ގެއަށް ވަދެގެން ދިޔަ ޒީހާން އަށް އޭނާގެ މަންމަ އަށް ފިލައިގެން ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެހެންނަމަވެސް އޭނާއަށް ވަދެވުނީ އޭނާގެ ހަގަށް ހުންނަ ކޮއްކޮ ޒައިހާގެ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރި ކުއްޖާ އޭނާއާއި ދިމާލަށް ފާޑަކަށް ބަލަން ފެށުމުން އޭނާއަށް އެ ކޮޓަރި އަށް ނަޒަރު ހިންގާ ލެވުނެވެ. ވަދެވުނީ އޭނގެ ކޮއްކޮގެ ކޮޓަރިއަށް ކަން ރެއަކާލީ ދެނެވެ. ވީ ކަޑައަކުން ބޮލުގެ ފުއްކިބައިގައި އަތް ހާކަލާ ކުރިމަތީ ހުރި އަންހެން ކުއްޖަ […]
އައިލީންއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖިއެވެ. އައިލީންއަށް ނޭނގުނީ އިނގެން ޖެހުނު ތަންކޮޅެވެ. ނަމަވެސް އަޔާން ލޯބިވާ ކުއްޖަކު ހުންނަ ނަމަ އެދޭތެރެއަކަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަޔާންގެ ލޯބި ނުލިބުން އެއީ އޭނާއަށް އޮތް ގޮތް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ވެވޭނީ ލޯތްބެވެ. ބަދަލެއް ނުވާނަމެވެ. * ފަސްވަނަ ބައި * މިޝްޔަލް ތައްޔާރު ވަމުން ދިޔައީ ވިޝާން ދިން ދަޢުވަތަށް ދިއުމަށެވެ. ދާން ވީ ބާއެވެ ނޫނީ ނުދާންވީ ބާއޭ ވެސް ހިތަށް […]
އަސުރުން އިރު ކެހިލާ ދުނިޔެ މަތިން އިރު އޮއްސެމުން ދާކަމުގެ ކުލަވަރު ފެންނާން ފެށިއެވެ. މާލެއިން ފުރައިގެން ކ.ހުރާ އާއި ދިމާލަށް މިސްރާބު ޖަހައިފައި ވީ ލޯންޗުގައި އިން ވިޝާމް ގެ ތުންފަތުގައި ކުޅެލާ ފައިވީ ހިނިތުންވުމުން އެތަކެއް އަންހެން ހިތްތަކެއް ކަތިލާނޭ ފަދައެވެ. ރޭބަން އައިނަކުން ދެލޯ ފޮރުވާފައި ވީއިރު ދެ ކަންފަތަށް ދެ އައިޕޮޑްސް ޖަހާފައި ވެއެވެ. ލޯންޗު ސީޓަށް ހަށިގަނޑު ދޫކޮށްލައިގެން ދެފައި ދަމާލައިގެން އިން އިރު އެ ފިރިހެން ވަންތަ ހަށިގަނޑު […]
ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ފަހުން ލިއީޝް ކުޑަކޮށް ކުކުރާލިއެވެ. ރީހާން އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ.”ޒާން..” ހޭ އެރިތަނުން ވެސް ލިއީޝްއަށް ގޮވާލެވުނެވެ. އަސަރެއް ނެތްކަމަށް ދެއްކި ނަމަވެސް ރީހާން ހިތުގައި ރިއްސާލި އެވެ. ލޯ ހުޅުވާލި ވަގުތު ކުރިމަތިން ރީހާންގެ ސޫރަ ފެނުމުން އަލުން ލޯ މަރާލީ ބޮލުގައި އަތް އަޅައިގެން ހުރެއެވެ.”އާރ ޔޫ އޯކޭ ލިއީޝް؟..” ލިއީޝްއަށް ވީގޮތް ފެނުމުން ރީހާން ކަންބޮޑުވިއެވެ. ފުރަތަމަ ބަލާލުމާއިއެކު ލޮލުން ފެނުނު ހައިރާންކަން ދެވަނަ ފަހަރަކު ނުފެނުނެވެ. […]
“ކިޔާން..” ފެންކަޅި ވަމުން ދިޔަ ރީޝަމް ގޮވާލިއެވެ.”ސޮރީ ރީޝަމް.. އަހަރެން އެކުވެރި ކަމަށްޓަކާ ކޮށްދިން ކަންތައްތަކުން ރީޝަމްއަށް ނުބައި މާނައެއް ދޯ ނެގުނީ؟.. އެއީ އަހަރެން ރީޝަމް ދެކެ ލޯބި ވާ ކަމުގެ އިޝާރާތެއްހެން ހީވާ ނަމަ އެގޮތަށް ނުވިސްނާ..” ގަދަކަމުން ކިޔާން ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ރީޝަމްގެ ދެލޯ ބޮޑުވިއެވެ.”އަހަރެން ކިހިނެއްތަ ދެވަނަ މީހަކު ދެކެ ލޯބި ވާނީ؟ އަދި މިއުޅެނީ ޖޫލީގެ މަތިން ހަނދާން ނައްތާ ނުލެވިގެން.. ލޯތްބަކީ ބޭނުން މީހަކު ދެކެ […]
ރީޝަމް ހީކުރި ގޮތާއި ޚިލާފަށް ހޭލެވުން އިރު އެ ހުވަފެން ހަނދާން ހުއްޓެވެ. އެހެންކަމުން ހެނދުނު ތެދުވެ ފާޚާނާއަށް ވަތް އިރު ވެސް ރީޝަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ސްވެޓާރ ވައްތަރުގެ ޓީޝާޓަކާއި ޖީންސްއެއް ލުމަށްފަހު ކޮލެޖަށް ދާން ދަބަސް ހިފައިގެން ގެއިން ނިކުތެވެ. ހަމަ އެ ހިނިތުންވުމުގައި ހުރެ ކޮލެޖަށް ރީޝަމް ވަނެވެ. ލައުރާ އާއި ޝަލީން ތިބީ ބެންޗެއްގައި އިށީނދެލައިގެންނެވެ. އެމީހުން ކައިރީގައި ރީޝަމް ވެސް އިށީނެވެ.”ހާދަ އުފާވެފަ އިން ދުވަހެއްހެން ހީވެއޭ..” ރީޝަމް […]
އަވަސް އަވަހަށް ދުއްވައި ގަންނަން އުޅުނު ވަގުތު ވާރޭ އޮއްސައިލީ ހަމަ ކުއްލިއަކަށެވެ. ވީ ދެރައިންނާއި ގަތް ބިރުން ރީޝަމް ގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. އެންމެ ކައިރީގައި ހުރި ހިޔާކޮޅަށް ރީޝަމް ވަނީ މީހަކު ހުރެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ.”އޯހ ސޮރީ..” މީހެއްގެ ގައިގައި ޖެހުމުން ރީޝަމް މަޢާފަށް އެދުނެވެ. ދެބުމަ ކައިރި ކޮށްލައިގެން ބަލަން ހުރި ކިޔާން ފެނި ރީޝަމް ސިހުނެވެ.”ރީޝް؟ އެކަނިތަ؟..” ކިޔާން އެހިއެވެ.”ހޫމް..” އިތުރު ވާހަކައެއް ދައްކަން ރީޝަމް ބޭނުމެއް ނުވީ […]
އެތަން ބަލަން ހުރި ރީހާންގެ ހިތުގައި ރިއްސާލި ވަރަށް އެލީޒާ ފެނިފައި ލިއީޝްގެ ހިތުގައި ވެސް ރިއްސާލިއެވެ. ޒާން ހިންގަން އުޅުނު ޖަރީމާ ލިއީޝްއަށް ނުފެނުނީ އެވަގުތު އޭނާ ފިހާރަ ތެރޭގައި ހުރުމުންނެވެ. ހަމައެކަނި ފެނުނު މަންޒަރަކީ ޒާންއަށް ރީހާން އަނިޔާކުރި މަންޒަރެވެ. މީގެ ދުވަސްތަކެއް ކުރިން ރީހާން ފެނުމުން ހިތަށް ކުރި އުނދަގޫތައް ނެތި ދިޔައީ ރީހާން އަކީ ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ހީވުމުންނެވެ. ހިތުގައި ރިއްސާލި ނަމަވެސް އެއީ މާ ބޮޑު […]
“ހަހަހަ… ރައި ބުނެބަލަ.. ރައިއަށް ޖިޔާ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިއްޖެޔާ ކިހިނެތް ހަދާނީ؟ އޭނާގެ ދުވަސް ދުއްވައިލާނީ؟” އިޒްހާ ގޮސް ހުއްޓުނީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ. “އާނ! ޔަގީނެއްނު. ޖިޔާ އާއި ދިމާއަށް ބަލައިލާކަށް އެ ދެލޯވެސް ސަލާމަތަކުން ނުބަހައްޓާނަން.” ރައިލީ އެހެން ބުނުމާއިއެކު އިޒްހާ ހީބިހި ނަގައިގަތެވެ. “ހޫނ.. ހޫނ.. ދެން ހެވޭ، ކޮބާތަ ދޮންތަ؟” އިޒްހާ ވާހަކަ ބަދަލުކޮށްލުމުގެ މަގްސަދުގައި ބުންޏެވެ. “ދޮންތަ… އެބައިން މިތާ.. ދޭންވީތަ ފޯނު؟” ރަހޫލް ވާހަކަ […]