ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (10)
‘ހޫން.. ދެން.. އަހަންނަށް މާފު ކޮށްފިންތަ؟ އެހެންނޫނީ އާ ޓީޝާޓެއް ގަންނަން ވީތަ؟’ ޒައިނީ އެ އަތް ތަޅުވާލަމުން ވާހަކަ ދެއްކިއެވެ. ޖިމްޔާން ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ދެމީހުން މޫދު ކައިރިއަށް ގޮސް ވާހަކަ ތަކެއްގެ ތެރެއަށް ގެނބުނެވެ. އަދި އެދެމީހުންގެ މެދުގައި ރަހުމަތް ތެރިކަން އުފެދި އެކި ވާހަކަ ތައް ދައްކަން އެ ހިތް ފަސޭހަ ވަގުތު ކޮޅު ދުއްވާލިއެވެ*
‘އެޔޮއް އައީ އެ ބަސްގަނޑު..’ ގާތް ގަނޑަކަށް އެއް ގަޑި އިރު ފަހުން ނިޒްކާ އާއި ތުގާ އިން ބަސް ހުއްޓި އަށް ބަހެއް ހުއްޓިއެވެ. އަވަސް އަވަހަށް އެޔަށް އަރާ ބަހުގެ އެންމެ ފަހަތު ސީޓަށް އަރާ ދެމީހުން ހަމަ ޖެހިލިއެވެ. ބަސް ދުއްވާލުމާއެކު ދެމީހުންނަށް ލިބިފައި އޮތް ކުޑަ ދޮރުން ބޭރު ބަލަން އިނެވެ. ‘އަޅޭ ހާދަ ރީއްޗޭ ދޯ..’ ނިޒްކާ އޭނާގެ ފޯނު ނެގުމަށްފަހު ސެލފީ އެއް ނަގާލިއެވެ. އޭރު ތުގާ އިނީ އޭނާގެ ހެޑްފޯނު ބޮލުގައި އަޅުވައިލާގެން ފޯނުން ލަވައެއް ބަލާށެވެ. އެގޮތައް ބޭރު ބަލަން ހުރުމަށްފަހު ނިޒްކާވެސް އޭނާގެ ދަބަހުން ފޮތެއް ނަގާ އެ ކިޔަން ފެށިއެވެ. އޭރު ބަސް ދިޔައީ ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުންނެވެ.
******************************
‘އޭތް ޒެކޫ.. ދެން ހޭލާން އުޅޭ.. މިހާރު އެއޮށް ބަނގި ގޮވަނީ..’ ޒަކުވާނަށް ހޭލެވުނީ ކައިލާން އޭނާގެ ގައިމައްޗަށް އަރާ މޫނުމަތީގައި މަޑުމަޑޫން ޖަހަން ފެށުމުންނެވެ. އޭރު ޖެހިގެން ހުރި މަގުގައި ހުރި މަސްޖިދު އަޒީޒާ މިސްކިތުން މެންދުރު ނަމާދު ގަޑި ޖެހުނުކަން ބަންގީގެ މޫރިތި އަޑު އިއްވާލަނީއެވެ. ޒަކުވާން ކުޑަ ކުޑަކޮށް އޭނާގެ ލޯ ހުޅުވައިލުމަށްފަހު އަނެއްފަރާތަށް އެނބުރުމަށް ބޯ ހިތްލާލިއެވެ. ކައިލާން އަށް މިތަން ފެނުމާއިއެކު އޭނާ ޒަކުވާންގެ އަތުގައި ބާރަށް ހިފާ ކޮޅަށް ނެގިއެވެ. އެވަގުތު ނައުފަލް ފާހަނައިން ނުކުތުމަށްފަހު އޭނާގެ ފޮށިން ނަމާދަށް ދާން ލާ ކަހަލަ ޖުއްބާ އެއް ނެގި އެވެ. ޒަކުވާން ވެސް އާފުރިލުމަށްފަހު ދެލޯ އުނގުޅަމުން ފާޙނައާއި ދިމާލަށް ހިނގައިގަތެވެ. ‘ހަމަ ކަންނެތީ އޭ..’ ނައުފަލް ބޯ ހޫރާލަމުން ގަޔަށް ދެންމެ ނެގި ޖުއްބާ މަހާލިއެވެ. އިރުކޮޅެއް ނުވެ ޒަކުވާން ވުޟޫ ކޮށްލައިގެން ފާޙނަ އިން ނުކުތުމާއެކު ކައިލާން ޒަކުވާންގެ އިސްތަށީގައި ހިފާލަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ޒަކުވާން އަށް ލިބުނު ސިހުމުގައި އޭނާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ‘އައްދޯތް.. ތަދުވެޔޭ..’ ޒަކުވާޏްވެސް ދޫނުކޮށް ކައިލާންގެ ބޯހާވައިލިއެވެ. އޭނާގެ މި އަމަލުން ކައިލާން އަށް ތުން ދަމާލެވުނެވެ. އަދި ނައުފަލްގެ އަތުގައި ހިފަމުން ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.
ތިން ފިރިހެން ކުދިން އެކުއެކީގައި މިސްކިތަށް ދިޔަ މަގުމަތީ ޖިޔާންގެ ކާރު އެމީހުން ކުރިމަތީގައި މަޑު ކޮށްލިއެވެ. އެއާއެކު ޖިޔާންވެސް ކާރު މަގުގެ އެއްފަރާތުގައި ޕާކު ކޮށްލުމަށްފަހު ނައުފަލްމެންނާއެކު މިސްކިތަށް އެރިއެވެ. އޭރު އިމާމުމީހާ ގަމަތް ދެނީއެވެ. ‘ﷲ އަކްބަރް’ ގަމަތް ދީ ނިމުމާއިއެކު އިމާމް މީހާ މެންދުރު ނަމާދުގެ ޖަމާއަތް ފެށިއެވެ. ހަމައެވަގުތު ޔޫމިން އާއި ޒާއިކް އަވަސްގޮތަކަށް ތެޅިފޮޅެމުން ޖަމާއަތުގައި ބައިވެރިވުމަށް މިސްކިތަށް ވަންނަނީއެވެ.
*********************** ”
ކޮޓަރިތެރޭގައި ހުރި ހުރިހާ ކުނި ތަކާއި ބިއްލޫރިކޮޅުތަށް ސާފުކޮށް ނިމުނު އިރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. އޭރު އީނާލް އާއި ޔޫލީން އޮތީ ޔޫލީންގެ އެނދުގައި އޮށޯވެލައިގެން އޮވެ ފޯނުން ނައިލީއާއި ވާހަކަ ދައްކާށެވެ. ‘ޔާހް.. ޔޫލީން އެޔޮއް ބޮޑު އެނދު ބިންދާލީ..’ އީނާލް ހެމުން ހެމުން ނައިލީ އަށް މިއަދުގެ ހާދިސާ ކިޔާދިނެވެ. އެދެކުދިން ޔޫލީން އަށް ޖެއްސުން ކުރަމުން ދިޔަ ހުރިހާވަގުތަކު ޔޫލީން އޮތީ ތުން އޫކޮށްގެން ކުޑަކުއްޖެއް ފަދައިން ބޮޑާދައްކާށެވެ. ‘ހަހަހަ.. ހޭއި.. ނައި މިދަނީ ނަމާދަށް.. އޯކޭ؟ ޓޭކް ކެއަރ..’ އިރުކޮޅަކު އެގޮތަށް ވާހަކަ ދައްކާލުމަށްފަހު އެންމެ ފަހުން ނައިލީ ފޯނު ބޭއްވި އެވެ. ނަމަވެސް އީނާލް އާއި ޔޫލީން އެނދުގައި އޮތް ގޮތަށް އޮވެ ފޯނާއި ކުޅެމުން ދިޔައެވެ. ނަވްރީން ފާހަނައައިން ނުކުންނަންދެން ވަގުތު ހުސްކޮށްލުމުގެ ގޮތުންނެވެ. އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ނަވްރީން ވުޟޫ ކޮށްލައިގެން ފާހަނައިން ނުކުތެވެ. އޭރު ޔޫލީންގެ މޫނު މަތީގައި ލާނެތް ހިނިތުންވުމެއް ހުރި އިރު އީނާލް އަނގަމަތީ އަތް އަޅާއިގެން އޮވެ ހެނީ އެވެ. ދެކުދިންގެވެސް ނަޒަރު ހުރީ އެދެކުދިން އަތަށް ހެޔޮވަރުކޮށްގެން އޮތް ފޯނަށެވެ.
‘ކިހިނެތްވީ؟..’ މޫނާއި ދެ އަތް ހިއްކާލުމަށްފަހު ތުވާލި ގޮނޑި މަތީ އަޅުވާލަމުން ނަވްރީން އެ ދެކުދިންނަށް ސުވާލުކުރިއެވެ. އޭރުވެސް ދެކުދިން ދިޔައީ ހެމުންނެވެ. ނަވްރީން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ‘ނަވް ބަލާބަ މިއޮށް އެއްޗެއް..’ ފޯނުން ނަޒަރު ވަކި ކޮށްލުމަށްފަހު ނަވްރީންއަށް ބަލާލަމުން ޔޫލީން ބުނެލިއެވެ. އެވަގުތު އީނާލް ބާރުބާރަށް ހޭން ފެށުމުން ނަވްރީން އަވަސް އަވަހަށް ޔޫލީންގެ ފޯނާއި ދިމާލަށް ގުދުވެލިއެވެ. އަދި އޭނާގެ އަނގަ އަށް ލާނެތް ގޮތެއް ހަދާލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ޔޫލީން އާއި އީނާލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ‘ދެމީހުންވެސް ދެން ދޯ.. ނަވް އެގަޑީ ޔޫލީން އަށް ގޮވީ ހަމަ މި ދައްކާށޭ.. އެހެންނޫނަސް އަދި ނަމާދުވެސް ނުކޮށް ތި އޮންނަނީ..’ ނަވްރީން އެދެކުދިންގެ ބޮލުގައި ޖަހާލަމުން ވާހަކަދެއްކިއެވެ. ޔޫލީން އޭނާގެ ފޯނު މޭޒު މަތީ ބާއްވާލުމަށް ފަހު ވުޟޫ ކޮށްލަން ފާހަނަ އަށް ވަދުނެވެ. އޭނާ ހަމަ ނުކުތުމާއެކު އީނާލްވެސް ވަނެވެ. ނަވްރީން ބޯ ހޫރައިލަމުން މަޑުމަޑުން ހިނިތުންވެލިއެވެ.
‘އަދި ޔޫލީން އަށް ވެސް އެދުވަސް އައުން ވަރަށް ގާތް ކަންނޭގެ..’ ނަމާދު ކުރުމަށް ދޮޅި އަޅަމުން ދިޔަ ޔޫލީންގެ ކަންފަތް ދޮށުގައި ނަވްރީން ބުނެލިއެވެ. ‘ދެންންން ނަވްރީނޫ..’ އަކުރުތަކަށް ދަމާލަމުން ޔޫލީން ބޮޑާދައްކާލިއެވެ. އަދި އޭނާގެ އަތުން އޭނާގެ ރަތް ވެފައިވާ މޫނު ފޮރުވާލިއެވެ. އޭރު އީނާލް ފާހަނައިން ނުކުމެ ނަމާދު ކުރުމަށް ތައްޔާރު ވަނީއެވެ. ‘ނަވް ދެން އެއީ ޒައިނީ އެންޑް ޖިމްޔާންގެ ސްޓޯރީ އޭ..ޔޫލީންގެ ސްޓްރީ ފެށޭނީ މީގެ ހަ ހާސް އަހަރު ފަހުން..’ ޔޫލީން އެގޮތަށް ހުރެ ވާހަކަދެއްކިއެވެ. އޭނާއަށް ދެންމެއަކު ސުނާމީ ބިނާގެ ކެމެރާއަކުން ފެނުނު ޖިމްޔާން އާއި ޒައިނީ ގެ މަންޒަރު އޭނާގެ ސިކުނޑީގައި ވީޑިއޯއެއް ފަދައިން ޕްލޭވަމުން ދިޔައެވެ. އަދި އޭނާއަށް ލާނެތް ގޮތަކަށް ހިނިތުން ވެލެވުނެވެ. ނަވްރީން އަނެއްކާވެސް ބޯ ހޫރައިލިއެވެ. އަދި ނަމާދަށް އެރިއެވެ. ޔޫލީން އާއި އީނާލް ވެސް ނަވްރީންގެ ފަހަތުން ނަމާދު ފެއްޓިއެވެ.
************************************************
‘އޯހް ގޯޑް..’ ޒައިނީ އަށް ގަޑި ބަލާލެވުނު ހިނދު އޭނާއަށް ބުނެވެވުނެވެ. އޭރު ގަޑިން އެކެއް ޖަހަން ފަހަރަ އެވެ. މީގެ ފަސް ވަރަކަށް މިނެޓު ކުރިން ޖިމްޔާން ވަނީ ބަސް ސްޓޮޕްއަށް އައި ބަހަކަށް އަރައިގެން ހުޅުމާލެއަށް އަނބުރާ ގޮސްފައެވެ. އޭރުވެސް ޒައިނީ ހިޔާލު ކުރީ މާލޭގެ މަގުތައް ‘އެކްސްޕްލޯރ’ ކުރާށެވެ. އޭނާ ކުރިޔާލައި ނިންމާފައި އޮތީ އެކެއް ޖަހާއިރު އެކުދިންގެ ޑާންސް ޕްރެކްޓިސް އޮންނަ ވަގުތަށް ހުޅުމާލެއަށް ދިޔުމަށެވެ. އޭގެ ކުރިން ގްލޯރިއާ ޖީންސް އިން ކޮފީ އެއް ބޯލުމަށްފަހު އެހިސާބުގަނޑުގައި ހިނގާލާށެވެ. އެހެންނަމަވެސް ކަންދިމާކުރިގޮތުން އޭނާއާއި ޖިމްޔާން ދިމާވީފަހުން ސުނާމީ ބިނާގައި ހުރެ ވާހަކައިގައި ހުރެވުނީއެވެ. ޒައިނީ އަތުގައި އޮތް ކަރުދާސގަނޑުގައި އޮތް ނަމްބަރު ތަކަކަށް ބަލާލުމަށްފަހު އޭނާއަށް ބެއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ޖިމްޔާންގެ ނަމްބަރ.. އޭނާއަށް ހިތާހިތުން ބުނެލެވުނެވެ. އެވަގުތު އޭނާ ހިނގަމުން ދިޔައީ ބޮޑުތަކުރުފާނު މަގުގައެވެ. މެންދުރުގެ އެ އަވިގަދަ ވަގުތުގައިވެސް ފަތާ ޓްރެކް ގައި ކުދިން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި މަޖާނަގަމުންނެވެ. ޒައިނީ އަށް އޭނާގެ ފޯނަށް އެ މަންޒަރު ރައްކާކޮށްނުލާ ގޮތެއް ނުވިއެވެ. އެއަށް ފަހު އަނެއްކާވެސް އޭނާ ކުރިޔަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ހުއްޓުންއެރީ ސެނަހިޔާ އާއި ޖެހިގެން ހުރި ފެމެލީ ކޯޓު ކުރިމަތީގައި ތިބި ދެ މީހުން ފެނިފައި އެވެ. އެތަނުން އެކަކު އެއީ ޔޫނުސް ގެ އަނބިމީހާ ލިޒީއެވެ. (ރިމެމްބަރ ލިޒީ؟؟ ހެހެހެ ސޮރީ ޓު ކީޕް ޔޫ ވެއިޓިންގ.. ލެޓްސް ގެޓް އޮން ވިތް ދަ ސްޓޯރީ) ލިޒީ އާއި ކުރިމަތިލަިގެން ދެން ހުރި މީހާއަކީ..
‘ޔޫނުސް..!’ ޒައިނީ އަށް ޔޫނުސް ފެނުމާއެކުހެން އޭނާއަށް ވައި އަޑުން ބުނެވެވުނެވެ. އަނެއްކާވެސް އޭނާ ލިޒީ އަށް ބަލާލިއެވެ. އޭރު ލިޒީ ހުރީ ޔޫނުސް އާއި ދިމާލަށް ގޮތަކަށް ބަލަހައްޓާއިގެންނެވެ. ޒައިނީ އަށްސިހުން ލިބުނީ ލިޒިގެ ރުޅިން ރަތް ވެފައިވާ މޫނ ފެނިފައެވެ. އޭނާ އަވަސް އަވަހަށް ދުރު ބަލާލަމުން ބަސް ސްޓޮޕާއި ހަމައަށް ހިނގައިގަންނަން ފެށިއެވެ. ނަމަވެސް އަނެއްކާވެސް އޭނާއަށް ހުއްޓެވުނީ ޔޫނުސް އޭނާއަށް ގޮވާލިއަޑު އިވިފައެވެ.
‘ޒައި..’ ޒައިނީ ހިންދިރުވައިލުމަށްފަހު ފަހަތަށް އެނުބުރުނެވެ. އެވަގުތު ޔޫނުސް ގައިގައި ތަތްވެ ގަނެގެން ހުރެ އޭނާގެ ކޮނޑުމަތީގައި ބޯ އަޅައިގެން ލިޒީ ހުއްޓެވެ. ޒައިނީ އަށް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް އޭނާ އަވަސް އަވަހަށް އޭނާގެ މެނޭޖަރު ގާތަށް ދިޔައެވެ. ‘ވަޓްސް އަޕް ޒައި~’ ލިޒީ ނިކަން ލޯބިން ހުރެ ޒައިނީއަށް ގޮވާލިއެވެ. ‘އަމްމް.. ޒައި މި އައީ ސުނާމީ ބިނާ އަށް ގޮސްލާފަ.. ބަޓް.. ވަން ގަ ޕްރެކްޓިސް އޮތީމަ ދެން ހޮޓެލް އަށް ދާން ކަމަށް.. ލިޒީ އެންޑް ޔޫނުސް މިތާ ކީއްކޮށްލަނީ..’ ޒައިނީ ދަބަހުން ޓިޝޫ ކޮޅެއް ނަގާ އޭނާގެ ނިއްކުރި މަތީގައިވާ ދާ ތިކި ތައް ފުހެލިއެވެ. ‘މިއައީ އަހަރެންގެ ކުޑަ މީޓިންގ އެއް އޮތީމަ.. ބަންގްޓަން ގަރލްސްގެ ޓުއަރ ފަށަން ކަމަށް.. ދެން އަހަރެމެންވެސް މިއުޅެނީ ހޮޓެލް އަށް ދާން..’ ޔޫނުސް މަޑު މަޑުން ލިޒީގެ ބޮލުގައި އަތް ބާއްވައިލަމުން ބުނެލިއެވެ. ޒައިނީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް މިތަނުގައި ކޮންމެވެސް ކަމެއް ނުބައި ވެގެން އުޅޭކަން ދެނެގަނެވުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ޔޫނުސް އާއި ލިޒީ އެކު އެވަގުތު ބަސް ހުއްޓި އައި ކައިރި ކުރި ބަހަށް އަރާއިގެން ހުޅުމާލެއަށް ދިއުމަށް ނައްޓާލިއެވެ.
‘ގާއިޒް ގާއިޒް..’ ޒައިނީ އޭނާގެ ހޮޓެލްއާއި ހަމައަށް ދިޔަ ގޮތަށް ގޮސް އޭނާ ވަނީ އީނާލްމެން ތިބި ކޮޓަރިއަށެވެ. އޭރު ނައިލީވެސް އެކޮޓަރިއާއި ހަމައަށް އާދެވެނީއެވެ. ‘އޫފް.. ޒައި ޗިލް..’ ނަވްރީން އައިސް މާނޭވާލަމުން ދިޔަ ޒައިނީގެ ބުރަކަށީގައި ފިރުމައިލިއެވެ. ‘ޒައި ތިއައީ ބްރިޖް މަތީ ދުވެފައިތަ..’ ނައިލީ އެ ކޮޓަރިއަށް ވަދެފައި ޒައިނީއަށް އޭނާގެ ފެންފުޅިދިއްކޮށްލިއެވެ. އޭނާ ޝުކުރުވެރިކަމާއެކު ނައިލީގެ ފެންފުޅިއެއްކޮށް ހުސްކޮށްލިއެވެ. ‘ނު..ނޫން.. ޔޫ ވޯންޓް ބިލީވް ވަޓް ހެޕެންޑް..’ ‘ޔޫ ވެންޓް އޮން އަ ޑޭޓް ވިތް ޖިމްޔާން..’ ޔޫލީން އެއް މިޔަކަނުން ހީނލާފައި މިހެން ބުނެލުމާއެކު ޒައިނީ ބަސް ހުއްޓިފައި އޭނާއާއި ދިމާލަށް ބަލަން ހުއްޓެވެ.
**************************************************
(ރޭގަނޑު 9:30)
**ކައިލާންގެ ނަޒަރުން**
އެރޭ ރޭގަނޑުގެ ކެއުން އަހަރެން އަވަސް އަވަހަށް ނިންމާލީ އެވަގުތު އަހަރެން ބާސްކެޓް ކޯޓަށް ދާހިތްވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އެވެސް އެހާ ލަސްކޮށްފައެވެ. އަހަރެން ކައި ނިންމާލައިގެން ނައުފަލްއާއި އެއްކޮށް އަހަރެމެންގެ ކޮޓަރިއަށް ދިޔައީމެވެ. އަހަރެން މަޑު ކުރީ އޭނާއަށް ނިދެން ދެކަށެވެ. އަހަރެން ހީކުރި ފަދައިން އިރުކޮޅެއްނުވެ ނައުފަލަށް އޮތީ ނިދިފައެވެ. އަމިއްލަ ނަފްސަށް ހީނލުމަށްފަހު އަހަރެންނަށް އަތުޖެހުނު ގޫޗީ ދަބަސް ތެރެއަށް އަހަރެންގެ ފެންފުޅި ލީމެވެ. އަދި ބޮލުގައި ރީތި ގޮތަކަށް ބަންޑާނާ އެއް އައްސާލުމަށްފަހު ހޮޓެލް ތެރެއިން ނުކުތީމެވެ. (އާރމީސް.. އައިމް ބޭޑް އެޓް ޑިސްކްރައިބިންގ ސޯ ހިއަރ ޔޫ ގޯ.. *ވިންކް*)
އަހަރެމެން ތިބި ހޮޓެލް ހުރި މަގާއި ޖެހިގެން ހުރި މަގުގައި އެހުރީ އެ ބަސްކެޓް ކޯޓެވެ. އަހަރެން މަގުގެ ދެފަރާތް ބަލާލުމަށްފަހު ދުއްވާ އެއްޗެއް ނާންނާނެކަން ޔަގީން ވުމުން އަހަރެން އަވަސް އަވަހަށް ހުރަސްކޮށް ކޯޓުތެރެއަށް ވަނީމެވެ. އަހަރެންނަށް ހިނިތުން ވެލެވުނެވެ. އަހަރެންނަށް މިކަހަލަ ތަނަކަށް މިވަދެވުނީ ވަރަށް ދުވަސް ކޮށްލާފައެވެ. އަހަރެން ދަބަސް ބެންޗު މަތީ ބައިންދާލުމަށްފަހު އެއްކައިރީގައި އޮތް ބޯޅަ އެއް ނެގީމެވެ. އަހަރެންގެ ސިކުނޑީގައި ވަނީ ހަމައެކަނި ކުޅުމެވެ. އޭރު ގަޑިން ދިހަގަޑި ބައި ވަނީއެވެ. ރޭގަނޑުގެ އެ ވަގުތުގައި އަހަރެން ބާސްކެތް ކޯޓުގައި ކީއްކުރަނީތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލީމެވެ. އަދި އަތުގައި އޮތް ބޯޅަ މަތީގައި ހަރު ކޮށްފައި ހުރި ބާސްކެޓަށް އެށްލީމެވެ.
‘ޔެސް.. ވަން ޕޮއިންޓް ފޯރ މީ..’ ބޯޅަ ވަށިގަނޑަށް ވަނުމުން އަހަރެންނަށް ހުރިތަނުގައި ނަށާލެވުނެވެ. ޔޫމިން ހުރިނަމަ އަދި ހުންނާނެ ފޯރި އެއް ހިތަށްއަރުވާލެވުނެވެ. އަނެއްކާވެސް އަހަރެން ބޯޅަ މައްޗަށް އެއްލީމެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެ ބޯޅަ ބާސްކެޓްގެ ވަށްބުރުބައިގައި ޖެހިފައި ކޯޓުން ބޭރަށް ވެއްޓުނެވެ. އަހަރެންނަށް ހުރެވުނީ ބޯޅަ ދިޔަ ދިމާލަށް ތުން އޫ ކޮށްގެން ހުރެ ބަލާށެވެ. އަތަށް ދިލަ ތަދެއް ވާންފެށުމުން އަހަރެން އަތަށް ބަލާލީމެވެ. އަހަރެންނަށް ހުރެވުނީ އަތް ވެސް މުއްކަވައިގެންފައެވެ.
ކުއްލިއަކަށް ކޯޓުގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ސިހުނެވެ. އަހަރެން ހީކުރީ ނައުފަލް ނުވަތަ ޔޫމިން އަހަރެން ހޯދަން އައީކަމަށެވެ. ނަމަވެސް ދޮރުން ވަތް އަންހެން ކުއްޖާ ފެނި އަހަރެންނަށް ހުރި ތަނަށް ގަނޑު ވެވުނެވެ.
*ނުނިމޭ*
(ސޮރީ ގާއިޒް ފޯރ ދަ ލޭޓް އަޕްޑޭޓް.. ސަމްތިންގ ކޭމް އަޕް.. އެންޑް ސޮރީ އިފް އިޓް ޑީޑް ނޮޓް މޭކް ސެންސް.. ނިޒްކާ އެންޑް ތުގާ އެންޑް ލަވްޒާ ކޭމް ބެކް އިން ދަ އިވްނިންގ.. އެންޑް ޒައިނީ ހޭޑް ޓޯލްޑް ދަ އަދަރސް ވަޓް ހެޕެންޑް.. އައި އެމް ނޮޓް ސްޕޮއިލިންގ ބަޓް ދެޓް އިޒް ވަޓް ހެޕެންޑް.. އެންޑް ހޯޕް ޔޫ ލައިކް ކިމް ޓެއި ޓެއިގެ ޕިކް.. ހިހިހި.. ހޯޕް ޓޫ ސީ ޔޫ އިން ދަ ނެކްސްޓް ޕާރޓް.. ހޫ ކޫޑް ދަ ގަރލް ބީ.. ހްމްމް ހެހެހެ ސޯ ސީ ޔާ.. ލަވް ޔޫ.. ޓޭކް ކެއަރ..)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


