Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ

އުޑުމަތި ރީތި ސާފު ދުވަހެކެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއް ވެސް ނެތެވެ. ނަމަވެސް ފުދޭ ވަރަަކަށް ވައި ޖެހެމުން ދިޔައެވެ. މިޔުޒިކެއް ފަދައިން އެ ހިތްގައިމު އަޑު ގުގުމާލާފައި ވީއިރު އުޑުމަތި ފެންނަނީ ވަރަށް ސާފުކޮށެވެ.

 ސަނާ ފިލާވަޅު ނިންމާލި ވަގުތުވީ ދެން އޮތް ގަޑިއަށް ބެލް ޖެހި ވަގުތަށެވެ. ދެން އޮތް ގަޑިއަކީ ސައިންސް ގަޑިކަމުން މުދަރިސް ނިންމީ އެކްސްޕެރިމެންޓެއް ހެދުމަށްޓަކައި ލެބޯޓަރީ އަށް ގެންދިއުމަށެވެ. އެހެން ކަމުން ހުރިހާ ކުދިންވެސް އުފަލުން ހުރެ ފޮތް ހިފައިގެން ލެބޯޓަރީ އަށް ދާން ތައްޔާރުވިއެވެ. ސަނާވެސް އޭނާގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމަށްވާ ލަމްހާ އާއި އަހުލާ އާއި އެކު ލެބޯޓަރީއަށް ދާން ތައްޔާރުވިއެވެ.

ލެބޯޓަރީ ހުންނަނީ އިމާރާތުގެ އެންމެ ބިއްދޮށުގައި ކަމަށްވުމުން ކުދިންތަކަށް ލެބޯޓަރީއަށް ދާން ޖެހުނީ ކުލާސް ރޫމްތައް ކައިރިން ލާފައެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ސަނާ އާއި ލަމްހާ އަދި އަހުލާ ދިޔައީ އެކި ވާހަކަ ދައްކަމުން ކުރިޔަށެވެ. އެހެން ދަނިކޮށް ކުލާހަކުން ކުއްޖަކު ވަރަށް ބާރަށް ގޮވާލީ ސަނާ ހީވެސް ނުކުރާ ފަދަ އެއްޗެކެވެ. އޭނާ ބުނީ ބިނާން ސަނާއަށް ސަލާމް ބުނި ވާހަކައެވެ. އެ ކުއްޖާ އެހެން ބުނުމުން ސަނާ އެދިމާއަށް ބަލާލިއިރު އެކުލާސް ހުރިހާ ފިރިހެން ކުދިން ކަހަލަ ގޮތަކަށް ހުރީ ކުޑަދޮރު ކައިރީގައެވެ. ސަނާ އަވަސްވެ ގަތީ އެތަނުން ދިޔުމަށެވެ. އަދި އަވަހަށް ގޮސް ލެބޯޓަރީ ރޫމްތެރެއަށް ވަނެވެ.

ދުވަސްތައް މާޒިވެގެން ގޮސް އެއްހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. އޭގެ ހަފްތާއެއް ފަހުން އޮތް ސައިންސް ގަޑީގައި ވެސް މުދައްރިސް ނިންމީ ފިލާވަޅު ކުރިޔަށް ގެންދިއުމަށްޓަކައި ލެބޯޓަރީ އަށް ގެންދިއުމަށެވެ. ހުރިހާ ކުދިން އެއްފަހަރާ ހެން ކުލާހުން ނިކުމެ ލެބޯޓަރީ އަށް ދާން މިސްރާބުޖެހިއެވެ. ސަނާވެސް، ލަމްހާ އަދި އަހުލާ އެއްކޮށް ލެބޯޓަރީ އަށް ދާން މިސްރާބުޖެހިއެވެ. 

މިއަދުވެސް ލެބޯޓަރީ އަށް ދާން ޖެހުނީ ކުލާސް ރޫމްތައް ކައިރިން ލާފައިކަމުން ސަނާގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިފައި ހުއްޓެވެ. ކުރީ ދުވަހާ ހިލާފަށް މިއަދު ސަނާއަށް އެއްވެސް އިހްތިޔާރަކާ ނުލާ އެކުލަހާ ދިމާލަށް ބަލާލެވުނެވެ. އެވަގުތު އެ ކުލާހުން ކޮންމެސް ކުއްޖަކު ބިނާން އައި ލަވް ޔޫ ބުންޏޭ ކިޔާ ގޮވާލިއެވެ. ސަނާގެ މޫނަށް އެވަގުތު ޖަންބު ކުލަ ވެރިވިއެވެ. އަދި ލަދުން އިސްޖަހާލިއެވެ. ސަނާ އަވަހަށް ދުވެފައި ގޮސް ލެބޯޓަރީ އަށް ވަނެވެ. 

ދުވަސްތައް ފާއިތުވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. މިހާރު ސަނާގެ ހިތުގައި ވެސް ވަނީ ސަނާގެ އެއްވެސް އިހްތިޔާރަކާ ނުލާ ބިނާން ގެ ނަން ފެވެން ފަށާފައެވެ. ސަނާ ގިނަވަގުތު ހޭދަކުރަމުން ދިޔައީ ބިނާން އާ ދޭތެރޭގައި ވިސްނުމުގައެވެ. ބިނާންވެސް ކޮންމެ ދުވަހަކު ސަނާ ފެންނައިރަށް ސަނާއަށް ގޮވާލައެވެ. ހަމައެގޮތަށް ބިނާން ގެ ރައްޓެއްސެއް ކަމަށްވާ ޝިހާން އާއި ޝައިހާން ވެސް ދިޔައީ ބިނާން އާ ސަނާއަށް ދިމާކުރަމުނެވެ. މިކަން ސަނާގެ ދެރަހްމަތްތެރިން ކަމަށްވާ ލަމްހާ އާއި އަހުލާ ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކިގޮތްގޮތަށް ސަނާއާ ދިމާކުރަމުނެވެ. ސަނާވެސް އެއްވެސް ރުޅިވެރި ކަމެއް ނެތި ރަކި ހިނިތުންވުމެއް ދެމުން ގެންދިޔައެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އެއްމަސް ފާއިތުވެގެން ހިނގައްޖެއެވެ. ނޭނގި ނަމަވެސް ބިނާން ވަނީ ސަނާގެ ހިތުގެ ހަމަޖެހުން މުޅިންހެން ނަގާލާފައެވެ. ސަނާއަށް ދިޔައީ ނޭނގި ނަމަވެސް ބިނާންއަށް ހިތް ދެވެމުންނެވެ.

އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. ސަނާ އިނީ އޭނާގެ ފޯނު ހިފައިގެން އިންސްޓަގްރާމް އަށް ވަދެގެންނެވެ. ސަނާ ދިޔައީ އަތުން އެކި ހަރަކާތް ކުރަމުން ހެމުންނެވެ. ހީވާ ގޮތުން ސަނާ މީހަކާ މެސެޖު ކުރަނީއެވެ. ކުއްލިއަކަށް ފޯނަށް މެސެޖު އައި އަޑުއިވުނެވެ. ސަނާ ވަގުތުން މެސެޖު ހުޅުވާލިއެވެ. އޭރު ކުލާސް ކުދިންގެ މެދުގައި ހަދާފައިވާ އިންސްޓާ ގުރޫޕުގައި ކުދިންތައް ފޯރީގައި މެސެޖު ކުރަނީއެވެ. ސަނާ މެސެޖުތައް ކިޔަން ފެށިއެވެ. އެވަގުތު ސަނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިީ ކުދިންތައް ދައްކާފައި ހުރި ވާހަކައިންނެވެ. ސަނާގެ ރައްޓެހި އަހުލާ ގުރޫޕުގައި ލިޔެފަ އިން މެސެޖަކުން ހުރިހާ ކުދިން ސަނާއާ ދިމާކުރަނީއެވެ. ބިނާން އާ ސަނާ އާއި އޭ ކިޔާ އެތައް ގޮތަކުން ދިމާކޮށްފައި ހުއްޓެވެ. ސަނާ ވަގުތުން ނޫން ކަމަށް ހަދާފައި މެސެޖު ކުރަން ފެށިއެވެ. ނަމަވެސް ކުދިންތައް ފޯރީގައި ސަނާއާ ދިމާކުރަމުން ދިޔައެވެ. 

އެރޭގެ އެ ދިމާކުރުން ތަކުން ސަލާމަތްވެވުނުއިރު މެންދަމު ބާރަ ޖަހައި ބޮޑުވެއްޖެއެވެ. މާދަމާ އަކީ ސުކޫލް އޮންނަ ދުވަހަކަށް ވުމާއެކު ސަނާ އަވަސްވެ ގަތީ ނިދަން ތައްޔާރުވުމަށެވެ.

މަޑު ބާލިސްތައް އަތުރާލެވިފައިވާ އަރާމު ތަންމަތީގައި އޮތް އިރުވެސް ސަނާއަށް ވިސްނެމުން ދިޔައީ ބިނާން އާ ދޭތެރޭގައެވެ. ކުލާސް ކުދިންގެ ފަރާތުން މިރޭ ސަލާމަތް ވެވުނަސް މާދަން އެމީހުން ދިމާކޮށްލާނެ ވަރު ވިސްނުމުން ސަނާއަށް އިސްޖަހާލެވުނެވެ. އަދި ގައިމަތީގައި އަޅާފައި އޮތް ކިއުލްޓް ދަށަށް މޫނުލާ ފޮރުވާލިއެވެ.

*******

އިރުގެ ރަން އަލިން ފަޒާރަންކުރަމުން ދިޔައިރު ފަތިހުގެ ދުންފިނީގެ އަސަރު ހިނދެއް ހިނދަކަށް ފަނޑުވަމުން ދިޔައެވެ. ސަނާ ގަޑިއަށް ނަޒަރެއް ދިނުމަށް ފަހު ތެދުވެ އަވަސްވެ ގަތީ ސުކޫލަށް ދާން ތައްޔާރު ވުމަށެވެ. ނަމަވެސް މިއަދު ކުދިންތައް ދިމާކޮށްލާނެ ވަރު ހިތަށް އެރުމުން ލަދުން އިސްޖަހާލެވުނެވެ.

ސަނާ ކުލާހަށް ދިޔައިރު ކުލާސް ރޫމްތެރޭގައި މުޅިންހެން ވެސް ދެކެވުނީ ސަނާ އާއި ބިނާންގެ ވާހަކައެވެ. ލަމްހާ އާއި އަހުލާ ވެސް ދިޔައީ ސަނާއާ ދިމާކުރަމުނެވެ. އަދި ސަނާ ބިނާން ދެކެ ލޯބިވާ ކަމަށް ބުނަމުންނެވެ. އެ ވަގުތު ބިނާން އެ ކުލާސްރޫމް ކައިރިން ލާފައި ޝިހާން އާއި ޝައިހާން އާއި އެއްކޮން ދިޔައެވެ. ކުއްލިއަކަށް ކުލާހުގެ ފިރިހެން ކުއްޖަކު ސަނާއާ ދިމާކުރުމުގެ ގޮތުން ލަވަކިޔަން ފެށިއެވެ.

ފެންނަ ހިނދު ތިޔަ ނަޒަރް، ހިތް ޒަހަމް ކޮށްލައޭ

 ކޮންމެ ހަރަކާތަކުންވެސް އަސަރް ކުރުވައޭ

ނަންތި ހިތުގައި މި ލިޔެވިއްޖެޔޭ

 މަންޒިލޭ ތީ މަގޭ، ލޯބިވާ

ހިތްދެވިއްޖޭ ކަލާއަށް ހުވާ، ތީ ފުރާނައިގެ ދިރުމޭ މަގޭ، ލޯބިވާ

 ވިންދުގައިވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ

އޭރު ސަނާ އިނީ ރަކިވެގެން ގޮސް މަލެއްހެން މޯޅިވެފައެވެ. ސަނާގެ މުޅި މޫނަށް ވަނީ ޖަންބު ކުލަ ވެރިވެފައެވެ. ސަނާ ރަކިވެގެން ގޮސް އެންމެފަހުން އިސްޖަހާލިއެވެ. ނަމަވެސް ކުދިންގެ ދިމާކުރުމަށް ނިމުމެއް ނައެވެ. ދިމާކުރުންވީ އިތުރުވެ. ދެންވެސް އިތުރު އެހެން ކުއްޖަކު ލަވައިގެ އަނެއްބައި ކިޔަން ފެށިއެވެ.

ހިތްމިއުފަލުން ނަށައޭ، އަންނަ ހިނދުގައި ކަލާ

 ފެންނަ ހުވަފެންތަކުގެ، އަސްލަކީ ވެސް ކަލާ

ރަތް ވިލާތައް މެ ހެކިކޮށް ބުނަން، ހިތް އެދޭ ސޫރައެއް، ތި ނޫނީ ނުވާ

 މަސްތުވެއްޖޭ ކަލާ ފެނި ހުވާ، ތިޔަ ހަނދާން ތަކުގައޭ ނިމިދަނީ، ރޭދުވާ

ވިންދުގައިވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ

 ވިންދުގައިވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ…

***7 އަހަރުފަސް***

ސަނާ މިރޭ ތައްޔާރު ވަމުން އެދަނީ ސަނާގެ ހިތް މިލްކުކޮށްލި އަދި ސަނާގެ ހިތުގެ ހަމަޖެހުން ނަގާލި ބައިވެރިޔާގެ އަންބަކަށްވާން ތައްޔާރު ވަމުނެވެ. މިރޭ ސަނާ ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. 14، 15 ވަނަ ވިލޭރޭގެ ހަނދަށް ވުރެ ވެސް ސަނާ މިރޭ މާ ރީތިކަމަށް ދައްކައެވެ. ސަނާގެ ރީތިކަން އިތުރުކޮށްދޭ އެންމެ ބޮޑު އެއްސަބަބަކީ އޭނާގެ ތުންފަތުގައި ވާ ރީތި ހިނިތުންވުމެވެ. ސަނާ ލާފައި ހުރި ބޮޑު ވެޑިންގް ޑްރެސްގައި ސަނާ ވަކިން ފުރިހަމަ ކަމަށް ދައްކައެވެ. ދުރުން ބަލައިލާ މީހަކަށް ހީވާނީ ސަނާ އެއީ ފަލަކުން ނައްޓާގެން އައިސް އިން ތަރިއެއް ހެންނެވެ.

މޭކަޕް ކޮށްދޭ ކުދިންތައް ސަނާ ރީތިކޮށްދީ ނިމުމާއެކު ލަމްހާ އާއި އަހުލާ ސަނާ ގޮވައިގެން ކައިވެނި ކުރެވޭ މަންޒިލާ ދިމާލަށް ދާން މިސްރާބު ޖެހިއެވެ. ކައިވެނި ކުރެވޭ މާހައުލަށް އާދެވުމާއެކު ސަނާއަށް ވަށައިގެން ހޯދާ ލެވުނީ ބިނާން ފެންނަ ހިސާބެއްގައި ހުރިތޯއެވެ. އޭރު ދުރުގައި ބިނާން އޭނާގެ ރައްޓެހިންނާއި ވާހަކަ ދައްކަން ހުއްޓެވެ. ސަނާ ފެނިގެން ބިނާން އެދިމާއަށް ދާން އުޅުމުން ޝިހާން އާއި ޝައިހާން ބިނާން ހިފެހެއްޓި އެވެ. އެވަގުތު ލަމްހާ އާއި އަހުލާ ސަނާ ގެންގޮސް ކައިވެނި ކުރެވޭ މޭޒު ދޮށުގައި ބޭންދިއެވެ. ސަނާއަށް އެތާ ތިބި މީހުންނާއި ދޭތެރޭގައި ވެސް ވިސްނާލެވުނީ އެ ވަގުތުއެވެ. އޭރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ސަނާއާ ދިމާލަށް ބަލާފައި ތައުރީފުގެ ކުރަނީއެވެ. ސަނާގެ ހިތް އޭރު މޭގައި އޮވެގެން ބާރަށް ތެޅެއެވެ. 

ސަނާއަށް ހަމަ ބިމަށް އާދެވުނީ ޢާޒީ ކައިވެނީގެ ހުތުބާ ކިޔަން ފެށުމުންނެވެ. ކައިވެނީގެ ހުތުބާ ކިޔާ ނިމި ޢާޒީ ބިނާންގެ ގާތު އަބިގަބޫލުކޮށްފިން ތޯ ސުވާލުކުރިއެވެ. ސަނާ އިނީ ނޭވާ ހިފަހައްޓާލައިގެނެވެ. އެވަގުތު ބިނާން ސަނާއާ ދިމާލަށް ބަލާލައިފައި ޖަވާބު ދިނެވެ.  ‘އަބިގަބޫލުކޮށްފިން’

ނިމުނީ

Comments (9)

  1. Nayaa

    Hey.. mii lam dhooni tha?? wowwww.. masha allah vvvvvvv reethi stry eh… proud of u lwbikolhuuuu… alheyyyyyyyyyyyyyyyyyyyyyyy vvvvvvv miss veyyyyyy 🙁 lysssssssssssssssssssssssssssmmm
    SH
    SS
    TVGC

    1. LamHaa
      Nayaa

      Thank you so much Naayooo dhoonikolhoo♥️♥️
      Miss u more .. Lyyyysssmmm♥️♥️
      Stay safe

  2. ?Ril?

    Hello Lam
    Kihineh tha????❤️❤️❤️❤️
    Masha Allah vrh sali Mi kuru vaahaka vxx ❤️❤️❤️
    Keep it up ❤️❤️❤️❤️❤️
    Lam ge Ehn kuruvaahaka Ah Waiting ingeyyy ❤️❤️❤️❤️❤️
    Hope to see soon❤️❤️❤️
    Lysssssmmmm❤️❤️❤️❤️
    Myssssmmmmm❤️❤️❤️❤️
    Stay safe❤️❤️ and tvgc❤️❤️❤️

  3. Luhoo

    ❤️Heii lam❤️
    ?Wowww vvvvvvvvv reethi mi story ?
    ?This is the best story from lamoo?
    ?Dhn kon irakun tha ehn story eh kiyaalan libeynee?
    ?Waiting for next story ?
    ?Lyssmm and tc stay safe ?

  4. Nonnie

    Laaa ilaaha illa Allah… Magey sanaa vx bodu vehjjey dhww?????lampuriiii Nonni vaahaka ah laan naagafa in dhe nan eii Rayaash aa Sanaa vx?Lam beynun kohllii dhw kurii baiga… Heheh
    Eyy kurii vaahakiga Aashaa terahun vehttey thankolhu eii hama Liyam bunegen ma golaa balcony ah vehttunu than kolhu dhww ?
    Vvv reethi sifa kurun thah vx
    Ss
    SH TC
    Lyssmmmmmmmm
    Myssssssmmmmm

    1. LamHaa
      Nonnie

      Hehe.. Sanaa vx meehakaa innan verma bodu vaanu..Rayaash ey..kon Rayaash eh..hehe hmm nonnie beynun kuran vaairah liyunee..?
      Hmm liyan bunee ey Nonnie ah jehsumeh kohla balaashey..ingeynee e soruge goiy
      Thank you Nonnie dhooni kolhoo??
      Stay safe n Tc
      Lyyysssmm n Myyysssmmm♥️♥️

    2. Nonnie
      Nonnie

      Aan kiikey kiyaany dhw… E soru ge mizaaju huri goeh???haadhahahyey miihun nah jehssun kuraa hiy vanii… Kihineh thr lwbi kolhuuuu ????missed u 5 Sooooooo muchhhh????aadhebala yeh hai chahatein ge 6th April ge bayah ???Rayaash eh noon thr kehkuran Unmeedhu gai ga yaash dhonbe ah kiyanii ??? ey liyam ah jehssumeh kohllan e gola kodu mathy dhethin shotu alhaalabala Nonni bunee thee vx ???

  5. LamHaa

    Thank you so much Rilooo??
    Rangalhu..ril kihinehtha
    Lyyyysssmmm and Myyyyyysssmmm
    Stay safe n Tc

  6. LamHaa

    Thank you so much Luhoo loabikolhooo ♥️♥️
    V avahah kiyaalan libeyne ISA
    Lyyysssmm
    Stay safe and Tc

Comments are closed.