“ރައީ.. ވަޓް ދި ހެލް އިޒް ހެޕެނިން..؟ ޔޫ ހޭވް ބީން އެކްޓިންގ ރިއަލީ ވިއަރޑް ސިންސް ޔަސްޓަރޑޭ..” ރައިޝާ އޭނާ ގެންދާ ތަނެއް ނޭނގުމުން ނައިރާގެ އަނގައެއް ނުހުއްޓެއެވެ. ރާޅު ޖަހާ އަޑު އިވޭތީ މިއީ މޫދު ކައިރިކަން އެނގެއެވެ. މީހުންގެ ހަލަބޮލި އަޑު ނީވޭތީ މިއީ ކައިވެނީގެ ހަފްލާ އޮތް ތަނާ ފުދޭވަރަކަށް ދުރު ހިސާބެއްކަން އެނގެއެވެ. ނޭނގެނީ ރައިޝާ އޭނަ މިތަނަށް ގެނައި ސަބަބެވެ. ލޯ މަތީގައި އަޅާފައިވާ ފޮތިކޮޅުން އެއްވެސް ތަނެއް ނުފެނެއެވެ. ވަކި ހިސާބަކަށް ގެންގޮސްދީފައި ރައިޝާ އޭނާގެ ގައިން ދޫކޮށްލިއެވެ. “ޓޭކް ދި ބްލައިންޑް ފޯލްޑް އޮފް..” އެހެން ބުނުމަށްފަހު ރައިޝާ ދުރަށް ދުއްވައިގަތް ކަން ނައިރާއަށް އެނގުނީ ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ވާން މި އުޅެނީ ކީއްކަން ނޭނގޭ ހާލު، ނައިރާ ލޯމަތީގައި އަޅާފައިވާ ކަޅުކުލައިގެ ފޮތިކޮޅު ނެގިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ނައިރާގެ ހިތް ތެޅިގަތީ އެޔެއް މިއެއް ބަލާފަކާ ނޫނެވެ. ވަގުތުން އަނގަމަތީގައި އަތް އެޅުނު އިރު، ދެ ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ.
*******
ކުރިމަތީގައި ރަތްކުލައިގެ ފިނިފެންމަލެއް ހިފައިގެން އެއްފައި މައްޗަށް ތިރިވެ އިން ރިއާާޝް ފެނުމާއިއެކު ވާން މިއުޅެނީ ކީއްކަން ނައިރާއަށް ރޭކާލިއެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން އެއްގަމުގައި ނޭވާ ނުލެވިގެން ތެޅޭ މަހެއް ތެޅޭވަރަށް ވުރެވެސް ބާރުވާނެކަން ޔަޤީނެވެ. މުޅި މީހާ ފިނިވެ، އަތްފައި ތުރުތުރުލާން ފެށިއެވެ. ނޭވާ އުފުރިއަރާހެން ހީވުމާއެކު ނައިރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ރިއާޝްގެ އަނގައިން ނުކުތް ޖުމްލަ ތަކުން ނައިރާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ފަދައެވެ.
“ނައީ.. ޔޫ އާރ ދި މޯސްޓް ބިއުޓިފުލް، އެމޭޒިން، ނައިސް، ކައިންޑް، އެންޑް އަންޑަރސްޓޭންޑިންގް ގަރލް އައިވް އެވަރ މެޓް.. އިފް އައި ހޭވް ޓޫ ޑިސްކްރައިބް ޔޫ ވިތް ވަން ވަރޑް، ދެން އައި ކޭން އޮންލީ ޔޫޒް ދި ވޯރޑް ‘ޕަރފެކްޓް’ ފޯރ ޔޫ.. ޔޫ އާރ ޓްރޫލީ އޭން އޭންޖަލް.. އައި ޑޯންޓް އީވެން ނޯވ ހައު، ވެން، އޯރ ވެއަރ، އައި ފެލް އިން ލަވް ވިތް ޔޫ.. އޯލް އައި ނޯވ އިޒް ދެޓް އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް ނައީ.. ސޯ… ފާތިމަތް ނައިރާ.. ވިލް ޔޫ ބީ ދި އަދަރ ޕީސް އޮފް މައި ހަރޓް..؟ ވިލް ޔޫ އޯލްވޭޒް ލެޓް މީ ލަވް ޔޫ އެންޑް ކޯރޓް ޔޫ އަންޓިލް ދި އެންޑް އެންޑް…؟ ވިލް ޔޫ ބީ މައި ކުއީން..؟ އަހަރެންގެ އެންމެ ފަހު ވިންދާ ޖެހެންދެން އަހަރެންގެ ޙައްޤަކަށް ވެދޭނަންތަ..؟” ވަރަށް އަސަރާއިއެކު ރިއާޝް އެހެން ބުނެ ނިންމާލިއިރު ނައިރާގެ ލޮލަށް ބޮނޑިވެގަތް ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. އެ އިވުނީ އޭނާ ދެ އަހަރު ވަންދެން އެ ހިތުގެ ވެރިޔާގެ ދުލުން އަޑު އަހަން ބޭނުންވެފައި ހުރި ޖުމްލަތަކެކެވެ. އިތުރު އެއްވެސް ވިސްނުމަކަށް ނުގޮސް ނައިރާއަށް ތަކުރާރުކޮށް ބޯ ޖަހާލެވުނީ ރިއާޝްއާއި ދޭތެރޭ އެ ހިތުގައި އޮތް އިތުބާރުގެ ފުންކަމާއި، ޔަޤީންކަމުންނެވެ. ނައިރާ ބޯ ޖަހާލުމާއިއެކު ރިއާޝްއަށް ހީވީ ދުނިޔޭގައި ވާހާ ހުރިހާ އުފަލެއް އޭނާގެ ފަސްބަޔަށް އެޅުނު ހެންނެވެ. ރިއާޝްގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމަލުގައި ނައިރާ ހިފާލީ ނުހަނު ލޯބިންނެވެ.
“ޔެސް ޔެސް ޔެސް ރިއާޝް.. އިޓް އިޒް އަ ބިގް ޔެސް ފޯރ އެ ތައުޒޭންޑް ޓައިމްސް.. ކޮޒް އައި ލަވް ޔޫ މޯރ..” އެހެން ބުނެ ނިންމާލެވުނުއިރު، ނައިރާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައެވެ. ނައިރާގެ ދުލުން އެ ޖުމުލަ ހަމަ ނުކުތުމާއި އެކުހެން ރިއާޝް ތެދުވެ، ނައިރާގެ ގެނެސް އޭނާގެ މޭތެރޭ ފޮރުވާލިއެވެ. އޭނާ ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. މި ޚާއްސަ ވަގުތުކޮޅު މުޅި އުމުރަށްވެސް ހަނދާންވާ ވަރަށް ޚާއްސަ ކޮށްލާށެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ އަތުތެރޭ ތިބެގެން ހިތްފުރެންދެން ރޯލިއެވެ. މުޅި އުމުރުދުވަހުވެސް އެ ހިމާޔަތާ ރައްކާތެރިކަން ލިބެވުމަށް އެދެވުނެވެ. ލޯބިވާ ވާހަކަ އެތައް ސަތޭކަ ފަހަރަކު ދުލުން ބުނެވުނުކަން ރޭކާވެސް ނުލިއެވެ. އެއަށްވުރެ ބޮޑަށް ދެމީހުންވެސް ވަނީ އެކަކު އަނެކަކުގެ ލޯތްބަށް ފެންބޮވައިގަނެފައެވެ.
ދުރުގައި ގަހެއްގެ ނިވަލުގައި އެ ހުރިހާ މަންޒަރެއް ބަލަން ހުރި ރައިޝާގެ ލޮލުންވެސް ކަރުނަ އައެވެ. ލޯބިވާ ބޭބެއާއި އެކުވެރިޔާއަށްޓަކައި އުފާކުރާ ޙާލު، އެ ދެމީހުންގެ ދިރިއުޅުމުގައި އެއްވެސް ކަހަލަ ގޮންޖެހުމެއް ނުލައްވާތޯ ހެއްދެވި ފަރާތަށް ދުޢާ ކުރެވުނެވެ. މޫނު ފުހެލުމަށްފަހު، ރައިޝާ އެމީހުންގެ ކައިރިއަށް ހިނގައިގަތެވެ. އެހިސާބަށް ގޮސް ރިއާޝްއާއި ނައިރާގެ ސަމާލުކަށް ހޯދުމަށް ރައިޝާ ކަރުކެހެލިއެވެ. އެ އަޑު އިވުމާއި އެކުހެން އެސްފިޔައެއް ޖަހާލާހާ ބާރުމިނުގައި ރިއާޝްއާއި ނައިރާ އެކަކު އަނެކަކާއި ދުރުވެލިއެވެ.
“ހޯތް ހޮއެ ލަވް ބަރޑްސް.. ދެން ދޫކޮށްލަންވީނުން ދޯ.. މިހާރު ވާ ވަރަށް ރޮމޭންސް ކުރެވިފަ ހުންނާނީ.. ހިނގާ އެކޮޅަށް ދާން ދެން.. ފަހުން ކަންޓިނިއު ކުރާނީ.. އޯހް، އެންޑް ޔެސް.. ކޮންގްރޭޖުލޭޝަން ދޮންބެ އެންޑް ފަހަރި..” ހިނިގަނޑެއް ޖަހާލަމުން ރައިޝާ ބުނެލިގޮތުން ނައިރާ ލަދުން އިސްޖަހާލިއެވެ. ރިއާޝްވެސް އިސްޖަހާލާ، ބޮލުގެ ފުއްކިބައިގައި އަތް ހިންގާލީ ރަކިވިކަން ފޮރުވުމަށެވެ. އެގޮތުގައި މާ ގިނަ އިރަކު ނުތިބެވުނެވެ. ރައިޝާ ހިނގައިގަތުމުން ރިއާޝްވެސް ނައިރާގެ އަތާ އަތް ޖޯޑުކޮށްލަމުން ހިނގައިގަތެވެ. އެހެންނަމަވެސް ރިއާޝްއަށް ހުއްޓެން ހުއްޓެން މަޖުބޫރުވީ ނައިރާ އޭނާގެ އަތަށް ފިތާލުމުންނެވެ. ނައިރާއާ ދިމާއަށް ބަލާލުމަށްފަހު ރިއާޝް ބުމައަރުވާލީ ކިހިނެއްވީހެއްޔޭ އަހާލާ ފަދަ ގޮތަކަށެވެ. އޭރު ނައިރާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ފަހަތުން ރިއާޝްމެން ނާންނަހެން ހީވުމުން ފަހަތް ބަލާލި ރައިޝާވެސް ނައިރާ މޫނުމަތި ފެނިފައި ކޮންމެވެސް ކަމެއް ވެއްޖެކަމުގެ ސިގްނަލް ލިބުނެވެ.
“އާޝް.. މަންމަމެން……” އެހާހިސާބަށް ބުނެފައި ނައިރާ ހުއްޓާލި ނަމަވެސް، ރިއާޝްއަށާއި ރައިޝާއަށް ނައިރާ ބުނަން އެ އުޅެނީ ކޯއްޗެއްކަން ރޭކާލިއެވެ. ރިއާޝް ރައިޝާއާ ދިމާލަށް ބަލައިލިއެވެ. ރައިޝާ ހިނިތުންވެލާފައި އައިސް ނައިރާގެ އަނެއް އަތުގައި ހިފާލިއެވެ. “ހެހެ.. ނައީ.. ޑޯންޓް ވޮރީ.. ދޭ އޯލްރެޑީ ނޯވ އެބައުޓް ދިސް.. އެމީހުންގެވެސް ހެލްޕާ އެއްކޮށް މިކަން ކުރީ.. ނައި ބިރުގަތީ މަންމަމެން ނުގަބޫލު ވެދާނެތީތަ..؟ ޑޯންޓް ވޮރީ ދޫނީ.. މަންމައާ ބައްޕައާ ނިޝައްތަވެސް ވަރަށް އޯކޭ.. ދޭ އާރ ސޯ ހެޕީ ވިތް ޔުއަރ ރިލޭޝަންޝިޕް.. ބިކޯޒް އީވެން ދޭ ނޯވ ދެޓް ދިސް ކަޕްލް އިޒް އަ މެޗް މޭޑް އިން ހެވެން.. ނައު މޭކް އިޓް ވޯރކް އައުޓް.. ގުޑް ލަކް..” އެހެން ބުނެފައި ރައިޝާ ހިނގައިގަތުމުން ނައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ބޮލުން ހީވީ ބަރި ގާގަނޑެއް އުފުއްލައިލެވުނު ހެންނެވެ. ނައިރާގެ ފަންތީގެ ސަބަބުން ނުހާއާއި ރިޔާޒް ނައިރާ ޤަބޫލު ނުކުރާނެހެން ހީވި ނަމަވެސް، އެމީހުން އުފަލާއެކު ނައިރާ ޤަބޫލު ކުރުމުން އެ ކުޑަކުޑަ ހިތަށް ވަނީ ނޭނގޭ ފަދަ ހަމަޖެހުމެއް ލިބިފައެވެ.
*******
އަތުގުޅާލައިގެން އައިސް ކައިވެނީގެ މާލަމަށް ވަތް ރިއާޝްއާއި ނައިރާއަށް ނުހާމެންގެ ސަމާލުކަން ހުއްޓުނެވެ. ޖޯޑުކޮށްލެވިފައިވާ ދެމީހުންގެ އަތަށް ބަލައިލުމުން އެކަނިވެސް އެ ދެމެދުގައި ވާ ފުން ލޯބި އެމީހުންނަށް ދެނެގަނެވުނެވެ. ރިޔާޒްގެ ގައިގައި ކޮށްޓާލުމަށްފަހު ނުހާ އެ މަންޒަރު ރިޔާޒްއަށް ދައްކާލިއެވެ. ވަގުތުން ރިޔާޒްގެ މޫނުމަތިވެސް ވިދާލީ ދަރިފުޅަށްޓަކައި އުފާ ކުރާ ޙާލު ހިނިތުންވުމަކުންނެވެ. ނިޝާއަށް މި މަންޒަރު ފެނުމުން ފެންކަޅި ވެގެން ދިޔައެވެ. އެ ދަރިފުޅު ބޮޑުވީ ހާދަ އަވަހަކަށޭ ހީވިއެވެ. އޭނާގެ ދަރިފުޅު އެ ގުޅުނީ އޭނާއާ އެންމެ ގާތުގާ އުޅޭ، އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ކުއްޖާއަށް ވުމުން ނިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނުހާއާއި ރިޔާޒް ނައިރާމެންގެ ކައިރިއަށް މިސްރާބު ޖެހިތަން ފެނުމުން ނިޝާވެސް އެ ދިމާއަށް މިސްރާބު ޖެހިއެވެ.
ދުރުން އެދެމީހުންނާއި ދިމާއަށް އައި ނުހާއާއި ރިޔާޒްއަށް ނައިރާ ހިނިތުންވެލިއެވެ. ބަދަލުގައި ނިޝާވެސް ހިނިތުންވެލަމުން ނައިރާގެ ގައިގައި ބައްދާލީ އެ އާއިލާއަށް މަރުޙަބާ ކިޔަމުންނެވެ. ރިޔާޒްވެސް ނައިރާގެ ބޮލުގައި ފިރުމާލިއެވެ. ނުހާއާއި ރޮިޔާޒްގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުންވެސް ނައިރާގެ ތެޅެމުން ދިޔަ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެވަގުތަކީ ނިޝާވެސް އައިސް އެތާނގައި ހުއްޓުނު ވަގުތެވެ. ނިޝާ ނައިރާގެ ގައިގައި ބައްދާލީ ވަރަށް އުފާވެއްޖޭ ބުނަމުންނެވެ. މިވަގުތު މާ ގިނަ ވާހަކަ ދެއްކުމަށް އޭނާގެ ދޫ ނުކުޅެދިފައިވާހެން ހީވުމުން ނައިރާވެސް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަމުން ނިޝާގެ ގައިގައި ބައްދާލީ މިއަދާ ހަމައަށްވެސް ބައްޕައެއްގެ ލޯތްބާ ނުލާ އޭނާ ބަލާ ބޮޑުކުރުމުގެ ބުރަ އުފުލި ކަމަކަށްޓަކައި މަންމައަށް ޝުކުރުވެރި ވަމުންނެވެ. ނައިރާގެ ގައިން ދޫކޮށްލަމުން ނިޝާ ގޮސް ރިއާޝްގެ ކުރިމަތީގައި ހުއްޓުނެވެ. ރިއާޝްގެ ބޮލުގައި ފިރުމާލަމުން ނައިރާ ރަނގަޅަށް ބަލައިދިނުމަށް ނިޝާ އެދުނީ ލޮލުން ކަރުނަ އަންނަ ޙާލުގައެވެ. ބަދަލުގައި ރިއާޝްވެސް މަންމަ ހާސްނުވާށޭ ބުނަމުން ނިޝާގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ. ރިއާޝް މަންމައޭ ކިޔާ ނިޝާއާ މުޚާތަބު ކުރުމުން ނިޝާގެ އިތުރުން އެތާ ދެން ތިބި މީހުންގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. މިވަގުތު އެ އެންމެންގެ މެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، އެންމެންގެ ހިތުގައިވެސް ވަނީ ރިއާޝްއާއި ނައިރާއަށް އުފާވެރި މުސްތަޤުބަލެއް ލިބުމެވެ. އެދެކުދިންނަށް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް މިންވަރުކޮށްދެއްވުމެވެ.
އެ ދިމާއަށް އައި ރައިޝާއަށް އެންމެން ތިބި ގޮތް ފެނުމުން ވާނުވާ ރޭކާލިއެވެ. މާހައުލުގެ ސީރިޔަސްކަން ކަނޑުވާލުމަށް ރައިޝާ ގޮސް ރިއާޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ. ރައިޝާގެ އެ ކުއްލި ޢަމަލުން ރިއާޝް ސިހުނު ތަން ފެނި، ދެން ތިބި މީހުންގެ ހުނުން ކޮންޓްރޯލެއް ނުވިއެވެ. ޕަކަ ޕަކަ ލާފައި އެންމެން ހޭން ފެށީ އަނެއްކާވެސް އެދެމީހުންގެ ޒުވާބު ފެށުނީކަން ރޭކާލުމުންނެވެ. “އޭ ބަލަ މިހިރަ މޮޔަޔާ.. މަންމައޭ ކިޔާފައި ކޮންމެހެން ފޮނިވާނެ ކަމެއް ނެތް.. މީގެ މަސްދުވަސް ކުރިން ދޭން ބުނި ޗޮކްލެޓް ދޭންވީ.. އަދި އާނ.. މަގޭ ބެސްޓީއަށް ދެރައެއް ދީފިއްޔާ ބޮލުގަ ހުރިއްޔާ ހުރިހާ އިސްތަށްޓެއް އުފުރާލާނެކަން ހަނދާން ކުރާތި.. ދެން ދާން ހަދާ މިތަނުން.. ކައިވެނި ކުރަންވީމަ އަންގާލާތި.. ނައި ރަން ކިޔާ އިރު މަށަށްވެސް އޭގެން ބައެއް އަޅާތި.. މި ދޮންބެގަނޑު ވަރަށް ދަހިވާނެ.. ހެޔޮ ހިތުން މަށަކަށް ނުދޭނެ އެކައްޗެއްވެސް.. އާން ދެން އެކަމް ނައި ބުނެފިއްޔާ ކަނޑަށް އެރިފަ ހުދަންބަރެއްވެސް ގެނެސްދީފާނެ ވިއްޔަ.. އެހެންވެ ބުނެލީ ހަމަ އެނގޭ..” ރައިޝާ އެހެން ބުނެ ނިމުމާއެކު ރިއާޝް ބޯކަހާލީ ބުނާނެ އިތުރު އެއްްޗެއް ދުލުކުރިއަށް ނައުމުންނެވެ. އެ އެންމެންގެ ތެރޭގައި ހުންނަން ނުކެރިގެން ރިއާޝް ނައިރާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިގައިގަތެވެ. އެހެންނަމަވެސް، ރިއާޝްގެ ފިޔަވަޅުތައް ހުއްޓުނީ ނައިރާ ހުއްޓުމުންނެވެ. ފަހަތް ބަލައިލި އިރު، ރައިޝާ ނައިރާގެ އަނެއް އަތުގައި ހިފައިގެން ހުރި ތަން ފެނުމުން ރިއާޝް ރައިޝާއާ ދިމާއަށް ލޯއަޅާލިއެވެ.
“އޭ.. ރާރާ ދައިތަގަނޑާ ހަމަ މިހާރު ދޫކޮށްލާ އިނގޭ ނައި އަތުން.. އަހަރުން ދާން ވެއްޖެ..” ރިއާޝް ބުނެލިއެވެ. “އޯހް ހޯ މިސްޓަރ ފާޚަނަ ތަށި ބޮޑު ބެއްޔާ.. ޝީ އިޒް މައި ބެސްޓީ.. ޕްލަސް، ނައު ދެޓް ޝީ ބިކޭމް ޔުއަރ ގަރލްފްރެންޑް، ދެޓް ޑަޒަންޓް މީން ދެޓް ޔޫ ކޮމްޕްލީޓްލީ އޯވްން ހަރ ޑޫޑް.. އެހެންނޫނަސް، ޝީ ވޯޒް މައި ބެސްޓީ ބިފޯރ ބިކަމިންގ ޔުއަރ ޖީއެފް.. މަ ނެތް ނަމަ ދޮންބެ ނައިއާ މީޓްވެސް ނުވީސް.. ޝުކުރު ކޮށްބަލަ.. ދަހިކަން.. ހުހް..” އެހެން ބުނެލުމަށްފަހު ރައިޝާ ނައިރާގެ އަތުގައި ހިފައިގެން ދުއްވައިގަތީ ރިއާޝްއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. ރައިޝާ ނައިރާ ގޮވައިގެން ޔާޝްއާއި ރީޝާގެ ކައިރިއަށް ގޮސް ވަރަށް ފޯރިއާއެކު ހުރިހާ ވާހަކަތަކެއް ކިޔައިދިނީ ޔާޝްމެންނާ ސަލާމް ކުރަން އެތަނަށް އައިސް ތިބި މެހެމާނުންނަށްވެސް ބެލުމެއް ނެތިއެވެ. އެއަށްވުރެ ބޮޑަށް މިއަދު އެމަންޖެއަށް ހުރީ ފޯރި އަރާފައެވެ. އެންމެ ފަހުން ޔާޝްއަށް ރައިޝާ އެތަނުން ފޮނުވާލެވުނީ ނުހާއަށް ގޮވައިގެންނެވެ. މުޅި އެ ހަވީރު އެ އާއިލާ ހޭދަކުރީ ސަކަރާތާއި މަޖަލުގައެވެ. ލޯތްބާއި އުފަލުގައެވެ. އެ ލޯބި އާއިލާއަށް ބަލާލާ ކޮންމެ މީހަކަށްވެސް ”މާޝާﷲ” އޭ ބުނެވޭނެކަން ގައިމެވެ.
*******
ކައިވެނި ނިމުމަށްފަހު، ނިންމަން ހުރި ހުރިހާ ކަންކަން ނިންމާފައި މާލެ ދިޔުމަށް ބޭނުންވާތީ ނުހާއާއި ރިޔާޒް އެ ރިޒޯޓުގައި ރޭކުރަން ނިންމީ ރޭވިފައިވާ ގޮތުގެ މަތިންނެވެ. ހަތަރު ކޮޓަރި ބުކް ކުރި އިރު ރީޝާއާއި ޔާޝްއަށް އެއް ކޮޓަރި ހަމަޖައްސާފައި ނުހާއާއި ނިޝާއަށް އަނެއް ކޮޓަރި ހަމަޖެއްސިއެވެ. ދެން ހުރި ކޮޓަރީގައި ރައިޝާއާއި ނައިރާ ތިބުމަށް ހަމަޖައްސާފައި އަނެއް ކޮޓަރި ދިނީ ރިޔާޒްއަށާއި ރިއާޝްއަށެވެ. މާދަމާ ހެނދުނު ފުރައިގެން ރިީޝާއާއި ޔާޝް ނޫން އެންމެން ފުރައިގެން ދާ ގޮތަށް ހަމަޖައްސާފައި އޮތީ ރީޝާއާއި ޔާޝްގެ ހަނީމުން ދަތުރު މި ރިޒޯޓްގައި ހޭދަކުރުމަށް ރިޔާޒް ބުނުމުންނެ. ރީޝާމެންގެ ކައިވެނީގެ ބޮޑު ހަދިޔަލަކަށް ރިޔާޒް ދިނީ މި ރިޒޯޓްގައި ހޭދަކުރުމަށް އެއް ހަފްތާގެ ހަނީމޫން ދަތުރެކެވެ. ހުރިހާ ޚަރަދެއް ރިޔާޒް ހަމަޖައްސާ ގޮތަށެވެ.
*******
ކޮޓަރިއަށް ހަމަ އައިސް ވަދެވުމާއެކު ނައިރާ އެނދުމައްޗަށް ވެއްޓިގަތީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ. ރައިޝާއަށް މިތަން ފެނި ދެފަރާތަށް ބޯހޫރުވާލެވުނެވެ. “ޕިސް ޕިސް.. ނައީ.. މިހާރު ދެން ތި ކަންނެތްކަން ފިލުވާލަން ވެއްޖެއެއްނު.. މީހަކާ އިންނަ ވަރު ވީއޭ މިހާރު ތި..” އެންމެ ފަހު ޖުމްލަ ރައިޝާ ބުނެލީ ހިނިގަނޑަކާ އެކީއެވެ. “ހެހެ.. އަދި މެރިޖް އޮތީ ތަންކޮޅެއް ދުރުގައެއްނު.. އައި ވޯންޓު ސްޓަޑީ.. ރައިއަށް އިނގޭނު މަ ވާން ބޭނުންވަނީ ނިއުޓްރިޝަނިސްޓަކަށް ކަން.. އެ ޑްރީމް ހާސިލްކޮށްފަ މެރީ ކުރާނީ.. އެހެންނޫނަސް ވީ އާރ ސްޓިލް ޓޫ ޔަންގް ފޯރ މެރިޖް.. އާޝްއަށް އަދި ވީ ޓްވެންޓީޓޫ.. އައިމް އޮންލީ އެއިޓީން.. އިޓްސް ޓޫ ފާސްޓް..” ނައިރާ ބުނެލި ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ރައިޝާވެސް ބޯ ޖަހާލިއެވެ. “އޯކޭ.. ދެން ހިނގާ ފެންވަރައިގެން ނަމާދު ކުރަން.. ނައި ވަދޭ ފުރަތަމަ.. ޔޫ ސީމް ޓު ބީ ޓޫ ޓަޔަރޑް ދޭން މީ.. އިޝާ ނަމާދުން ނިމޭ ގޮތަށް ބައްޕަ ބުނި ކާން ނުކުންނާށޭވެސް..” ރައިޝާވެސް އެނދުމަތީގައި އޮށޯވެލިއެވެ. އަޅައިގެން ހުރި ޝޯލް ބޭލުމަށްފަހު، ނައިރާ ކަންނެތް ގޮތަކަށް ހިނގާލާފައި ގޮސް އޭނާ ގެނައި ދަބަހުން ތުވާއްޔަކާއި އެއްކޮށް ގަދަ ނޫކުލައިގެ ކުރުތާއަކާއި އައިސް ބްލޫ ކުލައިގެ ޖިންސެއް ނަގައިގެން ގޮސް ފާޚާނާއަށް ވަނެވެ.
ނައިރާ ފާޚާނާއަށް ވަނުމުން ރައިޝާ އިރުކޮޅަކު އެނދުމަތީގައި އޮވެފައި ގޮސް ޑްރެސިންގޓޭބަލްގެ ކުރިމަތީގައި ހުއްޓިލިއެވެ. ބީޓީއެސް ޖިންގެ “އެޕިފަނީ” ލަވަ މަޑުމަޑުން ކިޔަމުން ރައިޝާ ޝޯލްގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ. ޝޯލް ބާލާފައި، ރައިޝާ ގޮސް އޭނާގެ ދަބަހުން ބޭބީ ޕިންކް ކުލައިގެ ކުރުތާއަކާއި އައިސް ބްލޫ ޖިންސެއް ނަގާފައި އެނދުމަތީގައި ބާއްވާލިއެވެ. ތުވާލި ބަލާ ދާން ރައިޝާ އަޅާލި ފިޔަވަޅު މަޑުޖެހުނީ ނައިރާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ނައިރާއަށް އަޑުއިވޭ ވަރަށް ރައިޝާ ފޯނު ރިންގުވެޔޭ ގޮވާލުމުންވެސް ނައިރާގެ ޚަބަރެއް ނުވިއެވެ. މަޑުމަޑުން ރައިޝާ ގޮސް އެނދުމަތީގައި އޮތް ނައިރާގެ ފޯނު ނަގާ ކޯލަރ އައިޑީއަށް ބަލައިލިއެވެ. ވަގުތުން ރައިޝާގެ ދެބުމަ ގޮށްޖެހުނީ އެ ނަން ފެނިފައި ސިކުނޑިތެރޭގައި އުފެދެން ފެށި ހައިޖާނުގަނޑުންނެވެ. މީގެ ކުރިން ދުވަހަކުވެސް ނައިރާއަށް ގުޅާ ތަން ފެނިފައިނުވާ އެ ނަމްބަރު ނައިރާ ސޭވްކޮށްފައިވަނީ “ފޮނިބޯކިބާ”ގެ ނަމުގައެވެ. އެހެންކަމުން ރައިޝާގެ ކުރިމަތީގައި އެޅުނީ ސުވާލުމާކެކެވެ. “ފޮނިބޯކިބާ” މިއީ އަނެއްކާ ކާކުބާވައެވެ؟ ކީއްކުރާ މީހެއް ބާވައެވެ؟ “ފޮނިބޯކިބާ” ނައިރާއަށް ގުޅަންވީ ކީއްވެހެއްޔެވެ؟ ނައިރާ މި ނަމްބަރު “ފޮނިބޯކިބާ”ގެ ނަމުގައި ސޭވްކޮށްފައި އިނީ ކީއްވެބާވައެވެ؟
*******
***18 ވަނަ ޕާރޓް***
*******
ޚިޔާލުތަކުގައި ހުރި ރައިޝާއަށް ފޯނުގެ ރިންގު ކެނޑުނު އިރުވެސް ނޭނގުނެވެ. އެވަގުތުވީ ނައިރާވެސް ފާޚާނާއިން ނުކުތް ވަގުތަށެވެ. އެއާއެކ،ު އަނެއްކާވެސް “ފޮނިބޯކިބާ” ގުޅަން ފެށިއެވެ. ތެތް އިސްތަށިގަނޑު ހިއްކަމުން އައި ނައިރާއަށް ރައިޝާ އޭނާގެ ފޯނު ހިފައިގެން ހުރި ތަން ފެނުނު ނަމަވެސް ހާހެއް ނުވެއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށް ކުރާ ވަރަށްވުރެވެސް ބޮޑަށް އޭނާ އެންމެ ގާތް އެކުވެރިޔާއަށް އިތުބާރު ކުރާތީއެވެ. އެހެންނަމަވެސް އޭނާގެ ފޯނު ރިންގުވާން ފެށުމުން ރައިޝާ ނުނަގާ ހުރި ތަން ފެނުމާއެކު ނައިރާއަށް ބުމަ އަރުވާލެވުނެވެ. “ރައީ.. ކާކު ގުޅަނީ..؟ ކީއްވެ ފޯނު ނުނަގަ ތި ހުރީ..؟” ނައިރާ އަހާލުމުން ރައިޝާ ޖަވާބެއް ނުދީ ފޯނު ދައްކާލިއެވެ.
އެވަގުތު ނައިރާއަށް ކޯލަރ އައިޑީއަށް ބަލައިލެވުނެވެ. ގުޅަނީ ކާކުކަން އެނގުމުން ނައިރާއަށް ތެޅިގަނެވުނީ އެޔެއް މިޔެއް ބަލާފަކާ ނޫނެވެ. ދިޔަ ގޮތަށް ގޮސް ރައިޝާގެ އަތުން ފޯނު ޖަހައިގަތެވެ. ކޯލް ކަނޑާލުމަށްފަހު ނައިރާ އެ ނަމްބަރަށް މެސެޖެއް ކޮށްލީ ފޯނު ނުނެގުނީ ކީއްވެކަމާއި، ފަހުން ގުޅާނެ ކަމަށް ބުނަމުންނެވެ. ރިޕްލައި އެއްގެ ގޮތުގައި އޮތީ ހަމައެކަނި “އޯކޭ” މިހެންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނައިރާއަށް ރައިޝާއާ ދިމާއަށް ބަލައިލެވުނީ ދައްކާނެ ބަހަނާއަކާ ދޭތެރޭ ވިސްނަމުންނެވެ. ދެން ރައިޝާގެ ސުވާލު ގޯނިން އޮހިގަންނާނެ ސުވާލުތަކަށް ސަމާލުވަމުންނެވެ.
“ނައީ.. ކާކު އެ ގުޅީ..؟ ކޮން ފޮނިބޯކިބާ އެއްތަ..؟ އެއީ ދެން މީސްމީހުންނަށް ކިޔާ ނަމެއްތަ..؟ އެކަމް މަ އަދި ދުވަހަކުވެސް ނުދެކެން ނައިއަށް އޭނަ ގުޅާ ތަނެއް..؟ އާރ ޔޫ ހައިޑިންގ ސަމްތިންގ ފްރޮމް މީ..؟ ނައި އަޅެ ކޯއްޗެއްތަ ތި ސިއްރު ކުރަނީ..؟ ޓެލް މީ ޕްލީޒް..” ރައިޝާގެ ސުވާލުތައް އަމުނާލީ އިލޮށްޓަކަށް މުށިމަސްތަކެއް އަމުނާލާ އުސޫލުންނެވެ. ނައިރާ ދެލޯ މަރާ ބާރޮކޮށްލިއެވެ. ލޯ ހުޅުވާލީ ދޭނެ ޖަވާބެއް ނިންމުމަށް ފަހުއެވެ. “އާނ.. އެއީ ދޯ.. އެއީ.. މީ އަނޭ.. މީ.. ރައިއަށް އިނގޭނު އެއްކަލަ ޝަޒާން.. އެއްކަލަ..” އަޅައިއަޅައިގަންނަމުން ނައިރާއަށް ބުނެވުނީ އެހެންނެވެ. “އޭންން..؟ ކޮން ޝަޒާނެއް..؟” ރައިޝާއަށް ބުމަ އަރުވާލެވުނެވެ. އެ ކިޔާ ޝަޒާނެއްގެ ހަނދާނެއް ނުވާތީއެވެ. “އަ.. އާން.. އެއީ.. އިލެވެންގަ އުޅުނު އިރު މަގޭ ފަހަތުން އަޅައިގަނެގެން އުޅުނު ސޮރެއް.. ވަރަށް ފޮނިވެސް ވާނެ.. އެހެންވެ މަ ފޮނިބޯކިބާ ކިޔަނީ.. ރައިއާ މަށާ ދެމީހުން އިލެވެންގަ އުޅުނު އިރު ދެ ކްލާހެއްގަ ތިބީމަ ރައިއަށް ތި ހަނދާން ނުވަނީ.. ވަރަށް ޒަމާން ކޮށްފަ އެސޮރު އެ ގުޅީ.. ގުޅިޔަސް ފޯނު ނުނަގައްޗެ.. އަޅާލާނެ ކަމެއް ނެތް.. ބަހައްޓާ.. މަ ފަހުން ބްލޮކް ކޮށްލާނަން..” ނައިރާ އެހެން ބުނެލުމަށްފަހު ގޮސް ޑްރޭސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓިފައ އެ ކުރު އިސްތަށިކޮޅުގައިި ފުނާއަޅަން ފެށިއެވެ.
ނައިރާގެ ޢަމަލުތައް ހުރި ގޮތުން ނައިރާ އެ ހަދަނީ ދޮގު ހެން ހީވިޔަސް، ރައިޝާ ނައިރާއަށް އިތުބާރު ކުރީ ނައިރާ އޭނާއަށް ދޮގު ނުހަދާނެކަން ޔަގީންވުމުންނެވެ. ވެދިޔަ ކަންކަން އެއްފަރާތް ކޮށްލާފައި ރައިޝާ ހެދުން ހިފައިގެން ފާޚާނާއަށް ވަނީ ނައިރާއަށް ހިނިތުންވުމެއް ހަދިޔާކޮށްފައެވެ. ބަދަލުގައި ނައިރާވެސް ހީލަމުން ރައިޝާ ފާޚާނާއަށް ވަންނަދެން ބަލަން ހުރެފައި ގޮސް އަވަހަށް އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. “ފޮނިބޯކިބާ”ގެ ނަމްބަރަށް ޑައިލް ކޮށްލާފައި ނައިރާ ފޯނު ކަންފަތުގައި ޖެހިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ނައިރާ ވާހަކަ ދައްކަން ފެށިއެވެ. “ކަލޯ ގަޔާ.. މާއިޝް އޭ ކަލޭ ހެޔޮނުވާނެ ތިހެން ހަދަން.. މަ ލައްވަ ރައިއަށް ދޮގޭ ތި ހެދުވީ.. މިނޫން ގަޑިއެއް ކަލެއަށް ނުފެނުނީތަ ގުޅަންވެސް.. އޭނނ..؟ މީ ކުދިން ޤުރުއާން ކިޔަވާ ގަޑިއޭ ދަރިފުޅާ.. ހެޔޮނުވާނެ ތިހެން އުޅެން..” ރައިޝާއަށް އަޑު އިވިދާނެތީ ނައިރާ ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުންނެވެ. އެއާއެކު އެކޮޅުން ހީލި އަޑު އިވުނެވެ. އެހެންވީމަ، މި “ފޮނިބޯކިބާ” އަކީ މާއިޝްތާއެވެ. އެކަމަކު ޅިޔަނާ ދިމާއަށް އެކަހަލަ ނަންނަން ކިޔަން ހެޔޮވެސް ނުވާނެއެވެ. “ސޮރީ ބްރޯ.. ދެން މަ ހަމަ ގުޅާލީ.. އޭ ނައި ބުނީމެއްނު ވަރަށް އަވަހަށް އެކަން ނިންމަދޭނަމޭ.. ކޮބާ އަދިވެސް ނުނިމޭނު..” މާއިޝް ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ. މިއަދު ޔާޝްމެންގެ ކައިވެންޏަށް ރިޒޯޓަށް އަންނަ ވާހަކަ ނައިރާ ވަނީ މާ ކުރިންވެސް މާއިޝް ކައިރީގައި ބުނެފައެވެ. އެހެންކަމުން އިތުރު އެއްޗެއް އޮޅުންފިލުވާކަށް މާއިޝް ނޫޅެއެވެ.
“ހޫމް ހޫމް.. ކެތް ކޮށްލާ.. އެންމެ ލަސްވެގެންވެސް ނެކްސްޓް ވީކްގަ.. އޭ އިނގޭތަ..؟ އާޝް ޕްރޮޕޯޒްޑް ޓު މީ ޓުޑޭ.. ބްރޯ… އައި ވޯޒް ސޯ ހެޕީ..” ވަރަށް ފިލްމީކޮށް ނައިރާ ބުނެލިގޮތުން މާއިޝް ގާތަށް ހިނިއައެވެ. “ކޮންގްރާ ކޮންގްރާ މެޑަމް.. މަންޖެ ހަމަ ނިންމާލައިގެން ހުރީއޭ ދޯ.. ކޮބާތަ މަށަށް ދެން ބްރޯ..” މާއިޝް އަނެއްކާވެސް ކުސްތަޅާލިއެވެ. އެހެންނަމަވެސް، އޭނާ ހުރީ ނައިރާއަށްޓަކައި ނުހަނު އުފާވެފައެވެ. ނައިރާއަކީ އޭނާގެ ކޮއްކޮއެއް ފަދަ ކުއްޖެކެވެ. ދެން އުފާނުވާންވީ ކީއްވެހެއްޔެވެ؟ “ހޫމް ހޫމް ކެތްތެރި ވެބަލަ.. ހާދަ ކެތްމަދޭ ދޯ.. ތިިވަރުން ނުވާނެ..” އެވަގުތު ފާޚާނާ ތަޅު އެނބުރު އަޑު އިވުމުން ނައިރާއަށް ތެޅިގަނެވުނެވެ. “އޭ މާއިޝް.. މަ ދިޔައީ އިނގޭ.. ރައި އެބަ ނުކުމޭ ފާޚާނާއިން.. ނެކްސްޓް ވީކްއަށް ރެޑީވޭ ބްރޯ.. އޯކޭ ބާއި..” އެހެން ބުނެލުމަށްފަހު ނައިރާ އަވަސް އަވަހަށް ފޯނު ކަނޑާލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލައިލީ ރައިޝާ ނުކުތުމުންނެވެ.
ނައިރާ އަވަސްއަވަހަށް ގޮސް މުސައްލަ ނިއުޅާލާފައި ނަމާދަށް އެރިއެވެ. ނައިރާ ނަމާދުކޮށް ނިމުމުން ރައިޝާވެސް ނަމާދުކޮށްލިއެވެ. އޭރު ޢިޝާ ނަމާދަށް ގޮވަން ކައިރިވެފައި ވުމާއެކު ދެކުދިންވެސް ބޭނުންވީ ޤުރުއާން ކިޔަވާލާށެވެ. ދެކުދިން ޢިޝާ ނަމާދަށް ގޮވަންދެން ފޯނުން ޤުރުއާން ކިޔަވަން ތިބެފައި ޢިޝާ ނަމާދަށް ގޮވުމުން ނަމާދު ކޮށްލިއެވެ.
ނައިރާ ނަމާދުކޮށް ނިމިގެން ލޯގަނޑު ކުރިމަތީގައި ހުއްޓިލީ ޝޯލް އެޅުމަށެވެ. ދަބަހުން ނެގި ކަޅު ކުލައިގެ ޝޯލް އިސްތިރި ކޮށްލުމަށްފަހު، ވަރަށް އާދައިގެ ގޮތަކަށް އަޅާލާފައި ހަރުކޮށްލި ނަމަވެސް، ނައިރާ ވަރަށް ރީއްޗެވެ. އެ ކަޅު ޝޯލްގެ ތެރެއިން އެ ދޮންދޮން ވަށް މޫނުކޮޅު ފެންނަ އިރު ނުހަނު ލޯތްބެވެ. ސާދަވިލޭރޭގެ ހަނދަށް ދޫނުކުރާނެކަން ގައިމެވެ. ރައިޝާވެސް ނަމާދުކޮށް ނިމިގެން ދަބަހުން ނެގީ ކަޅުކުލައިގެ ޝޯލްއެކެވެ. އިސްތިރި ިކޮށްލުމަށްފަހު، މޭމަތި ނިވާވާނެހެން ރައިޝާވެސް ޝޯލް އަޅާލީ ވަރަށް އާދައިގެ ގޮތަކަށެވ.ެ ތުންފަތުގައި ލިޕްބާމެއް އެކަނި ޖައްސާފައި ވީނަމަވެސް އެ މޫނުގެ ރީތިކަމަކަށް އެއްްވެސް ބަދަލެއް ނާދެއެވެ. ނައިރާވެސް ހަމަ އެކަނި ބޭނުންކޮށްފައިވަނީ ވެސްލިންއެވެ. ރީތިވެ ނިމުމަށްފަހު ގަޔަށް ސެންޓުކޮޅެއް ބުރުވާލާފައި ދެކުދިންވެސް ފޯނުތަކާއި، އަތްދަބަސްތައް ހިފައިގެން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.
*******
ހަނދުވަރުގެ ރިހި އަލީގައި އެންމެން ކަމުން ދިޔައީ ތަފާތު މަޖާ ވާހަކަތައް ދައްކަމުންނެވެ. “ކޮބާ ދަރިފުޅުމެން ކެއުމާ ދޭތެރޭ ހިތްހަމަ ޖެހޭތަ..؟” ރިޔާޒް އަހާލީ ކައި ނިމިގެން އެންމެން ހަމަޖެހިލުމުންނެވެ. “ލައްބަ ބޭބޭ..” ނައިރާ އެހެން ބުނެލުމުން ރިޔާޒް ނައިރާއާދިމާއަށް ބަލައިލިއެވެ. “ބޭބެއެއް ނޫން.. ބައްޕަ.. ނައވެސް ދެން ބައްޕަ ކިޔަން އާދަކުރޭ..” އާދައިގެ މަތިން އޭނާގެ މަޖާ މޫޑުގައި ހުރެ ރިޔާޒް ނައިރާއަށް ކޮށްލީ އަމުރެކެވެ. “އެއީ ތެދެއް.. ދެން ނުހާއްތަވެސް ނުކިޔާ މަންމަ ކިޔާ އިނގޭ ދަރިފުޅު..” ނުހާވެސް ހީލީ ރިޔާޒްއާ އެއްބައި ވަމުންނެވެ. “ލައްބަ ބައްޕާ.. ލައްބަ މަންމާ..” ލަދުން ހުރެ ނައިރާ އިސްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ. އެއާއެކު އެންމެންވެސް ފެށީ ހޭށެވެ. މަޖާ ވާހަކަ ތަކުގައި އެންމެންވެސް ވަގުތު ހޭދަކުރަމުން ދިޔައެވެ.
ކުއްލިއަކަށް ނައިރާގެ ފޯނަށް މެސެޖެއް އައުމުން ނައިރާ ފޯނު ހުޅުވާލާ މެސެޖު ކިޔާލިއެވެ. ހަމަ އެވަގުތު ލަދުވެތިކަން ނައިރާގެ މައްޗަށް ކުރި ހޯދިއެވެ. މިރޭ ހިނގާލަން ދިޔުމަށް އެދި ރިއާޝް ކޮށްފައި އޮތް މެސެޖަށް ނައިރާ އޯކޭ އޭ ކިޔާ ރިޕްލައި ކޮށްލީ އެންމެންގެ ތެރޭގައި މާ ދިގު އެއްޗެއް ބުނަން ނުކެރުމުންނެވެ. ނައިރާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން އިން ރިއާޝްއަށް ފޯނު ބަލައިލެވުނީ ނައިރާ ރިޕްލައި ކުރުމުންނެވެ. ނައިރާގެ އެ ކުރު ކުރު ޖަވާބުންވެސް ރިއާޝްގެ ހިތް ހީވީ އުފަލުން އުދުހިދާނެހެންނެވެ. “އައި ލަވް ޔޫ” އޭ ކިޔާ ރިއާޝް އަނެއްކާވެސް މެސެޖެއް ކޮށްލީ ނައިރާގެ މޫނުމައްޗަށް އަރާ ކުލަވަރުތައް އަންދާޒާ ކޮށްލުމަށެވެ. ނައިރާއަށް އެ މެސެޖު ފެނުމާއެކު މުޅި މޫނު ލަދުން ގޮސް ރަތްވިއެވެ. ޖަވާބަކަށް ބުނަންވީ ކީކޭބާވައޭ ނައިރާގެ ހިތަށް އެރިއެވެ. އެންމެ ފަހުން “މީ ޓޫ” އޭ ޖަހާ ނައިރާ މެސެޖެއް ކޮށްލިއެވެ. އެއާއެކު ރިއާޝްއަށް ހިނިތުންވެލެވުނެވެ. އަބަދު އެންމެންގެ ކުރިމަތީގައިވެސް އަނގަ ފަޅައިގެން އުޅޭ، މަޖާ ނައިރާގެ ލަދުވެތިކަމުގެ ސިފަ އޭނާއަށް ވަރަށް ކަމުގޮއްސިއެވެ.
ނައިރާއާއި ރިއާޝްގެ ޢަމަލުތައް ބަލަން އިން ޔާޝް އިނީ ހިނިގަނޑު ފަޅައިގެން ދާން ކައިރިވެފައެވެ. މަޑުން ނީނދެވިގެން އެންމެ ފަހުން ޔާޝް ރިއާޝްއާ ދިމާކޮށްލަން ތައްޔާރު ވެލިއެވެ. “އެހެމް އެހެމް.. ދިސް އިޒް އަ ފެމިލީ ޑިނަރ.. މިތާ ތިބެގެން ލޯބިވެރިންނަށް މެސެޖް ކުރާ ބޭފުޅުން ތަންކޮޅެއް އެކަހެރި ތާކަށް ގޮސް އެކަން ކުރުން ޢައުލާކަން ބޮޑުވާނެކަމަށް އަޅުގަނޑަށް ލަފާކުރެވެނީ..” ޔާޝް އެހެން ބުނެ ނިންމާލި އިރު އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ ރިއާޝްއަށާއި ނައިރާއަށެވެ. އރައިޝާވެސް އިނީ ދަތްޕިލަ ރޮނޑަށް ދީގެން އެ މަންޒަރު ބަލާށެވެ. މަންމަމެންވެސް ބަލަން ތިބުމުން ނައިރާއަށް ތުންފަތުގައި ދަތްއަޅާލެވުނީ ގަތް ލަދުންނެވެ. އިސްޖަހާލެވުނީ ލަދުގަތް ކަން ފޮރުވުމަށެވެ. މިއާ ޚިލާފަށް ރިއާޝް ވިސްނީ ވަގުތުން ބަދަލު ހިފުމަށެވެ. ބަދަލުގައި ޔާޝް ރަކިކޮށްލަން މިރޭ އޭނާއަށް މާ ފަސޭހަ ވާނެއެވެ.
“އެހެމް އެހެމް.. މިރޭ ވަރަށް ވައި ބާރުވެފަ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އަންގައިފ.ި. ވީމާ ހުރިހާ ބޭފުޅުންވެސް މިރޭ ވަރަށް ރައްކާތެރިވެ ތިބެ ނިދުމަށް އަޅުގަނޑު އެދެން.. ޖެހިލާ ބާރު ވައިރޯޅިތަކުން ސަލާމަތް ވުމަކީ ވަރަށް އުނދަގޫ ކަމެއް.. ފަތިހު ހާ ގޮވަން ދެން މި ތޫފާން ކުރިއަށް ދާނެކަމަށް އަޅުގަނޑުމެންނަށް ވަނީ މަޢުލޫމާތު ލިބިފަ..” ރިއާޝް އެހެން ބުނެ ނިންމާލި އިރު ރީޝާ އިނީ ލަދުން އިސްޖަހައިގެންނެވެ. ޔާޝްވެސް ރަކިވެފައި އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ދެން ތިބި މީހުންވެސް ރިއާޝްގެ އެ ކޯޑު ބަހުރުވަ ނަގައިގަނެވުމުން ފެށީ ހޭށެވެ. އެންމެން ތެރޭ އިންނަން ނުކެރުމުން ޔާޝް ރީޝާ ކައިރި ސިއްރުން ދާން ހިނގާށޭ ބުނެލިއެވެ. ބަދަލުގައި ރީޝާވެސް ބޯ ޖަހާލަމުން ގޮނޑިން ތެދުވިއެވެ. ދެމީހުންވެސް އަތާއަތް ޖޯޑުކޮށްލަމުން ތެދުވެ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
އެމީހުން ލޮލުކޮޅަށް ގޮސް އޮބާލުމުން ރިއާޝް ތެދުވިއެވެ. “މަންމާ.. އޯކޭތަ ނައި ގޮވައިގެން ހިނގާލަން ދިޔަސް..؟ ވަރަށް އަވަހަށް އަންނާނަން.. ޕްލީޒް..” ރިއާޝް ނިޝާ ކައިރިން ހުއްދަ އަށް އެދުނެވެ. ނިޝާގެ ހުއްދައާ ނުލާ ނައިރާ ގޮވައިގެން އެއްވެސް ތަނަކަށް ދާކަށް ރިއާޝްް ބޭނުމެއް ނުވެއެވެ. ނިޝާ ހީލާފައި ބޯ ޖަހާލީ ރިއާޝްއާ ދޭތެރޭ އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ރިއާޝް ހީލާފައި ނައިރާގެ އަތުގައި ހިފައިން އަތިރިމައްޗާ ދިމާއަށް ހިނގައިގަތުމުން ރައިޝާ ތުންކޮޅު އޫކޮށްލިއެވެ. “މަންމީ.. އައި ފީލް ސޯ ސިންގްލް ރައިޓް ނައު..” ނައިރާ ކުސްތަޅާލި ގޮތުން ނުހާމެން ކައިރިއަށް ހިނި އައެވެ. “ޑޯންޓް ވޮރީ ދޫނި.. ޔޫ ވިލް ފައިންޑް ދަ ރައިޓް ވަން ސޫން، އިންޝާ ﷲ..” ނުހާ ރައިޝާގެ ބޮލުގައި ފިރުމާކލިއެވެ. އެވަގުތު މާއިޝްގެ އެ ހިތްގައިމު ސޫރަ ރައިޝާގެ ހިތުގައި ކުރެހުނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނު އިރު، އޭނާގެ ލޯބި ޙާސިލްވޭތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ.
ނުނިމޭ…
ނޯޓް: ކިޔުންތެރިން އެހާ އިންތިޒާރު ކުރައްވަމުން ގެންދެވި އިރުވެސް، ދުވަސްތަކަކަށް ވާހަކަ ނުގެނެސްދެވި މެދުކެނޑުނީތީ އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެން.. އަޅުގަނޑު ކުޑަކޮށް ބަލިވެ އުޅުމާއި އެކު ވާހަކަ ނުގެނެސްދެވި މެދުކެނޑުނީތީ އަޅުގަނޑު ބޭނުންވީ ދެ ޕާރޓް އެއްކޮށް ގެނެސްދޭން.. އެގޮތުން 17 ވަނަ ޕާރޓް އަދި 18 ވަނަ ޕާރޓް މިހާރު މި ވަނީ ގެނެސްދެވިފައި.. އަދި މި ދެ ޕާރޓްގ ވޯރޑް ލިމިޓަކީ 2673 ވޯރޑްސް ކަމުގައިވެސް ދަންނަވާލަން.. ޢާއްމުކޮށް އެންމެ ގިނަވެގެންވެސް އަޅުގަނޑު އެޕިސޯޑެއްގައި ހިމަނާފައިވާނީ ގާތްގަނޑަކަށް 1700 ވޯރޑްސް.. ވީމާ، ކިޔުންތެރިންނަށް މި ދެ ޕާރޓްވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން. ލަވް ޔޫ އޯލް.. ސްޓޭ ސޭފް އެންޑް ޓޭކް ކެއަރ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Salaam dear readers.. Here is the 17th and 18th part.. Hope you all loved this part as well.. Adhivx ehfaharu vhk nugenesdhevi medhukenduneethee thiya lobuvethi kiyuntheringe kibain nihaayathah ma’aafah edhen.. 2 part ekkoh genesdhinumun kiyuntherin hiy hama jehunu kamah ummeedhu kuran.. Love you all.. Stay safe and take care.. Thanq for all of your kind support..
NAAYOOOOOOOOO!! wow JUST wow!!!!
hama varah reethi mi dhebai ves
riaash nai ah propose kuree dhw enme fahun UFAAVERI MUSTHAGUBALAKAH EDHEN DHEKUDHINNAH??
Dhen ves maaish rai avahah gulhuvaba rai ekani e family in anehhen bunangya huskon eheree nai ves e family ah ithuru vee thaa
naayoo misd yoo girl ekam vaahaka genes dhinee thee thanks…?? i love it and welcome
Hey luvza darl.. tyssssssssssmm ingey dear.. vrh ufaa vejje mi prt vx kamudhiyaeema.. really means a lot!
yess riaash nai ah propose kuree dhw at last.. finally! hehe thnx ingey darl…
rai and maaish gulhuvan mi ulheny dhn.. e masakkathuga nayaa vx mi ulheny ingey.. insha allah vrh avahah e dhekudhinvx gulheyne.. yhh rai ekani single veema kamaku nudhey dhw.. hehe..
awww i missed u more dhooni.. and wlcm ingey.. awwwww thankiu for the kind support.. means a lot to me!
SS nd TC ingey my dear..