Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެމަޖާ

ރަމަޟާން މުބާރިކް

crazy idiot Level 210 Stories
April 14, 2021 2 Mins Read
2 Comments

މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އަހަރެންވެސް އަހަރެންގެ ފުރަތަމަ ރޯދަ ހިފަން ހާރުކާން ތެދުވީމެވެ.ހާރުކައިގެން އަހަރެން ނަމާދު ކޮށްގެން ނިދަން ދިޔައީމެވެ.

އަހަރެންގެ އުމުރުން 7 އަހަރެވެ. އަހަރެންގެ އާއިލާގައި ހުންނަނީ މަންމަ،ބައްޕަ އަދި އަހަރެންގެ އިތުރުން އަހަރެންގެ ދޮންބެ އެވެ.

އަހަރެންނަށް ހެނދުނު ހޭލެވުނީ 11 ގަޑި ބައިވި ފަހުން ނެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމުން މިއަދު ސްކޫލްގެ ކިޔެވުމެއް ނޯވެއެވެ. އަހަރެން ނިދާ ހޭލައިގެން ދަތް އުނގުޅައިގެން ފެންވެރީމެވެ. އަދި މަންމަ ކައިރިއަށް ގޮސް މަންމަ ކުރާ ކަންތައްތައް އޮޅުން ފިލުވާލައިފައި ދޮންބެ ކޮބައިތޯ ބަލައިލަން ދިޔައިރު ދޮންބެ އިނީ ދޮންބެގެ ރައްޓެހިންނާއި އެކު ތައިސްބައި ކުޅޭށެވެ. ކުޑައިރުކޮޅަކު ދޮންބެ ކައިރީ މަޑުކޮއްލާފައި ދެން ދިޔައީ ބައްޕަ ކޮބައިތޯ ބަލާލާށެވެ. އޭރު ބައްޕަ ހުރީ މަންމަ ގަބުޅި ބޯކިބާ އަޅަން އުޅޭތީ ބައްޕަ ހުރީ ކާށި އެހެލާށެވެ. އަހަރެން ގޭދޮށުގައި އެހެން އުޅެނިކޮށް މެންދުރު ނަމާދު ބަންގި ގޮވުމުން އަހަރެން ނަމާދު ކޮށްގެން ޓީވީ ބަލަން އޮއްވާ ނިދުނެވެ.

އިރުކޮޅެއް ނުވެ އަހަންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އަހަރެން ތެދުވެ މަންމަ ކައިރީ ކިހިނެތް ވީހޭ އެހުމުން މަންމަ ބުނީ މިއަދު ރޯދަ ވީއްލަން ޖެހެނީ އަސުރު ނަމާދު ބަންގި ގޮވުމުން ކަމަށެވެ. އަހަރެން އުފަލުން ތެދުވެ މަޑުކުރީ އަސުރު ނަމާދު ބަންގި ގޮވަންދެންނެވެ. އަސުރު ނަމާދު ބަންގި ގޮވުމާއެކު އަވަހަށް މޭޒު ދޮށައް ގޮސް ރޯދަ ވީލަން ފެށީމެވެ. އަހަރެން މޭޒު ދޮށައް ދިޔައިރު އެކަކު ވެސް ނެތުމުން އަހަރެން ހީކުރީ އެމީހުން ނަމާދުން އައިސްފައި ރޯދަ ވީއްލަން މަޑުކުރީ ކަމަށެވެ. ނަމަވެސް އިރު ކޮޅަކުން މަންމަ އެތަނަށް އައެވެ.

އެލީން އެހާ އަވަހަށް ރޯދަވީއްލަން ފެށީތަ؟މަންމަ އައިސް އަހަންނާ ސުވާލު ކޮށްލިއެވެ.

ލައްބަ މަންމަ އެއްނު އަޅުގަނޑު ނިދާފަ އޮތް ގަޑީގައި ބުނީ އަސުރު ނަމާދު ބަންގި ގޮވުމުން ރޯދަ ވީއްލަން ޖެހެއޭ. އަހަރެން ވެސް މަންމަ އައް ބުނެލީމެވެ.

މަންމަ ބުނީ އަސުރު ނަމާދު ބަންގި ގޮވުމުން އަސުރު ނަމާދު ކުރަން ދާށޭ….ދެން އަޅައި ނުލާ. މާދަމާ އެކަމު ރޯދައަށް ހުންނަން ވާނެ. މަންމަ އެހެން އަހަރެން އަނެއްކާވެސް ކާން ފެށީމެވެ.

ދަރިފުޅާ އެލީން…. ދަރިފުޅާ ތެދުވެބަލަ. އަހަރެންނަށް ނިދިން ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ހޭލެވުމުން ދެންމެ އެފެނުނީ ހުވަފެނެއް ކަން އިންގުނެވެ. އަހަރެން ތެދުވަމުން މަންމަ ބުނީ އަސުރު ނަމާދު ކުރަން ދިއުމަށެވެ. އަހަރެން ހީކުރީ މިފަހަރު މަންމަ އެބުނީ ރޯދަ ވީއްލަން ދާނެކަމަށެވެ.

އަހަރެން އަވަހަށް ރޯދަވީއްލަން ދާން ދުއްވައި ގަތީމެވެ. އޭރު މަންމަ ބައިވަރު އެއްޗިހި ހަދައިފައި ހުއްޓެވެ. އަހަރެން އަވަހަށް ގޮސް ކާން އިށީންތަނާ މަންމަ އައިސް ތިކުރަނީ ކީއްހެއްޔޭ އެހިއެވެ.

މަންމަ އެއްނު ބުނީ އަޅުގަނޑު ނިދާފަ އޮއްވާ އައިސް ރޯދަވީއްލަން ދާށޭ ބުނީ. އަހަރެން އެހެން ބުނުމުން މަންމަ އައް ހެވުނެވެ.

ދަރިފުޅު ކައިރީ މަންމަ ބުނީ އަސުރު ނަމާދު ބަންގި ގޮވުމުން އަސުރު ނަމާދު ކުރަން ދާށޭ….ދެން އަޅައި ނުލާ. އެކަމު މާދަމާ ރޯދައަށް ހުންނަން ވާނެ.މަންމަ އެހެން ބުނެފައި ދިޔުމުން އަހަރެންނަށް އެވީ ހުވަފެނުގައި ވީހެންނޭ މަޑުމަޑުން ބުނެވުނެވެ.

Dear readers… Hope you all like this story… This a Ramadan gift form me to you all… Ramadan mubaarak all…i wish you all a happy and peaceful ramadan Hope you all are fine… Tc…. Lysm…

 

 

Share Article

Follow Me Written By

crazy idiot

Level 210 Stories

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (21)

Next

ހުރިހާ ކިޔުންތެރިންނަށް….

Next
April 14, 2021

ހުރިހާ ކިޔުންތެރިންނަށް….

Previews
April 14, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (21)

2 Comments!

  1. zahuu says:
    April 14, 2021 at 3:19 pm

    Hahahaha it’s verry funny? and stry is verry beautiful hope you up another stry ??

  2. crazy idiot says:
    April 14, 2021 at 10:20 pm

    thankss zahuu…i will try my best to up another stry…tc…lysm

Comments are closed.



All Right Reserved!