އަނދިރި ކޮޓަރިއެކެވެ. އުސްކޮށް ހަދާފައިވާ އެ ކޮޓަރިއަށް އަލިކޮޅެއް ވަންނަނީ ވަރަށް މަތީގައި ހުރި ކުޑަ ކިޑިކީއެއް ހުންނާތީއެވެ. އެއީ ވައި ވައްދަން ހަދާފައިހުރި ޖާގައެކެވެ. ބޭރަށް ނުކުމެވެން ހުންނަ ކުޑަދޮރެއް ހުރެއެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އަހަރެމެންނަށް ކާން ގެންނަ މީހާ ވަދެ ހަދާ ދޮރެވެ. ވަރުގަދަ 3 ތަޅު އަޅުވާފައިވާ ދޮރެކެވެ. އެންމެ ތިންމީހުންގެ ޖާގައިގެ މި ގޮޅީގައި މިވަގުތު 10 މީހުން އެބަތިއްބެވެ. ވަޒީފާނެތި އުޅޭ ޒުވާނުންތައް ގިނަވެ ކުށްތަކުގައި ބެދިގެން ގޮޅިއަށް […]
ވާހަކަ ކިޔައިދީ ނިމުނުތަނާހެން މަންމަ ކުއްލިއަކަށް ބަލާލީ ކައިލާން އަށެވެ. ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް އަހަރެންނަށް ލިބުނެވެ. ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގި ވިސްނަން ހުއްޓާ އަހަރެން ސިހިގެން ދިޔައީ މަންމަގެ ހޫނު ‘އެތިފަހަރެއް’ ކައިލާންގެ ކަންކަށިމައްޗަށް އަމާޒުވީ އަޑު އަހާފައެވެ. ދެވަނަ ފަހަރަށް މަންމަ އަތް އިސް ކުރުމުން އަހަރެން މަންމަ ހުއްޓުވީމެވެ. “ކައިނާ.. މަންމަ ދޫކޮށްލާ.. ދޮންބެއަށް މިއަދަބު ލިބުން ހައްޤު.. އަދި މި އަދަބު މާ ކުޑަ.. މިއަށް ވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ ދޮންބެއަށް…” ކައިލާން ބުނެލިއެވެ. ނަމަވެސް އަހަރެން މަންމަ ދުރަށް ލީމެވެ. “ހަޔާތްކުޑަ! އަދި އެބަ ބުނެއެއްނު މަށަށް މި އަދަބު ހައްޤޭ! ލޯބިވެރިޔާއަށް ޓަކާ ތިމާގެ ކޮއްކޮ ދޫކޮށްލާފަ ދާނީ ހާދަ ގޮތްކުޑަ ވީމައޭ! ބޮޑެތި ފާފަ ތަކަށް އަރައިނުގަނެ ރަނގަޅު ކަމަކު ދިޔަނަމަތާ އެވެސް! ކައިނާވެސް މީނައަށް މާފު ކޮށްފިއޭ އަދި.. އެއުޅޭ ޝީންއަށް ވެސް މާފު ކުރީ ކީއްކުރަން؟ މަނަމަ އެކަކަށްވެސް މާފެއް ނުކުރާނަން! އެވަރުގެ ވިޔާނުދާކޮށް އުޅޭކަށް ނުވާނެ ދޯ އެކަމަކު!” މަންމަ އައި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް އިނގޭ ހެނެއް ހިޔެއް ނުވެއެވެ. “ދެން ހުއްޓާލާ މަންމާ!” އަހަރެން ބުނީމެވެ. ކައިލާން އަދިވެސް ކުށްވެރިއެއް ފަދައިން އިސް ޖަހައިގެން ހުރީއެވެ. އާނއެކެވެ. ހަޤީޤަތުގައި އެއީ ކުށްވެރިއެކެވެ. ނޭނގި ނަމަވެސް ބޮޑު ކުށެއް ކުރެވިފައިވާ މީހެކެވެ. ކައިލް ރޯ އަޑަށް އެންމެނަށް އެދިމާއަށް ބަލާލެވުނެވެ. ކައިލް އުރާލީމެވެ. ކައިލާން އަތަށް ކައިލް ހަވާލު ކުރުމަށްފަހު އަހަރެން މަންމަ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. ޒުވާބު ގަނޑު އިތުރަށް ހޫނު ކުރަން ބޭނުން ނުވާތީއެވެ. އެނދުގައި އިށީނދެލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީގައި ހުރި ފޮޓޯ ލޯގަނޑެވެ. އޭގައި ވަނީ އާއިލާއެއްގެ ފޮޓޯއެކެވެ. އުފާވެރި އާއިލާއެކެވެ. އަހަރެމެންގެ އާއިލާއެވެ. މަންމަ ހުރީ އަހަރެން އުރާލައިގެންނެވެ. ބައްޕަ ހުރީ ކައިސަން ކޮނޑަށް އަރުވައިގެންނެވެ. “ބައްޕަ މަތިން ވަރަށް ހަނދާންވޭ!” އަހަރެންގެ ހިތުގައިވީ ޖުމްލަ ދުލު ކުރިއާ ހަމައަށް އައުމުގެ ބަދަލުގައި ކަރުނަ ތިއްކެއްގެ ސިފައިގާ އަހަރެންގެ ކޯތާފަތް މަތީގައި ދުވެލިއެވެ. އަހަރެންގެ ބައްޕައަކީ ރަށު ސްކޫލުގެ ސާނަވީ ދިވެހި ކިޔަވައިދޭ ޓީޗަރެކެވެ. އެއްދުވަހަކު ބައްޕަ ސްކޫލަށް ދާންވެގެން ސައިކަލުގަ ރަށު ބޮޑު މަގަށް އެޅި ތަނާ އެ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި އެކްސިޑެންޓެއް ވިއެވެ. މިއެކްސިޑެންޓުގެ ސަބަބުން 2 މަސް ދުވަހުގެ ކޯމާއެއްގައި އޮވެފައި ވަރަށް ކުއްލި ގޮތަކަށް ބައްޕަ ނިޔާވީއެވެ. އެއީ އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައެވެ. ********************* “ކީއްވެ ދަރިފުޅު ދޮންބެއަށް މާފު ކުރީ؟” ޚިޔާލުތަކުން ބޭރު ވެވުނީ މަންމަ ވާހަކަ ދެއްކި އަޑަށެވެ. “މަންމާ!” އަހަރެން މަންމަ ގައިގާ ބައްދާލީމެވެ. “ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ ދޯ! ފުރަތަމަ ފަހަރަށް އެކުށް ކުރީމަ މާފު ދޭންވާނެ.. އޭރުން އެމީހަކަށް ވިސްނިގެން ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރާން މަސައްކަތް ކުރާނެ… ތިމާގެ ކުށް ތިމާއަށް ޤަބޫލު ކުރެވިގެން މާފަށް އެދުމަކީ ކިހާ ރަނގަޅު ސިފައެއް.. ނޫންތަ؟ އެހެން ނޫނަސް އަހަރެންގެ ހިތުގަ ނެތް ދޮންބެއާ ނޫނީ ޝީންއާ ދޭތެރޭ އެއްވެސް ބަދު ބަހެއް.. އެދެމީހުންނަށް ވިސްނުނު ކަމަށްޓަކައި އެކަމާ އަހަރެން އުފާ ކުރަން..” އަހަރެން ބުނެލީމެވެ. “މަންމަ ވަރަށް އުފާވެއްޖެ.. ތީ އަބަދުވެސް މަންމަ ފަޚުރުވެރިވާނެ ކުއްޖެއް! މަންމަމެން ދިން ތަރުބިއްޔަތުގެ ބޭނުން ހިފީތީ މަންމަ އެހެންނޫނީ ހިތްހަމަ ނުޖެހޭ ވަރަށް ހިތްހަމަ ޖެހިއްޖެ.. މަންމަ ވަރަށް ލޯބިވޭ ދަރިފުލު ދެކެ!” މަންމަގެ ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބޭ ކަހަލައެވެ. ބުނެލަން ކިތަންމެ ފަސޭހައަކަސް މައެއްގެ ފަރާތުން ލިބޭ […]
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އޮވެ ދާނިޔާ އެތައް އިރަކު ރުޔެވެ. ބޭރަށް އެއްލާލި ސިގިރެޓްފޮށި ތެމި ފޯވަންދެންނެވެ. ގޭގެ ދެވަނަބައިގެ ކުޑަދޮރަކުން ބޭރަށް ބޯލައިގެން އޮވެ ދާނިޔާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކަރުނަތައް ހުސްވަންދެން ރޯލާށެވެ. އެތައް އިރަކު ރޯން އޮތުމަށްފަހު ދާނިޔާ ތެދުވެ ލޯފޮހެލިއެވެ. ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ނިކަން ރަނގަޅަން ފެންވަރާލިއެވެ. ދާނިޔާ ފާހާނާއިން ނުކުތްއިރު އޭނާހުރީ ވަރަށް ތާޒާވެލާފެއެވެ. އޭނާގެ ދިގު ފަން ރޭނގަޑެއް […]
އަހަރެން ހުރީ ދާނެ ދިމާއެއް ނޭނގިފައެވެ. ދެލޯ މަރާ ފިއްތާލުމުން ދެލޮލަށް ޖަމާ ވެފަހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބަން ފެށިއެވެ. މީހަކު ގިސްލާ އަޑަށް ދެލޯ ހުޅުވާލާ ބަލާލީމެވެ. ހީވީ ބިންގަނޑު ފަޅާފާ އަޑިއަށް ދިޔަހެންނެވެ. އެ ރޮނީ ހަމަ ކައިލާން ބާވައެވެ. “ގަޓު” ކަން ދެއްކުމުގައި އެއްވަނަ މީހާ ހެއްޔެވެ؟ އަހަރެން ދުވަހަކުވެސް ކައިލާން ރޯތަނެއް ނުދެކެމެވެ. ވެގެންވާނަމަ ކައިލާންގެ ގައިގާ ބައްދާލާ، ހުރިހާ އުފަލެއް ދިނުމަށް އަހަރެން ބޭނުންވިއެވެ. ނަމަވެސް ހީވާ ކަހަލައެވެ. އަހަރެން މިހުރީ ކަސްތޮޅު އެޅުވި ބަންދުވެފައެވެ. ހަރާކާތެއް ނުކޮށްލެވިފައެވެ. އަހަރެންނަށް އަދިވެސް ހުރެވުނީއެވެ. ކައިލާންވެސް އަތުގައި އޮތް ޒާން އަށް ބަލަހައްޓައިގެން ޖެހި ބުދެއް ފަދައިން ރޯން ހުއްޓެވެ. ނަމަވެސް މި މަންޒަރު ބަލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. މަޑުމަޑުން ކައިލާންގެ ގާތަށް އަހަރެން ޖެހިލީމެވެ. އަތުގައި އޮތް ޒާން ނަގާ މެއާލާ ބޮނޑިކޮށްލެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. ކައިލާން އަހަރެންނާ ދިމާއަށް ބަލާލީ ފުން ނަޒަރަކުންނެވެ. ކައިލާން އެގޮތަށް އަހަރެންނާ ދިމާއަށް ބަލާލީ ކޮން ދުވަހަކު ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އެ ބަލާލުމުން އަހަރެންނަށް މާނައެއް ނަގަން ނޭނގުމުން ވީ ކިހިނެތްތޯ އަހާލީމެވެ. “ކީއްވެ ޝީން އަހަރެން ބޭނުންކުރަންވީ؟” ކައިލާން ކުރި ސުވާލުގެ ޖަވާބު ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އަހަރެން އިސް ޖަހާލީމެވެ. “ކައި.. ދޮންބެ އަށް މާފު ކުރޭ.. ޕްލީޒް!” އަޑުން އަޑު ނަގާ ރޮއެގަންނަމުން ކައިލާން ބިންމަތީ އިށީންނިއެވެ. އަހަރެންގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އަހަންނަށްވެސް އިށީނދެވުނެވެ. ކަރުނަ ތިކިތައް އެމޫނު މަތީގައި ބަބުޅަމުން ދާއިރު ހީވަނީ ޝަބްނަމް ތިކިތަކެއްހެންނެވެ. ރުއިމުގެ ސަބަބުން އެ ދޮން މޫނު ވަނީ ޖަންބުކުލަ ކުލަ އަރާ ރަތް ވެފައެވެ. މޫނުމަތިން އަބަދަށް ފެންނަ ހިނިތުންވުން ވަނީ ފަނޑު ވެފައެވެ. ހީވަނީ އޮއްސިފައިވާ ހަނދެއް ހެންނެވެ. އަހަރެންގެ އަތުގައި އޮތް ޒާން އަނެއްކާވެސް ކައިލާންއާ ހަވާލު ކުރީމެވެ. ގެއަށްދާން ހިތަށް އެރި ނަމަވެސް ކައިލާން އެ ހާލުގައި ދޫކޮށްލާފައި ދާކަށް ހިތެއް ނުރުހުނެވެ. ކައިލާން އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކައިލާންގެ ހނު ކަރުނަތައް އަހަރެންގެ ހެދުމުގެ ކޮނޑު ތެންމަމުން ދިޔައެވެ. ކައިލާންގެ މޫނުގައިވާ މައުސޫމުކަން ފެނި ހިތުގައި ކޫރުތަކެއް އެޅެމުން ދިޔައެވެ. އަސަރު ނުކުރާނީ ކާކުގެ ހިތަކަށް ހެއްޔެވެ؟ އެފަކީރުގެ ހިތަށް ކުރާނެ އަސަރު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. މެންދުރު ނަމާދުގެ ބަންގީގެ އަޑަށް އަހަރެން ފޯނު ހުޅުވާލާ ގަޑި ބަލާލީމެވެ. 12 ގަޑި ބައި ވަނީއެވެ. ވަގުތު ހޭދަވެގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. ޝީން ޚަބަރެއް އަދިވެސް ނުވުމުން ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ. ހިޔަންޏެއް ހުރަސް ކޮށްލިހެން އެވަގުތު ހީވިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ކައިލް މަތިން ހަނދާންވީ ދެނެވެ. ކައިލާން ދުރަށް ޖައްސާލަމުން އަހަރެން ގެއަށް ދާން އެނބުރިލާ ކުރިއަށް ހިނގައިގަތީމެވެ. “ކައިނާ!” އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ައިލާން ގޮވާލުމުންނެވެ. އެތައް ހާސް އަސަރުތަކެއް އެކުލެވިގެންވާ ގޮވާލުމެކެވެ. ފަހަތަށް އެނބުރިލީމެވެ. ޒާން އުރާލައިގެން އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ކައިލާން ހުއްޓެވެ. އަހަންނަށް ވާނުވާއެއް ނޭނގުނެވެ. އަހަރެންގެ މޫނުމަތީގައިވާ ސުވާލުމާކު ފެނުނީ ކަންނޭނގެއެވެ. “އަދިވެސް ދޮންބެއަކަށް މާފެއް ނުކުރާނަންތަ؟” ޖޯޝެއް ނެތް އެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ބޭބެއެވެ. އެވަރުގެ ކަމަކާ އާއިލީ ގުޅުން ކަނޑާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިއަށްވުރެ ބޮޑެތި އިމްތިހާނުތަކާ ކުރިމަތި ލާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. “އިނގޭ މާފު ކުރަން އުނދަގޫ ވާނެކަންވެސް.. އެކަމަކުވެސް ދޮންބެ އަށް ކައި ގެ މާފު ވަރަށް މުހިއްމު.. ބަދަލުގަ ކޮންމެ ކަމެއް ކުރަން ވިޔަސް ހެޔޮ.. ދޮންބެ އަށް މާފު ކޮށްދީ..” ޚިޔާލުތަކުގައި ހުއްޓާ އަނެއްކާވެސް ކައިލާން ބުނެލިއެވެ. އަހަރެން ހިތަށް އެރިއެވެ. ހަޤީޤަތުގައި ކައިލާންގެވެސް ކުށެއް ނެތެވެ. “މައްސަލައެއް ނެތް.. އެކަމަކު.. ދޮންބެ ކަމެއް ކޮއްދީބަ ކައި އަށް..” އަހަރެން އެދުނީމެވެ. “ކޮންކަމެއް؟” ހާސް ކަމުގެ ނަޒަރަކުން ކައިލާން އަހަރެންނާ ދިމާއަށް ބަލާލިއެވެ. “ހެކި ދޭން ކެރޭނެތަ؟” ވާނުވާ ނޭނގޭ ފަދަ ގޮތަކަށް އަނެއްކާވެސް ކައިލާން ބަލާލިއެވެ. “މިބުނީ ކައިސަން ޖަލުން ދޫކޮށްލަން ހެކި ދޭން ކެރޭނެހޭ؟ އަހަރެން ބޭނުމެއް ނޫން އެމީހަކު ނުކުރާ ކަމެއްގެ އިލްޒާމު އެޅުވިގެން ކައިސަން އެތާ ބަންދުވެ ހުންނާކަށް..” އަހަރެން ބުނެލީމެވެ. ކައިލާން ވިސްނަން ހުއްޓެވެ. “ކައިލާން ހެކި ނުދެންޏާ އަހަރެންނަށް ހެކި ދޭން ކެރޭނެ!” އަޑުއައި ދިމާއަށް ބަލާލެވުނީ ދެމީހުން އެއްކޮށެވެ. “އަހަރެން ޖަލަށް ދާން ވެސް ތައްޔާރު!” ޝީންގެ ދުލުން ބަސް ބޭރު ކުރުވީ އިޚްތިޔާރުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. “އަހަރެން ބޭނުމެއް ނޫން އެކަކުވެސް ޖަލަށް ދާކަށް! އެންމެ އިންސާފުވެރި ގޮތަށް ކަންތައްތައް ނިންމަން ބޭނުމީ.. “އަހަރެންގެ ޚިޔާލު ހުށަހެޅީމެވެ. “އެހެންވީމާ މާދަމާ 9 ޖަހާއިރު އާދޭ މިގެއަށް.. އެންމެން އެއްކޮށް ދާނީ.. އަހަރެން ބޭނުމެއް ނޫން މީގެ ފަހުން ދެމީހުން ދެމީހުން ދޭތެރެ ޖައްސާކަށް.. އަހަރެންނަށްވެސް މާފު ކުރޭ!” ޝީން ބުނެލިއެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަނެއްކާވެސް އަހަރެންގެ ޙަޔާތަށް ބަހާރު މޫސުން އަންނަން އުޅެނީއެވެ. ޝީން ގާތަށް ޖެހިލުމަށްފަހު ޝީންގެ ގައިގާ ބައްދާލީމެވެ. ނޭވާ ނުލެވޭހާ ބާރަށެވެ. އަހަރެންނަށް ލިބުނު އުފާ ބަޔާން ކޮށްދޭން ދައްޗެވެ. ޝީންއާ ދުރަށް ޖެހިލީމެވެ. ޝީންގެ ދެލޯ ފުރިފައިވަނީ ކަރުނުންނެވެ. “މާފު ކޮށްފިން!” އަހަރެންގެ ދުލުން ބޭރުވި ބަހާއެކު ޝީންގެ ލޮލުގައި ހުރި ކަރުނަތައް ފާބައިގަތެވެ. ކައިލާންގެ އަތުގައި އޮތް ޒާން، ޝީންގެ އަތަށް ދިނުމަށްފަހު އަހަރެމެން ގެއަށް ދާން ނުކުތީމެވެ. ޒަމާން ތަކަކަށްފަހު ކައިލާން އާއެކު ބޭރަށް ނުކުތް ފުރަތަމަ ދުވަސް ކަމުން މީހުން ހައިރާންވެ ތިބެ ބަލަމުން ދިޔައެވެ. އަހަރެމެން އެކަމަކާ ނުވަމެވެ. ވީ އެންމެ އަވަހަކަށް މަންމަމެން ގެއަށް ދެވޭތޯ ބެލީމެވެ. ގެއަށް ވަންއިރު މަންމަ އިނީ ޖޯލީގައި ކައިލް އުރަށް ލައިގެންނެވެ. ކައިލް ރޯތީވެ ހިތްހަމަ ޖައްސައިދެވޭތޯ ކުޅޭ އެއްޗެއް ކައިލް އަތަށް ދީފައި ވެއެވެ. އެއީ އަހަރެން އެންމެ ކުޑަ އިރު ގެންގުޅުނު ‘ޓެޑީ ބެއާ’ އެވެ. އަހަރެން އެންމެ ލޯބިވާ އެއްޗެވެ. މަންމަ އަދިވެސް އޭތި ގެންގުޅޭ ބާއޭ ހިތަށް އެރިއެވެ. އަހަރެންގެ އިހުސާސްތައް އެނގުނީ ކަންނޭނގެއެވެ. “މަންމަ މީތި މި ބާއްވަނީ ދަރިފުޅު އަނެއްކާވެސް ބޭނުން ޖެހިދާނެ ކަމަށް!” އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ކިހިނެތް ކަންތައްތައް ދިޔައީ؟” އަހަރެން ކައިލާން އަށް ބަލާލީމެވެ. ކައިލާން ބޯ ޖަހާލުމުން ވީ ހުރިހާ ގޮތެއް އަލިފުން ޔާއަށް މަންމައަށް ކިޔައިދިނީމެވެ. އެންމެ އަކުރެއް، ފިއްޔެއް ވެސް ވައްޓާ ނުލައެވެ. މަންމަގެ ލޮލުން ކަރުނަ ތިކިތައް ފައިބަން ފެށުމުން އަހަރެން ހުއްޓާލީމެވެ. ނަަމަވެސް މަންމަ އެދުނީ ކިޔައިދިނުމަށެވެ. އެހެންކަމުން އަހަރެން އެވާހަކަ ނިމެންދެން ކިޔައިދިނީމެވެ. ވާހަކަ ކިޔައިދީ ނިމުނުތަނާހެން މަންމަ ކުއްލިއަކަށް ބަލާލީ ކައިލާން އަށެވެ. ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް އަހަރެންނަށް ލިބުނެވެ. ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގި ވިސްނަން ހުއްޓާ އަހަރެން ސިހިގެން ދިޔައީ މަންމަގެ ހޫނު ‘އެތިފަހަރެއް’ ކައިލާންގެ ކަންކަށިމައްޗަށް އަމާޒުވީ އަޑު އަހާފައެވެ.
ކަކޫ ހިއްލާލައިގެން އެއްފައި ދަމާލައިގެން އާތިޝް އޮތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ފުރަން ދިޔުމުގެ ކުރިން އެނދުގައި ލޫލޫ އަޅައިދިން ބެޑްޝީޓް އެ އޮމާންކަންމަތީ ރުލެއްވެސް ނާރާ އޮތެވެ. ބޯދަށަށް ދެ ބާލީސް ލައިގެން އޮތްއިރު ކަނާތްފަރާތުގައި އެވާ ދެބާލީސް އެއޮތީ ލޫލޫއަށް ބާއްވާފައެވެ. 9 ގޮޅިއަށް ބައިކޮށްފައިވާ ސީލިންގުގެ މެދުގައި ހަރުކޮށްފައިހުރި ފަންކާ އާތިޝްގެ ޚިދުމަތުގައި އެނބުރެމުން ދެއެވެ. އެކި އަޑުލައްވަމުންނެވެ. ލޫލޫ ނެތުމުން ފޫހިވެފައި ތޯއްޗެކެވެ. ފައިލާކޮޅުގައި އެނދުގައި ކިރިޔާ ނުޖެހި ހުރި ފާރުގައި […]
އުމުރުން ވިހި އަހަރުގެ ފާއިޒަކީ ގޭތެރޭ އުޅެ ބޮޑުވި ކުއްޖެކެވެ. ވަރަށް ބޮޑު ކަމަކު ނޫނީ، ސުކޫލަށް ދާން ނޫން ގޮތަކަށް ބޭރަށް ނުނިކުންނާނެ އެވެ. އެހެން މީހުންނަށް ލޯތްބަކީ ބާއެއްޗަކަސް “ލޯބި” އެއީ އޭނާއަށް ބީރައްޓެހި އެއްޗެކެވެ. ނަމަވެސް އޭނަގެ ހަޔާތް މުޅިން ބަދަލުކޮށްލީ ޝިފާގެ “އިނސްޓާގުރާމް” ފޮޓޯތަކެވެ. ފާއިޒުގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް ހިތްކީއެވެ. ޝަފާއަކީ އެނާގެ ރީތި ކަމުގެ ޖާދޫގައި ކޮންމެ ފިރިހެނަކުވެސް ޖެއްސިދާނެހާ ފުރިހަމަ […]
ފާއިޒްގެ ޝެޑިއުލްއަކީ ހެނދުނު ދިހައެއް ޖަހާއިރު ހިއްލާލައިގެން ގޭމް ކުޅެލާ، ފޭސްބުކަށް ވަދެލާ، ފޮޓޯ އާއި ވީޑިއޯ ހޯދާ އެއްކުރުމެވެ. އޭނާގެ މައިންބަފައިންނަކީ މުއްސަނދިންނަށް ނުވިޔަސް ގޭގެ ތިރީ ބައި ކުއްޔަށް ދީގެން ލިބޭ ލާރިން ފާއިޒަށް މަހަކު ދެހާސް ފަސްސަތޭކަ ރުފިޔާ ދެއެވެ. ކޮންމެ މަހަކުވެސް އެކައުންޓަށް އެފައިސާ ޖަމާވާނެއެވެ. އޭގެން މާރަނގަޅަށްވެސް ފާއިޒައަށް ފުއްދާލެވެއެވެ. ގޯސް ގޮތަކަށް ނޫޅޭ މީހަކަށް އެއީ ‘ރަން’ އެހެންނޫންތޯއެވެ؟ ހެނދުނު ތެދުވެ މަންމަ ސައި ހެދީމަ ސައިބޮއެގެން އިރު […]
އާދައިގެ މަތިން ދެ އެކުވެރިން އެކުގައި ވަގުތު ހޭދަކުރަމުން ދިޔަ ދުވަހެކެވެ. ރަޝިޔާގެ އަވަށެއްގެ ކާރޫ ބާރޫ ބޮޑު މަގެއްގެ އަނެއް ފަރާތުގައި ވާ ގަސްތަކުގެ ތެރެއަށް ދިޔުމަށްޓަކައި ދެ އެކުވެރިން ތިބީ ތައްޔާރުވެގެންނެވެ. ދުއްވާއެއްޗިހި މަދުވި ވަގުތެއްގައި އަވަސް އަވަހަށް މަގު ހުރަސްކުރުމަށްޓަކައި ދުއްވައިގަތެވެ. ނަމަވެސް ސަލާމަތުން ދެވުނީ އެކަކަށެވެ. ބާރު ދުވެލީގައި އައި ކާރެއް ދަށުވެ އަންހެން އެކުވެރިޔާ މަރުވިއެވެ. ގާތް އެކުވެރިޔަކު ނެތި ދިޔުމަކީ ރަހުމްހުރި ކޮންމެ ހިތަކަށްވެސް ކެތްކުރަން ދަތި […]
ލޯތްބަކީ ކޮބައިހެއްޔެވެ؟ ލޯބި ވެވެނީ ކިހިނެއްހެވެ؟ މިފަދަ ސުވާލުތައް ވަރަށް ގިނައިން އަޑު އިވެއެވެ. ޖަވާބު ދެވެނީ އެކި ގޮތްގޮތަށެވެ. އެކަމު އެބުނެވެނީ ހަމަ އެކައްޗެވެ. ދުނިޔޭގެ ޑައިރެކްޓަރުން ޑައިރެކްޓްކުރާ ލޯބީގެ ފިލްތައް ބަލައިގެން ކިތައް މީހުން ބާވައޭ ހިތަށް އަރުވަނީ އަޅެ އަހަންނަށްވެސް އެގޮތަށް ލޯބި ވެވޭނަމައެވެ. އިނގޭހެއްޔެވެ؟ ލޯބި ވެވޭނީ އެއްފަހަރުއެއް ނޫނެވެ. އެތައް ފަހަރު ލޯބި ވެވެއެވެ. އެކަމު ގިނަ މީހުން ބުނަނީ ލޯބި ވެވޭނީ އެންމެ ފަހަރުއެވެ. އެހެންވެއްޖެއްޔާ ސުވާލެއް ކޮށްލަންހެއްޔެވެ؟ […]