“އައްސަލާމްޢަލައިކުމް!” އެންމެ ފަހަރަކު ގޮވާލުމާއެކު ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމްސަލާމް!” ކުޑަ ކުޑަ ކުއްޖަކު އަތަށް ލައިގެން އަހަންނާ އެއް އުމުރެއްގެ އަންހެނަކު ނުކުތެވެ. އޭނާ ހުރީ އިސްޖަހައިގެން ކަމުން މޫނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ އިސްއުފުލާލާ އަހަންނާ ދިމާއަށް ބަލައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅަން ހިތަށް އެރި ނަމަވެސް މަޑު ކޮށްލީމެވެ. މަޑު މަޑުން ކުރިއަށް ހިނގައިގަތީމެވެ. އޭނާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކުރިއަށް ޖެހެމުން ގޮސް ދެތިން ފޫޓު ދުރުގައި ހުއްޓިލާ އޭނާގެ އަތުގައި އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލީމެވެ. ދަންނަ ވައްތަރު ޖަހާހެން ހީވިއެވެ. އެކުއްޖާގެ މޫނުގައި ފިރުމާލަން އަތްދިއްކޮށްލީމެވެ. ވަގުތުން އޭނާ އެކުއްޖާ ދުރަށް ލިއެވެ. “ޚަބަރުދާރު! ކަލޭ ނުޖެހޭނެ އެ ކުއްޖާއާ ވައިވެސް އެޅިލާކަށް! ކަލެއްކަށް ހައްޤެއް ނޯންނާނެ!” ކޮންމެ ޖުމްލައެއް ހީވީ އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔަހެންނެވެ. ‘ކަލޭ’ ކިޔައިގެން ދުވަހަކުވެސް އަހަންނާ ވާހަކަ ދައްކާފައިވާ މީހެއް ނޫނެވެ. އާނއެކެވެ. އެއީ ޝީންއެވެ. “އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ؟ ހަމަ މިހާރު ނުކުމޭ މިގެއިން! ކަލެއާ ކައިސަން އަހަންނަށް ހެދުނު ވަރު މަދީތަ އަދިވެސް؟ އަޑެއް ނީވޭތަ؟ ނުކުންނާށޭ!” އަހަންނަށް ހަމަ ހުރެވުނީއެވެ. ގަބުވެފައެވެ. އެއީ ހަމަ ޝީން ބާވައެވެ. އަހަރެން ޝީންއަށް ހެދީ ކޮން ގޮތެއްހެއްޔެވެ؟ ފެންދެމޭ ކޯރެއްފަދައިން ލޮލުން ކަރުނަތައް އޮހިގަތެވެ. “ޝީން! އުފާވެރި ޚަބަރެއް! އަހަރެމެން ދެމީހުން ކައިވެނި ކުރަންވީ! ޔެސް!!!” ދޮރުން ވަދެގެން އައި ފިރިހެން މީހާ ބާރު ހިނގުމެއްގައި އައިސް ޝީންގެ އަތުގައި އޮތް ކުއްޖާ ނަގައިގެން އުރާލިއެވެ. “ބައްޕިގެ ޒާން! ދޫނި ހީލަބަލާ! ބައްޕިގެ ދޫނިޔާ!” އެފިރިހެންމީހާއަށް އަހަރެން ފާހަގައެއް ނުކުރެވުނެވެ. “ހިނގާ އަހަރެމެން އަވަހަށް ކައިވެނި ކުރަމާ! ކައިސަންވެސް އެހުރީ ޖަލުގައެއްނު! ދެން ޝީން ނުޖެހޭނެ އެކަމާ ހާސް ވާކަށް! ކައިނާއާއި ކައިސަން ވަކިވީއެއްނު! ހެޕީތަ ޑިއާ؟” އެހެން ބުނުމަށްފަހު އޭނާ ޝީންއާއި ދިމާއަށް ބަލާލިއެވެ. ޝީން ހާސްކަމާއެކު ދެލޯ ބޮޑުކޮށްލައިގެން ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. އެ ފިރިހެން މީހާއަށް އެކަން އެނގުމުން ޝީން ބަލަންހުރި ދިމާއަށް ބަލާލިއެވެ. “ކަކަ..ކައިނާ!!؟؟” ކައިލާން ހައިރާންވެފައި ގޮވާލިއެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަހަރެން ޝީންއާ ގާތަށް ޖެހިލީމެވެ. އަދި ކައިލާންގެ އަތުގައި އޮތް ޒާންއާ ދިމާއަށް އިނގިލި ދިއްކޮށްލީމެވެ. “އެއީ ކާގެ ދަރިއެއް؟” އަހަރެން ސުވާލު ކޮށްލީމެވެ. ޝީން ޖަވާބެއް ނުދިނެވެ. ޝީން ބަލާލީ ކައިލާންއާ ދިމާއަށެވެ. އޭގެން އަހަންނަށް ޖަވާބު އެނގުނެވެ. މަޑުމަޑުން ކައިލާންއާ ދިމާއަށް ހިނގައިގަތުމަށްފަހު ޒާންއާ ދިމާއަށް ބަލާލީމެވެ. މިހާރު އަހަންނަށް ޔަގީން ވެއްޖެއެވެ. އެވަގުތު އަހަންނަށް ޒާން ވައްތަރުވީ ކައިލާންއާއެވެ. އެއީ ކައިލާންއާ ޝީންގެ ދަރިއެކެވެ. “ދޮންބޭ! ކީއްވެ އަހަންނަށް އޮޅުވާލީ؟ އަހަރެންގެ ކޮން ކުށެއް އޮތީ؟ ކީއްވެ އަހަންނާ ކައިސަންއާ ދުރުކުރީ؟” އަހަންނަށް ކޮޅަށް ނުހުރެވުމުން އިށީންނީމެވެ. “ކައި.. ދޮންބެއަށް މާފުކުރޭ! ދޮންބެ ޝީންދެކެ ވަރަށް ލޯބިވޭ.. އެހެންވެ ޝީން ބުނާހާ ކަމެއް ކޮށްދެމުން މި ދަނީ… ޝީން އެދުނީ ކައި އާ ކައިސަން ދުރުކުރުވަންވެސް.. އެހެންވެ އެކަމަށް އެއްބަސް ވެވުނީ.. ސޮރީ ކޮއްކޯ.. ދޮންބެއަށް މާފު ކުރޭ! ޕްލީޒް!” ކައިލާން ބުނި ވާހަކަ ގަބޫލުކުރަންވެސް ދަތިވިއެވެ. “އެހެންވީމާ އާއިލާ މީހަކަށްވުރެ ލޯބިވާ މީހާ މުހިއްމުތާ ދޮންބެއަށް!” ކަރުނަ މަތަކުރަމުން ބުނެލީމެވެ. “ނޫން! އެއްގޮތަކަށްވެސް ތިހެނެއް…” އަތުގެ އިޝާރާތުން އަހަރެން ކައިލާން ހުއްޓުވީމެވެ. ޝީން ކައިރިއަށް ޖެހިލީމެވެ. “ކީއްވެ ޝީން އަހަރެންނާ ކައިސަންއާ ދުރުކުރުވަން މަސައްކަތް ކުރީ؟ ޝީންއަށް އުނދަގުލެއް ވަނީތަ؟ ކީއްވެ މިކަމުގެ ތެރެއަށް ދޮންބެ ވެެއްދީ؟ ކީއްވެ؟ ކީއްވެތަ ޝީން އަހަންނާ ކައިސަން އާ ވަކިކުރީ؟” ޝީންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހަޅޭއްލަވައިގަތީމެވެ. “އެއީ އަހަރެން ކައިސަންދެކެ ލޯބި ވާތީ!” ހީވީ އަހަރެންގެ ކަންފަތްދޮށުގައި މީހަކު އެތިފަހަރިކުން ވީއްލާލިހެންނެވެ. “ތީގެ މާނައަކީ… ތިބުނީ ޝީން އަހަރެންދެކެ ލޯތްބެއް ނުވެއޭދޯ!” ކައިލާންވެސް ހީވީ މޮޔަވިހެންނެވެ. “އާނ! އަހަރެން ލޯބިވީ ކައިސަން ދެކެ! އަހަރެން ލޯބި ވަނީވެސް ކައިސަން ދެކެ. އަހަރެން ކައިލާން ބޭނުންކުރީ އަހަންނަށް ކައިސަން ލިބޭތޯ.. އެކަމަކު އަދިވެސް އެ ކައިސަން ވިސްނަނީ ކައިނާއާ ދޭތެރޭ… އަހަރެން ކޮންމެ ދުވަހަކު ކައިސަން އާ ބައްދަލު ކުރަން ދަން… ދާއިރަށް އަހާނެ ކައިނާ ކޮބާހޭ ކައިނާ ރަނގަޅުހޭ ކައިނާގެ ބޮލޭ އޭއްޗެކޭ މީއްޗެކޭ… އެހެންވެ އަނެއްކާވެސް އަހަރެން އަނބުރާ ގެއަށް އަންނަނީ… އަހަރެން ލޯބިވަނީ ކައިސަންދެކެ… ކައިލާން ދެކެއެއް ނޫން!”މިހެން ބުނެ ޝީން ދިޔަ ބާރު މިނުގައި ގެއަށް ވަނެވެ. އަހަންނަށް ހުރެވުނީއެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. އެއްފަހަރު ކައިލާންއަށް، އަނެއްފަހަރު ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ.
ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]
އަށް އަހަރުގެ ނާބިތު ކިޔަވާ މޭޒު ކައިރީގައި ވަރަށް ޝަޢުޤުވެރިކަމާއެކު އެއްޗެއް ކުރަހަމުން ގެންދިޔައެވެ. އެއީ ސްކޫލުގައި އޮތް ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވުމުގެ އުއްމީދުގައި ނާބިތު ކުރަހަމުންގެންދިޔަ ޤުދުރަތީ ރީތި މަންޒަރެކެވެ. ކުރަހާ ނިމެނިކޮށް ނާބިތުގެ ތިން އަހަރުގެ ކޮއްކޮ ސާރާ އެތަނަށް ދިޔައެވެ. ދޮންބެ ކުރަހަމުން ގެންދިޔަ ތަސްވީރު ފެނުމާއެކު ސާރާ އުފަލުން ފޮޅުނެވެ. “މާޝާﷲ މި މާ ކޮއްކޮއަށް ވަރަށް ރީތި….ރެޑް ރޯސްވެސް.ކޮއްކޮ އަށްރީތި…މިއީ މޫދުތަ ދޮންބޭ..” ސާރާގެ ތުއްތު އަޑުން ނާބިތު ކުރަހާފައި […]
ހުޅުމާލެ ބޮޑުމަގުން، ވެލާނާ އިންޓަނޭޝަނަލް އެެއާރޕޯޓާއި ދިމާލަށް ޒަޔާން ސައިކަލު މިސްރާބު ޖެހިއެވެ. ދުއްވާފައި ދިޔަ ސައިކަލުގެ ސްޕީޑު ހަލުވިއެވެ. ކުއްލިއަކަށް ކުރިމަތިން އަައި ބަހުގަައި ޖެހުމާއެކު އިވުނު ހަޅޭކާއެކު، ދުނިޔެ މަތި އަނދިރިވިއެވެ. ޒަޔާނަށް ހޭވެރިިކަން ވީއިރު އޮތީ “ޓްރީ ޓޮޕް” ހޮސްޕިޓަލުގެ އައިސޫއޫގައެވެ. ކައިރީގައި މަންމަގެ އިތުރުން ލޯބިވެރިޔާ، މައިޝާވެސް ހުއްޓެވެ. އެމީހުން ފެނުމުން ޒަޔާނުގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރި ބަންޑުން ވިއެވެ. ޑޮކްޓާރގެ އެދުމުގެ މަތިން ޒަޔާންގެ […]
3 މަސް ފުރިފައިވާ ބަނޑަކާއެކު ޝީން ދުވަމުން ދިޔައީ ފަހަތުން އައި މީހާގެ ކިބައިން ސަލާމަތް ވުމަށްޓަކައެވެ. “މަންމާ! އަހަރެން ސަލާމަތް ކުރޭ!” ޝީން ގޮވަމުން ދިޔައެވެ. “ބާރަށް ހަޅޭއްލަވާ! އެއްވެސް މީހަކު ނާންނާނެ!” އެމީހާ ބުނެލިއެވެ. ކުއްލިއަކަށް އެމީހާގެ ދުވެލި ބާރުވެ، ދުވަމުން ދިޔަ ޝީން އަތުލައިގަތެވެ. އަތުގައި އޮތް ވަޅި ޝީންގެ ބަނޑަށް ހަރާލުމަށް ތައްޔާރު ކޮށްލިއެވެ. ******************************************************************************************************* “ކައިލާން!” ހޭލެވުމާއެކު ފުންމައިގެން ތެދުވީމެވެ. ހުވަފެނެއްކަން ޔަގީން ވުމުން ހިތަށް ހަމަޖެހުން ލިއްބައިދެވޭތޯ މަސައްކަތް ކުރީމެވެ. އެއްލި ކަޅި އަމާޒުވީ ފާރުގައި ހަރުކުރެވިފައި ހުރި ގަޑިއަށެވެ. 12 ޖަހަން އިނީ ދެތިން މިނެޓެވެ. ކަނައަތް ފަރާތަށް އެނބުރިލިއިރު ކައިލް ވަރަށް ލޯބިކޮށް ނިދާފައި އޮތެވެ. ކުޑަކުޑަ މައުސޫމު މޫނެކެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހީވާކަހަލައެވެ. އަހަރެންނާއެކު އަހަރެންގެ ހިތާމަތަކުގައި ކައިލް ވެސް ބައިވެރި ވެއެވެ. އެހެނަސް […]
ހަނދު ހުރީ ބުރުހަމަކޮށެވެ. ވިލާތައް ހާވިޔާކޮށް ހުރުމުން ހަނދު އޭގެ ހައިބަތު ދައްކައިދެމުން ދިޔައެވެ. އަލި ބުރަކުން ހަނދުގެ ގޯތިވެސް ފެންނާން ހުއްޓެވެ. މިއީ ސާދަ ފަނަރައިގެ ހަނދެވެ. ދަންވި ދަންވިހެން ފަރިވަމުން ދިޔައެވެ. ނަމަވެސް އަހަންނަކީ އެހަނދެއް ނޫނެވެ. ހަނދަށް ލިބިފައިވާ ހިނިތުންވުން އަހަރެންގެ މޫނަކު ނެތެވެ. މާޒީގެ ސަފުހާތަކުން އަހަރެންގެ ހިތުގައި ގަނޑު އުކެމުން ދިޔައެވެ. ފެންދެމޭ ކޯރެއް ފަދައިން އަހަރެންގެ ލޯތެންމަމުންނެވެ. ކުރާނެ މާ ބޮޑު ކަމެއް ނެތެވެ. މިއީ އެހެން މީހުންނަށް […]
ގަހުގައި ފޮޅިފައި އިން އެ ލޯބި ލޯބި މަލަށް މި ހިތުން މަތީ ޤަދަރެއް ދެވުނެވެ. އިންތިހާޔަށް ގަޔާ ވެވުނެވެ. އެ މާ ބިނދެ އަހަރެންގެ ހައްޤަކަށް، ހަދަން ބޭނުންވިއެވެ. ނަމަވެސް އަހަަންނަށް އެ މަލެއް ނުބިނދެވުނެވެ. އެ މާ އަޅާފައިވާ ގަހުގެ ކަށި ގިނަ ކަމުންނެވެ. މި ދައްކަނީ ގަހެއްގައި އިން ފިނިފެން މަލެއްގެ ވާހަކައެއް ނޫނެވެ. މަގޭ ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން އަން ރަނި ކަމަނާގެ ވާހަކައެވެ. އެއީ ރީނާއެވެ. އެ ލޯބި […]
އެކުވެރިން ރަޙުމަތްތެރިން، އެއީ އަހަރެން މުޅި މިދުނިޔެއިންވެސް އެންމެ ނަފްރަތުކުރާ ދެބަހަށް މިއަދު މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަންނަކީ އެކުވެރިން ހޯދުމުގައި ވަރަށް ކުރި އެރި ކުއްޖެކެވެ. އަހަރެންގެ އުމުރުން ވީހާ ދުވަހަށްވުރެ އެކުވެރިންގެ އަދަދު ގިނަވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ އެކުވެރިން ގެންގުޅުނީ އަހަރެންގެ ދެލޯ ފަދައިންނެވެ. އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އެކުވެރިއަކު ބަލިވެއްޖެނަމަ ޑަކްޓަރަށް ދައްކަން ގެންގޮސް ހަދަމެވެ. […]
އަޅުގަނޑަކީ ގުރޭޑު 9 ގައި އުޅުނު އިރުވެސް މާ ގިނައިން ވާހަކަ ލިޔެ އުޅުނު ކުއްޖެއް ނޫނެވެ. ލިޔާ ހިތް ނުވަނީއެވެ. ކަން ފަސޭހަ ކޮށްލަން މަޒުމޫނު ލިޔަނީއެވެ. ލިޔަން އެނގޭތީކީ ނޫނެވެ. މަޢުލޫމާތު މުއްސަނދި ކުރުމުގެ ނަމުގައެވެ. ނަމަވެސް ގުރޭޑު ދިހައަކަށް އައުމާއި އެކު ވާހަކަ ލިޔަން ޖެހުނެވެ. ފަހު އަހަރު ކަމުން އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމަށް ސުކޫލުން ދަރިވަރުންގެ ފެންވަރު ބެލުމަށެވެ. ދެން ވީ ކިހިނެއްކަން އަންދާޒާ ކޮށްލާށެވެ. އަޅުގަނޑުވެސް ހީނުކުރާ ގޮތަކަށް ކަންތައް […]