މިޝްޔަލް ހޭއެރިއިރު ބޮލަށް އެނބުރުމެއް އަރާފައި ހުއްޓެވެ. ހުރެވުނު ތަނަށް ބަލައިލެވުނެވެ. އެއްޗެއް ފެންނަ ވަރެއް ނޫނެވެ. ކަޅު އަނދިރި ގަނޑެކެވެ. މުޅި ގަޔަށް ހުރީ އެހެން ކަހަލަ ތަދެއް އަރާފައެވެ. ތެދުވަން އުޅުނު އިރު އަތް ހުރީ ފަހަތަށް ބަނދެފައެވެ. އަނގަމަތީ ފޮތިގަނޑެއް އައްސާފަ އޮތް އިޙްސާސް ވެސްވީ ދެނެވެ. މީހައަށް ހޭވަރިކަންވިއެވެ. މަގުމަތި ވިކަންތައް ވެސް ހަނދާންވިއެވެ. ހަޅޭއް ލަވައިގަންނަން އުޅެއުޅެ ވެސް އަރުން އަޑެއް ނުނިކުތެވެ. ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. މިޝްޔަލް […]
އައިލީންއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖިއެވެ. އައިލީންއަށް ނޭނގުނީ އިނގެން ޖެހުނު ތަންކޮޅެވެ. ނަމަވެސް އަޔާން ލޯބިވާ ކުއްޖަކު ހުންނަ ނަމަ އެދޭތެރެއަކަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަޔާންގެ ލޯބި ނުލިބުން އެއީ އޭނާއަށް އޮތް ގޮތް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ވެވޭނީ ލޯތްބެވެ. ބަދަލެއް ނުވާނަމެވެ. * ފަސްވަނަ ބައި * މިޝްޔަލް ތައްޔާރު ވަމުން ދިޔައީ ވިޝާން ދިން ދަޢުވަތަށް ދިއުމަށެވެ. ދާން ވީ ބާއެވެ ނޫނީ ނުދާންވީ ބާއޭ ވެސް ހިތަށް […]
” މިއޮތީ ބުނި ކަންތައް ކޮށްފަ.. ކޮބާ އަގު؟ ” ސިނގިރޭޓު ރޯކޮށްލަމުން ލިއުޝާ ފޯނު ސްޕީކަރަށް ލިއެވެ. ” މިވަރަކުން ނުވާނެ. މަށަށް ވިޝާން ގެނެސްދީ ކޮންމެ ގޮތެއް ހަދާފަ ވިޔަސް. ނުވެއްޖެއްޔާ މިޝްޔަލް ދުވަސް ދުއްވާލާ. ވާނުވާ މަށަށް ރަނގަޅަށް އަންގާތި. ޕްލޭންއާއި އެއްގޮތަށް ކަންކަން ނުވަންޏާ މަ ތިކޮޅަށް ގޮސްގެން ވިޔަސް މިކަން ކުރާނަން. ” * ހަތަރުވަނަ ބައި * މިޝްޔަލް ގެއަށް އައިސް ވަންއިރު އަފްޝާ ބޭރަށް ދާން ނިކުންނަނީއެވެ. […]
” މިޝްޔަލް. ” ވިޝާންގެ އަނގައިން އެބަސް އާހް އަކާއިއެކު ނިކުތެވެ. މިޝްޔަލް އަނިއްކާ މީހަކާ ރައްޓެހިވީބާއޭ ހިތައްއެރިއެވެ. ‘ ނޫން އެހެނެއް ނުވާނެ. އެކަން މަ ބަލާ ޔަޤީން ކުރާނަން. މިޝްޔަލްއަކީ އަހަރެންގެ މީހެއް.’ ވިޝާންގެ ހިތް ބުނަމުން ދިޔައެވެ. ” ޒާން މާދަމައަށް އެއްކަލަ ލޯންޗް ރެޑީ ކޮށްދެއްޗޭ.” ފިޒާންގެ ނަންބަރަށް ލުމަށްފަހު ގުޅާލިއެވެ. ” ކިހިނެއްވީ؟ ކޮންތާކަށް ދާން؟ ” ފިޒާން އެހިއެވެ. ” މިޝްޔަލް ކައިރިއަށް.” * ތިންވަނަ ބައި * […]
އައިލީން ހެމުން ހެމުން ފަހަތް ބަލާލި ވަގުތު ސިހުނެވެ. ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނަަމަވެސް އެ ހިތް އުފަލުން ތެޅިލިއެވެ. އަޔާޝް މެނާ އެއްކޮށް އެހުރީ ލޯންޗް އިން ފެނުނު ޒުވާނާއެވެ. އެއީ އަޔާން ބާއެވެ؟ އެއީ އަޔާން ނަމަ އޭނަ ހުންނާނީ އައިލީންމެން ގޭގައެވެ. އެއްގެއެއްގައި އުޅެންޏާ އޭނައަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އައިލީންއަށް ނޭނގި ނަމަވެސް އަޔާންގެ ފުރަތަމަ ނަޒަރުން ވަނީ އެ ހިތާ ކުޅެލާފައެވެ. އެތައް ޚިޔާލު ތަކެއްގައި ހުއްޓާ […]
” ވިޝާން!.. ދެން އަހަންނަކަށް ނުހުރެވޭނެ ޝާން އެހެން އަންހެން ކުދިންނާ އެއްކޮށް އުޅޭތަން ބަލާކަށް. އައި ތޯޓް އައި ކުޑް ޓްރަސްޓް ޔޫ ސޯ އައި ގޭވް ޔޫ ދަ ޗާންސް. ސްޓިލް ޔޫ ކީޕް ޑުއިން ދިސް.. އައިމް ސޮރީ ބަޓް.. ލެޓްސް ބްރޭކް އަޕް؟.” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކުރި މަތީ ހުރި ސޫރައަށް މިޝްޔަލް ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އެ ރަތްވެފައިވައި ދެ ލޮލުން ހިތާމަވެރިކަން ނޫން އެހެން […]