Skip to content
އެސްފިޔަ

ފާއިޒު 2

އުމުރުން ވިހި އަހަރުގެ ފާއިޒަކީ ގޭތެރޭ އުޅެ ބޮޑުވި ކުއްޖެކެވެ. ވަރަށް ބޮޑު ކަމަކު ނޫނީ، ސުކޫލަށް ދާން ނޫން ގޮތަކަށް ބޭރަށް ނުނިކުންނާނެ އެވެ.

އެހެން މީހުންނަށް ލޯތްބަކީ ބާއެއްޗަކަސް “ލޯބި” އެއީ އޭނާއަށް ބީރައްޓެހި އެއްޗެކެވެ. ނަމަވެސް އޭނަގެ ހަޔާތް މުޅިން ބަދަލުކޮށްލީ ޝިފާގެ “އިނސްޓާގުރާމް” ފޮޓޯތަކެވެ. ފާއިޒުގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް ހިތްކީއެވެ. ޝަފާއަކީ އެނާގެ ރީތި ކަމުގެ ޖާދޫގައި ކޮންމެ ފިރިހެނަކުވެސް ޖެއްސިދާނެހާ ފުރިހަމަ ކަމެއް ލިބިފައިވާ ޖިންސުއްލަތީފެކެވެ.

ފާއިޒަށް ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ މެސެޖު ކުރެވުނެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެނ ކޮންމެ ދުވަހަކުހެން ހަފުތާއެއް ވަންދެން ފާއިޒާ ޝަފާ ޗެޓު ކުރިއެވެ. ދެން އެވާހަކަ ނުދައްކަމާ ހެއްޔެވެ؟ އެ ހުރިހާ ވާހަކައެއް އަލިފުން – ޔާއަށް ލިޔެވޭ ވަރަށް މި ޤަަލަމުގައި ދެއްޔެއް ނެތެވެ.

ހަފުތާއެއް ފަހެވެ. ފާއިޒުގެ ކެތްތެރިކަން ކޮޅުންލާ އޭނާއަށް ވެގެން އުޅޭގޮޔް ކިޔާދިނެވެ. ދެން ވީގޮތް ވަރަށްވެސް ދެރައެވެ. ޝަފާއަކީ މީހެއްގެ ހައްޤެކެވެ. މީހެއްގެ އަންބެކެވެ. ލޯބިލޯބި ކުޑަކުއްޖެއްގެ މަންމަވެސް މެއެވެ.

ދެންކަންތަށް ވީ ހިތަށްވެސް ނާރާފަދަ، ގޮތަކަށެވެ. ލިބުނު ހިިތާމައިގެ ވާހަކަ ސުކޫލުގައި އެކު އުޅުނު ރަހުމަތްތެރިންނަށް ހިއްސާކުރުމުން ދައުވަތު ދިނީ ޑްރަގަށެވެ. އެއަށްވުރެ މޮޅު ހައްލެއް ނުލިބޭނެ ކަމަށް ބުނުމުން، އެ މީހުންގެ ބަސްއެހި، ޑްރަގުގެ ޝިކާރައަށްވެ އަތުންފައިން ހެޔޮއަމަަލެއް ނުކުރާތާ މީހަކު ދޭ ހެޔޮ ނަސޭހަތެއް އެހީކީ ނޫނެވެ. އަހިވަކާއި ޖެހި އަހިވައް ފާވާނެއެވެ. އެބީދާއިން ގޯސްމީހުނާ ޖެހުނީމަ ވާނީ ގޯހެވެ.

ކުރާނެ ކަމެއްނެތެވެ. ދުނިޔެ ހިނގާނީ މި ބީދާއިންނެވެ. ކޮންމެ ސިކުންތަކުވެސް ދިރިއުޅުން ބަދަލު ވެދާނެއެވެ.

ނޯޓު: މި ވާހަކައިގެ ފުރަތަމަ ބައި ވާނީ މީގެ ކުރިން މި ސަޢިޓުގައި ޝާއިއު ކުރެވިފައެވެ.

Comments (5)

  1. ibiliis

    magey lst

    1. Zidhan Mohamed
      ibiliis

      Congratulations

  2. Barbie

    Nice keep it up

  3. Nunnu

    Wait first part ga bunefa iny mamma dheneema kaigen abadhu laptop ungallaigen indhefa 11 o’clock veema nidhaakamah
    Ekam second part ga iny school ah ves dhaakamah
    Mee ge vaanuvaa olhumeh nufili
    Adhi mi vaahakaige mi vee gotheh ves neyngunu
    Mee abadhu laptop dhoshuga innaathee veekamakah nuvaane dho
    Dhen reethi
    Keep it up

    1. Zidhan Mohamed
      Nunnu

      Just read again. U still didn’t get it. Read from first part itself. Thank you.

Comments are closed.