Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާދަ ލޯބިންނޭ (3)

Its Me Level 1
July 10, 2021 3 Mins Read
0 Comments

މި އަމަލުން އެންމެން ހޭން ފެށިއެވެ. މި މީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ހަސަނު ވެސް ހީލުމަށް ފަހު ޒަލަފް އާއިއެކު ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކާކޮޓަރީގައި އަވަދިނެތި ސައި ތައްޔާރު ކުރަމުން ދިޔަ އަދީލްގެ އަންހެނުން ޝިފާ އާއި ހަސަނުގެ އެންމެ ހަގު އަނހެންދަރި އާލާ ކުއްލިއަކަށް ކާކޮޓަރިން ނުކުތީ އެވަގުތުއެވެ. ” ސޮރީ ދޮންބޭ ދޮންބެ މެން އައިމަވެސް ނުއެއް ނުކުމެވުނު ދޯ ” އާލާ ދެރަވާހެން މޫނު ހަދާލުމުން ޝިފާ ހީލިއެވެ. ” އަދި މަޑުކޮށްލިނަމައެއްނު ބަދިގޭގަ އާލް ” މަޔާން އާލާއާ ދިމާ ކޮށްލިއެވެ. ” ތިއްތަ ކިޔާބަލަ ޔާން ޝީ އިޒް 10 އިޔާޒް އޯލްޑާރ ދެން ޔޫ ” މަޔާން އާލް އޭ ކިޔާލި ގޮތް ޒިދާން އަކަށް ކަމަކުނުދިޔައެވެ.

އާން ދޯ އޭ ކިޔާ ޝިފާ ވެސް ހޭންފެށިއެވެ. ޒަލަފް އާ އަދީލް ވެސް ބޯހަލުވާލިއެވެ.
ކާކޮޓަރީގައި އާލާގެ ދަރިފުޅާއި ފިރިމީހާގެ އިތުރުން ހެވެން ގޭގެ އެންމެން ހަވީރުގެ ސަޔަށް އިންސާފު ކުރަމުން ދިޔައިރު މާހައުލަށް ވަނީ އުފާވެރިކަން ގެނުވާފައެވެ. ކުޅި ކާ ތަކެއްޗަށް ބަޖިޔަލާއި ، ގުޅަ އާއި ކަވާބާއި ކަޓްލަސް ހުރިއިރު އެކިކަހަލަ ފޮނިކާ ތަކެތިން މޭޒުމަތި ވަނީ ފަޅުފިލުވާލާފައެވެ.

” ހެލޯ ” ސައިބުޔުމުގައި އަވަދިނެތި އުޅެމުންދިޔަ އެންމެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ހިނިތުންވެލައިގެން ދޮރު މަތީ ހުރި 7 އަހަރުގެ ކުޑަ ކުޑަ އައިޝް ފެނުމުމުންނެވެ. އޭރު ފަހަތުން ހިނގާލާފައި އާލާގެ ފިރިމީހާ އަކްރަމް ވެސް އާދެއެވެ. ” މަންމަގެ ބޭބީ އަވަހަށް އާދޭ ” އާލާގެ އަޑާއެކު އަކްރަމާއެކު އައިޝް އާލާ ގެ ކައިރިއަށް ދިޔުމަށް ހިނގައިގަތީ ލަދުން ހުރެއެވެ. އެއީ ކައިރީގައި ނުދަންނަ ބަޔަކު ހުރުމުންކަން އާލާއަށް ދެނެގަނެވުނެވެ.

ޒަލަފް އެންމެ ފަހުން މާލެ އައީ އައިޝް އަށް އެންމެ ދެ އަހަރުގައި ކަމުން އައިޝް އަކަށް އެއީ ކޮންބައެއް ކަމެއް ދެނެގަންނާކަށް ނޭންގުނެވެ. އައިޝް ގެ މި އަމަލުން މަޔާން ގާތަށް ހިނި އައެވެ. ޒިދާން ވެސް ހިނިއައެއްކަމަކު އަޑެއްވެސް ލައްވާނުލާ އިނީ އިތުރަށް އައިޝް ލަދުގަނެދާނެތީއެވެ. ކުޑަ ކުޑަ އައިޝްގެ ހަރަކާތްތަކަށް ބަލަން އިން ޒަލަފްވެސް ހިނިތުންވެލައިގެން އިނެއްކަމަކު ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ހިޔާލުތަކެކެވެ. މިދިޔަ 9 އަހަރު ތެރޭ އޭނާއަށް އަމިއްލަ އާއިލާ ހާދަ ބޮޑަކަށް ދުރުކޮށްލެވިއްޖެއޭ ޒަލަފްގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނޫނަމަ މިއަދު އައިޝް އަށް ވެސް އޭނާ އަކީ ކާކުކަން އެނގެން ޖެހޭނެއެވެ.

ޒަލަފް އެންމެ ދެރަވީ ޒަލަފް ގެ އިތުރުން ދެ ކުދިންނަށް ވެސް އާއިލާއެއްގެ މުހިންމުކަން ކިޔާ ނުދެވުމުންނެވެ. ނަމަވެސް ދެން ނަމައަކުން ކެއްކޭނެ ރިހައެއް ނެތެވެ. މިއަދު މިވަގުތުން ފެށިގެން ޒަލަފް ނިންމުމެއް ނިންމިއެވެ. ލޯބިވާ އާއިލާއަށް މި ފާއިތުވިދިޔަ 9 އަހަރު ތެރޭ ނުދެވުނު ލޯތްބާއި އަޅާލުން ދޭން ޒަލަފް ނިންމިއެވެ. އަމިއްލަ ކޮއްކޮ މެންނަށް އާއިލާގެ އެންމެ ދޮށީ ފިރިހެންކުއްޖާގެ ހައިއްސިއްޔަތުން އަދާކޮށްދެން ޖެހޭ ޒިންމާތަށް އަދާކޮށްދިނުމަށް ޒަލަފް ނިންމިއެވެ. ” އާދެބަ ދޮންބެ ކައިރިއަށް ” އާލާގެ އުނގުގައި އިށީންދެގެން އިން އައިޝް އަށް އަތުގެ އިޝާރާތުން އައުމަށް ޒަލަފް ގޮވާލިއެވެ.
ހަވީރުގެ ހިއްގައިމު ވަގުތު ބޭރަށް ގޮސްލުމަށް މަޔާންގެ ހިތް އެދުނެއްކަމަކު ވެފައި ހުރި ވަރުބަލި ފިލުވާލާ ފްރެޝް ވެލުމަށް ކޮޓަރިއަށް ދާން މަޔާން ހިނގައިގަތެވެ. ފަހަތުން ޒިދާންވެސް އައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދެބެންނަށް ވެސް ލިބުނީ ހައިރާންކަމެވެ. ކުރިމަތީ ހުރި ފާރުގައި ބޮޑު އަކުރުން ވެލްކަމް ތުއްތު އެން ތިއްތި ޖަހާފައި ވާއިރު ދެބުރި އެންދު ކައިރީ ބަހައްޓާފައިވާ ކުޑަ ބިއްލޫރި މޭޒު މަތީ ކޭކް އެއް އިނެވެ. ” ސަޅިދޯ ” ފަހަތުން އެލީނާ އާ އައިޝްގެ އަޑުއިވުމުން މަޔާން އާއި ޒިދާން ފަހަތް ބަލާލިއެވެ.
” އާން ކިރިއާތަ ރީތިކަމުން ކިރިއާނު ހޭނެތިގެން ނުވެއްޓުނީ ” މަޔާން ހިނިގަނޑެއް ޖަހާލިއެވެ. ޒިދާންވެސް މަޔާން އަށް ލޯ އަޅާލަމުން ވަރަށް ރީއްޗޭ ބުނެލިއެވެ. ” ހިނގާ ކޭކު ފަޅަން ” އައިޝް މާ ވަރަކަށް ކޭކް އާ ދިމާލަށް ބަލާތީ ޒިދާން އަވަސް އަވަހައް ބުނެލިއެވެ. ހަތަރު މީހުން ވެގެން ކޭކް ފަޅާ ސަކަރާތް ޖެހުމުގައި ވަގުތު ހޭދަކުރިއިރު މަޔާން އާއި ޒިދާން ވެސް ހީވަނީ ކުޑަ ދެ ކުދިންހެންނެވެ. މިއިން ދުވަހަކު ނުލިބޭހާ އުފަލާ ހިންހަމަޖެހުން ލިބެން ފެށިހެން ދެބެންނަށް ހީވާންފެށިއެވެ.

އިރުއޮއްސެން ކައިރިވުމުން އައިޝް އާއި ލީނާ ނުކުމެގެން ދިޔައެވެ. ޒިދާން އާ މަޔާން ވެސް ކޮޓަރި ކުޑަކޮށް ތަރުތީބުކޮށްލާ ގެނައި އެއްޗެހި އަތުރަން ފެށިއެވެ. ބޮޑު ކޮޓަރިއެއް ނަމަވެސް ދެބެންގެ އެއްޗެހީގެ ގިނަކަމުން ކޮޓަރި ވަނީ ފުރެން ކައިރިވެފައެވެ. މުޅި ކޮޓަރީގައި ޑާރކް ބްލޫ ލާފައިވާއިރު ފަރނީޗާތައް ވަނީ މަޑު މުށިކުލައިންނެވެ. ކޮޓަރީގެ ކަނާއަތްފަޅީ ދެބުރި އެނދު ބައިންދާފައިވާއިރު ކައިރީ ކުޑަ ބިއްލޫރި މޭޒެއް ބަހައްޓާފައި އިނެވެ. ކޮޓަރީގެ ވާއަތްފަޅީ ބޮޑު އަލަމާރިއެއް ހުރިއިރު އަލަމާރި ކައިރިން ބެލްކަނީއަށް ނުކުމެވޭ ގޮތަށް ދޮރެއް އިނެވެ.

ޒިދާން އަކީ ކުރެހުމަށް އަބަދުވެސް ލޯބިކުރާ ކުއްޖެއް ކަމުން ދާހާ ތާކަށް ކެންވަސް ގެއިތުރުން ޕެއިންޓް ކުރާ ސާމާނު ގެންދިޔުމަކީ ޒިދާން އަބަދުވެސް ކުރާ ކަމެކެވެ. ހުސްވަގުތުތަކުގައި ޒިދާން ކޮށް އުޅޭ ކަމަކީ ކުރެހުމެވެ. ނަމަވެސް މަޔާން އަކީ މިކަހަލަ ކޫސަނީ ކަންކަން ކުރާ ހިއްވާ ކުއްޖެއް ނޫނެވެ. އަބަދުވެސް އުޅޭނީ އެންމެ ފަހުން ނުކުންނަ ފޯނެއް ނުވަތަ ޕީއެސްއެއް ގަންނަން ހިއްޕާލައިގެންނެވެ. ގޭމް ކުޅުމަކީ މަޔާންގެ އޯލްޓައިމް ފެވެރިޓްއެވެ.

މާލެ ބަދަލުވުމަށް ފަހު އާދިލް އާއެކު ބައްޕަގެ ބިޒްނަސް އަށް ޒަލަފް އަދި ޒިދާން ޖޮއިން ވިއެވެ. މާލެ ބަދަލުވެ ހަމަޖެހުމަށް ދުވަސް ނެގި ނަމަވެސް އާއިލާގެ އެންމެންގެ އެހީ އާ އެކު އެކަންވެސް ޒަލަފް ކޮށްފިއެވެ. މަޔާން ކިޔެވުން ފުރިހަމަ ކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ޒިދާންވެސް ބައްޕަ އާ އެކު މަސައްކަތް ކުރި ނަމަވެސް އަދިވެސް ދަނީ އޮންލައިންކޮށް ކިޔަވަމުންނެވެ.
” އާދިލް ކޮބާ ޒަޔާންގެ ހަބަރެއްވިތަ ފަހުން ” ހެނދުނުގެ ހިތްގައިމު ވަގުތު ބެލްކަނީގައި އިން ޖޯއްޔެއްގައި ކޮފީއެއް ބޯން އިން ޒަލަފް ދިޔައީ ކައިރީ އިން އާދިލް އާ ވާހަކަ ދައްކަމުންނެވެ. ” އާ ބޮޑުތައިތަ ބުނި ޒަޔާންބެ މެން މަރީނާގެ ރަށަށް ބަދަލުވި ވާހަކަ މިދިޔަ އަހަރު އޭގެ ފަހުން ހަބަރެއް ނުވެޔޯ ބުނީ ” އާދިލް ކޮފީ ތަށިން އެތި ފޮދެއް ބޯލަމުން ވާހަކަ ދެއްކިއެވެ. ” އެހެންތަ ހާދަ ދެރައޭ އެ ރަށަށް ދާން ވީ ކަންނޭގެ” ” އާން ރަނގަޅު ހިޔާލެއް ދޮންބެ ދޭ މަ ޓިކެޓް ގެ ކަންތައް ހަމަޖައްސާލާނަން ” އާދިލް ޖީބުގަ އޮތް ފޯނު ނަގަމުން ޒަލަފް އަށް ބުނެލިއެވެ.
…………………………..
ހިޔާލަކަށް ގެއްލިފައި އިން ޒަލަފްގެ ގައިގައި މަރީނާ ކޮއްޓާލީ ޒަލަފް އެއްޗެކޭ ނުބުނީމައެވެ. ހިޔާލުތަކުން ބޭރު ވެވުނު ޒަލަފް މަރީނާ އަށް ބަލާލިއެވެ. ” ކޮބާ ދަރިފުޅު ” ދެ އަތުން މޫނުމަތީ އަތް ކާތާލަމުން މަރީނާއާ ޒަލަފް ސުވާލުކޮށްލިއެވެ. ” ވެއްޖެ ކޮޓަރީގަ….. ދަރިފުޅާ ” މަރީނާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Its Me

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ދިހަވަނަ ބައި)

Next

ލޯބިވެވުމުން 8

Next
July 10, 2021

ލޯބިވެވުމުން 8

Previews
July 10, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ދިހަވަނަ ބައި)



All Right Reserved!