އެންމެންވެސް ހީ ނިމުމުން އަޔާނީ އެންމެން އެތަނަށް ގެނައި ސަބަބު ބުނެދިނެވެ. އަދި އޭނާއަށް އެކަމުގައި ކުޑަކޮށް އެހީއެއް ވެދޭން ބުނެލިއެވެ. ޒައްޔާންގެ މައިންބަފައިންގެ ކުރިމައްޗަށް ދާން އޭނާ ނުތަނަވަސް ވަމުން ދާތީ އޭނަގެ އެންމެ ގާތް މިތުރުންނާއި އެކަމުގައި އޭނާއަށް އެހީ ވެވޭނެ މީހުން އެއް ކުރީއެވެ. އެކި މީހުންނަށް އެކި ކަންތަށް ބަހާލިއެވެ. އަދި ކޮންމެ މީހަކުވެސް މިރެއަށް ވާން ވާއިރަށް އެންމެ ފުރިހަމައަށް ރެޑި ވެވެން އޮތް ވަރަކަށް ރެޑީ ވުމަށް ބުންޏެވެ. […]
” އެނގޭތަ ދުއާގެ ބޯއިފްރެންޑްވެސް އެއީ ޑޮކްޓަރެއް… ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާނީ.. މިވަގުތު ހުރީ އެހެން ރަށެއްގައި.. ޑރ ލޫކަން އޭނާއަށް ކިޔާނީ.. ” ތާރާގެ ފަހު ޖުމްލައާއެކު ރާނީ ހުއްޓުން އެރިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ރާނީ ހުއްޓުމުން ތާރާ ބަލައިލިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ” ތިބުނީ ދުއާގެ ބޯއި ފްރެންޑަށް ކިޔަނީ ލޫކަންއޭ ތަ؟ ” އިތުރަށް ޔަގީންކޮށްލުމުގެ ގޮތުން ރާނީ އަހައިލިއެވެ. ” ހްމްމް ލޫކަން.. […]
” ހްމްމް އޯކޭ ބައި.. ލަވް ޔޫ..” ދުއާ ހިނިތުންވަމުން ބުންޏެވެ. ” ބައި.. ޓޭކް ކެއަރ..” އެހެން ބުނުމަށްފަހު ލޫކަން ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިއިރު ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދުއާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ލޫކަން ކިޔަވަން ބޭރަށް ގޮސްފައި އައި ފަހުން އޭނާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދުއާއަށް ފާހަގަ ކުރެވެއެވެ. އޭގެ ކުރިން ލުއި ގޮތަކަށް ގައިގައި ބައްދާލުމާއި ލޯބިވާ ވާހަކަ ބުނުމަކީ ލޫކަން އަށް އުނދަގޫ ކަމެއް ނޫނެވެ. އެހެނަސް […]
ޒިވާވެސް ތައާރަފް ވެލާފައި މިޝްކާ އާއި ވާހަކަ އަޅުވާލާއިގެން ވިޝާމް އާއި އެއްހަމައެއްގައި ހިނގައި ގަތެވެ. މިޝްކާއަށް ރަށުގެ އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ. ބޭރުގެ ފެޝަނަށް އަންނައުނު ލާފައި ވުމާއި އަދި ލާފައި ހުރި އެއްޗިހި ކުރުވެފައި ބާރުކަމުން ކިރިޔާ އަތަކަށް ހެލިލުމާއިއެކު ގައިފެނެއެވެ. އެހެން ވުމުން އަދި އަމުދުން ޒުވާން ފިރިހެން ކުދިންގެ އަމާޒުފައްގަނޑަކަށް ވެފައި ވަނީ އޭނާއެވެ. މިކަން މިޝްކާ އަށް ވީވެސް މަޖާ ކަމަކަށެވެ. އިތުރަށް ބުޑުގަނޑުން އަށްޑިހަ އަށެއް […]
އަހަރެންގެ މަންމައެވެ. ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމާއެވެ. އަދި އަކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަކާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމާއެވެ! ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމަނާއެވެ. އަދި އެކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަނާގެ ކަނާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމައަކީ,އޯގާތެރިކަމުގެ ކޯރެކެވެ. އަހަރެންގެ މަންމައަކީ,ރަޙްމާންވަންތަ އިލާހުގެ ހަދިޔާއެކެވެ. އެކަމަނާގެ ރޫހު ގަދަކޯޅި […]
މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލުﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަލްޤާސިމް: ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ: ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ […]
ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ. ✧ސޯޅަވަނަ ބައި ✧ އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު […]
ވަފްދާ އުފާކުރިއެވެ. އެ ޒުވާން ހަށިގަނޑާއި އަލިދޮންމޫނާއި ފަން ބޮލާއި ލުއި ހިނިތުން ވަފްދާގެ ހިތް ލަންބުވައިލައިފިއެވެ. ” އަލްތާފް” ޝިހާމް އާއި ނާހިދާ އެމީހުން ގާތަށް އައެވެ. ” ލައްބަ. ވަރުދާގެ ބައްޕަ ކިހިނެތް؟” އަލްތާފް އެހިއެވެ. “ރަގަޅު. އަލްތާފް މިތާ… ” އަޅުގަނޑު ބުނެގެން އައީ” ބައްޕަގެ ވާހަކަ ފުރިހަމަނުކުރެވެނީސް ވަރުދާ ބުނެލިއެވެ. ވަރުދާ ވަރުދާގެ މައިންބަފައިންނަށް އަފާފް އާއި އާމިނާ އާއި އަނަސް ތަޢާރަފްކޮށްދިނެވެ. ” މި އެންމެން އައީ ވަރުދާ ބުނެގެންތަ؟” […]
” އޭ ޗީޒްބޯލްސް ކީތްތި ކުރަނީ؟؟؟… މަ މިހިރީ ދޮންތަ ކައިރިގައޭ… ތި ދޮރަށް އަނިޔާ ނުކޮށް ދެން ތި ކިޔާއެއްޗެއް ކިޔާބަލަ… މަ މިހިރީ އަޑުއަހާށޭ!!!… އެ ދޮރު ސަލާމަތުން ހުރިކަން… އަނެއްކާ އަނެއްކޮޅުން މަންމަ ގޭގަ ނޫޅޭކަންވެސް އެއީ މަގޭ ނަސީބު… އެހެންނޫނީ ރޮކެޓަކަށް އެހެން އެއްޗަކަށްވެސް ނުލައި އޭގެ ބަދަލުގަ މަ ފޮނުވާނެ ދެން އޮތް ޕްލެނެޓަށް… މަށަށް ޖެހޭނީ ހުރިހާ ކަމެއްކޮށްފަ ކައްކާ ކާން ހަދައި. މި ހުރިހާ ސަކަރާތެއް ޖަހަން…” […]