” އޯކޭ .. ކީއްވެޔޯ ޕްރިންސިޕަލް ސުކޫލަށް ނައީ؟؟ ..” ސާމިއުގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކީއްވެގެން ކަމެއް އޭނައަކަށްވެސް ނޭނގުނެވެ. ” ނޭނގެ؟؟.. ސަރދުވަން ދަނިކޮށް ފަތްގަނޑެއް ފެނުނީޔޯ .. އެ ފަތްގަނޑު ދަށުން އެއްޗެއް ފެނުނީއޯ … މުޅި ގައިގަ ރެދަނޯ …. އަހަންނަކަށްއެ މާނަ ކުރާ އެއްޗެއް ނަގައިގަންނާކަށް ނޭނގެ ..” މިހާދު ކިޔައިދިނީ ސާމިއުއަށް އެނގޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެގޮތަށް އެކަންނުވި ކަމުގެ މަލަމަތި ފެންނަން ފެށީ […]
” މިހާރު ވަރުބަލި ވެއްޖެ .. އިރުކޮޅަކުން ފަށާނީ ..”ސާމިއު ދުވަމުން އައިސްފައި ވެސް ވަރުބަލިވެގެން އިށީނެވެ. އޭނާ މުޚާތަބު ކުރީ ގާތުގައި ހުރި މިހާދު އާއިއެވެ. ” ހާދަ އަވަހަކަށް ވަރުބަލިވީ!!.. އަދި އެންމެ ފަސްމިނަޓުވެސް ނުވޭ ވިއްޔަ .. މާގިނައިން ކައިގެންދޯ ތިއުޅެނީ؟؟؟..”މިހާދު ދިމާކޮށްލިއެވެ. ތެދެކެވެ. ސާމިއު ހުންނަނީ މިހާދުއަށް ވުރެ ހަށިގަނޑުން ބޮޑުކޮށެވެ. ދެކުދިންވެސް ކިޔަވަނީ ގުރޭޑު 6 ގައި ކަމަށްވާއިރު އުމުރަކީ ބާރަ އަހަރެވެ. ” ނޫނޭ .. އަހަރެން ކޮންއިރަކު […]
” މިރޭ އެބަ ޖެހޭ ޝޮޕިންކޮށްލަން ދާން. އެއްޗެއް ގަންނަން ވެފަ އެބައޮތްތަ؟ ” ރޭގަނޑުގެ ނުވައެއް ޖަހާކަށްހާއިރު އާންމުކޮށް ލީއާ ފެންވަރައިގެން ނުކުންނާނެއެވެ. މިރޭވެސް އެއައީ ތާޒާ ވެލައިގެންނެވެ. ތުވާލިން ބޯ ހިއްކަމުން ނުކުތް ލީއާ އެހެންބުނީ އެނދުގައި ތިބި ޒީނާ އަށާއި ޒައިނީއަށެވެ. ޒައިނީ އޮތީ ނިދިއައިސްގެން އެސްފިޔަތަކަށް ބަރުވެ ގަދަ ނިންޖަކަށް ބޭނުންވެފައެވެ. ޒީނާ އޮތީ ކުޑަ ފޮތެއް ހުޅުވާލައިގެނެވެ. ހީވާ ގޮތުން އެއީ ވާހަކަ ފޮތެކެވެ. ލީއާ ކުޑަދޮރުތަކާއި ދިމާލަށް ގޮސް […]
ވިލިމާލޭ ފެރީން ފޭބި 3 ޒުވާނުންނަށް ލޯތައް އަމާޒުވަމުން ދިޔައެވެ. އެއްބަޔަކު އެ 3 ކުދިންގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފު ކުރަމުން ދިޔައިރު އަނެއްބަޔަކު އެކުދިންގެ ފުރިހަމަ ކަމަށް ހަސަދަ ލަމުން ދިޔައެވެ. 2 ފިރިހެން ކުދިންގެ މެދުގައި ހުރި އަންހެންކުއްޖާ ގައިމު ވެސް ހުރީ އެ ލޯތަކުން ސަލާމަތް ވުމަށް ކެތްމަދު ވެފައި ކަން ކަށަވަރެވެ. އާއެކެވެ. ތާރާ، އީކަން އަދި ޖައިލަމެވެ. “ތިބުނާ ރެސްޓޯރެންޓަކަށް ދާން އެނގޭތަ؟” ތާރާ އީކަންގެ އަތުގައި […]
ނަޔާނީ ހަޅޭއް ލަވައިގަތެވެ. އަތް ކައްސާލީގޮތުން މަތަނުވެގެން އޭނަ ޖެހުނީ ބެލްކަނީ ހަރު ތަޅުންގަނޑު މައްޗަށެވެ. ޖެހުނު ގޮތަކުން ތަދުވެސްވިއެވެ. އޭރު ރޫނާ އޭނަޔަށް އެހީވަނިއެވެ. ނަޔާނީގެ ހަޅޭކުގެ އަޑަށް މަތީ ފުލޯ ބަދިގޭގައި މޮޕު ޖަހަން ހުރި ނާހިދާ އާއި ކޮޓަރީގައި އަރާމު ނިދީގައި އޮތް މިޝްކާވެސް ތެޅެމުން ފޮޅުން އެ ކޮޓަރިޔަށް ވަނެވެ. ” ނާޔާ ކިހިނެތްވީ ..” ” ދޮންތަ ވެއްޓުނީ ކޮންތާކުން؟” ” އަނެއްކާ އެރީ ދޯ މައްޗަށް .. ނާރާށޭ […]
‘ހޫން.. ދެން.. އަހަންނަށް މާފު ކޮށްފިންތަ؟ އެހެންނޫނީ އާ ޓީޝާޓެއް ގަންނަން ވީތަ؟’ ޒައިނީ އެ އަތް ތަޅުވާލަމުން ވާހަކަ ދެއްކިއެވެ. ޖިމްޔާން ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ދެމީހުން މޫދު ކައިރިއަށް ގޮސް ވާހަކަ ތަކެއްގެ ތެރެއަށް ގެނބުނެވެ. އަދި އެދެމީހުންގެ މެދުގައި ރަހުމަތް ތެރިކަން އުފެދި އެކި ވާހަކަ ތައް ދައްކަން އެ ހިތް ފަސޭހަ ވަގުތު ކޮޅު ދުއްވާލިއެވެ* ‘އެޔޮއް އައީ އެ ބަސްގަނޑު..’ ގާތް ގަނޑަކަށް އެއް ގަޑި އިރު ފަހުން ނިޒްކާ އާއި ތުގާ އިން ބަސް ހުއްޓި އަށް ބަހެއް ހުއްޓިއެވެ. އަވަސް އަވަހަށް އެޔަށް އަރާ ބަހުގެ އެންމެ ފަހަތު ސީޓަށް އަރާ ދެމީހުން ހަމަ ޖެހިލިއެވެ. ބަސް ދުއްވާލުމާއެކު ދެމީހުންނަށް ލިބިފައި އޮތް ކުޑަ ދޮރުން ބޭރު ބަލަން އިނެވެ. ‘އަޅޭ ހާދަ ރީއްޗޭ ދޯ..’ ނިޒްކާ އޭނާގެ ފޯނު ނެގުމަށްފަހު ސެލފީ އެއް ނަގާލިއެވެ. އޭރު ތުގާ […]
އްބޫސް އަހަރެމެންނަށް ކީއް މިކުރެވުނީ..!’ ‘އާތް މަންމާ..!’ ‘އަހަރެން ބުނީމެންނު މިކުރެވެނީ ރަނގަޅު ކަމެއް ނޫނޭ..!’ **2** (ޖެނީގެ ނަޒަރުން) ‘އޭތި ގޮސްފިތަ،،؟’ އެތަނުން އެކަކު ވާހަކަދެއްކިއެވެ. އެދައްކަނީ އަހަރެންގެ ވާހަކަ ކަމެއް ދަނެގަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ. ‘އަހަރެން ބުނީމެންނު އަޒަން ކައިރީގައި ގައިރޯގައި އަތް ލައިގެން ނުވާނެޔޭ..’ ‘ޒައިން ވާހަކަ ނުދައްކަ ހުރެބަ..’ ‘ތެދެކޭ.. އަހަރެމެން މަޑުން ހުރެއްޖެ ނަމަ އޭތި ގޮސްފާނެއްނުން..’ އެ ގޮތް ނޭނގޭ ތިން މީހުން ކައިރީގައި މިވަނީ ކިހިނެތްތޯ ސުވާލު ކުރަން ބޭނުން ވީ ނަމަވެސް އަހަރެން ހިޔާލު ކުރީ މަޑުން ހުންނާށެވެ. އަނެއްކާވެސް އެތަނުން މީހަކު ވާހަކަ […]
” އެއީ އެއްވެސް ކާއްޓެއް ނުފެނުނީމަ ހިނގަމުން ދިޔައީ .. ދެން އަންނާނެ ގޮތެއް ނޭނގުނު .. މާ އެތެރެޔަށް ވަދެވުނީ މަ .. އެންމެފަހުން އަތިރިމައްޗަށް ދެވުނީމަ އެތަނުން މިތަނަށް އާދެވުނީ .. އަނެއްކާ ލިލީ ގުޅީމަ އެގެޔަށް ދާން ޖެހުނީ .. ފައިހާ އާއި އެތަނުން ދިމާވީ ..” ދޮގު ތަކާއި އެކު ތެދުތައް އެކޯވެގެން ބޮޑު ތަގުދީރެއް ނަޔާނީ ކިއެވެ. ” މައްސަލައެއް ނެތް ..” އެއަށްފަހު ނާޙިދާ ދޮރު ލައްޕައިލިއެވެ. ” […]
ލީއާ ގޮސް ކުޑަ ދޮރުތައް ހުޅުވާލާ ސާފު ވައި ކޮޅެއް ލިބިގަތެވެ. ދެރަވެ ހިތް ނުތަނަވަސްވާ ކޮންމެ ވަގުތަކު ކުޑަދޮރުތައް ހުޅުވާލާފައި ހިތް ހަމަޖެހުން ލިބިގަނެއެވެ. ގިނަ ފަހަރަށް އޭނާގެ ޝަކުވާތައް ކަރުނައިގެ ސިފާގައި ބޭރުކޮށްލައެވެ. ކޮންމެ ފަހަރަކުވެސް ހިތް ފުރެންދެން ރޯލެވުމުން ނޫނީ އެތަނުން ދުރަށްވެސް ނުދެއެވެ. އެވަގުތު ޖެހިލި ވައި ރޯޅިއަކުން ދެލޯ މަރާލައިގެން ކުޑަދޮރުން ބޭރަށް ބޯ ދީގެން ހުރި ލީއާގެ ހަށިގަނޑުގައި ބޮސްދީފައި ދިޔުމުން ހީކަރުވައިގަތެވެ. ހީވީ މީހަކު އައިސް މޫނުމަތީ […]