Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިމަޖާ

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 5

Aashii
Aashii Level 310 Stories100 Login
December 13, 2020 3 Mins Read
2 Comments

” އެއީ އެއްވެސް ކާއްޓެއް ނުފެނުނީމަ ހިނގަމުން ދިޔައީ .. ދެން އަންނާނެ

ގޮތެއް ނޭނގުނު .. މާ އެތެރެޔަށް ވަދެވުނީ މަ .. އެންމެފަހުން  އަތިރިމައްޗަށް

ދެވުނީމަ އެތަނުން މިތަނަށް އާދެވުނީ .. އަނެއްކާ ލިލީ ގުޅީމަ އެގެޔަށް

ދާން ޖެހުނީ .. ފައިހާ އާއި އެތަނުން ދިމާވީ ..”

ދޮގު ތަކާއި އެކު ތެދުތައް އެކޯވެގެން  ބޮޑު  ތަގުދީރެއް ނަޔާނީ ކިއެވެ.

” މައްސަލައެއް ނެތް ..”

އެއަށްފަހު ނާޙިދާ ދޮރު ލައްޕައިލިއެވެ.

” މިހާރު އޯކޭ ދޯ ؟ ”

ނަޔާނީ ބުންޏެވެ.

” ކީއްވެ ނަޔާނީ މަންމަ ނަޔާނީ އަށް ނާޔާ އޭ އެކިޔަނީ؟”

ރޫނާ ކަންބޮޑުވި ސުވާލު އަހައިލިއެވެ.

ޕިސްޕިސްޕިސް .. ހާސްނުވޭ .އެއީ އަހަރެންނަށް ކުރުކޮށް ކިޔާ ނަމޭ..”

ނަޔާނީ ގާތަށް ހިނިއައެވެ.

” އެހެން؟ އެހެން ވިއްޔާ އޯކޭދޯ އަހަރެންވެސް ނާޔާ ކިއްޔާ ..؟”

ރޫނާ ސަމާސާ ކޮށްލިއެވެ.

” މައްސަލައެއް ނެތޭ ކޮންމެ ނަމެއް ކިއްޔަކަސް ..”

ނަޔާނީ ވެސް ޖެއްސުމުގެ ރާގަށް ބުނެލިއެވެ.

” ކޮބާ ނާޔާގެ ޚިޔާލަކީ؟ ”

ރޫނާ މައުޟޫ ބަދަލުކޮށްލިއެވެ.

” ރޫނާގެ މަންމަ އާއި ބައްޕައަށް  އިންސާނުންނަކީ  ބިރުވެރި ބައެއް ނޫން

ކަން އަންގައިދިނުން ..”

ނަޔާނި ދިނީ ރަނގަޅު ޚިޔާލެކެވެ.

” ތިއީވެސް ރަނގަޅު ގޮތެއް .. އޭރުން އެކަކުވެސް ޝައްކެއް ނުކުރާނެ .. ”

ރޫނާ ވިސްނަން ފެށިއެވެ.

” އެއީ ކީއްވެ؟”

ނަޔާނީގެ ހިތުގައި އުފެދުނު ސުވާލު ކުރިއެވެ.

” އަހަރެންގެ ބައްޕައަކީ އޭލިއަން ދޫނިތަކުގެ ރަސްގެފާނު …މަންމައަކީ ރާނީ ..

އެމީހުން ބުނިއްޔާ ގަބޫލުކުރާނެ ..”

ރޫނާ ހިނިތުންވެލިއެވެ.

” އެހެންދޯ މިވީ .. ރޫނާ އަކީ ޕްރިންސެސްއެއް ދޯ ..”

ނަޔާނީއަށް މަޖާވިއެވެ. އޭލިޔަނުންނަކީ އަސްލު ބައެއް ކަމަށް ކުރިޔަކުން އޭނަ

އަކަށް ނޭނގެއެވެ. އޭނަ ހީކުރަނީ  އެއީ ބުހްތާނު ދޮގު  ވާހަކަތަކެއް  ކަމަށެވެ.

ނަމަވެސް ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އޭނައަށް އެނަސީބު ލިބުމުން

އެއީ ދެން ބަދަލު ވާނެ އެއްޗެއް ނޫނެވެ.

” ޔާހް .. ވެދާނެ .. ނާޔާގެ ޕްލޭނަށް ކަންތައް ކުރާނީ ކިހިނެތް ..”

ރޫނާ އެއްސެވެ.

”  ރޫނާގެ ފެމިލީ އަންނަ  ގަޑިޔަށް ކަމެއް  ތައްޔާރު  ކުރާނީ ..މިސާލަކަށް

މިހެން ..”

ނަޔާނީ އޭނަގެ ހިތަށް އައި ގޮތް ކިޔައިދިނެވެ. ރޫނާ އެއްބަސް ވުމުން ގަޑިޔަށް

އެކަން ކުރަން ނިންމިއެވެ. މިގަޑިއަށް، މިމަޝްވަރާ ބަހައްޓާ މިވަގުތަށް ނަޔާނީ

ކާންދާން ނިންމިއެވެ. ރޫނާ ބަހައްޓާފައެވެ. ރޫނާ އަކީ  ދޫންޏަކަށް  ވުމުންނެވެ.

އެއީ އިންސާނެއް ނޫނެވެ. ދެން އިންސާނުން ކާ އެއްޗިހި ކެވޭނީ ވެސް ކިހިނެތް

ހެއްޔެވެ.

ބަދިގެއަށް ވަނުމަށް ފަހު ގޮޑީގައި ނުއިށީދެވެނީސް މަންމަގެ ސުވާލެއް ނަޔާނީ

އާއި ކުރިމަތިވިއެވެ.

” ކޮބާ ފައިހާ .. ކޮޓަރީގަތަ؟ ..”

ނަޔާނީ ބޯ ޖަހައިލުމާއިއެކު ވެސް ނާހިދާ އަކަށް ހަޖަމް ނުވިއެވެ.

” އެއީ ކީއްވެ؟ އަންނާށޭ ބުނެބަލަ؟ ނާޔާ އަށް ވަރިހަމަ ދޯ ކޮންމެ ގޮތެއްވެސް ..

އޭނަ ހިތަށް އަރާނީ ދެން ކީކޭ .. ލަދުން ބޯ ހަލާކު ..” .

ނާހިދާ ހިތްހަމަ ނުޖެހުމާއިއެކު އެހެން ބުނެލުމަށް ފަހު ހިނގައިގަތީ  ރޫނާ އުޅޭ

ކޮޓަރިއާއި ދިމާލަށެވެ.  ކަމުގެ  ހަގީގަތް ނުބަލާ ކަންތައް ކުރާތީ ނުކުންނަ ހިތި

ނަތީޖާ އެވެ.

” މަންމާ .. އެހެންނޫނޭ .. ބުނީ ބަޑުހައެއް ނޫނޯ ..”

ނަޔާނީ ބުނެލީ ނާހިދާ އަށް އަޑުއިވޭ ވަރަށެވެ.

” އެހީތަ؟ ..”

ނާހިދާ ނަޑުމަޑުން އަހައިލުމާއިއެކު ނަޔާނީ ބޯޖަހާލިއެވެ.

އެހެންކަމުން އިތުރަށް ސުވާލުކުރާކަށް ނަހަދާ ނާހިދާ އޭނަ ކުރަން ހުރި

ކަންތައް ކުރުމުގައި ޝާމިލު ވިއެވެ. ނަޔާނީވެސް ބަޑުހައިވެފައި ހުރުމުން

ނާސްތާ ކޮށްލިއެވެ.

ތަށިތައް  ދޮވެ  ނިންމާލައިފައި ނަޔާނީ ކޮޓަރިޔަށް  އައިސް  އެނދުގައި

އޮށޯވެލީ ވަރުބަލި ފިލުވާލާށެވެ. އޭރު 9 ގަޑި ބައެވެ. އަރާމްކުރަން ބޭނުން

ވެފައި ހުރިވަރުން ނަޔާނީ އަށް ނިދޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އޭރު

އޭނަ ނިދި ތާއްޔާ ޖެހެނީއެވެ.

ކުއްލިޔަކަށް އެއްޗެއް ވައި ކަފާލި އަޑު އިވުމުން ނަޔާނީގެ އެސްފިޔަ ލެއްޕި

ހުޅުވޭ ދޮރުފަތެއްގެ ސިފައިގައި  ހުރެފައި  ވެސް އޭގެ  އަސްލަށް  ރުޖޫޢަ

ވެއްޖެއެވެ. ދުވެފައި ކުޑަދޮރު ކައިރިޔަށް ދިޔައީ ވެސް އެއަޑު އައީ އެތަނުން

ކަމަށްޗ ވާތީއެވެ.

 

” ދެން .. މިދެން ކޮންކަމެއް ..”

ނަޔާނީ ގާތަށް ރުޅިއައީ އޭނަގެ ނިދި ހަރާބު ވީ ތާކުންތާކު ނުޖެހޭ ކަމެއް

ގައި ކަމަށް ވީތީއެވެ.

 

” ނުރައްކާތެރި ހަބަރެއް ދޭށޭ މިއައީ ..”

ރޫނާ ބުނެލިއެވެ.

” ކޮން ހަބަރެއް؟ މުހިއްމު އެއްޗެއް؟” ..

ނަޔަނީ ކުޑަދޮރު މަތީގައި އިށީދެލައި ތިރިއަށް ބަލައިލިއެވެ. ބެލްކަނި ރެއިލިންގ

ހުރި ގޮތުން މަތީ ކުޑަދޮރަށް އެރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ރޫނާ މައްޗަށް

އެރީވެސް އެގޮތުގައި އެވެ.

” ކުރިއަށް އޮތް 7 ގަޑިއިރު ތެރޭ އޭލިޔަނުން ދުނިޔެއަށް”..

ހުޅުވޭ ދޮރުފަތެއްގެ ސިފައިގައި  ހުރެފައި  ވެސް އޭގެ  އަސްލަށް  ރުޖޫޢަ

ވެއްޖެއެވެ. ދުވެފައި ކުޑަދޮރު ކައިރިޔަށް ދިޔައީ ވެސް އެއަޑު އައީ އެތަނުން

ކަމަށްޗ ވާތީއެވެ.

 

” ދެން .. މިދެން ކޮންކަމެއް ..”

ނަޔާނީ ގާތަށް ރުޅިއައީ އޭނަގެ ނިދި ހަރާބު ވީ ތާކުންތާކު ނުޖެހޭ ކަމެއް

ގައި ކަމަށް ވީތީއެވެ.

 

” ނުރައްކާތެރި ހަބަރެއް ދޭށޭ މިއައީ ..”

ރޫނާ ބުނެލިއެވެ.

” ކޮން ހަބަރެއް؟ މުހިއްމު އެއްޗެއް؟” ..

ނަޔަނީ ކުޑަދޮރު މަތީގައި އިށީދެލައި ތިރިއަށް ބަލައިލިއެވެ. ބެލްކަނި ރެއިލިންގ

ހުރި ގޮތުން މަތީ ކުޑަދޮރަށް އެރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ރޫނާ މައްޗަށް

އެރީވެސް އެގޮތުގައި އެވެ.

” ކުރިއަށް އޮތް 7 ގަޑިއިރު ތެރޭ އޭލިޔަނުން ދުނިޔެއަށް”..

ރޫނާ ކިޔައިލީ ޚަބަރެއްގައި ވެސް ނުކިޔާނޭ ފުރިހަމަ ގޮތަކަށެވެ.

” ދެން ..”

ނަޔާނީ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އަދި ދެލޯ މަރައިލިއެވެ. ރޫނާ އޭނަގެ

ގާތުގައި މިހާރު އެހުރީ ދޫންޏެއްގެ ސިފައިގައެވެ. އެ ގޮތުގައި ހުރެ އެހެންމީހަކަށް

 

ރޫނާ ފެނިއްޖެއްޔާ ކެޔޮވަލަކު ހުޅުލީހެން މުޅި ރަށަށް އެ ހަބަރު ފެރުރޭނެކަން

ޔަގީނެވެ.

” ދެނޭ؟ ތިޔަ ބުނާ ދަތުރަކު ދަނީ ކޮންއިރަކު؟ ..”

ރޫނާ ކުއްލިޔަކަށް ގަހުގައި އިށީނދެއިނދެފައި ފުންމައިލީ ރެއިލިންއަށެވެ. ނަޔާނީ

ސިހިފައި ލޯ ހުޅުވާލިއެވެ.

” މަންމާތް ….. އާތް ..”

ނަޔާނީ ހަޅޭއް ލަވައިގަތެވެ. އަތް ކައްސާލީގޮތުން މަތަނުވެގެން އޭނަ ޖެހުނީ

ބެލްކަނީ ހަރު ތަޅުންގަނޑު މައްޗަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ތީއޭ އުފަލަކީ…2

Next

ދޫކޮށްނުލާނަމޭ ކަލާ – 5

Next
December 13, 2020

ދޫކޮށްނުލާނަމޭ ކަލާ – 5

Previews
December 12, 2020

ތީއޭ އުފަލަކީ…2

2 Comments!

  1. Aashii black flower says:
    December 14, 2020 at 6:35 pm

    im sorry readers .. ebain thankolheh repeat vefa .. ekamah maafah edhen .. alhugadu liyei mi part varah kurukamah gabool kuran .. 6 vana baiy ( emme fahu baiy) insha ﷲ varah dhigu vaane
    ???
    mi vaahaka ah comment nukuriyas like dhevvathy shukuriyya

  2. Aashii black flower says:
    December 14, 2020 at 6:44 pm

    adhi kurin mi comment post nukurevvunythyves maafah edhilavvan alhyganduge ehen kuru vaahakaeh thiyabeyfulhunnah libilavaane .. inthizaaru kuravvanekamah ummedhu kuravvan

Comments are closed.

Next Episodeއޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 6←


All Right Reserved!