Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ (4)

Kyleen Level 110 Stories
July 16, 2018 One Min Read
9 Comments

އަހަރެން ހުރީ ދާނެ ދިމާއެއް ނޭނގިފައެވެ. ދެލޯ މަރާ ފިއްތާލުމުން ދެލޮލަށް ޖަމާ ވެފަހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބަން ފެށިއެވެ. މީހަކު ގިސްލާ އަޑަށް ދެލޯ ހުޅުވާލާ ބަލާލީމެވެ. ހީވީ ބިންގަނޑު ފަޅާފާ އަޑިއަށް ދިޔަހެންނެވެ. އެ ރޮނީ ހަމަ ކައިލާން ބާވައެވެ. “ގަޓު” ކަން ދެއްކުމުގައި އެއްވަނަ މީހާ ހެއްޔެވެ؟ އަހަރެން ދުވަހަކުވެސް ކައިލާން ރޯތަނެއް ނުދެކެމެވެ. ވެގެންވާނަމަ ކައިލާންގެ ގައިގާ ބައްދާލާ، ހުރިހާ އުފަލެއް ދިނުމަށް އަހަރެން ބޭނުންވިއެވެ. ނަމަވެސް ހީވާ ކަހަލައެވެ. އަހަރެން މިހުރީ ކަސްތޮޅު އެޅުވި ބަންދުވެފައެވެ. ހަރާކާތެއް ނުކޮށްލެވިފައެވެ.

އަހަރެންނަށް އަދިވެސް ހުރެވުނީއެވެ. ކައިލާންވެސް އަތުގައި އޮތް ޒާން އަށް ބަލަހައްޓައިގެން ޖެހި ބުދެއް ފަދައިން ރޯން ހުއްޓެވެ. ނަމަވެސް މި މަންޒަރު ބަލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. މަޑުމަޑުން ކައިލާންގެ ގާތަށް އަހަރެން ޖެހިލީމެވެ. އަތުގައި އޮތް ޒާން ނަގާ މެއާލާ ބޮނޑިކޮށްލެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. ކައިލާން އަހަރެންނާ ދިމާއަށް ބަލާލީ ފުން ނަޒަރަކުންނެވެ. ކައިލާން އެގޮތަށް އަހަރެންނާ ދިމާއަށް ބަލާލީ ކޮން ދުވަހަކު ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އެ ބަލާލުމުން އަހަރެންނަށް މާނައެއް ނަގަން ނޭނގުމުން ވީ ކިހިނެތްތޯ އަހާލީމެވެ.

“ކީއްވެ ޝީން އަހަރެން ބޭނުންކުރަންވީ؟” ކައިލާން ކުރި ސުވާލުގެ ޖަވާބު ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އަހަރެން އިސް ޖަހާލީމެވެ. “ކައި.. ދޮންބެ އަށް މާފު ކުރޭ.. ޕްލީޒް!” އަޑުން އަޑު ނަގާ ރޮއެގަންނަމުން ކައިލާން ބިންމަތީ އިށީންނިއެވެ. އަހަރެންގެ ހިތް ކުދި ކުދިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އަހަންނަށްވެސް އިށީނދެވުނެވެ. ކަރުނަ ތިކިތައް އެމޫނު މަތީގައި ބަބުޅަމުން ދާއިރު ހީވަނީ ޝަބްނަމް ތިކިތަކެއްހެންނެވެ. ރުއިމުގެ ސަބަބުން އެ ދޮން މޫނު ވަނީ ޖަންބުކުލަ ކުލަ އަރާ ރަތް ވެފައެވެ. މޫނުމަތިން އަބަދަށް ފެންނަ ހިނިތުންވުން ވަނީ ފަނޑު ވެފައެވެ. ހީވަނީ އޮއްސިފައިވާ ހަނދެއް ހެންނެވެ. އަހަރެންގެ އަތުގައި އޮތް ޒާން އަނެއްކާވެސް ކައިލާންއާ ހަވާލު ކުރީމެވެ. ގެއަށްދާން ހިތަށް އެރި ނަމަވެސް ކައިލާން އެ ހާލުގައި ދޫކޮށްލާފައި ދާކަށް ހިތެއް ނުރުހުނެވެ.

ކައިލާން އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކައިލާންގެ ހނު ކަރުނަތައް އަހަރެންގެ ހެދުމުގެ ކޮނޑު ތެންމަމުން ދިޔައެވެ. ކައިލާންގެ މޫނުގައިވާ މައުސޫމުކަން ފެނި ހިތުގައި ކޫރުތަކެއް އެޅެމުން ދިޔައެވެ. އަސަރު ނުކުރާނީ ކާކުގެ ހިތަކަށް ހެއްޔެވެ؟ އެފަކީރުގެ ހިތަށް ކުރާނެ އަސަރު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

މެންދުރު ނަމާދުގެ ބަންގީގެ އަޑަށް އަހަރެން ފޯނު ހުޅުވާލާ ގަޑި ބަލާލީމެވެ. 12 ގަޑި ބައި ވަނީއެވެ. ވަގުތު ހޭދަވެގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. ޝީން ޚަބަރެއް އަދިވެސް ނުވުމުން ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ. ހިޔަންޏެއް ހުރަސް ކޮށްލިހެން އެވަގުތު ހީވިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. ކައިލް މަތިން ހަނދާންވީ ދެނެވެ. ކައިލާން ދުރަށް ޖައްސާލަމުން އަހަރެން ގެއަށް ދާން އެނބުރިލާ ކުރިއަށް ހިނގައިގަތީމެވެ.

“ކައިނާ!” އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ައިލާން ގޮވާލުމުންނެވެ. އެތައް ހާސް އަސަރުތަކެއް އެކުލެވިގެންވާ ގޮވާލުމެކެވެ. ފަހަތަށް އެނބުރިލީމެވެ. ޒާން އުރާލައިގެން އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ކައިލާން ހުއްޓެވެ. އަހަންނަށް ވާނުވާއެއް ނޭނގުނެވެ. އަހަރެންގެ މޫނުމަތީގައިވާ ސުވާލުމާކު ފެނުނީ ކަންނޭނގެއެވެ. “އަދިވެސް ދޮންބެއަކަށް މާފެއް ނުކުރާނަންތަ؟” ޖޯޝެއް ނެތް އެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ބޭބެއެވެ. އެވަރުގެ ކަމަކާ އާއިލީ ގުޅުން ކަނޑާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިއަށްވުރެ ބޮޑެތި އިމްތިހާނުތަކާ ކުރިމަތި ލާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. “އިނގޭ މާފު ކުރަން އުނދަގޫ ވާނެކަންވެސް.. އެކަމަކުވެސް ދޮންބެ އަށް ކައި ގެ މާފު ވަރަށް މުހިއްމު.. ބަދަލުގަ ކޮންމެ ކަމެއް ކުރަން ވިޔަސް ހެޔޮ.. ދޮންބެ އަށް މާފު ކޮށްދީ..” ޚިޔާލުތަކުގައި ހުއްޓާ އަނެއްކާވެސް ކައިލާން ބުނެލިއެވެ. އަހަރެން ހިތަށް އެރިއެވެ. ހަޤީޤަތުގައި ކައިލާންގެވެސް ކުށެއް ނެތެވެ. “މައްސަލައެއް ނެތް.. އެކަމަކު.. ދޮންބެ ކަމެއް ކޮއްދީބަ ކައި އަށް..” އަހަރެން އެދުނީމެވެ. “ކޮންކަމެއް؟” ހާސް ކަމުގެ ނަޒަރަކުން ކައިލާން އަހަރެންނާ ދިމާއަށް ބަލާލިއެވެ. “ހެކި ދޭން ކެރޭނެތަ؟” ވާނުވާ ނޭނގޭ ފަދަ ގޮތަކަށް އަނެއްކާވެސް ކައިލާން ބަލާލިއެވެ. “މިބުނީ ކައިސަން ޖަލުން ދޫކޮށްލަން ހެކި ދޭން ކެރޭނެހޭ؟ އަހަރެން ބޭނުމެއް ނޫން އެމީހަކު ނުކުރާ ކަމެއްގެ އިލްޒާމު އެޅުވިގެން ކައިސަން އެތާ ބަންދުވެ ހުންނާކަށް..” އަހަރެން ބުނެލީމެވެ. ކައިލާން ވިސްނަން ހުއްޓެވެ.

“ކައިލާން ހެކި ނުދެންޏާ އަހަރެންނަށް ހެކި ދޭން ކެރޭނެ!” އަޑުއައި ދިމާއަށް ބަލާލެވުނީ ދެމީހުން އެއްކޮށެވެ. “އަހަރެން ޖަލަށް ދާން ވެސް ތައްޔާރު!” ޝީންގެ ދުލުން ބަސް ބޭރު ކުރުވީ އިޚްތިޔާރުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. “އަހަރެން ބޭނުމެއް ނޫން އެކަކުވެސް ޖަލަށް ދާކަށް! އެންމެ އިންސާފުވެރި ގޮތަށް ކަންތައްތައް ނިންމަން ބޭނުމީ.. “އަހަރެންގެ ޚިޔާލު ހުށަހެޅީމެވެ. “އެހެންވީމާ މާދަމާ 9 ޖަހާއިރު އާދޭ މިގެއަށް.. އެންމެން އެއްކޮށް ދާނީ.. އަހަރެން ބޭނުމެއް ނޫން މީގެ ފަހުން ދެމީހުން ދެމީހުން ދޭތެރެ ޖައްސާކަށް.. އަހަރެންނަށްވެސް މާފު ކުރޭ!” ޝީން ބުނެލިއެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަނެއްކާވެސް އަހަރެންގެ ޙަޔާތަށް ބަހާރު މޫސުން އަންނަން އުޅެނީއެވެ.

ޝީން ގާތަށް ޖެހިލުމަށްފަހު ޝީންގެ ގައިގާ ބައްދާލީމެވެ. ނޭވާ ނުލެވޭހާ ބާރަށެވެ. އަހަރެންނަށް ލިބުނު އުފާ ބަޔާން ކޮށްދޭން ދައްޗެވެ. ޝީންއާ ދުރަށް ޖެހިލީމެވެ. ޝީންގެ ދެލޯ ފުރިފައިވަނީ ކަރުނުންނެވެ. “މާފު ކޮށްފިން!” އަހަރެންގެ ދުލުން ބޭރުވި ބަހާއެކު ޝީންގެ ލޮލުގައި ހުރި ކަރުނަތައް ފާބައިގަތެވެ.

ކައިލާންގެ އަތުގައި އޮތް ޒާން، ޝީންގެ އަތަށް ދިނުމަށްފަހު އަހަރެމެން ގެއަށް ދާން ނުކުތީމެވެ. ޒަމާން ތަކަކަށްފަހު ކައިލާން އާއެކު ބޭރަށް ނުކުތް ފުރަތަމަ ދުވަސް ކަމުން މީހުން ހައިރާންވެ ތިބެ ބަލަމުން ދިޔައެވެ. އަހަރެމެން އެކަމަކާ ނުވަމެވެ. ވީ އެންމެ އަވަހަކަށް މަންމަމެން ގެއަށް ދެވޭތޯ ބެލީމެވެ.

ގެއަށް ވަންއިރު މަންމަ އިނީ ޖޯލީގައި ކައިލް އުރަށް ލައިގެންނެވެ. ކައިލް ރޯތީވެ ހިތްހަމަ ޖައްސައިދެވޭތޯ ކުޅޭ އެއްޗެއް ކައިލް އަތަށް ދީފައި ވެއެވެ. އެއީ އަހަރެން އެންމެ ކުޑަ އިރު ގެންގުޅުނު ‘ޓެޑީ ބެއާ’ އެވެ. އަހަރެން އެންމެ ލޯބިވާ އެއްޗެވެ. މަންމަ އަދިވެސް އޭތި ގެންގުޅޭ ބާއޭ ހިތަށް އެރިއެވެ. އަހަރެންގެ އިހުސާސްތައް އެނގުނީ ކަންނޭނގެއެވެ. “މަންމަ މީތި މި ބާއްވަނީ ދަރިފުޅު އަނެއްކާވެސް ބޭނުން ޖެހިދާނެ ކަމަށް!” އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ކިހިނެތް ކަންތައްތައް ދިޔައީ؟” އަހަރެން ކައިލާން އަށް ބަލާލީމެވެ. ކައިލާން ބޯ ޖަހާލުމުން ވީ ހުރިހާ ގޮތެއް އަލިފުން ޔާއަށް މަންމައަށް ކިޔައިދިނީމެވެ. އެންމެ އަކުރެއް، ފިއްޔެއް ވެސް ވައްޓާ ނުލައެވެ. މަންމަގެ ލޮލުން ކަރުނަ ތިކިތައް ފައިބަން ފެށުމުން އަހަރެން ހުއްޓާލީމެވެ. ނަަމަވެސް މަންމަ އެދުނީ ކިޔައިދިނުމަށެވެ. އެހެންކަމުން އަހަރެން އެވާހަކަ ނިމެންދެން ކިޔައިދިނީމެވެ.

ވާހަކަ ކިޔައިދީ ނިމުނުތަނާހެން މަންމަ ކުއްލިއަކަށް ބަލާލީ ކައިލާން އަށެވެ. ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް އަހަރެންނަށް ލިބުނެވެ. ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގި ވިސްނަން ހުއްޓާ އަހަރެން ސިހިގެން ދިޔައީ މަންމަގެ ހޫނު ‘އެތިފަހަރެއް’ ކައިލާންގެ ކަންކަށިމައްޗަށް އަމާޒުވީ އަޑު އަހާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (13)

Next

ނޭނގި ވެވޭ އިހްސާސެއް މީ (ޓްރެއިލަރ)

Next
July 16, 2018

ނޭނގި ވެވޭ އިހްސާސެއް މީ (ޓްރެއިލަރ)

Previews
July 16, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (13)

9 Comments!

  1. Kyleen says:
    July 16, 2018 at 3:19 pm

    friday ga neren bune nunerevunu dhw.. kiyun therin maafu kohdhehchey.. busy kamun aslu.. insha allah eyge badhaluga 5 vana baives miadhu nereynan..

  2. It's me says:
    July 16, 2018 at 3:37 pm

    Me first

  3. Greeny says:
    July 16, 2018 at 5:28 pm

    Me second

  4. Rifuu says:
    July 16, 2018 at 5:31 pm

    alhe eh kon up kohlaa nama..
    v v v salhi…

  5. Eekkoo says:
    July 16, 2018 at 6:23 pm

    Yay l’m second dhw

  6. Eny says:
    July 16, 2018 at 9:13 pm

    Vv salhi Mi part vx?keep it up❤❤❤

  7. Kyleen says:
    July 16, 2018 at 10:09 pm

    next part thankolheh kuruvaane.. eiee friday ga neren bunefa las kureema dhen 2 bai eh dhuvahaku mi neridheny ekan foobahdhai dheveytho.. ehenve..

  8. unique says:
    July 19, 2018 at 9:45 pm

    vv reethi n thanks kyl

  9. Ayesher.9 says:
    July 22, 2018 at 12:17 am

    Amazing..

Comments are closed.

Next Episodeކުށަކީ ކޮބާ؟ (5)←


All Right Reserved!