” ކީއްވެ ތި ސުވާލު ކުރީ .. އަހަރެންމީ އަންހެން ވައްތަރުގެ މީހެއް ..”
ރޫނާ ބުނެލިއެވެ.
” އެހެންތަ .. ދެން ކީއްވެ ބަރުއަޑަކުން ވާހަކަ ދެއްކީ ..”
ނަޔާނީ ސުވާލު ކުރިއެވެ. ތެދެކެވެ. ނަޔާނީ އާއި ރޫނާ ވާހަކަ ދެއްކީ ބަރު،
ފިރިހެން އަޑަކުންނެވެ.
” އެއީ ނަޔާނި ބިރުގަންނަތޯ ބެލީ ..”
ޖެހިލުމެއްނެތި ރޫނާ ޖަވާބުދިނެވެ. އެއާއިއެކު ނަޔާނީ ހީނގަތެވެ. ބަރު އަޑަކުން
ވާހަކަ ދެއްކުމުން ބިރު ގަންނާނެ މީހަކު ހުންނާނެ ހެއްޔެވެ؟
” ދެން މަޖަލެއް ނޫނޭ..”
ރޫނާ ރަކިވިއެވެ.
” އޯކޭ .. ރޫނާ އަށް މީހެއްގެ ސިފައަށް ބަދަލު ވެވޭނެތަ؟ ”
ނަޔާނީ ކޮށްލީ މައުޟޫއާއި ދިމާ ނުވާ ސުވާލެކެވެ.
” އާން .. ކިހިނެއްވީ ؟”
ރޫނާ ގަހަހަކަށް އަރާ އިށީނެވެ. ފިޔަގަނޑެއް ނެތި ނުއުދުހެވުނަސް، ދޫންޏަކަސް
އެ މަޚުލޫގުންނަށް ލިބިފައިއެވާ ދިގު ދެ އަތާއި ދެ ފައި ނަޔާނީ އަށް ފެނުނީ
ދެނެވެ.
” އެއީ ގެއަށް ގެންދަން .. އޭރުން ކޮޓަރީގަ ކުރާނެ ކަމަކާއި މެދު ވިސްނޭ
ނެއެއްނު ..”
ނަޔާނީގެ ޚިޔާލު ރޫނާއަށް ކަމުދިޔައެވެ. މޫނަށް ގޮތެއް ހަދައިލުމަށް ފަހު ރޫނާ
އޭނަގެ ދިގު ދެއަތް މައްޗަށް އުފުލައިލިއެވެ. އެއާއިއެކު އަލިތަކެއް ނުކުމެ މުޅި
ފަޒާ ވަށައިލިއެވެ. އިރުކޮޅެއް ނުވަނީސް އެ އަލިތައް ފަޑުވިއެވެ. ނަޔާނީ ކުޅި
ބަލަން ދުރުގައި ހުއްޓެވެ.
އަލިތައް ނުކުމެ މުޅި ތަން ވަށައިލައި އަނެއްކާ އެ ދިޔުމުން ނަޔާނީ ދެލޯ
އުނގުޅައިފައި ބަލާލިއެވެ. އޭނަ ހައިރާންވީ ރޫނާ ހުރި ތަނުގައި އޭނަ
ނެތުމުންނެވެ. ބަދަލުގައި އެހެން އަންހެން ކުއްޖަކު ހުރުމުންނެވެ.
މި އޭލިއަނުންނަކީ ހަމަ އާދަޔާހިލާފު ބައެއްތާއެވެ.
” ތިއީ ރޫނާތަ ..”
ދުރުގައި ހުރުމުން ރޫނާއަށް އަޑުއިވޭނެހެން ނަޔާނީ ގޮވައިލިއެވެ. ބަދަލުގައި
އެ އަންހެން ކުއްޖާ ބޯޖަހައިލިއެވެ. އަދި ގަސްތަކުގައި ހިފައި ބިންމަތީގައި
ކޮރަމުން ކަހަލަ ގޮތަކަށް ނަޔާނީ ގާތުގައި މަޑުކޮށްލިއެވެ. ރޫނާ ހުރީ ދެ
ފައިގެ ބޭނުން ކުރަން ނޭނގިފައެވެ.
” ކިހިނެތް ތި ހަދަނީ؟ ..”
ވާނުވާ ނޭނގޭތީ ނަޔާނީ އެއްސެވެ.
” މި ދެ ފައިން ހިނގާ ކަށް ނޭނގެއޭ ..”
ވަރަށް ހާލުން އެހިސާބާއި އަރާ ހަމަވި ރޫނާ ބުނެލިއެވެ.
~~~~~~~~~~~~~~~~
ބައި ގަޑިއިރު ފަހުން
~~~~~~~~~~~~~~~~
ޖަންގަލިން ރަށު ތެރެއަށްއެރި 2 ކުދިންގެ މޫނުން މީހަކަށް ނަޒަރު ވަކިކޮށް
ނުލެވެއެވެ. ވާނީވެސް އެހެންތާއެވެ. މީގެ ހިނދުކޮޅެއް ކުރިން ގެއްލިގެން،
ރަށުތެރެ ހަލަބޮލި ކޮށްލި ކުއްޖާ އެހެރަ އަންނަނީއެވެ. ދެން ހުރި ކުއްޖާގެ
ހަލަކީތާއެވެ. އާ ރަށަކަށް ވުމުން އޭނަ ހުރީ ޖެހިލުން ވެފައެވެ. އައު މޫނު
ތަކަށް ބަލަމުން ކުރިޔަށް ދިޔަ ރޫނާގެ ފައި އޮތީ ބެންޑޭޖު ކޮށްފައެވެ. މީހުން
ގެ ލޯތަކަށް ހަގީގަތް ވަންހަނާ ކުރާށެވެ. ބައެއް ފަހަރު ކަތި ފިޔަވަޅު އެޅޭތީ
އޭނަގެ އަތްވެސް ނަޔާނީގެ އަތުގައި ހިފާފައެވެ.
ގެއާއި އަރާ ހަމަވުމުން ނަޔާނީ ރޫނާގެ ގާތުގައި އާދެވިއްޖެ ކަމަށް ބުނެލިއެވެ.
އެއާއި އެކު ރޫނާ ފުން ނޭވާއެއް ލުމަށްފަހު ކުރިމަތިން ފެންނަން ހުރި ހައިބަތު
ބޮޑު ގެއާއި ދިމާލަށް ބަލައިލިއެވެ.
” އާދެވިއްޖެދޯ ..؟ ”
ނަޔާނީ ފެނުމާއި އެކު މިޝްކާ ބުނެލިއެވެ. އެއަށްފަހު ނަޔާނީގެ އަތުގައި ހުރި
ކާށިތަކަށް ބަލައިލަމުން ގާތުގައި ހުރި ކުއްޖާއަށް ބަލައިލިއެވެ.
” މިއީ ކޮންކުއްޖެއް ..”
ކުރިއަކުން މި ކުއްޖާ މި ރަށަކުން ފެނިފައި ނުވާތީ މިޝްކާ އަށް އަހާލެވުނެވެ.
” އެކުވެރިއެއް .. ލިލީގެ ރައްޓެއްސެއް .. މި ރަށަށް އައި ފުރަތަމަ ފަހަރުމީ ..
ދެން އެ ގޭގަ ޖާގަ ނެތީމަ ބުނީ މި ގޭގަ ބަހައްޓައި ދޭށޯ ..މިއަދު އެބައޮތް
ދަތުރު ދިޔުންވެސް .. އެންމެންވެސް ކިޔަނީ އަންނާށޯ .. ދެން ނުކެރޭނެނު
ދާނަމޭ ބުނާކަށް ..އެހެންވެ ދާނަން އިނގޭ .. މި ކުއްޖާގެ ނަމަކީ ފައިހާ ..
ވަރަށް ރީތި ނަމެއް ދޯ ..ބުނީމޭ އެހެން މި ކުއްޖާ ކައިރީ ..”
ނަޔާނީ ހުރީ ކުރިން ވެސް އެސުވާލަށް ތައްޔާރު ވެގެން ފަދައެވެ. އެއް ނޭވާ
މަތިން ހުރިހާ ބަސް ތަކެއް އޭނަ އަމުނާލިއެވެ. އެއަށްފަހު ރޫނާގެ އަތުގައި
ހިފައިގެން ގޮސް ގެސްޓު ރޫމަށް ވެއްދިއެވެ. ތަޅު ލީ އިތުރު ވާހަކަ ތަކެއް
ދެއްކުމަށެވެ.
ނަމަވެސް އެހެނަކުން ސަލާމަތެއް ނުވިއެވެ. ނާހިދާ ދޮރުގައި ޓަކި ދޭން
ފެށިއެވެ. ދެންދެން ދޮރު ބުޑުން ދުރަށް ނުދާނެކަން އެނގޭތީ ރޫނާގެ ގާތުގައި
އިށީނުމަށް ބުނެފައި ނަޔާނީ ދޮރު ހުޅުވައި ލިއެވެ.
” ނާޔާ .. ކޮބާ ފައިހާ؟ ކިހިނެތް ވެފަ އޭނަގެ ފަޔަށް އެހުރީ؟ ”
ނާހިދާ އެއްސެވެ. ނަޔާނީ ވަގުތުން ވެއްޓުނީއޭ ބުނެލިއެވެ. ނާހިދާ ވެސް
އެހެންދޯއޭ ބުނެފައި ކާން އައުމަށް ބުނެލިއެވެ.
“ކީއްވެ ނާޔާ އެހާ ލަސްވީ؟”
ނާހިދާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
01 Comment
Leave a Reply
You must be logged in to post a comment.
ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!
black flower
December 12, 2020 at 4:16 pmthe forth part of this story .. enjoy reading!