
މާ ގިނަ ވަގުތު ރިތިވާން ނުހުރެ، ރައިޝާ އަވަސްއަވަހަށް ދަބަހަށް ފޮތްތައް އަޅާ ނިންމާލީ ގަޑި ޖެހެން ކައިރިވާތީއެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ކޮޓަރިން ނުކުންނަނިކޮށް ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލި ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެ، ސިޓިންރޫމުގައި ތިބި މަންމައާއި، ބައްޕަ ގާތު ދަނީއޭ ބުނެލުމަށްފަހު ގެއިން ނުކުތެވެ. ގޭގެ ދޮރާށިން ބޭރަށް ނުކުތް ރައިޝާ އަށް ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު ހިނިގަނޑު ފަޅައިގެން ދިޔައީ އިޚްތިޔާރަކާ ނުލައެވެ.
***************************
ކުރިމަތީގައި ދެއަތް އަރިކަށީގައި ވިއްދާލައިގެން ރުޅިއައިސް ފުފިފައި ހުރި ނައިރާގެ މޫނު ފެނުމާއެކު ހެވެން ފެށި ރައިޝާ ބަނޑަށް ތަދުވީ އިރުވެސް ހުނުން ހުއްޓާލެވޭގޮތެއް ނުވިއެވެ. ބަނޑުގައި އަތްއަޅާފައި ރައިޝާ ހެވޭތަން ބަލަން ހުރި ނައިރާ ހީވަނީ ހަމަ ދެންމެ ދެންމެ ރުޅި އައިސްގެން ގޮސް ފަޅައިގެން ގޮސްދާނެހެންނެވެ. “ބަލަ މެޑަމޫ.. އަދިވެން ހޭންތަ ވީ؟ އެނގޭތަ ދުވާލުގެ މި ހޫނުގަދަ ވަގުތު، އިރުގެ މެދުގަ، މަ ހުންނަން ޖެހުނީ ކިހާއިރެއް ވަންދެންކަން. ބަރާބަރު ފަނަރަ މިނެޓާ ސާޅީސް ސިކުންތު މި ވަގުތަށް މި ހަމަވީ.. އެވެސް، މެޑަމްގެ އިންތިޒާރުގައި ހުރެގެން.. ބަލަ މަށަކީ މަންޖެގެ ޕަރސަނަލް ޓެކްސީ ޑްރައިވަރ ތަ؟ މަންޖެ ބުނާހާ ވަގުތެއް ވަންދެން މަށަށް ކޮންމެ ދުވަހަކު ބޭރުގަ އެހާ އިރުވަންދެން މަޑުކުރަން އެބަ ޖެހޭ.. އެނގޭ ދޯ މަށަކީ ނުލާހިކު ގަޑިއަށް ފަރުވާތެރިވާ ޕަންޗުއަލް މީހެއްކަން… އެކަމަކު މެޑަމްފުޅަށް ހަމަ ކަމެއް ރޭކާވެސް ނުލާ ތާނގަ ކަހާ ތަން ހިރުވާވެސް ނުލާ… އަދި އެއްދުވަހަކުން މަންޖެއާ ހެދި ސްކޫލް ގަޑި ޖެހޭނެ… ހުވާ މި ބުނީ ބޮޑުވެއްޖެ ކަމެކޭ މީނަ އިސްލާހު ކުރުމަކީ… ފަތިސް ނަމާދު ކޮށްފިންތަ؟ ކިޔަވައިފިންތަ؟ މިއަދު ނިޔަފަތިތައް ކެނޑިންތަ؟ ސައިބޮއެފިންތަ؟ ވަރަށް ގިނަ އިރު ވަންދެން ޓީވީ ބެލިންތަ؟ އިއްޔެ ކިިތައް ޗޮކޮލެޓު ކާލިން؟ އެނގޭ ދޯ ޗޮކުލެޓު ކާ ކުދިންގެ ދަތްތައް ލުއްސާލަން ސަންތިމަރިޔަނބު ދަތްގޯނި ހިފައިގެން އަންނާނެކަން.. ދެން އިއްޔެ މަ……”
ނައިރާގެ ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން ރައިޝާ ވާހަކަ ދައްކަން ފެއްޓިއެވެ. “ސާބަހޭ މަންޖޭ.. ނައި އެކޭ މުސްކުޅި މާމަގަނޑެކޭ އެއްގޮތެއްނު.. މަ ޑިސިޕްލިން އޭ މިހާރުވެސް.. މަންމަ ވެސް ނޫޅޭނެ ތިވަރަކުންނެއް މަށާ ހަދައެއް. ތި އަނގަ ގަނޑުގެ ބޮޑުކަމާ ހުރެވެސް ދޯ… މާތް ރަސްކަލާނގެ މަށަށް ދެއްވާފަ މިއޮތީ ވަރުގަދަ ނިޢުމަތެއް.. ތި މާމަގަނޑު ހުރިއްޔާ މީހަކު އަޅެފަހެ ފޫހިވާނެތަ؟ ނަމާދުވެސް ކޮށްފިން. ޤުރުއާންވެސް ކިޔަވައިފިން. ނިޔަފަތިވެސް ކަނޑައިފިން. ފިލާވަޅުތައްވެސް ނިންމައިފިން. އިއްޔެ ކެއީ 2 ޗޮޮކްލެޓު.. ކައިފަ ދަތްވެސް އުނގުޅިން. ޓީވީ ބެލީ ސީދާ ހަމަ ބައިގަޑިއިރު ވަންދެން… މިވަރު އިންފޮރމޭޝަންކޮޅެއް އޯކޭތަ މޭރީ ޕްޔާރީ ދާދީ.. ދެންވެސް ތި ރުޅިގަނޑު މަޑުކޮށްބަލަ.. އަދި ގަޑި ޖެހެން 10 މިނެޓު އެބަހުއްޓޭ.. އަނެއްކޮޅުން ސްކޫލު ނުލާހިކު ކައިރިވާނެ.. ހަމަ ކޮންމެ ދުވަހަކު ގަޑި ޖެހުމުގެ ބައިގަޑިއިރު ކުރިން މިގޭދޮށަށް އައުމަކީ ފަރުޟެއްތަ؟ ދެން ތަންކޮޅެއް ޗިލް ވެބަލަ ބްރޯ.. ރުޅި އައިއްސަ ހުންނަ އިރު ޔޫ ލުކް ލައިކް އަ ބޮއިލްޑް ޕޮޓޭޓޯ.. ހަހަހަހަހަ” ހީގަނެފައި ރައިޝާ ހިނގައިގަތީ ސްކޫލަށް ދިޔުމަށެވެ. “އެކްސްކިޔުޒްމީ؟ އަ ބޮއިލްޑް ޕޮޓޭޓޯ؟؟ ސީރިޔަސްލީ؟ އޭއި.. އިފް އައި އޭމް އަ ބޮއިލްޑް ޕޮޓޭޓޯ، ދެން ޔޫ އާރ އަ ސްލައިސްޑް ޓޮމާޓޯ.. އޭ.. ވެއިޓް ފޯރ މީ.. ރައީ……” ރައިޝާއާ އެއްވަރު ކުރަން ނައިރާ އަވަހަށް ދުއްވައިގަތެވެ.
އެދެކުދިންގެ އަމިއްލަ ދުނިޔެއެއްގައި އެދެކުދިން އުޅުނު ނަމަވެސް، އެކުދިންނާ ދިމާލަށް މީހަކު ބަލާކަމުގެ އިހުސާސް އެއިން ކުއްޖަކަށް ނޭނގުނީ މާ އޮލަ ވާހަކަތަކެއްގައި ތިބުމުންނެވެ. ރައިޝާމެން ގޭގެ ބެލްކަނީގައި ރިއާޝް އެކުދިންނާ ދިމާލަށް ބަލަން ހުރި އިރު، އެ ރީތި މޫނުމަތީގައިވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ، ޖާދޫވީ ހިނިތުންވުމެކެވެ. ނައިރާގެ އެ ލޯބިލޯބި ހަރަކާތްތަކަށްް ބަލަން ހުރި ރިއާޝްގެ ހިތް ހީވަނީ ލޯބިން ފުރިގެން ގޮސް ބަންޑުން ވެދާނެހެންނެވެ. ނައިރާގެ ކޮންމެ ހަރަކާތެއްވެސް ރިއާޝްއަށް ނުހަނު ކަމުދެއެވެ. ނައިރާ ރުޅި އައިސް ހުންނައިރު ފުއްޕާލާފައި ހުންނަ ލޯބިލޯބި ދެ ކޯކޮޅުގައި ހިފާލާ، ބޮސްދިނުމަށް އެދި އޭނާގެ ހިތް ގޮވަމުން ދިޔައެވެ. މުޅި އުމުރަށް ނައިރާ އެ މޭތެރޭގައި ފޮރުވާލުމަށް އެދި އެ ހިތް އޮބިނޯންނަ ވަރަށް ގޮވަމުން ދިޔަ އިރުވެސް، ރިއާޝްއަށް އިސްވެ ފިޔަވަޅެއް އަޅަން ނުކެރެނީ ނައިރާ އޭނައާ މެދުގައި ދެކޭ ގޮތް ނޭނގޭތީއެވެ. ކޮއްކޮގެ އެކުވެރިއެއް ދެކެ ލޯބި ވުމަކީ އޭނާ ދުވަހަކުވެސް ކުރަން ހިތުލައިގެން ހުރި ކަމެއްނޫނެވެ. އެހެންނަމަވެސް، ނައިރާ ދެކެ އޭނާއަށް ލޯބި ވެވިއްޖެއެވެ. ވަރަށް ބޮޑަށް ވެވިއްޖެއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ވަރަށް އަވަހަށް އޭނާގެ ހިތުގެ އަޑު ނައިރާއަށް އިއްވާނެއެވެ. އޭނާގެ ލޯބީގެ ތެދުކަން ނައިރާއަށް ސާބިތުކޮށްދޭނެއެވެ. އޭނާގެ ހިތުގައިވާ ޝަކުވާތަކަށް ލުޔެއް ހޯދާނެއެވެ. ނައިރާގެ ހިތް އޭނާ ކާމިޔާބު ކުރާނެއެވެ.
އަތުގައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލާފައި ރިއާޝް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އޭރުވެސް މަގުމަތީގައި ތިބި އަންހެން ކުދިންގެ ލޮލުގައި ރިއާޝް އަޅައިގަންނަމުން ދިޔައެވެ. އެކުދިން އޭނައާ ދިމާލަށް ބަލަމުން ދިޔައެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކަށް ރިއާޝްގެ ފަރުވާލެއް ނެތެވެ. އޭނާގެ ހިތުގައި ކުރެހިފައިވަނީ ހަމަ އެންމެ ސޫރައެކެވެ. ފެވިފައި ވަނީ ހަމަ އެންމެ ނަމެކެވެ. ނައިރާއެވެ. ހަމަ އެކަނި ނައިރާއެވެ. އޭނާގެ ހިތުން ޖާގަ ދޭނީ ހަމައެކަނި ނައިރާ އަށެވެ. “ނައީ.. ވެއިޓް ފޯރ މީ… އައި ވިލް ސޫން މޭކް ޔޫ މައިން، މައި ލަވް…” ރިއާޝް އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުުުވިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި ދުވެލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.
ރައިޝާއާއި ނައިރާއަކީ ކުޑައިރުއްސުރެވެސް އެންމެ ގާތް ދެ ރަޙުމަތްތެރިންނެވެ. ދެ އެކުވެރިން ކޮންމެ ކަމެއްވެސް ކުރަނީ އެކުއެކީގައެވެ. އެއްކުއްޖެއްގެ ހުރިހާ ސިއްރުތަކެއް އަނެއްކުއްޖާއަށް ކިޔައިދެނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެކުވެރިޔާއަށް ކަމެއް ދިމާވެއްޖެނަމަ އެހީވުމަށް އެންމެ ކުރީގައި ހުންނާނެއެވެ. ޚާއްސަކޮށް ނައިރާ، ރައިޝާއަށް ބަލަނީ މާ ވަރަކަށެވެ. މަންމައަކަށް ވުރެ ޒިންމާދާރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިޒާޖުގެ ގޮތުން ނައިރާ އަކީ އެންމެންގެ ކުރިމަތީވެސް، ވަރަށް އެކުވެރިކޮށް، މަޖާކޮށް އުޅޭ ކުއްޖެކެވެ. އެހެންނަމަވެސް، ރުޅި އައިއްސިނަމަ، ރުޅި އައިސްގެން ގޮސް ހީވާނީ ގޮވާފާނެހެންނެވެ. އެއާޚިލާފަށް، ރައިޝާ އަކީ ތަންކޮޅެއް ބަސްމަދު ކުއްޖެކެވެ. އާންމުކޮށް ‘އަނގަ ފަޅާފައި’ އުޅޭނީ އާއިލާއާއި، ގާތް އެކުވެރިންގެ ކައިރީގައެވެ. ވިސްނުންތޫނު މި ދެ އެކުވެރިންނަކީ، ކިޔެވުމަށް ނުހަނު ލޯބިކުރާ ދެކުދިންނެވެ. ސިފައިގެ ގޮތުން ނައިރާ ރައިޝާއަށްވުރެ ހަމުގެ ކުލަ އަލިވިޔަސް ދެން ހުރި ހުރިހާ ސިފައެއް ހުންނާނީ ރައިޝާއާ ދާދި އެއްގޮތަކަށެވެ.
“އާހްހްހް… ފައިނަލީ…. ހާދަ ވަރުބަލި ވެއްޖެޔޭ..” ކުލާހަށް ވަދެ ގޮނޑީގައި އިށީނދެވުމާއެކު ނައިރާ ގޮނޑިއަށް ޖެހިގަތެވެ. އަދި މުދައްރިސް ނުދުރުވާތީ ކުދިން ތިބީ އެކުދިންގެ އަމިއްލަ ވާހަކަ ތަކުގައެވެ. ” ޕިސް ޕިސް ޕިސް.. އެހާ އަވަހަށް ވަރުބަލިވީ؟ ތީ ހަމަ އަސްލުވެސް މުސްކުޅި މާމަގަނޑެކޭ ދޯ؟” ރައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “ހޫން… ދެން ހެވޭ… އޭ… މަ ބުނީ.. އަމްމްމްމް… މީ… އަނޭ…..” ނައިރާ ހީވަނީ ބުނަން ބޭނުންވެގެން އުޅޭ އެއްޗެއް ބުނަން ނުކެރިގެން އުޅޭހެންނެވެ. “ހޫމްމްމް.. ކީކޭ ޕޮޓޭޓޯޯ.. ދެން ބުނެބަލަ.” ރައިޝާ އަހާލީ ފޮތްތައް ނަގަމުންނެވެ. ” އަނޭ…. ރައި ދޮންބެގެ ބަރތްޑޭ ކައިރި ވަނީނު… ކޮންކަމެއް ކުރަން ތި ވިސްނަނީ؟” އަހަން ނާހަން ހުރެފައި ނައިރާ އަހާލީ އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ. އެ އަޑު އިވިފައި ރައިޝާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ހޫމްމްމްމް… މީ ދޯ މި ވެގެން އުޅޭ ގޮތަކީ.. އެކަމް ނައި ކީއްކުރަން ދޮންބެގެ ބަރތްޑޭގަ ކުރާ ކަމެއް ބަލަނީ؟ އަނެއްކާ ހިތް ކީތަ؟ އޯހް، އައި ނޯ ދެޓް މައި ބްރޯ އިޒް ހޭންޑްސަމް، ބަޓް އެޓް ދަ ސޭމް ޓައިމް، ހީ އިޒް އޯލްސޯ އެނޯޔިންގް. އައިމް ޓެލިންގް ދިސް ޓު ޔޫ އިން އެޑްވާންސް ފަހަރި…” ރައިޝާ އެއްލޯ މަރާލިއެވެ. “ޕިސް.. ދެން ރައީ… ސްޓޮޕް އިޓް..” ނައިރާގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. “އޯހް މައި ނައީ… މަގޭ ޕޮޓޭޓޯ ގަނޑަށް ލަދުގަންނަންވެސް އިނގޭތަ؟ އޯ އެމް ޖީ.. ހަހަހަހަހަ…” ރައިޝާ އަދިވެސް ދިޔައީ ނައިރާއާ ދިމާކުރަމުންނެވެ. އެހެންނަމަވެސް، އެކަން މާ ބޮޑުކަމަކަށް ރައިޝާ ނުހަދަނީ ނައިރާގެ ހިތުގައި ރިއާޝްއާ ދޭތެރޭ އުފެދިފައިވާ، އިހުސާސްތައް ނޭނގޭ ހާލުގައެވެ.
ނައިރާގެ ހިތުގައި ރިއާޝްއާ ދޭތެރޭ ލޯބި އުފެދުނުތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް، އަދިވެސް ނައިރާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ރިއާޝް ނައިރާއާ މެދު ދެކެނީ އެކުވެރިއަކަށް ވުރެވެސް ދުރުކޮށްްކަމަށް ހިތަށް ވިސްނައިދޭން ނައިރާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ބަސްނާހާ ހިތް ރިއާޝްއާ ދޭތެރޭ އުފެދުނު އިހުސާސްތައް ހިންދާލާކަށް އެއްބަހެއް ނުވެއެވެ. އަނެއްކޮޅުން ރިއާޝްއަކީ މާލޭގެ ޤަދަރުވެރި، މަޝްހޫރު ވިޔަފާރިވެރިއެއްގެ މުއްސަނދި ދަރިފުޅަކަށް ވެފައި، ނައިރާ ކަހަލަ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކާ ރިއާޝް އެއްވެސް ގޮތަކަށް އެކަށީގެންވާ ކަމަކަށް ނައިރާ ގަބޫލެއް ނުކުރެއެވެ. މިއިން އެއްވެސް ވާހަކައެއް ނައިރާ، ރައިޝާއަށް ނޭންގީ، ރައިޝާ އޭނައާ ދޭތެރޭ ކަންބޮޑުވެ، ވިސްނަން ނޭދޭތީއެވެ. އޭގެއިތުރުން ރައިޝާގެ ބޭބެ ދެކެ ނައިރާ ލޯބި ވާކަން އެނގުމުން ރައިޝާގެ ހިތަށް އަރާފާނެ އެއްޗަކާމެދު ނައިރާ ކަންބޮޑުވަނީއެވެ.
އެހެންނަމަވެސް، ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ރިއާޝް ނުދެކޭ ކަމާއި، ރިއާޝްގެ ހިތުގައި ނައިރާއާ ދޭތެރޭ އުފެދިފައިވަނީ ނައިރާގެ ހިތުގައި ރިއާޝްއާ ދޭތެރޭ އުފެދިފައިވާ ވަރަށްވުރެ، މާ ވަރުގަދަ ލޯތްބެއްކަން ނައިރާއަށް ވިސްނޭނެނަމައެވެ. އެހެންމަވެސް، އޭނާގެ ހިތުގައި ވަނީ ޝަކުވާއެވެ. ރިއާޝް ދެކެ ލޯބިވެވުމުން ހިތުގައިވާ ޝަކުވާއެވެ. ރިއާޝްގެ ލޯބި ނުލިބޭނެކަން ހިތަށް ވިސްނައިދޭން ޖެހުމުން، ހިތަށް ތަދުވާކަމުގެ ޝަކުވާއެވެ.
ރިއާޝްގެ ހިޔާލުތަކުގައި އިން ނައިރާ އަށް ރައިޝާގެ އަޑު ނީވޭކަން ރޭކާލީ، އިރުކޮޅެއް ފަހުންނެވެ. އޭރު ރައިޝާގެ ނަޒަރު ހުއްޓިފައިވަނީ ދެންމެ ކުލާހަށް ވަދެގެން އައި ފިރިހެން ކުއްޖަކާ ދިމާލަށެވެ. ނައިރާއަށް މިކަން އެނގުމާއެކު މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ވަގުތުން ރައިޝާއާ ދިމާކޮށްލުމަށް ތައްޔާރުވެލިއެވެ. ” އެހެމް އެހެމް… މެޑަމޫ… ހަމަ ރަނގަޅަށްވެސް ހިތް ކިޔައިފި ދޯ… ސާބަހޭ…” ނައިރާގެ އެ ލާނތް އަޑު އިވުމާއި އެކު، ރައިޝާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަދި މި އިނދެވުނީ އެ ފިރިހެން ކުއްޖާއާ ދިމާލަށް ބަލަންކަން ރޭޭކާލުމާއެކުު ލަދުން އިސްޖަހާލެވުނެވެ. ދެން މުޅި ދުވަސް އެއްކޮށް ނައިރާ މަލާމާތްކުރާނެކަން އެނގުމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ.
ނުނިމޭ…
10 Comments!
Comments are closed.
Yayyyyy me 4th… Kiyaalaafa maadhan cmnt eh kohllaanan ngey… Mihaaru miulheny Next part ge cover ah laane photo hoadhumaaigen… Ril ge wedding ga enmen thiben jeheny pinkun viyya… Ahutti bunefi viyya maa kurin kula ???ekamaa Hure Nonnie ah jehunii enmen ge hedhun hoadhan.. Bye Nayaa lwbii
heheheheheh good luck with the cover pic… eyyy nayoo ah thankolheh salhi pic eh laidheythi ingeyy ;)hehehe… bye dhooniiiii
Salaam dear readers.. Here is the second part of my stry.. Hope you all will love it… And I’m really really sorry abt the cover pic… Avahah submit kuran hadhaigen cover pic nulevi e inii.. Hope you won’t mind… Once again I’m really really sorry my dear readers.. Aslu midhuvasklhu netball tournament othiima maa buxy koh mi dhanii.. anekkolhun unit test thah vx fulu fulun eba aadhe.. But, vhk hama liyevunu vrakun submit kuramun dhaanan insha allah. mihaaruvx match kulhen dhan ready vegen indhegen mi cmmnt kutanii… Heheh.. Wish me luck.. Third part Wednesday ge kurin submit kohleveythw balaanan insha allah.. Keep waiting readers.
Lysssssssssssssssssssssssssssssmmmmm dear readers…
SH
SS
TC
Ooh good luck??❤️
Thanks dear
Heiiiii naayuuu doonee ❤️❤️❤️❤️❤️❤️
Kihineh thr vrh Miss vey ingey Ehkala thana cmnt nukureveythyy vrh dera dhw ?❤️anehkaa enmen separate vee dhw ❤️❤️❤️???????
Good luck naayuuu for the match ingeyyy❤️❤️❤️❤️
Btw vvvvvvvvv sali Mi part vxxxx Issoke cover nethas stry kiyenikoh nimuny ❤️❤️❤️heheheh ❤️❤️❤️❤️❤️
Masha Allah keep it up naayuuu❤️❤️❤️
Hahhahahaa nairaaa haadha majaley.❤️❤️❤️❤️ So cute Aley nairaaa And riaash wow❤️❤️❤️❤️❤️❤️
Kaakaa dhimaalah baa raishaa ebely So curious. ❤️❤️❤️
Waiting for the next part. ❤️❤️❤️
Love u sooo much ❤️❤️❤️
Stay safe ❤️❤️and tvgc❤️❤️❤️
Heiiii ril sisooooo
yess nayoo vx vrh vrh vrh dhera vi.. vrh miss veyyyy… noo we will never be se[erated… grade 10 nimuniima enmen insta noonii fb noonii ekahala konmes thaakun dhimaa vaane thoacheh. heheh.
awww thaq.. ril sis good luck kiima kanneynge miadhu molhu V.. heheh.. thkns sis. yess majaa kohfa ey nayoo mi inii… heheh rai beli kujjaa balaalan hingaa dhw next prt ah wait kohlamaa. insha allah wednesday ga kiyaalan libeyne. keep waiting darl..
LYMMMMMMMMMMMMMMMMM
u 2
SH
SS
TVGC
Auntie manjey netu boalha vx kulhen thr????gadha ngey ????
Alhey we won’t mind darl ????we are cool brw… Its Ok
Atheyyyy ehnma Aash brw mee kartik dhw??naira burugaa alhaafa dhw ?daadi eh thr naira akii ????
Dialogue thah vvvvvvvvvvvvvvvvvvvvvvvvvvv majaa ngey Nayaa lwbiii?????
Ey NAIRAAAAA dharifulhaa rankolhaa dhelikolhaa alhikolhaa mi Riaash vx loahbey kiyaa ethi manje dheke veyoala ????
ishgeege masthun hiy V halaakey
Maru ge raha bondi angayah aee ey
????????
Vvvvv salhi ngey mi bai vx sis?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️?????????????❣️??????????????
Keep it upppp
SS
SH
TC
LYSSMMMMMMMM ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
MYSSSSSSMMMMM ???????????????
awwwww tysssm lwbikolhuuu… hmmm nayoo mii net ball ge master ennu.. heheh. grade 5 ga libunu best GS.. Grade 6 ga libunu best GA and enme gina shoot kuri kujjaa ge magaamu… and 2 match in libunu queen of the match vx midhiya aharu… and guess wht?? mishu kulhunu match in nayoo ah libunii queen of the match.. yayyy yayyyy yayyyyyy… nayoo men 12, aneh team 5… nyoo scopre kurin 10 shoots.. hehehe nonni ge aunty ah kiuran neyngey kameh nei eh kameh vx dhoonyaaa.. 😉 hehehe… yess nai burugaa lahaafa e huriii… hehehehe. lol.. tyssssssssssmmm lwbikolhuuu
u 2
SH
SS
TVCG
LYMMMMMMMMMMMMMMMMM
MYMMMMMMMMMMMMMMMMMMM
އަލޭ… ކޮންގްރެތްސް އާންޓީ… ކޮއްކި ނުކުލެން ނެތް ބޯލް އެއް… ކޮއްކި ކުލެނީ ހޭންދް ބޯލް… އާންޓީ އަށް އެނގޭތަ ،ކޮއްކި ހުންނާނެ ހޭންދް ބޯލް އިން ބާވަލު ތަށި ވެސް ހޯދާފަ… ދެއާސް ނަވާލާގަވެސް ކޮއްކިގެ ކްލާސް އެއްވަނަ އަށް ދިޔާ ކޮއްކި ދެހި ޕެންލްތީގެ ސާބުން… ކޮއްކި އަށް ވެސް ލިބުނު ކުއީން އޮފް ދި މެތް… އަލޭ އާންތީ ހާދަ މޮލޭ????????ކްލެޕް ކްލެޕް… އާންޓީ މޮލޭ މޮލޭ ޔޭ ޔޭ????????