
އެއްވަނަ ބައި..
“ދަރިފުޅާ” “ދަރިފުޅާ ތާޝާ ދެން ހޭލަން ވިއްޔޭ” ތާނިޔާ އޭނާގެ ދޮށީ ދަރިފުޅަށް ގޮވަމުން ދިޔައެވެ. “ތާޝާ” “ތާޝާ ތި ދޮރުހުޅުވަބަލަ..އަދި މާ ފަސޭހައިން ތެދުވެވޭ މީހެއް ކަމަށް އެ ދޮރުވެސް ތަޅުލައިގެންނޭ ނިދަނީ..ހުރެބަލަ ދެންލާހިކެއްނޫން ދޮރު ތަޅުލައިގެން ނިދާކަށް..ތާޝާ ހަމަ މިހާރު ތެދުވޭ”
އެންނެ ފަހުން ތާނިޔާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ..އަޅެމީހަކު ރުޅިނަތްޔާ ދެރައެވެ..މިހާރު އެދޮރުގަ ތަޅަމުން ހަޅޭއް ލަވާތާވެސް ބައި ގަޑިއިރު ވެދާނެއެވެ..ނިދިގަދަ ކުއްޖެއްތާއޭ މަށަށް ލިބިފަ މިހިރީ ތާނިޔާ ހިތައްއެރިއެވެ އަދި ކުރިޔައްވުރެ ބާރަށް ދޮރުގައިތަޅައިގަތީ ހައިބަނޭޝަން އެއްގަ އޮތް ޖަނަވާރަކަށްވެސް ހޭލެވޭނެ ވަރަށެވެ.
ކިންގް ސައިޒް ބޮޑު އެންދުގައި ކުއިލްޓް އަޅާލައިގެން އަރާމުގައި ހުވަފެން ބަލަން އޮތް ތާޝާގެ ހުވެފެންތައް ވިއްސިވިހާލިވެގެން ދިޔައީ ދޮރު ފުނޑާލަފާނެހެން ހީވާކަހަލަ ބާރު އަޑުފައް ގަނޑަކުންނެވެ.. އެއޮއްވަރުގަދަ ނިދިގަނޑުވެސް ދިޔަތަނެއް ނޭންގެވެ. އެވެސް ބިރުންފިލީތޯއްޗެކެވެ. ތަނެއްގަ ރޯވީކަމަށް ހީކޮށް ފުންމައިގެން ތެދުވެ ދޮރާ ދިމާލައް ދުއްވައިގަތީ ގަންނާކުރެއްވި ބިރެއްގެ ސަބަބުންނެވެ. ދޮރުހުޅުވާލުމަށް ފަހު ހަޅޭއް ލަވައިގަންނަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ކުރިމަތީ ރުޅިއައިސް ރަތްވެފަ ހުރި ތާނިޔާފެނިފައެވެ. އަނގަލައްޕާލުމަށްފަހު ތާޝާ ހިންދިރުވާލީ މިއަދު ވެސް މަންމަގެ ލެކްޗަރު އަޑުއަހަން ޖެހޭނެތީއެވެ… “އުހުމްމްމް…ހާއި މޮމް….ވަޓްސް އަޕް..އެނީ ޕްރޮބްލަމް..ތާ ހީކުރީ ނިއުކްލިއާ ބޮމެއް ގޮވީކަމަށް..” ހަމަޖެހޭގޮތް ދައްކަމުން ލާނެތް ހިނިތުން ވުމަކާއި އެކީ ތާޝާ އެހެން ބުނެލީ ހުންނަ ކަންނެތް ކަމެއްގެ ސަބަބުން ދޮރުކަނީގައި ލެނގިގަންނަމުންނެވެ. “ތާޝާ އަޅެމީ ޖޯކެއްތަ .. އަދި ހައި މޯމް އޭ ބުނެފިއޭ..ކޮންމެ ދުހުކު ކަރުން ހަންދާވަރަށް ނުގޮވިއެއްކާންކު ހޭލަބަލަ..ސަހާދެއްމިބުނީ ދެން ތާ ނިދަން ޖެހޭނި ކޮޓަރި ތަޅުނުލާ” ތާނިޔާ އެއްޗިހި ގޮވަންފެށިގޮތުން ހީވަނީ މާކުރިން ތައްޔާރުވެގެން ހުރިހެންނެވެ..”ހަހަހަހ..މޯމް އޭސް ޔޫ ވިޝް…ބާއި ދަ ވޭ ކޮބާ ތާން މިއަދު…ސްޓިލް ސްލީޕިންތަ މިގޭ ޕޮރިންސް..” ހިނނިގަނޑެއް ޖަހާލުމަށް ފަހު ތާޝާ އޭނާގެ ކޮއްކޮ އީތަން ކޮބައިތޯ ބަލައިލީ ފަތިހަކަސް އެސޮރު ދުވެދުވެފަ އުޅޭނެތީއެވެ…..”ތާން މިއަދު ނުހޭލާއަދި ..ތިއެއް ނޫނޭ ތާޝާ ކޮލެޖައްދާ ގަޑިޖެހެނީއޭ..އަދި މާ އަވަސް މީހެއްކަމައް ހޭން އެބަހުހްޓެއްނު” ލޯ އަޅާލަމުން ތާނިޔާ ބުނި ޖުމްލައިން ހީވީ ހަމަރަނގަޅަށް ވެސް ތާޝާ ކަންފަތުގަ ބޮމެއް ގޮވިހެންނެވެ..ދެން ރަނގަޅުތާއެވެ ނުގޮވައިގެން އުޅުން ބޮން ވެސް އެންމެފަހުން ގޮވައިފިވިއްޔާއެވެ.
އިވުނު ޖުމުލައިން ދެލޯ ބޮޑުކޮށް ލުމަށްފަހު ތާޝާ ތެޅިގަތެވެ..ސަހަރޯ އެވެ.. އަލަށް ކޮލެޖައް ދާންޖެހޭތީ ބިރުން ނުނިދިގެން އުޅުންމީހަ ނިދާހޭލި އިރު ކޮލެޖުމަތިން ހަނދާންވެސްނެތެވެ. ގޯލްޑްފިޝް މެމޯރީއެއް ހުއްޓަސް މިދެން ބޮޑުވަރޭ ތާޝާ ހިތައްއެރިއެވެ..” އޯ ޝިޓް!! ސްޓުޕިޑް މީ… ނޯ ނޯ އައި ވޮންޓް ބީ ލޭޓް…” އެތިވަރު ގޮވާލުމަށްފަހު ތާޝާ ފާހަނާއާއި ދިމާލައް ދުއްވައިގަތީ ކޮލެޖައްދާ ފުރަތަމަދުވަހު ގަޑިޖެހެންބޭނުން ނުވާތީއެވެ… .” މިކުއްޖާނުވާނެބަދަލެއް” ހިނނިގަނޑެއް ޖަހާލަމުން ތާނިޔާ އެހެން ބުނުމަށްފަހު ދިޔައީ ޢީތަން ހޭލައްވާށެވެ.
އުމުރުން 17 އަހަރުގެ ތާޝާ އަކީ ރީތި އަންހެންކުއްޖެކެވެ. އިސްކޮޅުން އެހާދިގުނޫނަސް ކުރެކޭވެސް ނުބުނެވޭނެއެވެ. ދޮންކޮށްހުންނަ ހަންގަނޑާއި ބޮޑުދެލޯ އެވައްވައް މޫނާއި ނުހަނުގުޅުއެވެ. ފަންކޮށްހުންނަ އިސްތަޝިގަނޑު ހުނނަނީ އެހާކުރުނޫން ވަރަކަށް ކޮށައިލާފައެވެ. ލޫލާފަތި ހަށިގަނޑެއްގެ ވެރިތާޝާ އަކީ މަޖާ މިޒާޖެއްގެ އަނގަގަދަ ކުއްޖެކެވެ. އެންމެންނާވެސް ގުޅޭ ހިތްހެޔޮ ތާޝާއަކީ އެހާބަސްނާހާ ކުއްޖެކޭވެސް ދެން ނުބުނެވޭނެއެވެ. ކުދިކުދިކަނކަމާއި ރުޅިއަޔަސް 2 މިނެޓުނުވަނީސް އެކަންހަނދާނެތޭނެއެވެ. މަޑުންހުންނަންވެސް ހަމަ އެގޮއްޔައައް އުނދަގުލީއެވެ. ކިޔަވަންވެސްފޫހިވަނީ ދެން ވަކިވަރެއްބަލައިގެންނެއްނޫނެވެ. ކުރާނެކަމެއްނެތެވެ…ކޮންމެކަސް ތާޝާއަކީ ދެން ވަރަށް ކޫލް ކުއްޖެކޭ ބުނެވިދާނެއެވެ………….
ތެޅެމުންފޮޅެމުން ފެންވަރައިގެންނުކުމެ ކަޅުކުލައިގެ ޖިންސަކާއި ހުދުކުލައިގެއަތްކުރުކު ޓޮޕްކޮޅެއް ލުމަށްފަހު ތާޝާ ލޯގަނޑުކުރިމަތީ ހުއްޓެލިއެވެ.. އިސްތަށިގަނޑު މިނިވަންކަމާއިއެކު ފަހަތައް ދޫކޮށްލުމަށްފަހު މޫނުގައި ފުއްކޮޅެއްޖަހާލާ’ ތުންފަތުގައި ލިޕްސްޓިކް ކޮޅެއްހާކާލުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިންނިކުތީ ތުއިދައްކަން ދެން މިއަދުނުހުރެވޭނެތީއެވެ.
“ތާ ސައިތަށިބޮއެގެން ދެވޭނީ” ތެޅެމުންފޮޅެމުން ބޫޓައް އަރައިގެން ގޭންނުކުންނަން ދިޔަ ތާޝާގެ ފިޔަވަޅުތައްމަޑުޖެހުނީ ތާނިޔާގެއަޑަށެވެ. “އަޅެ މަންމާ ތާ ގަޑިޖެހެނީއޭ ..އައިމް ގޮއިން ބާއި ލަވްޔޫ..ތާން ހޭލީމަ ބުނޭ ދޮންތަބުންޏޭ ތާން ޖޫރި މަނައޭ” . ފައްޗަކަށް ބަސްތައްއަމުނާލުމަށްފަހު ތާޝާ ދުއްވައިގަތީ އަވަސް މުސްތަގުބަލެއްގައި ޓެކްސީއެއްލިބޭތޯ ދުޢާ ކުރަމުންނެވެ. ބައްޕަވެސް މިއަދު ވީ ޑިއުޓީގައެވެ.އަންލަކީއަސް މިވަރުވާކަށް ނުވާނޭ ތާޝާ ހިތައްއެރިއެވެ. ތާނިޔާވެސް ދެފަރާތައްބޯ ހޫރާލުމަށްފަހު ކުރަންހުރި މަސައްކަތާގެން ކުރިއްދިޔައެވެ.
ތާޝާގެ ބައްޕަ ތާނިމް އަކީ ސިފައިނެކެވެ. ތާޝާގެ އާއިލާއަކީ ތަނަވަސްއާއިލާއެއްކަމުން ބޭނުންވާ ހުރިހާއެއޗެއް ކަހަލަގޮތަކަށް ތާޝާ އަށާއި ޢީތަން އަށް ލިބެއެވެ. މިއީ ކުޑަކުޑަ އުފާވެރި އާއިލާއެކެވެ.
……..
ކޮލެޖުގޭޓުކައިރީ ހުއްޓިލައިގެން ހުރި ތުއާގެ ތުންގަނޑު ތުންބީބީއަކަށްވެސް ދޫނުކުރާނެއެވެ. ހީވާގޮތުން އޭނައެހެރީ ވަރަށް ރުޅިއައިސްފައެވެ. އިރުއިރު ކޮޅާގަޑިއަށް ބަލައިލާގޮތުން ހީވަނީ މީހަކަށް އިންތިޒާރުކުރާހެންނެވެ. ހަމުގެ ކުލައެހާ އަލި ނޫނަސް ތުއާ އަކީވެސް ބަލައިލަން ހުތުރުކުއްޖެއް ނޫނެވެ. ފަންއިސްތަށިގަނޑު ކޮނޑާހިސާބައް ކޮށައިލައިފައި ހުންނައިރު ސާދާ ގޮތެއހުރެއެވެ. ކަކުލާއި ހިސާބައްއަރާވަރުގެ ކްރީމްކުލައިގެ ގަމީސްޓޮޕްކޮޅަކާއި ކަޅުކުލައިގެ ލެގިންއެއްލާގެންހުރިއިރު ތުއާއާ ނުހަނުގުޅެއެވެ….
ތުއާ ސިއްސައިގެން ދިޔައި ފަހަތުން މީހަކު ކޮނޑައް އަތްވައްޓާލުމައްފަހު “ސޮރީ ބޭބީ އައިއެމް ލޭޓް” އޭބުނެލިއަޑަށެވެ. ރަނގަޅަށް ބެލިއިރު ކައިރީގައި ހުރި ތާޝާ ހުރީ ވަރުބަލިވެގެން ގޮސް ދެވަރުންއެއްވަރުވެފައެވެ. އެކުއްޖާފުޅު ކިރިޔާދުނިޔޭގަ ހުރިކަމޭ ތުއާ ހިތައްއެރިއެވެ. “ކަމަނާފާނައް ނުހޭލެވުނީތަ..ކިހިނެއްތަ ތިވަނީ .. ހީވަނީ ފަހުނޭވާ ލާންއުޅޭހެންވިއްޔަ” ހިނނިގަނޑުމަތަ ކުރަމުން ތުއާ ބުނެލިއެވެ.ކިތަންމެ ރުޅިއައިސްހުރި ނަމަވެސް ތާޝާ އުޅޭގޮތުން ތުއާާއައް މާޖާވިއެވެ. އޭރުވެސް ތާޝާ މައިނޭވާލަނީއެވެ..”އައި ފީލްސޮރިފޯ މައިސެލްފް …މިހެން ތެޅިތެޅި ހުއްޓާކަންނޭގެ މަ ފަހު ނޭވާވެސް ލާންޖެހޭނީ” ފުންނޭވާ އެއްލުމަށްފަހު ތާޝާ އުނަގަނޑުގައި އަތްވިއްދާލަމުން ބުނެލިއެވެ.. “ހަމަޖެހިބަލަ އަދި 5 މިނެޓުއެބައޮތޭ ދަރިފުޅާ” ކޮލެޖައްވަންނަން ހިނގައިގަންނަމުން ތުއާ ބުނެލިޖުމުލައިން ތާޝާ ތުންދަމާލިއެވެ. އަދި ތުއާގެކޮނޑައް އަތްވައްޓާލުމައްފަހު ހިނގައިގަތީ އަނގަތަޅުވަމުންނެވެ.
ދެމީހުން އެއްތަންވެޖެއްޔާ މިއީހަމަ އާދައެވެ. ދިމާކުރުމާއި ސަކަރާތްޖެހުމެވެ..އެކަކު އަނެކަކަށް ޖެއްސުންކުރުމެވެ….ތުއާއަކީ ކުޑައިރުންސުރެ ތާޝާގެ އެންމެގާތް އެކުވެރިޔާއެވެ. އެދެމީހުންނަކީ ދެ ހަށިގަނޑަކަސް ހަމައެއްފުރާނައެކެވެ. ނަމަވެސް ދެމީހުންގެ މީޒާޖު ހާދަ ތަފާތެވެ..ތުއާއަކީ އަނގަމަޑު މަޑުމައިތިރި ބަސްއަހާ،ކިޔަވަން މަސައްކަތް ކުރާ ކުއްޖެއްކެވެ ނަމަވެސް ތާޝާއަކީ އޭގެދިމާއިދިކޮޅެވެ. އެގޮއްޔަގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކުމެ..
…..ތާޝާ އާއި ތުއާ ދިޔައިއީ ފިޔަވަޅާއިއެއްވަރަށް އަނގަވެސް ތަޅުވަމުންނެވެ..ފޯރީގައި އަނގަތަޅާމުންދިޔަ ތާޝާ ސިއްސައިގެންދިޔައީ ކުރިމަތިންއައި ޒުވާނާގެގައިގައި ލާގަތުމުންނެވެ. ” ސޮރީ ސޮރީ..މައި ބޭޑް” އިސްއުފުލާލުމަށްފަހު ތާޝާ އޭނާގެ ކުރިމަތީގައި ހުރި ފިރިހެން ކުއްޖާކާރީގައިބުނެލިއެވެ. ހިނދުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. ބަލައިލަން ރީތި ފިރިހެންކުއްޖެކެވެ. އިސްކޮޅުންދިގު، ހަމުގެކުލަދޮން ހޭޑްސަމްބޯއީއެކެވެ. ފަންއިސްތަށިގަނޑުވެސް ހުރީ ރީތިވަރަކަށް ކޮށައިލާފައެވެ. ދެމީހުން ދެމީހުންގެ ލޮލުގެޖާދޫގައި ޖެހިފަހުއްޓާ ސިއްސައިގެންދިޔައީ މީހަކުކަރުކެހެލި އަޑަށެވެ..
ނުނިމޭ
One Comment
Comments are closed.
Masha Allah vrh Sali❤️❤️
First part keep it up ❤️❤️❤️
Cover pic fenuny maa actually huluvaly vrh Sali stry vxxx ❤️❤️❤️❤️
And I love the cover most eyy I ge fav Korean drama high school love gaa uley kudhin ❤️❤️❤️veemaa❤️❤️❤️
Wow❤️❤️❤️
Btw waiting for the best part ❤️❤️❤️