Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާދަހާ ލޯބިވޭ 8

★ Amy ★ Level 110 Stories
July 8, 2021 4 Mins Read
0 Comments

ވީރާގެ ފަހަތުން ކައިލާން ގޮސް ވީރާމެންގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްފައި ހުރި އަޑު އިވެއެވެ. “ކިހާ އިރެއްވެދާނެ ފާހަނައަށް ވަން ފަހުން” އެ އަންހެން ކުއްޖާ އޯގާތެރިކަމާއި އެކު ވީރާގެ ބޮލުގައި ފިރުމާލިއެވެ. “އަވާއެއް” މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފޭބިއެވެ. ކައިލާން ގެ ހިތުގައި ރިއްސާލިއެވެ. ވީރާ އެނދުމަތީގައި ބޭންދުމަށް ފަހު ވީރާގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. އެ އަންހެން މީހާ ފާހަނަ ތަޅުދަނޑި ދިނުމަށް އެދުމުން ވީރާ އަތުގައި އޮތް ތަޅުދަނޑި ފަތި ދިއްކޮށްލިއެވެ. ކައިލާން ގާތު ނައުމަށް އެދުނެވެ. އަދި ވީރާ ހަމައަކަށް އެޅުވުމަށް ވެސް އެދުނެވެ. އެ އަންހެން މީހާ ކުޑަ އިރުކޮޅަކު އެހެން ހުރެފައި ތުވާއްޔެއް ދިނުމަށް އެދުނެވެ. ހަރުގައި އަޅުވާފައި އޮތް ތުވާލި ނަގާ އެ އަންހެންމީހާއަށް ކައިލާން ދިއްކޮށްލި އެވެ. ފެން މާގަނޑު ބަންދުކޮށްފައި ކައިލާންގެ އަތްދަނޑި މައްޗަށް ލައިގެން ޒާރާ ނެރުނެވެ. އޭރު ޒާރާ ވަނީ ފިނިވެގެން ގޮސް ހޭ ނެތިފައެވެ. ވީރާގެ ހަބަރު ހުސްވީ ޒާރާ އެހާލުގައި އޮއްވާ ފެނުމުންނެވެ. ކައިލާން ޔޫހަން އަށް ގުޅާ އެގެއަށް ގެނައެވެ. އަދި އެންބިއުލާންސް ގައި ދެބެއިން ހޮސްޕިޓަލަށް ގެންދެވުނު އިރު 11:30 ވެބޮޑުވެއްޖެއެވެ.

* 8  ވަނަ ބައި *

ޔޫމިން ނުކުތީ މިންހާ އޭނައަށް ގޮވާ އަޑަށެވެ. މިންހާ ފަތިހު ކުނިކަހަން ނުކުތް އިރު ޔޫހަން ގޭގަ ނެތް ކަމަށް ބުނުމުން ޔޫމިން ބުނީ އެވާނީ ޖޮގިނަށް ދިޔައީ ކަމަށެވެ. ނަމަވެސް ބޫޓު ރީތިކޮށް ބޫޓުހަރުގައި އިނެވެ. މިހާރު ގަޑިން ހެނދުނު 7 ޖެހީއެވެ. ހަގަޑި ބައިގަ ޖޮގިނަށް ގޮސް ޔޫހަން ނައިސް ނުހުންނާނެކަން އެނގުމުން ޔޫމިން ފާހަނައަށް ވަނީ މޫނު ދޮވެލާ ހަދާފައި ޔޫހަން ހޯދަން ދިއުމަށެވެ. “ދަރިފުޅާ!” އަހްމަދު ޔޫމިން އަށް ގޮވާލިއެވެ. “އަދި ދާނެ ކަމެއް ނެތް އަދި މަޑު ކޮށްލާ އަށެއް ޖަހަން ދެން ނައިސް ފިއްޔާ ހޯދަން ދާނީ” ޔޫމިން އެންމެ ރަނގަޅު ކަމުގައި ބުނެ ޓީވީ ހުޅުވާ އެނދުމަތީގައި އޮށޯވެލިއެވެ. އިޔާޝް އީރަމްއަށް ދެރައެއް ދީފިނަމަ އިޔާޝް އާއި ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވަނީ ޔޫމިން އިޔާޝް އަށް ދީފައެވެ. އީރަމްވެސް އެވަރުގެ ކަމެއް ސިއްރު ކުރީތީ ޔޫމިން ހުރީ ކުޑަކޮށް ދެރަވެފައެވެ.

މާއިޝް ފެންވަރާ ރީތިވެގެން ސައި ބޯން ދިޔައިރު އީރަމް، ޔޫލީން އަދި މަނާލް ގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނާން ހުރުމުން ކުޑަކޮށް ހާސްވިއެވެ. “ކޮންކަމަކާ ހާސްވެފަ؟” ބަދިގެ ތެރެއަށް ވަދެ ގޮނޑިއެއްގައި މާއިޝް އިށީނެވެ. “ވީރާ އާއި ޒާރާ ގެއަކު ނެތް” މަނާލް އައިރޯލް ކޮށްލިއެވެ. މާއިޝް އެންމެ ހާސްވީ ޒާރާ އާއި ދޭތެރޭ ރޭގަ ކުރެވުނު ކަންތައް ހަނދާން ވުމުންނެވެ. އެކަމާ ޒާރާ ގެއިން ނުކުމެގެން ދިޔައީހެއްޔެވެ؟. ނޫނީ ޒާރާ އެވާހަކަ މީހެއްގެ ގާތު ބުނީ ބާއޭ؟ އެތަށް އިރަކު އެހެން އިނދެފައި ޒާރާ މެންގެ ހެދުންތައް ހުރިތޯ ސުވާލު ކުރިއެވެ. ހެދުން ނުގެންދާކަން އެނގުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެެއަށް ދޫކޮށްލިއެވެ. އަދި ހެނދުނުގެ ނާސްތާ އިންސާފު ކުރިއެވެ. އެންމެން ސިޓިންރޫމަށް ނުކުތް ވަގުތު އެންމެ ފަހުގެ ފެޝަނަށް ހެދުން އަޅައިގެން ހުރި އަންހެން ކުއްޖަކު އައިސް ވަނެވެ. ހަމުގެ ކުލަ އައްޔެވެ. ލިބިފައި ވަނީ ހިތިފަތު ބުމަ އަކާއި މަޑު ނޫ ކުލައިގެ ކަޅިއެކެވެ. އޭނަގެ ރާޅުބާނީ އިސްތަށިގަނޑު ވަނީ ބްލޮންޑް ކޮށްފައެވެ. “ވައަލައިކުމް ސަލާމް” ޔޫލީން ސަލާމް ބަލައިގަތެވެ. “އަޅުގަނޑަށް ކިޔަނީ ކިނާރާ. ޒާރާ އަދި ވީރާގެ ކަރަންޓް ގާޑިއަން. މިއައީ އެ ދެބެއިންގެ އެއްޗެހިތައް ބަލައި” ޔޫލީން ނުދާން ހުރެފައިވެސް ކިނާރާ ބަލާލި ގޮތުން ކޮޓަރިއަށް ވަދެ ޒާރާ އަދި ވީރާގެ އެއްޗެހިތައް ފޮއްޓަށް އަޅާނެރެ ކިނާރާ އާއި ހަވާލު ކުރިއެވެ.

ވީރާގެ ހާލު ރަނގަޅެވެ. ނަމަވެސް ޒާރާވަނީ ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ޑޮކްޓަރ ގެ އެދުމުގެ މަތިން ޒާރާގެ ހެދުން ވަނީ ބަދަލުކޮށްފައެވެ. ހޭ އެރި ނަމަވެސް ޒާރާ އަނގައިންނެއް ނުބުނެއެވެ.ފިރިހެނަކު ފެނުނަސް ބިރުން ތުރުތުރު އަޅައެވެ. ކައިލާން ވީރާގެ ގާތު އިނީ ވީރާއަށް ކާއެއްޗެއް ދެވޭތޯއެވެ. ނަމަވެސް ދައްތަ އެހާޅު ވަނިކޮށް ވީރާގެ އަރު ތެރެއިން އެއްޗެއް ދިރޭކަމަށްވެސް ނުވެއެވެ. “ދޮންތަގެ ބޯއީ ފްރެންޑް އެއް ހުރޭތަ” ޔޫހާން ގަލަމަކާއި ފޮތެއް ހިފައިގެން އައިސް ވީރާއާއި ސުވާލު ކުރިއެވެ. “ނޫން. ދޮންތަގެ ނުހުރޭ ބޯއީ ފްރެންޑް އެއް. ކްރަޝްއެއްވެސް ނުހުންނާނެ ދޮންތަގެ އެއް” ވީރާ ކިޔައިދެމުން ދިޔަ ވަރަކަށް ޔޫހަން ލިޔަމުން ދިޔައެވެ. “ދެން އެހެންވީމަ ޒާރާ ދެކެ ލޯބިވާ މީހަކު ހުރޭތަ؟” ވީރާ ޔޫހަންގެ މޫނަށް ބަލާލިއެވެ. ވީރާ ބޯޖަހާލިއެވެ. “ކާކު؟” ނުރުހުންވެފައި ހުރެ ޔޫހަން އެއްސެވެ. “މާއިޝް. އީރަމްގެ ބޭބެ” ވީރާގެ ފޯނުގައި އިން މާއިޝްގެ ފޮޓޯ ގަނޑެއް ދައްކާލިއެވެ. ޔޫހަން ކައިލާން އާއި ދިމާއަށް ބަލާލީ އެއްޗެއް އެނގުނު ފަދައިންނެވެ. ކައިލާން ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. “އިނާ. އެއްކަލަ މާއިޝް” ކައިލާން ހުރީ ހާސްވެފައެވެ. މާއިޝް އަކީ ކައިލާން މެނަށް އާ މޫނެއް ނޫނެވެ. މީގެ އަހަރުތަކެއްކުރިން ވަނީ އެތަށް އަންހެން ކުދިންނަކަށް ލަނޑު ދީފައެވެ. “ވީ! ވީ އެގެއަށް ނުދާތި!” ލޯ މެރިފައި އޮތް ނަމަވެސް ޒާރާ ވާހަކަ ދައްކަމުން ދިޔައެވެ. ނަރުސް ކުއްޖާ ޒާރާ ދދެލޯވެސް ނުހުޅުވާ އޮވެގެން ވާހަކަ ދައްކާކަމަށް ބުނެ ޒާރާގެ ބެލެނިވެރިންނަށް ގޮވިއެވެ. ބެލެނިވެރިއެއްގެ ގޮތުގައި ވަނީ ވީރާ އާއި ކައިލާން ގެ އިތުރުން ޔޫހަން އެވެ. ޒާރާގެ ކައިރީގައި އިށީނދެ އަތުގައި ހިފާލިއެވެ. “އެ މާއިޝް އެއީ ރަނގަޅު މީހެއް ނޫން. ކޮއްކޮ އޭނަ ފެންނަ ހިސާބަށް ވެސް ނުދާތި.” ވީރާގެ މޫނުން އޮއްދާ ހިތްލަން ފެށިއެވެ. “އެއީ ހޭނެއްތީމަ އަޅުގަނޑުމެން ޖެހީ ޑޯޒްއެއް އެހެންވެ ކަންނޭގެ އެވަރަށް ވާހަކަ އެދައްކަނީ ނިދިފަ އޮވެވެެސް. އެ އިންޖެކްޝަން ގެ އަސަރު ހުންނާނެ 2 އަވާ. ދޮގެއް ނުހަދާނެ އަސަރު ހުއްޓަކާއެއް. ހާސް ނުވޭ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ޑޮކްޓަރ ހުރިހާ ކަމެއް ތަފްސީލުކޮށް ދީފައި ނުކުމެގެން ދިޔައެވެ. ކައިލާން އާއި ޔޫހަން ޒާރާއާއި އެތަށް ސުވާލެއް ކުރިއެވެ. އަދި އެ ހުރިހާ ސުވާލަކަށް ޖަވާބުވެސް ލިބުނެވެ.

އިޔާޝް އެނދުމަތީގައި އޮތީ ފުން ހިޔާލަކަށް ގެއްލިފައެވެ. އެއީ ކާކު ބާއެވެ. އީރަމް އާއި އެހާ ހަޑިކޮށް ވާހަކަ ދެއްކީ ކީއްވެގެން ބާއެވެ. އެހެން އޮއްވާ އިޔާޝްގެ ފޯނަށް އީރަމް ގުޅިއެވެ. ނަމަވެސް ވާހަކަ ދައްކާ މޫޑެއްގައި ނެތުމުން ފަހުން ގުޅާނަން ކަމުގައި ބުނެ މެސެޖެއް ކޮށްލިއެވެ. “އޭތް އާދެބަލަ ބޭރަށް” މެސެޖް ކުރީ ޔޫމިން އެވެ. ނުނިކުމެފިނަމަ ވަންނާނޭ ކަން އެނގުމުން ޓީޝާޓެއް މަހާލައިގެން ނުކުތެވެ. އޭރު ޔޫމިން ހުރީ ދަޅެއް ހިފައިގެންނެވެ. “ދޮންބެ އައި ތަ މިއަދު؟” އިޔާޝް އެއްޗެކޭ ބުނަން ވާއިރަށް ޔޫމިން ސުވާލު ކުރިއެވެ. ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލިއެވެ.

“ހޮސްޕިޓަލުގަ މިހުރީ. އިރުކޮޅަކުން ދާނަން ގެއަށް” ޔޫހަން ކޮންމެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން ބުންޔެވެ.ޒާރާގެ ހާލު މަޑު މަޑުން ރަނގަޅު ވަމުން އައެވެ. ނަމަވެސް ޒާރާ އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރު ތަކެއް ކޮށްފައެވެ. ފިރިހެން ކުދިން ފެނުނަސް އަނެއް ފަރާތައް މޫނު އަނބުރާލައެވެ.ވީރާ ނުނިދާ ހުރުމުން ކިނާރާގެ އެދުމުގެ މަތިން ވީރާ ވީ ކިނާރާ މެންގެ ގެއަށް އަރާމުކޮށްލަން ގޮސްެއެވެ. ޒާރާ ގާތު އެވަގުތު ހުރީ ޔޫހަން އެކަންޏެވެ. ޔޫހަން ފެނުމުން ބިރުން ޒާރާ މުޅި ގައިގަ ފޮތިގަނޑު ދަށަށް ވަދެ ފިލީއެވެ. އެންމެ ފަހުން ޔޫހަން ކިނާރާއަށް ގުޅައިގެން ގެނައެވެ.

≈ ނުނިމޭ ≈

ނޯޓް: މިބައި ލަހުން ލެވުނީތީވެ ލިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން. އަދި މިބައި ކުރު ވީމަވެސް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން އިރާދަ ކުރެއްވިއްޔާ ފެން އަންނަ ބައި ދިގު ކޮށްލަ ދޭނަން

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

ދަރިފުޅާއެވެ! މަންމަ އެކަނިކޮށް ނުލާށެވެ!

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 14

Next
July 8, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 14

Previews
July 8, 2021

ދަރިފުޅާއެވެ! މަންމަ އެކަނިކޮށް ނުލާށެވެ!



All Right Reserved!