ހުރިހާ ކިޔުންތެރިންނައްވެސް މިބައި ކަމުދާނެ ކަމައް އުންމީދުކުރަން……….. ? **************************************************************** އީކަން ދިޔުމުން ޒަކުވާން، ގޮސް ކޮމްޕިޔުޓާރ ދޮށުގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޒަކުވާން ކޮމްޕިޔުޓާރުގެ ފިތްތަކައް ބާރު ކުރަން ފެށިއެވެ……. ************************************************************ ޔޫނާ ގެއައް ގޮއްސައި ޒަކުވާން އައް ގުޅާލާ ހިތްވިއެވެ. ފޯނު ހިފައިގެން ކޮޓަރިއައް ވަދެ ޔޫނާގެ އެނދުމަތީގައި އޮށޯވެގެން އޮއްވައި ހިތައް އެރިއެވެ. ނަމަވެސް އިސް ނަގައިގެން ޒަކުވާން ގުޅަންދެން މަޑު ކުރާނީ ކަމައް ނިންމިއެވެ. ފޯނު ނަގައި ކަންފަތައް ހެޑްސެޓް ގުޅާލިއެވެ. […]
ހެނދުނު ގަޑީގައި ޔޫނާ އަތިރި މައްޗައް ހިތް ހަމަ ޖައްސާލަން ދިޔައެވެ. ރާޅު ޖަހާ ހިސާބައް ގޮސްލީ އުފަން ޤައުމު ހަނދާން ވާތީވެއެވެ. ޔޫނާ އިށީންދެލައިގެން އިންދައި މީހަކު ކައިރީގައި އިށީންހެން ހީވެގެން ބަލާލިއިރުގައި، މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މީހެއް އިށިނދެގެން އިނެވެ. އަނެއް ގޮތައް ބުނާނަމަ އެއީ ޔޫނާގެ ‘ކްރަޝް’ އެވެ. ޒަކުވާން ކައިރީގައި އިށީންނުމުން ކުޑަކޮށް ލަދު ގަތް ނަމަވެސް އަޅާނުލާ އިނީއެވެ. *************************************************************** ޔޫނާ އަޅާނުލާ އިންދާ ޒަކުވާން […]
އަޅުގަނޑުގެ ޓެސްޓުތައް ފެށޭ ތީވެ އަޅުގަނޑުގެ ވާހަކަ ދެން އުޕް ކުރަން ފަށާނީ ޓެސްޓުގެ ފަހުން. ޓެސްޓު ނިމުމުން އިންޝާ ﷲ އަޅުގަނޑު އެ ވާހަކައިގެ އަނެއް ބައި އަޕް ކުރާނަން.???❤
ނައިލީ ގޮސް ގެއައް ވަން އިރުގައި ލިއުޒާ އާއި ޔޫނާ، ނައިލީގެ އިންތިޒާރުގައި ތިއްބެވެ. ނައިލީ އައިސް ވަނުމުން، އެންމެންވެގެން ވާހަކަ ފޮތްތައް ނަގައި ހަރުގަނޑު މަތީގައި ރީތި ކޮށް އަތުރާލި އެވެ. ނިންމާލައިގެން ތިން އެކުވެރިން އައިސް ކްރީމް ބޯލަން ކަމަށް ބޭރައް ނިކުތެވެ. ފުދޭ ވަރަކަށް ހޫނު ގަދަ ދުވަހެއްކަމުން އައިސް ކްރީމް ޓްރަކް ވެސް ވަކި މަދެއް ނޫނެވެ. ތިން އެކުވެރިން ގޮސް ޕާކެއްގެ ތެރޭގައި ހުރި އައިސް ކްރިމް ޓްރަކްއެއް ކައިރިގައި […]
އެގެ އާއި ހަމައައް ދެވުނުއިރުގައި ރުކާން ހުރީ ރަތުގައެވެ. އީކަން ވަނުމުން އީކަން ގާތުގައި އިތުރައް ރުފިޔާ ހޯއްދޭނޭ ހަމަ އެއް ގޮތެއްވެސް އޮތްތޯއެހުމުން އީކަން ހާސް ކަމާއި އެކު ބޯ ހޫރުވައިލިއެވެ. މިހެން އެންމެން ބޯ ގާނަން ތިއްބައި ކުއްލިއަކަށް ރުކާންގެ ފޯނައް މީހަކު ގުޅިއެވެ. ރުކާން ފޯނުނަގައި އިރުކޮޅަކަށް ސްކްރީންއައް ބަލަން ހުރެފައި ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑު އިވުމުގެ ސަބަބުން ރުކާން ސިހިގެން ދިޔައެވެ…………. **************************************************************** […]
ފަތިހުގެ ފިނި ވަގުތެވެ. އީކަން އޮތީ އޭނާގެ ކިންގް ސައިޒު އެނދުގައި އަރާމުކޮށް ނިދާލާފައެވެ. އޭނާގެ ކޮޓަރީގައި ހަރުކޮށްފައި ހުރި އޭސީގެ ފިނި މުޅި ތަނުގައި ހިފާފައި ހުރި އިރު އޭނާގެ ގައިގައި އަޅައިގެން އޮތް ރަޖާގަނޑު އޮތީ ބިންމަތީގައެވެ. އޭނާ ވެއްޓި ނުވެއްޓި ހިސާބު ގައި އޮތް އިރު، މީހަކު ކުއްލިއަކަށް ދޮރުގައި ތަޅާގަތުމުން ބަން ކިޔާފަ ވެއްޓުނެވެ. ވެއްޓުނު ކަމެއް ނޭނގި އޭނާ ހުރީ ކޮޅަށެވެ. އަދި ބޯ ކަހަމުން މަޑުމަޑުން ދޮރާ ދިމާލަށް […]
ޖަލުގެ ތޭރިތަކުތެރޭ ގައި އަހަރެން ހުންނަތާ މިއަދަށް މިވީ 10 އަހަރެވެ. އެ ހާދިސާ ދެންމެ ވީ ކަމެއް ހެން، އަހަރެންގެ ލޯ ކުރިމަތީ ފިލްމެއް ފަދައިން ފެންނަމުން ދިޔައެވެ. އެއީ އަހަރެންގެ ހަޔާތު ގައި އަހަރެންނައް ހެދުނު އެންމެ ބޮޑު ގޯހެވެ. އަހަރެންނައް ކުރެވުނު ކަންތަށް މީހަކަށް އެނގިއްޖެއްޔާ އަހަރެންނަކީ ގޮތް ހުއްޓި ފައި ހުރި މީހެކޭ ހިތައް އަރާނެއެވެ. އެއީ އަހަރެންނާއެކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަރުސަލް ދުނިޔޭގައި ހުރި އިރު […]