ހަވީރުގެ ހިތްގައިމު ވަގުތެވެ. ބަންދު ދުވަހެއް ކަމުން ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައި އެކި އުމުރު ފުރާ ތަކުގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ސެންޓްރަލް ޕާކް އަށް ދާން ތައްޔާރުވެގެން ޔަމީން އާއި އޭނާ ގެ އަންހެނުން ލީޒާގެ އިތުރުން އެދެމީހުންގެ ފަސްއަހަރުގެ ދަރިފުޅު ޔުލީން ސިޓިންރޫމްގައި ތިބީ ޔަމީން ގެ ކޮއްކޮ ޔާނިޔާ ގެ އިތުރުން ޔަމީން ގެ ބެސްޓްފުރެންޑް ރާއިފް ކޮޓަރިން ނިކުންނަން ދެންނެވެ.  މާ ގިނަ އިރު ވާން ހެދީމައި ލީޒާ ޔުލީން ކައިރީގައި އެ ދެމީހުންނައް ގޮވަންދާން ބުނެލިއެވެ. ނަމަވެސް ޔުލީން އަށް ސިޑީގެ ދެވަނަ ހަރުފަތް  ގިރާ ކުރަން ވާއިރައް ޔާނިޔާ އާއި ރާއިފް އާ ދެމީހުންނައް އެއްފަހަރާ ދެ ކޮޓަރިން ނިކުމެވުމުން ޔުލީން ގެ ޅައަޑުން ހަޅޭލަވައިގަނެފައި ސިޑިން މައްޗައް ދުއްވާގަން ފައި ގޮސް ފަހަރަކު މީހަކުގެ އަތުގައި ހިފިއެވެ. ޔާނިޔާ އާއި ރާއިފް އާއި ދެމީހުން ގެ އަތުގައި ހިފައިގެން ޔުލީން ސިޑިން ފޭބިއެވެ. ލީޒާ ފުރަތަމަ ވެސް ދެ މީހުން އެއްފަހަރާ ކޮޓަރިން ނިކުތީ ގަޑި ކިޔައިގެން ތޯ ސުވާލު ކޮއްލިއެވެ. ޔާނިޔާ ނިކަން އަވަހައް ނޫނެކޭ ބުނެލިއެވެ. ” ދޮންބެ މެން ހަމަ ހީކުރީ ޔާނި އާއި ރާއި ގަޑި ކީކަމައް” ޔަމީން ބުނެލިއެވެ. ޔާނިޔާ ލަދާ އެއްކޮޅައް ރުޅި އައިސްގެން ޔުލީން ގޮވައިގެން ބޭރައް ނިކުންނައް ދިޔައެވެ. ” އޭ ބުރޯ ….. ކީއްވެ މިއަދު ޔާނީ ގެ ދިފާއުގައި  އެއްޗެކޭ ނުބުނީ” ޔަމީން  ރާއިފް ގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ” އެއީ މިއަދު ޔާނީ އާއި ދުރުދުރުން މިއޮޅެނީ ޔާނީ އަށް މިރޭ ޕްރޮޕޯސް ކުރަންވެގެން،” ރާއިފް ބުނެލިއެވެ. ” ހޫމް ތިކަން އިނގެޔޭ… ރާއިފް ގުޑް ލަކް.. ހިއެއް ނުވޭ ޔާނީ ނޫނެކޭ ބުނެފާނެހެން ނެއް” ލީޒާ ވަރައް ޔަގީން ކަމާއެކު ބުނެލިއެވެ. ރާއިފް އެދެމީހުންނައް ޝުކުރު އަދާކުރިއެވެ. ” ހިނގާ ދާން އަވަހަށް… ޔާނީ ރުޅިގަދަވެދާނެ …” ޔަމީން މިހެން ކިޔާ ގެއިން ނިކުން އިރު ޔާނިޔާ އާއި ޔުލީން މާ ބަގީޗާގައި ފޮޓޯ ނަގަން އުޅެއެވެ. ރާއިފް އައް ޔާނިޔާ ފެނުމުން ބޭ އިޙްތިޔާރުގައި ހިނިތުން ވެވުނެވެ. ހަމުގެ ކުލަ އަލި ރިޔި ބައްޓަމެއްގެ ވެރިއެކެވެ. ލާފައިވާ ކަޅުކުލައިގެ ފަސްބައި ފުޅާ ހެދުމެކެވެ. އަތައް ހިމަ ރަބަރު ކޮޅެއް ލައިފައިވާ އިރު ހެދުމުގެ މެދާ ހިސާބުން ވަނީ ގަދަ ފިޔާތޮށި ކުލައިގެ ބަންދެއް އައްސާފައެވެ. އަޅައިފައިވަނީ ގަދަ ފިޔާތޮށި ކުލައިގެ ޝިފޯން ޝޯލް އެކެވެ. ޔާނިޔާ ހީލާއިރު ކޮލައް ވަންނަ އަޑިކޮޅު ސަބަބުން އިތުރައް ރީއްޗެވެ. ކޮއްފައިވަނީ ލުއި މޭކަޕެކެވެ. ރާއިފް ވެސް އެހާ ސްމާޓެވެ. ލައިފައިވާ ހުދު ގަމީހުގެ އަތް ވަނީ އުޅަނބޮއްޓާއި ހަމަޔަށް އޮޅައިލައިފައެވެ. އަދި ބޯވަނީ ރީތި ގޮތަކައް ސްޓާއިލް ކޮއްލާފައެވެ.

” ދޮންތީ އާދޭ ދާން …. އެއޮތް ގެން އައީ ހުރިހާ ކުދިން ” ޔުލީން ބުނެލިއެވެ. އެންމެން ވެގެން ހިނގާފައި ސެންޓަރަލް ޕާކައް ދިޔައެވެ. ” އޭ ޔާނީ މިއަދު ރާއިފް އާއި ވާހަކަ ނުދައްކަނީތަ؟” ލީޒާ އަށް ނުހުރެވިގެން އަހައިލެވުނެވެ. ” ނޫން ، އަދި ވާހަކަ ނުދެއްކިފަކާއި ނެތެންނު…އޭ ޒާ މަ ވަރައް ހެޕީވޭ މަގޭ ފަހަރި އަކަށް މަގޭގެ ބެސްޓްފުރެންޑް ވީމާ” ޔާނިޔާ އެއްބައިބުނެފައި މައުޟޫ އޮޅުވާލިއެވެ. ”ހުއް ކޮންމެހެން މަޢުޟޫ އޮޅުވާނެ ކަމެއް ނެތް.. މަށަށް އިނގޭޔާނީ އަސްލު ތިހުރީ ދެރަވެފައިކަން ރާއިފް މިއަދު ޔާނީގެ ދިފާއުގައި އެއްޗެއްކޭ ނުބުނާތީ…ޔަނީ ތިހެންވީރު ޔާނީގެ ދޮންބެ ވަރަށް އުފާވާނެ އެއްނު ރާއިފް އާއި ގުޅުނީމައި” ލީޒާ ބުނެލިއެވެ. ޔާނީޔާ ދެނޭ ކިޔާފައި ލަދުން އިސްޖަހާލިއެވެ. އެ ދޮންމޫނުކޮޅަށް ވަގުތުން ޖަންބު ކުލައަރައިގަންފިއެވެ. ދެމީހުން އެކަމާއި ކުޑަކޮށް ހިފާލުމަށްފަހު ޔަމީން މެންނާ އެއްވަރު ކޮއްލިއެވެ.

އެންމެން ގޮސް ޕާކްގައި ހުސްކޮށް ހުރި އުނދޯލި ތަކެއް ކައިރިށް ދިޔައެވެ. އެންމެ ކައިރީގައި އިން އުނދޯލީގައި ޔަމީން އިނެވެ. ދެންޖެހުނު ޖޯލީގައި ލީޒާ އިނުމުން އެއާއި ޖެހިގެން އިން ޖޯލީގައި ރާއިފް އިނެވެ. ” ރާއިފޫ……” ޔާނިޔާ ބާރަކަށް ގޮވާލިއެވެ. ” މަންޖޭ ތިޔަހާ ބާރަށް ނުގޮވިޔަސް މަށަށް އަޑު އިވޭ….އަދި ނަސީބަކުން މަ ބީރެއް ނުވޭ…..ހަޅޭ ނުލަވާ ގޮސް މިތަނުން ޖޯއްޔެއްގައި އިށީންދެބަލަ….” ރާއިފް އިތުރަށް ޔާނިޔާ ރުޅިއަރުވާލިއެވެ. ”ނީންނާނަން…ރާއިފޫ….އިނގޭތަ ތިއީ މަ އަބަދުވެސް މި ޕާކަށް އައިއްސާ އިންނަ ޖޯއްޔޭ…އެހެންވީމައި ރާއިފް ޖެހޭނީ ހަމަ ތި ޖޯލިދޭން.. ނޯ އަދަރ ޗޮއިސް” ޔާނިޔާ ވެސް ރުޅިއާއި އެއްކޮން ބުނެލިއެވެ.”  ކުޑަކުޑަ ޔުއީން އައް ވެސް މާބޮޑައް ކިޔާ އެއްޗެއްގެ މާނަ ނޭނގުނަސް މަންމަ އާއި ބައްޕަ ހޭތަން ފެނުމުން ހީލިއެވެ. ”ހުއް ރާއިފް ޖެހޭނީ ހަމަ ތި ޖޯލި ދޭށޯ….. އަޅޭ މަންޖެ އިންނަނީ ޖޯއްޔަކައިތަ؟ ބައްލަވާ ކަމަނާ މި ތާކު ނެތް އިނގޭ ތޯ ޔާނިޔާ ހުސެއިން ޔާސިރު/ ނައިޓްސްޓާރް.ކ. ތުލުސްދޫ ޖަހައިފައެއް… އަދި ބުނެފިއެއްނު ނޯ އަދަރް ޗޮއިސްއޭ….” ރާއިފް ވެސް ހަމަ އެގޮތައް ހުރެ އިތުރައް ޔާނިޔާ ރުޅިއަރުވާލިއެވެ. ޔާނިޔާ ބޭބީ އެއްހެން ތުންކޮޅު ހަދާލައިފައި އަދި މީހަކާ އިންނާކަށް ނޫޅެމޭ ބުނެލިއެވެ. ” އޭއި ޔަމިއްޓޭ… ކާކުގެ ފަރާތުން ޔާނިޔާ އަށް ވާރުތަ ކުރާ ކަމެއްތަ އެއީ ސިގުޜުޅި އަންނަން… ގައިމު ޔާސިރުބެއާއި ޔުސްރާއްތަ އާއި ވެސް ނުލާހިކު ކޫލް…ޔަމީވެސް އެހާއި ކޫލް…..ނަސީބެއް ސުކޫލުގައި އުޅޭ ކުދިން ތައް ބިރުން ނުފިލާކަން” ރާއިފް ޔަމީން ކައިރި އަހާލީ ހިނިއައިސް ފައި އިނދެގެންނެވެ. ” ރާއި އަށް އިނގޭތަ ތި ސުވާލުގެ ޖަވާބެއް މަށަކަށް ނޭނގެ… ހަމައެކަނި ޖަވާބު އިނގެނީ ޔާނިޔައް ދެން ޖަވާބު ހޯދޭނީ ރާއި އަށް… ސުކޫލުގައި އުޅޭއިރާއި ގޭގައި އުޅޭ އިރާއި ތަފާތުވާނެއްނު…..ސުކޫލުގައި އާންޓީއެއް ވީމާ ވަރަށް ރަނގަލު ވާނެއެއްނު” ޔަމީން ވެސް ހިނިއައިއްސާ އިނދެ ބުނެލިއެވެ. ” އޭއި ދޮންބޭ ހިނގާބަލަ އެއްޗެއްކާލަން ދާން..” ޔާނިޔާ ހިނިތުންވެލަމުން ބުނެލިއެވެ. އެންމެން ކާން ދާން ތެދުވިއެވެ. ” ޔާނީ އާދެބަލަ މަގާތަށް ވާހަކަ އެއްބުނާނަށް” ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާ ރާއިފް  ޖިންސުގެ ދެޖީބައް އަތްޖަހާލަމުން ބުނެލިއެވެ. ” ނުދާނަން….. ތިބޭނުންވާ ވާހަކަ އެއް ތިތާއި ހުރެފައި ބުނޭ…އެހެން ނޫނީ ރާއިފް އާދޭ ކައިރިއަށް” ޔާނިޔާ ބުނެލިއެވެ. ރާއިފް ހަތިޔާރު ބަހައްޓާފައި ޔާނިޔާ ކައިރިއައް ދިޔައެވެ. ” ޔާނީ….މިފަރާތް ބަލާ ބަލާށޭ…ތިހުރީ ރުޅިން ކަމައްހޭ…ހިތްހެޔޮ އަލުން އާ ކުރާށޭ…..ކުށްވެރިއަކީ އަހަންނޭ” ރާއިފް ފިރިހެންވަންތާ އަޑުން ލަވައެއް ކިޔާލުމުން ޔާނިޔާ އަށް ރާއިފް އާއި ދިމާލަށް ނުބަލައި ނުހުރެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމުން ދުނިޔޭގައި ހިނގައި އެއްވެސް ކަމެއް ނޭނގޭ ފަދައެވެ. ރާއިފްގެ އެބެލުމުން ޔާނިޔާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެމީހުން ސިއްސާގެން ދިޔައީ ލީޒާ ފޯނުން ފޮޓޯނެގި އިރު އަޑު ކިޔުމުންނެވެ. ޔާނިޔާ ލަދުން އިސްޖަހާލިއެވެ. ރާއިފް އަށް ވެސް ކުރެވުނު ކަންތަށް ރޭކާލުމުން ބޯކަހާލިއެވެ.” ޔާނީ، ރާއިފް ބޮލުގައިއުކުނު އެޅީކަންނޭގެ،” ކުޑަކުޑަ ޔުލީން އަތުގައި ހިފައިގެން ހުރެ ލީޒާ މަޑުމަޑުން ބުނެލިއެވެ. ” ކަންނޭގެ އެއް ނޫން ހަމަ ޔަޤީން ޒާ… ގެއައް ގޮސް ބޯހާވާލާނަން….މިހާރު ހާވާލާފިއްޔާ މަޒަމާން ދާނެ..ޔާނިޔާ ރުޅިއަންނަ ކަމައް ހެދިފައި ބުނެލިއެވެ. އެންމެން ހީލާފައި ރެސްޓޯރެންޓް އެއްގެ އެތެރެއައް ވަނެވެ. ރާއިފް ހިތައް އެރިއެވެ. ޔާނިޔާ އަނެއްކާ އެހާ އަވަހަށް ރުޅިމަޑު ވެސް ވެއެވެ. އެހާ ވެސް މަޖަލެވެ. އެންމެން ކާނެ އެއްޗެއްސައް އޯޑަރު ދީފައި އެކި ވާހަކަ ދެއްކިއެވެ. ”ޔަމީ މި ދެމީހުން ނޫޅޭނެ ދޯ އަހަރުމެން މުސްކުޅި ވާއިރުވެސް  މީހަކާ އިންނާކައް” ލީޒާ ވާހަކަ އެއް ދައްކަމުން ގޮސް މިހެން ބުނެލުމުން ރާއިފް އާއި ޔާނިޔާ އާއި ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލިއެވެ. ދެމީހުން ގެ ހިތްވަނީ އެކަކު އަނެކަކަށް ލެބިފައެވެ. ނަމަވެސް ދެމީހުން ވެސް ބިރުގަންނަނީ އެކަކު އަނެކަކުގެ ހިތުގައި ވާ އެއްޗެށް ނޭނގޭތީއެވެ. ” ތިކަމާ ވެސް އުޅެންވީ” ރާއިފް ބުނެލިއެވެ. ރާއިފް އެހެން ބުނެލުމުން ޔާނިޔާ ގެ ހިތް ބިރުގަތެވެ. ނަމަވެސް މޫނު މައްޗަކުން އެކަމެއް ނުދައްކައެވެ. ކާއެއްޗެހި އައުމުން އެންމެންވެސް ކާން ފެށިއެވެ. ރާއިފް ކާން އިނދެފައި ޔާނިޔާ ގެ ފޯނަށް މެސެޖެއްކޮއްލިއެވެ. ”ޕުލީސް ، ޔާނީ…. މިރޭ ހިނގާބަލަ ސައިކަލު ދިއްވާލަންދާން ” ޔާނިޔާ ފޯނު ވައިބްރޭޓް ވުމުން ބަލައިލިއިރު ރާއިފް ފޮނުވައިފައި އިންމެސެޖެކެވެ. ޔާނިޔާ އަށް ރާއިފް ފޮނުވި މެސެޖު ފެނުމުން ހިތް އުފަލުން ނަށާލިއެވެ. ޔާނިޔާ މައިތިރި ވެލައިގެން އިނީ ލީޒާ އާއި ޔަމީން އާއިދެމީހުންނައް އިނގިއްޖެއްޔާ ދިމާކޮއްފާނެ އޭތީއެވެ. ޔާނިޔާ ވެސް ދާނެކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ. ރާއިފް ބޭނުން ވީ އުފަލުން ގޮސް ޔާނިޔާ ގައިގައި ބައްދާލާށެވެ، ނަމަވެސް އަދި އެފުރުސަތު ނެއްކަން  ހަނދާން ވުމުން ރާއިފް ދެރަވިއެވެ. ނަމަވެސް އޭނާ މިރޭ އިރާދަ ކުރެއްވިއްޔާ ޔާނިޔާ ކާމިޔާބު ކުރާނެ  ފަދަ އަޒުމެއް ކަނޑައެޅިއެވެ. އެންމެން ކައިނިމިގެން ގެއަށް ދާން ނިކުތެވެ. ކޮންމެ މީހަކު ވެސް ގެއައް ދެވުމާއެކު އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ޔާނިޔާ އަށް ކޮޓަރި ދޮރު ހުޅުވާލިތަނާ ލިބުނީ ވަރުގަދަ ސަޕްރައިޒްއެކެވެ. އާންއެކެވެ. ޔާނިޔާ ގެ ކޮޓަރީގެ އެނދުމަތީއެ ތިބީ ލޯބިވާ މަންމަ އާއި ބައްޕަ އެވެ. ކުއްލިއަކައް މަންމަ މެން ފެނުނީމައި ޔާނިޔާ އަށް ބާރަކައް ހަޅޭ ލަވައިގަނެވުނެވެ. ރާއިފްވެސް ބާރަށް ކޮޓަރިން ނިކުތެވެ. ” ޔާނީ ކޯންޗެއް ފެނުނީތަ؟” ރާއިފް ހާސްވެފައި ހުރެ އަހާލިއެވެ. އޭރު ޔާމިން ވެސް ޔުލީން އުރައިލައިގެން ކޮޓަރިން ނިކުންނަނީ އެވެ. ލީޒާ ވެސްމެއެވެ. ކުޑަ ކުޑަ ޔުލީން އަށް މާމައަދި ކާފަ ފެނުމުން ބާރަކަށް ގޮވާލިއެވެ. އަދި ޔަމީން ގެ އުނގުން ފައިބައިގެން ގޮސް މާމަ ޔުސްރާ އާއި ކާފަ ޔާސިރުގެ ގައިގައު ބައްދާލިއެވެ. އޭރުވެސް  ޔާނިޔާ ހުރީ ޝޮކެއްގައެވެ. އަނގަ ހުޅުވި ގޮތައް ލައްޕަން ނޭނގިފައި އެވެ. ” ޔާނީ އަނގައަށް މެއްސެއް ވަދެދާނެ.. ދެންތި އަނގަ ލައްޕާ… އެހެންމީހުން މައިންބަފައިން ފެނުނީ މައި ވަނީ އުފާ …. އެކަމަކު ޔާނީ ތިހިރީ ބޮޑު މޮޔައެއްހެން” ރާއިފް އަށް ޔާނިޔާ އަށް ޖެއްސުމެއް ނޮކޮށް ނުހުރެވިގެން އެންމެ ފަހުން ބުނެލިއެވެ. ޔާނިޔާ އަވަސް އަވަހަށް އަނގަ ލައްޕާލި ގޮތައް ރާއިފް އާދިމާލަށް ދެލޯ އަޅާލިއެވެ. އަދިގޮސް މަންމަ އަދި ބައްޕަގައިގައި ބައްދާލުމައްފަހު ކުޑަކުޑަ ޔުލީން އުރާލިއެވެ. އަދި އަވަހަށް ކޮޓަރިއަށް ގޮސް ނަމާދު ކޮއްލައިގެން މިރޭ ރާއިފް އާއި އެކު ދުއްވާލަން ދާން ލާނެ ހެދުމެއް ހޯދުމަށް އަލަމާރި ކައިރިއަށް ދިޔައެވެ.

އިޝާ ނަމާދު ކޮއްގެން ތައްޔާރު ވެގެން ޔާނިޔާ ތިރިއަށް ފޭބިއިރު ރާއިފް އިނީ ޔާނިޔާ ގެ އިންތިޒާރުގައެވެ. ” ޔާނީ ޔޫ ލުކް ބިޔުޓިފުލް” ގެއިން ނިކުންނަމުން ޔާނިޔާ ގެ ކަންފަތް ދޮށުގައި ރާއިފް ބުނެލިއެވެ. ޔާނިޔާ ލަދުން ހުރެ އިސްޖަހާލިއެވެ. ރާއިފް ސައިކަލުގައި މަޑުކޮއްލީ ރެސްޓޯރެންޓް އެއްގެ ކުރިމައްޗަށެވެ. ރެސްޓޯރެންޓްގެ އެތެރެއަށް ވަން އިރު އެތަން ވަނީ ވަރަށް ރީތި ގޮތަކަށް ޖަރީކޮއްލާފައެވެ. ރެސްޓޯރެންޓްގައި ތިބި ގިނަމީހުންގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. މީހުންގެ ނަޒަރުން ރެކެމުން ޔާނިޔާ އާއި ރާއިފް އެންމެ މަތީ ބަޔަށް އެރިއެވެ. ޔާނިޔާ އާޝޯހުވެފ ބެލެން ފެށީ އެތަން ރީތި ކޮއްލާފައިވާލެއް ފުރިހަމަ ކަމުންނެވެ. އޭރު ރާއިފް އިނީ ޔާނިޔާ ގެ ކުރިމައްޗައް އެއްފައިމައްޗައް އިށީންދެގެންނެވެ. އަތުގައި ރަތްކުލައިގެ މަހުމާ ފޮތީގެ ފޮއްޓެއް ހުޅުވިފައި އިނެވެ. އެފޮއްޓަތެރޭގައި އަލިމަހުގެ ރީތި އަނގޮއްޓިއެއް އިނެވެ. ”ޔާނީ… ވިލްޔޫ ބީ މައިން… އައި ލަވްޔޫ…” ރާއިފް ޔާނިޔާ ގެ ދެލޮލަށް ބަލަހަށްޓާއިގެން ހުރެ ބުނެލިއެވެ. ޔާނިޔާ ހުރީ އަޖައިބުވެ އަންތަރީސް ވާވަރުވެފައެވެ. އަދި ލޮލުން އުފާވެރިކަމުގެ ކަރުނަ އެދޮންމޫނުގައި ބޮސްދެމުން ތިރިއަށް ފޭބިއެވެ. ” ޔެސް ރާއީ…އައިވިލް ބީޔުއާރސް..އައިލަވްޔޫ މޯ.” ޔާނިޔާ ރާއިފް އާއިދިމާލަށް ވައަތް ދިއްކޮށްލަމުން ބުނެލިއެވެ. ދެން އިވުނީ ފަހަތުން ބަޔަކު އެއްފަހަރާއި މަރުޙަބާ ކީ އަޑެވެ. މިއަޑަށް ޔާނިޔާ ފަހަތް ބަލާލީ ހައިރާން ވެހުރެއެވެ. އެންމެ ބޮޑަށް ހައިރާންވީ މަންމަ އާއި ބައްޕަ ތިބުމުންނެވެ. ”މަންމާ….ބައްޕާ” ޔާނިޔާ ހައިރާންވެ ހުރެ ބުނެލިއެވެ. ” ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ރާއިފް އާއި ގުޅުނީމާ” ޔާނިޔާ ގައިގައި ބައްދާލަމުން ޔުސްރާ ބުނެލިއެވެ. އެންމެން ހިނިގަނޑެއް ޖަހާލުމައްފަހު ޔާނިޔާ އަދި ރާއިފް އަށް މަރުހަބާ ކިޔަމުން އޯޑަރު ކުރި ތަކެތި ކާން ދިޔައެވެ.

(ނިމުނީ)

12

3 Comments

 1. 🌹Ril🌹

  December 10, 2020 at 1:44 pm

  Wow vrh Sali mi stry ❤️❤️❤️
  Masha Allah❤️❤️❤️
  Hhehehhe yaaniyaa and raaif ge fights tha vrh😹😹😹❤️❤️ majaa hehehhe heehee balivehje❤️❤️❤️
  Stay safe and take care❤️❤️❤️
  Love u ❤️❤️❤️

  • Butterfly Girl

   December 10, 2020 at 6:49 pm

   Thank u sooo much riloo☺️
   Glade that u love it☺️
   Love u more☺️
   And u too Stay Safe and Take care☺️

 2. Butterfly Girl

  December 10, 2020 at 6:54 pm

  Hello my dear reader
  This is my first story to an online story site
  Hope u all readers will like it. And first story veema mistakes tha hunaanekaman alhugandhu gaboolukuran. So please point out the mistakes
  Positive and negative cmnts are accepted
  Love u all❤️
  Stay Safe

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!