
ރިއާޝްގެ ޚިޔާލުތަކުގައި އިން ނައިރާއަށް ރައިޝާގެ އަޑު ނީވޭކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު ރައިޝާގެ ނަޒަރު ހުއްޓިފައިވަނީ ދެންމެ ކުލާހަށް ވަދެގެން އައި، ފިރިހެން ކުއްޖަކާ ދިމާލަށެވެ.ނައިރާއަށް މިކަން އެނގުމާއެކު މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ވަގުތުން ރައިޝާއާ ދިމާކޮށްލުމަށް ތައްޔާރުވެލިއެވެ. “އެހެމް އެހެމް.. މެޑަމޫ.. ހަމަ ރަނގަޅަށްވެސް ހިތް ކިޔައިފި ދޯ… ސާބަހޭ…” ނައިރާގެ އެ ލާނެތް އަޑު ޖެހުމާއެކު ރައިޝާއަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. އަދި މި އިނދެވުނީ އެ ފިރިހެން ކުއްޖާއާ ދިމާލަށް ބަލަންކަން ރޭކާލުމާއެކު ލަދުން އިސްޖަހާލެވުނެވެ. ދެން މުޅި ދުވަސް އެއްކޮށް ނައިރާ މަލާމާތް ކުރާނެކަން އެނގުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ.
************************
“ހޮއެ ހޮއޭ… މަގޭ ޓޮމާޓޯގަނޑު މިހާރު ރަތްވެގެން ގޮސް ހަމަ އަސްލުވެސް ހީވަނީ ދޮންވެ ފައްކާވެފަ އިން ރަތް ޓޮމާޓޯއެއްހެން.. ހަހަހަހަހާ.. މަގޭ ބެސްޓީފުޅުވެސް ބޮޑުވަނީއޭ ދޯ.. ވަލީ ހޯދަން ރިޔާޒްބެ ގާތުގަ އަހަން އުޅެމާ. އޭރުން ދެން ރައިވެސް ހަމަ……” ނައިރާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ރައިޝާ އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އޭރު ނައިރާގެ އަޑު ގަދަކަމުން ކުލާހުގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިބީ ނައިރާމެން ތިބި ދިމާލަށް ބަލާށެވެ. އެހެންނަމަވެސް، އޭރުވެސް، ދެންމެ ރައިޝާގެ ސަމާލުކަން ދަމައިގަތް ފިރިހެން ކުއްޖާ އިނީ އިން ގޮތަށެވެ. އޭނާ ފިޔަވާ ކުލާހުގައި އިތުރު އެހެން ކުއްޖެއް ނެތް ފަދައިންނެވެ. ބަލައިލި ކޮންމެ މީހަކުވެސް ‘އެއީ ހާދަ ފޮނި ސޮރެކޭ’ ބުނާ ވައްތަރު ޖަހައެވެ.
ހުރިހާ ކުދިންގެ ސަމާލުކަން ރައިޝާމެންނަށް ހުއްޓިފައިވާކަން އެނގުމާއެކު، ރައިޝާ ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. އެވަގުތު ޓީޗަރު ކުލާސްތެރެއަށް ވަދެގެން އައިކަމީީ ރައިޝާގެ ނަސީބެވެ. ހުރިހާ ކުދިންވެސް ގޮނޑިން ތެދުވުމުން، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު، ރައިޝާވެސް ގޮނޑިން ތެދުވީ ނުރައްކާތެރި ބެލުމެއް ނައިރާއަށް ހަދިޔާކޮށްލުމަށްފަހުއެވެ. އެވަގުތު ނައިރާގެ މޫނުމަތިން މައުސޫމްކަން ދައްކައިގެން ހުރި ގޮތުން ރައިޝާގެ ގާތަށް ހިނި އަންނަ ގޮތްވެސް ވިއެވެ.
ޓީޗަރު ސަލާމް ގޮވުމުން ހުރިހާ ކުދިން އެކުއެކީ ސަލާމް ބަލައިގަނެފައި އިށީނެވެ. ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް، ބްރޭކް ގަޑި ޖެހުނެވެ. ބްރޭކްގެ ކުރިން ދިން މާއްދާތަކުގެ ފިލާވަޅުތައް ނޯޓް ފޮތެއްގައި ނޯޓް ކޮށްލުމަށްފަހު، ރައިޝާވެސް ތެދުވީ ކެންޓީނަށް ދިޔުމަށެވެ. ރައިޝާއާއި ނައިރާ އެކުއެކީ ކަހަލަ ގޮތަކަށް ކުލާހުން ނުކުތްއިރުވެސް އެއްކަލަ ފިރިހެން ކުއްޖާ އިނީ ފޮތް ކިޔާށެވެ. އިތުރު އެހެން އެއްވެސް ކުއްޖަކު އޭރު ކުލާސްތެރެއަކު ނެތެވެ. ކެމިސްޓްރީ ފޮތް ހުޅުވައިގެން ކިޔަމުން ދިޔަ އެކުއްޖާގެ މޫނުމަތިން އެއްވެސް އިހުސާސެއް ނުފެނެއެވެ.
އެއީ އަބަދުވެސް ބްރޭކް ގަޑީގައި ކުލާސްތެރޭގައި އިންނަ ކުއްޖެކެވެ. ކުލާހުގަ އުޅޭ އެހެން ކުއްޖަކާ އަނގައިންވެސް ނުބުނާނެއެވެ. ދިގު އިސްކޮޅާއި، ފިރިހެންވަތަ ހަށިގަނޑާއި، ދޮން މޫނުގެ އިތުރުން އެ ރީީތި ފަން އިސްތަށިގަނޑުގެ ސަބަބުން އެކުއްޖާއަށް ހިތް ނުކިޔާ އަންހެން ކުއްޖަކު އެ ކުލާހުގައި ނޫޅޭނެކަން ޔަޤީނެވެ. މަޑު މުށިކުލައަކަށްދާ އެ ބޮޑު ދެލޮލާއި، ދިގު، ވަރުގަދަ އެސްފިޔަކާއި، މަޑުމަޑު ޕީޗް ކުލައަކަށް ދާ ތުންފަތެއްގެ ވެރި، ދުނިޔޭގެ ހުރިހާ ރީތިކަމެއް މިލްކު ކޮށްލައިގެން ހުރި އެ ފިރިހެން ކުއްޖާގެ ކިބައިން މަދުވަނީ ހަމަ އެންމެ ސިފައެކެވެ. އެ ރީތި މޫނަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުންނަ ނަމަ، އެ މޫނު ހާދަ ފުރިހަމަ ވާނެޔޭ ޚުދު ރައިޝާގެ ހިތަށްވެސް އަރައެވެ. އެކުއްޖާ އަބަދުވެސް އެއްވެސް މީހަކާ ވާހަކަ ނުދައްކާ، އެކަނިމާއެކަނި ކުލާސްތެރޭގައި އިންނަނީ ކީއްވެކަމާއި މެދު ރައިޝާގެ ހިތުގައި ސުވާލު އުފެދެއެވެ.
“ރައީ.. ކޮބާ އަވަސްކުރޭ…” ސިޑިން ފޭބުމަށްފަހު، ކައިރީގައި ރައިޝާ ނެތުމުން ނައިރާ ގޮވާލީ ރައިޝާ ވާނީ ކުލާސްތެރޭގައި ކަން އެނގުމުންނެވެ. ނައިރާގެ އަޑު ޖެހުމާއެކު ރައިޝާ އަވަސްއަވަހަށް ސިޑިން ފައިބައިގެން އައިސް ނައިރާއާ އެކު މިސްރާބުޖެހީ ކެންޓީނަށް ދިޔުމަށެވެ. ދެ އެކުވެރިން އެކި ވާހަކަތައް ދައްކަމުން ގޮސް ކެންޓީނަށް ވަތް އިރު އެތާ ފުދޭވަރަކަށް ކުދިން ގިނައެވެ.
**********
ކުލާސްތެރޭގައި ފޮތް ކިޔަން އިން މާއިޝް، ދޮރުމަތީގައި ހުރި އަންހެން ކުއްޖާ ދިޔުމުން އެ ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. “ރައި” އެވަގުތު، އެ ރީތި ތުންފަތް ފޫއަޅުވާލާފައި ނިކުތް ނަމަކީ އެއީއެވެ. ލަދުރަކި ހިނިތުންވުމަކާއެކު މާއިޝް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެމަންޒަރު ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ބޭޤަރާރު ވާނެކަން ޔަގީނެވެ.
ކުރިމަތީގައި އިނދެގެން ކަމުން ދިޔަ ނައިރާއާ ދިމާއަށް ރައިޝާ ބަލަމުން ދިޔައީ ފާޑަކަށެވެ. “ނައީ.. ހަމަ އެހާ ހައިވެފަތަ ތިހުރީ؟” ރައިޝާ އަހާލީ ނައިރާ ކަމުން ދިޔަލެއް އަވަސްކަމުންނެވެ. “ހައިވެފަހެއްޔޭ؟ ކިރިޔާތަ މިހުރީ ހައިވެފަ؟ ހީވަނީ ދެންމެ ދެންމެ ހައިވެގެން ގޮސް ކަނޑާލި ރުކެއްހެން ބިންމަތީގަ ޖެހިދާނެހެން ވިއްޔަ.. އެހެންނޫނަސް، ގިނައިން ކާ ކުދިންގެ ސިކުނޑި ތަރައްޤީވާނެޔޭ.. ރައިއަށް ހާދަ އެއްޗެއް ނުވިސްނެޔޭ ދޯ.. މަގޭ ގަޅި ކާށިގަނޑު” ރައިޝާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ނައިރާ އަނެއްކާވެސް ކެއުމައިގެން މަސްއޫލު ވިއެވެ. “ޕިސް ޕިސް.. އެހެންނެއް ނޫނޭ.. ނައި ތިވަރަށް ކާއިރުވެސް ފަލައެއް ނުވެޔޭ ދޯ.. ހާދަ ލަކީއޭ… މަ މި ހުންނަން ޖެހެނީ ފެންފޮދެއް ބޯލަންވެސް ނުކެރިފަ.. އިތުރު ދިހަ ކިލޯ ބަރުވެދާނެތީ… ނައިމެންނަކަށް ނެތެއްނު އެ ބިރެއްވެސް.. އައި ފީލް ސޮރީ ފޯރ މައިސެލްފް..” ރައިޝާ ތުން ދަމާލިއެވެ. “ހަހާ.. މިހާރު ރައި ޖަހަނީ މާކަނައެއް ވައްތަރު.. ޕިސް.. ފަލަވުން އެއީކީ މައްސަލައެއް ނޫނޭ.. ރައި ތި ހުރީ ހަމަ ހެލްތީ ކޮށް.. މަށެއްނު މި ހުންނަނީ ފީ އިލޮށްޓެއްހެން ވަޔަށް ހެލިލަ ހެލިލަ..” ނައިރާވެސް ތުން ދަމާލިއެވެ. އެއާކު ދެ އެކުވެރިންގެ ލުއި ހުނުމުގެ އަޑު ގުގުމާލިއެވެ.
ފަހަރަކު ގަޑިއެއް ނިމެމުން ނިމެމުން ގޮސް ސްކޫލް ނިމުނެވެ. އެ ހުރިހާ ވަގުތަކުވެސް، މާއިޝްގެ ސިއްރު ނަޒަރު ދޭތެރެ ދޭތެރެއިން ރައިޝާ އަށް ހުއްޓިފައިވާތަން ރައިޝާ އަށް ނުފެނުނު ނަމަވެސް ނައިރާ އަށް ފެނުނެވެ. ހަމަ އެގޮތަށް ރައިޝާގެ ސިއްރު ނަޒަރުވެސް މާއިޝްއަށް ހުއްޓިފައިވާ ތަން ފެނުނު ހަމައެކަނި ކުއްޖަކީ ނައިރާއެވެ. ރައިޝާ އާއި މާއިޝް ނުބުނި ނަމަވެސް، އެ ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވާކަމުގެ ހެއްކަކަށް ކުލާސް ގަޑީގައި އެ ދެމީހުން ބަދަލުކޮށްލާ ސިއްރު ނަޒަރުތައްްް އެކަނިވެސް ނައިރާއަށް ފުދެއެވެ. އެކަމުގައި ނައިރާއަށް ވެވެން ހުރި ހުރިހާ އެހީތެރިކަމެއް އެކުވެރިޔާއަށްޓަކައި ވުމަށް ނައިރާ ޢަޒުމު ކަނޑައެޅިއެވެ.
ރައިޝާމެން ސްކޫލް ނިމޭ ގަޑިއަށް ރިއާޝް ސައިކަލުގައި ރައިޝާ ބަލާ އައެވެ. ގޭޓާ ތަންކޮޅެއް ދުރުގައި ސައިކަލު މަތީ އިށީންދެލައިގެން ފޯނާ ކުޅެން އިން ރިއާޝް އަށް މަގުމަތިން ދިޔަ ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. އެއިން އެއްވެސް ކަމަކާ އަޅާ ނުލާ އިން ރިއާޝްގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އެންމެ ފަހުގެ ‘ރޭބަން’ އަވިއައިނަކުން އެ ރީތި ދެލޯ ފޮރުވާލެވިފައި ވީނަމަވެސް، ރިއާޝްގެ ފިރިހެންވަންތަކަން ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. “ދޮންބޭ..” ރައިޝާގެ އަޑު ޖެހުމާއެކު، ރިއާޝް އޭނަގެ ނަޒަރު ފޯނުން ވަކިކޮށްލިއެވެ. އިސްއުފުލާލި ގަޑީގައި ރައިޝާގެ ކައިރީގައި އިސްދަށަށް ޖަހައިގެން ހުރި ނައިރާ ފެނުމުން ބަނޑުގައި ކޮކާ އުދުހޭ ކަހަލަ އިހުސާސެއް ރިއާޝްއަށްް ކުރެވުނެވެ.
ނައިރާގެ ހާލަކީތޯއެވެ؟ ރިއާޝް ބަލަން ހުރި ގޮތުން އެ ހިތުގެ ތެޅުން ވަނީ އެތައް ގުނައަކަށް އަވަސްވެފައެވެ. އިސްއުފުލާލަން ނޭނގިފައި ހުރި ނައިރާއަށް ހޭވެރިކަމެއްވީ ރައިޝާ ވާހަކަ ދައްކަން ފެށުމުންނެވެ.
“ދޮންބެ ކައިރި ބުނީމެއްނު ރައިއްކޮ ގެއަށް ދާނީ ނައިއާ އެއްކޮށޭ.. ދެން ރައިއްކޮ ދޮންބެއާ އެކު ދިޔައިމަ ނައި ދާންޖެހޭނީ އެކަންޏެއްނު.. ދޮންބެވެސް ރައި ބުނާ އެއްޗެއް އަޑެއްނާހާނެ.. އަމްމް.. ދޮންބެ އަންނަންވީނު އިހަށް ނައި ގެއަށް ލާފަ.. ރައި އެބަ ޖެހޭ ފިހާރައަށް ވަދެފަ ވާހަކަ ފޮތެއް ގަންނަންވެސް.. ރައި ނިމެންވާއިރަށް ދޮންމެ އާދޭ ނައި ގެއަށް ލާފަ.. އެގޮތް އޯކޭ އެއްނު.. ބާއި ދޮންބޭ.. ބާއި ނައި.. ހަނދާންކޮށް ރައި ބަލާ އަންނައްޗެ އިނގޭ ދޮންބޭ..” އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު، ރައިޝާ ދުއްވައިގަތީ ބުކްޝޮޕާ ދިމާއަށެވެ.
ރައިޝާ ދިޔުމާއެކު، ހުއްޓުން އަރާފައި ތިބި، ނައިރާ އަދި ރިއާޝްގެ ތެރެއިން އެކަކަށްވެސް އިސްވެ އެއްޗެއް ބުނާކަށް ނުކެރުނެވެ. ދެމީހުންގެ ހިތަށްވެސް އަރަމުން ދިޔައީ ރައިޝާއަށް ލަނޑެއް ދޭނެ ގޮތެވެ. އެދެމީހުން އެކަކުއަނެކަކާ އެހާ ކަރީގައި ތިބެން ޖެހިއްޖެނަމަ، ވާނެ ގޮތް ހިތަށް އަރުވާލިޔަސް ނައިރާގެ ހިތް ތެޅިގަންނަނީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ހިތަށް އައިހާ އެއްޗެއް ރައިޝާއާ ދިމާއަށް ގޮވަމުން ދިޔައީ އެހެންވެއެވެ.
ރިއާޝް ފަކީރުގެ ހާލަކީތޯއެވެ؟ ގެއަށް ދާ ގޮތަށް ގޮސް ރައިޝާ ނޮޅާލައިގެން ކާލަފާނަމޭވެސް ހިތަށް އަރަމުން ދިޔައެވެ. އަންހެން ކުއްޖަކަށްވުރެ ބަލިކަށިކޮށް ފެންނަމުން ދިޔަ ރިއާޝްގެ މޫނުމަތީގައި ދާތިކިތައް ވިދާބަބުޅަމުން ދިޔައީ ކީއްވެގެންތޯ އޭނާގެ އަމިއްލަ ނަފްސާވެސް ސުވާލު ކުރެވުނެވެ. ނައިރާގެ ކުރިމަތީގައި ރަނޑު އަންހެން ކުއްޖެއްހެން ބަލިކަށިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި އެއްޗެކޭ ބުނަން ރިއާޝް އަނގަ ހުޅުވާލިއެވެ.
“ހިނގާ ދާން..”
ދެމީހުންނަށްވެސް އެހެން ބުނެވުނީ އެއްފަހަރާއެވެ. އެހެންކަމުން ދެމީހުންވެސް އެކަކުއަނެކަކާ ދިމާއަށް ބަލާލުމަށްފަހު، ހިނިތުންވެލިއެވެ. އެވަގުތު ދެމީހުންގެ ހިތުގެ ތެޅުންވެސް ވަނީ އެތައް ގުނައެއް އަވަސްވެފައެވެ. ރިއާޝް ހީލުމާއެކު، ނައިރާ ގޮސް ސައިކަލަށް އެރީ ނުކެރި ހުރެއެވެ. ރިއާޝްއާ މިހާ ކައިރީގައި އިންނަން ޖެހުމުން އޭނާގެ ހިތް ކޮންޓްރޯލް ކުރާނީ ކިހިނަކުންބާވައޭ ހިތަށް އަރަމުން ދިޔައެވެ. ރިއާޝް ހިތްހަމަ ނުޖެހިދާނެތީ، ނައިރާ އިށީނީ ރިއާޝްއާ ފުދޭވަރެއްގެ ދުރުމިނެއް ބަހައްޓާފައެވެ. އެހެންނަމަވެސް، ނައިރާގެ އެ ކުޑަކުޑަ ޢަމަލުންވެސް ރިއާޝްގެ ހިތަށް ލިބެމުން ދިޔައީ އަނިޔާއެވެ. ނައިރާ އޭނައާ ދޭތެރޭ ބަހައްޓާ ދުރުކަމުން ހިތަށް ލިބެމުން ދިޔައީ ޝަކުވާއެވެ. މުޅި ރާސްތާ އެއްކޮށްވެސް ދިޔައީ ހަމަހިމޭންކޮށެވެ. އިސްވެ އެއްޗެއް ބުނާކަށް އެކަކަށްވެސް ނުކެރުނެވެ. އެއަށްވުރެ އެދެމީހުންގެ ހިތް ތެޅޭވަރުން ހީވަނީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ.
“އާދެވިއްޖެ..” ނައިރާއަށް ހަމަބިމަށް އާދެވުނީ ރިއާޝްގެ އެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސްއަވަހަށް ސައިކަލުން ފައިބާފައި ރިއާޝްއާ ދިމާއަށް ބަލާވެސްނުލާ، ދުވެފައި ގޮސް ގެއަށް ވަނެވެ.
ނައިރާ އޭނައާ ދޭތެރޭ ބަހައްޓާ ދުރުކަމުން ރިއާޝްގެ ހިތަށް ހީވަނީ ތީރުތަކެއް ޖަހާ ޒަޚަމް ކޮށްލާހެންނެވެ. އެހެންނަމަވެސް، އޭނާ އަދި ހިތްވަރު އެލުވައެއް ނުލާނެއެވެ. ވަރަށް އަވަހަށް ނައިރާއަށް ލޯބި ހުށައަޅާނެއެވެ. ވީހާވެސް އަވަހަކަށް ރައިޝާއަށް މި ހުރިހާ ވާހަކައެއް ކިޔައިދޭން ރިއާޝް ބޭނުންވެއެވެ. އޭނާ ވިސްނަމުން ދިޔައީ ނައިރާއަށް ލޯބި ހުށައަޅާނެ ގޮތަކާ ދޭތެރޭގައެވެ.
ޚިޔާލުތަކުގައި އިން ރިއާޝްގެ ދެލޯ ކުއްލިއަކަށް ބޮޑުވީ ކަމެއް ހަނދާންވީ ފަދައަކުންނެވެ. އިސްތަށިގަނޑުގައި ދެއަތުން ހިފާ ބާރުކޮށްލެވުނީ ވަރަށް މުހިންމު ކަމެއް ނުކުރެވިގެން އުޅޭ ފަދައަކުންނެވެ. “އޯހ ޝޫޓް.. ރައީ… ޝީ ވިލް ކިލް މީ ފޯރ ޝުއަރ ޓުޑޭ..” އަވަސް އަވަހަށް ރައިޝާގެ ސްކޫލާ ދިމާލަށް ރިއާޝް މިސްރާބު ޖެހީ މިހާރު ރައިޝާ ހުންނާނީ ލަސްވެފައިކަން އެނގުމުންނެވެ. ރައިޝާއަކީ ރުޅިއައިއްސިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކުއްޖެކެވެ. އަންހެން ކުއްޖަކަސް އަތުންފައިން މީހަކަށް އނިޔާ ކުރަންވެސް ފަހެއްނުޖެހޭނެއެވެ. އެހެންނޫނަސް، ރައިޝާއަށް ގޮތެއް ވާކަށް ރިއާޝް ބޭނުމެއްނުވެއެވެ. ކިތަންމެ ވަރަކަށް ކޮއްކޮއާ ތޮޅެ، ޒުވާބު ކުރިޔަސް، ރިއާޝް އޭނާގެ ހުރި ހަމައެކަނި ކޮއްކޮ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ކޮއްކޮއަށް ކުޑަކުޑަ އަނިޔާއެއް ވިޔަސް، އެކަމަށް ރިއާޝް ސަމާލުކަން ދެނީ މާ ބޮޑަށެވެ. އެހާ އަވަސްއަރުވާލާފައި ރައިޝާ ބަލާ ދިޔުމަށް ރިއާޝް ސައިކަލު ދުއްވާލީ އެހެންވެއެވެ.
ސްކޫލާ ހަމައަށް ދެވުމުން ރިއާޝް ސައިކަލު މަޑުކޮށްލާފައި ޕޭމަންޓާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރުޅިއައިސް ރަތްވެފައި ހުރި ރައިޝާ ފެނުމުން ރިއާޝްއަށް ހިންދިރުވާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މިއަދު އޭނަގެ ދުވަސް ދާނެއެވެ. “އައިމް ޑެޑް…….” ރައިޝާ ކައިރިއަށް އަންނަން ފެށުމާއެކު ރިއާޝްއަށް މަޑުމަޑުން ބުނެވުނެވެ.
ނުނިމޭ…
8 Comments!
Comments are closed.
Hellooo naayuuu❤️❤️❤️❤️❤️❤️ dhoonigadaa❤️❤️❤️
Kihineh tha vrh miss vey ingey❤️❤️❤️❤️
Btw stry Hama best masha Allah ❤️❤️
Keep it up ❤️❤️❤️❤️❤️
Wow ale maaish aa raishaa haadha cute eyy ❤️❤️❤️❤️❤️secrate koh ekaku anekakah balany dhw hehe❤️❤️❤️❤️
Vrh Sali stry kuri ah daagoi ingey naayuuu❤️❤️❤️❤️❤️❤️❤️❤️❤️
Dhn mi inthizaaru kurany nairaa and raishaa ah demeehunah lwbi vevunu faraai libeyne irakah ❤️❤️❤️❤️
Waiting for the next❤️❤️ part❤️❤️
Love u sooo much❤️❤️
Miss u sooo much ❤️❤️❤️
Stay safe❤️❤️ and tvgc❤️❤️
Salaam dear readers… Here is the third part of my story… Kamudhaane kamah ummeedhu kuran… Next part Insha allah next week ge monday ga kiyaalan libeyne… Plx cmmnt ur thugts nd suggestions abt this stroy… That would be a great benefit for me… Thakq so much for all of my reader’s endless support nd love…
SH
SS
TC
LYSM
In rpl to ril sis…
Awwww tyssssm darl… Yes they r so cute dhww.. Even I was thinking the same thing.. Hehehe… Yess hingaa dhw e dhekudhinnah e dhekudhinge love libeyne dhuvahakah inthizaaru kuran.. Alhey tysm sisoo. That really meant a lot to me..
LYMMMMMMMMMM
MYMMMMMMMMMM
SH
SS
TC
?Wowowowow naayooo vvvv salhi ingey mi story?
?Rai kihineh baa hadhaanee riyaash ah ?
?Curiously waiting for next part darl?
?I ah faharehga mi story ge hurihaa part aka??cmmnt nukurevi dhaane but i ge full support ?mi story ah libeyne inge?
? Lysm?
?Tc?
?Ss?
?Sh?
?We miss yuh darl ??
Awww… tyssssssm ahul dearr… heheh nayoo ah hiivanii Rai mifaharu Riaash nolhaalaane hen 😉 hehe dhw.. dhen hingaa dhw vaa goi balaalan next prt ah wait kohlamaa.. Insha allah next week ge monday ga kiyaalan libeyne.. vvvvv buxy but I am trying my best dear… Alheyy iss okk darl I can understand… nayoo vx midhuvaskolhu vrh buxy.. what to do dhw.. hehe… Btw lam nd shif mennah salaam bunahche ingey dhooni.. bunaathi nayoo bunyey vrh miss veyey
LYMMMMMMMMMMM
MYMMMMMMMMMMMMMMMMM
SH
SS
TC
ބުރޯ…. Maadhan cmnt eh kohllaanan
Klww gayaaa ????Raeeeee ???bust v nu kaaku kan… Hmmm thoonu dhelolaa hoonu hashigandaa foolhu dhigu kohggen hurihaa Anhen kudhin ge hiy thah zakham kohgen Inna kuhjjakee Maaish dhww?????vvv cute ngey Nayaa lwbi kolhooooooo…. Suhbooo Hun guhdhoosun raliya Allah anh…. Mioh kameh…. Mi Naira Mee hama dhevana Nayaa ??????????????????????????????????????????????????kaalayeyy… Mi aunty vx kokki kairy kiyaane evarah kaa ehchehi fonuvaashey????dharifulhaa mi koe bunaane vaahaka eh nei… Fala nuvaathi ??Fala meehun ge sticker eh vx nukureyey miaku ??Huvaa mi bunii… Barbaadhu Hey kasma hey thumse banaanaa hai kya bhaat hai?????Riaash fakeeru ge gameehahh vai kolheh elhi dhaaney Nairaa dhariyaaaa… Esoru ge hiy zakham vanii oa… E soru ge hithah ahdho vanii oa??????NAIIIIII thankolheh kairiah jehi laba….. Eyy rai kiihbaa kuraanii…
Aslu aunty ah ngey thr Nonni enmen furathama fothuga liyan feshi vaahakaige main ah kii namakii vx Naira ey… ?Ekam evaahaka up kuran fashaanii hama amihlla phn eh libuniima… V bodu bai nimfa othy vx… Comedy land up nuhurevigen mi ulhenii cover ge mahssalaiga ngey kudhin ney… Tab in cover nulevey thy sis ehge phn in cover laifa up kuranii… Ekam sis aa dhimaa nuvegen mi ulhenii… Ehnve up nukurevenii ???sooo sorry dearsss…. Btw Reesha ehnu Mee dhw Dhn ? preesha kurana Dhivehi kohllee mi Dhen… Reesha Corona gulhe eh noon thr
Vvvv salhi ngey aunty mi part vx
Lyssmmmmmmmm ❤️❤️❤️❤️❤️❤️❤️
Myssssssmmmmm ???????
TC
SH
SS
In reply to ReeshA CoronA…
Yesss brwww… I’ll be waiting for ur cmmnt