ކުދި ކުދި ހިކި ފަތްތައް ނިއުޅަމުން ގަސްތަކުގެ ބިއްދޮށް ބަލަމުން ނަޔާނީ ކުރިޔަށް ދިޔައެވެ.
އެތައް އިރަކު ބެލުނު އިރު ވެސް އެންމެ ވައްތަރެއްގެ ކާއްޓެއް،
ކުރުބަލެއްވެސް ނަޔާނީ އަކަށް ނުފެނުނެވެ. މިއަދު ނަސީބު ދެރަ ދުވަހަކީ ތާއެވެ.
ނަޔާނީ އައި ކޮޅަށް ދާން އެނބުރި ހިނގައިގަތެވެ.
” ސުބްހާނަށް ﷲ “..
މިއީ ކޮންތަނެއް ހެއްޔެވެ. ކާށި ހޯދަން ފޯރީގައި އުޅެމުން އޭނައަށް
ޖަންގަލީގެ އެންމެއެތެރެއަށް ވަދެވުނީއެވެ. ދެންކުރާނީވެސް ވަކިކީއް
ހެއްޔެވެ؟
އެތައް ތަނަކަށް ދާނެ ރާސްތާ ފެނޭތޯ އެކި ކޮޅު ކޮޅަށް ހިނގިއެވެ.
މިހެން އުޅުމުގެ ތެރޭގައި އޭނައަށް އާދަޔާ ޚިލާފު އެއްޗެއް ފެނުނެވެ.
ކުޑަކުޑަ ބޯޅައެކެވެ. އޭތި އޮތީ ފާޑެއްގެ އަޑެއް ލައްވާށެވެ. ބައެއް
ފަހަރު ރޮނީ ހެންވެސް ހީވެއެވެ. އަނެއްބައި ފަހަރު ދިއްލެނީއެވެ.
ނަޔާނީ ނުކެރި ހުރެފައިވެސް އެންމެ ފަހުން އޭއްޗާއި ކައިރި ވެލައި
ފިއެވެ. އަދި އަތުން ނަގާ، އަތް މަތީގައި ބޭއްވިއެވެ. ލޯ އަރިކޮށް
ބެލީ އެއީ ކުޅޭ އެއްޗެއް ކަމަށް ހީކޮށެވެ.
ކުއްލިޔަކަށް އޭތި ތެޅިލައިފިއެވެ. ނަޔާނީ ބިރުން ފަހަތަށް ޖެހި ލައި
އަތުޖެހުނު ބާރަކަށް ދުރަށް ހޫރާލީއެވެ. އެއީދިރޭ އެއްޗެއް ނަމަ ވަރަށް
ބޮޑަށް ތަދުވާނެކަން ޔަގީނެވެ.
ބިރުން މޭ ތެޅި ތެޅި ނަޔާނީ ހުއްޓެވެ. އެއީ ޖިންނިއެއް ހެއްޔެވެ.
ހަންޑިއެއް ހެއްޔެވެ. ނު ރަނގަޅު އެއްޗެއް ނަމަވެސް ބުނެބަލާށެވެ.
ނަޔާނީ ކުޑަ ވަރެއްގެ އައްޓެއް ހެއްޖެވެ. އިށީދެލާށެވެ. ލަކުޑި ބުރިއެއް
ފެނުމުން ހަދާލާކަށް މާގިނަ އިރެއް ނުނެގީއެވެ. ވަރުބަލިވެފައި ހުރުމުން
އިރުކޮޅަކުން ތެދުވާނެ ކަމުގެ ނިޔަތުގައި އިށީދެލިއެވެ.
އެހެން އިންނަ އިރުވެސް އޭނަގެ ސިކުނޑި އެހެން ކަމަކާއިމެދު ވިސްނާ
ކަށް ބޭނުމެއް ނުވީ ކަންނޭގެއެވެ. އޭތި ފެނުމުން އޭނަގެ ސިކުނޑި ވެސް
ބަސްނާހަން ފެއްޓިއެވެ. އެކަމާއި މެދު ވިސްނުމުން ބޯ ގޮވާނެ ކަން އެނގި
ހުރެ ވެސް އެނޫން ވަސްވާހެއް ހިތުގައި ނުހިނގިއެވެ.
ނަޔާނީ ހިތަށް މޮޅު ހިޔާލެއް އަތުވެއްޖެއެވެ. އިށީދެލި ތަނުން ތެދުވެ
ދެކޮޅު ހޯދާ ބަލާލިއެވެ. އެއަށްފަހު އޭނަ ބައްދަލު ކޮށް ދިރާސާ ކުރަން
ބޭނުންވާ އެތި ކަމުގައި ތަނުން ތެދުވެ ދެކޮޅު ހޯދާ ބަލާލިއެވެ. އެއަށް
ފަހު އޭނަ މީގެ ހިނދު ކޮޅެއް ކުރިން ހޫރައިލިއެތި އޮތްމަގު ހޯދަމުން
ކުރިއަށް ހިނގައި ގަތެވެ.
މިފަހަރު ފައި ބޭނުން ކުރުމުގެ ބަދަލުގައި އަތުޖެއްސީ ވަރުގަދަ ދަނޑި
ބުރި އެކެވެ. ގަސްތަކުގެ ފަތްތަކުގެ ތެރެއިން ހޯދަމުން މީދާތަކާއި ހިކަން
ޖާއި އެއްޗިހި ފަދަ ތަކެތި ފައްސަމުން އޭނަ ދިޔައެވެ.
އޭނަޔަށް އެ ބޯޅަ ހޯދަން އުނދަގޫ ކަމަކަށް ނުވިއެވެ. އެއްކަލަ އަޑު
އިވުނީ ފަހަތުންނެވެ. ކާމިޔާބީގެ ހިނިތުންވުމަކާއި އެކު ނަޔާނީ އެނބުރި
ފަހަތް ބަލާލިއެވެ.
އޭނަ ދިޔައީ ސިހިގެންނެވެ. މިދެން ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ.
އެއީ ބޯޅައެއް ނޫނެވެ. ނުވިތާކަށް އެކަހަލަ އަޑުތަކެއް ލައްވާ، ޒާތެއްގެ
ދޫންޏެކެވެ.
އޭތި ބަޑުގައި ވަރުގަދަ އަކުރުތަކެއް ލިޔެފައި ހުއްޓެވެ. ނަޔާނީ ދެލޯ ހަނި
ކޮށްލައި އޭތި ކިޔޭތޯ މަސައްކަތް ކުރަން ފެށިއެވެ. އޭގައި އޮތް އިބާރާތް
އިނގިރޭސިން ބަލަންޏާ ބުނެވޭނީ އޭގައި އޮތީ “އޭލިޔަން ބާޑީ” މިހެންނެވެ.
އެކަމާއި މެދު ވިސްނަމުން ނަޔާނީ ފަހަތަށް ޖެހިލިއެވެ.
ނަމަވެސް އޭނަ ފަހަތަށް ޖެހުނު ވަރަކަށް އެއްކަލަ އެ ދޫނި އޭނައާއި އަރާ
ހަމަކުރަނީއެވެ. ކުރާނެކަމެއް ނޭނގިގެން ނަޔާނީ ވަރަށް ބާރަށް ހަޅޭއްލަވައި
ގަތެވެ. އެއީ ކުއްލިޔަކަށް ވީ ކަމެއް ކަމުން އެ ދޫނި ދިޔައީ ސިހިގެންނެވެ.
އަދި ވަރަށް އަވަސް އަވަސްކޮށް ގަސްތަކުގެ ތެރެއަށް ވަނެވެ.
މާނޭވާ ލަމުން ނަޔާނީ އޭނަގެ އަމިއްލަ ނަފުސު ހަމަޔަކަށް އެޅޭތޯ މަސައްކަތް
ކުރިއެވެ. އަދި އެދޫނީގެ ގައިގައި ލިޔެފައިއޮތް އެއްޗާއިމެދު ފުންކޮށް ވިސްނައި
ލިއެވެ. ހަމަ ގައިމުވެސް އެއީ އޭލިޔަނެއް ނޫނެވެ. ނަމަ ވެސް އޭލިޔަން ދޫން
ޏަކަށް ވެދާނެއެވެ. ލިޔެފައި އޮތީވެސް އެހެންނެވެ.
އެހެންކަމުން ނަޔާނީ އަނެއްކާވެސް އޭނަ ކުރިން އިށީންދެގެން އިން އަށީގައި
އިށީނެވެ.
ތަން ތަން ހޯދަމުން ދަނިކޮށް އޭނަގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. އެއީ އެ
ބޯޅައެވެ. ދިއްލޭ، ރޯ އަޑު އަންނަ ބޯޅައެވެ.
41 Comment
Leave a Reply
You must be logged in to post a comment.
ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!
black flower
December 9, 2020 at 12:54 pmhere is the second part of this story .. i wish you liked it