Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުޑަކުދިންގެއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ – 1

Aashii
Aashii Level 310 Stories100 Login
December 19, 2020 3 Mins Read
0 Comments

” މިހާރު ވަރުބަލި ވެއްޖެ .. އިރުކޮޅަކުން ފަށާނީ ..”ސާމިއު ދުވަމުން އައިސްފައި ވެސް ވަރުބަލިވެގެން އިށީނެވެ. އޭނާ މުޚާތަބު ކުރީ ގާތުގައި ހުރި މިހާދު އާއިއެވެ. ” ހާދަ އަވަހަކަށް ވަރުބަލިވީ!!.. އަދި އެންމެ  ފަސްމިނަޓުވެސް ނުވޭ ވިއްޔަ .. މާގިނައިން ކައިގެންދޯ ތިއުޅެނީ؟؟؟..”މިހާދު ދިމާކޮށްލިއެވެ. ތެދެކެވެ. ސާމިއު ހުންނަނީ މިހާދުއަށް ވުރެ ހަށިގަނޑުން ބޮޑުކޮށެވެ. ދެކުދިންވެސް ކިޔަވަނީ ގުރޭޑު 6 ގައި ކަމަށްވާއިރު އުމުރަކީ ބާރަ އަހަރެވެ.

” ނޫނޭ .. އަހަރެން ކޮންއިރަކު ކެއީ؟ .. އަދި މިހިރީ ހެނދުނު ސައިވެސް ނޮބޮއެ!! ..” ސާމިއު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.” ފެންބޮއެގެންނު ތިހިރީ .. ގެނައި ފެންފުޅި ހުސްކޮށްލާފައެއޮތީ؟؟ ..” މިހާދު އިޝާރާތް ކުރީ ގަސްބުޑަށް އެއްލައިފައި އޮތް ހުސް ފެންފުޅި އަށެވެ. ސާމިއު އެކީގައި ހައިރާންކޮށްލަން މަޖުބޫރު ކުރުވީ އެ ހުސްފެން ފުޅިއެވެ. އޭނާ އެތަނަށްފެންފުޅިއެއް ގެނައެވެ. ނަމަވެސް އޭގައި އަތްވެސް ނުލައިއޮތްވާ އެފެނުނީ އޭތި ހުސްވެފައި އޮތްވައެވެ.

” އަހަންނެއް ނޫން!! .. މިހާ ކުރި ކަމެއްދޯ އެއީ؟؟ ..” ސާމިއު ފާޅުގައި އިންކާރު ކުރިއެވެ. އޭނާއަށް އަބަދުވެސް ފެންނަނީ މިހާދުގެ މަޖާކަމާއި  ސަކަ މިޒާޖެވެ. އެނޫން އެއްޗެއް ނުފެންނަނީ ތޯއްޗެކެވެ. ” ނޫނެކޭ .. އަހަރެން ކީއްކުރަން އޭތި ހުސްކުރަންވީ؟؟ .. މިއޮތީ އަހަރެންގެ ފެންފުޅި!! ..” މިހާދު އޭނާ ބޮއެ ބޮއެ ހުރި ކުޑަ ފެންފުޅި ދައްކާލިއެވެ. އެވަރުންވެސް ސާމިއުއަކަށް ގަބޫލު ނުކުރެވުނެވެ. މިހާދަކީޖެއްސުންކޮށް ހަދާ މަޖާ ކަންތައްތަކަށް އިސްކަންދޭ، ސީރިޔަސް ކަމެއް ނުހުންނަ ކުއްޖަކަށް ވުމާއިއެކު މިހާދު އެފަދަ ކަމެއް ކޮށްފާނެ ކަމާއިމެދު ޝައްކު ކުރެވުނީއެވެ.

” މިއަދަށް ބަހައްޓާ .. ހިނގާ ގެއަށް!! .. ސުކޫލަށް ދާން ގަޑިޖެހިދާނެ!! ..” ސާމިއު އޭނާގެ ގެ ހުންނަ ގޯޅިޔަށް ދާން، މިސްރާބުބަދަލު ކޮށްލިއެވެ. މިހާދުވެސް ދެން އިތުރަށް ކޯޅޭކަށް ނަހަދާ އޭނައަށް ހުރެވުނު ހިސާބަށް ރީއްޗަށް ބަލައިލިއެވެ. އެވަގުތު އޭނަގެ ލޮލުގައި މީހަކު އަޅައިފައި، ގޮތަކަށް އޮތް ފަތް ބޮޑިއެއް އަޅައިގަތެވެ. އެއީ މީހަކު ގެންގުޅުނު އެއްޗަކާއި މެދު ޝައްކެވެ. ވަލުތެރޭގައި އެކަހަލަ އެއްޗިހި މީހަކު ބޭނުން ނުކުރާނެކަން މިހާދަށް އޮޅިފައެއް ނެތެވެ. އިތުރު ވިސްނުމަކަށް ނުދެވިގެން އުޅެނިކޮށް ސާމިއު ގޮވާލިއެވެ. އެއީ ކަމެއް ފަށައިފިނަމަ، ހުއްޓުމެއް އައިސްދާނެކަމުގެ ވިސްނުމެއް އޮންނަ މީހަކު ނޫނެވެ. ސާމިއު ގޮވާ ވަރުން މިހާދު ދާން އެނބުރިލީ އެފަތްގަނޑާއި ދޭތެރޭގައި ސުވާލުމާކު އުފައްދަމުންނެވެ.

ގެއަށް ގޮސް ސާމިއު ފުރަތަމަވެސް ބަދިގެއަށް ވަނެވެ. ކާއެއްޗިހީގެ މީރު ވަހުން މުޅި ބަދިގެ ވެސް އެއްވަސް ކޮށްފައިވެއެވެ. ސާމިއު ވަތްކަން އެނގުމާއި އެކު ސާމިއުގެ މަންމަ ސަންފަ، އަވަހަށްކާން އައުމަށް ގޮވާލިއެވެ.އިތުރަށް އެއްވެސް ބަހާނާއެއް ނުދައްކާ، ސާމިއު، ދެ ރޮއްޓާއިކުޅި މަސްކޮޅެއް ކެއެވެ. ބަދިގެއިން ނިކުންނަމުން ފެންފޮދެއްބޮއެލިއެވެ.

ކޮޓަރިޔަށް ވަދެ ސާމިއު ފެންވެރިއެވެ. ހެނދުނުގެ ފިނީގައި ދުވި އިރު ގައިގައި ހުރި މިލަތައް ސާފުކޮށް ރީތިކޮށް އައުޔުނީފޯރމެއް ލައިގެން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް އޭނަހުރީ ހީކަރުވައެވެ. ފިނިކަމުން އައިސް ކިޔުބަކަށް ވެދާނެކަމުގެ ބިރު އޭނަގެ ހިތުގައި އަށަގަތެވެ. ސާމިއު ގެއިން ނުކުންނަން ހިނގައިގަތީ  ގޭޓާއި ދިމާލަށެވެ. އެވަގުތު ސާމިއުގެ އިންތިޒާރުގައި އެކުވެރި އަލަމް ހުރި ކަން އެނގުނީ ދެނެވެ. އެހެންކަމުން ސާމިއު އެދިމާލަށް ހިނގައިގަތެވެ.

” މިއަދު އެހާ ލަސްވީޔޯ؟” އަލަމް ކުރާނީ އެސުވާލުކަން މާ ކުރިންވެސް ސާމިއު ދެނެގަތެވެ. އެހެން ކަމުން ސާމިއު ވާހަކައެއް ހަދާލިއެވެ.

” އެއީ ތެދުވުނީ މާ ލަހުން .. ފިނިވީމަ ފެންވެސް ނުވެރޭނެދޯ .”

ސާމިއު ޖަވާބު ދިނުމުން އަލަމް އަވަހަށް މަދަރުސާއަށް ދާން ހިނގައިގަތެވެ. ސާމިއު ވެސް ލަސްނުކޮށް ހިނގައިގަތީ މިހާރުވެސް ގަޑިޖެހިފައި ވާތީއެވެ.

** ** ** ** **

ކުލާހަށް ވަނުމާއިއެކު މުދައްރިސް މިއަދުގެ އެސަމްބްލީ ކެންސަލްކަމަށް ބުނެލިއެވެ. ސަބަބު އެހުމާއި އެކުވެސް މުދައްރިސަކަށް ޖަވާބެއް ނުދެވުނެވެ. ބުނަނީ ނޭނގޭ ކަމަށެވެ. އެކަމާއި އެކަކުވެސް ދެން ސުވާލެއްނުކުރިއެވެ.

ސާމިއު ގެއަށް އައީވެސް އަލަމްއާއި އެކުއެވެ. އެއީ އޭނަގެ އާދައެވެ. އަލަމް އަކީ އޭނަގެ ދުވަސްވީ ގާތް ރަހްމަތްތެރިއެކެވެ. އަލަމާއި ދިމާވީ ވެސް ހަމަ މަދަރުސާއިންނެވެ. ނަމަވެސް މިހާދު ތަފާތެވެ. މިހާދާއި ދިމާވީ މަންމަ އާދޭސް ކޮށްގެން އޭނަ ފަތިސް ނަމާދަށް ފަހު، ކަސްރަތުކުރަން ދުވަން ފެށިތަނާއެވެ. އެގޮތަށް އެކި ދުވަސް މަތިން ދިމާވެ އެކުވެރިކަން އުފެދި ގާތް ގުޅުމެއް އާލާވީއެވެ.

ސާމިއު ގެއަށްވަދެ ފުރަތަމަވެސް  ފެންވަރައިގެން ނަމާދަށް ދާން ތައްޔާރުވިއެވެ. އެހާ ދީނީ ކަންތައްތަކަށް ސަމާލުކަން ނުދިން ނަމަވެސް ސާމިއު ބަރާބަރަށް ނަމާދުއަދާ ކުރެއެވެ.

މިސްކިތަށް ވަތްއިރު ނަމާދަށް ހަށަން ބަދެލައިގެން ހުރި މިހާދު، ސާމިއުގެ ލޮލުގައި އަޅައިގަތެވެ.މިހާދާއި ބައްދަލު ކޮށްލަން ބޭނުންވާތީ ސާމިއު، މިހާދު ނުކުމެގެން ދާއިރު ފެންނާނެހެން އޭނަގެ މަގަތުގައި ނަމާދު ކުރަން ފެއްޓެވެ.ސާމިއު އުއްމީދު ކުރި ބީދައިން ނަމާދުކޮށް ނިންމާލައިގެން އައި މިހާދަށް ސާމިއު ފެނުނެވެ.ސާމިއު ނިމެންދެން މަޑުކޮށްލަން މިހާދު ސާމިއުގެ ގާތުގައިއިށީދެލިއެވެ

” މިހާ ..” ނަމާދުކޮށް ނިމުމުން ސާމިއު މިހާދަށް ގޮވައިލިއެވެ.” އާން ..  ކިހިނެތްވީ؟؟؟”  މިހާދު  އަހާލިއެވެ.

” ސުވާލެއް  ކޮށްލަން  ވެގެން؟؟ ..”  ސާމިއު  މިސްކިތުން ނުކުންނަމުން މިހާދުގެ ހުއްދަ ހޯދިއެވެ. ” އެވަރު ކަމެއްތަ!! ..”މިހާދު ގާތަށް ހިނިއައެވެ. ސުވާލެއް ކޮށްގެން ވާނެ ގެއްލުމެއް ނޯންނާނެއެވެ.ބޮޑެތި ކަންތައް ވެސް ދިމާވާނެއޭ .. ބުނަން އުޅުނީ ކީއްވެހޭމިއަދު އެސަންބްލީ ނެތީ .. ޕްރިންސިޕަލް ސުކޫލަށް ނާންނާތީ؟ “. އާންމުކޮށް އެސަންބްލީ ނޯންނަނީ އެ މަދަރުސާގެ އިސްވެރިން ސުކޫލަށް ނާންނާތީ ކަމަށް ވުމުން ސާމިއު އެއްސެވެ.

” އާނ .. ދާއިން ތިކަހަލަ އެއްޗެއް ކިޔޭ!! ..” މިހާދު އޭނަޔަށް އެނގޭ އެއްޗެއް ބުނެލިއެވެ. ދާއިން އަކީ ސާމިއު ފަދައިން އޭނަގެ ގާތް އެކުވެރިއެކެވެ. ” އޯކޭ .. ކީއްވެޔޯ ޕްރިންސިޕަލް ސުކޫލަށް ނައީ؟؟ ..” ސާމިއުގެ ހިތުގައި އެސުވާލާއި މެދު ޝައުގުވެރިކަން އުފެދުނީ ކީއްވެގެން ކަމެއް އޭނައަކަށްވެސް ނޭނގުނެވެ.

 

~~~ ނުނިމޭ ~~~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އާޒީން – 8

Next

ދޫކޮށްނުލާނަމޭ ކަލާ – 9

Next
December 19, 2020

ދޫކޮށްނުލާނަމޭ ކަލާ – 9

Previews
December 19, 2020

އާޒީން – 8



All Right Reserved!