Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާދަ ލޯބިންނޭ

Its Me Level 1
July 5, 2021 3 Mins Read
3 Comments

ހުދު ލޯންޗެއް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅުތެރެއަށް ވަނެވެ. އިރުގެ ދޯދިތަކުން ޖަރީވެފައިވާ ކަނޑުގައި ރާޅުބާންޏެއްވެސް ނުވެއެވެ. ވައިމަޑު ރީތި ދުވަ ހެކެވެ. ނޫކުލައިގެ އުޑުގައި ހުދު ވިލާ ރޮއްޖެއްވެސް ނެތެވެ. ލާންޗުގެ ދުވެލި މަޑުކޮށްލައި ފާލަމާ ކައިރިކޮށްލުމުން ލާންޗުން ފޭބީ މެދުއުމުރުގެ ފިރިހެނެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީ ހަކާއި މުށި ފަޓޫލޫނުގައި ހުރިއިރު އުމުރަށްވުރެ ޒުވާންކަމަށް ދައްކައެވެ. ދޮން ހަންގަނޑެކެވެ. ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑާއި ތުބުޅީގައި މަދުންނަމަވެސް ނުރަ ހުއްޓަސް މި ފިރި ހެން މީ ހާގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. ކޮނޑަށް ދަބަސް ހެޔޮވަރުކޮށްލަމުން އާދައިގެ ހިނގުމެއްގައި މިފިރި ހެން މީ ހާރަށުގެ ތެރެއަށް ހިނގައިގަތެވެ. ހިތްގައިމު ރަށެކެވެ، މަގުމަތީގައި މީ ހުން ފެންނަލެއް މަދު ނަމަވެސް ކަޅާއި ކޮވެލީގެ އަނޑުތަކުން ރަށުގެ ހަމަ ހިމޭންކަން ވަނީ ނަގާލާފައެވެ. ބަނދަރާއި މާދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ކުރިމަތީ މި މީ ހާ މަޑުކޮށްލާ ރަނގަޅަށް އެ ގެއަށް ނަޒަރު ހިންގާލިއެވެ. އާދައިގެ ފެންވަރަކަށް ހަދާފައިވާ ގެއެކެވެ. ގޭގެ ސަރަހައްދު ފާރުގައި ހުދު ކުލަ ލާފައިވާއިރު ފާރު ވަނީ ހަފޫޓަށްނަގާފައެވެ. އެ ގޭގެ ދޮޜުވަށި ހުޅުވާލުމަށްފަހު އޭނާ ގޭތެރެއަށް ވަދެއްޖެއެވެ. ” އައްސަލާމްއަލައިކުމް ” ސަލާމުގެ އަޑަށް ގޭތެރެއިން ބޯދިއްކޮށްލީ މެދު އުމުރުގެ އަން ހެނެކެވެ. އަރިފެޅި ފަޔާއި ހިސާބަށްއަރާ ހެދުމެއްލާފައިވާއިރު ބޮލުގައި ކަޅުކުލައިގެ ބުރުގަލެއް އަޅާލާފައިވެއެވެ. ” ޒަލަފް ކޮންއިރަކު އައީ ؟ ހާދަ ދުވަ ހެއް ފަ ހުންނޭ ދޯ މިދިމާވީ  ހަބަރެއްވެސް ނުވަމެއްނު އެ ކޮޅަށް ދިޔަފަހުން ” ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަށްފަ ހު މަރީނާ ޒަލަފް ގެ ބޮލަށް އެއްފަ ހަރާ ސުވާލުތައްއޮއްސާލިއެވެ. ” އާން ދޯ އޭރު ވީ ގޮތް އެކޮޅަށް ގޮސް އާ ނަންބަރެއް ނަގަން ޖެ ުހނީ އަނެއްކާއެ ވަގުތު ފޯނު ހަލާކުވެގެން ޒަޔާންގެ ނަންބަރު ހަނދާން ނެތުނީ ތަގުދީރުގައި އަހަރުމެން ދިމާވާން ހުރީމަކަންނޭގެއްނު މި ދިމާވީ ” ޒަލަފް މަރީނާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. ” ހޫމް އަދޭ އަވަ ހަށް ކޮޅަށްނުހުރެ އިށީންނަން ..” މަރީނާ ޒަލަފް އަށް އިށީންނަށް އަތުގެ އިޝާރާތުން ސޯފާ ދައްކާލިއެވެ. ޒަލަފް މަޑު ހިނގުމެއްގައި އައިސް މޭޒުމަތީ ދަބަސް ބައިންދަމުން އިށީނެވެ. މަރީނާވެސް ޒަލަފްގެ ކުރިމަތީ އިން ސޯފާގައި އިށީނެވެ. ” ކޮބާ ޒަޔާން ؟ ” ޒަލަފްގެމި ސުވާލާއެކު ހިނިތުންވެލައިގެން އިން މަރީނާގެ މޫނުމަތިއެކަށް ބަނަވެ މުޅި މީ ހާގެ މޫނު ހިތާމައިގެ ސާލަކަށް ބަދަލުވިއެވެ ޒަލަފް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލުމާއެކެ އިސްޖަހައިގެން އިން މަރީނާއިސް އުފުލާލާ ޒަލަފް އަށް ބަލާލިއެވެ. ” ޒަޔާން މި ދުނިޔެއަކު ނެތް މީގެ 2 އަހަރު ކުރިން ޒަޔާން މާލޭގައި ހުއްޓާ ހިންގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެ” މިހިސާބަށް ބުނެވުނުތަނާ މަރީނާގެ ބަޑިފަޅައިގެންދިޔައެވެ. މަރީނާގެ ފަރާތުން ލިބުނު ހަބަރުން ޒަޔާންގެ ހެޔަށް ވެސް ގޮތްވެގެންދިޔައެވެ. އެންމެ ތުއްތު އިރުއްސުރެ އެކުގައި އޭނާއާ އެންމެ ގާތުގާ ވި އެކަކީ ޒަޔާންއެވެ. ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ވަކިވާންޖެ ހިދާނެ ކަމުގެ އެއްވެސް ހިޔާލެއް ނެތް މި ދެ އެކުވެރިން ވަކިވާން ޖެ ހުނީ ޒަލަފްގެ އަންހެނުން މިޔާނާ އަށް ކެންސަރު ޖެ ހުނު ހިސާބުންނެވެ. އެއީ ޒަލަފްގެ އެންމެ ދޮށީ ފިރިހެންކުއްޖާ 10 ނިންމި އަހަރެވެ. އޭރު މި ދެމަފިރިންގެ ހަގަށް ހުރި ފިރިހެން ކުއްޖާގެ އުމުރަކީ އެންމެ 14 އަހަރެވެ. މިޔާނާ ގެ ބައްޔަށް ފަރުވާކުރުމަށް ޒަލަފް އަށް މަޖުބޫރުވީ އެމެރިކާއަށް ބަދަލުވާށެވެ. އެންމެ ދޮށީ ފިރި ހެން ދަރިފުޅަށް ރަނގަޅަށް ކިޔަވައިދިނުމުގެ ބޭނުމާ އެކީއެވެ އެންމެދުވަސްވީ ރަޙުމަތްތެރިން ދޫކޮށް މާލެ އިން އެހެން ތާކަށް އަމިއްލަ ދިރިއުޅުން ބަދަލުކުރަންޖެ ހޭތި ދެރަވިއެއްކަމަކު ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން އަދި ބައްދާލުވާނެކަމުގެ އުންމީދުގައި ޒަލަފް އެމެރިކާއަށް ބަދަލުވިއެވެ. އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް އަން ހެނުންނަށް ފަރުވާ ކުރުމުގެ މަސައްކަތް ޒަލަފް ފަށައިގަތެވެ. ނަމަވެސް މާ ގިނަދުވަ ހެއް ނުވެ އަންހެނުން ނިޔާވި ހަބަރު ވެގެން ދިޔައީ ޒަލަފްގެ ދިރިއުޅުން ބަނަކޮށްލި ހިތި ހަގީގަތަށެވެ. ދަރިން ޔަތީމުވެ މުޅިން އެކަނިވެރިވީއެވެ. ދިރިއުޅުމުގައި ބާކީވިކަމުގެ އިހްސާސް ދުވަސްކޮޅަކަށް ކުރެވުނުނަމަވެސް އާ ހިތްވަރަކާއެކު ޒަލަފް ތެދުވީ އަމިއްލަ ދަރިންގެ ހައްގުގައެވެ. އިތުރު ދިރިއުޅުމެއް ފެށުމުގެ ގަސްތެއް ނެތްނަމަވެސް ދަރިންނަށް އެކަނިވެރިކަމުގެ އިހްސާސް ވިޔަ ނުދީ ބައްޕައެއްގެ އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ދީ ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ބޮޑުކުރުމުގެ ނިޔަތުގައި ޒަލަފް ދިރިއުޅުން ފަށައިގަތެވެ.
9 އަހަރު ފަސް
“އައުޗް” ބައްޕާ ދާންގަނޑު ވިކަނީއޭ ” ކުޑަ އެޕާޓްމެންޓެކެވެ. ދޮރުން ވަދެގެން އަންނައިރު އެއްކައިރީގައި މަޑު މުށިކުލައިގެ ސޯފާއެއް ބަހައްޓާލާފައި ވެއެވެ. ސޯފާއާ ދާދި ކައިރީ ބިއްލޫރި ކުޑަ މޭޒެއް ބަހައްޓާލާފައި ވާއިރު މޭޒުމަތީގައި ކުޑަ ދެ ކޯކު ފުޅީގެ އިތުރު ފުރި ބަރާވެފައިހުރި ޕޮޕްކޯން ތައްޓެއް ހުއްޓެވެ. ކައިރީގައި އޮތް ފޯނު މެދުނުކެންޑި ރިންގްވަމުންދާއިރުވެސް ކުރިމަތީ ހުރި ގަދަ މުށިކުލައިގެ ފާރުގައިހަރުކޮއްފައި ހުރި 21 އިންޗީގެ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ދެ ޒުވާނުންނަށް މީގެން ހިލަމެއްނުވާ ކަހަލައެވެ. ޔުރޯގެ ފޯރިގަދަ މެޗެއް ކުރިއަށް ދާއިރު ދެމީ ހުންނަށް އިރު ކޮޅާ ގަޔަށް އަތްލެވެއެވެ. ޒަލަފްގެ ދެ ދަރިންގެ ތެރެއިން ޒިދާން އަށް ލިބިފައިވަނީ މިޔާނާގެ ސިފަތަކެވެ. އެހާ ސަކަރާތްބޮޑުވެފައި އެ ހާ ރުޅިގަދައެވެ. މިޔާނާގެ ދޮންކަން ދެބެންނަށް ލިބިފައިވާއިރު ޒަލަފް ފަދައިން ދެކުދިންވެސް އިސްކޮޅުން އެހާ ދިގެވެ. މަޔާންގެ ރީތިކަން އިތުރުކޮށްދެނީ ފަން ކަނދުރާއާ ހަމައަށް އަންނަ ބޯ އިސްތަށިގަނޑެވެ. ހަމައެހެންމެ ޒިދާން އަށް ލިބފައިވަނީ އަން ހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ރީތި ދަތްޕިލައެކެވެ. ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ޒިދާންގެ ރީތިކަން އިތުރުކޮށްދެއެވެ. ރޭގަނޑުގެ ކެޔުމަށް ނޫޑުލްސް ތައްޔާރުކޮށް ބިސްގަނޑެއް އަޅަން ހުރި ޒަލަފް އަށް މަޔާން ގެ ބާރު ހަޅޭކުގެ އަޑު އިވުމުން ސިޓިންރޫމަށް ބޯ ދިއްކޮށްލިއެވެ. ” ކޮންކަމެއްތަ ދެން ދަރިފުޅުމެންދެމީހުން ބި ހޭވިން ލައިކް ސްމޯލް ބޭބީސް ” ދެ ފަރާތަށް ބޯ  ހުރާލުމަށްފަ ހު ޒަލަފް އަނެއްކާވެސް ބަދިގެއަށްވަނެވެ. ”ބައްޕާ ބަލާ  ހީ އިޒް ޓެލިން ދެޓް ސްޕެއިން އިޒް ނޮޓް ގޮނަ ވިން “ ޒިދާން މަޔާންގެ އިސްތަށިގަނޑުގައި ހިފައިގަތެވެ. ” ދެން ހެޔޮ އާދޭ ދެކުދިން ކާން “ ޒަލަފް ގެ އަޑާއެކެ މަޔާން ދޫނެރެލުމަށް ފަހު  ކާކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ޒިދާންވެސް ހުރި ބާރެއް ލައިފައި މަޔާންގެ ފަ ހަތުން ދުއްވައިގަތެވެ. ކާކޮޓަރީގައި ތިން ބަފައިން ކާން ތިބިއިރު ހިމޭންކަން ފޫދުއްވާލީ ޒަލަފް ގެ އަޑުންނެވެ. ފޯނަށް ގެއްލިފައި ތިބި ޒިދާން އާ މަޔާންވެސް އިސް އުފުލައި ޒަލަފް އަށް ބަލައިލިއެވެ. ” ބައްޕަ މިއުޅެނީ މާލެ ދާން ”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Its Me

Level 1

Other Articles

Previous

އިންތިހާ -4

Next

ނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ

Next
July 5, 2021

ނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ

Previews
July 5, 2021

އިންތިހާ -4

3 Comments!

  1. Its Me says:
    July 5, 2021 at 1:11 pm

    Salaam dear readers?
    This is my first story hope u guys liked it
    If u liked it n kameh ragalhu kohlan inas please comment down below?
    Mi story konme week ehge vx mon n thurs day ga up vaane IA
    Keep waitingg and ….staysafe?

  2. Bubbles mee says:
    July 5, 2021 at 7:48 pm

    Vrh salhi?
    Keep going..dear
    Umeedhu kuran dhen ahna vaahaka thah ves mihaa salhi vaane kamah??
    Stay safe

  3. Its Me says:
    July 5, 2021 at 10:59 pm

    Thank u so muchh dear??.. varah ufaavehjje story kamudhiyaima?

Comments are closed.

Next Episodeހާދަ ލޯބިންނޭ (2)←


All Right Reserved!