“ފޮނި ވެސް ފިރިހެނެކޭ” އީނާޝް އަށް އިވޭނެހެން ހާނިޔާ ބުއީނާޝް ނުހޭން ހުއްޓާވެސް ހެވުނެވެ. ގަޑިން ނުވައެއް ޖެހިއިރު ފައިހާން ގެއަށް އައިސް ވަނެވެ. އޭރު ސިޓިންރޫމު ތެރޭގައި ޓީވީ ބަލަން ފާރިޝް އާއި ފައިހާ އިނެވެ. “އަނހަ ފައިހާން* ފާރިޝް ގޮވާލިއެވެ. ފޯނު ލޮކް ކޮށްލާފައި ޖީބަށް ލިއެވެ. އަދި ގޮސް ފާރިޝް އާއި ފައިހާގެ މެދުގައި އިށީނެވެ. “ދަރިފުޅު ރައްޓެހިވެގެން އުޅޭ ކުއްޖާ ގެންނަންވީ ނުން ގޭ މީހުންނާއި ބައްދަލުކޮށްލާ ހަދަން” ފާރިޝް އިސްވެ […]
އެންމެ ފަހުން ނަތާޝާ އަށް ޖެހުނީ އެ ފިހާރައަށް ވެސް ގޮސް ވަންނާށެވެ. ކަސްޓަމަރުން މަދު ނަމަވެސް ބޮޑު ފިހާރައެއް ކަމުން ސޭލްސް ގާލްސް އާއި ސޭލްސް ބޯއިސް ހެކިފެލިވެ އުޅުނީ އެމީހަކަށް ހަމަ ޖެހިފައިވާ ހިސާބުގައެވެ. އީނާޝް ރީތިވާ ސާމާނު ހާވަމުން ހާވަމުން ދަނިކޮށް ގޮސް ޖެހުނީ ޒުވާން ފިރިހެން ކުއްޖެއްގެ ގައިގައެވެ. ބަލާބެލުމަށް އެއީ އެ ފިހާރައިގަ މަސައްކަތް ކުރާ ޒުވާނެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ޓީޝާޓުގައި ފިހާރައިގެ ނަން ‘ރަންނާޅި’ ޖަހާފައި […]
★ 1 ވަނަ ބައި ★ ޑިއުޓީ ނިންމާލާފައި ގެއަށް އައިސް އަރައިގެން ހުރި ފައިވާން ގޭތެރެއަށް އެއްލާލާފައި އަޅައިގެން ހުރިއަވިއައިނު ހިފައިގެން ކޮޓަރިއަށް ގޮސް ވަނެވެ. ފިރިހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ހިނިތުންވުމަކާއި ފަންދިގު އިސްތަށިގަނޑެއް ވަނީ ލިބިފައެވެ. “ދޮންތަ ދެން ދީބަލަ ތި” ކޮޓަރިއާއި ދިމާލުން ޝަކުވާ ކުރާ އަޑު އިވިގެން މާޝާ އެދިމާއަށް ދިޔައީ ކޮށަން ހުރި ތަރުކާރީ ކޮޅު ބަހައްޓާފައެވެ. “ސާބަސް ހަމަ ދެކުދިންނަށް! ދޮންތީ ކޯޗެއްތަ ކޮއްކޮއަށް ނުދީ […]
ލޯގަނޑު ކުރިމަތީގައި ހުރެ އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލާލާފައި ފައިވާނަށް އަރައިގެން ޒާރާ ނުކުރީ އޮފީހަށް ދާ ގަޑި ޖެހެން ފަސް ވަރަކަށް މިނެޓް ވެފައި ވަނިކޮށެވެ. މަގުމަތިން ޓެކްސީއެއް މަޑުކޮށް ދާންވީ ތަން ބުނުމުން ކާރު ދުއްވާލިއެވެ. ދެތިން މިނެޓް ތެރޭ ކާރު ހުއްޓުނީ އޮފީހުގެ ކުރިމަތީގައެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ޒާރާ އެތެރެއަށް ވަނީ ފުރަތަމަ ދުވަހު ގަޑި ނުޖެހި އާދެވުމުން ހިތްހަމަ ޖެހިލައިގެން ނެވެ. އޮފީހަށް ވަދެ […]
ޔޫހަން ވަރުބަލިވީ ވަރުން ނިދުނީވެސް މައިހާ އޭނަގެ މޭމަތީގައި ބޯ އަޅައިގެން އޮއްވައެވެ. މާއިޝް ނުނިދާ އޮތީ އެއްފަހަރާ ދެއުފާ ލިބުމުންނެވެ. އޭނަގެ ހަޔާތަށް އަލުން ކިނާރާ އައި ކަމުގެ އުފަލާއި ޔޫހަން ފެން ބުއި އިރު ބުއި ފެނަކީ މާއިޝް ބޭހެއް އަޅާފައި ހުރި ފެނަކަށް ވުމުންނެވެ. ★ 11 ވަނަ ބައި ★ ކައިލާން އިންތިޒާރު ކުރަމުން އައީ މާއިޝް ހައްޔަރު ކުރާނެ އިރަކަށްށެވެ. ރެއިން ސުރެއް ޔޫހަންގެ ހަބަރެއް ނުވާތީ ކައިލާން ހުންނަނީ […]
ނިދާފައި އޮތް ޔޫހަންއަށް ހޭލެވުނީ އިރުގެ ދޯދިތައް އޭނަގެ ލޮލަށް އެޅޭތީއެވެ. ކަންނެތް ގޮތަކަށް ހޭލާ ގަޑި ބަލާލިއިރު ހެނދުނު ނުވައެއްވެސް ޖަހާބޮޢުވެއްޖެ އެވެ. ރޭގަ އެހާ ލަހުން ނިދުނީމާ ހޭލެވުނީ ވެސް އެހާ ލަހުންނެވެ. އެނދުން ތެދުވެގެން ގޮސް ފެންވަރާލައިގެން ޔޫހަން ނުކުމެ ނަމާދުކުރިއެވެ. ނަމާދުކޮށް އަވަދިވެގެން ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި ފޯނު ހުޅުވާލި އިރު އޭނަ ނުދަންނަ ނަންބަރަކުން އެތަށް މިސްޑްކޯލް އެއް އައިސްފައި އިނެވެ. އެކި ފިކުރުތަކާއި […]
“ހޮސްޕިޓަލުގަ މިހުރީ. އިރުކޮޅަކުން ދާނަން ގެއަށް” ޔޫހަން ކޮންމެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން ބުންޔެވެ.ޒާރާގެ ހާލު މަޑު މަޑުން ރަނގަޅު ވަމުން އައެވެ. ނަމަވެސް ޒާރާ އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރު ތަކެއް ކޮށްފައެވެ. ފިރިހެން ކުދިން ފެނުނަސް އަނެއް ފަރާތައް މޫނު އަނބުރާލައެވެ.ވީރާ ނުނިދާ ހުރުމުން ކިނާރާގެ އެދުމުގެ މަތިން ވީރާ ވީ ކިނާރާ މެންގެ ގެއަށް އަރާމުކޮށްލަން ގޮސްެއެވެ. ޒާރާ ގާތު އެވަގުތު ހުރީ ޔޫހަން އެކަންޏެވެ. ޔޫހަން […]
ވީރާގެ ފަހަތުން ކައިލާން ގޮސް ވީރާމެންގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްފައި ހުރި އަޑު އިވެއެވެ. “ކިހާ އިރެއްވެދާނެ ފާހަނައަށް ވަން ފަހުން” އެ އަންހެން ކުއްޖާ އޯގާތެރިކަމާއި އެކު ވީރާގެ ބޮލުގައި ފިރުމާލިއެވެ. “އަވާއެއް” މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފޭބިއެވެ. ކައިލާން ގެ ހިތުގައި ރިއްސާލިއެވެ. ވީރާ އެނދުމަތީގައި ބޭންދުމަށް ފަހު ވީރާގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. އެ އަންހެން މީހާ ފާހަނަ ތަޅުދަނޑި ދިނުމަށް […]
ޔޫމިންގެ އެނދުމަތީގައި އޮތް އިޔާޝްގެ ފޯނު ރިންގް ވުމުން ޔޫމިން ފޯނު ނަގާ ބަލާލިއެވެ. އިޔާޝް ގެއަށް އޭނަގެ ލެޕްޓޮޕް ބަލާ ދިޔައީ ހަނދާން ނެތި ފޯނު ބާއްވާފައެވެ. “އަހަރެން ވަރަށް ލޯބިވޭ އިޔާޝް ދެކެ” އެމެސެޖް އައިސްފައި އިނީ “ލަވް” ޖަހާ ސޭވް ކޮށްފައި އިން ނަންބަރަކުން ނެވެ. ޔޫމިން އަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެއީ ކާކު ނަންބަރެއް ތޯ ބަލަން އޭނަ ބޭނުން ނުވީ އެކުވެރިޔާ ރުޅި އައިސްދާނެތިންނެވެ. “އޭތް! ކައެ […]