ރުކައިން ހުރިހާ ކުދިންނަށްވެސް ހީލަމުން ބަލައިލީ ޔަންހާއިން މޭޒަށެވެ. މައުސޫމުގޮތަކަށް އެދިމާއަށް ބަލަންއިން ޔަންހާ ފެނުމާއިއެކު އެ ހިތް ފުރިގެން އައި ކަހަލައެވެ. ހައިކަލް އާއި އައުލްއަށް ލޮލުގެ އިޝާރާތަކުން ޔަންހާ އާއި ލަވްޒާއިން މޭޒު ދައްކައިލަމުން އެ އެންމެންވެސް ހިނގައިގަތީ އެ މޭޒަށެވެ. “އޯ އެމް ޖީ ޔަންންން! ބަލާ ރުކައިންމެން އެ އަންނަނީ އަހަރެމެން ތިބި މޭޒަށް.” ލަވްޒާ ޔަންހާގެ އަތުގައި ވިކައިލަމުން ތުއި އަޑަކުން ބުނެލިއެވެ. ރުކައިންމެން އައިސް އެ މޭޒުގައި އިށީނުމާއިއެކު […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން ވިދާލި ވިދުވަރާއިއެކު ވޭނީ ހަޅޭކެއްގެ އަޑު މުޅި ސަރަހައްދުގައި ހިފައިލިއެވެ. ވިދާލި ވިދުވަރުގެ އަލިން ފެނިގެން ދިޔައީ ލެއިން ތަތްތޮޅިވެފައި އޮތް މެދު އުމުރުރުގެ އަންހެނެއްގެ ކައިރީގައި އުޑުފައިން އިށީނދެއިން ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ގައިވެސް ކަޅިވެފައިވަނީ ލެއިންނެވެ. އެދެމީހުންނާއި ދުރުނޫން ހިސާބެއްގައި އޮތް ސައިކަލުވެސް ހީވަނީ މުގުރިފައިވާ ހެންނެވެ. އެ ފިރިހެން ކުއްޖާގެ ލޮލަށް އެޅުނު އަލިކޮޅު ހުރަސްކޮށްފައި ދިޔަ ބޮޑު ފިރިހެން މީހާގެ މޫނު […]
މާލޭގެ ފެންވަރު ރަނގަޅު ޕްރައިވެޓް ސްކޫލެއްގައި ތައުލީމު ހާސިލްކުރަމުން ދާ ޔަންހާގެ ލޯބީގެ ހަޔާތް ފެށެނީ އެ ސްކޫލަށް އަލަށް ވަންނަ ރުކައިން އާއި ދިމާވުމުންނެވެ. އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވާކަށްވެސް ގިނަ ދުވަހެއް ނުނަގައެވެ. ދެ މީހުންގެވެސްމި އުފާވެރި ދުވަސްތައް އެފުއް މިފުށަށް ޖެހިގެން ދަނީ ޔަންހާގެ ހަޔާތަށް އަންނަ އައު މެހެމާނެއްގެ ސަބަބުނެނެވެ. އެ އައު މެހެމާނަކީ ކާކު؟ އެ މެހެމާނުގެ ސަބަބުން ދެ މީހުންގެ އުފާވެރި ދުވަސްތައް ބަރުބާދުވެގެން ދަނީ […]
“އަހަރެން ބޭނުމެއް ނޫން ޒަކޫއާ ދޮންތި އާ ކައިވެރިކުރާތަން ބަލާކަށް. އަހަރެންނަކަށް ކެތެއް ނުވާނެ. ކިހިނެތް ހަދާނީ؟ އައި ނީޑް އޭން އައިޑިއާ!” ރައިލީ އެންމެ ފަހުން އެނދުމަތީގައި އިށީނދެ ވިސްނަން ފެށިއެވެ. ރައިލީ އެހެން އިންދައި ހަނދާންވިއެވެ. އިޒްކާ އެއްފަހަރަކު ގުޅައިފައި ބުނި ވާހަކައެއް މަތިންނެވެ. އިޒްކާން ރަހޫލްދެކެ ލޯބިވާ ވާހަކައެވެ. އެއާއިއެކު އޭނާ އަވަހަށްއިޒްހާ ބަދިގޭގައި ރޭގަނޑުގެ ކެއްކުން ކައްކަންހުރިއިރު ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އެހެންކަމުން ރުކައިން އައިސް އޭނާގެ ކައިރީގައި ހުއްޓުނުއިރުވެސް އޭނާއަކަށް […]
“ޔާން!” ދެ މީހުންނަށްވެސް ކުރިމަތި ބަލައިލެވުނީ ކުއްޖަކު ކަޔާންއަށް ގޮވައިލި އަޑަށެވެ. ކުރިމަތީގައި ހެވިލައިފައިހުރި ޝިއުނީ ފެނުމުން އިޒްހާ ދިޔައީ ސިހިގެންނެވެ. އަދި އެހާ ގާތްކޮށް ގޮވައިލުމުންވެސް އޭނާގެ ހިތަށް ގޮތެއްވެގެން ދިޔަކަން ޔަގީނެވެ. އިޒްހާ ޝިއުނީއަށް ލޯ އަޅައިލި ނަމަވެސް މިފަހަރު ޝިއުނީ އޭނާއަށް ހިނިތުންވުމެއް ރައްދުކޮށްލުމުން އަދި އިތުރަށް ރުޅިގަދަވިއެވެ. “ހެއި ޝިއު. އާނ! އަދި ނުބުނެވިގެން ދޯ މިއުޅެނީ؟ އިޒޫ، މީ އަހަރެންގެ ލޯބިވެރިޔާ ޝިއުނީ. އިޒޫއަށް އިނގޭނެހެން ހީވަނީ. ޝިއު ބުނިވިއްޔަ […]
“މިޔޯ؟” ކަޔާން ގޮސް ހުއްޓުނު ދެ ބުރިއަށް ނަގައިފައިހުރި ގެ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އެހުނެވެ. “މި ދެކުދިން ލައިފައެއްނު ގެއަށް ދެވޭނީ؟” ކަޔާން އެހެން ބުނަމުން އިޒްހާ ކައިރީގައި އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލިއެވެ. “ޕިސް ޕިސް މިހާރު ކިހާ އިރެއްތަ އެ؟ ހުވާ މި ބުނީ ދެން..” ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިށީނދެއިން ތިރީސް ވަރަކަށް އަހަރުގެ އަންހެން މީހާ ކިޔަން ފެށި އެއްޗެހި ހުއްޓައިލި ކަޔާންގެ ފަހަތުން ވަތް އިޒްހާ ފެނުމުންނެވެ. “މީ ކާކު؟ […]
“ދޮންތަ؟ ރް.. ރަހޫލް؟؟؟” އިޒްއާންއަށް ލިބުނު ޝޮކާއިއެކު އޭނާގެ ތުންފަތުގައި ކުޅެލައިފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އިޒްއާންގެ ހަނދާނަށް އައީ ކަޔާން އާއި ރަހޫލްގެ ވާހަކަ ހިއްސާކުރި ދުވަހެވެ. އެ ދުވަހު އިޒްހާއަށް އަޑު އިވުނުހެން ކޮންމެވެސް ވަރަކަށް ހީވި ނަމަވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް ދެންމެ އިޒްހާ އެހެން ބުނުމާއިއެކު އެ ޝައްކު ހިތުގައި އުފެދެން ފަށައިފިއެވެ. އިޒްހާއަށް ރަހޫލް އާއި މެދު އިޒްއާންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އިނގުނީ ބާވައެވެ؟ މިކަހަލަ ސުވާލުތަކުން ހިތް […]
ރަހޫލްގެ އިންތިޒާރަށް ނިމުމެއް އައީ ކެފޭތެރެއަށް ޒުވާނަކު އައިސް ވަދުމުންނެވެ. އިސްކޮޅުން ދިގުވެފައި ދޮނެވެ. ލައިގެންހުރި ކަޅުކުލައިގެ ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވުމުން ވަރަށްވެސް ފިރިހެންވަންތައެވެ. އޭނާ އަޅައިގެން ހުރި އަވިއައިނު ނަގައިފައި އައިސް ރަހޫލްގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަހޫލްވެސް އަސަރެއް ނެތް ގޮތަކަށް ހިނިތުންވެލިއެވެ. “ރަހޫލް..” އެ ޒުވާނާ ގޮވައިލިއެވެ. “ޒަކްވާން… ލޯންގް ޓައިމް ނޯ ސީ…” ރަހޫލްގެ އަނގައިން ނިކުތް މި ބަސްކޮޅުންވެސް އެއީ ކުރިންވެސް އެނގިފައިވާ މީހެއްކަން ދޭހަވެއެވެ. […]
“ހަހަހަ… ރައި ބުނެބަލަ.. ރައިއަށް ޖިޔާ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިއްޖެޔާ ކިހިނެތް ހަދާނީ؟ އޭނާގެ ދުވަސް ދުއްވައިލާނީ؟” އިޒްހާ ގޮސް ހުއްޓުނީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ. “އާނ! ޔަގީނެއްނު. ޖިޔާ އާއި ދިމާއަށް ބަލައިލާކަށް އެ ދެލޯވެސް ސަލާމަތަކުން ނުބަހައްޓާނަން.” ރައިލީ އެހެން ބުނުމާއިއެކު އިޒްހާ ހީބިހި ނަގައިގަތެވެ. “ހޫނ.. ހޫނ.. ދެން ހެވޭ، ކޮބާތަ ދޮންތަ؟” އިޒްހާ ވާހަކަ ބަދަލުކޮށްލުމުގެ މަގްސަދުގައި ބުންޏެވެ. “ދޮންތަ… އެބައިން މިތާ.. ދޭންވީތަ ފޯނު؟” ރަހޫލް ވާހަކަ […]