ނަޔާނީ ދެ ހިޔާލެއް ގައި އިދެފައި އެ ބޯޅަ އަތަށް ނަގައި ސުވާލުކޮށްލިއެވެ.
” ތީ ކާކު ..”
ނަޔާނީ އަޑެއް އަންނަތޯ ބަލަމުން ދިޔައެވެ.
” ކާކުކަން ބެލުމެއް މުހިއްމެއް ނޫން ..”
ބަރު އަޑަކުން އޭތި ޖަވާބު ދިނެވެ. ނަޔާނީ ހައިރާންވެފައި އޭގެ ވަށައިގެން
ބަލަމުން ދިޔައެވެ.
” ކީއްވެ މުހިއްމު ނުވީ؟ ”
ނަޔާނީގެ ޝައުގުވެރިކަން ދަމައިގަތީ އެހިސާބުންނެވެ.
” އެހެންވިއްޔާ ތީ ކާކު .. އޭލިޔަނެއް؟ ”
ޖަވާބު ދިމާކުރަން އޭނަ ބޭނުންވިއެވެ. މިޝްކާ އާއި އެކީ ކުޅޭ ގޮތަށެވެ.
” ކިހިނެތް އެނގުނީ ..”
އޭލިއަން ބޯޅަ ހައިރާންވީ އޭނަ އަކީ ކޯޢްޗެއްކަން މި އިންސާނާއަށް އެނގު
މުންނެވެ.
” އެނގޭނެއެއްނު .. ކީއްވެ ނޭނގެންވީ ..”
ނަޔާނީ ފޮނިވެލާފައި އެ ބޯޅާގައި ކޮށްޓާލިއެވެ. އޭނައަށް މިއީ ކޯއްޗެއްކަން
އެނގޭނީ ރަނގަޅަށް ވާހަކަ ދައްކާލުމުންނެވެ.
ނަޔާނީ އަހައިލިއެވެ.
” އެއީ އިންސާނަކަށް ވީތީ ..”
އެ ބޯޅަ ބުނެލިއެވެ. އަޑު އަންނަނީ ކޮންތާކުން ކަމެއް ނޭނގެއެވެ.
” އިންސާނަކު ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބޭނުމަކީ ކޮބާ؟
މިއީ ކާކުކަން ނޭގޭއިރު ..”
ނަޔާނީ ކުރީ ބޭކާރު ސުވާލެކެވެ. އެކަމެއް އޭނަ އަކަށް ނޭނގެއެވެ.
” ތިއީ ކާކުކަން މާ ރަނގަޅަށް ވެސް އެނގޭ .”
އޭތި ވާހަކަ ދައްކަމުން ދިޔައެވެ.
” އަހަރެންމީ ކާކުކަން ނޭނގެނީ ތި އިންސާނާއަށް ..”
” އެހެން ވިއްޔާ ތީ އިންސާނެއް ….. ނަމަކީ ކޮބާ ..”
އޭލިޔަން ބޯޅަވެސް އިތުރަކަށް ކޯޅޭކަށް ބޭނުމެއް ނުވިއެވެ. އޭތި ވެސް ހިތް
ހަމަޖެހޭނީ އިންސާނުންގެ ގޮތް އެނގުމުން ނެވެ. އޭތީގެ ނަސްލު ގަބޫލު ކުރާ
ގޮތުގައި އިންސާނުންނަކީ ވަރަށް ހިތްވަރުގަދަ ބައެކެވެ.
” ނަމަކީ ނަޔާނީ .. އޭލިޔަނުގެ ނަމަކީ ކޮބާ؟ .. ތިއީ
ކިހިނަކުން އުފަންވި އެއްޗެއް؟ .. އާއިލާ ކޮބާ .. ތިއީ
ހަރަކާތް ކުރެވޭ އެއްޗެއްތަ؟ .. އަސްލު ސިފައަކީ ކޮބާ؟”.
ނަޔާނީ ނަމާއި އެކު އެތައް ބައިވަރު ސުވާލު ތަކެއް ކޮށްލިއެވެ. މިއަޑު އިވިފައި
އޭލިއަން ބޯޅަ ޖަހާލީ ކުޑަ ވަރެއްގެ ހިނިގަނޑެކެވެ.
” އަދި އެބަ ހެޔޭ ..”
ނަޔާނީ ތުން އަނބުރާލިއެވެ.
” ހެހެ .. ހެވޭނެއެއްނު … ބައިވަރު ސުވާލުތަކެއް ކުރީމަ ..”
އޭލިއަން ބޯޅަ ހެމުން ބުނެލިއެވެ.
” ނޭނގެންޏާ ކުރާނެއެއްނު ..”
ނަޔާނީ ވަރުބަލިވެގެން އަށިމަތީގައި އިށީނެވެ. އަދި އެބޯޅައަށް ބަލާލިއެވެ.
” އޯކޭ .. ނޭގޭތީ ދޯ .. ”
އެ ބޯޅަ ވެއްޓުނެވެ. ވިނަގަނޑު މައްޗަށެވެ. އެއީ އޭލިޔަން ބޯޅަ އަމިއްލަ
ޔަށް ކުރި ކަމެކެވެ. ނަމަވެސް ނަޔާނީ ހީކުރީ ނަޔާނީ ކުރި ކަމަކުން
ވެއްޓުނީ ކަމަށެވެ.
އެހެންކަމުން އޭނަ އުޑުފައިން އިށީނދެ، ތަންތަން ހޮވަން ފެށިއެވެ. ކުއްލި
ޔަކަށް އަޑެއް އިވުނެވެ. ގަސްތަކުގެ ތެރެއިންނެވެ. އެ ބޯޅަ ކަމަށް ހީކޮށް
ނަޔާނީ އެ ދިމާލަށް ދާން ހިނގައި ގަތެވެ.
ނަމަވެސް އެ އީ އެ ބޯޅައެއް ނޫނެވެ. ކުޑަކުޑަ ދޫންޏެކެވެ. އެއްކަލަ އޭލިއަން
ބާޑީ ގޮތަށް ހުރި ދޫންޏެކެވެ. އެ އަށްވުރެ ސައިޒުން ކުޑައެވެ. އެއީ އެ
ބޯޅައިގެ އަސްލު ސިފަ ބާއޭ ހިތައި ނަޔާނީ މަޑުން ހުއްޓެވެ.
” މިއީ އަހަރެންގެ އަސްލު ސިފަ ..”
އެ ދޫނި މަޑުމަޑުން ބުނެލިއެވެ. މިފަހަރު އެ އަޑު އެހާ ބަރެއް ނޫނެވެ.
” ތިއީ އެ ބޯޅަތަ؟ …”
ޔަގީން ކޮށްލުމަށްޓަކައި ނަޔާނީ އަހާލިއެވެ.
” އާން ! މިއީ އަސްލު ސިފަ .. އަހަންނަކީ ދޫންޏެއް .. އޭލިއަން ދޫންޏެއް
..މިއީ އަހަރެމެންގެ ނަސްލު .. އޭލިއަން ދުނިޔޭގައި އަހަރެމެން ދިރިއުޅެނީ
.. މިއަދު ހެނދުނު އެކުވެރިންނާއި އެކު ކުޅެން ނުކުތީ .. މަންމައާއި ބައްޕައަށް
ވަގަށް .. ދެން އެހެން އުޅެނިކޮށް އަލިފާން ބޯޅައެއް އަހަރެންގެ ފިޔަގަނޑުގައި
ޖެހުނީ .. ދެން ވެއްޓުނީ މިތަނަށް .. އެކުވެރިންނަށް ވެސް އަހަރެން ކޮންޓުރޯލް
ނުވީ …. އެނބުރި ދާކަށެއް ނޭނގެ .. ނަޔާނީ އަހަންނަށް އެހީވެދޭނަ އެއްބަސް
ވެއްޖެއްޔާ އަހަރެން ނަޔާނީ މިތަނުން ނެރެލަ ދޭނަން …”
އޭލިޔަން ދޫނި އޭނަޔަށް ދިމާވި ހާދިސާ ކިޔާލަ ދިނެވެ. އަދި ޝަރުތު ވެސް ކަނޑަ
އެޅިއެވެ.
” އަހަރެންމެންގެ ދުނިޔޭގައި އުޅޭ އޭލިޔަނުން ހީކުރަނީ އިންސާނުންނަކީ
ވަރަށް ހިތްވަރުގަދަ ބައެއް ކަމަށް .. އެހެންވެ ވަރަށް ބިރުން އުޅެނީ ..
ދެންމެ މިތަނަށް އައީ އަހަރެންގެ ބޭބެ ރަޔާން.. ނަޔާނީ ފެނުނީމަ ބިރުން
އެ ދިޔައީ .. ދެން ނޭނގެ އަހަރެން ސަލާމަތްކުރަން ނަޔާނީއާއި ހަނގުރާމަ
ކުރަން ނާންނާނެ ކަމެއްވެސް .. ފަހަރެއްގަ މިއަދު މެންދުރުވެސް އައިސް
ދާނެ .. ނަޔާނީ ދިބަލަ މޮޅު ހިޔާލެއް .. ނަމަ ނަމަ ނަޔާނީ އަށް ކޮންމެ
ކަމެއް ކުރިޔަސް އެމީހުންނަށް ދިފާއުގައި ހަމަލާ ނުދޭތި ..އޭރުން އަހަރެންގެ
ހިތް ނަޔާނީ އާއި ދޭތެރޭ ނުބައި ވެދާނެ ..”
އިތުރަށް އެތަކެއް މައުލުމާތުތަކެއް އޭލިޔަން ދޫނި ބުންޏެވެ. އޭގެ ތެރޭގައި
އިންޒާރެއް ވެސް ހިމެނުނެވެ. މި ދޫނީގެ ނަމަކީ ކޮބައި ބާއޭ ނަޔާނީ ގެ
ހިތަށް އެރިއެވެ.
” ކޮބާ ނަމަކީ .. ނަމެއް ނުބުނަމެއްނު އަދިވެސް .”
ނަޔާނީ އެ ދޫނީގެ ބުރަކަށީގައި ވާ ފިޔަގަނޑަށް ބަލައި ލިއެވެ.
” އޯހް .. ހަނދާން ނެތުނީއޭ .. ރޫނާ ނަމަކީ ..”
ރޫނާ ހިނިތުންވެލިއެވެ.
” އަންހެން ވައްތަރެއްތަ ..”
ނަޔާނީ މޮޔަ ސުވާލެއް ކުރިއެވެ. ރޫނާ ހީލިއެވެ.
0ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!