ސްކޫލާ ހަމައަށް ދެވުމުން ރިއާޝް ސައިކަލު މަޑުކޮށްލާފައި ޕޭމަންޓާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރުޅިއައިސް ރަތްވެފައި ހުރި ރައިޝާ ފެނުމުން ރިއާޝްއަށް ހިންދިރުވާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މިއަދު އޭނަގެ ދުވަސް ދާނެއެވެ. “އައިމް ޑެޑް……” ރައިޝާ ކައިރިއަށް އަންނަން ފެށުމާއެކު މަޑުމަޑުން ރިއާޝްއަށް ބުނެވުނެވެ.
*******************
“ދޮންބެ ގަނޑު… ކޮންތާކު ތެޅިތެޅިފަ ތިއައީ.. ހާދަ އިރެއް ވަންދެން ރައި މިތާނގަ ހުރެފީމޭ.. އަދި އެހާ ހޫނު ގަދަ.. ހަމަ ހުވާ މި ބުނީ ގެއަށް ދާ ގޮތަށް ގޮސް ތަޅައިގަންނާނަށް.. މިފަހަރު ބޯ ބާލާނީ.. އޭރުން ދެން އިންނާނެ މީހަކުވެސް ނުވާނީ ރައިއަކަށް ނޫން.. ބަލަން ހުންނާތި.. ޔަގީނޭ ނައި ގެއަށް ލާފަ މުޅި މާލެތެރެ ކުޑަކޮށްފަކަށް ތިއައީ.. ބުނޭ.. ކޮންތާކުން ތިއައީ؟” އައިގޮތަށް އައިސް ރައިޝާ ހިފީ ރިއާޝްގެ ކަންފަތުގައެވެ. ތަދުވާވަރުން ރިއާޝް އަށް މަޑުމަޑުން ހަޅޭއް ލަވައިގަނެވުނެވެ.
“އައުޗް އައުޗް އައުޗް.. އަޅޭ ކޮންމެސް ކަމަކާ ވިސްނަން އިނދެވުނީއޭ.. ސޮރީއޭ ރައީ.. ދެން އެހެންނެއް ނުވާނެ.. ދޮންބެ ގެއަށް ގޮސް ބުނާނަން ވަރަށް ބޮޑުވާހަކައެއް.. އެކަމާ ގުޅުން ހުރި ކަމެކޭ.. ދެންވެސް ކަންފަތުން ދޫކޮށްފަ އިށީނދެބަލަ ރާރާ ދައިތަގަނޑާ..” ރިއާޝް ކަންފަތުގައި އަތްއަޅައިގެން އިނދެ ބުނެލިއެވެ. “ހޫނނ މިހާރު ސައިކު މަތީ އިނދެގެންވެސް ޚިޔާލީ ފޮލާ ކައްކަން ފެށީއޭ. ސާބަހޭ ދޮންބޭ.. މިހާރު ފާޚާނާ ތަށި މަތިން ފޫހިވީތަ؟ ޔަގީނޭ އެވެސް ކެޓީކަން.. އަންހެނަކަށްވުރެ ކަންތައް ފަލައެއްނު.. ދެން އަނެއްކާ ރާރާ.. ޕިސް ޕިސް ޕިސް.. ދެން އެހެން ކިޔައިފިއްޔާ ނިމުނީ އިނގޭ.. ކޮން ވާހައެއްތަ؟ ދެން ބުނެބަ ދޯ…..” ރައިޝާ ކުޑަކުއްޖެއްހެން ބިންމަތީގައި ދެފައި ތަޅައިގަތެވެ. “ގެއަށް ގޮއްސަ ބުނާނަމޭ. ދެންވެސް ހިނބާލަ ދާން..” ރައިޝާ ސައިކަލަށް އެރުމުން ރިއާޝް ސައިކަލު ދުއްވާލިއެވެ. ގެއާ ހަމައަށް ދެވެންދެންވެސް ރައިޝާގެ އަނގަގަނޑު ނުހުއްޓެއެވެ. ރިއާޝް އިނީ ބޯ ބުރާންތި ވާވަރު ވެފައެވެ.
ގެއާ ހަމައަށް އާދެވުމުން ރައިޝާ އަވަސްއަވަހަށް ސައިކަލު މަތިން ފުންމާލާފައި ދުވެފައި ދިޔައެވެ. “އޭ ރާރާ ހާދަ އަވަސްއަރުވާލައިގެން.. ކަމެއް ވީތަ؟” ރިއާޝް އަހާލީ ކަންބޮޑުވެފައި އިނދެއެވެ. “ޓޮއިލެޓް އެމެޖެންސީ…” ރިއާޝްއަށް އަޑުއިވޭ ވަރަށް އެހެން ބުނެފައި ރައިޝާ އަވަހަށް ގޮސް ގެއަށް ވަނެވެ. ރިއާޝްއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ކޮންމެ ދުވަހަކު ރައިޝާ ގެއަށް އަންނާނީ މި ހާލެއްގައެވެ. ޕިސް ޕިސް ތަޅަމުން ސައިކަލު ޕާކު ކުރުމަށްފަހު ރިއާޝްވެސް ގޮސް ގެއަށް ވަނެވެ.
*******
ގެއަށް ވަތް ގޮތަށް ނައިރާ ދޮރުގައި ލެނގިލިއެވެ. މެއާ ދިމާލުގައި އަތް އަޅާ ބާރުކޮށްލެވުނީ ތެޅެމުން ދިޔަ ހިތް މަޑުވޭތޯއެވެ. ދެލޯ މަރާ ބާރުކޮށްލިއިރު ދެެކޯ ވަނީ ޖަންބެއްހާ ރަތްވެފައެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު ނައިރާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ދަބަހާ ފޮތްތައް މޭޒުމަތީގައި ބަހައްޓާފައި ކަޅާއި ހުދުކުލައިގެ ސްޓްރައިޕްްޓް ޓީޝާޓަކާއި، ނޫކުލައިގެ ބޮޑު ހަރުވާޅެއް ހިފައިގެން ނައިރާ ފާޚާނާއަށް ވަނީ ފެންވަރާލުމަށެވެ. ފާޚާނާ އަށް ވަދެ ފެންމާގަނޑު ދޫކޮށް ބޮލަށް ފެންއަޅަން ހުއްޓާ އަނެއްކާވެސް ރިއާޝްގެ އެ ރީތި ސޫރަ ހިތަށް ސިފަވާން ފެށިއެވެ. އެ ފިރިހެންވަންތަ ސޫރަ ދުވަހަކުވެސް ހިތުން ފުހެވިގެން ދާން ނޭދޭ ފަދައަކުން ދެލޯ މަރާލައިގެން އެ ގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ނައިރާ އިސްކުރު ބަންދުކޮށްލިއެވެ. ވުޟޫ ކޮށްލުމަށްފަހު އަވަހަށް ފާޚާނާއިން ނުކުތީ މެންދުރު ނަމާދުގެ ވަގުތު ފަހަނައަޅާ ނުދަނީސް ނަމާދު ކުރެވޭތޯއެވެ.
ނަމާދުކޮށްލުމަށްފަހު ނައިރާ މުސައްލަ ކަބަޑު މަތީގައި ބޭއްވުމަށްފަހު ތެދުވިއެވެ. ކޮނޑަށްވުރެ ކުޑަތަންކޮޅެއް ތިރިއަށް ފައިބާ އޭނާގެ ފަންފަން އިސްތަށިކޮޅުން ފެން ހިއްކަމުން އައިސް އެނދުމަތީގައި އިށީނެވެ. އަދި ދަބަހާއި ފޮތްތައް ތަރުތީބު ކޮށްލުމަށްފަހު ބޭރަށް ނުކުތީ ފިލާވަޅުތައް ހެދުމުގެ ކުރިން ބަނޑަށް އެއްޗެއްް ލެވޭތޯއެވެ.
ވޫލްކޮޅަކުން އިސްތަށިގަނޑު އައްސާލުމަށްފަހު ނައިރާ ބަދިގެއަށް ވަތް އިރު، އޭނާގެ މަންމަ ނިޝާ ކާން ހަދަންވެގެން އުޅުނެވެ. ކޮންމެ ދުވަހަކުވެސް ނައިރާ ކާނީ މިގަޑީގައިކަން އެނގޭތީ އަބަދުވެސް ނިޝާ މިގަޑިއަށް ކައްކާ ނިންމާނެއެވެ. ނައިރާ ބަދިގެއަށް ވަތް ގޮތަށް އަތްދޮވެލާފައި ތަށިތައް ނަގަން ފެއްޓިއެވެ. “މަންމަ ކައިފިންތަ؟” އަތް ފުހެލަމުން ނައިރާ އަހާލީ މަންމަ ހުންނާނީ ނުކައިކަން އެނގުމުންނެވެ. “ނޫން.. އަދި ނުކަން.. ދަރިފުޅާ އެއްކޮށް ކާނެ ވެގެން މަންމަ މަޑުކޮށްލީ..” ނިޝާ ހިނިތުންވެލިއެވެ. ނިޝާގެ އެ ލޯބިވެތި ހިނިތުންވުމުންވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދެކެ ވާ ލޯބި ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނައިރާއަށް އެންމެ ހަތަރު އަހަރުގައި ނައިރާގެ ބައްޕަ ނާއިމް ނިޔާވުމުން އެ ކުޑަކުޑަ ދަރިފުޅު ބަލާ ބޮޑު ކުރި ނިކަމެތި ޙާލު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަށުގައި ކިޔެވޭނެ ފެންވަރު ނެތިގެން އެކަނިމާއެކި ނައިރާ ގޮވައިގެން މާލެ އައީ ނައިރާގެ އުމުރުން އެންމެ އަށް އަަހަރުގައެވެ. އެދުވަހުއްސުރެ ދެމައިން އުޅެމުން އައި ނިކަމެތި ދިރިއުޅުމުގައި އެެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ރައިޝާގެ މައިންބަފައިންނެވެ. ނުހާ އާއި ރިޔާޒް ނިޝާމެންނަށް އުޅޭނެ ތަނެއް ހޯދަދީ، އެމީހުންނަށް ބޭނުންވާނޭ ހުރިހާކަމެއް ފުއްދައިދެއެވެ. އެމީހުން އެހީ ނުވިނަމަ މިއަދު ނިޝާމެން އުޅޭނީ ކޮންފަދަ ހާލެއްގައިކަމެއްވެސް ނޭނގެއެވެ. އެކަމަށްޓަކައި ނިޝާ ރިޔާޒްމެންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއެވެ. ﷲ ގެ އިރާދަފުޅުން މިއަދު އެދެމައިން އުޅެމުން ދަނީ ފުދުންތެރި ދިރިއުޅުމެކެވެ.
“މަންމާ.. މަންމާ…” ޚިޔާލުތަކުގައި އިން ނިޝާއަށް ހޭވެރިކަމެއްވީ، ނައިރާ ދެތިންފަހަރަކު ގޮވާލުމުންނެވެ. “ކިހިނެއްވީ؟” ނައިރާ އަހާލީ ނިޝާ މާ މަޑުން އިނުމުންނެވެ. “ކަމެއް ނުވޭ ދޫނީ..” ނިޝާ ލުއި ހިނިތުންވުމަކާއި އެކު ދެފަރާތަށް ބޯ ހޫރުވާލިއެވެ. ދެމައިން އެކި ވާހަކަތައް ދައްކަމުން ކެއުމައިގެން މަސްޢޫލު ވިއެވެ.
*******
ފާޚާނާއިން ނުކުތް ރައިޝާ އަވަހަށް މެންދުރު ނަމާދު ކޮށްލިއެވެ. ނަމާދުކޮށްލުމަށްފަހު ފޮތްތައް ހިފައިގެން މޭޒުދޮށުގައި އިށީނީ މިއަދު ދިން ފިލާވަޅުތައް ހަދާ، ދަސްކޮށްލުމަށެވެ. އާދައިގެމަތިން ފިލާވަޅުތައް ނޯޓްކުރާ ފޮތް ނަގާފައި ހުޅުވާލިއެވެ. އެއާއެކު ރައިޝާއަށް ސިހުން ގެނުވީ އެ ފޮތުގެ ތެރެއިން ވެއްޓުނު ރީނދޫ ކުލައިގެ ކުޑަ ގަނޑުކޮޅަށެވެ. އެ ގަނޑުކޮޅު ނެގީ އޭގައި ލިޔެފައިވާ އެއްޗެއް ކިޔާލުމުގެ ޝައުގުވެރިކަން އޮތްވަރުންނެވެ. ފަހަރެއްގައި ނައިރާގެ ލާނެތް ޢަމަލަކަށްވެސް ވެދާނެޔޭ ހީވާތީއެވެ. އެ ގަނޑުކޮޅު ނިއުޅާލުމަށްފަހު އޭގައިވާ އެއްޗެއް ރައިޝާ ކިޔަންފެށިއެވެ.
“ޔޫ އާރ މައި ކުއީން.. ޔޫ މައިޓް ނެވަރ ނޯޓިސް މީ.. ބަޓް އައި ލަވް ޔޫ ފްރޮމް ދި ބޮޓޮމް އޮފް މައި ހާރޓް.. ޔޫ މައިޓް ނޮޓް އީވެން ނޯ ހޫ ދިސް އިޒް.. ބަޓް ކޮންސިޑަރ މީ އޭޒް ޔުއަރ ސީކްރެޓް އެޑްމަޔަރ.. ޔޫ އާރ ދި މޯސްޓް ބިއުޓިފުލް ގަރލް އޮން ދިސް އަރތް.. އައި ލަވް ޔޫ ރައީ..”
އިނގިރޭސިން ލިޔެފައިވާ އެ ނޯޓްކޮޅު ކިޔާ ނިންމާލި އިރު ރައިޝާގެ މޫނު ވަނީ މުޅީންހެން ރަތްވެފައެވެ. އެ ނޯޓްކޮޅު ލިޔުނީ ކާކުކަމާ މެދު ރައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ކުލާހުގައި އުޅޭ ދެތިން ފިރިހެން ކުއްޖަކު އޭނާއާ ވާހަކަ ދެއްކިޔަސް، އޭނާއާ މެދު އެހެން ކަހަލަ ނަޒަރަކުން ނުދެކޭކަން ޔަގީނެވެ. އޭނާއަކީ ފިރިހެން ކުދިން ކީއްކުރަން، ނައިރާ ފިޔަވާ އެހެން އަންހެން ކުއްޖަކާވެސް ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. ދެން މި ނޯޓްކޮޅު ލިޔުނީ ކާކުކަމާމެދު ސުވާލު އުފެދޭނެނޫންހެއްޔެވެ. ނައިރާގެ ލާނެތް ޢަމަލެކޭ ފުރަތަމަ ހީވިޔަސް، އެ އަތުލިޔުމަށް ބަލާލާފައި އެއީ ނައިރާއެކޭ ނުބުނެވޭނެއެވެ. ކަރސިވް ހޭންޑަރައިޓިންގ އިން ލިޔެފައިވާ އެ ނޯޓްކޮޅުގައި ހިތެއްވެސް ކުރަހާފައި އިނެވެ. ނައިރާއަކީ ފާޑުފާޑުގެ އަތުލިޔުންތައް ދަންނަ ކުއްޖެއްވެސް ނޫނެވެ. އެހެންނޫންނަސް، މިކަހަލަ ކަންކަން މަޖަލަކަށް ހަދައިގެން އުޅުމަކީ ނައިރާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އެވަރުން އެ ނޯޓްކޮޅު ލިޔުނީ ނައިރާ ނޫންކަން ރައިޝާއަށް އެނގުނެވެ. މާދަމާ އެ ނޯޓްކޮޅު ނައިރާއަށް ދައްކަން ރައިޝާ ނިންމިއެވެ. އެ ނޯޓްކޮޅާ މެދު ވިސްނަން އޮއްވައި ރައިޝާއަށް ނިދުނެވެ. އޭރު އެ ނޯޓްކޮޅު ވަނީ އޭނާގެ އަތުތެރޭގައެވެ.
*******
“ދަރިފުޅާ އާޝް.. ދޭބަލަ ރައިއްކޮއަށް ގޮވަން.. ބުނޭ އަވަހަށް ކާން އަންނާށޭ..” ނުހާ ބުނެލީ ސޯފާގައި ފޯނާ ކުޅެން އިން ރިއާޝްއަށެވެ. “ލައްބަ މަންމާ.. މި ދަނީ. ޔަގީނޭ ކަންނެތް ދައިތަގަނޑު މިހާރު އޮންނާނީ ނިދާފަކަން..” އެވަގުތުކޮޅުވެސް ރައިޝާއާ ދިމާކޮށްނުލާ ރިއާޝްއަކަށް ނުހުރެވުނެވެ. “ޕިސް ޕިސް ޕިސް.. ރަނގަޅު ދަރިންތަކެއް މަށަށް ވާ ލިބިފަ މިތިބީ..” ޕިސް ޕިސް ތަޅަމުން ނުހާ އަނެއްކާވެސް ކުރަން ހުރި މަސައްކަތައިގެން މަސްއޫލު ވިއެވެ.
މަޑުމަޑުން ރިއާޝް ގޮަސް ރައިޝާގެ ދޮރުގައި ޓަކިދިނެވެ. ދޮރު ނުހުޅުވުމުން ވަރަށް މަޑުމަޑުން ރިއާޝް ދޮރު ހުޅުވާލީ ރައިޝާ އޮންނާނީ ނިދާފައިކަން އެނގުމުންނެވެ. ރައިޝާ ނިދާފައި އޮތް ތަން ފެނި ރިއާޝްއަށް ހިނިތުންވެވުނެވެ. ފިނިވެފައި އޮތްހެން ހީވާތީ ރިއާޝް ގޮސް ރައިޝާގެ ގައިމަތީގައި ކުއިލްޓް އަޅާލަދިނެވެ. އޭސީގެ ފިނި މަޑުކޮށްލާފައި ރިއާޝް ރައިޝާގެ ބޮލުގައި ފިރުމާލިއެވެ. ނުބުންޏަސް އޭނާ ކޮއްކޮ ދެކެ ވަރަށް ލޯބިވެއެވެ. އަބަދު ތޮޅެ ޒުވާބު ކުރިޔަސް ކޮއްކޮ ދެކެ އޭނާ ލޯބިވާވަރު ދެނެވޮޑިގެންވާނީ މާތްﷲ އެވެ. މިއަދު ރިއާޝް ބުނަން އުޅުނު ވާހަކަ މަތިން ރައިޝާ ހަނދާންނެތުނީ ކަންނޭނގެއެވެ. އިހަށް ނައިރާގެ ވާހަކަ ނުބުނެ ފަސްކޮށްލިޔަސް، ވަރަށް އަވަހަށް ބުނާނެކަމަށް ހިތާހިތުން ރައިޝާއަށް ވަޢުދުވަމުން ރިއާޝް އެ ކޮޓަރިން ނުކުތީ ބޮކި ނިވާލާފައެވެ.
“ކޮބާ ރައި؟” ރިއާޝް ނުކުތުމުން ރިޔާޒް އަހާލިއެވެ. “ނިދިފަ އޮތީ.. އިހަށް ބާއްވާ.. ވަރަށް ބިޒީކޮށް ރައި މިދުވަސްކޮޅު އެ އުޅެނީ.. ރެސްޓްވެސް ދޭންވާނު..” ރިއާޝް އައިސް ކާން އިށީނެވެ. ރިޔާޒްއާއި ނުހާ އެކަކުއަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލީ ރިއާޝް ރައިޝާއާ ދޭތެރޭ ބަހައްޓާ ގާތްކަމާއި، ވާ ލޯބި ފެނުމުންނެވެ.
*******
ނިދިފައި އޮތް ރައިޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނައިރާކަން އިނގުމުން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ބްރޯ………. ހިނގާބަ ބީޗަށް ހިނގާލަން ދާން… ޕްލީޒްޒްޒް…” ރައިޝާއަށް ފޯނު ކަންފަތުން ދުރަށް ޖައްސާލެވުނީ ނައިރާގެ އަޑު ބާރުކަމުންނެވެ. “ހޫމްމްމް އޯކޭ.. ކޮންއިރަކުން؟” ރައިޝާ އަހާލީ ނިދި އަޑަކުންނެވެ. “ނިދަނީތަ؟ ކޮބާ.. މުސްކުޅިވީ މަށެއް ނޫނެއްނު.. ހަހާ.. އޭ.. ބަރާބަރު ހަތަރުގަޑި ބަޔަށް އަހަރުން ގޭދޮށަށް.. މިހާރު ހަތަރެއް ޖެހީ.. އަވަސްކުރާތި.” ނައިރާ ހީވަނީ އިންޒާރެއް ދިންހެނެވެ. ރައިޝާގެ ދެލޯ ބޮޑުވިއެވެ. “ހަތަރު ގަޑި ބަޔޭ؟؟ މަ އަދި މިހުރީ އަސުުރު ނަމާދުވެސް ނުކޮށް.. އޭއި.. އޭއި.. ނައީ.. އާހްގްގްގް… ބްރޯ………” ރައިޝާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނައިރާ ފޯނު ކަނޑާލިއެވެ. ޕިސް ޕިސް ތަޅަމުން ރައިޝާ ފާޚާނާއަށް ވަނީ ގަޑިއަށް ނުގޮއްސިނަމަ ނައިރާ ރުޅި އަންނާނެވަރު ހިތަށް އަރާފައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Auntie… Kiyaalaafa maadhan cmnt eh kohllaanan ngey…. Kuryy part ge dhigu dhigu cmnt ah rep eh dhehchey
Mihaaru miinii naani ji ge lhairuge vaahaka kiyaidheythee Adu ahan vegen… V majaa vaahaka vx eba Dhahkaa… Evaahaka nunimeyne avahakah… Ehnve ingey brw… Muskulhinge vaahaka dhigu vaanehnu dhw ?
Haadha pis pis thalhaa bayekey dhw miulheny ???
Suhbboooo Raaraa dhaitha gandu Haadha rulhi eh annaaney Riyaasaaaaaa ?????
Hmmm eyna athun faahaana Thashi kataanehnnu ulhey vahtharun??
Dhuvahaku E saafu vx kuraniikii eh noon viyya
Ehn ulheni koh mashah faahaana Thashi fenigen eyna propose kurii ??❤️
Ma maa lwbin ney mi Gen gulhenii ??
Alhey Nonni vx beynun thi hiy thelhey spell try kohllan ?????
Naira ke appa nahin hai hena?
Laaaaaa eiii Maaish lhiyanu liyefa oiy note kolheh kanneynge dhw??????
Kannei Raa Raa dhaitha nidhaafa ey othy hama dhw ???
Hooonnnn nuhaa dhahthaa dharin thakeh thithibii libifa ????kiihkuraanii dhw… Dhahtha ge dhoshee firehen dhari Riyaash kobaathr… Esoru kairy bunahchey v miss veyey Nonni bungney ???
Hatharu gadi bai laheh nooney eii kii RaaRaa dhaithaaa ????
Vvvv salhi ingey mi part vx Auntie ????❣️❣️❣️❣️❣️❣️❣️❣️❣️❣️
Ey ma bunii Alhe avaheh noon thr thin aharu dhiyaleh ????????
TC
SS
SH
LYMM ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
MYSSMM ??????
ROADHA MUBAARAK AUNTYYYY
Lilly sis ah vx roadha mubaarak ngey
Hello nayooo ❤️❤️❤️☺️
Wow vrh Sali mi part vxx❤️❤️❤️❤️?
Masha Allah?❤️❤️❤️❤️❤️
Raishaa ah e note kolu ediny maaish dhw ❤️❤️❤️❤️???Hama yageen Ril ah heevey vrh????❤️❤️❤️ dhn neyge kuriah oi baatha keemathaa dhw ingeynee❤️❤️❤️❤️
Awwwwnnn Aley nairaa and riaash avaha ❤️guleythooo dhw ?????❤️❤️❤️❤️❤️
Btw Ramadan Mubarak ingeyy naayuu????????❤️❤️❤️❤️????
Waiting for the next part ❤️❤️??
Stay safe ❤️❤️❤️and tvgc darl❤️❤️
Love u soo much❤️❤️❤️
Salaam dear readers.. Here is the fourth part of my story… Hope you all will like it… And one more thing…
Ramazaan kareem to all my beloved readers and friends… MI feshey roadh mahu alhukanthah thah ginakoh, veehaavx gina savaabu hoadhaa, allah ge russevun hoadheythoa masakkai kura vaane… Aharemennakii muslimunnah V hindhu, ulhen vaanii muslimun ulhey gothah… Farulu alhukanthahthakuge ithurun sunnai alhukanthah vx gina kreveythoa balan vaane… Hama ekani nukai, nuboe huregen hifaa roadh kamaku nudhaane… Roadha sahha vaanii alhukanthakaa, heyo kanthahthah vx baraabarah kuriima… Baraabarah namaadhu koh, roadha mas nimumuge kurin hathimeh kureveythoa balan vaane… Baraabarah tharaaveeh ah dheveythoa balan vaane… Adhi eh vhk… Ramazaan mahuge fahu 10 dhuvauge onavihi reythakugai alhukanthah gina kran vaane… Dhamu namaadhu kureveythoa vx balan vaane… Insha allah, eyrun lailathul gadhri vileyreyge hurhaa savaabeh thiyaige therein konme beyfulhakah vx libeyne… Ummeedhu kuran alhugandu mi dhin nasehathugai thi in konme beyfulhakaa kujjaku hifaane kamah vx… Onece again, wishing you all Ramazaan kareem… Good luck…
SH
SS
TVGC
LYSSSSSSSSSM
In reply to ResshA CoronA for her cmmnt in the previous part…
tyssssssssmmm darla…. hehehe no nayaa mii ehaa ginain kaa kujjehnooney… kaan fashaifiyyaa ithurah 10 kilo baruvedhaanethiive biru gannanii 😉 hahahah tbh I’m very strict abt what I eat… hehe.. yesss naiiiiii thankolheh kairiyah jehilabala dhwwwww reesh bunaahen…
yesss reesh corona gulheyey… vrh broadminded ey dhw nonni vx.. hehe.. dhooni aunty ah vx fennanii cover pic levuniima upload kuran… aan dhen ril beynun vaanii cover pic laakahnu loabivaa aarifuge pic ineema dhw 😉 hahaha lmaoooo…
lymmmmmmmmmmmm
mymmmmmmmmmm
SH
SS
TVGC
In reply to ReeshA CoronA…
Asluvx dhww… nayoo vx hithah eri thihen.. haadha pis thalhaa bayekey mi ulhenii.. hehe.. hmmm e kataifiyey.. dhw aash brww… loll… wth nooo e spell try ukuraathi konmes dhoonyaa… nayoo vx maa ingey miihakah vegenneh nooney mi eythi miithi liyanikii… heheh lilly sis kiyaidhenii loabi Vma vaa goi.. ehenve liyunii 😉 lmaooo… hmmm dharinthakeh mi thibii vaalibifa… ey mi part aslu adi ehbaimadhey… enme fahu entence akah innaane note kolhu endhu dhashah dhiya vhk… neynge kiivve kameh nethii… hehehe maaish kahala rude, cold miihaku ekahala sweet note kolheh oyefaanehen hiiveytha? 😉 hehe dhen hngaa dhw balamaa vaa gotheh… yes nuhathah buni salaan bunaanamoa… haas kandaalaa dhooniii… vrh avahah nonni gennaanamey e geyah 😉 eyrun dhimaavaanennu dhww… hahaha…
yess 3 years dhiyaleh hama avahii dhww… kiihkuraanii
ramzaan mubaarak to u 2 lwbiii
lymmmmmmmmmmm
mymmmmmmmmmmmmmm
SH
SS
TVGC
Yess lilly sis gaathu vx bunedheynan.. she also miss u all
Dhwwwwwwww… Haadha Pis thalhaalayey ?? thasbeeha ohfathi gunaahen thirees thineh hama kure veythw thwcheh E ulhenii ? Hmmm v nukaa meehekey thee???Midhiya aharu vx show thakuge bileh meeru kurumuga enme ginain kaanee manje ?haha eii majaa ngey
Ehen vany dhw… Lilly sis ge Boa beynun kohggen meena mi bandhivaru dhamanii… Balaabala huri nulafaa kan?????arihpudin ge saiboani boki ??? don’t mind ingey brww?you know dhw Dhen
Endhu dhashah dhiyaee eyy???E Aash gandu aiy fai dhigu vegen thi kotari saafu kuran nuvaniyya haas faharu sukuru… Ehn noonii e Sorah note kolhu fenuniis
Nuhahtha vx Haadha gadhayey dhw… Salaan bunaashey nubunaniis e bunii salaam bunaanamo… I bunii bunaashey v miss veyey ???
Aan E geyah gendhaathi knme gotheh hadhaafa vx ?Aan dhimaa vaane dhw
Awwnnnnn me also miss her ???miss you too auntyyyy
Lyssmmmmmmmm
Koba thr ehkala Arikashi ??????
In reply to ril sis…
Hello ril sisoooo… how are u? thanq sooo much dearrr…
hehe hiiveytha maaish kahala cold miihaku ehaa sweet note kolheh liyefaane hen… nayoo hithah eri naseebkey riaash ah e note kolhu nufn=enunukan… ril sis hithakah naaraatha? heheh yss naira nd riaash gulhuveythw nayoo vx mi ulhenii.. mihaaruvx mi inii riaash kairyga proposal discuss kuran 😉 hehe but nai vx ebbas vegennu gulhuveynii dhww.. ril sis ebbas kohdhiiba..
ramazaanmubaarak to u and xeen sis
LYMMMMMMMMMM
MYMMMMMMMMMM
SH
SS
TVGC
Hi naaya???i ge stry ge emme fahu ep ga hunnaane link eh laafa. Pls comment ??? it means a lot to me ??? and this syry is really beautiful ??? curiously waiting for next part ??? and ramazaan mubarik to u too????
In reply to Reesh
hehehe dhen aashbe mashaa bileh miiru kurumuge master kan havaalu kohfa othiima angayah vx dhane dhw eh bai.. kiihkuraanii bro… dhen lilly sis hama ekani kiyaidhenii eyy.. nayoo amilla ashey sifakurunthkaa ibaaraikurunthah mi gennanii… ehenviima ok ennu dhw 😉 dhen mashakii abadhuvx nulafaa miihekey… ekan enme rangalhah ingeynii vx reesh akannu dhww.. hahaha lmaooo.. hmm okk ey ingey majaa kan..
hmmm endhu dhashah dhiyaii… no aash akah nufennaane ey… trust me dhooni.. heheh dhen nuhahtha ah nujassabala.. manje egeyah genaima amilla ah bune miss vaa vhk.. btw nonjige name stry ga Reesha ge namuga use kuriyas ok thr? R akurun fesheythiive inge dhooni…
lymmmmmmmm
mymmmmmmmm from me and lilly sis
Arikahtey?? Allah iraadhakurevviithii magey Arikashi ahi eba huri salaamathun.. Adhi bindhaigenneh nudhey.. lol
Hahah… Ey Thibuni Mi stry ga Nonni ulhey vaahaka thr.. Kiihve nuvaanvee… Liyey Liyey Reesha Liyey brww
In reply to lailac baby…
Hi dearr… tysm dhooni.. yess innaane cmmnt kohfa.. balaalahche ingey… keep witing.. insha allah thursday ge kurin submit kollaanan.. ramazaan mubaarak
Ey naayoo new link eh laafa hunnaanee.??pls comment on the link ??? nd thanks a lot for commenting on the other stry???
Guys.. Lailac baby ge story ge 6 vana part ga innaane link eh laafa… 2 link innaane.. ethanun 2nd link ah vadheba
Hiii Naya dhoonee?
Missed u so much ❤️❤️❤️❤️❤️❤️❤️❤️❤️
Vrh reethi ingey mi part vx❤️❤️❤️❤️❤️❤️❤️
Keep it up darls ❤️❤️❤️❤️❤️❤️❤️❤️❤️
Ramazan Mubarak❤️❤️❤️❤️❤️❤️❤️❤️
Love u nayoo❤️❤️❤️❤️❤️❤️❤️❤️❤️❤️
Take care ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for the next part ☺️
In reply to xeen sis…
tyssssssmm sisooo… keep waiting… insha allah nxt prt thursday ge kurin submit kohlaanan…
Ramazaan Mubaarak sis ah vx…
lymmmmmm
mymmmmmm
In reply to ReeshA CoronA…
Hehehe hama vedhaane dhw 😉 hingaa balamaa brww