Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަމަޖާލޯބި

ބީވެ ދިޔަޔަސް…

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
April 17, 2021 6 Mins Read
14 Comments

 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ އަތިރިމަތީ މީހުންތައް އެ ހިތްފަސޭހަ ކަމުން ހިތަށް ފިނިކަން ހޯދަން ޖޯލިފަތި ތަކުގައި ތިއްބެވެ. ކުޑަކުދީންތަށް ތަފާތު ކުޅިވަރު ކުޅުމުގައި މަސްއޫލުވެގެން އުޅުނެވެ. ޒުވާން ފުރާގެ އަންހެން ކުދީން ވެސް ގޮނޑުދޮށުގައި ފޮޓޯ ނަގަ ނަގައި ތިއްބެވެ. ރަށުގެ ޒިޔާރަތް މަގުގެ މެދެއްހާ ހިސާބުގައި ބޮޑު ގެއެއް ހުއްޓެވެ. ރީނދޫ ކުލައިން މުޅި ގެ ޖަރީ ކޮށްފައި ވުމުން ވައްތަރީ ކެންޕޭނަށް ތައްޔާރު ކޮށްފައި އޮތް ހެނެވެ. ރީނދޫ ކުލައިގެ ބޯގަންވިލާ ގަސްތައް ގޯތި ތެރޭގައި ހައްދާފައި ހުރި އިރު ގަހުގެ ގޮފިގަނޑު ގަނޑު ގޭގެ އިން ފާރު ހުރަސް ކޮށް މަގުގައި ވެސް ރަސްކަން ކުރަމުންދިޔައެވެ. ގަސްތަކުން ފައިބާފައި އޮތް ބޯގަންވިލާމާތަށް ބިން މައްޗަށް އެޅިފައިވާ އިރު ވައްތަރީ ރީނދޫ ކުލައިގެ ބޯ ދޫލަ އަކާ ހެންނެވެ.

 

އެ ގެ ކައިރީ އިން ޖޯލިފަތީގައި ވިއްސަކަސް އަހަރުގެ އަންހެން ކުއްޖަކު އިނެވެ. ރީނދޫ ކުލައިގެ އަރިފަޅިއެއްގައި އިން އިރު އޭނާގެ ބުޅި އިސްތަށިގަނޑު ވަނީ އައްސާލާފަ އެވެ. މަގުގެ އުތުރަށް އިރު އިރު ކޮޅާ ނަޒަރު ހިންގާލާ ގޮތުން ވައްތަރީ މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް އެ ކުއްޖާ އެ ހޯދާ އެއްޗެއް ފެނޭތޯ ބަލައިލި އެވެ. މިފަހަރު މާޔޫސްވެ އިސްދަށަށް ޖަހައެއް ނުލިއެވެ. އޭރު އެރަށުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިޔަމް ކަސްރަތަށް ދުވާ ހެން މަޑުމަޑުން ދުވަމުން އާދެއެވެ. ދާހިއްލާ ފޯ ވެފައިވާ އޭނާގެ ޖޯޒީއިން އެ އައީ މެޗެއް ނިންމާފައިކަން ދޭހަވެއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ބޮލު މެދަށް ނަގައި ހުޅިއެއް ޖަހައިފައި ވުމުން އަޅުގަނޑަކަށް ކަމަކު ނުދެ އެވެ. އެހެނަސް އެ އަންހެން ކުއްޖާގެ ނަޒަރު ލިޔަމް އާ ކަސިޔާރު ނުވެއެވެ. ފަރާތަކަށް އެނބުރި ލުމެއްވެސް ނެތި ލިޔަމް ހުރި ސީދަލަށް ދިޔަ އިރުވެސް އެ އަންހެން ކުއްޖާ އިނީ ލިޔަމް އަށް ބަލާށެވެ. ލިޔަމް ގޮސް އޭނާގެ ލޯމަތިން ގެއްލުމުން އޭނާ މޭގައި އަތް އަޅާ ލިއެވެ. “ހޮއެ ހޮއެ ހޮއޭ…. މަގޭ އެމް ޑީ ޕީ ކުލަ ފާޓާގަނޑު ހާދަ ވަރަކަށޭ އެ ސޮރަށް ތި ބަލަނީ… ކިހިނެއްވީ؟ ހިތް ކީތަ؟ ތިހާ އަވަހަށް ނިންމަން އުޅެންޏާ މަ ގޮސް ލިޔަމް ކައިރީ ބުނެފާނަން…” އަހުޝާގެ އެކުވެރި އާޝާ ވަގުތުން އައިސް އަހުޝާ އާ ދިމާ ކޮށްލިއެވެ. އަހުޝާ އޭނާގެ ހިތުގެ ހާލު އާޝާ އަށް ކިޔައިދެމުން ދިޔައިރު އާޝާ އިނީ ހީހީ ހަލާކު ވެފައެވެ. “ހޫމް ނުބުނާނަމޭ ލިޔަމް ކައިރިއަކު… އެކަމަކު މަ ހައިރާންވެއްޖެ އަހޫ ކަހަލަ ރޫފަ ރީތި ބުޅި އިސްތަށިގަނޑެއްގެ ވެރިއަކު ލިޔަމް ކަހަލަ ބުޅި ބޮލަކާ އަޅައިގަތީމަ!… ބުޅި އިސްތަށިގަނޑު ހުންނަ އަންހެން ކުދިން ޖެހޭނީ ފަން އިސްތަށިގަނޑު ހުންނަ ފިރިހެން ކުއްޖެކޭ ހޯދަން…ޕިސް މެޑަމް ބޮޑު ގަޅި ހުންނަނީ ދޯ!… މެޑަމް ބިޓުން ސެޓު ކުރާއިރު ބޮޑު ވިސްނަން ޖެހެނީނު… ޕިސް ހާދަ ހެއްވައޭ! ” އާޝާ އަކީ މާ އިނގޭ މީހަކީ ތޯއްޗެކެވެ. އަހުޝާ ރުޅި އަރުވަން ދެއްކެން އޮތްހާ ވާހަކައެއް އޭނާ ދެއްކިއެވެ. އަނގަ ގަދަ މީހެކޭ އަހުޝާ އަށް ބުނެވުނީ ކިތަށް ފަހަރު ކަމެއް ނޭންގުނެވެ.

 

މިއަދު ވެސް އަހުޝާ ޖޯލިފަތީގައި އިނީ ލިޔަމްގެ އިންތިޒާރުގައެވެ. ހައެއްކަ މީޓަރު ދުރުން ލިޔަމް ފެނުމާއި އެކު އަހުޝާ އަށް އިނގުން ވިއެވެ. އާޝާގެ އެދުމަށް ލިޔަމްއާ ވާހަކަ ދަށްކަން އޭނާ ތައްޔާރު ވެލި އެވެ. އެހެނަސް ލިޔަމް ކައިރިވަމުން އައި ވަރަކަށް އޭނާގެ އަނގަ ލެއްޕެނީ އެވެ. ދެއަތް ދެއަތާ މޮޑެ މޮޑެ އިންދާ ލިޔަމް އޭނާ ހުރަސް ކެނޑި އެވެ. “ށިޓް” އެލަފުޒު އޭނާގެ ދުލުން ބޭރު ވުމާއި އެކު އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ކުރިމަތީ އޮތް ގޯޅިއަށް ލިޔަމް އެޅުމާއި އެކު އާޝާ ދުވެފައި އައެވެ. “އޭ ކިހިނެތް ތި ހެދީ؟؟؟ ހުރޭ މަ އަންނާނަން އޭނަ ކައިރިއަށް ގޮސް” އެހެން ބުނެ ލުމަށް ފަހު ލިޔަމް ގާތަށް ދިއުމަށް އާޝާ ދުއްވައިގަތެވެ. އެހެނަސް އަހުޝާ އޭނާގެ އަތުގައި ހިފާ ޖެހި ލަތްކެއްގެ ސަބަބުން އޭނާ ޖޯލިފައްޗަށް ވެއްޓުނެވެ. “ނޯ ނޯ ނޯ… ނުބުނާތި ނުބުނާތި ނުބުނާތި ލިޔަމް ކައިރީ މަ ވާހަކަ… ބުނެ ފިއްޔާ އިނގޭނެ ހަދާލާނެ ގޮތް” އަހުޝާ އާޝާއަށް އިންޒާރު ދެމުން ބުނެލި އެވެ. ބޯޖަހާލިއަސް އާޝާ އިނީ އަހުޝާ އަށް ދޫކުރާ ގޮތަކަށް ނޫނެވެ. ފާޚާނާ އަކަށޭ ކިޔާ ލިޔަމް ދިޔަ ގޯޅިއާ ދިމާލަށް އަހުޝާ އެތެރެއަށް ވަނުމުން ދުއްވައިގަތެވެ. “އޭ ކެޕްޓަން! އޭ މަޑު ކޮށްބަލަ” ލިޔަމް އާ އަރާ ހަމަވުމުން މާނޭވާ ލަމުން އާޝާ ބުންޏެވެ. ލިޔަމް ބުމަ އަރުވާލި ގޮތުން އާޝާ ވީ ފޫއްސެވެ. “ހޫމް އޭ… މަށަކަށް ނޫނޭ ބުމަ އަރުވަންވީކީ… އަހުޝާ އިނގޭނު ބަކުރުބޭމެން ގޭ… އޭނަ އަށް” އާޝާ ހަމަޖެހިލަމުން އެއް ލޯ މަރާލިއެވެ. “އަހުޝާ؟ ވަޓް އަސްލުތަ؟ ތިބުނީ ކީކޭ ކަމެއް މަށަކަށް ނޭންގުނު…” ލިޔަމްގެ ހިތް ތެޅިލި ނަމަވެސް މި ގަޅި އަންހެން ކުއްޖާގެ ކުރިމަތީ ބަލިކަށި ނުވާން ވެގެން ޖީބަށް އަތް ޖަހާލަމުން ބުނެލި އެވެ. އެހިނދު މީ ހާދަ ފޮނި ސޮރެކޭ އާޝާގެ ހިތަށް އެރިއެވެ. “ހޫމް މީ އާން! އަނޭއް އަހުޝާ ލައިކު ވެޔޯ ކުއްޖެއް ދެކެ… ވަރަށް ހޮޓޯ އެ ސޮރު… އެކަމު ނުކެރެޔޯ ބުނާކަށް… ވަރަށް ބޭނުމޯ އެ ސޮރާ ވާހަކަ ދަށްކާލަން ވެސް… އެކަމު ނުކެރެޔޯ… ވަރަށް ލޯބި ވެސް ވެޔޯ…”އާޝާ ކުރު ގޮތަކަށް އަހުޝާ އޭނާ ގާތު ބުނި ވާހަކަތަށް ލިޔަމް އާ ހިއްސާ ކުރި އެވެ. “ބަލަ މިހިރަ ގަމާރާ… ދެން މަށަށް ކޮން ކަމެއްތަ އަހުޝާ ކޮންމެ މީހަކު ދެކެ ލައިކު ވިޔަސް…  ތި ވާހަކަ ދަށްކަން މަށަށް ވުރެ ރަނގަޅު މީހަކު ނުފެނުނީތަ؟” ލިޔަމްގެ ހިތަށް ގޮތް ނޭންގޭ އިހުސާސް ތަކެއް ވިޔަސް އާޝާ އަށް އެކަން ސިއްރު ކުރެވޭތޯ އޭނާ މަސައްކަތް ކުރި އެވެ. އޭނާ އެހެން ބުނުމާއި އެކު އާޝާގެ ފޫހިކަން ވީ އިންތިހާއެވެ. “އޭ ގަޅިޔާ މަށަކީ ގަމާރެއް ނޫން އިނގޭ…. މި ބުނީ އަހުޝާގެ ކްރަޝް އަކީ ތިގޮލާ ވާހަކަ… އަހުޝާ އާ ރައްޓެހި ވާނަންހޯ؟ އޭނަ އާ އިންނާނަން ހޯ؟… ޖަވާބު ދޭން މިރޭ ރަހަ މީރަށް އާދޭ” އެހެން ބުނުމަށް ފަހު އާޝާ އެތަނުން ދުރަށް ހިނގައިގަތީ ހިތުން ލިޔަމް އަށް އެއްޗެހި ގޮވަމުންނެވެ. އޭރު ލިޔަމް އަށް ހުރި ތާންގައި ހުރެވުނީ އެވެ. ދެ މަސް ދުވަހުގެ ތެރޭގައި އޭނާ ކުރި ބުރަ މަސައްކަތުގެ މޭވާ ލިބުނީ ހެއްޔެވެ؟ ޙަޤީޤަތުގައި އޭނާ އަހުޝާ މެންގެ ގޭ ކުރިމަތީން ދުވެފައި އަންނަނީ ކަސްރަތަކަށް ނޫނެވެ. އަހުޝާ އަށް ދެއްކޭށެވެ. ރޭބަން އައިނެއް އަޅައިގެން ދުވާ ނަމަވެސް އެ މަގަށް އެޅީންސުރެން ލިޔަމް ބަލަނީ އަހުޝާ އަށެވެ. އަހުޝާ އަށް އޭނާ ބަލަނީ ކޮންތާކަށްކަން ނޭންގެނީ އޭނާގެ އަވި އައިނުގެ ސަބަބުންނެވެ. އަހުޝާގެ ލޯމަތިން ގެއްލުމުން އޭނާ ދުވުން ހުއްޓާލައެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ކަންކުރަނީ މިފަދައިންނެވެ. މިއަދު ވެސް އެފަދައިން ކަންތަށް ކުރީ އުންމީދުގެ ހުޅު ކޮޅު ހިތުގައި ރޯ ކޮށްގެންނެވެ. އަހުޝާ އާ އިންނަން ބުނުމުން ލިޔަމް ކުޑަކޮށް ފުންމާ ލިއެވެ.

 

ރީތިވާ މޭޒު ކައިރީ ހުރެ ބޮލުން ފެން ހިއްކާލި ލިޔަމްގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. ގަމީސް ބަލައި ދިޔައިރު އޭނާގެ ކޮށްކޮ ގަމީސް އިސްތިރި ކުރަނީ އެވެ. ލިޔަމް އަވަސް ކުރަން ލަމްހާ ގާތު ބުނެލީ ސޯފާ އަށް ވެއްޓި ގެންނަމުން ނެވެ. “ދެންވެސް މީހަކާ އިނދެބަލަ… އޭރުން ނުޖެހޭނެ އަވަސް ކުރަން މަގޭ ގާތު ކިޔާކަށް… ހުވާ މިބުނީ… މީނައަށް ކައްކާ ކާން ހަދަން ޖެހެނީ މަ! އެއްޗެހި ދޮވެ އިސްތިރި ކުރަން ޖެހެނީ މަ! އުޅޭ ކޮޓަރި ގަނޑު ސާފު ކުރަން ޖެހެނީ މަ… ބޯ ފަޅައިގެން ދާ ވަރު ވޭ!!!” ލަމްހާ އާދައިގެ މަތިން ޝަކުވާ ކޮށްލިއެވެ. “ތި ކަމާ މި އުޅެނީ” އިޚްތިޔާރުން ބޭރުގައި ލިޔަމް އަށް ބުނެވުނެވެ. ބުނެވުނު އެތި ރޭކާލުމުން ގަމީސް އަތިލައިގެން ދުވެފައި ގޮސް އޭނާ ކޮޓަރި އަށް ވަނެވެ.

 

“ޕިސް ވަރަށް ފޮނި ގޮލައެއް އެއީ… މީހަކަށް އެއްޗެއް ބުނެވޭ އިރަށް އެވީ ގަމާރު… ހުވާ މަ ހާދަ ފޫއްސެއް ވެޔޭ އޭނަދެކެ… ”  އާޝާ އަހުޝާ ގާތު ހުރެ ލިޔަމްގެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ކޮންމެސް އެއްޗެކޭ ކިޔައިގެން އަހުޝާ ކެފޭ  އެ ގެންދަނީ ލިޔަމް އާ ބައްދަލު ކުރުވަން ކަމެއް އަހުޝާ އަކަށް ނޭނގެއެވެ. ކެފޭއަށް ވަނުމާއި އެކު އަހުޝާގެ ލޮލުގައި ލިޔަމް އަޅައިގަތެވެ. އާޝާގެ އަތުގައި ވިކާ ލަމުން އޭނާއަށް ލިޔަމް ދަށްކާލިއެވެ.”އެއިނީނު ގަޅި ތަކަހޮޅި ގަނޑު ” އާޝާ އަހުޝާ ގޮވައިގެން ލިޔަމް އިން މޭޒާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. އާޝާ އޭނާ ގޮވައިގެން ލިޔަމް ކައިރިއަށް ދާން ހެދުމުން އަހުޝާ ހައިރާން ވިއެވެ. އަހުޝާ ލިޔަމްގެ ކުރިމަތީ ބޭންދުމަށްފަހު އަރިމަތީ އިން ގޮނޑީގައި އާޝާ އިށީނެވެ. އެހެނަސް ތެދުވެ އެހެން މޭޒެއް ކައިރިއަށް ދިޔައީ ދެ ލޯބިވެރިންގެ ދޭތެރެއަށް ވަންނާކަށް ނުވާނޭ ކިޔައެވެ. ދުރުގައި އިން މޭޒެއްގައި އެ ދެ މީހުން ފެންނާނެހެން އޭނާ އިށީނީ ކޮފީ އަކަށް އޯޑަރު ޖަހަމުންނެވެ.

 

އެރެއަށް ފަހު ލޯބިވެރިންގެ ލިސްޓުގައި އައު ޖޯޑެއްގެ ނަން ލިޔެވުނެވެ. ލިޔަމް އާއި އަހުޝާގެ ގުޅުމަށް އަހަރެއް ފުރުނު ދުވަހު އެ ދެމީހުންގެ ކައިވެނި ކުރެވުނެވެ. އާޝާގެ ދިމާ ކުރުން ތަށް އަހުޝާ އަށް ރައްދު ވަމުން ދިޔައިރު ލިޔަމް އަހުޝާގެ ދިފާޢުގައި ހުރެ އާޝާ އަށް މޮޔަ ގޮވަމުން ދިޔައެވެ. ލިޔަމް އާއި އަހުޝާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހު އަހުޝާ ވިހާ ދުވަސް އައިސް ޖެހުނެވެ.

 

ވިއްސާ ކޮޓަރީގެ ދޮރުމަތީ ދެ ކޮޅަށް ހިނގާލަ ހިނގާލާ ލިޔަމް ހުއްޓެވެ. އާޝާ ގޮނޑި ބަރީގައި އިނީ އަހުޝާ އަށް ހެޔޮ ދުޢާ ކުރަމުން ނެވެ. އަހުޝާގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން ލިޔަމްއަށް އެތާ ހުރުން ވީ އުނދަގޫ ކަމަކަށެވެ. އިތުރަށް ކެތް ނުވުމުން ހަސްފަތާލުން ނުކުތުމަށް ލިޔަމް މިސްރާބު ޖެހި އެވެ. އެވަގުތު ވީ ޑަކުޓަރު ނަޔާ ކޮޓަރިން ނުކުން ވަގުތަށެވެ. “ވަރަށް އަވަހަށް ބީ ނެގެޓިވް ލޭ ބޭނުން ވޭ… “އެހެން ބުނުމަށް ފަހު އަނެއްކާވެސް ޑަކުޓަރު ނަޔާ އެތެރެއަށް ވަނެވެ. އާޝާ އަށް ހަދާނެ ގޮތް ހުސްވި އެވެ. ލިޔަމް އެއް އަތުޖެހޭ ހިސާބަކު ނެތެވެ. އޭނާ ގައިގައި ހުންނަނީ ބީ ނެގެޓިވް ކަމަށްވިއަސް ލޭ ނަގަން ދާން ޖެހޭ ތަނެއް އޭނާ އަކަށް ނޭނގެއެވެ. ވަރަށް ހާލުން މީހުން ގާތުން އޮޅުން ފިލުވައި ގެން އޭނާ ލޭ ނެގި އެވެ. ބާރު ބާރަށް އައިސް ރިސެޕްޝަނަށް މަޢުލޫމާތުދީ ލޭ ކޮޅު ހަވާލު ކުރި އެވެ. އެއަށްފަހު ލިޔަމް އަށް ގުޅަމުން އަނެއްކާވެސް ވިއްސާ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. މާ ގިނަ އިރެއް ނުވެ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އާޝާ އަށް އިން ތަނުން ތެދުވެވުނު އިރު އަހުޝާގެ މައިންބަފައިން އައިސް އެތަނަށް ވަނެވެ. އިރުކޮޅެއް ނުވެ ރުއިމުގެ އަޑު ކެނޑުމުން އެންމެންނަށް ވެސް ނޭވާ ހިފަހަށްޓާލެވުނެވެ. “ޑަކުޓަރު އަޅުގަނޑުމެންގެ ދަރިފުޅު ކިހިނެއްތޯ؟” ހާސް ވެފައި ހުރި އަބޫބަކުރު ސުވާލު ކުރީ ޑަކުޓަރު ކޮޓަރިން ނުކުތުމުންނެވެ. “ވަރަށް ބޮޑަށް މާފު ކުރައްވާ… މަންމަގެ ހާލު ރަނގަޅު… އެކަމަކު ދަރިފުޅު……” ޑަކުޓަރު ނަޔާ އަށް ބުނެވުނީ އެހިސާބަށެވެ. އާޝާ ކަންބޮޑުވުން އެކުލެވޭ ގޮތަކަށް ދަރިފުޅު ކިހިނެއްތޯ އެއްސެވެ. ދެން ޑޮކްޓަރުގެ ދުލުން ނުކުތް ދެ ލަފުޒާއި އެކު އެންމެން ހުއްޓުން އަރައިގެން ދިޔައެވެ. ސަފީގާ ހުރި ތަނަށް ތިރިވި އިރު އަބޫބަކުރަށް ހިފަހައްޓާލެވުނީ ކިރިޔާ އެވެ. އާޝާ އަށް ލިޔަމް ކޮބައިތޯ ބަލައިލެވުނު އިރު ނަޔާ އިސްދަށަށް ޖަހައިގެން ހުރީ އެވެ.

 

އަސުރު ނަމާދަށް ފަހު އަހުޝާ އަދި ލިޔަމްގެ ދަރިފުޅުގެ ކަށުނަމާދު ކުރެވުނެވެ. ކަށުކަމާކެމީގެ ކަންތަށް ނިންމުމަށް ފަހު ލިޔަމް އޭނާގެ އަނބިމީހާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. އޭރު އާޝާ ނިދިފައި އޮތް އަހުޝާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. މާނަ ނޭންގޭ އަސަރު ތަކެއް އާޝާގެ މޫނުގައި ވެސް ވިއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. ވަކިވެ އެދިޔައީ އޭނާގެ ދެބެންގެ ދެދަރި ދައްތަގެ ދަރިފުޅެވެ. ލިޔަމް ވަން ކަން އެނގުމުން އާޝާ އެތަނުން ނުކުތެވެ. އާޝާ ދިއުމުން ލިޔަމް ގޮސް އަހުޝާގެ ގާތުގައި އިށީނެވެ. ލޯބިވާ އަނބިމީހާގެ އަތުގައި ހިފާ ލަމުން ލިޔަމް އެ އަތަށް ބޮސް ދިނެވެ. އަހުޝާގެ ބޮލުގައި ފިރުމާލަމުން އޭނާ ވާހަކަ ދައްކަން ފެށި އެވެ. “އައިމް ސޮރީ އަހޫ… އަހަރެމެންގެ ފުރަތަމަ ދަރިފުޅު ބީވެ ދިޔަޔަސް އަހަރެން އަހޫގެ އަތުން ބީވެގެންނެއް ނުދާނަން… އުމުރަށް ވެސް އަހޫ އާ އެކު ހުރެދޭނަން… އިރާދަ ކުރެއްވިއްޔާ އަދި އެހެން ކުއްޖަކު އަހަރެމެންނަށް ދެއްވާނެ.” ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލުމަށް ފަހު އަހުޝާގެ ނިތަށް ލިޔަމް ބޮސް ދިނެވެ.

 

(ނިމުނީ)

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ލޯބި 3

Next

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 7

Next
April 17, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 7

Previews
April 17, 2021

ލޯބި 3

14 Comments!

  1. ?Ril? says:
    April 17, 2021 at 8:24 pm

    masha allah vrh sali mi kuruvaahaka
    furathama hama ril ah hevuny liyam and ahushaa ge baa inymaa hehehehh
    vrh furihama ingey hama .
    keep it up dhoonee
    aley vrh deravi aslu liyam men ge dari maruveemaa so sad
    btw dhn vxx mikahala kuruvaahaka eh kiyaalanq libeene kamah inthizaarukuran
    stay safe
    lysssmmmm
    mysssmm

  2. Lailac Baby says:
    April 18, 2021 at 4:30 am

    Reeshu❤️❤️❤️❤️
    Stry vrh reethi masha allah. And i really love aasha’s character. E cracter vrh majaa. Nd i tht frst liyan kairee buneema ????knh vaane. I ws relived that he wasn’t angry. And vhk kiyaadheefa huri goi vrh majaa??? vhk kiyamn dhiya iru baeh faharu ekani huregn hevunu. U have the talent dear ❤️❤️❤️❤️witing for commedy land ❤️❤️❤️alhe comedy land ah takai haadha dhigu inthizaarekey mi kuran jeheneee.ekm vss waiting. I know cover pic nulevgn kn las vanee. Ekm vss stry kiyaa hithun
    ޔާރު ހުރީ ގައިމޭ އިންތިޒާރެއްގާ
    Reeesh i mihuree hamacomedy land ge inthizaarugai ??? e stry. Ge kurin vs mikhl majaa kuru vhk thah genes dheythee im really happy ???reesh ge hurihaa stry eh ga vss comedy bsi himeneey. Thats what makes ur storys perfect
    Stay safe ❤️❤️
    Sh
    Tc
    Lysm

  3. ReeshA CoronA ReeshA CoronA says:
    April 18, 2021 at 10:28 am

    Al hamdhu li Allah ka seeran val hamdhu li Allah kaseeran va Subhaanah Allah bukrathan va aseelaa… Hmm rangalhey manjjey… Aaan stry rh liyunee brw.. Hama ehn ohvva hithah eree furathama lhemeh hadhan MDP kula laigen… Ekam Dhen hithah eree Ahushamu aa thakaholhi ge love stry liyan ????Alhe fahe Kon gothakun thr mi story sad eeee???? heyn v noonthr thakaholhi aa Ahushaa ge dhari maru v ma?Reesh ah v majaa ?????dhogeh noon Auntie thi bunii… Reesh dhevana faharah check vx nukoh submit kuree hevey varun… Adhi ngey thr enme fahu dialog kiyaa iru adhi vx Reesh ge hini gandu matha nuvey… Bunefi ehnnu dhevana dhari aku dhehvaaney ?? Ahu dheke E oh Vaa loehbehge bodu kamaa eve… Visnaalabala mioh Gina meehun ulhey site Therey vx nithah boss dhee athah boss dhee??Aahh Dhn adhi vx buney dhogekey kaley men in rey ? vaahaka buneema.. dhw Nayaa

    Hmm hama firehenunge vahtharu eii… Ahushaa Ah foni dhehken jahaa rabaru aineh alhaigen ruhkuri eh hen is Thashi gandu hadhaigen dhuvany… Aan dhogeh Noon hahah eyna ah salute ??????

    Eyna meehaka inas Lam ah nethey salaamatheh ???? in meehaa maa kannethey… Lam ge massaikkai v dheguna o… Dhww… Ma vx Magey sis ge Galhi kamun antharees

    Ahtheyyyy meena adhi dhera vanii ????hahah ma ufalun nei gotheh… Hmm brw Mee hageegathey.. Ahushamu vihssii Nayaa ehnnu… Ley nethi Gen ley dhinii mi nikamethi Aisa ehnnu ???E dhuhu ulhunu bika haalu ge vaahaka vx liyuniimey ?? adhi Liyam birun fili vaahaka vx eba inehnnu… Inthaa Thin dhuvas Therey Bali ve indhe fi… Ma eyny liyefa thin mas fahun preg vi vaahaka ??ey klw moya nugovaa

    TYSSSSSSSSSSSSSSSSSMMMMMMMMMMMMMMMMMM lwbi Auntie ❣️❣️❣️❣️❣️❣️❣️❣️Ahtheyyyy hama jehey.. Kuriah othy Varugadha surprise eh… Brw Aslu Vaa gothakee mee tab v ma mi akun meega save kohffa Ina ehcheh nulevey Ekam kurin ehen meehun laifa huri cover thah levey… E gothah hoadhaigen Mi cover Lee… But ISA maadhan Submit kuraanan

    Aaan roadha koyaa.. Manje roadha thr?
    Lahbba
    Lahbba manje vx
    Same Nayooooooooooooooooooo

    1. Nayaa Nayaa says:
      April 18, 2021 at 12:51 pm

      aaekey manjey aaekey mi vhk sad eh nooneyyy… hama hee hee halaaku… hahaha…

      aaekey manjeyy athah bos dhee, kolah bos dhee, nithah bos dhee, yageeney mihaaru kihpathah vx bos dheyne kan.. aan adhivx bunaane eii dhogekey dhww… e dhuvahu kiss kuri than manje ah fenigen manje anburaigathee… ril sis hodu lavaigathee… ma fakeeru enme fahun jehunee kaleymen dhekudhin hospitalah laidheyn vx… erey ma fakeeru kriyaa maru nuvee… mulhi gaiga ril sis laafa oi hodu thah… chee che… 5 faharu fen varaigen 3 saiboani fulhiaa 4 shampoo fulhi hus kohlaigen e vasgandu filuvailevunee… evarun vx eba buneynu kiss eh nukuramey… huh… vrh foohiveyy… hus dhogu hadhaanee mi thakahlhi gandu…

      aan kalww… mashey vissee… ekamaku mashah hama bunevunee B negative ey thr?? neynge miharu handhaaneh nei… aan dhen stry hama oi gothah mi othee genassa… saabahey aisaaa… aanekey mashah hama moya govenee eyyyyy… keehukuraanee brwww???!!

      alheyyy magey loabivaa lam fakeerah vaanee kihinehbaa?? uhu uhu uhuuu… dhen ahushaa vx ehaa kannei nuvebalaa dhww… ehenve yey ma bunee lam avahah meehakaa indhegen filaashey… eyrun dhen nujeheynu egey evvx meehehge eh kameh kuraakah vx… alhe fahe ma bunee dhogehthr??? lampuriiiiii mi dhaithage naseyhatheh ahangnaa giyaamai vumuge kurin avahah meehakaa indhegen egein filaa… ehennoonee nei salaamatheh…

      ehen dhww… ok ok hama jehigen cover hadhaalaa ingey… no need to hurry… ehenthr? suprise ekey?? nayaa ah special koh tha noonee mulhi CM ah special koh thrr???! alheyyy so curious…

      btw ekkala thakolhi mi vhk kiyaifithr?? kiyaifiyyaa hunnaane ingey kanthah… hahahahah i want to see his reaction so badly…

      ma fakeeru mi vaguthah adhi roadha kamah dhiraasaa thakun dhakkanee

      labba alhuganduvx safe vaanan insha allah
      Same thrice Reeshoooooooooooooooooooooooooooooooooooooooooooooooooooooo

  4. LamHaa says:
    April 18, 2021 at 12:20 pm

    Ey ma Mee liyam ingey.. Lamhaa eh noon.. santhimariyanbu gayah dhaiy goani amihlla ah ossaalaa.. Ey ahi aa dhimaalah ehchehi nukiyaathi.. kiyaafihyaa amihla dhaiy goani jeheynee bolah ohssaalan.. Ey Magey 2 dharin ebahuri salaamathun.. adhi mareh nuvey.. bimuga fai jehey.. ey saayanu Naa kae netheema abadhu ronee..ahchi Mae ehaa findi eh nuvanne..Mae ahi ahu ah ley dhinee..kae nuvx neiy ethaaku..aiy poh.. bye bye ummmaahhh ahu

  5. ReeshA CoronA ReeshA CoronA says:
    April 18, 2021 at 7:31 pm

    Lahbba Lialac dhooniii❣️❣️❣️❣️
    Awwnnnnn Tyssssmmmmmmm lwbii????Ohh Aslu thr? That means you love me dhw? Aashaa akii Reesh ey… Reesh majaa dhw?
    Hehe Yh… he was totally in love with Ahushaa… ekm Aashaa kurimathee Bali kashi vaan beynun nuvaathy o ???
    Ekam enme fahun ninmee kaivenin dhw ??
    Hehe thanks darl… Reesh aa Nayaa aa liyaa ehchehi comedy vaane… Cux we are the members of comedy land ?
    Alhey dear sisoo.. Sukuru sukuru madu kuraathee ??? I am really sorry for making you wait
    Vv dhera vx vey thikudhin madu kuruvan jehey thee… ekm Dhen Kuda thankolheh dhahkaalafaanan entry ge……….

    ރިއާޝް -” اسلم عليكم ورحمة الله وبركاته …. އާދެ… މިރޭގެ ޝޯވގެ ސްޓޭޑިއަމް ތަފާތު ހެން ތިޔަބޭފުޅުންނަށް ހީވެ ދާނެ… ހީފުޅު ތިޔަ ކުރެއްވީ ވެސް ރަނގަޅަށް… މިރޭ މި ސްޓޭޑިއަމް އިން ތިޔަ ފެނިވަޑައިގަންނަވަނީ އަންހެނުންނާއި ފިރިހެނުންގެ ހިތް ވެސް ކަތިލާފައިވާ މަޝްހޫރު ދޮން ހުއްތު އާރިފު ކިލެގެފާނު އޭނާގެ ޙަޔާތުގައިވެސް އަންނަ އެންމެ އުފާވެރި ރެއަށް ތައްޔާރު ވަމުން ދާ މަންޒަރު… އޭނާގެ ބޯ ސްޓައިލް ކުރުމަށް އަހުއްޓި އާއި ދެތިން ބޮންދުން ހަރަކާތް ތެރި ވަމުން ދާއިރު، އޭނާގެ ކޯޓު ލެއްވުމުގައި ޖޮއިނަލް ބާއީ އާއި މެދު އުމުރުގެ ބަޖަރަންގީ ބޮންދު ވެސް ހަރަކާތްތެރި ވަމުންދޭ… އަދި އޭނާގެ ބޮއްކުރައެއްހާ ނަލަ ފައި މުށި ކުލައިގެ ބޫޓަކުން ނިވާ ކޮށްލުމުގެ ޝަރަފު ޝަރަފުއްދީން ބާއީއަށް މިވަނީ ލިބިފައި…. އޭނާގެ ދަތްޕިލަ ހުދުކުރުމުގައި އަޅުގަނޑުމެންގެ އެންމެ ގަމާރު ސަންތިމަރިޔަނބު މިދަނީ އަވަދިނެތި މަސައްކަތް ކުރަމުން… އާރިފުގެ ދަތްޕިލަ ހުދު ކުރެވުނުހާ އަވަހަކަށް އެ މަންޖެ ރިއްލުގެ އަރިހަށް ދަތްޕިލަ ހުދު ކުރަން ދާނެ… އާދެ ކޮންމެއަކަސް އާރިފު، އާދެ ރިއްލުގެ ބަހުން ނަމަ އާރީ އާ މިވަގުތު ވާހަކަ ދެއްކުމަކީ ދަތި ކަމެއް…. ވީމާ އަޅުގަނޑު ކެމެރާ ޝިފްޓު މިކޮއްލަނީ ރިއްލުގާތު ޙަރަކާތްތެރި ވަމުންދާ އަޅުގަނޑުމެންގެ ނިއުސް ކާސްޓާ އައިމިނަބީ އަށް… އައިމިނާ އަން… ”

    Mivaru fudhey thr??? ?
    ބޭނުން އަންގަން ވަރަށް ލޯބިވޭ
    Awwnnnnn I’m sooo happy you comedy land ge inthizaaruga innaathee… Lahbba mi genes dhinii vx comedy land ge baeh… show kuriah dhaa varakun fen naane mi Liyam vx Lam vx… hama landu ge kudhin mi ulhenii…
    Awwnnnnn Aslu thr… thank you Lialac sisoooo… actually I can’t write any thing without comedy parts ????
    Yes Same same
    Love you more… miss yah ????❣️❣️❣️❣️❣️

  6. Lailac Baby says:
    April 18, 2021 at 8:39 pm

    Yhhh. Reesh lobikolhu dheke kaaku tha loabi nuvaanee.reesh ge character vrh fun nd vrh jehilun kuda. I love that abt ur character ❤️❤️❤️ nd aslu reesh talk kohfa hunna baithah kiyalafa hevey. Nd ur actions vrh majaa. Nonnie ur a great comedy writer.
    Alhe mi kujja nan badhal kuraa varun vss meehakah nan thah olheyne??? alhe keeve tha nan badhal kuranee evrh ????
    Ey aslu vss liyam nd aish dhw ❤️❤️hama thidhemeehun talk kuraa gothah talk kohfa huree stry ga❤️❤️❤️❤️vrh fun ingey
    Nd nonnie alhey mi commment fenuneema gaadha ufaa vejjeyey ?????hama heevee ufalun gos aasmaanah erunu hn. Yay???? finally comedy land ge thankolheh kiyaln libijje.
    Dhn inna ep fhigu kohla dhehchey. Dhigu inthizaaruge nimun fonivaane dhw. So rill nd aarif wedding ga vrh foni gadha cake eh hadhaf hurihaa kudinnah bahaalaa thi ingey. Nd e meeru cake alhan vaanee reesh. Mee hama Kiyaaleh ingey.
    Anyways byeee
    Ss❤️❤️❤️
    Sh ❤️❤️❤️
    tc❤️❤️❤️

  7. ReeshA CoronA ReeshA CoronA says:
    April 18, 2021 at 8:41 pm

    Laaaaaaaaaa ?????????????thakaholhiiii ?????????????????kae kii thr mi vaahaka ?????Ahcheedi… Hama thi moya Galhi thakaholhi ibnu abuhnnaaru anga yah dhaigoani ossaalaany…. Ey thihuree salė sale ah vx gulhaigen dhw Arushamooooo ??????adhi emeehun Gulhi iru meena geyaku TV eh nei?????kiyaanan ehchehi… Eyyyy pohhh…. Adhi kiyaifiyyaa thaa… Mashah heevany Thin dharin vx salaamathun eba huri hen ???????kalhu soraa dhon hiyala aa Magey fuhburi aa… Ey Koba thr Zaakko… Buney Reesh bohthr bungney vaahaka dhahkkaalan beynumey… Ramlaan mubaariku klw anhenun nashaa thin dharin nashaa kale ashaa Lam men nah vx… Thakaholhi Thee Vaa meeheh… Roadha mas aiima habareh dhabareh nuvey… Link dhiniima annaanan thr?
    Konthaaku…. Findi kamun nehnu filee ????? mashah RIL aa ley dhinii ???Dhogu hadhaa ne kameh nei ngey… Eyyyy tohhhh… Bye bye bye.. Cheedi ???

    1. ReeshA CoronA ReeshA CoronA says:
      April 18, 2021 at 8:59 pm

      Miothy https://www.tellyupdates.com/sayi-and-virat-an-epic-love-story-chapter-8/

    2. Nayaa Nayaa says:
      April 19, 2021 at 4:51 am

      brwwwwwwwwwww… liyatte mi vhk keethrrrrrr?????? hahahahha keekoa e soru bunee??? e soruge cmmnt copy paste kohlaafa cmmnt kohlabala manjeyyyyyy

  8. ReeshA CoronA ReeshA CoronA says:
    April 18, 2021 at 8:48 pm

    Eyyyy Hellowwwww aarifu ge lwbi Vaa rilooo?????????
    Hahaha Ahushamu and Liyam hahahah?????majaa kameh dhw riloo
    Lahbba Tyssssmmmm
    Hoooon Kon dhera eh vaakah thr??? hey Bala Koyaaa… Ufaley vaan v ??Hehe edhogeh… Aslu Liyam or Ahu brw ge dharifulhu maru vehjjehyya Reesh vx v dhera vaane…
    Hmmm Dhen othy mi ulhey Nayaa aa Areesh ge vaahaka ?????
    Ekam comedy land up kohffa e kamaa ulheynee
    Ss
    Lymmmm
    Myssssssmmmmm ❤️

  9. ReeshA CoronA ReeshA CoronA says:
    April 18, 2021 at 8:57 pm

    Hmmm nan vx badhalu kohllaey dhw mi anhenaa ????hehe
    Hehe hmm jehilun Kuda fisaari anhenekey mee haha?
    Hehe adhi konme konme meehakaa vaahaka Dhahkaa iru majaleh nuvaane… Hehheh NAN list kiyaalan v thr
    Nonni
    PrincWess
    Reeshaa Corona
    Dhaitha
    Santhimariyanbu
    Radish
    ZoayA
    NooR
    MinhA
    Dhen Dhen…
    Anehhh handhaaneh vx nei hurihaa nameh… Adhi vx ulheyne Lahkka eh ???
    Nooooooooooonnn liyam and me eh noooonnn ????
    Alhey Aslu thr… Dhn faibaa aasmaanun

    Yhh cake ahaanan

    1. Lailac Baby says:
      April 19, 2021 at 4:44 am

      Reeshu ❤️❤️❤️ princess ge namuga mi sire ga stry liyanee manje tha????

  10. ReeshA CoronA ReeshA CoronA says:
    April 19, 2021 at 8:53 am

    Aaaan Klwww… Liyahtte moyahtte kiyaifi…. Aan hurey
    Ey ma Mee liyam ingey.. Lamhaa eh noon.. santhimariyanbu gayah dhaiy goani amihlla ah ossaalaa.. Ey ahi aa dhimaalah ehchehi nukiyaathi.. kiyaafihyaa amihla dhaiy goani jeheynee bolah ohssaalan.. Ey Magey 2 dharin ebahuri salaamathun.. adhi mareh nuvey.. bimuga fai jehey.. ey saayanu Naa kae netheema abadhu ronee..ahchi Mae ehaa findi eh nuvanne..Mae ahi ahu ah ley dhinee..kae nuvx neiy ethaaku..aiy poh.. bye bye ummmaahhh ahu

    Miothy ?????
    Ey noon Lialac dhoonigandaaaa… Nonnie aa Reesha Corona ge namuga ekani mi liyanii… N guyssss I’m gonna submit comedy land now… Ekm Cover aa dheytherey Reesh ehaa hiy hama eh nujehey… Xeen sis ge mooneh nufeney photo thah collage kuri iru…. Application Eh beynun kohggen neh noon Reesh cover hadhaneekee… Ehnma beynun Vaa gothakah nuhedhunu… Sooo Sorry… Ekm Xeen sis ge pink hedhun fennaane… Hehe

Comments are closed.



All Right Reserved!