މި އަމަލުން އެންމެން ހޭން ފެށިއެވެ. މި މީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ހަސަނު ވެސް ހީލުމަށް ފަހު ޒަލަފް އާއިއެކު ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކާކޮޓަރީގައި އަވަދިނެތި ސައި ތައްޔާރު ކުރަމުން ދިޔަ އަދީލްގެ އަންހެނުން ޝިފާ އާއި ހަސަނުގެ އެންމެ ހަގު އަނހެންދަރި އާލާ ކުއްލިއަކަށް ކާކޮޓަރިން ނުކުތީ އެވަގުތުއެވެ. ” ސޮރީ ދޮންބޭ ދޮންބެ މެން އައިމަވެސް ނުއެއް ނުކުމެވުނު ދޯ ” އާލާ ދެރަވާހެން މޫނު ހަދާލުމުން ޝިފާ ހީލިއެވެ. ” […]
ހެނދުނު ގަޑީގައި ޔޫނާ އަތިރި މައްޗައް ހިތް ހަމަ ޖައްސާލަން ދިޔައެވެ. ރާޅު ޖަހާ ހިސާބައް ގޮސްލީ އުފަން ޤައުމު ހަނދާން ވާތީވެއެވެ. ޔޫނާ އިށީންދެލައިގެން އިންދައި މީހަކު ކައިރީގައި އިށީންހެން ހީވެގެން ބަލާލިއިރުގައި، މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މީހެއް އިށިނދެގެން އިނެވެ. އަނެއް ގޮތައް ބުނާނަމަ އެއީ ޔޫނާގެ ‘ކްރަޝް’ އެވެ. ޒަކުވާން ކައިރީގައި އިށީންނުމުން ކުޑަކޮށް ލަދު ގަތް ނަމަވެސް އަޅާނުލާ އިނީއެވެ. *************************************************************** ޔޫނާ އަޅާނުލާ އިންދާ ޒަކުވާން […]
“ރައީ.. ވަޓް ދި ހެލް އިޒް ހެޕެނިން..؟ ޔޫ ހޭވް ބީން އެކްޓިންގ ރިއަލީ ވިއަރޑް ސިންސް ޔަސްޓަރޑޭ..” ރައިޝާ އޭނާ ގެންދާ ތަނެއް ނޭނގުމުން ނައިރާގެ އަނގައެއް ނުހުއްޓެއެވެ. ރާޅު ޖަހާ އަޑު އިވޭތީ މިއީ މޫދު ކައިރިކަން އެނގެއެވެ. މީހުންގެ ހަލަބޮލި އަޑު ނީވޭތީ މިއީ ކައިވެނީގެ ހަފްލާ އޮތް ތަނާ ފުދޭވަރަކަށް ދުރު ހިސާބެއްކަން އެނގެއެވެ. ނޭނގެނީ ރައިޝާ އޭނަ މިތަނަށް ގެނައި ސަބަބެވެ. ލޯ މަތީގައި އަޅާފައިވާ ފޮތިކޮޅުން އެއްވެސް ތަނެއް […]
ވީރާގެ ފަހަތުން ކައިލާން ގޮސް ވީރާމެންގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްފައި ހުރި އަޑު އިވެއެވެ. “ކިހާ އިރެއްވެދާނެ ފާހަނައަށް ވަން ފަހުން” އެ އަންހެން ކުއްޖާ އޯގާތެރިކަމާއި އެކު ވީރާގެ ބޮލުގައި ފިރުމާލިއެވެ. “އަވާއެއް” މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފޭބިއެވެ. ކައިލާން ގެ ހިތުގައި ރިއްސާލިއެވެ. ވީރާ އެނދުމަތީގައި ބޭންދުމަށް ފަހު ވީރާގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. އެ އަންހެން މީހާ ފާހަނަ ތަޅުދަނޑި ދިނުމަށް […]
ޔަނާ ކަންފަތައް ލައްވާފައި އިން އިސްތަށިކޮޅު ނެއަޓުމުން އާއިޝް އެ އިސްތަށިކޮޅު ރީތިކޮއްލިއެވެ. ޔަނާ އަތުން އާއިޝް މޭމަތީ އަތް އަޅާ ކޮއްޕާލީ އާއިޝް ނުވެސް ވިސްނަ ހުއްޓައެވެ. އެހެންވެ އާއިޝް ބުރައިގެން ދިޔައެވެ. ޔަނާ ފަޔައް ބާރުލައިފައި ދުއްވައިގަތީ ޒީޝް އާއި ދިމާ އަށެވެ. ދިޔަގޮތައް ގޮސް އިވާން އާއި ޒީޝް އަތު ހިފައި ދުރައް ކޮއްޕާލިއެވެ. އަދި ޒީޝް އަތު ހިފައި ފިހާރައިން ބޭރައް ދުއްވައިގަތެވެ. އޭރު ޔާނއު ކޮންމެސް އަންހެން ކުއްޖެއް ކައިރީ […]
ޒަލަފް ގެ އަޑާއެކެ މަޔާން ދޫނެރެލުމަށްފަހު ކާކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ޒިދާންވެސް ހުރި ބާރެއް ލައިފައި މަޔާންގެ ފަހަތުން ދުއްވައިގަތެވެ. ކާކޮޓަރީގައި ތިން ބަފައިން ކާން ތިބިއިރު ހިމޭންކަން ފޫދުއްވާލީ ޒަލަފް ގެ އަޑުންނެވެ. ފޯނަށް ގެއްލިފައި ތިބި ޒިދާން އާ މަޔާންވެސް އިސް އުފުލައި ޒަލަފް އަށް ބަލައިލިއެވެ. ” ބައްޕަ މިއުޅެނީ މާލެ ދާން ” ޖޫސް ތަށިން ޖޫސް ފޮދެއް ބޯލަމުން ޒަލަފް ދެކުދިންނަށް ބުނެލިއެވެ. ” އެ ކީއްކުރަން ބައްޕަގެ ބިޒްނަޒްވެސް […]
ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ވޯޓަރ ކްރިސްޓަލް ގޭގެ އެންމެން ބައިވެރިވިއެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް އެންމެން ވެސް އެ މީހަކު ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލީ ޝައިމާ ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނުމުންނެވެ. “ކިހިނެއް ވީ” އަނގަޔަށް ބަތް ސަމްސަލެއް ލަމުން ޒިޔާނާ ބުނެލިއެވެ. ޝައިމާ ބަލާލީ ހާނިމް އާ ދިމާލަށެވެ. ހާނިމް ބޯ ޖަހާލުމާއިއެކު ޝައިމާ ވާހަކަ ދައްކަން ފެށިއެވެ. “ދޮންދައްތާ.. އަހަރެމެންނަށް..” އެހިސާބަށް ބުނެލުމަށްފަހު ޝައިމާ ވާހަކަ މެދުކަނޑާލުމަށްފަހު އިސްޖަހާލިއެވެ. […]
ހުދު ލޯންޗެއް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅުތެރެއަށް ވަނެވެ. އިރުގެ ދޯދިތަކުން ޖަރީވެފައިވާ ކަނޑުގައި ރާޅުބާންޏެއްވެސް ނުވެއެވެ. ވައިމަޑު ރީތި ދުވަ ހެކެވެ. ނޫކުލައިގެ އުޑުގައި ހުދު ވިލާ ރޮއްޖެއްވެސް ނެތެވެ. ލާންޗުގެ ދުވެލި މަޑުކޮށްލައި ފާލަމާ ކައިރިކޮށްލުމުން ލާންޗުން ފޭބީ މެދުއުމުރުގެ ފިރިހެނެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީ ހަކާއި މުށި ފަޓޫލޫނުގައި ހުރިއިރު އުމުރަށްވުރެ ޒުވާންކަމަށް ދައްކައެވެ. ދޮން ހަންގަނޑެކެވެ. ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑާއި ތުބުޅީގައި މަދުންނަމަވެސް ނުރަ ހުއްޓަސް މި ފިރި ހެން މީ […]
“ރައިން”.. ކައިރީ އިން ފިރިހެން ކުއްޖާއަށް ގޮވާލީ އަހަރެން ކައިރިއަށް އައި އެހެންމީހެކެވެ. މީ ކޮން ރައިން އެއްހެއްޔެވެ؟ މި ފިރިހެންކުއްޖާ ލޯ ބޮޑު ކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ތެދުވެގެން ގޮސް ބޭރަށް ނިކުތީ އެތެރޭގައި އެމީހުން ދައްކާ ވާހަކަ އަޑުއަހަން އިނދެ އިނދެ ފޫހިވީމައެވެ. “ސަރާ..” އަނެއްކާ ނުދަންނަ މޫނެކެވެ. ގޮވާލާ ގޮތުން ހީވަނީ އަހަރެން އިނގޭ މީހެއްހެނެވެ. “ރަނަގަޅުތަ؟” އެމީހާ އަހަންނާ ވާހަކަ ދައްކަން ހުއްޓައި އެއްކަލަ ފިރިހެން […]