
ނިދިފައި އޮތް ރައިޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނައިރާކަން އެނގުުން ފޯނު ނަގާ ކަންފަތުގައި ކަންފަތުގައި ޖަހާލިއެވެ. “ބްރޯ…… ހިނގާބަލަ ބީޗަށް ހިނގާލަން ދާން… ޕްލީޒްޒްޒް……” ރައިޝާއށް ފޯނު ކަންފަތުން ދުރަށް ޖައްސާލެވުނީ ނައިރާގ ެއަޑު ބާރުކަމުންނެވެ. “ހޫމްމްމް.. އޯކޭ.. ކޮންއިރަކުން؟” ރައިޝާ އަހާލީ ނިދި އަޑަކުންނެވެ. “ނިދަނީތަ؟ ކޮބާ.. މުސްކުޅިވީ މަށެއްނޫނެއްނު.. ހަހާ.. އޭ.. ބަރާބަރު ހަތަރުގަޑި ބަޔަށް އަހަރުން ގޭދޮށަށް.. މިހާރު ހަތަރެއް ޖެހީ.. އަވަސްކުރާތި..” ނައިރާ ހީވަނީ އިންޒާރެއް ދިންހެނެވެ. ރައިޝާގެ ދެލޯ ބޮޑުވިއެވެ. “ހަތަރުގަޑި ބަޔޭ؟؟ މަ މިހުރީ އަދި އަސުރު ނަމާދުވެސް ނުކޮށް.. އޭ.. އޭ.. ނައީ.. އާހްގްގްގް.. ބްރޯ…….” ރައިޝާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނައިރާ ފޯނު ކަނޑާލިއެވެ. ޕިސް ޕިސް ތަޅަމުން ރައިޝާ ފާޚާނާއަށް ވަނީ ގަޑިއަށް ނުގޮއްސިނަމަ ނައިރާ ރުޅިއަންނާނެވަރު ހިތަށް އަރާފައެވެ. އެނދުން ތެދުވި ވަގުތު ރައިޝާގެ އަތުގައި އޮތް ނޯޓްކޮޅު ވެއްޓި، އެނދު ދަށަށް ދިޔައެވެ.
****************
ފެންވަރައިގެން ރައިޝާ ފާޚާނާއިން ނުކުމެފައި އެކޮޓަރީގައި ހުރި ބޮޑު އަލަމާރި ހުޅުވާލިއެވެ. އޭގެތެރޭގައި ނެތް އެއްޗެއް ނެތެވެ. އެކި ބްރޭންޑްތަކުގެ ހެދުންތަކާއި، އެކި ޑިޒައިންތަކަށް ފަހާފައިވާ ހެދުންތަކުން ފެށިގެން ޖިންސުތަކާ، ސްކާރޓްތަކާއި، ގަހަނާތަކާއި، މޭކަޕް ކިޓްތަކަށް ދަންދެން ހުއްޓެވެ. މާ ގިނަ އިރު ވިސްނަން ނުހުރެ، ރައިޝާ އަވަސްއަވަހަށް އައިސް ބްލޫ ކުލައިގެ ޖިންސަކާ، ކަޅުކުލައިގެ ހެދުމެއް ލިއެވެ. މާ ގޮތްބޮޑު ނުވިޔަސް، ކަކުލާ ހަމަޔަށް އަންނަ އެ ހެދުމުގެ އުނަގަނޑުގައި ކަޅުކުލައިގެ ދާފަށެއް އައްސާލެވިފައި ވާއިރު، ލޭސްފޮތިން ފަހާފައި ވުމުން ރައިޝާގެ ހަށިގަނޑާ ނުހަނު ގުޅެއެވެ. ހެދުމުގެ އަތުކުރިއަށް ފުޅާކޮށްލާފައި ވުމުން އަދި މާ ރީތިކަމަށް ދައްކައެވެ.
އަސުރު ނަމާދު ކޮށްލުމަށްފަހު ރައިޝާ އަލަމާރިން މެރޫން ކުލައިގެ ޝޯލްއެއް ނެގުމަށްފަހު ލޯގަނޑު ކުރިމަތީ ހުރެގެން އަޅާލީ، ކަރުގައި ރިހި ކުލައިގެ ދިގު ފަށެއް އެޅުމަށް ފަހުއެވެ. އެންމެ ފަހު ކަމަކަށް ރީތިވެ ނިމެ، ތުންފަތުގައި ޕީޗްކުލައިގެ ލިޕް ގްލޮސްއެއް އުނގުޅާލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ޖަހާލިއެވެ. މާ ބޮޑު މޭކަޕެއް ކޮށްފައި ނެތް ނަމަވެސް، ރައިޝާ ނުހަނު ރީއްޗެވެ. ނުހަނު ފުރިހަމައެވެ.
ތައްޔާރުވެ ނިމުމަށްފަހު، ކޮނޑުގައި ހުދުކުލައިގެ ސައިޑްބޭގެއް އަޅުވާލުމަށްފަހު، ފައިވާން ހަރުގަނޑުން ހުދުކުލައިގެ އުސްކަށްޓެއް ލެވިފައިވީ ފައިވާނަކަށް އަރައިގެން ކޮޓަރިން ނުކުތް އިރު ސިޓިންރޫމްގައި ރިއާޝް އިނެވެ. ރައިޝާ ނުކުތުމާއެކު ރިއާޝް ބޮލުން ފެށިގެން ފަޔާ ހަމައަށް ރައިޝާއަށް ބަލާލިއެވެ.
“ރާރާ ކޮންތާކަށް މާ ނަލަ ހެދިލައިގެން؟ ޔަގީނޭ ކޮންމެސް މީހަކަށް ތުއި ދެއްކެންކަން..” ރިއާޝް ރައިޝާއާ ދިމާކޮށްލިއެވެ. “އޯހ ޕްލީޒް ދޮންބޭ.. ނޮޓް ނައު.. މި ދަނީ ނައިއާ އެކު ބީޗަށް ދާން.. މަންމަ ގާތު ބުނައްޗެ ރައި ދިޔަ ވާހަކަ އިނގޭ.. ބާއި..” ރިއާޝްއާ ޒުވާބު ކުރާހިތް ނެތުމުން އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު ރައިޝާ ގެއިން ނުކުތީ ރިއާޝް ގޮވަގޮވާ ހުއްޓައެވެ. “އޭއި.. ރާރާ.. ކައިގެން ދޭ.. މެންދުރު ނުވެސް ކައި ތިހުރީ.. އޭއި.. ޕިސް ޕިސް… މި ކުއްޖާއަށް މި ބޯހަރުކަން ލިބުނީ ކޮންތާކުންބާ؟” ރައިޝާ ނުކުމެގެން ދިޔުމުން ރިއާޝް ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި ބަލަން އިން ފުޓުބޯޅަ މެޗް ބަލަން ފެށިއެވެ.
*******
ގެއިން ނުކުންނަމުން ރައިޝާ މިދަނީ ކަމަށްބުނެ ނައިރާއަށް މެސެޖެއް ކޮށްލިއެވެ. ނައިރާގެ ގެ ހުންނަނީ މާ ދުރުގައި ނޫންކަމުން ފަސް މިނިޓެއްހާ ވަގުތުކޮޅެއްގެ ތެރޭގައި އެގެއަށް ދެވުނެވެ. ނައިރާމެންގެ ގެއާ އަރާ ހަމަވުމުން ރައިޝާ ބެލް އަޅާލިއެވެ. އެތެރެއިން ދޮރު ހުޅުވީ ނިޝާއެވެ. ރައިޝާ ފެނުމާއެކު ނުހާ ހިނިތުންވެލުމަށްފަހު، ރައިޝާއަށް ވަންނަން ތަން ދެެއްކިއެވެ. ރައިޝާވެސް ހިނިތުންވެލުމާއެކު ނިޝާގާތުން ހާލުއަހުވާލު އޮޅުންފިލުވިއެވެ.
“ކޮބާ ނައި؟” ރައިޝާ އަހާލީ ނައިރާ ފެންނަން ނެތުމުންނެވެ. “ކޮޓަރީގަ ވެއްޖެ.. ބުނީ ރައިއާ އެއްކޮށް ހިނގާލަން ދާންށޯ މި އުޅެނީ..” ނިޝާ ޖަވާބުދިނެވެ. “އާން.. މި ނައި ކިޔާ ކިޔާ ބޮލަށް ނުކުޅަދާނަ ވެގެން.. ބޯހަރު ކުއްޖެކޭ..” ރައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “ހޫމްމް.. ކީއްކުރާނީ ދޯ؟” ނިޝާވެސް ރައިޝާއާ އެއްބައިވެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނައިރާ ނުކުތެވެ.
ހުދުކުލައިގެ ގަމީހަކާއެކު ތިރިން ލާފައިވާ ކަޅުކުލައިގެ ދިގު ސްކާރޓް ނައިރާގެ ދިގު އިސްކޮޅާ ހިމަތޮޅި ހަށިގަނޑާ ނުހަނު ގުޅެއެވެ. ގަމީސް ސްކާރޓްގެ ދަށަށް ޖަހައި، ބެގީކޮށްލާފައި ވާއިރު ނުހަނު ފުރިހަމައެވެ. ކަރުގައި ކަޅުކުލައިގެ ދިގު ފަށެއް އަޅާފައި، އޭގެ މަތިން އަޅާފައިވާ ކަޅުކުލައިގެ ޝޯލް ވަނީ ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލެވިފައެވެ. ތުންފަތުގައި ލިޕްގްލޮސްއެއް އުނގުޅާލުން ފިޔަވައި އިތުރު މޭކަޕެއް ކޮށްފައެއްނުވެއެވެ. އެ ކަޅު ޝޯލްގެ ތެރެއިން ނައިރާގެ ދޮންދޮން ވަށް މޫނުކޮޅު ފެންނައިރު، ސާދަވިލޭރޭގެ ހަނދަށް ދޫނުކުރާނެކަން ގައިމެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ.
“މާޝާﷲ.. ނައި ހާދަ ރީއްޗޭ..” ރައިޝާއަށް ބުނެވުނެވެ. “ހޫމްމް.. މިއަދު ކޮން ދިމާލަކުން އިރު އެރި ދުވަހެއްތަ؟” ނައިރާ ޖަހާލީ ހިނިގަނޑެކެވެ. “ދެން މަ ހަމަ އެހާ ލޯބިން ކޮންޕްލިމެންޓެއް ދިނީމަވެސް ހަމަ އެއްޗެހި ކިޔަންތަ އެނގެނީ؟” ރައިޝާ ތުންކޮޅު އޫކޮށްލިއެވެ. “އަނެއްކާ އެއްކަލަ މާކަނާގެ ތުންގަނޑު.. ޕިސް ޕިސް..” ނައިރާ އޭނާގެ ކަޅުކުލައިގެ ސައިޑްބޭގް ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ. “ދެން ހެވޭ.. އަވަހަށް ބޫޓަށް އަރައިގެން ހިނގާބަލަ ދާން..” ފައިވާން ހަރުގަނޑުގައި ހުރި ކަޅުކުލައިގެ އުސް ބޫޓެއް ނަގައި ނައިރާ އަތަށް ދެމުން ރައިޝާ ބުނެލިއެވެ. “ތެންކިޔު.. އެންޑް ރައިވެސް ވަރަށް ވަރަށް ލޯބި އިނގޭ..” ނައިރާ ރައިޝާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. “ދަރިފުޅުމެން ދެންވެސް ދޭބަލަ.. އިރުއޮއްސުމުގެ ކުރިން އަންނާތި އިނގޭ..” ނިޝާ ނައިރާގެ ބޮލުގައި ފިރުމާލިއެވެ. ނައިރާއާއި ރައިޝާ އަވަހަށް ގެއިން ނުކުމެ، މިސްރާބު ޖެހީ އާޓިފިޝަލް ބީޗާ ދިމާއަށެވެ.
*******
“ޖޫގޯ ގަނެގެން ދާނީ..” ނައިރާ ތުންދަމާލިއެވެ. “ހޫމް.. އަވަސްކުރޭ.. ނައި އަދި ފަލަވާނެ އިނގޭ ތިވަރަށް ކަންޏާމުން.. ކާނެ އެއްޗެއް ނެތިއްޔާ ބޯނެ އެއްޗެއް.. ބޯނެ އެއްޗެއް ނެތިއްޔާ ކާނެ އެއްޗެއް.. މަގުމަތިން ނުދަންނަ މީހަކު ރިހާކުރު ބޮނޑިއެއް ދިނަސް ނައިއަށް ކެރޭނެ ކާން.. މަށަށް ހަމަ ޔަގީން..” ރައިޝާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ހުއް.. ހެވޭ..” އަޅާވެސްނުލާ ނައިރާ ގޮސް އައީ ދެ ޖޫގޯ ގަނެގެންނެވެ. “މަށަށް އިނގޭ ރައިއަށް އެންމެ މީރީ ވެނީލާކަން.. އަން..” ވެނީލާ ފްލޭވަރ ޖޫގޯ ތަށި ރައިޝާއަށް ދިނުމަށްފަހު، ޗޮކްލެޓް ފްލޭވަރ ތަށި ނައިރާ ބޯން ފެށިއެވެ. ދެކުދިން ޖޫގޯ ބޮމުން ގޮސް އާޓިފިޝަލް ބީޗުގައި ހުރި ބެންޗެއްގައި ޖައްސާލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް، ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ރައިޝާ ދެލޯ ބޮޑުކޮށްލިއެވެ. އަނގަޔަށް ޖަހައިގެން އިން ހޮޅި ދުރުކޮށްލުމަށްފަހު ނައިރާއާ ދިމާއަށް ބަލައިލީ ބިރެއް ފެނިގެން އުޅޭހެންނެވެ.
“ނައީ.. އިނގޭތަ.. މިއަދު ނޯޓްފޮތް ހުޅުވާފައި ބެލިއިރު އޭގެ ތެރޭގައި އޮތީ ގަނޑުކޮޅެއް.. ލަވް ލެޓަރއެއް ލިޔެފަ.. އައި ލަވް ޔޫ އެކޯ.. ޔޫ އާރ މައި ކުއީން އެކޯ.. ޔޫ އާރ ބިއުޓިފުލްއެކޭ ކިޔާފަ ހާވާފަ ހުރީ.. ރައި ދިޔައީ ހަމަ ސިއްސައިގެން އެ ފެނުނީމަ.. އަދި އިނގޭތަ؟ ކަރސިވް ކޮށް ލިޔެފަވެސް ހުރީ.. ނައިއަށް ހީވަނީ ކާކުހެން؟” ރައިޝާ ދެލޯ ބޮޑުކޮށްލާފައި ބުންޏެވެ. އޭރު ނައިރާ އިނީ ފާޑަކަށް ރައިޝާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “އަމްމް… އާރ ޔޫ ޝުއަރ ދެޓް ޔޫ އާރ ނޮޓް ޕްރާންކިންގ މީ؟” ނައިރާ އަހާލީ ލަސްލަހުންނެވެ. “ޕިސް.. ދެން ރައިވެސް މިކަހަލަ ކަމަކު ޖޯކެއް ނުޖަހާނެ ދޯ.. ސީރިޔަސްއޭ.” ރައިޝާ ލޯ ހަނިކޮށްލިއެވެ. “ހޫމްމް… އަދި ޝައްކެއް ނުކުރެވެ.. އެކަމަކު ތިކަމާ އުޅޭނަން..” ދަތްދޮޅީގައި ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލި އުނގުޅާލަމުން ނައިރާ ބުނެލީ ސީރިޔަސްކަމާއެކީގައެވެ. ނައިރާއަށް މިހާރުވެސް ކުއްޖަކާމެދު ޝައްކު ކުރެވެން ފަށައިފިއެވެ. ނަމަވެސް، ރައިޝަ ގާތު ނުބުނީ، ރައިޝާ ވަގުތުން ދެބަސްވާނެކަން އެނގޭތީއެވެ. ނައިރާގެ އެ ޢަމަލުން ރައިޝާގެ ގާތަށް ހިނި އަންނަ ގޮތް ވިއެވެ. “އަމްމްމް.. ނައީ.. ޔޫ އާރ އަ ގަރލް.. ޔޫ ޑޯންޓް ހޭވް އަ މަސްޓޭޝް..” ހިނިގަނޑު މަތަކުރަމުން ރައިޝާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. “ހަހް.. އޯ މެޑަމް.. އައި ނޯ ދެޓް އައި އެމް އަ ގަރލް.. އައި ނޯ ދެޓް އައި އެމް އަ ފީމޭލް.. އައި ނޯ ދެޓް އައި އޭޭމް އަ ވުމޭން.. ނޯ ނީޑް ޓު ރިމައިންޑް މީ..” ދެލޯ ހަނިކޮށްލަމުން ނައިރާ އަނެއްކާވެސް ހޮޅީގައި ތުންޖަހާ ބޯންފެށީ ކުޑަކުއްޖެއްހެންނެވެ. ދެކުދިން އެކި ވާހަކަތައް ދައްކަމުންގޮސް، އިރު އޮއްސެން ކައިރިވުމުން ގެއަށް ދާން މިސްރާބު ޖެހިއެވެ.
*******
ގެއަށް ވަދެ ރައިޝާ ކޮޓަރިއަށް ވަނީ އެއްޗެހި ބަދަލުކޮށްލުމަށެވެ. އަޅައިގެން ހުރި ޝޯލް ބޭލުމަށްފަހު ދާވަށިގަނޑަށް ލުމަށްފަހު، އަޅާފައިވާ ގަހަނާތަކާއި، ކޮށްފައި ހުރި މަޑު މޭކަޕްތައް ފިލުވާލުމަށްފަހު، ރެއިންބޯ ތީމް ޓިޝާރޓަކާއި، ހުދުކުލައިގެ ފުއްޕި ހަރުވާޅެއް ހިފައިގެން ރައިޝާ ފާޚާނާއަށް ވަނެވެ. މަޣްރިބަށް ގޮވަން ކައިރިވެފައި ވުމާއެކު، ގައި ދޮވެލާ، ވުޟޫ ކޮށްލުމަށްފަހު، ރައިޝާ ފާޚާނާއިން ނުކުތެވެ. އެވަގުތު އޭނާގެ ބަނޑުން އަޑު ގޮވަން ފެށުމުން ބަނޑުގައި އަތް އަޅާލެވުނެވެ. ބަނޑުހައިވެފައި ހުރިވަރުން ބަނޑުގައި ފަނިތަކެއް ދުވާހެން ހީވިއެވެ. މެންދުރު ނުކައި ހުރިކަންވެސް އެފަކީރަށް ހަނދާންވީ އަދިކިރާއެވެ. އަވަސްއަވަހަށް ބަދިގެއަށް ގޮސް، ކާނެ އެއްޗެއް ހޯދަން ފެށީ ބަންގި ގޮވުމުގެ ކުރިން ބަނޑަށް އެއްޗެއް ލެވޭތޯއެވެ.
މެންދުރަށް ކައްކާފައި ހުރި ޗިކަން ފްރައިޑް ރައިސް ކެއުމަށްފަހު ތަށިތައް ދޮވެލާފައި ރައިޝާ ކޮޓަރިއަށް އައިސް ފެއްޓީ ކޮޓަރިތެރެ ތަރުތީބު ކުރާށެވެ. އެނދުމަތި ފޮޅާލާފައި، ޑްރެސިން ޓޭބަލްވެސް ތަރުތީބު ކޮށްލާފައި އައިސް ސްޓަޑީ ޓޭބަލްމަތީގައި ހުރި ފޮތްތައް ތަރުތީބު ކުރަން ހުރެފައި ކުއްލިއަކަށް އެ ނޯޓްކޮޅު މަތިން ހަނދާންވުމުން ރައިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް އެ ނޯޓްކޮޅު ފެނޭތޯ ހުރިހާ ފޮތްތަކެއް ހާވާ، ހުރިހާ ތަނެއް ބަލަން ފެށިއެވެ. ހޯދާ ހޯދާވެސް ނުފެނުމުން ރައިޝާގެ ހިތަށް ކުޑަ މާޔޫސްކަމެއް ވެރިވެގެން ދިޔައެވެ. ނޭނގެނީ އޭނައަށް އެ ނޯޓްކޮޅު އެހާ މުހިންމު ވާންވީ ސަބަބެވެ. ބަންގި ގޮވި އިރުވެސް އެ ނޯޓްކޮޅު ނުފެނުމުން ރައިޝާ އެ ހޯދުމުގެ މަސައްކަތް ހުއްޓާލާ ނަމާދު ކުރަން ތައްޔާރު ވާން ފެށިއެވެ.
މަޣްރިބް ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އިންދާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑު އިވުމުން ރައިޝާއަށް ބަލާލެވުނެވެ. ހުޅުވާށޭ ބުނެވުނީ ދޮރު ތަޅުނުލާ ހުރުމުންނެވެ. އެވަގުތު ދޮރު ހުޅުވާފައި ވަދެގެން އައީ ރިއާޝްއެވެ. “ރާރާ.. ބިޒީތަ؟ ދޮންބެ ކުޑަ ވާހަކައެއް ދައްކާލަންވެގެން..” ދެއަތް ދެއަތާ މޮޑެން ހުރި ރިއާޝް އަހާލީ ނުކެރި ހުރެއެވެ. ރިއާޝްގެ ޢަމަލުތައް ހުރި ގޮތުން ރައިޝާއަށް ރިއާޝް ދައްކަން އެ އުޅެނީ ކުޑަ ވާހަކައެއް ނޫންކަން ނަގައިގަނެވުނެވެ. “ނޫން.. ބިޒީއެއް ނޫން.. ކިހިނެއްވީ؟” ރައިޝާ އަހާލީ މަޑުމަޑުންނެވެ. ރިއާޝް އެނދުމަތީގައި އިށީނދެފައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހީވަނީ ދިގު ރޭހެއް ނިންމާފައި އައި މީހަކު ނޭވާއެއް ދޫކޮށްލިހެންނެވެ. ރައިޝާ މަޑުމަޑުން ރިއާޝްގެ އަތްމަތީގައި އަތް ބާއްވާލާފައި ބޯ ޖަހާލީ ބިރުނުގަނެ ބުނާށޭ ބުނާ ފަދައަކުންނެވެ. ރިއާޝްވެސް ރައިޝާއާ ދިމާލަށް ބަލާލަމުން އެ ވާހަކަ ބުނަން ތައްޔާރު ވެލިއެވެ.
“ރާރާ.. ދޮންބެއަކަށް ނޭނގެ މި ވާހަކަ ބުނުމުން ރާރާގެ ރިއެކްޝަން އަންނާނެ ގޮތެއް.. ބަޓް އައި ހޭވް ޓު ޓެލް ޔޫ ބިފޯރ އިޓް ގެޓްސް ޓޫ ލޭޓް..” ރިއާޝް އަނެއްކާވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ރައިޝާ އިނީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ރިއާޝް ބުނަން އެ އުޅެނީ އާދައިގެ ކުޑަކުޑަ ޖޯކެއް ނޫންކަން ރައިޝާއަށް ނަގައިގަނެވުނެވެ. “ރާރާ…. އައި.. އައި… އައި އޭމް އިން ލަވް ވިތް ނައިރާ……” ދެލޯ މަރާ ބާރުކޮށްލަމުން ވަރަށް ހިތްވަރުން ރިއާޝް ބުނެލިއެވެ. އެ ޖުމުލަ ރިއާޝްގެ އަނގައިން ބޭރުވުމަށްފަހުވެސް ރައިޝާގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނައުމުން ރިއާޝް ލޯ ހުޅުވާލާފައި ރައިޝާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރައިޝާގެ މޫނުގެ ކުލަވަރު ހުރިގޮތުން ރިއާޝްގެ ދެލޯ ބޮޑުވީ ލިބުނު ސިހުމަކުންނެވެ.
ނުނިމޭ…
15 Comments!
Comments are closed.
Good mibai vxx varah reethi??
Wow wow Masha Allah❤️❤️❤️❤️
Hama vrh Sali mi part vxx ingeyy naayuu❤️❤️❤️❤️❤️❤️
Fainally riaash ah bunevihje dhw raishaa Kairi .❤️❤️❤️ What will be her answer .❤️❤️❤️❤️❤️ I guess she is Gona be supper happy dhw ❤️❤️❤️❤️❤️. Ril ah heevany Hama❤️❤️❤️❤️❤️❤️❤️❤️.
And mihaaru curious eee the guy who wrote luv letter to Rai eyy kaaku baa anehkaa❤️❤️
Btw dhn in part ah waiting ingeyy naayuu❤️❤️
Stay safe ❤️❤️and tvgc❤️❤️
Lysssmmm❤️❤️
Alheyyyyy so cute? v avahah up kohdheeba mihaaru kehyytherikan kolhun laifiyey nayooo???
Masha Allah vrh reethi and vrh majaa ingey mi story sis… Rai ge athuga oi gandukolhu dhiyaee endhu dhashah dhw.. Riaash ah nufenijiyya rangalhu haha…. Lulu ge favorite flavour akee vx vanilla eyy?….. Woah Naira mee adhi detective ehtha??.. Riaash vx dhwww firihenakah vebala… Rai hunnany shock ehga dhw.. ??
Waiting for the next part
Keep it up sisoo
Stay safe
Lysssssm
Salaam dear readers… Here is the 5th part of my story… Hoping y’all will love it… Next part next week ge monday ga submit kohlaanan insha allah…
SH
SS
TC
LYSM
And btw I’m not good with fashion since I’m not very fashionable… So…. Rai and Nai ge fashion describe kohdheefa huri goi kamu nudhaanama I’m very very very sorry…
In reply to Zahuu
Tysm dear… stay safe
In reply to Ril sis…
awwww tysssssmm my dear sisyyy… yess what will be the answer dhww… raige reaction ingeyne next part ga ingey… insha allah monday ga submit kohlaanan… hehe rai ah note kolhu dhinee kaaku kameh neynge nayaa akah vx 😉 hehehe… we have to wait to see dearr…
keep waiting…
SS
TVGC
LYMMMMMMMM
In reply to princess…
tyssssmm darla… nayaa vx mi try kuranee ey nayaa ge best.. aslu vrh undhagoo kiyevumah focus kuramun vhk liyan… aammukoh konme week ehge monday and thursday ga mi vhk kiyaalan libeynee… plxx understand darl… I’m trying my best… stay safe
In reply to Lulu…
tyssssmm dearr… nayaa liyaa story eh vejjeyyaa entertainment and comedy vx onnaane ingey 😉 hehehe… yess endhu dhashah dhiyaee… dhen neyge dhww… riaash ah nufeneythoa dhuaa kuramaa… ehentha? nayaage favourite jugo flavour akeeves vanilla eyy… aan ebunaahen riaash randu anhenakah vure kanthah fala dhww… nikan kerigen firihenakah vebala riyaashaaaaaaaa… hehe raige reaction hunna goi fennaane monday ga insha allah…
keep waiting darl…
stay safe
take care
Saabahey Saabahey dharifulhaa riyaasoo saabahey… Bunaathi.. Ey adhi bunaathi drama kulhey Naira noon vaahaka vx… Nooney Nayaa anniversary eh noon… Ekamu Hama v hehvaa surprise eh… Just wait and watch
Alhey nayoo . Soo curious what will happen.??dhn vaanee kihineh baa. Sorry fr the late cmnt dear. Aslu esfiya ah login vaan jeheey theeve. Ingey. Naayoo. Stry vrh furihama. Ekm rangalhu kohlan eh knthah bunelaanan. aslu e sentence ga ޕިސް ޕިސް ތަޅަމުން. Ehn hureema vrh odf. Eyge badhalugaކުސް ތަޅަމުން mi gothah bunumn vrh furihama vaane. Anehn ibaarai kurun vrh reethi. Btw nayoo ulhenee kn grade eh ga tha. Dnt mind ingey ?
Stay safe dhoonee❤️❤️❤️
Stay home ❤️❤️❤️
Tc❤️❤️❤️❤️
In reply to ReeshA CoronA…
labba thiya vidhaalhuvi saabahuge vaahaka alhugandu iraadha kurevviyyaa riaash ah rahdhu kohdheynan… hahahahah aan bunaanan ingey e naira ey bunaasheyvx.. hmm anniversary eh noon dhwwwww… dhen yesss nayaa balaanamey koachehthw… nayaa ah heevanee e dhemeehunnah special kohgen konmes ehcheh liyaneehen… dhwwwwwww???????? hehehe yesss, will wait for the suprise
In reply to lailac baby…
tysssm dearr…
hehe dear ah ingeytha? pis thelhumaa kus thelhumaa eii mulhin thafaathu dhe ehcheh… pis thelhumakee ehen meehakaa dheythereyga dissapoint V ma kuraa kameh… ekam kus thelhumakee dhera ve, noonee rovuneema, noonee fuvveema ekan describe kohdheyn bune ulhey baheh… ehenveema pis thelhun nayaa beynun kuranee… i think that’s perfect… vhk liyumuga eii evvx massala eh noon… vhkge sifa kurumakah, ibaarai kurumakah, noonee liyumuge vattafaalhi akah vx “pis thelhun” mi bas beynun kurumakun evves buroo eh naaraane… and nayaa men rashuga aanmukoh beynun koh ulhey goi mi beynun kuranee… so, i don’t think that’s a problem… but thanq for ur suggestion anyways 🙂
މީ ދިވެހި ރަދީފްގަ ޖެހީމަ އަންނަ ގޮތް
ކުސް ތެޅުން:- ކުޑަކުއްޖަކު ކަމަކަށް އެދިގެން ކުކުރުމާއެކު، ތަކުރާރުކޮށް ކިޔުން
mihaaru engijjetha kus thelhumuge maana?? and it’s completely different from pis thelhun… so, i can’t use this word u suggested in situations like that in my story… I’m very sorry… but thanks… thanq so much for trying to help 🙂
nayaa nd lailac baby same age kanneynge… mihaaru mi ulheny 7 ga… mi aharu 14 years fureyne…
Stay home
Stay safe
Take care
In reply to lailac baby’s second cmmnt…
hehe e ok vaane… i’m happy to help 🙂 ofcrs I won’t mind darl… tysssmm for supporting… and iss okk for ur late cmmnt.. I can understand… yess eii mi rasuga beynun kuraa goi… and tbh I can’t beleive that u didn’t heard of “pis thelhun”… hahaha loll.. eii vrh gina meehun beynun kuraa gotheh… hehehe
really? 1 year younger dhw.. hehee.. aheyyy no sorry or thanq in friendship darl… my pleasure… looking forward to the 7th part of ur stry dearr… stay safe
Heh? ?? aslu pis thelhun e word vrh adu neeveythee ehn bunee. Dnt mind ingey. Hama pis thelhun liyunas okii ey. I’ll always support u dhoonee ❤️❤️❤️. Nd nayoo mn rashuga use kuraa gothah liyuneema rangalhuvaane.
Nd natoo i ah vuren 1 yr kuda dhw. I ulhenee 8ga. Nd asluvs vrh bodah thnks rangalhu goi bunedhinerma. Eyrun i ah vss dtry eh liyaa iru rangalgah liyeveyne ehnu
❤️❤️❤️ Stay safe ❤️❤️❤️
❤️❤️❤️stay home❤️❤️❤️
❤️❤️❤️take care❤️❤️❤️