Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 2

Aashii
Aashii Level 310 Stories100 Login
December 24, 2020 2 Mins Read
0 Comments

” އޯކޭ .. ކީއްވެޔޯ ޕްރިންސިޕަލް ސުކޫލަށް ނައީ؟؟ ..” ސާމިއުގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކީއްވެގެން ކަމެއް އޭނައަކަށްވެސް ނޭނގުނެވެ. ” ނޭނގެ؟؟.. ސަރދުވަން ދަނިކޮށް ފަތްގަނޑެއް ފެނުނީޔޯ .. އެ ފަތްގަނޑު ދަށުން އެއްޗެއް ފެނުނީއޯ … މުޅި ގައިގަ ރެދަނޯ …. އަހަންނަކަށްއެ މާނަ ކުރާ އެއްޗެއް ނަގައިގަންނާކަށް ނޭނގެ ..”

 

މިހާދު ކިޔައިދިނީ ސާމިއުއަށް އެނގޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެގޮތަށް އެކަންނުވި ކަމުގެ މަލަމަތި ފެންނަން ފެށީ ސާމިއުގެ މޫނަށް ޖައްސަންފެށި ވައްތަރުތަކުންނެވެ.” ކޮން ފަތްގަނޑެއް؟ .. ކޮން ރެދަނެއް؟؟؟؟ .. ރީއްޗަށް ތި ކިޔާއެއްޗެއް ކިޔާ ..”އޭނަގެ ބޮލަކަށް އެއްޗެއް ނުވަނެވެ. އެއީ ދުވަހަކު ވެސް އެއްޗެއް ވިސްނަން މަސައްކަތްކުރި މީހެއް ނޫންވިއްޔާއެވެ!

 

” ސާބަހޭ .. އަޑު އަހާ!! .. ސާމިއަށް އަބަދުވެސް ފެނެއެއްނު ސަރކޮންމެ ރެއަކު ކަސްރަތު ކުރަންށާ ދުވަން ދާތަން؟؟ … އެކަމަކު ރޭގަ ނުފެނުނީ ކީއްވެކަން އިނގޭތަ؟؟ …”މިހާދު ކިޔައިދޭންފެށީ ތުއްތު ކުއްޖަކަށް އެއްޗެއް ދަސްކޮށްދޭން މީހަކު ކިޔައިދޭ ހާލުގައެވެ. ސާމިއުއަށް ވަގުތުން ހަނދާންވިއެވެ. ސަރ ފެނޭތޯ އޭނައަށް ކަޅި އުކުނު ވަރެއްވެސް ނޭނގެއެވެ.

 

” އާން! ނުފެނޭ!! ..” ސާމިއު ހިނގަން ފެށިއެވެ. ގޯޅި ތަކުން އަޅައި ގެއަށްދާށެވެ.” އެއީ ސަރ އަށް އެ ފުރޭތަ ފެނުނީމަ ބިރުގަތީ!! ހުންއައިސްގެން އޮތީމަ އަބުރައިގަތީ!!.. އެހެންވެ ސުކޫލަށް ނުދެވުނީ…. ހަމްދީބޭ ބުނީ ފަތްގަނޑު ފުރޭތައިގެ އަލާމާތެކޯ!! .. ކާކުދެން ގަބޫލު ކުރާނީ؟؟؟ ..” މިހާދު ބުނެލީ އަރަތެއް ކަހަލަ ވާހަކަތަކެކެވެ.

 

” ފަތްގަނޑު ފުރޭތަ އެކޭ؟؟ .. އަހަންނަށް ތި ވާހަކަ އަޑުއިވެނީފުލޯކު ވާހަކަ ތަކުން؟؟ .. ތިއީ އަސްލެއްކަމަށް ވާނަމަ އަހަރެންތައްޔާރު!! …” ސާމިއު ސަމާސާ ކޮށްލާ ހިތްވިއެވެ. މިހާދުގެ ފިޑިކަން ދެކިފައިވިއަސް އަލުން އެފިޑިކަން ދެކޭ ހިތުންނެވެ.” ކޮންތާކަށް ދާން؟؟ ..” މިހާދު އެއްސެވެ.” އޭތި މަރަން ދާން ..” ސާމިއު ބޮލުގައި އަތް ހާކާލިއެވެ. މިހާދަށް އަންނަ ކުލަވަރިތައް ބަލަން މިހާދުގެ މޫނަށް ނަޒަރިއްޔާތު ބަދަލުކޮށްލިއެވެ.

 

” ތިހުރީ ހަމަ ހޭގަތަ؟ އެއީ ކޯއްޗެއްކަން އެނގޭތަ؟ ..” ހަމްދީބޭގެ އަޑު އިވުނީ ދެކުދިންގެ ފަހަތުންނެވެ. އެއަޑަށް ސިހުނީ ހަމައެކަނި މިހާދެއް ނޫނެވެ. ސާމިއުއަށް ވެސް ހުރެވުނީ އެފަދަ އިޝާރާތަކަށް ބަލައިގަނެގެން ނޫނެވެ. އެހެންކަމުން ހަމަ ރަނގަޅަށްވެސް އޭނަ ސިހުނެވެ” ނޫން ނޭނގޭ …” މިހާދު އަވަހަށް ބުނެލިއެވެ. އެ ބުރައޭނަގެ ބޮލަށް ނު ވެއްޓޭތޯ ދުޢާ ކުރަމުންނެވެ. މިތަން ފެނިފައި ސާމިއު ގާތަށް އައީ ލާނެތް ހިންޏެވެ.

 

“އޭތި މަރާކަށް ނުދާނަން!!”. މިހާދު އިތުރުކޮށްލިއެވެ.

 

” ނޫން .. ހިނގައިދާނަން!! ..” ސާމިއު ހިނިތުންވެލަމުން ހަމްދީބެއަށް ބަލައިލިއެވެ. އޭރުވެސް އަތުގައި އޮތް ތަސްބީހަފަތިން އޮތްތައް ގެތެމުން ދިޔައެވެ. ހީވާގޮތުން ތަސްބީހަ ކިޔަވަނީއެވެ. އަނެއް އަތުން އަތުގައި އޮތް ހަތިމުގައި ހިފަހައްޓައިލައިފައި ވެއެވެ. އެއްއަތުން ތަސްބީހަ ގެތެމުން ދިޔައިރު ސާމިއު ޝޮކެއް ނުޖެހުނީ ކިރިޔާއެވެ. ހަމައެވަރުގެ ކުޅަދާނަ މީހުން އުޅެނީބާއޭ އޭނަގެ ހިތަށް އެރިއެވެ.

 

” އޭނ؟؟ …” ހަމްދީބޭ ހައިރާންވީ ދެފަހަރު ދޭތިކިޔާ ދެމީހުންނާއި މީގެ ކުރިން ބައްދަލުވެފައި ނުވާތީއެވެ.” ނޫން ނުދާނަން!! ..” ސާމިއު މިހާދަށް ބަލާލިއެވެ. އެކުވެރިޔާ ނުރުހޭ ކަމެއް ކުރަން ބޭނުންވެފައި ނުވާތީއެވެ. މިހާދުއުޅެނީ ގައިގައި އަލިފާން ޖެހިގެން އުޅޭ ފަދަ ޒާތަކަށެވެ.

 

” ދެން ބޭބެ ބުނެބަލަ!! .. ފަތްގަނޑު ފުރޭތަ އަކީ ކޯއްޗެއް؟؟ އެއީ އަސްލު އެއްޗެއްތަ؟؟ . އެއީ ކިހިނަކުން ހުންނަ އެއްޗެއް؟؟ . އޭތި އުޅެނީ ކޮންތާކު؟؟ “.ސާމިއު އަކަށް ސުވާލުނުކޮށް ނުހުރެވުނެވެ. އެވަގުތު މިހާދު އޭނަގެ އަތުގައި ވިކައިގަތެވެ. ނުނޭކޭ ބުނެލަން ކަންނޭގެއެވެ.” ތި ދެމީހުން ކޮންތާކަށް ދާ ވާހަކަ ތި ދައްކަނީ؟؟؟ .. ހިގައިގަންނާނަމޭ؟؟ .. ނުދާނަމޭ؟ ..  ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަބަ!!..”. ހަމްދީބޭގެ ވާހަކަތަކުން މިހާދާއި ސާމިއުއަށް އެދެކުދިން ކުރިންދެއްކި ވާހަކަ އަޑުނީވޭކަން ޔަގީންވިއެވެ.

 

” ހަމްދީބޭ މިތާ ކީއްކޮށްލަނީ؟؟ ..” މިހާދު ނިކަން ހަމަޖެހޭކަން ދައްކައިލަމުން މަޑުމައިތިރިކޮށް އަހާލިއެވެ. އެއާއިއެކު  ސާމިއުއަށް އޭނަގެ ހިނިގަނޑު ހިފެހެއްޓުނީ ކިރިޔާއެވެ ގައިމު ހަމްދީބޭ އައީ ނަމާދު ކުރަންކަން މިހާދަށް ނޭނގުނީ ހެއްޔެވެ؟

 

” ބޭބެ މިއައީ ނަމާދު ކޮށްލައިގެންނޭ މިއައީ … ތިދެކުދިން ވާހަކަ ދައްކަން ތިބީމަމަޑުކޮށްލީ ..” ހަމްދީބޭ މަޑު ކޮށްގެން ހުރެފައިވެސް ކުރިޔަށް ހިނގައިގަތެވެ. ސާމިއު އެހި ސުވާލުގެ މަތިން ހަދާންވެސް ނެތްފަދައެވެ.

 

ހަމްދީބޭ ދިޔުމުން ސާމިއު މިހާދާއި ދިމާލަށް ބަލައިލިއިރު އެސޮރުރީއްޗަށް ހުއްޓެވެ. އިތުރަށް ސުވާލު ކުރަން ނަހަދާ ސާމިއުހިނިތުންވެލައިގެން މިހާދާއި އެކު ހިނގައިގަތެވެ. އޭރުވެސް އެކަން ހަނދާންވާ ކޮންމެ ފަހަރަކު ސާމިއުއަށް ހެވެމުން ދިޔަ އެވެ. ދެމެދުގައި އިތުރަކަށް އެ ވާހަކަ ނުދެކެވުނެވެ. ދެކެވުނީ ކިޔެވުމާއި ބެހޭ ވާހަކަތަކެކެވެ.

 

ރޭނގަޑެވެ. ކައިގެން ނިދަން ދާން ސަންފަ ބުނުމުން ސާމިއުކޮޓަރިޔަށް ވަނެވެ. ލައިޓު ދިއްލައި އެނދާއި ދިމާލަށް އެނބުރިލި ސާމިއުއަށް ހަޅޭއްލަވައިގަނެވެން އުޅުނެވެ. ނަމަވެސް މީހަކު އަނގަމަތީގައި އަތް އަޅައިފައި ހުރި ކަމުގެ އިހްސާސް ކުރެވުނެވެ. ސާމިއުއަކަށް ދެން ވީގޮތެއް ނޭނގުނެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 14

Next

ޤާތިލް-2

Next
December 24, 2020

ޤާތިލް-2

Previews
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 14


All Right Reserved!