ވާނަމޭ އެކުގައި 4
ހެނދުނު ގަޑީގައި ޔޫނާ އަތިރި މައްޗައް ހިތް ހަމަ ޖައްސާލަން ދިޔައެވެ. ރާޅު ޖަހާ ހިސާބައް ގޮސްލީ އުފަން ޤައުމު ހަނދާން ވާތީވެއެވެ. ޔޫނާ އިށީންދެލައިގެން އިންދައި މީހަކު ކައިރީގައި އިށީންހެން ހީވެގެން ބަލާލިއިރުގައި، މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މީހެއް އިށިނދެގެން އިނެވެ. އަނެއް ގޮތައް ބުނާނަމަ އެއީ ޔޫނާގެ ‘ކްރަޝް’ އެވެ. ޒަކުވާން ކައިރީގައި އިށީންނުމުން ކުޑަކޮށް ލަދު ގަތް ނަމަވެސް އަޅާނުލާ އިނީއެވެ.
***************************************************************
ޔޫނާ އަޅާނުލާ އިންދާ ޒަކުވާން ވާހަކަ ދައްކަން ފެށުމުން ސިހުނެވެ. ”ހެއި! ރާއްޖޭ ކުއްޖެއް ދޯ؟”. ”ހްމމ. މަ ދާ ކޮލެޖުގަ ދޯ އުޅެނީ؟ ވަރަށް ގިނައިން ފެނޭ.” ޔޫނާ މިހެން ބުނުމުން ޒަކުވާން ހީލަފައި އާން އެކޭ ބުންޏެވެ. ”ޔޫނާ އޭ ދޯ ކިޔަނީ؟ މަށަށް ކިޔަނީ ޒަކުވާން.” ބޯ ކަހާލާފައި ޒަކުވާން އެހެން ބުނުމުން ޔޫނާ އާން އެކޭ ބުންޏެވެ. މިހެން ތިބެފައި އިރުކޮޅަކުން ޒަކުވާން ޔޫނާ ގާތުގައި ނަންބާރ ދެވޭނެ ހޭ އެހުމުން ޔޫނާގެ ހިތް އުފަލުން ނަށާލިއެވެ. އަދި އަވަހައް ފޯނު ނެގިއެވެ. ޔޫނާ ނަންބަރު ކިޔާދިނުމުން ސޭވް ކުރުމުގެ ކުރިން ޔޫނާ ގާތުގައި ޒަކުވާން އަހާލިއެވެ. ”ކީކޭތަ ނަމެއް ޖަހަން ވީ؟” ޔޫނާ ހައިރާން ވިއެވެ. ” ވައި. ޑަބަލް އޯ. އެން. އޭ. އެހެންނެއްނު؟”. ” ހެހެ ނޫނޭ. މި ބުނީ ނިކް ނޭމް؟” ޒަކުވާން ހީލާފައި ބުންޏެވެ. ”އޯހް އަނެއްގޮތަކައް ނިކް ނޭމް އެއް ނެތް ދޯ؟ ޒަކުވާން ބޭނުންވާ އެއްޗެކޭ ޖަހާ!” ފަހު ތަންކޮޅުން އަޑައް ދަމާލާފައި ޔޫނާ ބުނެލިއެވެ. ” އޯވ. ބޭނުންވާ އެއްޗެކޭ ދޯ؟ އަމމމ……… އޭންޖަލް ކިހިނެއް؟” ޒަކުވާން ހީލާފައި ޔޫނާ ވެސް ބުނި ރާގުގައި ނިތް އަރުވާލާފައި ބުނެލިއެވެ. ޔޫނާ އެ ކީއްވެހޭ އަހައިލިއެވެ. ” ހެހެ ތީ މަގޭ އޭންޖެލް އޭ…” ޒަކުވާން ޔޫނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ބުންޏެވެ. ޔޫނާ ބްލަޝް ވެގެން ދިޔަތަން ރީއްޗައް ޒަކުވާން އައް ފެނުނެވެ. ޔޫނާ ގެ ހިތް ޑަން ޑަން ލާފައި ޖެހެއެވެ. ޔޫނާ ލަދުގަން ވަރުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ޔޫނާ އަތް މޮޑެލަ މޮޑެލާ އިނެވެ. މިހެން ތިއްބައި އިރުއޮއްސެން ފެށުމުން ޔޫނާ ދާން ވެއްޖެކަމައް ބުނެ ތެދުވުމުން ޒަކުވާން ވެސް ތެދުވި އެވެ. ”ޔޫނާ ހިނގާ މަށާއެއްކޮށް ސައިކަލުގަ. މިހާރު އަންހެން ކުދިން އެކަނި މަގު މަތީގައި އުޅޭކަށް ނުވާނެ.” ޒަކުވާން އެދުމުން ކުޑަކޮށް ވިސްނާލާފައި ޔޫނާ އާން އެކޭ ބުންޏެވެ. ޔޫނާ އެއްބަސް ވުމުން ޒަކުވާން އައް ހީވީ ދުނިޔެ ރަން ވި ހެންނެވެ. ޔޫނާ ސައިކަލައް އެރުމުން ޒަކުވާން ސައިކަލު ދުއްވައިލިއެވެ. ޔޫނާގެ ގެއާ ހަމައައް ދެވުމުން ޔޫނާ ފޭބި އެވެ. އަދި ‘ބައި’ އޭ ބުނެފައި ގެއައް ވަނެވެ. ޒަކުވާން ވެސް އިތުރައް މަޑު ނުކޮށް ދިޔައެވެ.
*************************************************************
ޔޫނާއަށް އެ ހިޔާލު ތަކާއި ދުރު ވެވުނީ ލިއުޒާ އޭނާ ގައިގައި ކޮއްޓާލީމައެވެ. ޔޫނާ ބަލާލިއިރުގައި ޒަކުވާން ވެސް ހުރީ އޭނާއާ ދިމާއައް ބަލަހައްޓައިގެންނެވެ. ޔޫނާ އަނެއްފަރާތައް އެނބުރި އައިސް ކްރީމް ނެގިއެވެ. ޔޫނާ ނޭނގޭ ކަމު ހަދައިފައި އައިސް ކްރީމް ބޯން ފެށިއެވެ. ލިއުޒާ ލާނެތް ވައްތަރަކައް ހީ ގަނެގެން ހުރެފައި ނައިލީ ގައިގަ ބަލާލިއިރު ނައިލީ ވެސް އުޅެނީ ޔޫނާ އެކޭ އެއް ހާލެއްގައެވެ. ލިއުޒާ ނޭނގޭ ކަމު ހަދާފައި މަޑުކޮށްލީ ފަހުން ދިމާކުރަން ކަމަށެވެ.
ނައިލީމެން ގޮސް ދުރުގައި އިން ބެންޗެއްގައި އިށީނދެލިއެވެ. އީކަން އާއި ޒަކުވާން ޕާކުން ނުކުމެގެން އީކަން ގެ ސައިކަލުގައި ޒަކުވާން މެން ގެއައް ދިޔައެވެ. ނައިލީ އާއި ޔޫނާ ތިބީ ފާޑަކައް ނެގިމަޑު ވެފައެވެ. މިއީ އެމިހުންނާ މާ ގުޅޭ މިޒާޖެއް ނޫނެވެ. މިހެންކަމުން ލައިޒާއައް މަޑުން ނުހުރެވިގެން އަހާލިއެވެ. ” ތި ދެމިހުންނައް ފަހެ ތިތިބީ ކިހިނެއް ވެފާތަ؟ ތީ އެހެންނާ ތި ދެމީހުން އެއް އިރަކުވެސް އުޅުނު ގޮތެއްނޫން.!” ލައިޒާ މިހެން ބުނުމުން ނައިލީ އާއި ޔޫނާއަކައް އެކާމާއި ދެކޮޅައް ބުނާނެ އެއްޗެއް ނޭނގުނެވެ. މިހެން ކަމުން އެ ދެމީހުން ތިބީއެވެ. ”ހމމ..ހމމ ހެވޭ ނޫޅެމޭ ތި ދެމީހުންގެ ޕްރައިވެސީ އާ ބެހޭ ގޮތުން އަހާކައް ނުބުނަންޔާމުން..” ހީގަނެގެން ހުރެ ލައިޒާ ބުނުމުން އެ ދެމީހުން ބޯކަހަން ފެށިއެވެ. ”އަމމ.. ފަހުން ބުނާނަން… މި ގަޑި އަކުނޫން..” އަތް މޮޑެމުން ނައިލީ އެހެން ބުނުމުން ލައިޒާ ހިނިގަނޑު ހިންދައިލިއެވެ. އައިސްކްރީމް ބޮއެ ނިންމައިގެން ތިން ކުދިން އެ ކުއްޖެއްގެ ގެއައް ދިޔައެވެ. ***************************************
ޒަކުވާންމެންގެ ގެއާއި އަރާ ހަމަވުމުން ޒަކުވާން އާއި އީކަން އެތެރައައް ވަނެވެ. ސިޓިން ރޫމުގައި އިން ބޮޑު ފާރުގައި ޓީވީ އެއް ހަރުކޮއްފައި އިނެވެ. ބޮޑު ސޯފާ އަކާއި ކުޑަ ދެ ސޯފާ ބަހައްޓާފައި ހުރި އިރުގައި މެދުގައި ކުޑަ މޭޒެއް އިނެވެ. މަތީގައި ފަންކާއެއް ހަރުކޮށްފައި އިނެވެ. ކުޑަ ދޮރު ކައިރީ ބޭރުގައި މާ ގަސްތަކެއް ހައްދާފައި ހުއްޓެވެ. ވަދެގެން ދިޔަ ގޮތައްގޮސް އީކަން ސޯފާ އައް ޖެހިގަތެވެ. ޒަކުވާން ގޮސް އީކަން ގާތުގައި އިށީނދެފައި މަށަށް ކިޔައިދޭށޭ ކިޔާ ފަދަ ގޮތަކައް އީކަންގެ މޫނައް ބަލަހައްތައިގެން އިނެވެ. އީކަން އެހެން އިނދެ އިނދެފައި ޒަކުވާންގެ މޫނައް ބަލާލިއެވެ. ”ޑޫ އައި ހޭވ ޓު؟..” އީކަން އެހުމުން ޒަކުވާން ކުޑަކުއްޖެއް ފަދައިން ބޯ ޖަހައިލިއެވެ. ”…އަމމމ…. ދެން ފަހުން އެހެން ނޫނަސް މިހާރު ގޭންގުގެ ކަންތަކާ ހެދި ބޮލު ރިއްސާތީ މި އުޅެނީ”. އީކަން މިހެން ބުނުމުން ޒަކުވާން ބުނެލިއެވެ. ” އޯކޭ…. ދެން އެރުން ބޭސް ކައިގެން އޮށޯވެލަން ވީނުން؟” އީކަން ހމމ އަޅުވާލާފައި ތެދުވެގެން ދިޔައެވެ. އީކަން ދިޔުމުން ޒަކުވާން، ގޮސް ކޮމްޕިޔުޓާރ ދޮށުގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޒަކުވާން ކޮމްޕިޔުޓާރުގެ ފިތްތަކައް ބާރު ކުރަން ފެށިއެވެ…….
****************************************************************
ނުނިމޭ.
މިބައި ގެނައުން ލަސް ވުމުން އެކަމައް އަޅުގަނޑު ހުރިހާ ކިޔުންތެރިންގެ ފަރާތުން މާފައް އެދެން…???
މިބައި ކަމުދިޔަ ކަމައް އުންމީދު ކުރަން…..
5 ވަނަ ބައި އަޅުގަނޑައް ވީ އެންމެ އަވަހަކައް އަޕް ކުރެވޭތޯ ބަލާނަން……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
