔަމުން އޭނަ ގުޅަނީ ކާކުތޯ ބަލައިލިއެވެ.
” މަންމަ ..”
ކަންފަތުގައި ފޯނު ޖައްސައިލުމާއި އެކު އެކޮޅުން އިވުނީ މަންމަ ގެ އަޑެއް ނޫނެވެ.
އޭނަގެ ކޮއްކޮ، މިޝްކާގެ އަޑެވެ.
” ހާދަ ލަސްވެއްޖެޔޭ . ޖޮގިންނަށޭ ކިޔާފަ އެހެންތާކަށްދޯ ދިޔައީ ..”
މިޝްކާގެ އަޑުން އެކަނިވެސް ލަސްވެފައި ހުރި މިންވަރު ހާމަވެއެވެ.
” ނޫނޭ .. މިއަންނަނީ .. ނުވާނެ އިރުކޮޅެއް ވެސް ..”
ނަޔާނީ ތެދުވެ ވެލި ފޮޅައިލިއެވެ. ފޯނު ޖީބަށް ޖަހައިލަމުން ރަށު ތެރެ
އަށް އަރަން ދާން ދުއްވައިގަތެވެ.
ގެއާއި އަރާ ހަމަ ވި ތަނާ އަނެއްކާވެސް ފޯނު ރިންގުވިއެވެ. ފޯނު ނަގާ ކަންފަތުގައި
ޖެހީ ކާކުތޯ ވެސް ނުބަލައެވެ.
” ސާބަހޭ މި ހަމަވީއޭ ..”
ނަޔާނީ ޗުކުޗުކު ތަޅައިގަތެވެ.
” ކީކޭ ؟”
ލިލިޔަން އަހާލިއެވެ. ނަޔާނީއަށް ރެއަކާލީ ދެނެވެ.
” އޯހް. .ލިލީދޯ .. އަހަރެން ހީކުރީ މަންމަމެން ކަމަށް.”
ނަޔާނީ ލަދުގަތެވެ. ކިތަންމެ ގާތް ރަހްމަތްތެރިޔަކު ވިޔަސް ވެހެވެ.
” އެހެންތަ ؟ ނަޔާނީ ދަތުރު ދާނަންތަ؟”
ލިލިޔަން ގުޅީ ސަބަބު ބަޔާންކުރިއެވެ.
” ދެވިދާނެ .. ފްރީވަންޏާ ..”
ނަޔާނީ މާޔޫސްވިއެވެ. ކިތަންމެ ދާ ހިތްވިއެއް ކަމަކު ދެވޭނީ ހުސް
ވަންޏާއެވެ. އަދި އެވެސް މަންމަ ނާހިދާގެ ހުއްދައާއި އެކުއެވެ.
” އޯކޭ .. ބާއްވަނީ މިވަގުތު ..”
ލިލިޔަން ފޯނު ބޭއްވިއެވެ. ނަޔާނީ ގޭގެ ދޮރޯއްޓާއި އަރާ ހަމަވެފައި
ހުއްޓާ ފޯނަށް މެސެޖެއް އައިކަން އަންގައިދޭ ނޮޓިފިކޭޝަނުގެ އަޑު
އިވުނެވެ.
ނަޔާނީ ފޯނު ބަލާލިއިރު ލިލިޔަންގެ މެސެޖެކެވެ. ގަބޫލު ވަންޏާ
އަންގައި ލާށޭއެވެ. ނަޔާނީ ރިޕްލައި އަކަށް އޯކޭ އޭ ބުނުމަށްފަހު
ދޮރާށިން އެތެރެއަށް ދެމިގަތެވެ. ދޮރުން އެތެރެޔަށް އަޅަން އައި
ފިޔަވަޅަށް އެޅުނީ ވެސް ނާހިދާ ގެ ކުރިމައްޗަށެވެ.
” ކޮބާ ގެންނަން ބުނި ކާށިތައް..”
ނާހިދާ ސުވާލުކޮށްލިއެވެ. ނަޔާނީ އަށް ހަނދާންވިއެވެ.
” އުޕްސްސް .. އޯހް ނުގެންނަން .. މި ގެންނަނީ ..”
މިހެން ބުނެފައި ނަޔާނީ ދޮރުން ބޭރަށް ދުއްވައިގަތެވެ. އަތިރި
މަތީގެ މޫރިތި ކަން ބަލަންހަދައިގެން އޭނަ ގެއިން ނުކުންނަން
ދެއްކި ބަހާނާ ވެސް ގެއްލުނީއެވެ.
މީހުންގެ ނަޒަރުތައް އޭނައަށް އަމާޒު ވަމުން ދިޔައެވެ. މިކަމަށް ސަމާލު
ކަމެއް ނުދީ އޭނަ ބެލީ މީހުންގެ ކުރި މަތިން ފިލޭތޯއެވެ. ދުވެވުނު އެންމެ
ބާރަކަށް ދުވެފައި އިތުރު ވިސްނުމެއް ވިސްނަން ނަހަދާ އޭނަ، ގޮސްވަނީ
ވާ ބޯ ޖަންގަތްޔަށެވެ. ސަބަބަކީ އޭނައަށް އެތަނުން ކާށި ލިބޭނެތީއެވެ.
ކުދި ކުދި ހިކި ފަތްތައް ނިއުޅަމުން ގަސްތަކުގެ ބިއްދޮށް ބަލަމުން ނަޔާނީ
ކުރިޔަށް ދިޔައެވެ. އެތައް އިރަކު ބެލުނު އިރު ވެސް އެންމެ ވައްތަރެއްގެ ކާއްޓެއް،
ކުރުބަލެއް ވެސް ނަޔާނީ އަކަށް ނުފެނުނެވެ. މިއަދު ނަސީބު ދެރަ ދުވަހަކީ ތާއެވެ.
ނަޔާނީ އައި ކޮޅަށް ދާން އެނބުރި ހިނގައިގަތެވެ.
” ސުބްހާނަށް ﷲ “..
111 Comment
Leave a Reply
You must be logged in to post a comment.
ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!
black flower
December 9, 2020 at 12:52 pmhello everybody .. I am new to esfiya.com .. hope you like my new story