ޔަނާ ކަންފަތައް ލައްވާފައި އިން އިސްތަށިކޮޅު ނެއަޓުމުން އާއިޝް އެ އިސްތަށިކޮޅު ރީތިކޮއްލިއެވެ. ޔަނާ އަތުން އާއިޝް މޭމަތީ އަތް އަޅާ ކޮއްޕާލީ އާއިޝް ނުވެސް ވިސްނަ ހުއްޓައެވެ. އެހެންވެ އާއިޝް ބުރައިގެން ދިޔައެވެ. ޔަނާ ފަޔައް ބާރުލައިފައި ދުއްވައިގަތީ ޒީޝް އާއި ދިމާ އަށެވެ. ދިޔަގޮތައް ގޮސް އިވާން އާއި ޒީޝް އަތު ހިފައި ދުރައް ކޮއްޕާލިއެވެ. އަދި ޒީޝް އަތު ހިފައި ފިހާރައިން ބޭރައް ދުއްވައިގަތެވެ. އޭރު ޔާނއު ކޮންމެސް އަންހެން ކުއްޖެއް ކައިރީ އިންތަން ފެނުނެވެ. ޔަނާ އެކަމަކައް ނުބަލައި އަވަހައް ޒީޝް ގޮވައިގެން ދުއްވައި ގަތީ އަށިގަނޑު ތަކައި ދިމާލައްށެވެ. ގޮސް ފުން ނޭވާލާން ފެށިއެވެ. ޒީޝް ވެސް މެއެވެ. އާއިޝް އާއި އިވާން ގެ އެ އަމަލުން ޔަނާ އައް ވީ އަލިފާނައް ޕެޓްރޯލް އެޅުންކަހަލަ ކަމަކަށެވެ.
_________________________________________________________
ބިންމައްޗަށް ވެއްޓިފައި އޮތް އާއިޝް އާއި އިވާން ތެދުވިއެވެ. އަދި ގޮސް މޭޒުކައިރީ އިށީނދެ ލިއެވެ. އެންމެން ވެސް ދިޔައީ ހެމުންނެވެ. “ކަލޯ ހާދަ ގަދަ މަންޖެއެކޭ.. އިވާން ގައިގަ މިއިން ދުވަހަކުވެސް މީހަކު އިނގިލި ކުރި ޖައްސާލަންވެސް ނުކެރޭ ވިއްޔަ. މަ ހަމަ ކޮސް ވެއްޖެ… އަދި މިހިރަ އާއިޝް.. މީނަވެސް ކޮއްޕާލީ.. ޕިސް ޕިސް.. ކޯޗެކޭ ދެން މަ ބުނާނީ..” އެތަނުން ކުއްޖަކު އިނދެ ލައިފައި ބުނެލިއެވެ . ” އަދި ދޯ އެ މަންޖެގެ ގޮތް އެނގުނީ.. މަ ވެސް ހުރީ ކޮސްވެފަ.. ..” އާއިޝް ވެސް ބުނެލިއެވެ. އާއިޝް ހިތައް އަރަމުން ދިޔައީ ޔަނާ މިތާ ހުރި ސްކޫލައް އަންނަނީ ބާއޭ.. އަންނަ ނަމަ ކޮންމެ ދުވަހަކު ފެންނާނޭ.. އެހެންވީރުން ކޮންމެ ދުވަހަކު ހެނދުނު މިތަނައް އަންނާނެކަމައް ހިތުގައި އަޒުމު ކަނޑަ އެޅި އެވެ.
ޔަނާ އަތު އޮތް ގަޑި އައް ބަލާލިއިރު އަށެއް ޖަހަން ފަސް މިނެޓެވެ. ޒީޝް ކައިރީ ދާން ހިނގާށޭ ކިޔާ ސްކޫލް އެތެރެއައް ދެމިގަތެވެ. އޭރު އަދި ނަސީބަކުން ޓީޗަރް އެއްނާދެއެވެ. އައިސް އިންނަމަ ޔަގީނުންވެސް ޔަނާ އާއި ޒީޝް އައް އަދަބުދޭނެއެވެ. ގޮސް ގޮނޑީގައި ހަމަ ޖެހިލިއެވެ. ކުލަހުގައި އެކި ގަޑިތައް ނިމިގެން ދިޔައިރު ޔަގީނުންވެސް ޔަނާ އަދި ޒީޝް ތެރެއިން އެކަކައްވެސް އެ ގަޑި އަކުން ވީ ކަމެއް ނޭންގޭއެވެ. ދެ މީހުން ވެސް ތި ބީ މި އަދު ހިނގައިދިޔަ ކަންކަމއި ދޭތެރޭ ވިސްނާށެވެ. ޒީޝް މިއީ އެކަހަލަ ވާހަކަ އެއް ކިޔަސް،ސީރީސް އެއް ބެއްޔަސް، ބިރުން ފިތްކަނޑައިގެން ގޮސް ހުންނަ މީހެކެވެ. ޔަނާ މިއީ ވަރައް މަޖާ މިޒާޖެއްގެ އަނގަ ގަދަ އަދި ބިރުކުޑަ ކުއްޖެއް ކަމަކު މި އަދުބިރުގަތެވެ. މި އަދު އެތަނުން ދޫ ނުވެއްޖެ ނަމަވާނެ ގޮތް ވިސްނެނީއެވެ. އެއީ ކޮން ފެންވަރެއްގެ މީހުންކަން މިހާރު ވިސްނިއްޖެ އެވެ. ބޭނުންކަމެއް ކޮއްލަފާނެއެވެ.
ޔާނިއު އާއި އަނާ ތިބީ ޗުއްޕުވެސް ނުބުނެއެވެ. ޔާނިއު ބުނިއެއްޗަކުން އާނާ ވެސް އިނީ ލަދުން ބޯހަލާކު ވެފްއެވެ. އަމިއްލަ ނަފްސައް ކުދި ކިޔާލަ ކިޔަލާއެވެ.
ހަ ގަޑީރު ކުރިން…
“އޭތް ޔާނިއު .. ” ކްލާހައް ވަތް އިރައް އާނާ ގޮވާލިއެވެ.” ވަޓް.. ” ޔާނިއު އައިސް ދަބަސް ގޮނޑީގްއި ބައިދާ އޭގެ ލެގި ލިއެވެ.” ކޮބާ ބިޓުގެ ހާލުފުޅު ކިހިނެއް ތޯ.. ” އާނާ ކަރު ކެހިލަމުން ބުނެލިއެވެ. ވަރައް ޝަރަފު ވެރި ގޮތަކައްށެވެ. ޔާނިއު އާ ޖެއްސިލާނަމޭ ހިތާއި އެވެ. އަދި ފެންފުޅިން ކޯވަރެއް ބޮއެލިއެވެ. ” އަޅޭ ކިތައް ފަހަރުތަ ބުނަންވީ.. ދެޓްސް ނޮޓް ބައި ބިޓު އޯކޭ! ؟ދެޓްސް މައި ދޮންތަ … ؟ރޭގަ ވެސްބުނިން ދޯ.. މިހާރު ތާކުން ފެންނަ މީހަކު މަގޭ ބިޓޭ ކިޔާފަ.. “ޔާނިއު ރުޅި އަންނަގޮތް ވިއެވެ. އާނާގެ އަތާ ފަޔާ ފިނިވިއެވެ. ލޯ ބޮޑު ކޮއްލެވުނެވެ. އަނގައިގެ ހުރި ފެންތައް ޔާނިއުގެ ގަޔައް ބުރުއްސައިގެން ދިޔަ ތަނުން ޔާނިއު އައް ކޮޅައް ތެ ދުވެވުނީ ކުއްލި އަކައްށެވެ. އާނާ އައް ވެސް ތެދުވެވުނެވެ. އަދި އިތުރައް ލޯ ބޮޑު ކޮއްލެވުނެވެ. ” ސޮރީ.. ކަމް ވިތް މީ” އަނާ އިސްދަށައް ޖަހައިގެން އިނދެ މަުޑ މަޑުން ބުނެލިއެވެ. އޭރު ޔަނިއު ފަކުރުން އިނެވެ.
“މި އަދު ދަތް އުނގުޅިން ތަ.. އަނގަ ދޮވުނިންތަ..” ޔާނިއު އަނގަ އައް ވައްތަރެއް ޖައްސާލަމުން އަހާލިއެވެ. އާނާ އާނއެކޭ ކިޔަ ދަމައިފައި ކްލާހުން ބޭރައް ގެންދިޔައީ ކްލާސް ޓީޗަރ ކައިރީ ބުނެލފައެވ. ކުލާހުގައި ހުރި ނަމަ ހުރިހައިކުދިންގެ ލޯތައް އަމާޒުވެފައި ވަނީ އެ ދެ މީހުންނައް ށެވެ. އާނާ ޔާނއިު ގޮވައިގެން ގޮސް ފާހަނަ ސިންކުކައިރީ ހުއްޓެލިއެވެ. އާނާ ސޮރީ އޭ ބުނެ އިސްކުރު ދޫކޮއްލައި ޔުނީފޯމް ދޮވެލިއެވެ. އާނާ ދާން ހިނގައިގަތް ގަޑީ ދެންމެ އެތަނައް އެޅިފައި ހުރި ފެންތައް މައްޗައް އަރާ އާނާ ކަހާލިއެވެ. ވެއްޓެން ދިޔުމުން ޔަނިއު ގެ ޔުނީފޯރމް ގިރުވަނުގައި ހިފުނެވެ. އަދި ޔަނިއު ވެސް އަރި އަޅަލިއެވެ. ދެ މީހުން އައް އެއްފަހަރައި ަހަޅޭއްލަވައިގަނެ ވުނެވެ. ޔާނިއު ގޮސް ވެއްޓުނީ އާނާ ގައި މައްޗައްށެވެ. އާނާގެ ލޯ ބޮޑު ކޮއްލެވުނެވެ. ވަގުތުން ކޮލައް ޖަންބުކުލަ ވެރިވިއެވެ.
ޔާނިއު އައް މިތަން ސިފަ ވީ ސްލޯމޯށަން ކޮއްށެވެ. އެހެންވެ ކުޑަކޮއް ހެވުނެވެ. މިއީ ހޭންވި ގަޑި ނޫންކަން އިނގުމުން ދިރުވާލި އެވެ. އެހެން މިނެޓެއް ހާއިރު އޮއެފައި އާނާ ޔަނިއު ކޮއްޕާލީ މާ ލަދު ގަތުމުންނެވެ. އަދި ޔަނިއު ތެދުވެ އާނާ ތެދުވަން އަތް ދިއްކޮއްލީ ޔާނިއު އަނެއް އަތް އިސްތަށިގަނޑުގައި ހަކަމުންނެވެ.
މިހާރު ..
އެ ދުވަހުގެ ކިޔެވުން ނިމުނު އިރުވެސް އަނގައިގައި ޒިބު ދަމައިގެން ތިއްބެވެ. ޔާނިއު ގޭޓުން ނިކުމެގެން ދިޔައީ ޔަނާ އެއްކޮއްށެވެ. އޭރުވެސް އާނާ ބަލަހައްޓައިގެން އިނެވެ.
ޒީޝް ވެސް ގެއައް ދާންހިނގައިގަތެވެ. ދިޔަމަގުމަތިން ޒީޝްގެ ދޮންބެ ފެނުމުން ނައިޓްރޮ ސްޕީޑް އަޅުވަލައިފައި ގޮސް ކޮނޑައް ފުންމައިގެން އެރިއެވެ. އޭރު އޭނަގެ ދޮންބެ ގާތު އިން ފިރިހެން ކުއްޖަާފެނި ޒީޝް ގެ ލޯ ބޮޑު ވެގެން ދިޔައެވެ. އާނއެކެވެ. ދެވަނަ އެކަކުވެސް ނޫނެވެ.އިވާން އެވެ. އިވާން ކުޑަކޮއް ހައިރަން ވިނަމަވެސް އެޔައް ވުރެ ބޮޑަށް ވީ އުފަލެވެ. ” ލިއަމް ކަލެ ކޮއްކޮ ތަ..” އިވާން ލާނެއް ގޮތަކައް ބުނެލިއެވެ. ” މަގޭ ބޭބީގަނޑު..” ޒީޝް ލިއަމް ކޮނޑު މަތީ އިންދާ ލިއަމް ފުންމައިގެން އެރިއެވެ. ޒީޝް އައް ހަޅޭއް ލަވައިގަނެވުނެވެ. އަދި ގޮސް ވެއްޓި ބިންމަތީ ޖެހުނެވެ. ލިއަމް އައް ފުންމައިއެރުނު ކަމުގެ މޮޔަ ހިތައްއެރިއެވެ.
ލިއަމް އަކީ އެ ގޭންގު މީހެއް ނޫން ކަމަކު އިވާންގެ ވަރައް ގަތް އެކުވެރިއެކެވެ. މުސްކުޅިން ބުނާހެން އަހިވަކަކާޖެހި އހިވަކެއް ފާވެއެވެ. އެކަމަކު ލިއަމް އަކީ އޭގެއެއްނޫނެވެ. ލިއަމް ކިތައްމެ ގިނައިން އިވާން މެން ގޭނގައި އެކު އުޅުނަސް އެ ގޭންގަކައް ނުވަދެއެވެ. އެތައް ފަހަރަކު އިވާން ލިއަމް ގާތު އެ ގްރޫޕައް ވަންނަން ކިޔައިފިއެވެ. ނަމަވެސް ލިއަމް އެއްބަހެއްނުވެއެވެ.
ލިއަމް ޒީޝް ތެދުވަން އަތް ދިއްކޮއްލިއެވެ. ޒީޝް ވެސް އަތް މައްޗައް ނެގީ ތަދުވިލަތް ބޮޑުކަމުން ތެދުވަން ބޭނުންވެފަ ހުރި ވަރުންނެވެ. އެ އައް ވުރެ ކުރިން އިވާން އޭނަގެ އަތް ޒީޝްގެ އަތާ ގުޅުވަލިއެވެ. ޒީޝް އައް ކާކު ކަން ނޭނގޭއިރު ބަންކިޔަފައި އިވާން ގެ ގައިގަި ޖަހާލީ ލިއަމް ކަމައް ހީކޮއްށެވެ. އަދި މައްޗައް ބަލާލީ ލިއަމް އައި ދިމާއައް ކުދި ކިޔާލާނަމޭ ހިތައި އެވެ. ނަމަވެސް ދެ ލޯ ބޮޑު ކޮއަލެވުނީ އިވާން އައް ވުމުންނެވެ. ޒީޝް ބިރުގަތެވެ. ޒީޝް އައް ގޮސް ހިނިގަނޑު ހިނދާލައިގެން އިން ލިއަމްގެ ފަހަތައް ވަދެ ފިލިއެވެ. އޭރު ހެވިފައި އިވާން ބަލަހައްޓައިގެން އިނެވެ.
ޒީޝް ސޮރީ އޭ ކިޔާ ހަޅޭއް ލަވައިގަނެފައި ގެއައި ދިމާއައް ދުއްވައިގަތެވެ. ލިއަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިވާން އައް ވެސް ހެވުނެވެ . ” ކަލޭ ގެ އެ ހުންނަނީ ހާދަ ފައްކާ ކޮއްކޮ އެކޭ…” އިވާން އައް ބުނެވުނެވެ. ” މަގޭ ކޮއްކޮ ބިރު ގަންނަނެ ގޭންގު މީހުން ދެކެ..” ލިއަމް ބުނި އެއްޗަކުން އިވާން އައް ލޯ ބޮޑު ކޮއްލެވުނެވެ. އަދި “އެއޯ” އޭ ބުނެވުނެވެ. “ނޭންގެ ގޭންގު މީހުން އުޅޭ ފިލްމެއް ބެލިއަސް ވަނީ ހަމަ މިވަރު .” ލިއަމް ބުނެލިއެވެ. އަދި އިވާން ގޮވައިގެން ދާން ހިނގައިގަތެވެ.
ލިއަމް އަކީ ޒީޝް އާއި އެއް ބަނޑު އެއްބަފައި ބޭބެއެވެ. އުމުރުން ޒީޝްއައް ވުރެ ދެ އަހަރު ބޮޑެވެ. އިވާން މެންނައި އެއް އުމުރެކެވެ. ލިއަމް އާއި އިވަން ދިމާވީ ސްކޫލު ދައުރުގައެވެ. އެކަމަކު އާއިޝް އާ ދިމާވުމުގެ ފަހުންނެވެ.
ޒީޝް އެދިޔަ ގޮތައް ގޮސް ކޮޓަރިއައް ވަނީ ޒީޝްގެ މަންމަ ގޮވަ ގޮވާ އޮއްވައެވެ. ޒިޔާދާ ޕުޗިސް ޕުޗިސް ލައްވަމުން ދިޔައީ ޒީޝް އައް އެންމެ މީރު ބިރިޔާނީ ތަށި މޭޒުމަތީ ބައިންދަފައެވެ. ގޮސް ޒީޝް ކޮޓަރީ ދޮރު ޓަކިޖަހަން ފެއްޓެވެ. ” ދަރިފުޅާ އަވަހައް އާދޭ ކާން.. ޒީ ގޭ ފޭވް ބިރިޔާނީ ހުންނާނެ..” ޒިޔާދާ ބުނެލިއެވެ. ” ޔެސް މަންމާ މި ނުކުންނަނީ އޭ..” ޒީޝް ގޮވާލިއެވެ. އޯކޭ އޭ ކިޔާ ޒިޔާދާ ހިނގައިގަތެވެ.
ޒީޝް ކޮޓަރީ ދޮރުގައި ލެގިލައިގެން އިނީ މޭގައި އަތް އަޅައިގެން ފުންނޭވާއި ލަމުންނެވެ. އަދި އެތާ ފަސް މިނެޓެއްހާއިރު އިނދެފައި ހަމަ ޖެހުމުން ގޮސް އެއްޗިހިބަދަލު ކޮއްލައިގެން ބޭރައް ނުކުތީ ކާންށެވެ. ކާން އިންއިރުވެސް ސަމްސާ އަނގައައް ލައިގެން ގަޑި އިރެއް ވަންދެން ވެސް ނުކައި އެބަ އިނދެއެވެ. ބައެއް ފަހަރު ޒިޔާދާ ގޮވާލައެވެ. އެގަޑި ގަޑީ ސިއްސައިގެން ދެއެވެ. ޒީޝް އައް ހަމަ ވިސްނެނީ އެވެ. އިވާން އެވެ.
“ދޮންތާ އިނގޭތަ މިއަދު ވީކަމެއް މަ ލަދުން ބޯހަލާކު ނުވީ ކިރިޔާ.. ހުވާ.. ” ޔާނިއު މިއަދު ހިނގައި ދިޔަ ވާހަކަ ޔަނާ ކައިރީ ބުނަން ނުބުނަން ހުރެފައިވެސް ބުނަން އުޅުނެވެ.” ކިހިނެއް ވީ އަނެއްކަ ބުނީމަ ދޯ އެނގޭނީ. “ޔަނާ ބުނެލިއވެ. ނުބުނަން އުޅެފަ ވެސް ޔާނިއު ބުނެލިއެވެ. ޔާނިއު މިވަހަކަ ކިޔައިދިނުމުން ޔަނާ ހަނދާން ވީ އެންމެ ފުރަތަމަ އާއިޝް އައި ދިމާވި ދުވަސް މަތިންނެވެ. އެހެންވެ ކުޑަކޮއް ރުޅި އައެވެ. އަދި މީގެން ހެއްވާ ކަމަކީ ޔަނާ އާއިޝް ދެކެ ކިތަންމެ ރުޅި އައެއް ކަމަކު އެހެންކަހަލަ އިހްސާސް ކުރެވެމުން ދާތީއެވެ. ” ލާ. . އާނ މަށައް މިއަދު ފެނުނޭ ކުއްޖަކައި އެކީ އިންތަން ދޮންތަ އަަޅއިނުލިން… އެއީ ދޯ އެ ކުއްޖަ..ޕިސް ޕިސް.. މިހާރު ދޮންތަމެންނައް ވުރެ ބޮޑުވީ ދޯ..” ޔަނާ ޔާނިއު އައި ޖެއްސިލިއެވެ. ” ދެން ދޮންތާ ކަންތައް ވެސް ބޮޑޭ… މާދަން ފެންނާނީ ދޮންތަ މީހަކައި އިނދެގެން އުޅޭ ތަން ކަންނޭންގެ އެދުވަހަކުން މަ މަލައިމަތް ފަށެއް ކޮއްލާނަމޭ ބަލަން ހުންނައްޗޭ..” ޔާނިއު ފަތިވަރު ގޮވައި ގަތެވެ. އެހެން ވަހަކަ ދައްކަމުން ދެ ކުދިން އެކީ ގެއައް ދިޔައެވެ.
އާނާ މަގުމަތިން ހިނގަމުން ދިޔައީ އެކި ހިޔާލު ތައް ބޮލައް ވައްދަމުންނެވެ. ކޮނޑުގައި އޮތް ދަބަހުން ފޮތެއް ނަގަމުން އެ ހުޅުވަލިއެވެ. ދިވެހި ވާހަކަ ފޮތެކެވެ. އެ މަގު ވަރައް ހިމޭނެވެ. އެހެންކަމުން އާނާ އެ ފޮތް ކިޔަމުން ދިޔަަީ އާނާ އައް އެންމެ ކަމުދާ ވަހަކަ ކަމައް ވާ ‘ހިތް އެކު ދިނީމޭ…’ (ހިޔާލީ ނަމެއް) މި ވަހަކއެވެ. އާނަ ގޮސް މީހެއްގައި ޖެހުނެވެ. ސޮރީ އޭ ބުނެ ވާހަކަ ކިޔަމުން ދިޔައީ އެއީ ކާކު ކަމެއް ބަލައެއް ނުލައެވެ. “އާނާ..” އެ އަޑެއް އަނާ އަކައް އޮޅުވައެއް ނުލެވޭނެއެވެ. އެހެންކަމުން ކުއްލިއަކައް ބަލާލިއެވެ. އާނާގެ ލޭތައް ކެކެން ފެށިއެވެ.
❤️ __ ނުނިމޭ __❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vrh vrh reethi ? when next
Vrh vrh reethi ? when next?