Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredކުރުވާހަކަ

އޮޅުމަކުން

Dhern Level 510 Stories100 Comments100 Login100 Stories500 Comments
July 17, 2018 3 Mins Read
6 Comments

އަނދިރި ކޮޓަރިއެކެވެ. އުސްކޮށް ހަދާފައިވާ އެ ކޮޓަރިއަށް އަލިކޮޅެއް ވަންނަނީ ވަރަށް މަތީގައި ހުރި ކުޑަ ކިޑިކީއެއް ހުންނާތީއެވެ. އެއީ ވައި ވައްދަން ހަދާފައިހުރި ޖާގައެކެވެ. ބޭރަށް ނުކުމެވެން ހުންނަ ކުޑަދޮރެއް ހުރެއެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އަހަރެމެންނަށް ކާން ގެންނަ މީހާ ވަދެ ހަދާ ދޮރެވެ. ވަރުގަދަ 3 ތަޅު އަޅުވާފައިވާ ދޮރެކެވެ. 


އެންމެ ތިންމީހުންގެ ޖާގައިގެ މި ގޮޅީގައި މިވަގުތު 10 މީހުން އެބަތިއްބެވެ. ވަޒީފާނެތި އުޅޭ ޒުވާނުންތައް ގިނަވެ ކުށްތަކުގައި ބެދިގެން ގޮޅިއަށް ގެނެވޭ މީހުން ގިނަވެފައިވާތީ ގޮޅިތަކަށް ވަނީ ބާރުބޮޑުވެފައެވެ. ޑްރަގުގެ ވިޔަފާރިކުރާ މީހުންނާއި ފޭރިގެން ފައިސާ ހޯދާމީހުންނެވެ. އަދި ބޮޑުތި ވައްކަންތައް ކުރާމީހުންވެސް ވަނީ ގިނަވެފައެވެ. އެހެންކަމުން ހުރިހާ ގޮޅިއެއްގައިވެސް ހާލަކީ މިއީއެވެ.

އަހަރެންގެ އެކުވެރިން (ގައިދީން) ކައިފައި ބާކީ ހުންނަ އެތިކޮޅު ކާން އައިސް އުޅޭ ކުރަފިތަކުގެ ހަރަކާތްތަކަށް ގެއްލިފައި އަހަރެން އިނީމެވެ. ގޮޅީގެ ކަނުގައެވެ. އެއީ އަހަރެން އެންމެ ހިތްހަމަޖެހޭ ތަންކޮޅެވެ. ޚިޔާލުގެ ދުނިޔެއިން އަހަރެން 5 އަހަރު ކުރިޔަށް ދަތުރުކުރީމެވެ. އެއީ މި 10 ނަންބަރު ގޮޅިއަށް އަހަރެން ގެނެވުމުގެ ކުރިއެވެ. މިނިވަންކަމާއެކު ދުނިޔޭގެ އަލިކަމުގައި އަހަރެން އުޅުނު ދުވަސްވަރެވެ. ޔުނިވާސިޓީގައި ކިޔަވަން ފެށި ދުވަސްވަރެވެ. އުންމީދުތަކުގައި ކުލަވާން ފެށި ދުވަސްވަރެވެ. އަހަންނަކީ ކިޔަވަން މަސައްކަތްކުރި ކުއްޖެކެވެ. މޮޅުކުއްޖެއްގެ ގޮތުގައި ލެކްޗަރާއިންވެސް ސިފަކުރެއެވެ. އަޚުލާގާއި ސުލޫކު ރަނގަޅު، އެހެން ކުދިންނަށް މިސާލަކަށް ވާފަދަ ކުއްޖެކެވެ. ހިންގުންތެރިއެކެވެ. މުސްކުޅި މަންމައެއްގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެން ޔުނިވާސިޓީ ތައުލީމު ފުރިހަމަކުރަން އެ މަންމަ ދެކޭ ހުވަފެން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. މަސައްކަތް ކުރީ އެ ހުވަފެން ހަގީގަތަކަށް ހަދައިދޭށެވެ، އެ އުންމީދު ފުރިހަމަ ކޮށްދޭށެވެ.

ޚިޔާލުގެ ދުނިޔެއިން ހަޔާތުގެ އެކި ސިލްސިލާތައް ކަޑައްތު ކުރަމުންގޮސް އަހަރެން އަބަދުވެސް ހަނދާން ހުންނަ ތާރީޚަކާ ހަމައަށް ދިޔައެވެ. އެއީ ޖެނުއަރީ 23އެވެ. އަހަރެންގެ ހަޔާތުގެ މިސްރާބު މި ގޮޅިއާ ދިމާއަށް އެނބުރުނު ދުވަހެވެ. އެ ދުވަހުގެ ހެނދުނެވެ. ކުލާހަށް ދާން ތައްޔާރުވެގެން އަހަރެން ސައިބޯން އިން ވަގުތެވެ. ހޮސްޓެލް ކައިރީ ހުރި ކަޑައެއްގައެވެ. އެވަގުތު މަންމަ ގުޅާފައި ކަމަކު ގެއަށް އައުމަށް އެދުނެވެ. ހޮސްޓެލްއާ ތަންކޮޅެއް ދުރުގައި ހުންނަ އަހަރެންގެ ގެއަށް ދާން އަހަރެން އަވަސްކުރީމެވެ. ބޭރަށް ނުކުމެ ބަހެއް ހޯދައި ގެއަށް ދާން ނައްޓާލީމެވެ. ގެއަށް ގޮސް އެނބުރި އާދެވުނީ ހަވީރު 4 ޖަހަން އުޅެނިކޮށެވެ. ބަހުން ފައިބައިގެން ދުވެފައި ހޮސްޓެލްއަށް ދާން އަހަރެން އަވަސްވެލީމެވެ. ތަގްދީރުގައި އެ ދުވަހު އަހަންނާމެދު ރޭވިފައި އޮތީ ކިހިނެތް ކަމާމެދު އެއްވެސް ފިކުރެއް ނެތެވެ.

ސަރުކާރާ ދެކޮޅު ޚިޔާލުގެ މީހުން ހައްޔަރުކުރަން ޕޮލިހުން އައިސް ކެމްޕަސް ތެރޭ ހަރަކާތް ތެރިވަނީއެވެ. އަހަންނަށް ގޮސް ވަދެވުނީ އެވަގުތުއެވެ. ހަލަބޮލިވެގެން މި އުޅެނީ ކީއްވެގެންކަން ވެސް ނޭނގި އުޅެނިކޮށް އަހަރެން ޕޮލިހުންގެ މުގުރު ދަށުވިއެވެ. ވަރަށް އަނިޔާވިއެވެ. ދެން ހޭލެވުނުއިރު ހުރެވުނީ މި ގޮޅީގައެވެ. ޖާނުން ބިޔަ 3 ގައިދީން އޭރު މިތާ ތިއްބެވެ. ހައްޔަރު ކޮށްގެން ގެނެވުނު ފަހުން ދުވަހަކު ވެސް މީހަކު އަހަރެން ހައްޔަރު ކުރެވުނީ ކޮން ސަބަބަކާހުރެ ކަމެއް އޮޅުން ފިލުވައެއް ނުދެއެވެ. އަދި ހުކުމެއް ކުރަން ކޯޓަކަށް ވެސް ނުގެންދެއެވެ، އަހަރެން ވިސްނަމުން ދިޔައީ އަހަރެން ހައްޔަރުކުރި ޚަބަރު މަންމައަށް ލިބިދާނެތީއެވެ. އެފަކީރަށް އެކަން ވާނީ ތަހަންމަލު ނުކުރެވޭނެ ވޭނަކަށެވެ.

އަހަރެން ހަޔާތެއް ހޯދުމަށް ކުރަމުން ދިޔަ އުންމީދު ދިޔައީ ކުޑަވަމުންނެވެ. ގޮޅީގައި ދެން ތިބި ކުށްވެރިން ފަހަރަކު މީހަކު ކުށަށް އިއުތިރާފު ވަމުން ދިޔައިރު އަހަރެން ވެސް ސަލާމަތް ނުވާނެކަން އަހަންނަށް އެނގެއެވެ، އެ މީހުން ބުނާ ގޮތުން ނަމަ މި 10 ނަންބަރު ގޮޅިއަށް ގެނެވޭ މީހުން ދެން އަލުން ދުނިޔޭގެ އަލިކަމުގެ ތެރެއަކަށް ދުވަހަކު ވެސް ނުނެރޭނެއެވެ. އަހަރެންނަށް ޖާގަ ހަދަން މިގޮޅިން އެހެން ގޮޅިއަކަށް ބަދަލުކުރި މީހާގެ ޚަބަރު ވެސް އޭގެ ފަހުން ނުވާކަމަށް އެމީހުން ކިޔައިދިނެވެ.

އަހަރެންގެ ޚިޔާލީ ދުނިޔެއިން ހޭލެވުނީ ގޮޅީގެ ބޭރުން މީހެއްގެ ހިލަމެއް ވެގެންނެވެ. ހުރިހާ އެންމެން މައިތިރިވިއެވެ. އަޑު މަޑު ކޮށް ކަނުލައި އަޑު އަހަން ތިއްބެވެ. ތަޅުންގަނޑުމައްޗަށް ތިނޯހެއް ވެއްޓުނު ނަމަވެސް އެވަގުތު އަޑު އިވުނީހެވެ. ގޮޅީގެ ދޮރު ވަރަށް ބާރަށް ހުޅުވިއެވެ. އަދި ޖާނުން ވަރުގަދަ 3 މީހުން ދޮރު ކުރިމައްޗަށް އެރިއެވެ. އެވާނީ މި ގޮޅިއާ އަލަށް ހަވާލުވި ބަޔަކަށެވެ. އެއިން މީހެއް މީގެ ކުރިން އަހަރެމެން ނުދެކެމެވެ.

އެމީހުން އަހަރެންގެ ނަމުން ގޮވާލިއެވެ. އަދި އެ ނަން ކިޔާ މީހަކު ހުރިތޯ ސުވާލު ކުރިއެވެ. އެއްވެސް މީހަކު އަނގަ ވެސް ހުޅުވާނުލައި މަޑުން ތިއްބެވެ، އަހަރެން ތުރުތުރު އަޅަން ފެށިއެވެ. ހިތްވަރުކޮށްފައި އަހަރެން އެމީހުންނާ ވާހަކަ ދެއްކީމެވެ. އެމީހުން އަހަރެން ގެންދިޔައެވެ. އަދި އެހެން ގޮޅިއަކަށް ވެއްދިއެވެ. ނަމަވެސް އެ ގޮޅީގައި އިތުރު މީހަކު ނެތެވެ. އަހަރެން އެކަންޏެވެ. 10 ނަންބަރު ގޮޅިއަކީ “މަރުގެ” ގޮޅި ކަމުގައި ވިޔަސް އަހަރެން އެތަން މިސްވެއެވެ. އެއީ އަހަރެންގެ އެކުވެރިން ތިބި ތަނެވެ. ވާހަކަ ދައްކާލާނެ މީހަކު ވެސް މިތާކު ނެތެވެ. މި ގޮޅިއަށް ގެނައިތާ 3 ދުވަސް ވީއިރުވެސް ކާއެއްޗެއް ހިފައިގެން މީހަކު ނާދެއެވެ. އެހެން ކަމުން އަހަރެން ހީކުރީ މިއީ 10 ނަންބަރު ގޮޅީގައި ތިބޭ މީހުން ބަނޑަށް މަރަން ބައިތިއްބަން ގެންނަ ގޮޅިކަމަށެވެ.

ވެފައިވާ ހައި ކަމުގައި އަހަރެން ނިދީމެވެ. ދުވަހަކުވެސް ނުނިދާހާ ފުން ނިންޖަކުންނެވެ. އަހަރެންނަށް ހޭލެވުނުއިރު އަހަރެން ވަނީ ދަރުބާރެއްގައެވެ. ބައިވަރު އޮފިޝަލުން ތިއްބެވެ. އަހަރެންގެ ނަމުން ގޮވާލާފައި އަހަންނަކީ މިނިވަނެއް ކަމުގައި އެއިން މީހަކު ބުންޏެވެ، އެވާހަކަ ގަބޫލު ކުރަން ވެސް ދަތިވިއެވެ. އަދި އަނގައިން ބުނަން އަނގަ ހުޅުވާލީމެވެ. ނަމަވެސް އެހާ ހަކަތައެއް ނެތެވެ. އަހަރެން ބިންމައްޗައް ވެއްޓުނެވެ. ދެން ހޭވެރިކަންވީ ހޮސްޕިޓަލުގައި އޮއްވައެވެ. އަހަރެން ލޯހުޅުވާލުމުން ނަރުސް ކުއްޖާ އަހަރެން ގާތު އަހަރެން ހައްޔަރުކުރެވުނު ގޮތް ބުންޏެވެ. އަހަރެން ހައްޔަރުކޮށް އަނިޔާކޮށް އަނދިރި ގޮޅިގައި ބޭންދުނީ އެހެން މީހެއްކަމަށް ހީކޮށެވެ.

– ނިމުނީ –

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ކުށަކީ ކޮބާ؟ (5)

Next

ނުހައްގުލޯބި 10

Next
July 17, 2018

ނުހައްގުލޯބި 10

Previews
July 16, 2018

ކުށަކީ ކޮބާ؟ (5)

6 Comments!

  1. Her says:
    July 17, 2018 at 9:29 am

    Narus kujjaa bunumah vure police ekan engeema dho hama.jeheynee

    1. Zidhan Mohamed says:
      July 17, 2018 at 8:54 pm

      Hehe… evaguthu emme gaathuga vaanee narus. Naruhun jeheyne bali meehaa masalas kuran… ??

  2. Baby girl ❤ says:
    July 18, 2018 at 6:04 am

    narus kujja ge badhaluga police medhuveri koh evaahaka buninama ragalhuvaane……… nd narus kujja ah kihineh iguny hurihaa vaahaka eh???? Ethan kolhu hama nugey hn heevany…..btw story vrh loabi ♥?

    1. Zidhan Mohamed says:
      July 19, 2018 at 3:05 pm

      Police intel in hospital ah Mauloomaath dheyne. Nurse ge duty eh eii,

  3. Hash says:
    July 20, 2018 at 2:36 am

    Hi zidhaan.. Love this story too.. Plx up load more.. I have been always inspired by u.. Hope i could meet u one day.. <3.. ????

    1. Zidhan Mohamed says:
      August 9, 2018 at 3:47 am

      Insha Allah

Comments are closed.



All Right Reserved!