
“ރާރާ.. ދޮންބެއަކަށް ނޭނގެ މި ވާހަކަ ބުނުމުން ރާރާގެ ރިއެކްޝަން އަންނާނެ ގޮތެއް.. ބަޓް އައި ހޭވް ޓު ޓެލް ޔޫ ބިފޯރ އިޓް ގެޓްސް ޓޫ ލޭޓް..” ރިއާޝް އަނެއްކާވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ރައިޝާ އިނީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ރިއާޝް ބުނަން އެ އުޅެނީ އާދައިގެ ކުޑަކުޑަ ޖޯކެއް ނޫންކަން ރައިޝާއަށް ނަގައިގަނެވުނެވެ. “ރާރާ.. އައި.. އައި.. އައި އޭމް ލަވް ވިތް ނައިރާ……” ދެލޯ މަރާ ބާރުކޮށްލަމުން ވަރަށް ހިތްވަރުން ރައިޝާ ބުނެލިއެވެ. އެ ޖުމުލަ ރިއާޝްގެ އަނގައިން ބޭރުވުމަށް ފަހުވެސް ރައިޝާގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނައުމުން ރިއާޝް ލޯ ހުޅުވާލާފައި ރައިޝާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރައިޝާގެ މޫނުގެ ކުލަވަރު ހުރިގޮތުން ރިއާޝްގެ ދެލޯ ބޮޑުވީ ލިބުނު ސިހުމަކުންނެވެ.
***********************
މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން އިން ރައިޝާ އިނީ ނުހަނު ހަމަޖެހިލާފައެވެ. ރިއާޝް ދެންމެ އެ ބުނި ވާހަކައިން ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. މި މަންޒަރު ފެނުމުން ރިއާޝްއަށް ލިބުނު ސިހުމާއެކު ރައިޝާއާ ސުވާލު ކުރެވުނެވެ. “ރާރާ.. ޔޫ އާރ ނޮޓް އެންގްރީ؟” ރިއާޝް އަހާލީ ގަބޫލު ނުކުރެވިފައެވެ. “އޮފްކޯރޒް ނޮޓް.. ވަޓްސް ދެއަރ ޓު ބީ އެންގްރީ އެބައުޓް؟” ބަދަލުގައި ރައިޝާވެސް ކޮށްލީ ސުވާލެކެވެ. “ނޯ.. އައި މީން.. ލައިކް… ސަޕްރައިޒް އެއްވެސް ނުވޭތަ؟” ރިއާޝް އަނެއްކާވެސް އަހާލިއެވެ. ރައިޝާ ލުއި ހުނުމަކާއެކު ކިޔައިދޭން ފެށިއެވެ.
“ދޮންބޭ.. ތީ ރައިގެ އެއްބަނޑު އެއްބަފާ ދޮންބެ… ޔޫ އާރ މައި އޯވން ބްލަޑް.. އެންޑަ ނައި އަކީ ރައިގެ ބެސްޓް ފްރެންޑް.. ޝީ އިޒް ލައިކް އަ ޓްރޫ ސިސްޓަރ ޓު މީ.. ސޯ، ހައު ޑޫ ޔޫ ތިންކް އައި ގޮޓް ޓު ނޯ ދެޓް ޔޫ ލަވްް ހަރ؟ ހައު ޑޫ ޔޫ ތިންކް އައި އަންޑަރސްޓުޑް ޔުއަރ ފީލިންގްސް؟” ރައިޝާ ފޮނިވެލާފައި ބުމަ އަރުވާލިއެވެ. “ސޯ، ޔޫ ނިއު އެބައުޓް ދިސް ދި ހޯލް ޓައިމް؟؟” ރިއާޝް އަކަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. “އޮފްކޯރޒް.. އައި ނިއު.. ރައި ދެކެން ވަރަށް ގިނައިން ނައި މިގެޔަށް އަންނަ އިރު ދޮންބެ ހުންނާނީ އަބަދުވެސް ބަލަހައްޓައިގެން.. އަބަދުވެސް ސިއްރުސިއްރުން ނައިއަށް ބަލާނީ.. ދެން ނައި ހުންނާނެ ޓޮމާޓޯއެއްހެން ރަތްވެފަ.. ހަމަ ދޮންބެ ބަލާލާ އިރަށް ހުންނާނެ ބްލަޝްވެފަ.. ހެހެ.. ދެޓް އިޒް އިނަފް ފޯރ މީ ޓު ޕްރޫވް ދެޓް ޔޫ ބޯތް ލަވް އީޗް އަދަރ..” ރައިޝާ ވަރަށް ފިލްމީކޮށް އަތުގެ ހަރަކާތާ އެއްކޮށް ކިޔައިދިނެވެ. “ވެއިޓް ވެއިޓް ވެއިޓް.. ސޯ ނައިވެސް ދޮންބެ ދެކެ ލައިކް ވެޔޭތަ ރައި ތިބުނީ؟؟” ރިއާޝް އަވަސްއަވަހަށް އަަހާލިއެވެ. “ނޮޕް.. ނޮޓް ލައިކް.. ޝީ ޑޯންޓް ލައިކް ޔޫ..” ރައިޝާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެއާއެކު ހީވީ މީހަކު ރިއާޝްގެ ހިތުގައި ހިފާ ފިތާލިހެންނެވެ. “އިންފެކްޓް.. ޝީ ލަވްސް ޔޫ.. އައިމް 100 ޕަރސެންޓް ޝުއަރ” އަވަސްއަވަހަށް ރައިޝާ ބުނެލީ ރިއާޝް މާ ބޮޑަށް ދެރަވެދާނެތީއެވެ. އެއާއެކު ރިއާޝްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ހަޔާތަށް ބަހާރު މޫސުން އަންނަން އުޅޭފަދަ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. “އެންޑް… ޔޫ އާރ އޯކޭ ވިތް އިޓް.. ރައިޓް؟” ރިއާޝް މިފަހަރު އަހާލީ މަޑުމަޑުންނެވެ. “ވެލް.. އޭޒް ލޯންގް އޭޒް ޔޫ ޑޯންޓް ހަރޓް ހަރ.. އެންޑް އައިމް ޝުއަރ ޔޫ ވޯންޓް.. ސޯ، އިޓްސް އޮފިޝަލީ އެޕްރޫވްޑް ބައި މީ..” ރައިޝާ ހިނިގަނޑެއް ޖަހާލިއެވެ. އޭނާ ރިއާޝްއަށް އިތުބާރު ކުރެއެވެ. ނައިރާއަށްވެސް އިތުބާރު ކުރެއެވެ. ވީއިރު، އެދެމީހުންގެ އުފަަލަށް ހުރަސް އަޅަންވީ އެއްވެސް ސަބަބެއް ނެތެވެ.
“ތެންކިޔު ރާރާ.. ތެންކިޔު ސޯ މަޗް.. ޔޫ އާރ ދި ބެސްޓް..” ރިއާޝް ވީ އުފަލެއްގެ ބޮޑުކަމުން ރައިޝާގެ ގައިގައި ބައްދައިގަތެވެ. “ހޫމް ހޫމް ހޫމް ދެން އޯކޭޔޭ ޔޫ ބޯއި އިން ލަވް..” ރައިޝާ ފެށީ ހޭށެވެ. “ހެހެ.. ދެން ދޮންބެއަށް ހެލްޕް ވެދީބަ ނައިއަށް ޕްރޮޕޯޒް ކުރަން.. ޕްލީޒް..” ރިއާޝް އެދުނެވެ. “ހޫމް.. އިޓްސް އަ ޑީލް ފޯރ ޓެން ޗޮކްލެޓްސް..” އަތުގެ އިނގިލިތަކުން ދިހައެއް ދައްކާލަމުން ރައިޝާ ކޮޅަށް ތެދުވިއެވެ. “ހަހް.. އޭސް އެކްސްޕެކްޓެޑް.. ނަތިންގ ފޯރ ފްރީ.. ވެލް.. ލޭޑީޒް އެންޑް ޖެންޓްލްމަން.. ޕްރެޒެންޓިންގ ޔޫ… މައި ސިސްޓަރ..” ރިއާޝް ވަަރަށް ފިލްމީކޮށް އިސްދަށަށް ޖަހާލިތަން ފެނި ރައިޝާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެއެވެ. “އެކްޓަރ ޔޫސުފް ރިއާޝް އަހުމަދު ރިޔާޒް.. އޭ ބައިދަވޭ، ދެން ނައިއާ ރަށްޓެހިވީމަ ފާހަނަ ތަށްޓަށް ވާނީ ކިހިނެއް؟ އެ ދެރަވެގެން ގޮސް ހިތްފަޅައިގެން ހިނގައިދާނެ..” ރައިޝާގެ ހުނުން އަދިވެސް ނުހުއްޓެއެވެ. “ހުހް.. ދެން ހެވޭ ތިވަރަށް ދިމާ ނުކުރިޔަސް..” ރިއާޝް ލޯ އަޅާލިއެވެ.
ދެބެން އެތައް އިރަކު ސަކަރާތް ޖަހަން ތިބުމަށްފަހު ރިއާޝް ދިޔައީ އިޝާ ނަމާދަށް ގޮވުމުންނެވެ. ރިއާޝް ދިޔުމާއެކު ރައިޝާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ލޯބިވާ ބޭބެ އެހާ އުފާވެފައި ހުރި ތަން ފެނުމުން އޭނާގެ ހިތަށް ވަނީ ބުނަން ނޭނގޭ ފަދަ ހަމަޖެމެއް ލިބިފައެވެ. ވަރަށް އަވަހަށް ރިއާޝްއާ ނައިރާ ގުޅުވުމުގެ މަސައްކަތް އޭނާ ފަށާނެއެވެ. ދޮންބެއާ އެކުވެރިޔާގެ އުފަލަށްޓަކައި ޤުރުބާންވާކަށްވެސްް އޭނާ ފަހެއް ނުޖެހޭނެއެވެ. ޢިޝާ ނަމާދު ކޮށްލުމަށްފަހު، ކައިގެން، ފިލާވަޅުތައް ހެދުމަށްފަހު، ރައިޝާ ނިދަން އޮށޯތްއިރު ގަޑިން ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ.
*******
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނު ނައިރާ ތެދުވެ މޯޅިިއަކަށް ދެމިލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލާފައި ފާޚާނާއަށް ވަނީ ވުޟޫކުރުމަށެވެ. ފާޚާނާއިން ނުކުމެފައި ނަމާދުކޮށްގެން ނައިރާ މޭޒުދޮށުގައި އިށީނދެލީ ފިލާވަޅުތައް ދަސްކޮށްލާށެވެ. ކުއްލިއަށް އޭނާގެ ސްޓިކީ ނޯޓްގަނޑު ފެނުމުން ހަނދާންވީ އިއްޔެ ރައިޝާ ބުނި ނޯޓްކޮޅު މަތިންނެވެ. އެ ނޯޓްކޮޅު ދިނީ ކާކުކަމާމެދު ނައިރާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
“މާއިޝް.. އިޓް ވޯޒް ޔޫ.. އައި ނޯ އިޓް ވޯޒް ޔޫ.. އައިމް ޝުއަރ… އާހްގްގްގް… ވައި ޑޯންޓް ދެޓް ކޮވާރޑް ޖަސްޓް ކޮންފެސް ޓު ހަރ؟؟ އިޒް ހީ އީވެން އަ މޭން؟ ކަލޯ ފާޑުފާޑުގެ ނޯޓުތައް ނުދީ ނިކަން ކެރިގެން ރައިޝާ ކުރިމައްޗަށް އަރާފަ ބުނެބަލަ ލޯބިވެޔޭ.. އެހެންނޫނީ ދެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ މަށަށް ތޯއްޗެއް.. މަ ކޮންމެސް ގޮތެއް ހަދާނަން.. އެސޮރާ ބައްދަލު ކޮށްގެން ނަމަވެސް ކިޔައިދޭނަން.. ދެން ރައިވެސް ޖެހޭނީ ހަމަ މާއިޝް ދެކެ ލޯބިވާކަމަށް އެއްބަސް ވާން.. ވަރަށް އަވަހަށް ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން.. މައި ރައި ވިލް ގެޓް ހަރ ހެޕިނެސް.. ޖަސްޓް ވެއިޓް އެންޑް ވޮޗް..” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ ނައިރާ ހުއްޓުން އެރީ ކޮޓަރި ދޮރުގައި ޓަކިޖަހާ އަޑު އިވުމުންނެވެ. ދޮރު ހުޅުވާލާފައި ހޭލިކަން މަންމައަށް އަންގާލާފައި ނައިރާ އަނެއްކާވެސް ފިލާވަޅުތަކައިގެން އުޅެން ފެށިއެވެ.
*******
ހޭލިގޮތަށް ރައިޝާ ނަމާދުކޮށްގެން ޤުރުއާން ކިޔަވަން ފެށީ އާދައިގެ މަތިންނެވެ. ފިލާވަޅުތައް ކިޔާލުމަށްފަހު، ރައިޝާ ބަދިގެއަށް ވަނީ މަންމައަށް އެހީވުމުގެ ގޮތުންނެވެ. ދެމައިން އެކި ވާހަކަތައް ދައްކަމުން ގޮސް، ނުހާ ކިޔެވުމާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. “ދަރިފުޅު ޓެސްޓުތައް ފެށެން ބާކީ މިއޮތީ ތިން މަސް.. ފިލާވަޅުތައް ރަނގަޅަށް ކިޔަންތަ އެބަ؟” ނުހާ އަހާލިއެވެ. “ލައްބަ މަންމާ.. ޓެސްޓުތަކަށް ތައްޔާރުވަމުންނޭ މިހާރުވެސް މި ދަނީ..” ރައިޝާ ހީލާފައި ޖަވާބު ދިނެވެ. މަންމަ އޭނާގެ ކަންކަމާމެދު ފަރުވާ ބަހައްޓާ މިންވަރު ފެނުމުން ރައިޝާއަށް ހިނިތުންވެވުނެވެ. “ރަނގަޅަށް ފޮތްތައް ކިޔައްޗެ.. ފިލާވަޅުތައް ނިންމައްޗެ.. މަންމަ ވަރަށް ބޭނުން މިފަހަރު ދަރިފުޅަށް ސްކޮލަރޝިޕް ލިބެން..” ނުހާ އެ ފާޅުކުރީ ރައިޝާގެވެސް އެދުމެވެ. ސްކޮލަރޝިޕް ލިބުމުން ބޭރު ޤައުމަކަށް ގޮސް ޑޮކްޓަރަކަށް ވުން އެއީ އޭނާގެ އަބަދުގެވެސް ހުވަފެނެވެ. “އިރާދަކުރެއްވިއްޔާ ލިބޭނެ.. ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެއް.. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނަން.. އިންޝާﷲ ކާމިޔާބު ވާނެ..” ރައިޝާ އޭނާގެ މަންމައަށް ޔަގީންކަން ދިނެވެ. މަންމަގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެކަމުގެ ޔަގީންކަން ދިނެވެ. ނުހާއަށް ހިނިތުންވެވުނީ އޭނާގެ އެންމެ ހަގު ދަރިފުޅުގެ ޢަޒުމު ވަރުގަދަކަން ފެނިފައެވެ. އެކަހަލަ ރަނގަޅު ދަރިއެއް ކޮންމެ މީހަކަށްވެސް ދެއްވާތޯ ހިތާހިތުން ދުޢާ ކުރެވުނެވެ.
“މަންމާ.. ކޮންއިރަކުންތަ ޔާޝް ކުޑަބެ އަންނަނީ؟ މިހާރު ހަފްތާއެއް ވެއްޖެ ނުގުޅާތާވެސް..” ސިންގަޕޫރުގައި ކިޔަވަން ހުރި އޭނާގެ ބޭބެ ރިޔާޝްގެ ވާހަކަ ރައިޝާ އަހާލިއެވެ. “ކުޑަބެ ބުނީ ދެތިންމަސް ފަހުން އަންނާނަމޯ.. މިފަހަރު ކީ ވަރަށް ބޮޑު ސަޕްރައިޒެއް ހިފައިގެންނޭވެސް އަންނާނީ..” ނުހާ ބުނެލިއެވެ. ރިޔާޒްގެ ހުރި އެއްބަނޑު އެއްބަފާ ބޭބެއާ އޭނާގެ އަންހެނުން ކާރު އެކްސިޑެންޓެއްގައި ނިޔާވުމާއެކު، އޭނާގެހުރި ހަމައެކަނި ދަރިފުޅު ރިޔާޝްގެ ކަންކަން ބަލަހައްޓަމުން ދިޔައީ ރިޔާޒްގެ ދެމަފިރިންނެވެ. ރިޔާޝްއަށް އެންމެ ހަތަރު މަހުގައި އެ ގެއަށް ގެނެސް ބަލަމުން ދަނިކޮށް، އޭގެ އަހަރެއް ފަހުން އެ ދެމަފިރިންނަށް ރިއާޝް ލިބުނެވެ. އަމިއްލަ ދަރިއަކާމެދު ކަންކަން ބަހައްޓާނެހާ ލޯބިން ކަންތައް ކޮށްދެމުން އައި ރިޔާޝްއަށް ރިޔާޒްއާ ނުހާގެ ހިތުން ވަނީ ވަރަށް ޚާއްސަ މަޤާމެއް ދެވިފައެވެ. ލިބުނު ސްކޮލަރޝިޕެއްގައި ސިންގަޕޫރަށް ކިޔަވަން ގޮސް ހުންނަތާ މިހާރު ތިން އަހަރު ވަނީއެވެ. މި އަހަރު ކިޔަވާ ނިމުމުން ރިޔާޒްގެ ވިޔަފާރީގައި އެހީވުމަށް ރިޔާޝް މާލެ އަންނާނެއެވެ.
އަމިއްލަ ދަރިއެއްހެން ބަލަމުން އައި ރިޔާޝްގެ މަތިން ހަނދާންވުމާއެކު ނުހާގެ ލޮލުން ކަރުނަ އަންނަ ގޮތް ވިއެވެ. އެއީ އޭނާއަށް ހާދަ ޚާއްސަ ކުއްޖެކެވެ. ހާދަ ލޯބިވީ ކުއްޖެކެވެ. އޭނާގެ ފުރަތަމަ ދަރިފުޅެވެ. އޭނާގެ ލޮލުގެ ނޫރެވެ. ރިޔާޝް ފުރަން އުޅުނުކަން އެނގުނު ދުވަހު އޭނާ ރުއި ވަރު އަދިވެސް ހަނދާން އެބަހުއްޓެވެ. ނުހާ މަސަލަސް ކުރަން އެތައް އިރަކު، ނުހާ ގާތު ރިޔާޝް އިން ހަނދާންވިއެވެ. މަންމަ ބައްޕަ ކިޔާފައި ނުހާއާ ރިޔާޒްްއާ މުޚާތަބު ކުރާ ކޮންމެ ފަހަރަކު ނުހާގެ ހިތް ހީވަނީ ލޯބިންގޮސް ފުރިދާނެހެންނެވެ. ރިއާޝްއާ ރައިޝާވެސް ރިޔާޝްއާ ނުހަނު ގުޅެއެވެ. ނުހަނު އެކުވެރިއެވެ. ރިޔާޝްއަކީ ނުހާމެންގެ އަސްލު ދަރިފުޅު ނޫންކަން އަދި ރިޔާޝްއަކަށްވެސް، ރިއާޝްއަކަށްވެސް، ރައިޝާއަކަށްވެސް ނޭނގެއެވެ. ބުނާކަށް ބޭނުމެއްވެސް ނޫނެވެ. އެއީ ނުހާގެ ނަޒަރުގައި އެމީހުންގެ އަލަތު ދަރިފުޅެވެ. އެޔެއް މި ދުނިޔެމަތީގައިވާ އެއްވެސް ބާރަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ޙަޤީގަތް ކޮންމެވެސް ދުވަހަކުން ހާމަކޮށްދޭން ޖެހޭނެނޫންހެއްޔެވެ. ރިޔާޒްއާ ނުހާ ނިންމައިގެން ތިބީ ރިޔާޝް މިފަހަރު މާލެ އައުމުން ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.
“މަންމާ.. ރޮނީތަ؟ ރައި ފިޔާ ކޮށާތީ އުނދަގޫވީ ދޯ” ރައިޝާގެ އަޑު ޖެހުމާއެކު ނުހާއަށް ޚިޔާލުތަކުން އެއްފަރާތް ވެވުނެވެ. އެގަޑީގައި ރައިޝާ ފިޔާކޮށަން ނުފެށިނަމަ މިއަދު ރައިޝާގެ ސުވާލު ގޯނިން ސަލާމަތެއް ނުވާނެއެވެ. ނަސީބެކޭ ހިތަށް އަރަމުން މޫނު ފުހެލަމުން ނުހާ އަނެއްކާވެސް ކުރަން ހުރި މަސައްކަތައިގެން ކުރިއަށް ދާން ފެށިއެވެ.
*******
“ކޮބާ.. ހާދަ ލަސްވީ.. ހިނގާ އަވަހަށް ދާން..” ދޮރާށިން ނުކުތް ރައިޝާއަށް ބަލާލަމުން ނައިރާ ބުނެލިއެވެ. “ހޫމްމް..” ހޫމް އަޅުވާލަމުން ރައިޝާ ކޮނޑުގައި ދަބަސް އަޅުވާލިއެވެ. ދެ އެކުވެރިން އެކީގައި ސްކޫލަށް ދާން ހިގައިގަތް ވަގުތު ރިއާޝް ރޭގައި ބުނި ވާހަކަ މަތިން ހަނދާންވުމުން ރައިޝާއަށް ނައިރާއާ ދިމާއަށް ބަލައިލެވުނެވެ. “މަ މިއަދު މާ ރީތީތަ ތިވަރަށް ތި ބަލަނީ؟” ނައިރާގެ ހިތުގައި އޮތް ސުވާލު ދުލުން ބޭރުވީ ޖޯކެެއްގެ ގޮތުގައެވެ. “އާނ.. ހަޑިއެކޭ ނުބުނެވޭނެ ދޯ.. ރީއްޗޭ.. ހަހަހަހަ..” ބަދަލުގައި ރައިޝާ ޖަހާލީ ހިނިގަނޑެކެވެ. ދެ އެކުވެރިންވެސް ސަކަރާތާ މަޖަލުގައި ގޮސް ސްކޫލަށް ވަނެވެ. ކްލާސް ފެށެން އަދި ވިއްސަކަށް މިނެޓު ހުރުމުން ދެކުދިން ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ތިބެ ވާހަކަ ދައްކަމުން ދިޔައެވެ. މިވަގުތުކޮޅުގެ ބޭނުން ހިފާ ރައިޝާ ބޭނުންވީ ނައިރާގެ ހިތުގައި އޮތް އެއްޗެއް ސާފުކުރާށެވެ. ރިއާޝްއާ މެދު ނައިރާ ދެކޭ ގޮތް ހާމަކުރާށެވެ. އެހެންކަމުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ރައިޝާ ފެށިއެވެ.
“ނައީ.. އައިމް ގޮނަ އާސްކް ޔޫ އަ ކުއެޝަން.. އެންޑް އަައި ވޯންޓް ޔޫ ޓު ބީ އޮނެސްޓް” ރައިޝާ ބުނެލީ ސީރިޔަސްކަމާއެކީއެވެ. އެވަގުތު ނައިރާގެ ހިތަށްވެސް ގޮތެއް ވެލިއެވެ. މީ ރައިޝާ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. މިގޮތަކަށް ދުވަހަކުވެސް ސުވާލެއް ނުކުރާނެއެވެ. ދެން މިއަދު ކުުއްލިއަކަށް އެހެން ބުނުމުން ސިހޭނެ ނޫންހެއްޔެވެ. “ޔާ.. ގޯ ފޯރ އިޓް..” ނައިރާ ބުނެލީ މަޑުމަޑުންނެވެ. ރައިޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ނައީ.. ޑޫ ޔޫ ލަވް މައި ބްރަދަރ؟” އެންމެ ފަހުން ރައިޝާ އަހާލިއެވެ. އެވަގުތު ނައިރާއަށް ލިބުނު ސިހުމަކުން ހުއްޓުން އެރިއެވެ.
ނުނިމޭ…
ލިޔުންތެރިޔާގެ ބަސް: އަޅުގަނޑު މި ވާހަކައިގައި ބޭނުންކުރާ ދެ ނަން ކަމުގައިވާ “ރިއާޝް” އަދި “ރިޔާޝް” އެއްގޮތްކަމުން ކިޔުންތެރިންނަށް އޮޅުން އަރާ، އަޅުގަނޑު އެހާ އެއްގޮތް ދެނަން ބޭނުންކޮށްގެން ވާހަކަ ލިޔަނީ ކީއްވެތޯ ސުވާލު އުފެދިދާނެ. ސަބަބަކީ، މިއީ އަޅުގަނޑު ވަރަށް ޚާއްސަ އެކުވެރިންތަކަކަށް ޚާއްސަކޮށްގެން ލިޔާ ވާހަކައަކަށް ވާތީ، އެކުދިންގެ ނަން މި ވާހަކައިގައި ބޭނުންކުރަން ބޭނުންވާތީ. ވީމާ، ކިޔުންތެރިންނަށް އަރާފާނެ އޮޅުންތަކުން ދުރުކޮށްދިނުމުގެ ގޮތުން އަޅުގަނޑު “ރިޔާޝް” މި ނަން ބޭނުންކުރާނީ އަޅުގަނޑުމެން އޭނަގެ ނަން ކުރުކޮށްގެން ކިޔާ ނަމެއް ކަމުގައިވާ “ޔާޝް” ގެ ނަމުގަ. މި ނިންމުމާމެދު ކިޔުންތެރިންގެ ޚިޔާލު ފާޅުކޮށްދެއްވުން އެދެން. ޝުކުރިއްޔާ!
11 Comments!
Comments are closed.
V reethi mi part alheyyy yageen eynavex loabivaane .. heheh v avahah genesdheeba nayooooo aneh part plx keyy Madhu vey eba mihaaruvex v avahah genesdhehchey ingey nayoooo Kokky ??????
In reply to Princess…
tyssm dearr… aneh bai hama liyevunuhaa avahakah submit kuraanan insha allah… iraadhakurevviyyaa wednesday ge kurin genesdheveythoa vrh try kuraanan… and kiyevun vx vrh bura V ma vrh undhagoo time manage kuran vx… understand vaane kamah ummeedhu kuran… take care…
I understand vey nayooooo kokkyge hurihaa kameh hehe vaguthu vee varakun liyaanee vaahaka ok love you take care nayooooooo Kokky???????????
Salaam my dear readers… here is the 6th prt of my stry… hope u all will love it… next part wednesday or thursday ga submit kohlaanan insha allah…
Lysssm my dear readers… u are my strength… stay safe nd take care
Hi nayoo dhoonee ❤️❤️❤️
Wow. Just wow. Stry hama habeys. Aslu riaash aa riyaash ey 2 name kn alhugandah faahaga vey. So yaash use kuriyas riyaash use kuroyas okii. Its the authors option. Mibai vrh reethi ❤️❤️❤️❤️hama kiyaa hitun hutta nimunee❤️❤️❤️nd stry ge comedy bai thah vss vrh fun. U have the talent dear ❤️❤️❤️ go like this and be a famous author ❤️❤️❤️❤️ remember this I’ll always be by ur side nd surport u❤️❤️❤️ my best wishes r with u ❤️❤️❤️nd nayu ge stry kiyaa hih vaa main reason akee stry avahah up koh dheythee. I akah vss ehaa avahakh stry up eh nukurevey. Anyways gud luck writing next episodes.❤️❤️❤️nd thn nairaa yess ey bunaanee dhw❤️❤️❤️finally nairaa nd riaaash together ❤️❤️❤️yay im so happy.
Thank u so much nayoo fr giving us such a beautiful stry to read ❤️❤️❤️❤️❤️
Ss
Sh
Tc
Lysm
hey lwbi lailac baby…
awwww tyssssssmmmm dhooneeee… this is my favourite cmmnt up to this day… vvvvv ufaa vejje… enme ufaavee stry reeehchey buneemakaa noon…. aslu enme ufaavee stry gavaidhun up kohdeyey buneema… nayaage baeh friends bunaane vrh lahoa up kuraaleh adhi vrh kuroa… alu vrh insecure vey ehen bunaatheeve… alhey part thah kurutha?? vvvv dhera vey ehen bunaathee… aslu mee vrh bura kameh… kiyavamun dhigu vhk liyumakee… but baeh kudhinnakah understand eh nuvey… nayoo trailer ga vx bunin konme week ehge 2 days ga ey up kuraanee… and i am fulfilling that promise… insha allah adhivx mi gothuga kuriyah dhaanan… vhk thakuge ithurun lhemaa mazumoonaa bandhi fadha ehchehi vx nayoo amilla ah hadhaa, up kuraanan… tyssssmmmmm once again lwbikolhuuuuuu…. and remember that i will also be by ur side… hehe riyaash ge name faahaga vey dhww… ok… thanks for sharing ur option… hehehe naira bunaa ehcheh balaalan hingaa dhw next part ah wait kohlamaa… ehetha? ninmaalaafa hunna goi reethi tha?? nayoo abadhuvx balanee veehaavx curious koh ninmaaleveythw… eyrun readers interesting kamaa eku next part kiyaa hih vaanee… that’s my thought.. and vhk liyamun gendhiya varkah adhi ithurah improve ve kuri araane kamah mi balanee… yesssss naira and riaash vrh avahah date kuran fashaane insha allah… nayoo vx mihaaru e dhkudhin gulhuvumuge masakkai fashaigen mi ulheny… hehe… rai vx help vaneenu eyoh… dhww 😉 hahahaha…
and tysssssssm for supporting me to write such a beautiful story…
stay home
stay safe
take care
lymmmmm darl
Hey part thah kureh nooney nayooo kudhin kiyaane ehn alhaanulaa v reethi mi baives v reethi vaahaka eh mee and yes gavaaidhun nayoo up kohdhey mi vaahaka love you take care????
Aslu vss nayoo thibunee hama rangalhah. Kithanme dhigu koh liyunas meehun bunaane kurey. Aslu stry kureh noon. Dhn kithanme avhahnerunas vhk nereney lahunney vss kiyaane.
Ekm vss lailac bunefaanan . Nayoo stry kureh noon. Nd nayoo hafthaa sku 2 devahu stry nery thee stry nerenee lahunnekey vss nubuneveyne. But i cant write even an episode in a week due to my busy scedule. But i ge friends surport dhey thee it makes me happy. I ah vrh surport dhey shaleen ,zahu, zee ,rill, nonie, inshu, dhn im hoping nayoo vss i ah surport kuraane kmh. Last episode ga vss nayoo ge comment fenuneyma i vss really happy.
Dhn stry lahey noony kurey kiyaa meehunnah nuvisneney. How busywe writers aa.
Dhn nayoo dhionee dnt lose hope.meehaku bunaa ehchakun hih varu eluvaa nulaathi. Liyun theri kamuga kuriyah dheveynee vrh hihvarugadha vgn. Baivaru negative cmnts libeyne. But u should go foward. Without falling down eyrun isa Allah molhu writer akh vaane.
Nd nayoo ehvss kmkh help eh beynun nama nooney indmsecure feel vanyaa u can talk with me. Ill always help u in which ever way i can.
Wow Masha Allah
Vrh sali Mi part vxxx Hama best❤️❤️❤️?
Keep it up lwbiii ❤️❤️❤️❤️❤️?
Haadha lwbi eyy dhw riaash and raishaa vxx uley goi best siblings dhw ❤️❤️❤️❤️
Hehhehehe??❤️❤️❤️??☺️
Ale Hama aslah vxx nairaa bunihen raishaa Ah note koluu fonuvee maaish❤️❤️ baaneyge dhw heheheh??????❤️❤️❤️
Keekey baa nairaa bunaany raishaa riaash ge vaahaka buneemaa❤️❤️❤️
So curious for next part ingey ??❤️❤️❤️❤️☺️☺️
Ril Ah okk riaash and riyaash beynun kuriyas❤️❤️☺️???. Naayoo ge hiyaalah Ril Hama thaaeedu ingey❤️❤️❤️
Waiting for the next part❤️❤️❤️
Love u sooo much ❤️❤️❤️
Stay safe and tvgc ❤️❤️
In rely to princess…
awww tyssm sisyyyyyy… thanq for always supporting me nd understanding me so well… lymmmmm lwbikolhuuuuuu
In reply to ril sis…
awwww tysssm ril sisooooo.. hehe nayoo ahvx heenvanee e note kohu dhinee maaish hen… dhen hingaa balamaa dhww… yess they r so cute dhww asluvx… ty for sharing ur opinion igey sisooo abt the name… hehe naira bunaa ehcheh balaalan jeheynee next part ah wait kohlan… adhi liyaane vagutheh nuvegen mi ulheny… ekam liyevunu haa avahakah hama submit kuraanan insha allah… keep waiting darl…
lymmmmmmmmmmm
stay safe nd take care