Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންލޯބި

ވަޢުދޭ ވެވޭ މީ… ފެށުން

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
February 22, 2022 3 Mins Read
6 Comments

އަސުރުން އިރު ކެހިލާ ދުނިޔެ މަތިން އިރު އޮއްސެމުން ދާކަމުގެ ކުލަވަރު ފެންނާން ފެށިއެވެ. މާލެއިން ފުރައިގެން ކ.ހުރާ އާއި ދިމާލަށް މިސްރާބު ޖަހައިފައި ވީ ލޯންޗުގައި އިން ވިޝާމް ގެ ތުންފަތުގައި ކުޅެލާ ފައިވީ ހިނިތުންވުމުން އެތަކެއް އަންހެން ހިތްތަކެއް ކަތިލާނޭ ފަދައެވެ. ރޭބަން އައިނަކުން ދެލޯ ފޮރުވާފައި ވީއިރު ދެ ކަންފަތަށް ދެ އައިޕޮޑްސް ޖަހާފައި ވެއެވެ. ލޯންޗު ސީޓަށް ހަށިގަނޑު ދޫކޮށްލައިގެން ދެފައި ދަމާލައިގެން އިން އިރު އެ ފިރިހެން ވަންތަ ހަށިގަނޑު ވަނީ ހާމަ ވެފަ އެވެ. ބައިމަތި ފުޅާ ހަށިގަނޑާއި ހެޔޮވަރު ވަރަކަށް ދިގު އިސްކޮޅެވެ. ހަމުގެ ކުލަ ޓޭން ކުލައަކަށް ހުރި އިރުލާފައި ވީ ކަޅު ކުލައިގެ ޓީޝާޓާއި ހަމަ އެކުލައިގެ ކަޅު ކެރެޓް ޖީންސުން އެ ފިރިހެން ވަންތަކަން އިތުރު ކުރުވައެވެ. ކަންފަތު ފޫޅާއި ހަމައަށް ދިގު ކޮށްފައި ވީ އިސްތަށި ގަނޑު ވަނީ ޒަމާނީ ރީތި ގޮތަކަށް ސްޓައިލް ކުރެވިފައެވެ. އުމުރުން 26 އަހަރު ވިޔަސް އަދިވެސ އޭނާ ހީވަނީ މީގެ 10 އަހަރު ކުރީގެ ވިޝާމް ހެންނެވެ.

ލޯންޗު ގައި ތިބިއިރު ރަށުގެ މަލަމަތި ފެންނަން ފެށުމުން އޭނާގެ ތުންފަތިގައި ވި ހިނިތުންވުން ފުޅަވިއެވެ. މާކަށް ގިން އިރު ތަކެއް ނުވެ އެ ހިތުގެ މަލިކާ އާއި ބައްދަލު ވާނޭ ކަމުގެ އުންމީދު އާލާވިއެވެ. އުމުރުން ސޯޅަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އޭނާއަށް ލޯބި ވެވިފައި ވީ އެންމެ އަންހެން ކުއްޖެއްގެ ދެކެ އެވެ. އަމިއްލަ ފަސްގަނޑަށް ކިޔަވައި ނިމުނުހާ އަވަހަކަށް އެނބުރި އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީއެވެ.

ވާޓަރު މަތީ މޫދުގެ ލޮނުގަނޑު ކަފަމުން އައި ލޯންޗަށް ބަލަން ހުރި 23 ވަރަކަށް އަހަރައްދާ ޒިވާގެ މޫނުމަތިން ފެންނަން ހުރީ އުޖާލާކަމެވެ. އެތަކެއް ދުވަހެއްފަހުން ނުފެނި ހުރި ސޫރަ އޭނާގެ ކުރިމަތިން ފެންނަންދެކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައެވެ. ފަސް އަހަރު ފަހުން އޭނާގެ ބައިވެރިޔާ އެނބުރި އަންނާތީ އެކަމާ އޭނާ ހުރީ ވަރަށްވެސް ހިތް ހަމަ ޖެހިފައެވެ. އަދި ހަމަ އެހާމެ އުފާވެސް ވެފައެވެ. ލައިފައިވީ އައިސް ބްލޫ ކުލައިގެ ޖިންސާއި ހުދުކުލައިގެ ލޭސް ފޮތިންނާއި ޓީޝާޓް ފޮތިން ކަކުލާއި ހަމައަށް ފަހައިފައި ވީ ހެދުން އެ އަންހެން ވަންތަ ހަށިގަނޑާއި ނުލާހިކު ގުޅެއެވެ. ކަޅުކުލައިގެ ސްކާފް ބުރުގަލަކުން އިސްތަށިގަނޑޫ ފޮރުވިފައި ވުމުން އިތުރަށް ސާދާ ކަމަށް ދައްކައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ވި ހިނިތުންވުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.

ލޯންޗު ރަށު ފާލަމާއި ކައިރި ކުރުމުން މީހުންތަށް އޭގެން ފައިބަން ފެށިއެވެ. މާކަށް ގިން އިރެއް ނުވެ އޭގެން އޭނާ އެންމެ ދެކެން ބޭނުން ވީ މީހާ ފޭބި ތަން ފެނުމުން އެ ދިމާލަށް ހަރު ފިޔަވަޅު ތަކެއްގައި ޒިވާ ހިނގައި ގަތެވެ.

ލޯންޗުން ފޭބި ޒިހާން އަށް އޭނާއާއި ދިމާލަށް ހަރު ފިޔަވަޅު ތަކެއްގައި އަންނަމުން ދިޔަ އޭނާގެ ކްރައިމް ޕާޓްނާރ ދޮންތަ ފެނުމުން ލާނެތް ހިނިތުންވުމަކާއި އެކު އެދިމާލަށް ހިގައި ގަތެވެ. ހިފަހައްޓައިގެން ހުރި ފޮށި ހިފައިގެން އޭނާ ޒިވާ އެ އަންނަނީ އޭނާއާއި ދިމާލަށް ކަން އެނގި ހުރެ ޒިވާ ފެންނަކަމަށްވެސް ހަދާނުލާ ހިނގައި ގަތެވެ. ފަސް އަހަރު ފަހުން އޭނާގެ ދޮންތަ އަށްވެސް ހާދަ ބޮޑު ބަދަލެއް އަތު ވެއްޖެ އޭ އޭނާގެ ހިތަށް އެރިއެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓިފައި ދެކޮޅަށް ނަޒަރު ހިންގާލީ ނުވާކަމަށް ހަދާފައެވެ. ޒިވާ އޭނާއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލަހައްޓައިގެން ހުރތަން ފެނުމުން އޭނާ ދެވަނަ ފިޔަވަޅު އަޅަން ނިންމި އެވެ. ޖީބުގައި އޮތް ފޮނު ނަގާ ޒިވާ އަށް ގުޅާލިއެވެ..

ޒިހާން އޭނަ ފަސްދީ ހިނގައިފައި ދިޔަ ގިތް ފެނުމުން ޒިވާގެ ހިތަށް އަސަރު ކުރިއެވެ. އެހެން ނަމަވެސް އޭނާއަށް އެއްކަމެއް ޔަގީން ވިއެވެ. ޒީހާން އަށް އޭނާ ފެނުނު ކަމެވެ. އަދި އެ ތުންފަތުގައި ކުޅެލާފައި ވީ ލާނެތް ހިނިތުންވުން ވެސް އޭނައަށް ފާހަގަ ވިއެވެ އެހެން ކަމުން ދެންވެސް އޭނާ ހުރީ ޒިހަން ހަދާ އެއްޗެއް ބަލާށެވެ. އެހެން ހުއްޓާ އޭނާގެ ފޯނަށް ޒީހާން ގުޅުމުން ކުޑަކޮށް ހައިރާން ވިނަމަވެސް އަޅާނުލާ ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ޒީހާން އާއި ދިމާލަށް ހިގައި ގަތެވެ.

”ދޮންތާ ކޮބާތަ؟ އަހަރެން މިތަ ހުްނަތާ ކޮން އިރެއް… އަދިވެސް ތަތްމަކުނަށް އާދެވޭ ގޮތް ނުވޭ ދޯ؟…. ހުވަ މަގޭ ހިތަށް އަރާ މި އަންހެނުންނަށް ކޮންމެ ތަނަކަށް ދިޔަޔަސް އެ އުނގުޅާހަ ދަވާދެއް ނޫނގުޅާ ނުދެވެނީ ބާއޭ… އައުޗް..! ” ޒީހާން ޒިވާ އަށް ބެލުމެއް ނެތި އަވަހަށް ވާހަކަ ފެށިއެވެ. އެހެން ނަމަވެސް މީހަކު އޭނާގެ ކަކުލުހުޅުން ފަހަތުގައި ކޮއްޓާލުމުން ފައި ލެންބި އޭނާ ވެއްޓޭން ދިޔުމުން އެހެން ބުނެ ހަށިގަނޑު ބެލެންސް ކޮށްލާ އެހެން ހެދީ ކާކުތޯ ބަލައިލި އެވެ. އޭނާއާއި ދިމާލަށް ބަލަން ހުރި ޒިވާ ފެނުމުން ހިނިގަނޑެއް ޖަހާލާ ” ހެއި ސިސް” އޭ ބުނެލިއެވެ.

ޒިވާ ވެސް އައި ރުޅިން ތުން ދަމާލާފައި އޭނާގެ ކޮއްކޮ ގައިގައި ބައްދާލިއެވެ. ޒީހާން ވެސް އޭނާގެ ދޮންތަ ގައިގައި ލޯބިން ބައްދާލިއެވެ. އޮސްޓްރޭލިއާ ގައި ހުރި އިރު އޭނާ ޒިވާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދާނެ އެވެ. އެ ދެމީހުން ކިތަންމެ ވަރަކަށް ތޮޅުނަސް ދެކުދިންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެއެވެ. އެުމުރުގައިވެސް މާބޮޑު ފަރަގެއް ނެތުމުން އެ ދެ ކުދިންނަކީ ކޮއްކޮ ދޮންތައަށް ވުރެން މާގާތް ގުޅުމެއް ގެންގުޅޭ ދެ އެކުވެރިންނެވެ.

ޒިވާ ނުދަންނަ ފިރިހެނެއްގައިގާ ބައްދާލި ތަން ފެނުމުން ވިޝާމް ގެ ހިތަށް ހީވީ ހަންޖަރެއް ހަރާލީ ހެންނެވެ. އެތާނގައި ހިނގި ހުރިހާ ކަމެއް އޭނާ ދުއްޓެވެ. ކީ ކީކޭ ކަމެއް އެވަރުންވެސް ނޭގުނެވެ. އެހެންނަމަވެސް ޒިވާ އެހެން ފިރިހެނެއްގެ އަތުތެރޭ ވުމުން އެ މީހަކަށް އެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވިއެވެ. އެ މަންޒަރު ބަލަން ކެތް ނުވުމުން ވިޝާމް ހިނގައިގަތީ އޭނާގެ ގެއަށް ދިޔުމަށެވެ.

ދެބެން އެކަކު އަނެކާގެ ގައިން ދޫކޮށްލާ ގެއާއި ދިމާލަށް ދާން މިސްރާބު ޖެހި އެވެ. ޒީހާން ގެނައި ބޮޑު ރަތް ކޮތަޅު ނަގާ ލަމުން ދެމީހުންވެސް ރަށުތެރެއަށް އަރައިގެން ދިޔައެވެ. ދެބެންވެސް އޮލަވާހަކައިގައި ތިބެ ފަހަރަކު ފިޔަވަޅެއް ގިރާކޮށް ދެމީހުންގެ ގެއަށް ވަދެގެން ދިޔައެވެ.

ގެއަށް ވަދެގެން ދިޔަ ޒީހާން އަށް އޭނާގެ މަންމަ އަށް ފިލައިގެން ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެހެންނަމަވެސް އޭނާއަށް ވަދެވުނީ އޭނާގެ ހަގަށް ހުންނަ ކޮއްކޮ ޒައިހާގެ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރި ކުއްޖާ އޭނާއާއި ދިމާލަށް ފާޑަކަށް ބަލަން ފެށުމުން އޭނާއަށް އެ ކޮޓަރި އަށް ނަޒަރު ހިންގާ ލެވުނެވެ. ވަދެވުނީ އޭނގެ ކޮއްކޮގެ ކޮޓަރިއަށް ކަން ރެއަކާލީ ދެނެވެ. ވީ ކަޑައަކުން ބޮލުގެ ފުއްކިބައިގައި އަތް ހާކަލާ ކުރިމަތީ ހުރި އަންހެން ކުއްޖަ އަށް ނަޒަރު ހިންގާލާ އަވަހަށް އެކޮޓަރިން ނުކުންނަން ހިގައި ގަތެވެ. އެހެންނަމަވެސް ކަންފަތް ފަޅައިގެން ދަހާބާރަށް އެ ކުއްޖާ ތޫލި އަޑަކުން ހަޅޭއް ލަވައިގަތެވެ.

~ނުނިމޭ~
ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ…
އުންމީދު ކުރަން މި ބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ?

މިބައި ކުރުވެދާނެ އެއީ ފެށުމަށް ވުމުން ވީހާވެސް އަވަހަކަށް ދެވަނަ ބައި އަޕް ކޮށްލަ ދޭނަން… އިންޝާﷲ
??

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

އަބަދަށް އެކުގައި

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (27)

Next
February 22, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (27)

Previews
February 22, 2022

އަބަދަށް އެކުގައި

6 Comments!

  1. lau.laala786@gmail.com lau laalu says:
    February 22, 2022 at 1:12 pm

    assalaam alaikum.. hurihaa kiyuntherinnah vx mi vaahaka kamudhaane kamah unmeedhu kuran… mi vhk akee hiyaalehgge mahchah binaakoh liyefai vaa vhk eh.. meegai hingaa ehvves kamakee aslhugaivx hingaafai vaa kamakah vun eii ihthifaageh… and alhugandu varah bodah shukuru adhaa kohhan beynun alhugandu rahhtesakah for you help to build up the story.. and for the names…
    hurihaa kiyuntherinah vx vahaka kamudhaane kamah unmeedhu kuran dhevanabai iansha allah varah avahah up kohhladheveytho balaanan miahvuren dhigu kohleveytho balaan..
    ss hurihaa kudhin
    and pls leave your comment below???

    1. Hûdhãkkø says:
      February 23, 2022 at 1:14 pm

      Mi @lau laalu✨✨✨ ge new story eh dhwww
      Love this story ❤️

  2. Invisible Queen? says:
    February 22, 2022 at 3:52 pm

    Mi bai varah rythi…this seems interesting.. waiting for the next part…ly..tc❤️??

    1. lau.laala786@gmail.com lau laalu says:
      February 23, 2022 at 7:54 am

      thnx @Invisible Queen?
      interesting veema varah ufaa vejje… insha allah maadhmaage vaguthehgga dhevana bai up kohhllaanan or maybe madhu vx.. dhevana bai vex nimeny liye ehnve…
      lyt.. tc..❤❤?

  3. Hûdhãkkø says:
    February 23, 2022 at 1:10 pm

    Woow love this story ????
    My god miadh zeeehaan kaalaane ??????????????
    Yay new story eh but mi part VX vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvvv reethi ????????
    Waiting for the next part ????????
    This story seem like very interesting ????????

  4. lau.laala786@gmail.com lau laalu says:
    February 23, 2022 at 10:57 pm

    yes @Hûdhãkkø
    this is a new stry dhevana bai vx submit kohhlaifin mihaaru heevanee maadhama ah up vaane hen…
    yesshhh intresting vaane kamh unmeedhu kuranee
    hurihaa kiyun therinnnah vx haavaka kamudhaane kamah unmeedhu kuran<<33

Comments are closed.

Next Episodeވަޢުދޭ ވެވޭ މީ… 2←


All Right Reserved!