Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާދަ ލޯބިންނޭ (2)

Its Me Level 1
July 7, 2021 3 Mins Read
1 Comment

ޒަލަފް ގެ އަޑާއެކެ މަޔާން ދޫނެރެލުމަށްފަހު ކާކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ޒިދާންވެސް ހުރި ބާރެއް ލައިފައި މަޔާންގެ ފަހަތުން ދުއްވައިގަތެވެ. ކާކޮޓަރީގައި ތިން ބަފައިން ކާން ތިބިއިރު ހިމޭންކަން ފޫދުއްވާލީ ޒަލަފް ގެ އަޑުންނެވެ. ފޯނަށް ގެއްލިފައި ތިބި ޒިދާން އާ މަޔާންވެސް އިސް އުފުލައި ޒަލަފް އަށް ބަލައިލިއެވެ. ” ބައްޕަ މިއުޅެނީ މާލެ ދާން ” ޖޫސް ތަށިން ޖޫސް ފޮދެއް ބޯލަމުން ޒަލަފް ދެކުދިންނަށް ބުނެލިއެވެ. ” އެ ކީއްކުރަން ބައްޕަގެ ބިޒްނަޒްވެސް މިކޮޅުގަ ސަކްސެސް ވަމުންނު މި ދަނީ ދެން ؟ ” ” އެ ތެދެއް ކީއްކުރަން ” ޒިދާން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް މަޔާން އަކަށް އެއްޗެކޭ ނުބުނެ ނީނދެވުނެވެ. ” ބައްޕަ ބޭނުންވަނީ ދެން އަމިއްލަ ފަސްގަނޑަށް ދާން މިތާވެސް ލައްކަ ގިނަ ދުވަހު އުޅެވިއްޖެއްނު ދެ ކުދިން ވެސް މިހާރު ތިހުރީ ﷲ ގެ އިރާދަފުޅުން އަމިއްލަ ފައިމަށްޗަށް ތެދުވެވޭވަރުވެފަ ދާން މިހާރު ބައްޕައާއެކު ތި މަސައްކަތްކުރަނީ ޔާންވެސް ދުވަސްކޮޅަކުން ޖޮބަށް ނުކުންނާނެ އަނެއްކާ މާމަ ވެސް އެކޮޅަށް ޗޭންޖް ވާން ކިޔާތާ ކޮން ދުވަހެއް މައިންބަފައިން އެ ވަރަށް ކިޔާއިރު ބައްޕަ އަކަށް ނުކެރޭނެ މިތާ ހުންނާކަން ހިނގާ އެ އެކޮޅަށް ޗޭންޖްވާން ދަރިފުޅުމެން ކީކޭ ބުނާނީ؟ ” ޒަލަފް ދެކުދިންނަށް ނިއް އަރުވާލިއެވެ. ” އާން ރަގަނޅު ހިޔާލެއް ބައްޕަ އަށް ފެންނަ ގޮތެއް ހަދާ ދޯ ދާން ” މަޔާން އަނގައިގައި ހުރި ހުރިހާ ދަތް ފެންނަ ވަރަށް ހީލަމުން ޒިދާންއަށް ދޯ ދިނެވެ. ” އާން” ޒިދާން މޫން ކުނިކޮށްލުމަށްފަހު މަޔާން އަށް ލޯ އަޅާލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަންނަމުން ޒިދާން އަތުގައި ހުރިއްޔާ ހުރި ބާރެއް ލާފައި ދޮރުޖެހިއެވެ. މާ ބޮޑު ނޫނަސް މި ދެބެއިންގެ ކޮޓަރި ކުޑައެއްނޫނެވެ. މުޅި ކޮޓަރީގައި ޓާކިޝް ގްރީން ލާފާވާއިރު އެއް ފަރާތު ފާރުގައި އެލުވާފައި ވަނީ އެކި ދުވަސް މަތިން ދެބެން ނަގާފައިވާ ފޮޓޯތަކެވެ. އަނެއް ފަރާތު ފާރު ކައިރީ ޓޭބަލްޓޮޕް ކެންވަސް އެއް ބަހައްޓާފައިވާއިރު އެ ފާރު ފުރާފައި ވަނީ އެކި ކަހަލަ ޕެއިންޓިންގްސް ތަކުންނެވެ. ކެންވަސްކައިރީ ސިންގަލް ކައުޗް އަކާއެކު ބޮޑު އަލަމާރިއެއް ބަހައްޓާފައިވާއިރު ކޮޓަރީގެ އެއް ކަނަށް ވާ ގޮތަށް ދެ ބުރިއެނދެއް ބަހައްޓާފައިވެއެވެ. ކޮޓަރީގެ ހުރިހާ ފާރނީޗާއެއްވެސް ލާފައިވަނީ ޑާރކް ބްރައުންއިންނެވެ. ” ބައްޕަ ބޭނުން ގޮތެއް ހައްދަވާ މައި ފުޓް ބްރޯ އާ ޔޫ މޭޑް މަޔާން ދޭ މާލެ މަށެއް ނުދާނަން” ޒިދާން ދިޔަ ސްޕީޑްގައި ގޮސް ކައުޗް ގައި ވެޑްވިފައި އިން މަޔާން ގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ” ބްރޯ ކޫލް އެންމެ ފުރަތަމަ ދޮރު ތަންކޮޅެއް މަޑު ޖެހިލެއް އެންޑް މަ ވެސް މާލެ ދާކަށް ބޭނުމެއްނޫން ” މަޔާން މޫނު ކުނިކޮށްލުމަށްފަހު އަނެއްކާވެސް އިށީނެވެ. ޒިދާން އަނެއްކާވެސް މަޔާން ނެގިއެވެ. ” ކީއްކުރަން ބުނީ ދެން ދާނަމޭ ” ” އަޅޭ ބައްޕަ ދެރަވާނެ ދޯ ބުނާ ދޫ މަތީގަ ނުދާނަމޭ ބުނީމަ” ޒިދާން އެނބުރި ގޮސް އެނދުމަށްޗަށް ވެއްޓިގަތެވެ. ” މީ ހުސް މަޔާން އާ ހެދި ވާ ކަންތަށް ” ” މާމަ ނުގުޅާނެ އުނދަގޫ ކުރާކަށް ޔޫ އަކަށް މަގޭ ބޮލޭ މާމަގަނޑު ގޮއްވަނީ ” މަޔާން ރުޅި މޫނު ހަދާލުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީ އަތުގަ ހުރިއްޔާ ހުރި ބާރެއް ލައިފާ ދޮރު ޖަހާފައެވެ. “އަދި މަޑު ކޮއްކޯ” ޒިދާން ހިނިގަނޑެއް ޖަހާލިއެވެ.
ހުޅުލޭ އެއާޕޯޓުގެ ހަލަބޮލި މާހައުލުގެ ތެރެއިން ފުރޭނިގެން ނުކުމެގެން އައި ތިން ބަފައިންގެ މިސްރާބަކަށް ވީ އަވަހަށް އެ ތަނުން ނުކުމެވުމެވެ. ޒަލަފް އާއިއެކު ހިނގާލަފައި އައި ދެބެންނަށް އެތަށް އަންހެންކުދިންނެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. މިކަމުން މަޔާންއަށް މަޖާ ވިޔަސް ޒިދާން އަށް މިފަދަ ބެލުން ތަކުން އުނދަގޫވަމު ން ދިޔައެވެ. މަޔާން އާއި ޒިދާން ކިތަންމެ ކެޝުއަލް ކޮށް ހުއްޓަސް މި ދެބެންގެ ރީތިކަމަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ބްލެކް ހޫޑީއަކާއެކު ބްލޫ ޕްލެއިން ޖީންސް އެއްގައި ޒިދާން ހުރިއިރު އެ ރީތި ފަން އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލެވިފައެވެ. މަޔާން ޖަންގަލް ގްރީން އަތްދިގު ޓީޝާރޓް އަކާއެކު ބްލެކް ޖީންސްގައި ހުރިއިރު ކަނދުރާއާ ހަމައަށް އަރާ ފަން އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ހާވާލާފައެވެ. ނަމަވެސް މި ކަމުން މަޔާންގެ ރީތިކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެއާޕޯޓުގެ ތެރެއިން ތިން ބަފައިންނަށް ނުކުމެވުނު އިރު ޒަލަފްގެ ކޮއްކޮ އާދިލް ކާރުގައި ބަލާ އައިސް ހުއްޓެވެ. ކާރަށް ލަގެޖްތަށް އެރުވުމަށްފަހު ހަތަރު މީހުން އެކީ ބްރިޖް ހުރަސްކޮށް މާލެ ދިޔުމަށް މިސްރާބް ޖެހިއެވެ.
ބެލް ގެ އަޑާއެކު ހެވެންގޭގެ ދޮރު ހުޅުވާލީ އުމުރުން 15 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހިމަ ތޮޅި ކޮށް ހުރިއިރު ހަމުގެ ކުލަ އައްޔެވެ. ބޮޑު ފަން އިސްތަށިގަނޑު ހާވާލާފައިވާއިރު ލާފައިވަނީ ކްރީމް ކުލައިގެ ޓީޝާރޓް އެއްގެ އިތުރުން މެރޫން ކުލައިގެ ފުޅާ ހަރުވާޅެކެވެ. ” ހެއި ލީން ” އެތެރެއަށް ދެމިގަންނަމުން މަޔާން ލީނާގެ އިސްތަށިގަނޑު ހާވާލިއެވެ. ފަހަތުން ޒިދާންވެސް އެތެރެއަށް ވަންނަމުން ލީނާގެ ބޮލުގައި ފިރުމާލިއެވެ. ލީނާ ހީލުމަށް ފަހު ވަދެވަދެ ހުރި ޒަލަފްގެ ގައިގައި ބައްދައިގަތެވެ. ” އައި މިސްޑް ޔޫ ދޮންބޭ” އައި މިސްޑް ޔޫ ޓޫ މައި ޕްރިންސެސް ” ޒަލަފް ވެސް ލީނާގެ ބޮލުގައި ފިރުމާލިއެވެ. މި މަންޒަރު ބަލަން ހުރި އާދިލް ހުރީ ހިނިތުންވެފައެވެ. ގޭގައި އަޑުގަދަވުމުގެ ސަބަބުން ކޮޓަރިން ނުކުއިން އާލިމާ އާ ހަސަނަށް ލިބުނީ ކުޑަ ވަރެއްގެ ޝޮކެކެވެ. އެމީހުންގެ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ އިތުރުން ހިނިތުން ވެލައިގެން ތިބި މާމަދަރިން ކުއްލިއަކަށް ފެނުނުމުން މި ދެމަފިރިން ތިބީ ގަބޫލުކުރަން ދަތިވެފައެވެ. ޒަލަފް ދުވެލާފައި ގޮސް މަންމަ އާއި ބައްޕަ ގައިގައި ބައްދާލިއެވެ. އަދި އަތުގެ އިޝާރާތުން ޒިދާން އާއި މަޔާން ގާތު އައުމަށް އެދުނެވެ. މަޔާން އާއި ޒިދާން ކޮޑުގައި އޮތް ދަބަސް ސޯފާގައި ބޭއްވުމަށްފަހު ޒަލަފް ގާތަށް ހިނގައިގަތެވެ. އަދިވެސް އާލިމާއަށް އަށް ހުރީ ގަބޫލު ނުކުރެވިއެވެ. މި ދިޔަ ނުވަ އަހަރު ތެރޭ އެ ދެމަފިރިންގެ އެދުމަށް ޒަލަފް މާލެ އައީ އެންމެ ތިން ފަހަރުއެވެ. 3 އަހަރު ފަހުން އަނެއްކާވެސް ބައްދަލުވުމުން ހިތަށް ލިބުނު އުފާ ބުނެދޭންވެސް ދަށްޗެވެ. ” މާމަގެ ދެ ކުދިން ލޯބިކަން ދަރިފުޅުމެން ކިހިނެތްތަ؟ ” އާލިމާ އަނގައިގައި ހުރިއްޔާ ހުރިހާ ދަތް ފެންނަވަރަށް ހީލަމުން ދެ ކުދިންގެ ބޮލުގައި ފިރުމާލިއެވެ. މަޔާން އާ ޒިދާން ވެސް ގުދުވެލައިގެން އޮތީ މާމަ ފިރުމާނެ ވަރަކަށް ފިރުމަން ދީގެންނެވެ. ” ވީ އާ ފައިން ޗަބީ ހައުޒް ޔޫ” މަޔާން އާއި ޒިދާން އެއްފަހަރާ ގޮވާލިއެވެ. އާލިމާ އަކީ އަބަދުވެސް އާދަޔާ ހިލާފަށް ފަލަ ކޮށް ހުންނަ މީހެއް ކަމުން މަޔާން އާއި ޒިދާން އާލިމާއާ ދިމާލަށް މާމަ އަށް ވުރެ ގިނައިން ގޮވާ ހަދަނީ ޗަބީ ގެ ނަމުންނެވެ. ” އައި ފައިން ” އޭ ކިޔާ އާލިމާ މޭގައި އަތް އަޅާލިއެވެ. މި އަމަލުން އެންމެން ހޭން ފެށިއެވެ. މި މީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ހަސަނު ވެސް ހީލުމަށް ފަހު ޒަލަފް އާއިއެކު ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކާކޮޓަރީގައި އަވަދިނެތި ސައި ތައްޔާރު ކުރަމުން ދިޔަ އަދީލްގެ އަންހެނުން ޝިފާ އާއި ހަސަނުގެ އެންމެ ހަނގު އަނހެންދަރި އާލާ ކުއްލިއަކަށް ކާކޮޓަރިން ނުކުތީ އެވަގުތުއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Its Me

Level 1

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (39)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަވަނަ ބައި)

Next
July 7, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަވަނަ ބައި)

Previews
July 7, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (39)

One Comment

  1. Aishath Limsha Aishath Limsha says:
    February 25, 2025 at 1:37 pm

    Masha Allah vrh reethi

Comments are closed.

Next Episodeހާދަ ލޯބިންނޭ (3)←


All Right Reserved!