{ކިޔުންތެރިންނަށް: އަޅުގަނޑު ވަރަށް ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީތީ މަޢާފަށް އެދެމެވެ. އުންމީދުކުރަނީ މަޢާފު ކޮށްދޭނެ ކަމަށެވެ. އިރާދަކުރެއްވިއްޔާ މިވާހަކައިގެ ދެން އޮތްބައި މިރޭ އަޕް ކޮށްދެވޭތޯ ބަލާނަމެވެ.} (1 ހަފްތާ ފަސް)… އަހަރެން އިނީ ބޭރުގައެވެ. ޖޯލިފަތީގައި އިށީނދެލައިގެންނެވެ. ޚިޔާލުގައިވަނީ މިއަދު ވާންއުޅޭ ކަންތަކެވެ. މިއަދު ކޯޓުން ވަކި ގޮތެއް ކަނޑައަޅާނެއެވެ. ހެކި ސާބިތުވެއްޖެނަމަ ކައިސަން ޖަލުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި ކައިލާން އެހެންނޫނީ ޝީންއަށް ޖަލަށް ދާން މަޖުބޫރު ވެދާނެބާއެވެ؟ ނޫނީ އަގެއް ދީގެން އެދެމީހުން ކުރެ އެކަކުވެސް ޖަލަށް ނުދާގޮތަށް ބެހެއްޓިދާނެހެއްޔެވެ؟ ބަދަލުގައި އެއްޗަކަށް އެދެން ޖެހިއްޖެނަމަ އަހަރެން ބުނާނީ ކީކޭބާވައެވެ؟ ކައިސަން ގާތު އަހައިފިއްޔާ […]
މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެެވެ. އެހެންކަމުން މިރޭ ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ވެސް ދަޢުވަތުދިނެވެ. ޖަލްސާއަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑު ބާޒާރަށް ދިޔައީމެވެ. ބާޒާރަށް ގޮސް ގަމީހަކާ ފަޓުލޫނެއް ގަތުމަށް ފަހު އެއާ ގުޅޭ ޓައީއެއް ވެސް ގަތީމެވެ. ބާޒާރުކޮށް ނިންމުމަށް ފަހު އަޅުގަނޑު ދިޔައީ ގެއަށެވެ. އަޅުގަނޑު ގެއަށް އައިއިރު މެންދުރުގެ ކެއުން ވަނީ ތައްޔާރު ކޮށްފައެވެ. އޭރު އަޅުގަނޑުގެ ބަނޑުން އަޑުކިޔާލަކިޔާލާ ހުއްޓެވެ. […]
ފޮޓޯއަކުން މެނުވީ މީގެކުރިން އަހަންނަކަށް “ޝޫނާ” ފެނިފައި ނުހުންނާނެއެވެ. މީގެ ދުވަސްތަކެއް ކުރިން އަހަރެމެންނަކީ ލޯބިވެރިންނެވެ. ނަމަވެސް، އެގުޅުމަށް މާ ގިނަ ދުވަސްތަކެއް ނުވެ، ދެމީހުން ވަކިވީ ޤަބޫލުކުރެވޭ ޢުޒުރަކާއި އެކީއެވެ. އޯލެވެލްގެ އިމްތިހާނުތަށް ބޯތިވެފައި ވާތީ، ކިޔެވުމަށް ވަޤުތު ދިނުމުގެ މާތް މަޤުޞަދުގައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޤުރުބާނީއެއް ނުވެ ހަޤީޤީ ލޯތްބެއް ނުވެއެވެ. އާއެކެ، އޭނައަށްޓަކައި އެ ލޯބި ގުޅުން މެދުކަނޑާލުމަކީ އަހަންނަށް ވެވުނު ޤުރުބާނީ އެކެވެ. އިންތިހާއަށް ލޯބިވާ މީހަކާ އެގޮތަށް ވަކިވުމަކީ […]
އާދައިގެ މަތިން އާދަނު ސުކޫލަށް ގޮސް ސަމާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ސަމާ ދެކެ ކިތަންމެ ލޯބިވިޔަސް، އާދަނަކަށް ސަމާއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެހެންވެ އާދަނުގެ އެކުވެރިން އާދަނަށް މަލާމާތް ވެސް ކުރެއެވެ. މިއަދު ވެސް އާދަނު ސަމާއަށް ބަލަން ހުއްޓާ ކުއްޖަކު އޭނާއަށް މަލާމާތްކުރިއެވެ. މިފަހަރު އާދަނުގެ ހިތަށްއެރިއެވެ. ” އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ… ލަދަކާހުރެ ތަދެއް ނުފިލާނެ… އަހަރެން ވެސް ކެރިގެން ކުރިމަތިލާންވީ…”. އާދަނު އެތާ ކޮޅަށް ހުރީ ސަމާއާ ވާހަކަދައްކާނެ ގޮތެއް […]
“ދެން ކީއްވެ އަހަރެންނާ ބައްދަލު ކުރަން ނައީ؟” ކައިސަން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. އަހަރެން ކައިސަންއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. ޖަވާބުދޭން އަނގަ ހުޅުވާލީމެވެ. ****************** ކައިސަން އާއި ބައްދަލު ކުރަން އަހަރެން ކިތަންމެހާވެސް ބޭނުން ވިއެވެ. އެހެން ނަމަވެސް ބޭރަށް ފިޔަވަޅެއް އަޅަން އަހަރެންގެ ދެފައި ވަނީ ނުކުޅެދިފައެވެ. ކައިސަންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަހަރެންގެ ގައަކު ނުހުރެއެވެ. ކައިސަން އަށް ހީވެފަ އޮވެދާނެއެވެ. އަހަރެން ކައިސަން އަށް އިތުބާރު ނުކުރަނީއެވެ. އެހެން ނަމަވެސް ހީކުރާ ހުރިހާ އެއްޗެއް ހަޤީޤަތަކަށް ނުވާނެ ނޫންހެއްޔެވެ. އަހަރެން ކައިސަން އަށް އިތުބާރު ކުރީމެވެ. އަބަދުވެސް ކުރާނަމެވެ.ޒިނޭގެ ތުހުމަތު ކައިސަންގެ ބޮލުގައި އެޅުމުވުންވެސް އަހަރެން ބުނީ ކައިސަން އެފަދަ ކަމެއް ނުކުރާނެއެވެ. ކައިސަން އަހަރެންނަކަށް އޮޅުވައެއް ނުލާނެއެވެ. އޭރުވެސް އަހަރެންނަށް ކައިސަން ކުށެއް ނުކުރާކަން އެނގެއެވެ. ****************** އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް ކައިސަން ފުހެލަދިނެވެ. “ހެޕީ ނިއުސް އެއް ދެންތަ؟” އަހަރެން އަހާލީމެވެ. “ދޮންބެ ކިޔައިދޭނީ..” ކައިލާން އަހަރެން ހުއްޓުވިއެވެ. ހުރިހާ ވާހަކަތަކެއް އަލިފުން ޔާއަށް ކިޔައިދިނެވެ. ފިއްޔެއްގެ މިންވަރުވެސް އުނިކޮށް ނުލައެވެ. ކައިސަންއަށް ހީވީ ދުނިޔެ އެނބުރުނުހެންނެވެ. ކައިސަން އަތް މަޅާލީ ކައިލާންގެ ކަންކަށިމަތީގައި ޖެހުމަށެވެ. އަހަރެން އެކަން ހުއްޓުވީމެވެ. “ކައިސަން ދޮންބެއަށް މާފުކުރޭ ޕްލީޒް.. އަހަރެންދެކެ ލޯބި ވަންޏާ އެކަން ކޮށްދީ” އަހަރެން ކައިސަން ގާތުން އެދުނީމެވެ. “މައްސަލައެއް ނެތް.. އަހަރެންގެ ހިތް ކައިލާންއާ ދޭތެރޭ ސާފު.. އެކަމަކު ޝީން! ޝީން ތި ކުރީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް!ކައިލާންގެ އެއްވެސް ކުށެއް ނެތި އޭނާގެ ދިރިއުޅުން ޚަރާބު ކޮށްލީ.. ކޮބާ ކައިލާންގެ ކުށަކީ.. ކުރިންވެސް ތެދު ތެދަށް ކަންތައްތައް ކިޔައިދިން ނަމަ މިއަދު މިހިސާބަށް އަންނާކަށް ނުޖެހޭނެއެއްނު! ގައިމު ކައިނާ ބޭނުންނަމަ ކައިނާ މިހާރުވެސް ޝީން ޖަލަށް ލާން ހެކި ހުށަހެޅިދާނެ ދޯ!” ކައިސަން އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އަހަރެން ބޭނުންނަމަ މިހާރު ޝީންގެ ކިބައިން ބަދަލު ހިފިދާނެއެވެ. ނަމަވެސް އަހަރެން ބޭނުންވަނީ ބަދަލު ހިފައިގެން މައްސަލަ ހައްލު ކުރާކަށް ނޫނެވެ. ވާހަކަ ދައްކައިގެން އެކަން ޙައްލު ކުރެވޭތޯ ބަލާށެވެ. “އަހަންނަށް ވަރަށް އުނދަގޫ ވާނެ ޝީންއަށް މާފު ކުރަން!” ކައިސަން ބުންޏެވެ. ކަރުނުން ފުރިގެންވާ ލޮލަކާއެވު ޝީން ކައިސަން އާ ދިމާއަށް ބަލާލިއެވެ. ކުރެވުނު ކުށާ ދެރަވެފައިވާކަން އެބަލާލުމުން އަހަރެންނަށް ހާމަވިއެވެ. “އެކަމަކުވެސް މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރަށް ކަމަށް މާފު ކޮށްފިން.. ކައިނާ އަށްޓަކައި..” ކައިސަން ގޮތް ދޫކުރިކަން އެއީ ނަސީބެކެވެ. “ވަގުތު ހަމަވެއްޖެ” އެތެރެއަށް ވަދެގެން އައި ފުލުސް މީހާ ބުނެލިއެވެ. “ކޮބާ އަދިވެސް ސަޕްރައިޒެއް ނުބުނަމެއްނު..” ކައިސަން އަހަރެމެން ހުއްޓުވިއެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވާލީމެވެ. “ނޫން! ސަޕްރައިޒް އިސް ޖަސްޓް އަ ސަޕްރައިޒް” ކައިލާން އަހަރެން ހުއްޓުވިއެވެ. ކައިސަން މައްސަލައެއް ނެތޭ ބުނާފަދަ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ. ކައިސަން އެގޮތަށް ކަންތައް ކުރި ނަމަވެސް ކައިސަން “ކިއުރިއަސް” ވާނެ ވަރު އަހަރެންނަށް އެނގެއެވެ. ރޭގަނޑުގެ ނިދި ނަގާލާފައިވެސް އެއީ ކޮންކަމެއް ކަން ހޯދަން ވަރަށް މަސައްކަތް ކުރާނެއެވެ. ނުކުންނަމުން ޝީން ކައިސަން ގާތަށް ޖެހިލިއެވެ. “ތޭންކްސް އަހަންނަށް މާފު ކުރީތީ.. އަހަރެންނަށް އަހަރެންގެ ކުށް އިހުސާސް ވެއްޖެ.. ތި ދެމީހުން ގުޅިގެން އުފަލުގަ ދިރި އުޅޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން…. ތިދެމީހުންނަށް ބާއްޖެވެރި ޙަޔާތެއް ދެއްވާށި..” ޝީން ދެލޯ ފުހެލާ ބޭރަށް ދާން ހިނގައިގަތެވެ. ޝީން ބުނެލި ޖުމްލަތައް އަހަރެންނަށް ހަމަ ރީތިކޮށް އަޑު އިވުނެވެ. ކައިސަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްޖަހާލީއެވެ. އަހަރެމެން ބޭރަށް ނުކުތީމެވެ. އޭރު 10 ގަޑި ބައި ވެ ބޮޑުވެއްޖެއެވެ. “ހިނގާ ކޯޓަށް ދަމާ… އޭރުން އިނގޭނީ ކަންތައްތައް އަވަހަށް ހަމަ ޖެހޭތޯ..” ޝީން ބުނެލިއެވެ. އެބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. އަވަހަށް ދިޔައީމަ ނޫނީ އަވަހަކަށް ކަމެއް ނުވާނެއެވެ. އަހަރެމެން އަވަސް ފިޔަވަޅުތަކެއްގައި ކޯޓަށް ދިޔައީމެވެ. މައްސަލައާއެކު ހެކިތައް ހުށައެޅީމެވެ. މިއަދުން މިއަދަށް މައްސަލަ ނިންމޭނެތޯ އެހީމެވެ. އެހެން ނަމަވެސް މައްސަލައާ ބެހޭގޮތުން ގޮތެއް ނިންމަން ހަފްތާއެއް ނަގާނެ ކަމަށް ބުންޏެވެ. ޝީން އަހަރެންނާ ދިމާއަށް ބަލާލިއެވެ. ޝީންގެ މޫނުމަތީގައިވާ ކުލަވަރު ފެނި އަހަންނަށް ވީގޮތް ދޭހަވިއެވެ. “އަހަންނަށް މައްސަލައެއް ނެތް.. އަހަރެން ކެތްތެރިވާނަން.. މާތް ރަސްކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއެކު.. މާތް ﷲ އެމީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ..” އަހަރެމެން ދިޔައީ މަންމަމެން ގެއަށެވެ. ޝީން، މަންމައާ ބައްދަލުކޮށްލަން ބޭނުންވެފައި ވުމުން ޝީންއަށް އެކަން ކޮށްދިނުމަށެވެ. “އަހަންނަށް ފެންނަނީ ކައި ކައުންސެލިންގ ދޭން.. ކައި ވަރަށް މޮޅޭ..” ކައިލާން އެހެން ބުނުމުން ޝީން ކައިލާން އާ ދިމާއަށް ބަލާލުމަށްފަހު އެއް ބުމަ އަރުވާލިއެވެ. “އެބަ ވިސްނަން ތިކަމާވެސް..” އަހަރެން ބުނީމެވެ. ޝީންއާއި ކައިލާން ފެށީ ހޭށެވެ. އަހަރެންގެ ތުންފަތްމަތީ ހިނިތުން ވުމެއް ދުވެލިއެވެ. އެގޮތަށް ދެމީހުން އެކުގައި އުފަލުގައި ދިރިއުޅުމެއް ދިރިއުޅެން ފަށާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެދެމީހުން ނުލާހިކު ގުޅެއެވެ. އެދެމީހުން ގާތުގައި ތިއްބާ ފެންނަ މީހަކު އެދެމީހުންނަށް ހަސަދައިގެ ކަޅި އަޅާނެކަން ގައިމެވެ. “ޝީން!” މަންމަ ދިޔައީ ސިއްސައިގެންނެވެ. ޝީން އަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަންނޭނގެއެވެ. ކުރިން ހިކިތޮޅިކޮށް ހުރި ކުއްޖާ މިހާރު ފަލަވެލާފައި ހަށިގަނޑު ހުރީ ވަރަށް ހެޔޮވަރު ވަރެއްގައެވެ. މޫނުމަތީގައިވެސް މަސް ޖަހާފައިވުމުން ކުރިއަށް ވުރެ ރީތި ކަމަށް ދައްކައެވެ. މަންމަ އައިސް ޝީން ގައިގާ ބައްދާލިއެވެ. “ދަރިފުޅާ! މިހާރު މިގެއަށް ވަދެވެސް ނުލަމެންނު..” މަންމަ ޝަކުވާ ކޮށްލިއެވެ. ކަރުނުން ފުރިގެންވާ ނަޒަރަކުން ޝީން މަންމަ އަށް ބަލާލިއެވެ. “ދަރިފުޅު ރޮނީތަ؟” މަންމަ ޝީންގެ ކަރުނަތައް ފުހެލަދިނެވެ. “ދައްތާ! އަޅުގަނޑު ދެކެ ރުޅިއެއްވެސް ނާދޭތަ؟” ޝިން ހައިރާންވެފައިހުރެ ސުވާލު ކޮށްލިއެވެ. “ކީއްވެ މަންމަ ދަރިފުޅުދެކެ ރުޅިއަންނަންވީ؟” މަންމަވެސް ސުވާލު ކުރީ ހައިރާންވެ ހުރެއެވެ. “ދައްތާ! އަޅުގަނޑަށް މާފު ކުރޭ..” ޝީންގެ އަޑުގައި ހުރި ރިހުން އަހަންނަށް އިހުސާސް ކުރެވުނެވެ. މަންމަ ޝީން ގާތު ހުއްޓާލުމަށް ބުންޏެވެ. “ދަރިފުޅާ.. މާޒީ އަކީ ވަކި އެއްޗެއް.. މިހާރު ވިސްނާނީ މާޒީއާ މެދަކު ނޫން.. މުސްތަޤްބަލާ ދޭތެރޭ.. އެހެންނޫނީ ޝީންގެ ތި އޮޑި ދިރިއުޅުމުގެ މި ދަތުރުގައި ދާނީ އެއްވެސް މިސްރާބެއް ނެތި.. އެކަން ހަނދާން ކުރަންވާނެ އަބަދުވެސް.. އިނގޭ.. ދެން ހުއްޓާލާ..” މަންމަ ބަލާލީ އަހަރެންނާ ދިމާއަށެވެ. އަހަރެން ބޯޖަހާލީމެވެ. “ކީއްވެ ދަރިފުޅޭ ތި ކިޔަނީ؟” ޝީން އަށް ކެތް ނުކުރެވިގެން އެސުވާލު ކޮށްލިއެވެ. “މިމަންމަގެ މާމަ ދަރިއަކު ވިހާނީ މިމަންމަގެ ދަރިއެއް ނޫން އެހެން ކާކު؟” މަންމަ ދިނީ ސާދާ ޖަވާބެކެވެ. […]
ހިނގަމުން ދިޔަ ގަޑީގެ ސިކުންތު ކަށްޓާ ދިމާލަށް ކަޅި ހިންގައިގެން އިން ނަޝްފާ ޚިޔާލަަށް ކުއްލިއަކަށް އައީ މީގެ ދިހަ އަހަރު ކުރިން މަދަރުސާގައި އުޅުނު އިރު ހިނގި ހާދިޞާއެކެވެ. އޭނާގެ ހިތުން ފޮހެވިގެން ނުދާނެ ހާދިޞާއެކެވެ. މިހާރު ކިޔުންތެރިން ހިތަށް އަރާނެއެވެ. ކިޔައިދޭން މިއުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. ނޫނީ ހިތާމަވެރި ހާދިސާއެކެވެ. ނޫންތޯއެވެ. މިފަހަރު ތި ހީވީ މުޅިން ގޯސްކޮށެވެ. މިއީ މަަޖާ ވާހަކައެކެވެ. ނުހެއްޗެވެ. އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ނަޝްފާއާއި، […]
‘ލިލީ ދައްތާ’ ވެޑިން ޑްރެސް ގައިގައި ޖައްސައިގެން ލޯގަނޑުން ފަރިބަލަން ހުރި ލިލީ އަށް ކޮޓަރީގެ ހުޅިވިފައި ހުރި ދޮރުގައި ޓަކިޖަހާލަމުން ފަރީޝާ ގޮވާލިއެވެ. ފަރީޝާ ގޮވާލުމުން ލިލީގެ ފަރިބެލުން ހުއްޓާލައިފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ފަރީޝާއަށް ބަލައިލިއެވެ. ‘ހައްވައްތަ ބުނެގެން، ލިލީ ދައްތަ ކާން ބަލާ!’ ލިލީއަށް ޖަވާބު ދެމުން ފަރީޝާ ބުންޏެވެ. ‘އޯހް! ކާން ދޯ! އަދި ތިކަން ނެތެއްނު ނުވެފައެއް؟ އާދެބަ އެބަހުއްޓޭ ފަރީއަށް ދައްކަންވެފަ ހުރި މޭކަޕް ސްޓައިލްތަކެއް.’ ވެޑިން ޑްރެސް […]
އަހަރެން ގެއަށް ވަދެ ފެންވަރާލީމެވެ. ކައިލް ފެންވެރުވުމަށްފަހު ކައިލް ނިންދަވާލީމެވެ. ދެން އަހަރެން އަޞުރު ނަމާދު ކޮށްލީމެވެ. އޮށޯވެލަން ހިތަށްއެރުމުން އޮށޯވެލީމެވެ. ވެފައިވާ ވަރުބަލި ކަމެއްގެ ސަބަބުން ނިދޭތޯ ބެލީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. “އެހެންވީމާ މާދަމާ 9 ޖަހާއިރު އާދޭ މިގެއަށްް.. އެންމެން އެއްކޮށް ދާނީ..” ޝީން ބުނެފައިވާ ވާހަކަ ހަނދާން ވުމާއެކު ހިތް އުފަލުން ނަށާލި ކަހަލައެވެ. އަހަރެން ނުކުތީ ބޭރަށެވެ. ބޭރުގައި ހުރި ޖޯލި ފަތީގައި އަހަރެން އޮށޯވެލީމެވެ. މިއަދު މީ ކައިސަން މަތިން މާ ބޮޑަށް ހަނދާންވާ ދުވަހެކެވެ. މީހެއްގެ ހިލަމެއް ވިހެން ހީވެގެން ކަނައަތް ފަރާތަށް އެނބުރިލީމެވެ. ސައިކަލުގައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލީ އާއިޒްއެވެ. “ތުއްތު ދައްތަ ނުގުޅަމެންނު […]
… އަހަރެންނަކީ ސުކޫލު ދައުރުގައި “ލޯބި” މި ކިޔާ ލަފުޒަށް ވަރަށް ބީރައްޓެހި މީހެކެވެ. ކުޑަމިނުން އެ ބަސް ބޭނުން ކުރަންވެސް ޖެހިލުންވެ އެވެ. ކިޔެވުން ނޫން އެހެން ކަމަކަށް ބޯގާނަން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ. ސުކޫލު މަރުހަލާ ކަޑަތު ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކު ދެކެ ލޯބިވީމެވެ. އެއީ އައިފާ އެވެ. ލާމު އަތޮޅުގައި ދިރިއުޅެމުންދާ އައިފާއާ ފުރަތަމަ ދިމާވީ “ފޭސްބުކް” އިންނެވެ. އައިފާ ރަނގަޅަށް ދަސްކުރުމަށް ކެތްތެރި ކަމާއެކު އެއް […]