މަރީނާ ގުޅުމުން ކޮޓަރީގެ ބެލްކަނިއަށް ނުކުމެލި ޒީވާ އަށް ޒިދާން އާއި ޔަނާލްގެ ދެމެދު ދެކެވުނު ވާހަކަތައް ނޭނަގުނަސް އެ ދެމީހުންގެ ހަރަކާތްތަކުން ވެ ދިޔަ ކަންތައް ދެނެގަނެވުނެވެ. ދެރަވި ނަމަވެސް ޒީވާ ކެއްކޮށްލީ މިއޮއް ހުރިހާ ދުވަހު އެ އިހްސާސްތައް ފޮރުވި ގޮތަށް ދެންވެސް ފޮރުވޭނޭ ހިތައް އަރުވާލަމުންނެވެ. ނަމަވެސް ޒީވާއަށް އެ ހީކުރެވުނީ މުޅިން ގޯސްކޮށްށެވެ. ޒީވާއަށް ނޭންގުނަސް އެ ހިތުގައި ޒިދާން އާއި މެދު ވާ ލޯބި ދަނީ ދުވަހެއް ދުވަހަކައް އިތުރު […]
މަޔާންއަށްވެސް ގްރާފިކް ޑިޒައިނިންގެ ދާއިރާއިން ވަޒީފާ ހަމަޖެހި ކުރިން ބޭކާރު ކަންކަމަށް ހޭދަކުރާ ވަގުތު ވަޒީފާއަށް ދޭންފެށިއެވެ. އޮފީހުގައި ގިނަ ވަގުތު ޒިދާންވެސް ހޭދަކުރަމުންދިޔައިރު ޒިދާން އަށް ކަމެއް ފާހަގަވިއެވެ. ރަހްމަތްތެރިކަން ނޫން އެހެން ނަޒަރަކުން ޔަނާލް ޒިދާން އަށް ބަލާކަން ފާހަގަވާންފެށިއެވެ. ދުވަސްދާ ވަރަކަށް ޒިދާންގެ ހިތުގައި ވެސް ޔަނާލް އަށް ހާއްސަ އިހްސާސްތަކެއް ވާހެން ހީވާންފެށިއެވެ. ކޮންމެ ދުވަހަކު އޮފީހައް ދަމުން ޔަނާލް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ. ނުފެނި ގިނަ އިރު ވާނަމަ […]
ރޭގަނޑުގެ ވަގުތު މާލޭގެ މަގުތަކުގެ ހަމަހިމޭން ކަން ވަނީ ދުއްވާއެއްޗެހިން ނަގާލާފައެވެ. ހެވެން ގޭގެ ކުރިމަށްޗަށް ހުއްޓާލި ކާރުން ފޭބި މެދުއުމުރުގެ އަންހެން މީހާގެ ނަޒަރު ހުއްޓިފައިފަނީ ކުރިމަތިން ފެންނަމުންދިޔަ 10 ބުރީގެ އިމާރާތަށްށެވެ. އެއް އަތުން ލޮލުގައި ވާ ނަންބަރު އައިނުގައި ހިފައްޓާލައިގެން ހުރިއިރު އަނެއް އަތުން ހުރީ ޕާސް ހިފަހައްޓާލައިގެންނެވެ. ލާފައިވަނީ ފިޔާތޮށިކުލައިގެ އަރިފެޅި ފަޔާއި ހަމައަށް އަރާ ހެދުމެއްގެ އިތުރުން ބްލެކް ބެލްސެކެވެ. އަރާލާފައިވާ ހީލްސްގެ ސަބަބުން މި އަންހެންމީހާއަކީ ވަރަށް ސްޓައިލަށް […]
މި ދެކުދިންނަށް ވާހަކަ ދައްކާލު މަށް ފުރުސަތު ދެ މުން ޒަލަފް ޒީވާގެ ފޮށި ކޮޓަރިއަށް ލައިދޭން ހިނގައިގަތެވެ. މަޔާންގެ ވާހަކައިގައި ޖެހިފައި ހުރި ޒީވާ ޒަލަފް ގެ ހަބަރެއް ނުވުމުން ފަހަތް ބަލާލި ވަގުތު ފެނުނު މަންޒަރުން އިތުރު ތަނަކަށް ނަޒަރު ވަކިކޮށްލު މެއް ނެތި ބަލަހައްޓައިގެން ހުރެވުނެވެ. ސިޑިން ފައިބައިގެން އަންނަ ޒުވާނާ އަށް ޒީވާ އަށް ބެލެމުންދިޔައެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާރޓްއެއްގެ އިތުރުން ޒިދާން ލައިފައިވަނީ ގަދަ ނޫކުލައިގެ ކަކުލުން މަށްޗަށް ދާ […]
ހިޔާލަކަށް ގެއްލިފައި އިން ޒަލަފްގެ ގައިގައި މަރީނާ ކޮއްޓާލީ ޒަލަފް އެއްޗެކޭ ނުބުނީމައެވެ. ހިޔާލުތަކުން ބޭރު ވެވުނު ޒަލަފް މަރީނާ އަށް ބަލާލިއެވެ. ” ކޮބާ ދަރިފުޅު ” ދެ އަތުން މޫނުމަތީ އަތް ކާތާލަމުން މަރީނާއާ ޒަލަފް ސުވާލުކޮށްލިއެވެ. ” ވެއްޖެ ކޮޓަރީގަ….. ދަރިފުޅާ ” މަރީނާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލިއެވެ. މަރީނާ ގެ އަޑަށް ކުރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ނުކުތީ ޒުވާން އަންހެންކުއްޖެކެވެ. ހިމަތޮޅި ހަށިގަނޑެކެވެ. ހަމުގެ […]
މި އަމަލުން އެންމެން ހޭން ފެށިއެވެ. މި މީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ހަސަނު ވެސް ހީލުމަށް ފަހު ޒަލަފް އާއިއެކު ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކާކޮޓަރީގައި އަވަދިނެތި ސައި ތައްޔާރު ކުރަމުން ދިޔަ އަދީލްގެ އަންހެނުން ޝިފާ އާއި ހަސަނުގެ އެންމެ ހަގު އަނހެންދަރި އާލާ ކުއްލިއަކަށް ކާކޮޓަރިން ނުކުތީ އެވަގުތުއެވެ. ” ސޮރީ ދޮންބޭ ދޮންބެ މެން އައިމަވެސް ނުއެއް ނުކުމެވުނު ދޯ ” އާލާ ދެރަވާހެން މޫނު ހަދާލުމުން ޝިފާ ހީލިއެވެ. ” […]
ޒަލަފް ގެ އަޑާއެކެ މަޔާން ދޫނެރެލުމަށްފަހު ކާކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ޒިދާންވެސް ހުރި ބާރެއް ލައިފައި މަޔާންގެ ފަހަތުން ދުއްވައިގަތެވެ. ކާކޮޓަރީގައި ތިން ބަފައިން ކާން ތިބިއިރު ހިމޭންކަން ފޫދުއްވާލީ ޒަލަފް ގެ އަޑުންނެވެ. ފޯނަށް ގެއްލިފައި ތިބި ޒިދާން އާ މަޔާންވެސް އިސް އުފުލައި ޒަލަފް އަށް ބަލައިލިއެވެ. ” ބައްޕަ މިއުޅެނީ މާލެ ދާން ” ޖޫސް ތަށިން ޖޫސް ފޮދެއް ބޯލަމުން ޒަލަފް ދެކުދިންނަށް ބުނެލިއެވެ. ” އެ ކީއްކުރަން ބައްޕަގެ ބިޒްނަޒްވެސް […]
ހުދު ލޯންޗެއް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅުތެރެއަށް ވަނެވެ. އިރުގެ ދޯދިތަކުން ޖަރީވެފައިވާ ކަނޑުގައި ރާޅުބާންޏެއްވެސް ނުވެއެވެ. ވައިމަޑު ރީތި ދުވަ ހެކެވެ. ނޫކުލައިގެ އުޑުގައި ހުދު ވިލާ ރޮއްޖެއްވެސް ނެތެވެ. ލާންޗުގެ ދުވެލި މަޑުކޮށްލައި ފާލަމާ ކައިރިކޮށްލުމުން ލާންޗުން ފޭބީ މެދުއުމުރުގެ ފިރިހެނެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީ ހަކާއި މުށި ފަޓޫލޫނުގައި ހުރިއިރު އުމުރަށްވުރެ ޒުވާންކަމަށް ދައްކައެވެ. ދޮން ހަންގަނޑެކެވެ. ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑާއި ތުބުޅީގައި މަދުންނަމަވެސް ނުރަ ހުއްޓަސް މި ފިރި ހެން މީ […]